Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މިހިތުގެ ފަސާނާ 9

ShaiShy
October 20, 2016
8 Mins Read
58 Views
22 Comments

ކުޑަ ދޮރުން ބޭރު ބަލަން އިން މިޔްޔާގެ މޫނުމަތި ވަނީ މިލާ މޯޅިވެފައެވެ. ކުޑަ ހިނދުކޮޅަކަށް ލިބުނު ލޯބި ހިތުގައި ބިންވަޅުނެގިފައިވަނީ ވަރަށްވެސް ފުންކޮށެވެ. ޝަމާން އާއި ހޭދަ ކުރެވުނު އެ މަދު ވަގުތު ކޮޅަކީ މިކްޔާގެ ހަޔާތުގެ އެންމެ އުފާވެރި ވަގުތު ކޮޅެވެ. އެލޯތްބައްޓަކައި މިކްޔާ ވަނީ އެތައް އިންތިޒާރެއް ކޮށްފައިއެވެ. ނަމަވެސް މިއަދު އޭނާ އެކޭ މަންޒިލެއްނެތް މުސާފިރެކޭ ތަފާތެއް ނެތެވެ. އޭނާވެސް ދަތުރު ކުރަމުން އެދަނީ ދާނެ މަންޒިލެއް ނެތިއެވެ. ދުނިޔެ އޭނާ އަށް މަލާމަތް ކުރާކަހަލައެވެ. އުފާވެރި ކަމުގެ ކުޑަނަމަވެސް މިންވަރެއް އޭނާގެ ނަސީބުގައި ނެތީ ހެއްޔެވެ؟ ލޯބި އެއީ ހަމަ އެކަނި ދެ އަކުރުގެ ލަފްޒަކަށް ވެނިމިއްޖެއޭ ހިތް ބުނާ ކަހަލައެވެ. މިކްޔާ ގޮނޑީގައި ހަމަޖެހިލުމަށްފަހު ލޯމަރާލިއެވެ. އެވަގުތު ޝަމާންގެ ސޫރަ ސިފަވެގެން ދިޔުމާއެކު މިކްޔާގެ އެސްފިޔަތަކުގެ ދަށުން ކަރުނައިގެ ރޮނގެއް ކޯތާފަތުގައި ބީހިލިއެވެ.
**
ޝަމާން އެތައްފަހަރަކު ގުޅުމުންވެސް އެ ނަމްބަރަށް ގުޅޭގޮތެއް ނުވިއެވެ. ރަށު މީހުންގެ ފަރާތުން އެނގުނު ގޮތުގައި ޝަމާން ފުރައިގެން ދުވަހު ޝަކީލާވެސް ވަނީ މިކްޔާ ގޮވައިގެން މާލެ ފުރާފައެވެ. އަދި އެގެވެސް މީހަކާ ބެލުމަށް ހަވާލުކޮށްފައި ދިޔައީ އެނބުރި ރަށަށް ނާންނަ ގޮތަށް ކަމަށްވެސް ހަބަރު ލިބުނެވެ. މިކަމުގެ ސަބަބުން ޝަމާންގެ މާޔޫސްކަން އިތުރުވުން ނޫން ގޮތެއް ނުވިއެވެ. ދެދުވަހު ރަށުގައި މަޑުކޮށްލުމަށްފަހު މާލެ އައީ މިކްޔާ ހޯދުމަށް ކުރި މަސައްކަތައް އިތުރު ކުރިއެރުމެއް ނުލިބުނީމައެވެ. ޝަމާން މާލެ އައި ދުވަހު ނޫން އަނެއް ދުވަހު ލަންޑަނަށް ފުރައިގެން ދިޔައީ އެނބުރި އާދެވުނު ދުވަހަކުން މިކްޔާ ހޯދުމަށް އަޒުމު ކަނޑައަޅައިގެންނެވެ. ޝަމާންގެ ހިތުގައި މިކްޔާ އާއި މެދު އެތައް ޝަކުވާއެއް ވިއެވެ. ނަމަވެސް ޝަމާން އަށް ނުވިސްނުނީ މިކްޔާގެ ދިރިއުޅުން އޭނާ އަށް ކެހި ދީފިކަމެވެ.

** 2 ހަފްތާ ފަސް

” މިކްޔާ އަވަސް ކޮށްބަލަ..ގަޑި ޖެހުމުގެ ކުރިން ދެވޭނީ އޭރުންނޭ..” ޝަކީލާ އޭނާގެ ހަރުކަށި އަޑުން މިކްޔާ އަށް އަޑުލުމަށް ފަހު އެނބުރި ކޮޓަރިއަށް ވަނީ ތައްޔާރުވުމަށެވެ. ލަންކާގައި މިވީ 2 ހަފްތާ ދުވަހުތެރޭގައި މިކްޔާ ވަނީ އެމާހައުލަށް ހޭނިފައެވެ. އަދި އެހެންމެ ކިޔަވައިގެން މޮޅު މީހަކަށް ވުމަކީ މިކްޔާގެ އުއްމީދަކަށް ވެއްޖެއެވެ. މާޒީ ގެ ހިތާމައިގައި ނިމިގެން ދިޔުމަށްވުރެ މުހިއްމީ މުސްތަޤްބަލު އުޖާލާ ކުރުން ކަމުގައި މިކްޔާ އަށް ވިސްނުނީ ދިރި އުޅުމަށް މި އައި ކުއްލި ބަދަލުގެ ސަބަބުންނެވެ. ނުގުޑާފަދަ އަޒުމެއްގައި ސާބިތުވެ ހުރުމަށް މިކްޔާ އަމިއްލަ ނަފުސައް ވަޢުދުވިއެވެ. އެގޮތުން މިއަދަކީ މިކްޔާގެ ފުރަތަމަ ހަރުފަތް ގިރާކުރާނެ ދުވަހެވެ. އޭނާ ތައްޔާރުވަމުން އެދަނީ ކޮލެޖައް ވަނުމަށް އެންމެ ފަހު ތައްޔާރީތައް ވުމަށް އެތަނަށް ދިޔުމަށެވެ. ނަމަވެސް ބޯމަތީގައި އޮތް ކަޅުވިލާގަނޑުގެ ހިލަމެއް މިކްޔާ އަށް އިހްސާސެއް ނުކުރެވެއެވެ.
ޝަކީލާ އާއި އެކު އެމީހުން އުޅޭ އެޕާރޓްމެންޓުން ނިކުތް މިކްޔާއަށް ޓެކްސީގައި އިން އިކްރާމް ފެނި މޫޑު އެއްކޮށް ޚަރާބު ވެއްޖެއެވެ. ” ހުއް..ވަރަށް ފޫހި ދެން..އަބަދު ފަހަތުން ނުނެއްޓިގެން އުޅޭ މީހާގަނޑެއް..މި މަންމަވެސް ނޭނގެ މީނަ ފަހަތުލައިގެން މިއުޅެނީ ކީއްވެކަމެއް..” މިކްޔާ ހިތްހަމަ ނުޖެހިފައިހުރެ ޓެކްސީގެ ފަހަތު ޝީޓްގައި އިށީނދެ ހަމަޖެހިލިއެވެ. ޝަކީލާވެސް މިކްޔާ ކައިރީގައި އިނެވެ.
ދަތުރުގެ މަންޒިލަށް އާދެވުމުން މިކްޔާ އޭނާގެ އަތް ދަބަސް ކޮޑުގައި އަޅުވަމުން ޓެކްސީ އިން ނިކުމެ ހަމަޖެހިލަމުން ކުރިމަތީގައި ހުރި ބޮޑު އިމާރާތައް ނަޒަރު ހިންގާލިއެވެ. އެއިމާރާތުގެ ބޭރުގަޔާ އެތެރޭގައި ހުރީ ތަފާތު އެކި ސައިޒްގެ މޭޒުން ފުރާލާފައިއެވެ. އެތައް މީހުންނެއް އަވަދި ނެތި މަސައްކަތުގައި އުޅެމުން ދެއެވެ. އަދި ވަކީލުންގެ ހެދުމުގައިވެސް އެތައް ބަޔަކު މޭޒުކައިރީގައި ތިބެ އެމީހުންގެ މަސައްކަތާއިގެން ތިއްބެވެ. މިކްޔާ ހުރީ އޭނާ މިފަދަ ތަނަކަށް ގެނެވުނު ސަބަބު އޮޅުން ފިލުވުމަށް ކެތް މަދުވެފައެވެ.
“މަން…….” މިކްޔާ ވާހަކަ ދެއްކުމަށް އަނގަހުޅުވާލިވަގުތު ޝަކީލާގެ އަތުގެ އިޝާރާތުން ވާހަކަ ނުދެއްކުމަށް ބުނެ އިކްރާމް ގެ ފަހަތުން މިކްޔާ އަތުގައި ހިފައިގެން އެތާ އެތެރެއަށް ވަދެގެން ގޮސް މީހުން މަދުން ތިބި ހިސާބެއްގައި ހުރި މޭޒެއް ކައިރީގައި މަޑުކޮށްލިއެވެ.”ހެލޯ ސަރ..ފައިނަލީ ޔޫ އާރ ހިޔާ..އެން އިޓްސް ބީން ލޯންގް ޓައިމް..” އެވަގުތު އެތާއިން މެދު އުމުރުފުރައިގެ މީހަކު ތެދުވެ އިކްރާމަށް މާނަފުން ހިނިތުންވުމެއް ރައްދުކުރިއެވެ. އޭނާގެ ވާހަކަތަކުން އެމީހަކީ އިކްރާމް ދެކެފަރިތަ މީހެއްކަން މިކްޔާ އަށް ވިސްނުނެވެ. އެމީހާ މިކްޔާ އާއި ޝަކީލާ އަށް ކުރިމަތީގައި ހުރި 2 ގޮނޑި އަށް އިޝާރާތް ކުރުމަށް ފަހު އިށީންނަން ބުނެލުމަށްފަހު މޭޒުގެ އެއްފަރާތެއްގައި އޮތް ފައިލެއް ނަގާ އޭގެއިން ގަނޑެއް މިކްޔާ އަށް ދިއްކޮށލިއެވެ.
“މޭމް! އައި ނީޑް ޔުއާރ ފިންގަ ޕްރިންޓް” އެމީހާ ފިންގަރޕްރިންޓް ޖަހާ ޕެޑް މިކްޔާ ކައިރީ ބާއްވަމުން ބުނެލިއެވެ. އެވަގުތު މިކްޔާ ޝަކީލާގެ މޫނަށް ސުވާލުގެ ނަޒަރަކުން ބަލާލުމާއެކު ޝަކީލާ ދެލޯ ހަނިކޮށްލުމަށް ފަހު ގަނޑާދިމައަށް އިޝާރާތް ކޮށްލިއެވެ. ޝަކީލާގެ އެނަޒަރު މިކްޔާއަށް ވިސްނުމާއެކު ފިންގަރޕްރިންޓް ޖެހުމަށް ގަނޑަށް ބަލާލިއެވެ. ޝަކީލާގެ ހިތް އަވަސްވަމުން ދިޔައީ މިކްޔާގެ ހަރަކާތްތައް ލަސްކަމުންނެވެ. އެގަނޑުގައިވާ އެއްޗެއް މިކްޔާ އަށް ފަހުމް ވެއްޖެ ނަމަ ޝަކީލާގެ އުއްމީދު ފުނޑުވެގެން ދާނެއެވެ. ޝަކީލާ ކުއްލި ހަރަކާތަކާއެކު މިކްޔާގެ އަތުގައި ހިފެހެއްޓުމަށްފަހު ފިންގަރޕްރިންޓް ޖެހިއެވެ. މިކްޔާގެ ފިންގަރޕްރިންޓް ޖެހުމުން އެމީހާ އެގަނޑު އިކްރާމް އަތަށް ދިނުމުން އޭނަގެ ފިންގަރޕްރިންޓް ޖެހުމަށްފަހު ސަލާމް ކޮށްލިއެވެ. “ތޭންކްޔޫ ސޯމަޗް..އައި ވިލް ސެންޑް ޔޫ ދި މަނީ..” އިކްރާމް ހިނިތުންވެލަމުން ބުނެލިއެވެ. “އެނީ ޓައިމް..އާފްޓަރ އޯލް ޔޫ އާ ވަން އޮފް މައި ބެސްޓް ބަޑީސް..ހޯޕް ޓް ސީ ޔޫ ސޫން..” އެމިހާވެސް ހިނިތުންވެލަމުން ބުނެލިއެވެ.
