Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިހާއަށް އާދޭސް 9…

kamana
October 18, 2016
5 Mins Read
46 Views
10 Comments

“ވަރަށް ފޫހިވޭ… އަޅެ ތި ބޮޑުވިޔަ ދޭނަމޭ….” ޝީރީން ކޮޓަރީގައި ބަނޑަށް ބަލަން އިނދެ ގަނެގެން އައި ހުދު ފޮތިގަނޑު ބަނޑުގައި އޮޅަންފެށީ އެ ކުޑަ ބަނޑުކޮޅު ބުރަކަށީ ކަށިގަނޑުގައި ތައްލާހާ ބާރަށެވެ. އެވަގުތު ޝީރިންގެ ބަނޑަށް ތޫލި ތަދެއް އަރައިގެން ދިޔައީ ކެއްނުކުރެވޭ ވަރަށެވެ. އަވަސް އަވަހަށް އަތުގައި އޮތް ފޮތިގަނޑު ދުރަށް އެއްލާލުމައްފަހު މަންމާ އޭ ކިޔާ އަޑުގެ ނެއްތަނަށް ގޮވާލީ ބިންމައްޗަށް ތިރިވަމުންނެވެ. ޝީރީންގެ އަޑަށް ދުވަމުން އައި ޝީޔާމާއަށް ޝީރީން އޮތް ގޮތް ފެނުމުން ނުރޮވުނީ ކިރިޔާއެވެ. އޭރު ޝީރީން ލައިގެން އިން ޖިންސުން ލޭގެ އަސަރު ފެންނަން ހުއްޓެވެ. “މަންމާ… ޝީރީން..” އެވަގުތު ގެއަށް ވަދެގެން އައި މަނިކަށް ޝީރިން އޮތް ގޮތް ފެނި އަވަސް ވެގަތީ ހެލްތް ސެންޓަރއަށް ގެންދިޔުމަށެވެ. އެދަރިފުޅަށް ގޮތެއްވެއްޖެއްޔާ މަނިކުގެ ހިތް ހުއްޓޭނެކަން ގައިމެވެ.

ހެލްތް ސެންޓަރއަށް ޝީރީން ގެންދިޔަ އިރުވެސް ޝީރީންގެ ވޭނީ ރުއިމުގެ އަޑު ނުކެނޑެއެވެ.

ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި މަނިކުގެ ފިޔަވަޅަށް ހުއްޓުމެއްއައީ އެމެޖެންސީ ކޮޓަރީގެ ދޮރުހުޅުވާލައިފައި ނިކުތް ނާސިހާ ފެނިއެވެ. “ޝީރީން…. ދަރިފުޅު” މަނިކުގެ އަޑުގައި ވަނީ ރިހުމެވެ. ޝީރީންއާއި އެ ދަރިފުޅަށް ކަމެއް ވެއްޖެއްޔާ މަނިކުގެ ފުރާނަ ހަށިގަނޑާ ވަކިވެގެންދާނެއޭ ބުނާކަހަލައެވެ. “ޑޯންޓް ވޮރީ… އިރާދަ ކުރެއްވިއްޔާ ރަނގަޅު ދެމައިންވެސް… ކުޑަކޮށް ބްލީޑް ވީ… އެކަމަކުވެސް އިތުރަށް ދައްކަން ބޭނުންވަންޏާ އަތޮޅު ވެރިރަށަށް ދިޔަޔަސް އެންމެ ރަނގަޅު.. އެކޮޅުގަ އެބައުޅޭ އަންހެންނުންގެ ޑޮކްޓަރެއް އައިސް….” ނާސިހާ ހީލަމުން ދިޔައީ މަނިކަށް ހިއްވަރު ދެމުންނެވެ.

“ޝީރީން……” އެނދުގައި އޮށޯވެގެން އޮތް ޝީރީން އޮތީ ސީލިންގއަށް ނަޒަރު ހުއްޓައި ލައިގެންނެވެ. މަނިކު ތަކުރާރުކޮށް ގޮވާލުމުންވެސް އަޑު ނީވޭ ކަމަށް ހަދާލީ މަނިކު ދެކެ ވާ ފޫސެއްގެ ބޮޑުކަމުންނެވެ. އެހެންނަމަވެސް ޝީރީންގެ އެ އަމަލުން މަނިކަށް ހީވީ ޝީރީން ދަރިފުޅާ ދޭތެރޭގައި މާގަދައަށް ވިސްނަނީ ކަމުގައެވެ. ” ޝީރީން… ބޭބީ އޯކޭއޭ….. އެކަމް ޝީރީން ބޭނުމިއްޔާ ހިނގާ ވެރިރަށަށް ދާން.. އަންހެނުންގެ ހާއްސަ ޑޮކްޓަރެއް އުޅޭ ވާހަކަ ޑރ ނާސިހާ ބުނެފި… އޭރަށް ބޭބީއަށް ކަމެއް ވިތޯވެސް ޗެކްކޮއްލެވޭނު…”ޝީރިންގެ ބަނޑުގައި ފިރުމާލަމުން މަނިކު އަހާލީ ލޯބިން ފުރިގެންވި ރާގަކުންނެވެ. “އަހަރެން ނުދާނަން… މިބުނީނު ދެން އެއްވެސް މީހަކަށް ދައްކާކަށް ނުދާނެމޭ…” ