Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނުހައްޤު ލޯބި (24 ވަނަ ބައި)

Liaa Level 810 Stories500 Comments100 Comments100 Stories1K Comments100 Login
October 19, 2016 6 Mins Read
17 Comments

ޒުލޭހާ ތެދުވިއިރު މައިނޭވާ ލެވެއެވެ. އޭނާ ލައިގެން ހުރި ފެހި ކުލައިގެ ހެދުން ލެއިން ކަޅިވެފައި ވީއިރު ކަނާއަތުން ހިފަހައްޓައިގެން ހުރި ވަޅިން ލޭތިކި ޖަހަމުން ދިއައެވެ. މުށިތައް މައްޗަށް އޭނާ އެވަޅި ވައްޓާލި ގަޑީގައި ބާރު އަޑެއް ކިޔައިގެން ދިއައެވެ. ހަރަަކާތް ހުއްޓިފައި އޮތް އާޔާ އަށް ބަލަމުން ޒުލޭހާ ބާރުބާރަށް ހޭން ފެށިއެވެ.

***

ހެނދުނުގެ ހިތްގައިމު ވަގުތެވެ. ބަލާލި ކޮންމެ ދިމާއަކުން ނަޝްފާއަށް ފެންނަމުން ދިއައީ ބީރައްޓެހިކަމެވެ. ދުއްވަމުން ދިޔަ ޓެކްސީގައި ނަޝްފާ އިން އިރު އޭނާއަށް ޓެކްސީގެ ކުޑަ ދޮރުން ބޭރު ބަލަހައްޓައިގެން ހުރެވުނެވެ. ޓެކްސީ ގޮސް ހުއްޓާލީ ބޮޑު ގެއެއްގެ ކައިރީގައެވެ. ރާހުލްގެ ފަހަތުން ނަޝްފާ ފޭބުމަށްފަހު ކުރިމަތީގައި ހުރި ބޮޑު ގެއަށް ނަޒަރު ހިންގާލިއެވެ. އޭނާ ހީކޮށްގެން ހުރީ ރާހުލް މެންގެ މިއަށްވުރެ ކުޑަވެފައި ނިކަމެތިވާނެ ކަމަށެވެ.

ކާރުގެ ޑިކީއިން ފޮށި ނަގައިގެން ރާހުލް ނަޝްފާ ކޮބައިތޯ ބަލާލިއިރު ކުރިމަތީގައި ހުރި ގެއަށް ނަޒަރު ހުއްޓާލައިގެން ހުރި ނަޝްފާ ފެނި ރާހުލް ދެރަވިއެވެ. ނަޝްފާ ވެސް މުއްސަނދިކަމާ އުފަލުގައި އުޅެން ބޭނުންވާނެއޭ އޭނާ ހިތަށް އެރިއެވެ. ނަމަވެސް ކުރިމަތިން ފެންނަން ހުރި ގެއާ ރާހުލްމެންގެއާ އަޅާ ކިޔޭ ވަރުވެސް ނުވާނެއެވެ.

“ހިނގާ ދާން..” ނަޝްފާގެ ކޮނޑުގައި ކުޑަކޮށް ކޮއްޓާލަމުން ރާހުލް އެހެން ބުނެލުމުން ނަޝްފާ ހައިރާންވެފައި ރާހުލްގެ މޫނަށް ބަލާލިއެވެ.

“މިއެއް ނޫންތަ ގެއަކީ؟” ކުރިމަތީގައި ހުރި ގެއަށް އިޝާރާތްކޮށްލަމުން ނަޝްފާ އަހާލިއެވެ.

“ނޫން.. އަހަރެން ދިރިއުޅޭ ގެ ހުންނަ މަގު ހަނިކަމުން ކާރަކަށް ނުވަދެވޭނެ…” ކުޑަކޮށް ހީލަމުން ރާހުލް ކުރިއަށް ހިނގައިގަތެވެ. ނަމަވެސް ރާހުލްގެ މޫނުގައިވި ހިތާމަ ނަޝްފާއަށް ރީއްޗަށް ވެސް އެނގުނެވެ. އެއީ ރާހުލްގެ ގެ ކަމަށް ނަޝްފާއަށް ހީކުރެވޭނީ އޭނާ ކިހާ މޮޔަވީމަ ހެއްޔެވެ؟ ގޮށް މުށުން މަޑުމަޑުން ބޮލުގައި ޖަހާލުމަށްފަހު ރާހުލްގެ ފަހަތުން ނަޝްފާ ހިނގައިގަތެވެ.

ޖެހިގެން ހުރި ހަނި ގޯޅިން އަޅާލުމާއެކު އެންމެ ފުރަތަމަ ޖެހުނު ގޭގެ ކުރިމަތީގައި ރާހުލް ހުއްޓެލިއެވެ. އެތަށް ދުވަހަކަށްފަހު އަމިއްލަ ވަޒަނަށް، އަމިއްލަ ގެއަށް އާދެވުމުން އޭނާގެ ހިތުގައި އުފެދެމުން ދިއައީ ތަފާތު ޝުޢޫރުތަކެކެވެ. ރާހުލްގެ ފަހަތުގައި ހުއްޓިލައިގެން ހުރި ނަޝްފާ ރާހުލްގެ ކޮނޑުގައި އޭނާގެ އަތް ބާއްވާލީ ރާހުލްއަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ. އަމިއްލަ ގެއަށް އާދެވުމުން ރާހުލް އޭނާގެ މަންމަ މަތިން މާ ބޮޑަށް ހަނދާންވާނެކަން އޭނާއަށް އެނގުނެވެ.

ރާހުލް އަތް ހިއްލާލަމުން ދެތިން ފަހަރަކު ދޮރުގައި ޖަހާލިއެވެ. އިރުކޮޅެއް ނުވެ ދޮރު ހުޅުވާލީ ޒުވާން އަންހެން ކުއްޖެކެވެ. ހަމުގެ ކުލަ ދޮންވެފައި ހިމަތޮޅި ހަށިގަނޑެއް ލިބިގެން ވީއިރު އޭނާގެ މޫނުމަތީގައި ރާހުލްއާ ވައްތަރު ގޮތެއް ހުއްޓެވެ. ލައިގެން ހުރި ދޯބައްޓާ ހެދުން ކިތަންމެ ބާވެފައި ވީ ނަމަވެސް އޭނާގެ ރީތިކަމަކަށް އެއްވެސް އުނިކަމެއް ނާދެއެވެ. އެކުއްޖާ ރާހުލްއަށް ބަލާލަމުން ހިނިތުންވެލިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާގެ ނަޒަރު ހުއްޓުނީ ރާހުލްގެ ގާތުގައި ހުރި ނަޝްފާއަށެވެ. އޭނާ ބީރައްޓެހި ގޮތަކަށް ނަޝްފާއަށް ބަލަން ފެށުމުން ނަޝްފާއަށް އިސްޖަހާލެވުނެވެ.

“ރާހުލް… ހީކުރި ވަރަށް ވުރެ އަވަހަކަށްނު ތިއައީ؟ އަވަހަށް އާދޭ…” ދޮރު ހުޅުވައިގެން ހުރި ރިޔާ އެތެރެއަށް ވަންނަން ތަން ދައްކަމުން އެހެން ބުނެލީ އެ މީހުންގެ ބަހުރުވައިންނެވެ. ނަޝްފާއަށް އެ ދައްކާ އެއްވެސް ވާހަކައެއް ނޭނގުނު ނަމަވެސް ރާހުލްގެ ފަހަތުން އެތެރެއަށް ވަނެވެ.

“އާނ… ނަޝްފާގެ މަންމަގެ ސަބަބުން މިހާ އަވަހަށް ފްލައިޓުން ޖާގައެއް ލިބުނީ… މީ ނަޝްފާ…” ރާހުލް ނަޝްފާއަށް އިޝާރާތްކޮށްލަމުން ރިޔާ ގާތު ބުނެލިއެވެ. އެ ބުނި އެއްޗެއް ދޭހަ ނުވި ނަމަވެސް ނަޝްފާ ރިޔާއަށް ބަލާލަމުން ހީލިއެވެ.

އެތެރެއަށް ވަނުމާއެކު ރާހުލް ހައިރާންވީ ކުރިން އެ ގޭތެރޭގައި ހުންނަ ސޯފާސެޓާއި ޓީވީ ނެތުމުންނެވެ. ސުވާލުން ފުރިގެންވާ ނަޒަރަކުން މުޅިތަނަށް ބަލާލުމަށްފަހު އޭނާ ރިޔާގެ މޫނަށް ބަލާލިއެވެ.

“ދައްތަމެން ވިއްކާލީ ސޯފާ އާ ޓީވީ… ލާރި ނުލިބިގެން… މަންމަ… މަންމަ…” އެ ހިސާބަށް ބުނެވުނުތަނާ ރިޔާއަށް ރޮވެން ފެށުނެވެ. ނަމަވެސް ދެލޮލުން ނިރާލި ކަރުނައިގެ ތިކިތައް ފުހެލަމުން އޭނާ އެތެރެއަށް ހިނގައިގަތެވެ. އެނބުރި އައީ ބޮޑު ކުނަލެއް ހިފައިގެންނެވެ. ސިޓިންގްރޫމު ކޮޅުގެ ތަޅުންގަނޑުގައި އެ ކުނާ ފަތުރާލަމުން ރިޔާ ރާހުލް އާއި ނަޝްފާއަށް އެތަނުގައި އިށީންނަން އިޝާރާތް ކުރިއެވެ.

“ކީއްވެތަ މި ކުއްޖާ ގޮވައިގެން ރާހުލް ތި އައީ؟” ރާހުލްމެން ކުނާ މަތީގައި އިށީންދެ ހަމަޖެހިލުމުން ރިޔާ ރާހުލްއާ ސުވާލުކޮށްލީ ނަޝްފާއަށް އިޝާރާތްކުރަމުންނެވެ.

“ރިޔާ ދައްތާ… ނަޝްފާ އަކީ… ނަޝްފާ އަކީ…. އަހަރެން މިއުޅެނީ ނަޝްފާއާ ކައިވެނި ކުރަން…” އުނދަގުލާއެކު ރާހުލް ރިޔާ ގާތު ބުނެލިއެވެ. އެއާއެކު ރިޔާގެ ދެލޯ ބޮޑުވެގެން ދިއައެވެ.

“ކައިވެނި ކުރާށޭ؟” ހައިރާންވެފައި ރިޔާއަށް އަހާލެވުނެވެ. ރާހުލް ނަޝްފާއަށް ބަލާލަމުން މަޑުމަޑުން ބޯޖަހާލިއެވެ. ރިޔާ ދެފަރާތަށް ބޯ ހޫރާލުމަށްފަހު ރާހުލްގެ އަތުގައި ހިފައިގެން މިސްރާބުޖެހީ އެމީހުންގެ ކޮޓަރިއަށެވެ. އެ މީހުން ދެއްކި އެއްވެސް ވާހަކައެއް ނޭނގޭ ހާލު ނަޝްފާ އެ ކުނާ މަތީގައި އިން ގޮތަށް އިނެވެ.

“ރާހުލް މޮޔަވީތަ؟ ރާއްޖެ މީހުންނާ ތި ކަހަލަ ގުޅުން ބާއްވާކަށް ނުވާނެ…” ކޮޓަރިއަށް ވަދެ ދޮރު ޖެހުމަށްފަހު ރިޔާ މަޑުމަޑުން ބުނެލިއެވެ. ރާހުލްއަށް އެއްވެސް ދެރައެއް ލިބޭކަށް އޭނާއެއް ނޭދެއެވެ.

“ރިޔާ ދައްތާ… ނަޝްފާ އެއީ އެކަހަލަ ކުއްޖެއް ނޫނޭ… ނަޝްފާ އަހަންނަށް ވަރަށް ރަނގަޅު… އަދި އޭނަ އަހަރެން ދެކެ ވަރަށް ލޯބިވެސް ވާނެ.. އޭނަ މަންމަ ވެސް ނުލާހިކު ރަނގަޅޭ… މި ދަތުރުވެސް ހަމަޖައްސާ ދިނީ އޭނާގެ މަންމަ…” ރާހުލް ރިޔާއަށް ވިސްނައިދޭން މަސައްކަތް ކުރަމުން ބުނެލިއެވެ. ރިޔާ ދެއަތުން މޫނުގައި ފިރުމާލިއެވެ.

“އެންމެ ރަނގަޅު… ރާހުލް ބޭނުމިއްޔާ ތިކަމަށް ހުރަސް އަޅާކަށް ނެތިން… ރާހުލް އޭނަ ދެކެ ލޯބިވޭތަ؟” ރިޔާ އަހާލިއެވެ. އެއާއެކު ރާހުލް މަޑުމަޑުން ބޯ ޖަހާލިއެވެ. އޭނާ ހަޤީޤަތުގައި ލޯބިވަނީ އަންޖޫދާ ދެކެ ކަމަށް ގޭ އެއްވެސް މީހެއް ގާތު ބުނާކަށް ބޭނުމެއް ނުވެއެވެ.