މިކްޔާގެ ހިތް އާދަޔާ ހިލާފަށް ތެޅެމުންދަނީ ކީއްވެކަމެއް ނޭނގެއެވެ. ކޮންމެވެސް ބޮޑު ކަމެއް ހިނގައިފިކަން ސިކުނޑި ހަނާ އަޅަމުން ދިޔަނަމެސް އެކަމުގެ ފުންމިނަށް ފީނައި ނުގަނެވެނީސް އެމީހުން އުޅޭ އެޕާޓްމެންޓް ކައިރިއަށް އާދެވިއްޖެއެވެ. ޝަކީލާ މިކްޔާ ގާތު މަޑު ކުރުމަށް ބުނެ ހަލުއިކަމާއެކު އެތެރެއަށް ވަދެގެން ހިނގައްޖެއެވެ. 15 ވަރަކަށް މިނެޓް ފަހުން ޝަކީލާ ނިކުތީ ދެ ފޮށި ހިފައިގެންނެވެ. އެތަނުން އެއްފޮށި ހިފައިގެން އައިސް ޑްރައިވަރުގެ އެހީގައި މިކްޔާމެން ތިބި ޓެކްސީގެ ޑިކީތެރެއަށް ލިއެވެ. އަދި އަނެއް ފޮށި ހިފައިގެން ބޭރުގައި މަޑުކޮށްލުމަށްފަހު ނަންމަބަރަކަށް ގުޅުމަށް ފޯނު ނެގިއެވެ.
ހުރިހާ ކަމެއްވެސް ވަމުން ދިޔައީ ފަޅި ސިކުންތު ކޮޅެއްގެ ތެރޭގައި އެވެ. މިކްޔާ އިނީ ވިސްނަންވީ ކީކޭ ކަމެއް އަދި ދެން ހަދަން ވީ ގޮތެއް ނޭނގިފައެވެ. ޝަކީލާ ކިތައްމެ އަނިޔާއެއް ދިނަސް މިއަދު އޭނާގެ މަންމަގެ މަޤާމުގައި ހުރި މީހަކީ ހަމަ އެނުލަފާ ޝަކީލާއެވެ. ޝަކީލާގެ އަމަލުތަކުން މިކްޔާ އިނީ ހާސް ކަމެއްގެތެރޭގައިއެވެ. މިކްޔާ އަށް އެއިން ގޮތަށް އިނދެވުނީ ސިކުނޑި ސުމަކަށް ދިޔުމުންނެވެ. އެހެން އިންދަ ޝަކީލާ ގުޅި ޓެކްސީ އައުމުން އޭގެ މަންޒިލާ ދިމާއަށް މިސްރާބު ޖެހިއެވެ. މިކްޔާ އަށް ހަމަ ވިސްނުން ލިބުމާއެކު އަޑުގެ ކޮޅަށް ޝަކީލާ އަށް ގޮވަމުން ދިޔައެވެ. އެވަގުތު މިކްޔާމެން ތިބި ޓެކްސީ ދުއްވަން އިން މީހާ ކާރު މަޑުކޮށްލުމަށް ފަހު މިކްޔާ އާއި ދިމާއަށް އަދި ކުރީ ޝީޓްގައި އިން އިކްރާމަށް ބަލާލިއެވެ. އިކްރާމްވެސް ފަހަތް ބަލާލީ މިކްޔާގެ މަޑުގިސްލުމުގެ އަޑު އިވުމުންނެވެ.
” ގެއަށް ގޮސް ނިދާލުމުން ހަމަޖެހިދާނެ..” ވާހަކަ ނުދައްކަން އިނދެފައިވެސް އެންމެ ފަހުން އިކްރާމް ބުނެލިއެވެ. އެވަގުތު މިކްޔާ މޫނުމަތިން އަތް ނެގުމަށްފަހު ހައިރާން ކަމާއެކު އިކްރާމަށް ބަލާލިއެވެ. ” ކޮން ގެއަކަށް؟..އަހަރެން ބޭނުމީ މަންމަ ކައިރިއަށް ދާން..ޕްލީޒް އަހަރެން މަންމަ ކައިރިއަށް ގެންގޮސްދީ..” މިކްޔާ އާދޭސް ކުރަމުން ދިޔައެވެ. “މިކްޔާގެ މަންމަ އެދިޔައީ ރާއްޖެއަށް ދާން ފުރަންވެގެން އެއާޕޯޓަށް…ދެން މިކްޔާ ހުންނާނީ އަހަރެންގެ ބެލުމުގެ ދަށުގައި.. މިކްޔާ އަށް ދެރަ ގޮތެއް ވިޔަ ނުދޭނަން” އަކްރަމް ދިޔައީ މިކްޔާ އަށް ވިސްނޭނެ ފަދަ ގޮތަކަށް ވާހަކަ ދައްކަމުންނެވެ. އެވަގުތު މިކްޔާ އަށް ރުޅިއާދެވުނީ މި ނުދަންނަ މީހާ އޭނާގެ ކަންކަން ނިންމަމުން ދާތީއެވެ. އެހައްޤު ލިބިދޭ ފަރާތަކީ ޝަކީލާ ކަމުގައި މިކްޔާ އަބަދުވެސް ޤަބޫލު ކުރެއެވެ.
” އަހަންނެއް ނުދާނަން ކަލެ އާއެކު..އެހެން ނޫނަސް ކަލޭ ހުންނަ ތަނެއްގައި ހުންނަން އަހަރެން ބޭނުމެއް ނޫން..” މިކްޔާ ރުޅިވެރިކަމާއެކު އެހެން ބުނެލުމަށްފަހު އެހާމެ ދެރަވެސްވިއެވެ. މިކްޔާގެ ހަޔާތުގައިވެސް މިފަދަ ގޮތަކަށް ތިމާ އަށް ވުރެ އުމުރުން ދޮށީ މީހަކާ އަޑު ހަރުކޮށް ވާހަކަ ދެއްކި މީ ފުރަތަމަ ފަހަރު ކަމުން އޭނާ ނުހަނު ލަދުވެސް ގަނެއްޖެއެވެ. ” ކިތައްމެ ނުރުހުނަސް ޖެހޭނީ ދާން..އަހަރެން ދެއްކިތަނެއްގައި އަހަރެންގެ ޚިދުމަތުގައި ހުރުމަކީ މިކްޔާގެ ވާޖިބެއް..އެއީ ތީ މިހާރު މަގޭ އަންބަކަށްވީތީ..ސާފުވެއްޖެތަ؟” އިކްރާމް ހަރުކަށިކަމާއެކު މިކްޔާ އާއި ދިމާއަށް އެހެން ބުނުމަށްފަހު ޑްރައިވަރު ކައިރީގައި ދުއްވާލުމަށް އެދުނެވެ. މިކްޔާގެ އަމަލުތަކުން ރުޅިއިސްކުރުން ނޫން ގޮތެއް އެވަގުތު އިކުރާމަށް ނުވިސްނުނެވެ.
އިސްދަށަށް ޖަހައިގެން އިން މިކްޔާ އަށް އިކްރާމްގެ ބަސްތައް އަޑު އިވުމާއެކު ވަށައިގެންވި މާހައުލުވެސް ހުއްޓުނު ކަހަލަގެ އިހުސާސެއް ކުރެވުނެވެ. ޤަބޫލުކުރަން ދަތިވެފައި މިކްޔާ އަށް އަށް ދެލޯބޮޑުކޮށްގެން އިނދެވުނީ ޝަކީލާގެ ނުބައިކަން ހައްދުފަހަނަ އަޅާފައިވާވަރު އެނގުމުން އަންތަރީސް ވެފައެވެ. ޝަކީލާ އޭނާގެ ހަޔާތައް އައީ ވެސް ތޫފާނެއް ފަދައިންނެވެ. އަދި އެ ދިރުއުޅުމުން ނިކުމެގެން އެދިޔައީވެސް ހަލުވި ވިދުވަރެއްހެން ތޫފާނެއް ބޯމަތި ކުރުވާފައެވެ. އެތޫފާނުގެ އަސަރު މިކްޔާގެ މުޅިދިރިއުޅުމަށް ކުރާނެ ކަމާމެދު ޝައްކެތްނެތެވެ. ދެކެމުން އައި ހުވަފެންތައް ވިއްސި ވިހާލި ވެގެން އެދިޔައީ ލޯމަރާލާފަ އެސްފިޔަތައް ދުރުކޮށްލާހާ އަވަހަށެވެ. ދުނިޔެއަކީ މިހާ ކެހިވެރި ތަނެއް ކަން މިކްޔާ އަށް ނުވިސްނުނީތީ އެކަމާ މިހާރު ހިތާމަ ކުރިޔަސް ވާނެ ފައިދާއެއްނެތެވެ. ދިރިއުޅުންމަތިން މިކްޔާ ފޫހިވެއްޖެއެވެ. ނަމަވެސް އަޖަލު ޖެހެންދެން ދިރި ހުންނާނެއެވެ.
**
ދެގަޑިއިރުގެ ދިގު ދަތުރަކަށްފަހު އިކްރާމް ގަނެފައި ހުރި 2 ބުރި އިމާރާތުގެ ގޭގެ ދޮރުމަށްޗައް ޓެކްސީ މަޑުކޮށްލުމާއެކު މިކްޔާ ލޯހުޅުވާލީ ވެގެން ދިޔަ ކަންތައް ތަކަކީ ބިރުވެރި ހުވަފެނަކަށްވުން އެދިއެދިއެވެ. ނަމަވެސް ކުރިމަތިން ފެނުނު އިކްރާމްގެ ސޫރައިން ހިތައް މާޔޫސްކަން ވެރިވެގަތެވެ. މިކްޔާ ޓެކްސީއިން ފޭބުމަށްފަހު މަޑު ހިނގުމެއްގައި އެގެއަށް ވަނެވެ.
އެ ގެޔަކީ ވަރަށް ހިތް ފަސޭހަގޮތަކަށް ހަދާފައިވާ ގެއެކެވެ. ގޭޓުން އެތެރެއަށް ވަދެވުމާއެކު ފެންނަން އޮންނަ މާ ބަގީޗާ އިން މަރުވެފައިވާ ހިތްތަކަށްވެސް އާރޯކަން ލިއްބައިދެއެވެ. ވަށައިގެންވަނީ ފެހިކަންގަދަ ގަސްތަކެވެ. އެގޭތެރޭގައި ހެދިފައި ހުރި ބިޔަ އަނބުގަހުގެ ދަށުގައި ހަޓެއް ހުރިއިރު އެތާނގައި މޭޒާއި ގޮނޑި އަތުރާފައި ހުއްޓެވެ.
ސިޓިންރޫމަށް ވަނުމާއެކު މިކްޔާ އަށް އިކްރާމްގެ މުއްސަނދިކަން ތަސައްވަރު ކޮށްލެވުނެވެ. މުޅި ގޭތެރެއިން ފެންނަމުން ދަނީ ޒަމާނީ ފަރުނީޗަރާއި އަގުބޮޑެތި ސާމާނުތަކެވެ. ބަދިގެތެރެވެސް ފުރާލެވިފައިވަނީ ފެންވަރު ރަނގަޅު ބަދިގޭ ސާމާނާއި ކާއެއްޗެހި ތައްޔާރު ކުރާނެ ތަކެތިންނެވެ. ބަދިގެއެކޭ ކުޑަ މިނީ މާރޓެކޭ ތަފާތެއް ނެތެވެ. މީ އިކްރާމް ކޮންބޭނުމަކު ކޮށްފައިވާ ކަންތައްތަކެއްހެއްޔެވެ؟ މިކްޔާ ދެކެ ލޯބިން ހެއްޔެވެ؟ އެކަމަކު އެއީ އޭނާގެ ބައްޕަގެ އުމުރުފުރާ މީހަކަށް ވާނެކަން ހަމަ ޔަޤީނެވެ. މިކްޔާ އަށް ދުވަހަކުވެސް އިކްރާމް އާއި މެދުގައި އެފަދަ ނަޒަރަކުން ނުދެކެވޭނެއެވެ. ނަމަވެސް މިހާރު އޭނާ އެހުރީ އިކްރާމްގެ އަންބަކަށް ވެފައެވެ. އެހެން ހިތައް އެރުމާއެކު މިކްޔާގެ ހިތް ބިރުން ރޫރު އަޅައިގަތެވެ. މިކްޔާ އޭނާގެ ހިޔާލީ ދުނިޔޭތެރެއަށް ގެއްލިހުރެ އެގޭތެރެ ދިރާސާ ކުރަމުން ދިޔައެވެ. އަދި ވިސްނުމެއްގެ ތެރޭގައި ހުރެ ސިޑިން މައްޗައް އަރައިގެން ގޮސް ކޮޓަރިއަށް ވަނީ ފެންވަރާ ތާޒާވެލުމަށެވެ.
**
ރޭގަނޑުގެ ވަގުތެވެ. މިކްޔާ ނަމާދުކޮށް ނިންމާލުމަށްފަހު މުސައްލަމަތީގައި އިނީ އެކަމުން ހިތައް ފިނިކަމެއް ލިބޭ ހަމަ އެކަނި ކަމަކީ ނަމާދުކޮށް ދުއާ ކުރުމުން ކަމަށްވާތީއެވެ. އިކްރާމްވެސް މެންދުރު ކައިގެން ދިޔަ ގޮތަށް އަދި ގެއަށް ނާދެއެވެ. މިކްޔާ އަށް ރަނގަޅީވެސް އިކްރާމް އޭނަ އާއި ވީހާވެސް ދުރުން އުޅުމެވެ. އެ ސޫރައަށްވެސް މިކްޔާ ނަފްރަތު ކުރެއެވެ.