“ރާހުލްއަށް ޔަޤީންތަ އޭނާ ރާހުލްއަށް ދެރައެއއް ނުދޭނެކަން؟” ރިޔާ އެހެން އަހާލިއިރު އޭނާގެ މޫނުމަތީގައިވި ކަންބޮޑުވުން ރާހުލްއަކަށް ސިއްރެއް ނުވިއެވެ.

“ރިޔާ ދައްތާ… ހަމަޖެހިބަލަ…. ނަޝްފާއާ އިނުމުން އަހަންނަށް އެއްވެސް ގެއްލުމެއް ނުވާނޭ… އެއީ ވަރަށް ރަނގަޅު ކުއްޖެކޭ..” ރާހުލް ހިނިތުންވެލަމުން އެހެން ބުނެލި ނަމަވެސް ރިޔާގެ ހިތުގައި ނޭނގޭ ބިރުވެރިކަމެއް އުފެދިފައިވިއެވެ.

ކޮބާތަ ޝިޔާ ދައްތަ؟” ރާހުލް އެހެން އަހާލީ ގޭތެރެއިންވެސް ޝިޔާ ފެންނަން ނެތުމުންނެވެ. އެއާއެކު ރިޔާގެ މޫނުމަތީގެ ކުލަވަރު އަނެއްކާވެސް ބަދަލުވެގެން ދިޔަތަން ރާހުލްއަށް ފެނުނެވެ. އަނެއްކާ ޝިޔާއަށް ކަމެއްވީ ބާއޭ ރާހުލްގެ ހިތަށް އަރަމުން ދިއައެވެ.

“ޝިޔާ އުޅޭގޮތުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާ…” ރިޔާ އެހެން ބުނެލީ ކުރެހިފައިވާ އަޑަކުންނެވެ. އޭނާގެ ދެލޮލުން ކަރުނައިގެ އަސަރު ފާޅުވާން ފެށުމުން ރާހުލް ދެރަވިއެވެ.

“ކިހިނެއްތަވީ ޝިޔާ ދައްތައަށް؟” ޝިޔާއަށް ވެގެން އުޅޭ ގޮތެއް ބެލުމަށް ކެތް މަދުވެފައި ހުރެ ރާހުލް އަހާލިއެވެ.

“އަހަރެމެން ރާހުލް ދިއައީމަ އުޅުނީ ގޭގެއަށް ގޮސް މަސައްކަތް ކޮށްދީގެން… ރާހުލް ފޮނުވާ ލާރިންވެސް ކޮންމެ މަހަކު ހޮސްޕިޓަލު ބިލުތަަށް ދެއްކެނީ ކިރިޔާ… ދެން އަހަރެމެން ކާއެއްޗެއްސާ ، ލާ އަންނައުނާ ހޯދަންވެސް ޖެހޭނެއްނު؟ ފުރަތަަމަ ދުވަސްކޮޅު ޝިޔާވެސް އަހަންނާއެކު ދާނެ ގޭގެއަށް މަސައްކަތް ކުރަން…. އެކަމަކު އޭނާ އަބަދު ހުންނާނީ ރުޅިއައިސްފަ… މި ނިކަމެތި ދިރިއުޅުން އުޅޭކަށް ބޭނުމެއް ނުވެޔޭ އަބަދު ކިޔާނީ… ދެން އަހަރެމެން އެއްފަހަރު މަސައްކަތް ކުރަން ދިޔަ ގެއިން ޝިޔާއާ ދިމާވީ އެގޭ ދޮށީ ފިރިހެން ދަރިފުޅާ…ސުލްތާން ކިޔާނީ… އެެގެއަށް ދާން ފެށިފަހުން އަހަންނަށް އެނގޭ އެ ސުލްތާން ޝިޔާ އަށް ބަލަނީ ރަނގަޅު ނަޒަރަކުން ނޫންކަން… އެކަމަކު ޝިޔާ ވެސް އޭނާ ވާހަކަ ދެއްކުމުން ވާހަކަ ދައްކާ އޭނާ އާ ސަމާސާކޮށް ހަދާ… އަހަރެން އެކަން ހުއްޓާށޭ ބުނުމުންވެސް ނުހުއްޓި… އެންމެ ފަހުން ޝިޔާ ސުލްތާންގެ އެދުންތައް ފުރިހަމަކޮށްދިނުމަށްޓަކާ ސުލްތާންގެ ކޮޓަރިއަށްވެސް ދާން ފެށީ ރޭގަނޑު… މަންމައަށް މިކަން އެނގިގެން އެވަރަށް ނަސޭހަތް ދިން އިރުވެސް ނުހުއްޓި… އެެހެންނު ވާނީ.. ސުލްތާން އޭނާއަށް އެވަރަށް ލާރި ދޭ… އެންމެ އަގު ބޮޑެތި ފައިވާނާ ހެދުމާ ލާފަ ހުންނަނީވެސް… މީގެ އެއްމަސް ކުރިން އޭނަ ދިރިއުޅުންވެސް ސުލްތާންމެން ގެއަށް ބަދަލުކޮށްފި… މިހާރު އުޅެނީ އިންނާށޯ… އެކަމުގެ ހިތާމައިގައި އުޅެނިކޮށް މަންމަ ނިޔާވީ ވެސް…” އެވާހަކަ ކިޔައިދީ ނިމުން އިރު ރިޔާއަށް ގިސްލަ ގިސްލާފައި ރޮވެއެވެ. ރާހުލްވެސް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ޝިޔާ ހަމަ އެފަދަ ގޮތަކަށް އުޅެފާނެ ހެއްޔެވެ؟ އެގޮތަށް ހިލޭ ފިރިހެނެއްގެ ގޭގައި އުޅުމުން އޭނާގެ އާއިލާއަށް އެ ލިބެނީ ކިހާ ހުތުރެއް ހެއްޔެވެ؟ ރާހުލް އަތުގެ ނުފުށް ނިތްކުރީގައި ޖައްސާލިއެވެ.