ނަމާދުން އަވަދިވެގެން ތެދުވި ވަގުތު އިކްރާމް އައިސް ކޮޓަރިއަށް ވަނެވެ. އެމޫނުމަތިން މިކްޔާ އާއި ވާހަކަ ދައްކަން ބޭނުންވާ ކަން ދޭހަވެއެވެ. މިކްޔާ ފޫހިކަމާއެކު ގޮސް އެދުގައި އޮށޯތީ މުސައްލަ ބޭއްވުމަށް ފަހުއެވެ. މިކްޔާ އޮށޯތުމާއެކު އިކްރާމްވެސް އެނދުގައި އޮށޯތީ މިކްޔާ ކައިރީގައި އޭނާ ބޭނުންވާ ކަންތައް ހާމަ ކުރުމަށް ކެތް މަދުވެފައި ހުރެއެވެ. ” މިކްޔާ އަހަންނަށް އިނގޭ ތީ އަދި ކުޑަކުއްޖެއްކަން..18 އަހަރު ވާނީ ވެސް މި ފެށޭ މަހުގައި ކަން..އެކަމް މިހާރު ތިހުރީ އަހަރެންގެ އަންބަކަށްވެފައި..ކޮންމެފަދަ ހާލަތެއްގައި ކުރެވުނަސް އެކަން މިހާރު އެއޮތީ ވެފައި..” އިކްރާމް މަޑުމައިތިރިކަމާއެކު ވާހަކަ ދައްކަމުން ދިޔައީ ހިތުގައި އުތުރި އަރަމުންދާ ޖަޒުބާތުތަކުގެ މައްޗައް ކުރި ހޯދަމުންނެވެ. އެއްދުވަސް ވަރެއްގައި އޭނާ ވަނީ މިކްޔާ އަށް ފޯނުން ގުޅައިގެން ވަހަކަދައްކަން މަސައްކަތްވެސް ކޮށްފައެވެ. މިކްޔާ އާއި ވާހަކަ ދައްކަންވީ ގޮތް އަބަދުވެސް ބުނެދެނީ ޝަކީލާ އެވެ. އެގޮތައް ހިލޭ އަންހެނުންނާ ގުޅުން ބޭއްވުމަކީ އިކްރާމް ކޮށް އުޅޭކަމެއް ނޫންވިޔަސް އޭރުގައި ދެން ޝަކީލާގެ ބަހަށް ހެއްލުނީ ކީއްވެ ކަމެއް ހުދު އޭނާ އަށްވެސް ނޭނގެއެވެ.
މިކްޔާގެ ފަރާތުން ޖަވާބެއް ނުލިބުމުން އިކްރާމް އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. ” އަހަރެންގެ ހުންނާނެ އަދި އެއް އަނބި..އަހަރެން އޭނަ ދެކެ ވަރަށް ލޯބިވޭ..ނަމަވެސް އަހަރެންގެ ބަދުނަސީބުކަމުން ކައިވެންޏަށް 20 އަހަރުވީ އިރުވެސް އަހަރެންގެ ދޮށީ އަންބަކަށް ދަރިން ނުލިބޭ..އެކަމަކުވެސް އަހަރެން އޭނާ ދޫ ނުކޮށްލާ މިހުރީ ވާ ލޯތްބެއްގެ ބޮޑުކަމުން..އަހަރެން މީ ކިތައްމެ މުއްސަނދި މީހަކަސް ދިރިއުޅުމުގައި އަހަރެން މީ ފަޤީރެއް..”
“ވަރަށް ގިނަ ގޮތް ގޮތަށް ވިސްނުމަށްފަހު އަހަރެން ބޭނުންވީ މިކްޔާ އާއި ކައިވެނި ކުރަން..އެއީ މިކްޔާ އަކީ އަހަރެން ބޭނުންވާ ހުރިހާ ސިފަތަކެއް ލިބިފައިވާ ކުއްޖަކަށްވީތީ.. އަހަންނަށް މިކްޔާ އަކީ ކާކުކަން ރަނގަޅަށް އިނގޭތީ ކައިވެނި ކުރަން ނިންމީ..އަހަންނަށް އިނގޭ މިކުރެވުނީ ރަނގަޅު ކަމެއް ނޫންކަން އެކަމަކު އަހަރެންވެސް ބޭނުންވޭ ދަރިއެއް..މިކްޔާގެ ފަރާތުން އަހަރެން އެދޭ އެދުމަކީ މިއީ..އިތުރު އެއްވެސް ކަމަކަށް އަހަރެން ނޭދޭނަން..” އިކްރާމްގެ ވާހަކަތައް އަޑުއަހަން އޮތް މިކްޔާ އަށް އޮއެވުނީ ނޭވާ ހިފަހައްޓާލައިގެންނެވެ. ދިރިއުޅުމުގައި އެތައް ހިތާމައެއް ބަރުދާސްތު ކުރަމުން އައީ މިފަދަ ދުވަހަކާ ކުރިމަތިވެދާނެކަމަށް ނޫނެވެ.
އިކްރާމްގެ ނުސީދާ އެދުމަކީ މިކްޔާގެ ފަރާތުން ދަރިއެއް ހޯދުމެވެ. އެވަގުތު މިކޔާގެ ހަނދާނަށް ނިޒްމާގެ އެ ކަރުނަވީ ދެލޯ ސިފަވެގެންދިޔައެވެ. މިކްޔާ އަށް ވަނީ އެދުވަހު ނިޒްމާ ގެ ދެލޮލުން ފެނުނު ބިރުވެރިކަން ފެނިފައިއެވެ. އަދި އެއީ ކިހާ ވޭންދެނިވި ކަމެއް ކަން ވެސް މިކްޔާ އަށް ވަނީ ފެނިފައި އެވެ. މިއަދު މިކްޔާ އަށްވެސް މިވަނީ ހަމަ އެފަދަ ކަމަކާ ކުރިމަތިލާން ޖެހިފައިއެވެ. ގަދަފަދަ ފިރިހެނެއް ކުރިމަތީގައި ބަލިކަށި އަންހެނަކަށް ދެއްކޭނެ ގަދަކަމެއް ނޯންނާނެއެވެ. މިކްޔާ ދެލޯ މަރާ ތަގުޅިކޮށްލީ އިކްރާމް އެނާ ކައިރިއަށް ޖެހިލުމުންނެވެ.
އިކްރާމަށް މިކްޔާގެ އެހަމަހިމޭން ކަން ވިސްނުނީ އެއީ މިކްޔާގެ ރުހުން ކަމުގައި އެވެ.މިކްޔާގެ ފަހަތުން ކޮނޑުގައި ހިފާލުމަށްފަހު އޭނައާއި ވީ ފަރާތައް އަނބުރާލިއެވެ. ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ދެ ޖިސްމު އެކުވެގެން ދިޔައީ މިކްޔާ ގެ ހިތް ފުނޑުފުނޑުކޮށްލާފައިއެވެ. އިކްރާމްގެ ބީހުންތަކުން ނުފިލާނެ ލަކުނުތަކެއް ހިތާ ޖިސްމުގައި ލެވިގެން ހިނގައްޖެއެވެ. ޝަމާންއަށްޓަކައި ރައްކާކޮށްގެން ގެންގުޅުނު އަގުބޮޑު ޚަޒާނާ ވެއްޔާ މޮޑެވިގެން އެދިޔައީ އެލޯބި ހިތުގައި ކަފުން ކުރަމުންނެވެ.

ދަންވަރުގެ ހަމަހިމޭން ވަގުތެވެ. މިކްޔާ އަށް ނުނިދިފައި އޮއެވުނީ ޝަމާންގެ ހިޔާލުތަކުން ސިކުނޑި ބަރާ ވެފައި ވުމުންނެވެ. ކައިރީގައި ނިދާފައި އޮތް އިކްރާމް ފެނި މިކްޔާގެ ހިތުގައި ރިއްސައިލީ ޝަމާން އަށް ވެވުނު ވަޢުދު ފުއްދައި ނުދެވުމުންނެވެ. އެވަގުތު ޝަމާންގެ ނަން ހިތާ ސިކުނޑިން ފޮހެލުމަށް މިކްޔާ އަޒުމު ކަނޑައެޅިއެވެ. ދިރިއުޅުމަކީ އަބަދު ބާހާރު މޫސުން އަންނާނެ ތަނެއް ނޫނެވެ. އަދި ހަމަ އެފަދައިން ލޯތްބަކީ ހުރިހާއެންމެންގެ ނަސީބުގައި ލައްވާފައިވާ އެއްޗެއް ނޫނެވެ.
**

ޖެހިގެން އައި ދުވަހު އިކްރާމް އެނބުރި މާލެ އައީ މިކްޔާގެ ކަންތައް ބެލުމަށް އެގެޔަށް ލަންކާ ދެމީހުން ގެނެއްސައެވެ. އޭނާ ނެތް ވަގުތު ތަކުގައި ގޭގައި ހިނގާ ހުރިހާ ކަމެއް ބެލުމުގެ ޒިންމާ ޝާންތީ އާއި ހަވާލު ކުރި އިރު ޒަކީ އާއި ވާނީ ބާޒާރުކޮށް ކަންތައް ކުރުމަށް އަމުރު ކޮށްފައިއެވެ. އިކްރާމް އެނބުރި އައި އިރުގައި އައީ މިކްޔާގެ ޕާސްޕޯޓްވެސް ހިފައިގެންނެވެ. މިކްޔާ އަށް އިތުބާރު ކުރަން ކިތައްމެ ބޭނުން ވިޔަސް އޭނާ މިވަގުތު ވެފައި އެވަނީ އަމިއްލަ އެދުން ބޮޑު މީހަކަށެވެ. އޭނާގެ އުއްމީދުތަކާ ގުޅިފައިވާ މީހަކު އެހާ ފަސޭހައިން އަތުން ދޫވިޔަ ނުދޭން އިކްރާމް ވަނީ އަޒުމު ކަނޑައަޅައިފައެވެ.