“ކީއްވެތަ ތި ވާހަކަ އަހަރެން ގާތު ނުބުނީ؟” ރާހުލް ޝަކުވާކޮށްލީ އެހާ ބޮޑު ކަމެއް ހިނގައި ދިޔައިރުވެސް އޭނާއަށް އެކަން ނޭނގުނީމައެވެ. އެހެން ޤައުމެއްގައި ހުއްޓަސް އާއިލާތެރޭ ހިނގާ ކަންތައް އޭނާއަށް އެނގެން ޖެހޭނެ ނޫން ހެއްޔެވެ؟

“ރާހުލް ދެރަވެދާނެތީ ނުބުނީ… ދައްތައަށް އެނގެއޭ ރާހުލް އެކޮޅުގައި ވެސް އުޅޭނީ ނުލާހިކު ބުރަކޮށްކަން…” ރިޔާ އޭނާގެ ދެލޯ ފުހެލައި ހަމަޖެހެން މަސައްކަތް ކުރަމުން ބުނެލިއެވެ.

“މަންމަ ވަޅުލަނީ ކޮން އިރަކުން؟ ހޮސްޕިޓަލުގައި ދޯ އޮތީ؟” ރާހުލް އަހާލިއެވެ. އޭނާގެ މޫނުމަތިން ކަންބޮޑުވުމާ ހިތާމަ އެކުލެވިފައިވިއެވެ.

“މެންދުރު ނަމާދަށްފަހު… ޝިޔާ ވެސް ބުނި އަންނާނަމޭ އަހަރެމެންނާއެކު ދާން….” ރިޔާ މަޑުމަޑުން ބުނެލިއެވެ. މަންމަ މަތިން ހަނދާންވުމުން އޭނާގެ ދެލޮލަށް އަނެއްކާވެސް ޖަމާވަމުން ދިޔަ ކަރުނަތައް އޮއްބަން މަސައްކަތް ކުރަމުން ރިޔާ ބުނެލިއެވެ.

“ކީއްކުރަން އޭނަ ގެންދަނީ މަންމަގެ މޫނު ދެކެން…؟ އެހާ މުއްސަނދި މީހަކާ އެކީ އުޅެމުންވެސް މަންމައަށް ފަރުވާކުރަން ލާރިއެއް ނުދެވުނެއްނު…!” ރާހުލް ރުޅިވެރިކަމާއެކު އެހެން ބުނެލަމުން ކޮޓަރިން ނިކުންނަން ހިނގައިގަތީ ނަޝްފާ މިހާރު ފޫހިވެފައި ހުންނާނެކަން އެނގޭތީއެވެ. ހަމަޖެހެން މަސައްކަތް ކުރަމުން އޭނާ އައިސް ނަޝްފާގެ ގާތުގައި އިށީނެވެ. ފަހަތުން ކަހަލަ ގޮތަކަށް ރިޔާވެސް ނިކުތެވެ.