އާލިމާ އިންތިޒާރު ކުރަމުން އެދަނީ އޭނާގެ ފިރިމީހާ އަންނާނެ އިރަކަށެވެ. އުމުރުން 40 އަހަރު ވީ ނަމަވެސް އެމޫނުމަތީގެ އުޖާލާ ކަމެއް ނުކެނޑެއެވެ. ވަރުގެ ކޮޅަށް ނަލަ ހެދިގެން އެއިނީ މިއަދުމީ އޭނާގެ ފިރިމީހާގެ އުފަން ދުވަހަށްވީތީވެ އެކަން ފާހަގަކޮށްލުމަށެވެ. އެއީ އެދެމަފިރިންގެ އާދައެކެވެ. އެކަކު އަނެކަކަށްޓކާ ވާ ލޯބި ހާމަކުރުމަކީ ދެ މީހުންނަށްވެސް ލިބޭ އުފަލެކެވެ. ކުރިމަތީގައި އިން ކުޑަ މޭޒުމަތީގައި ކޭކެއް ބަހައްޓާފައި ހުރި އިރު އޭގެ މަތީގައި 50 ޖަހާފައި އިން އުއްބައްތިއެއް ރޯކޮށްފައި ހުއްޓެވެ. އާލިމާ ދޮރާ ދިމާއަށް ބަލާލީ މީހެއްގެ ހިލަމެއް ވުމުންނެވެ. އެވަގުތު ސޫޓް ކޭސް ދަމަމުން ގެޔަށް އެވަންނަނީ އޭނާގެ ފިރިމީހާނޫން ދެވަނަ މީހެއް ނޫނެވެ. އެވަގުތު އާލިމާގެ މޫނު މަތީ ގައި ވި ހިނިތުންވުން އިތުރަށް ފުޅާވެގެން ދިޔައެވެ.
” އިކްރާމް މިފަހަރު ހާދަ ދިގު ދަތުރެކޭ ދޯ ތި ކޮށްލީ..އަހަރެން ހީކުރީ މިދުވަހަށްވެސް ނާދެވޭނެކަމަށް..އެކަމަކު ރޭގަ ގުޅާފައި އަންނަ ވާހަކަ ބުނުމުން ވަރަށް އުފާވި..ދެން ތިހެން ނުހުރެ އާދެބަލަ މިކޮޅަށް..މިރޭ ކިހިނެއް ވެފައި ތިހުނަންނަނީ..ވަރުބަލި ވީތަ މާބޮޑަށް..” އާލިމާ އަށް އޭނާގެ ފިރިމީހާގެ ބަދަލުވެފައިވާ މިޒާޖުން އުނދަގޫވިކަހަލައެވެ. އޭރު އިކްރާމް ހުރީ އާލިމާ އާއި ހަތަރުކަޅި ހަމަކުރަން ނުކެރިފައިއެވެ. އޭނާގެ ޒަމީރުވެސް ގޮވަމުން ދިޔައީ ހަޔާތުގައި ފުރަތަމަ ފަހަރަށް އޭނާގެ ލޯބިވާ އަނބިމީހާ އަށް ބޭވަފާތެރި ވެވިއްޖެ ކަމެވެ. އެކަމާ އިކްރާމް ނުހަނު ދެރަވީ ނަމަވެސް އަމިއްލަ ދަރިއެއް ހޯދުމަށް އެފަދަ ފިޔަވަޅެއް އެޅުމަކީ ގޯހެއް ނޫނެވެ. ނަމަވެސް އޮޅުވާލައިގެން މައުސޫމު ކުއްޖެއްގެ ދިރިއުޅުމަށް އޭނާ އަށް ވަދެވިއްޖެއެވެ. އެއީ އޭނާ އަށް ކުރެވުނު ވަރަށްބޮޑު ކުށެކެވެ.
**
“އަހަރެން ވަރަށް ވަރުބަލި.. މިފަހަރު އުޅެން ޖެހުނީވެސް ވަރަށް ބުރަކޮށް އެހެންވީމަ ބޭނުން ވަނީ އަރާމުކޮށްލަން” ރޭގަނޑުގެ ކެއުމަށް އިންސާފުކޮށް ނިމުމާއިއެކު އިކްރާމް އެހެން ބުނުމަށް ފަހު ކޮޓަރިއަށް ދިޔައީ އާލިމާގެ ކުރިމަތީ ހުންނަން އުނދަގޫވުމުންނެވެ. އޭނާ އަށް އަދި ވަގުތުބޭނުން ވެއެވެ. ކުޑަ ދުވަސްކޮޅެއްގެ ތޭރޭގައި ހުރިހާކަމެއް ހަމައަކަށް އެޅިދާނެއެވެ.
ކޮޓަރިއަށް ވަދެ ޝާންތި އަށް ގުޅުމަށްފަހު މިކްޔާގެ ހާލު އޮޅުން ފިލުވުމަށްފަހު ފޯނު ބޭއްވިއެވެ. އޭނާ މިކްޔާ އަށް ފޯނެއްވެސް ނުގަނެދެނީ އިތުރު މީހެއްގެ ކަންފަތާ ހަމައަށް އެހަބަރު ދިޔުމަށް ނޭދޭތީއެވެ. އެގޮތުގައި ވިސްނުމަކަށް ގެއްލި އޮތުމަށްފަހު ލޯމަރާލީ އާލިމާ ކޮޓަރިއަށް ވަތް އަޑު އިވުމުންނެވެ.
” އިކްރާމް ހަދަ ބަދަލުވެއްޖެއޭ..މިފަހަރު ލަންކާ އިން އައިސް އަދި އަހަރެންނާ ލޯބިން ވާހަކައެއް ނުދައްކާ..އަނެއްކާ ކޭކު ވެސް އެހުރީ ހުރި ގޮތަށް އަތްވެސް ނުލާ..އަހަރެން ހީކުރީ މިރޭ ކާން އަރާފައި ކޭކު ގެންނަން ބުނާނެކަމަށް އެކަމަކު އެހެނެއް ނުވި..” އާލިމާ އަށް އިކްރާމްގެ މިޒާޖުން ކަމެއް ގޯސް ވެއްޖެކަން ދެނެގަނެވުނެވެ. އެހެން ނަމަވެސް އޭނާ އަކީ އެއްވެސް އިރެއްގައި މާސުވާލުގިނަ މީހެއް ނޫންކަމުން އެކަމާ ބެހޭގޮތުން އިތުރު ތަފްސީލަކަށް ނޭދެއެވެ. އެނދުގައި އޮށޯތުމަށް ފަހު ނިދޭތޯ މަސައްކަތް ކުރަމުންދިޔައީ ޝައްކުގެ ނަޒަރުން އޭނާގެ ލޯބިވާ ފިރިމީހާ އަށް ނުބެލުމަށެވެ. އިކްރާމަށް ފުރިހަމަ އިތުބާރު ކުރެވުނަސް މިއަދު ގޮތް ނޭނގޭ ބިރުވެރި ކަމުގެ ބާންޏެއް ހިތުގައި ދުވެލީ ކީއްވެ ކަމެއް އާލިމާ އަށް ނުވިސްނުނެވެ.

**
މަސް ދުވަސް ފާއިތުވެގެން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. އިކްރާމް ކޮންމެ ދުވަހަކުވެސް މިކްޔާގެ ހަބަރު އޮޅުން ފިލުވައެވެ. މިކްޔާ އަށް މީގެއިން އެއްވެސް ކަމެއްގެ ހިލަމެއް ނުވެއެވެ. އޭނާ އެ ހުންނަނީ އިކްރާމް ގެ އުނދަގުލެއް ކުރިމަތި ނުވާތީ އެކަމާ ނުހަނު ހިތް ހަމަ ޖެހިފައެވެ. މަސް ދުވަސް ވީއިރު އިކްރާމް މިކްޔާ ކައިރިއަށް ދާން ބޭނުންވި ނަމަވެސް އިހަށް މަޑުކޮށްލައިގެން އެހުންނަނީ އާލިމާ އަށް ޝައްކެއް ވެދާނެތީއެވެ. އެގޮތަށް ކަންތައް ވުމަށް އިކުރާމެއް ނޭދެއެވެ.

އިކްރާމް ހިންގަމުން އަންނަ 2ރިޒޯޓުގެ އިސްވެރިންނާ ބައްދަލު ކުރުމަށް މީޓިންއަށް ތައްޔާރުވުމަށް އޮފީހުގައި ވަރަށް ބުރަކޮށް އުޅެނިކޮށް އޭނާގެ ފޯނު ރިންގް ވިއެވެ. އެކޮޅުން ގުޅަނީ ޝާންތީ ކަން އެނގުމުން ވަގުތުން ފޯނަށްޖަވާބު ދިނެވެ. ޝާންތިގެފަރާތުން ލިބުނު ޚަބަރަކުން އިކްރާމްގެ ހިތުގެ ހިނގުންވެސް ހިނދުކޮޅަކަށް މަޑުޖެހިލިއެވެ

29
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

ShaiShy

Other Articles

Previous

ނޭނގޭހެ ހާދަ ލޯބިވޭ 27

Next

އެފިނިމެންދަން 4

Next
October 20, 2016

އެފިނިމެންދަން 4

Previews
October 20, 2016

ނޭނގޭހެ ހާދަ ލޯބިވޭ 27

22 Comments

  1. kayashandy says:
    October 20, 2016 at 4:46 pm

    sorry i cudnt upload it last nyt due to some network problems..
    enjoy de 9th part..n i knw some of u may not want this to hapn but this is hw i planned..hope u guys will stay until de end..thnak u all…:)

  2. Faixan says:
    October 20, 2016 at 4:54 pm

    Salhi

    1. kayashandy says:
      October 20, 2016 at 10:15 pm

      thank you faixan

  3. aroo says:
    October 20, 2016 at 5:17 pm

    Den Foos kyvetha miku nufily

    1. kayashandy says:
      October 20, 2016 at 10:16 pm

      mifaharu dn vee goi mee..sorry aroo foohi veema

  4. Ss says:
    October 20, 2016 at 5:24 pm

    Vaahaka varah reethi.. Avahah up kohla dhehchey

    1. kayashandy says:
      October 20, 2016 at 10:17 pm

      thank you..insha allah tonyt i ll try to up 10th part..

  5. Faathun says:
    October 20, 2016 at 6:49 pm

    Dhen ahchee.. shamaan ah mikya nulibuneema hadi..

    1. kayashandy says:
      October 20, 2016 at 10:18 pm

      sorry faathun beynunvee goi nuveema.. but thank you for reading my story

  6. new says:
    October 20, 2016 at 7:56 pm

    Vv reethi

  7. Hh says:
    October 20, 2016 at 8:00 pm

    Shamaan aee ikuraam mengey kuhjeh dhw

    1. kayashandy says:
      October 20, 2016 at 10:19 pm

      yes..ikuraam akee shamaange brother in law

  8. Samsam says:
    October 20, 2016 at 10:46 pm

    Dhn oi baaga mikya preg vaane dhw…oh so sad…Aneh hen vaahaka hadi ehnoon..ekm shamaan ah vaane goi hithah aeema sad..best of luck…nxt part upload soon…waitin…

  9. Mikya says:
    October 20, 2016 at 10:51 pm

    Alhe me ge life ah vrh gulhey stry eh mee…me ge ves stepmom kanthah kury thigothah..me ah ehme 18yrs ga faadehge goi nengey dhuvas v meehakah me vihkaali…nd also my nam is also mikya..emyha ge ves wife eh hurey..ekm kudhin nulibey meeheh hama same as dis stry…nw me ge ebuhuri boy kuhjeh..

    1. OMG says:
      October 21, 2016 at 10:01 pm

      Hama alsu tha? Thee Hama mikya tha? Mikya mihaaru ves ulhenee e firihen meehaa aa marry koh gen tha?

    2. kayashandy says:
      October 21, 2016 at 10:29 pm

      thank you sam..

  10. Aish says:
    October 20, 2016 at 11:00 pm

    OMG! Ikraam ei shamaan ge aunt husband dho

  11. Shaa says:
    October 21, 2016 at 12:22 am

    varah foohi.. eyoh vy goii dhw.. ma nama assu mom akaa e varu kuran dhn nuhunnaanan balahahtaagen.. eyah vure assu strong vaan jehey .. vaaahaka not bad

  12. Qeen says:
    October 21, 2016 at 2:25 pm

    vvv reethi

  13. Petite says:
    October 21, 2016 at 4:54 pm

    Koba next episode.. mis story v v v salhi ???

  14. Ss says:
    October 21, 2016 at 11:19 pm

    Kobaaaaaaaa aneh bai

  15. xenn says:
    October 22, 2016 at 9:06 am

    Aneh part kobaaa….avahah up kohdhybaaa

Comments are closed.

All Right Reserved!