ރާހުލްެގެ ގާތުގައި އިން ނަޝްފާއަށް ރިޔާ ބަލާލީ ވަރަށް ފުންކޮށެވެ. ރީތި ކުއްޖެއް ނޫނެވެ. ހަމުގެ ކުލަވެސް އެހާމެ ކަޅެވެ. މޫނުމަތިވެސް އޮމާނެއް ނޫނެވެ. ކަޅިރަަވަވެސް ރީއްޗެއް ނޫނެވެ. ހަށިގަނޑުގައި އެއްވެސް ލޫޅާފަތިކަމެއް ނެތެވެ. ރާހުލް މި ކުއްޖާއާ އިންނަން އެއުޅެނީ މި ކުއްޖާގެ ކޮން ސިފައެއް ފެނިގެންބާއޭ ރިޔާގެ ހިތަށް އަރަމުން ދިއައެވެ. ހަމަގައިމުވެސް ސިފައަށް ބަލައިގެން ރާހުލްއަށް މި ކުއްޖާ ކަމުނުދާނެކަން ރިޔާއަށް އެނގެއެވެ. ނަމަވެސް އިންސާނާ ގެ ބޭރުފުށް ކިތަންމެ ހަޑިކަމުގައި ވިޔަސް އޭނާގެ އެތެރެފުށް ހަމަ ރީތިވެދާނެއޭ އޭނާގެ ހިތަށް އެރިއެވެ.

ރާހުލްއާއި ނަޝްފާ ފެންވަރާ ތާޒާވެލައިގެން ނިކުތްއިރު ރިޔާ ހުރީ ކެއުން ތައްޔާރުކޮށްފައެެވެ. އޭނާ ނޫޑުލިސް ހެދީ ނަޝްފާއަށް އެމީހުން ހަދާ އެެހެން އެއްޗެއް ނުކެވިދާނެއޭ ހިތަށް އެރުމުންނެވެ. ރާއްޖޭގައި ކާ އެއްޗެއްސާއި ބަންގްލަދޭޝްގައި ކާ އެއްޗެހި ވަރަށް ތަފާތުކަމަށް ރާހުލެގެ ފަރާތުން އޭނާއަށް ވަނީ އެނގިފައެވެ.

ގޭ ދޮރު ބާރަކަށް ހުޅުވާލާފައި މީހަކު ވަތް އަޑަށް ކުނާމަތީގައި ކާން އިން ރާހުލްއާ ނަޝްފާ ބަލާލިއެވެ. އެއަޑަށް ރިޔާވެސް ކޮޓަރިން ނިކުމެގެން އައެވެ. ދޮރު ކުރިމަތީގައި ހުރި ޝިޔާ ފެނި ރާހުލްއަށް ދެއަތް މުއްކަވާލެވުނެވެ. މަންމައަށް އެހާ ބޮޑު ދެރައެއް ދީފައި ޝިޔާއަށް ހަމަޖެހިގެން އުޅެވެނީ ކިހިނެއްބާއޭ އޭނާގެ ހިތަށް އެރިއެވެ.

ފަރި ހިނގުމެއްގައި އެތެރެއަށް ވަދެގެން އައި ޝިޔާ ހުއްޓެލީ ރާހުލްއާ ނަޝްފާގެ ކުރިމަތީގައެވެ. އޭނާ ލައިގެން ހުރި ފައިތިލައާ ހަމައަށް އަރާ ނޫކުލައިގެ އަގުބޮޑު ހެދުން ފެނިފައި ރިޔާ އިސްޖަހާލިއެެވެ. މަންމައަށް ބޭސްކުރުމަށްޓަކާ އެކުދިން އާ ހެދުން ނުގަނެ މަސައްކަތުގައި އަވަދިނެތި އުޅުނުއިރި ޝިޔާ އޭނާއަށް ލިބޭ ހުރިހާ ލާރިއެއް ހޭދަކުރަނީ އަމިއްލަ ނަފްސަށެވެ. އަރައިގެން ހުރި އުސް ބޫޑުން ދެތިން ފަހަރު ތަޅުން ގަނޑުމަތީގައި ޖަހާލުމަށްފަހު ޝިޔާ އެ ގޭތެރެއަށް ނަޒަރު ހިންގާލީ ފަކުރު ތަނަކަށް މީހަކު ބަލާ ފަދައިންނެވެ. އެއީ އޭނާ ވެސް އުޅެ ބޮޑުވި ގެ ނަމަވެސް އޭނާގެ ހަނދާނުގައި އެކަން ހުރި ހެނެއް ހިޔެއް ނުވެއެވެ. އެ ދޮން މޫނު މިހާރު ކުރިއަށް ވުރެވެސް ދޮން ވެފައި ޗާލެވެ. ކޮށްފައިވާ ލުއި މޭކަޕް އޭނާއާ ނުހަނު ގުޅޭއިރު ހަމަ ވައްތަރީ މޮޑެލްއަކާއެވެ. ގޭތެރެއަށް ނަޒަރު ހިންގާލުމަށްފަހު ޝިޔާ ދެން ބަލާލީ ރާހުލް ކައިރީގައި އިން ނަޝްފާއަށެވެ. ނުދަންނަ ފާޑުގެ މީހަކު އެ ގޭތެރޭގައި އިނުުމުން ޝިޔާގެ ދެބުމަ ގޮށް ޖެހިގެން ދިއައެވެ.

“މީ ކާކު؟” ނަޝްފާއަށް އިޝާރާތްކޮށްލަމުން ޝިޔާ ރާހުލް ގާތު އަހާލިއެވެ. ނަމަވެސް ރާހުލް ކެއުން ކުރިއަށް ގެންދިއައީ ޝިޔާއާ ދިމާއަށް ބަލާވެސް ނުލައެވެ. އޭނާ ހުރީ ޝިޔާ ދެކެ އެވަރަށް ރުޅިއައިސްފައެވެ. ރިޔާ ގާތު އެހުމުންވެސް ރިޔާ އެއްޗެކޭ ނުބުނީ ރާހުލް ޝިޔާއަށް އެއީ ރާހުލް އިންނަން އުޅޭ މީހާކަން އަންގަން ބޭނުން ނުވާނެއޭ ހީވުމުންނެވެ. އެކަކުވެސް އެއްޗެކޭ ނުބުނުމުން ޝިޔާ ރުޅިއައިސްފައި ހުރެ ބޭރަށް ދާން ހިނގައިގަތެވެ.

“މަ ދާނަން ސުލްތާންގެ ކާރުގަ ހޮސްޕިޓަލަށް … ކަލޭމެން ވެސް ދޭ…” ރުޅިވެރިކަމާއެކު އެހެން ބުނެލަމުން ޝިޔާ ބާރަކަށް ދޮރު ޖެހިއެވެ. ޝިޔާ ދިއުމުންވެސް ރާހުލްގެ މޫނުމަތިން އެއްވެސް އަސަރެއް ނުފެނެއެވެ.

ރާހުލްގެ މަންމަގެ ކަށުކަމާކެމީގެ ކަންތައް ނިމިގެން ގެއަށް އައިސް ރާހުލް ވަރަށް ރުޔެވެ. މަންމަ ނެތް ކަމުގެ ފަޅުކަން އޭނާއަށް އިހުސާސްކުރެވެމުން ދިއައީ އިންތިހާއަށެވެ. ނަޝްފާ ރާހުލްއަށް ވަރަށް ހިތްވަރު ދިނެވެ.

#ނުނިމޭ#

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Liaa

Level 810 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

ކައްފާރާ

Next

ތާޝާ (ދެވަނަ ބައި)

Next
October 19, 2016

ތާޝާ (ދެވަނަ ބައި)

Previews
October 19, 2016

ކައްފާރާ

17 Comments!

  1. Sabeeha says:
    October 19, 2016 at 4:34 pm

    v salhi…?

  2. Liaa says:
    October 19, 2016 at 4:35 pm

    Srry guys.. Its a little short… But mi part beynun vee hama mihaa hisaabah liyan…. So…
    And Liaa ah mi part liyevunu leh ehaa reehche nun… bt hope u guys enjoy…. And nxt part up kohdheynan veehaaves avahakah.. And srry fr the delay…
    Liaa mi vaahaka liyefa dhen stry eh liyanyaamu up kuraanee ehkoh liye nimmaafa… Bt dhen mi stry dhaanee mi kahala gothakah… bec i have exams….
    Once again really srry..

  3. Shaa says:
    October 19, 2016 at 4:45 pm

    lia.. it’s ok.. we can understand and ehaa busy koh ulhemun ves up kohdheythy varah happy vey 🙂 varah reethi mi part .. and all the best for your exams.. ??????

  4. cindrella says:
    October 19, 2016 at 5:33 pm

    V vvvvvvvvvvvv nice mi part ???

  5. Fathun says:
    October 19, 2016 at 5:40 pm

    Alhey anjoo ge hageegai rahul ah angabala

  6. ny says:
    October 19, 2016 at 5:46 pm

    Haadakureyyyyy.v v salhiye

  7. Hauafu says:
    October 19, 2016 at 6:06 pm

    Nice.thx n all the best for ur exams.gud luck.

  8. Inaa says:
    October 19, 2016 at 6:10 pm

    V nice ..bt knirakun dhen anjoo ge hageegaith engeyni..

  9. Liaa says:
    October 19, 2016 at 6:36 pm

    Thankyw all….
    Liaa ah ingey now mi stry ah kurin libey varuge tharuheebeh nulibeykan…. Vedhaane story reethi noonii kamah ves…. Bt i will finish this story…. Ekam new story eh liyaa hih kendijje… Bec i am not that talented.. There are more talented and more creative people than me… So its better if they continue writing in this site… I am thinking of stopping… Liaa story liyun huhtaalaafinama ufaa vaane kudhin ves ulheyne… dhera vaane kudhin ves ulheyne kan ingey… Ekam i believe that i am not worth writing stories…. becos i dont have that much talent….
    Bt thankyw fr all who supported me <3

  10. Liaa says:
    October 19, 2016 at 6:42 pm

    I am very very sad… becoz i didnt want to do this to the story that I am writing… I never wanted to delay this…. “ASARU” story ves nuhunnaane mihaaa bodah delay vefa eh… But I am just so busy these days… And i love writing stories… thats why i started this… I can also feel how the readers will react when i uplord the story soo late.. But i dont konw wat to do? Studies are bothering me soo much these days… Baeh faharu hithah araa studies dhookollan vee ey ves… But wat can I do? For a bright future, i have to study…. :'(

  11. imagination says:
    October 19, 2016 at 7:45 pm

    heii..liaa..even i have exams, wirte stories and i m a reader too. so i totally understand ur feeling.its totally cool. dont worry exam nimmaafa up kuriyas hama okeyvaane. understand veyey..n its not abt who is the most talented one. its abt who is courageous enough to write and bring it to everyone..hope u will not stop writing..failures eventually lead to success..plx dont stop writingg <3 <3 <3

  12. yumna says:
    October 19, 2016 at 11:42 pm

    Wooow. Mi parts ves vvvvvv reethi… liaaa kaaree bunelan beynumee ..mi story ahkee mihaa thanah kiuhnu ehme thafaathu story…. comment nukurias hurihaa part eh ves kiyan …hama vvvv reethi???

  13. Anonymous says:
    October 19, 2016 at 11:49 pm

    Pls liun huhtaanulaathi asluves ve reethi thafaathu story ehmee.. v reetyi v kiyaahiyve.. but Nashfa Bangladesh ah nudhaagothah story liununama maafurihamavees kahneyge.

  14. mari says:
    October 20, 2016 at 1:09 am

    Vvvvvv nice

  15. Appy says:
    October 20, 2016 at 8:21 am

    Ohh liaa plx liyun hutta nulaathi liyamun dhaavarakah improve vx vaaney ….n readers ah vx understand vaane dhw hama ekani vaahaka upload kuraakah eh vx myhakah nuhureveynekan …so plx vaahaka liyun hutta nulaa ithuru storyx vx liyeba. …..????v dhera vehje liaa huttaalaa vaahaka bunyma

  16. Munchkin ? says:
    October 20, 2016 at 10:21 am

    Liaa vaahaka liyun huttaalyma varah dhera vaane ?
    Lahun up kohdhevunas huttaa nulaaba?
    And mi part hadi eh noon hama varah rythi ?
    And
    All the Best for Exam ☺

  17. reema says:
    October 20, 2016 at 1:33 pm

    Liaa… Dnt think negetive dear…. Mi story hama varah ves reeethi… So plx huhtaanulaathi…

Comments are closed.

Next Episodeނުހައްޤު ލޯބި (25 ވަނަ ބައި)←


All Right Reserved!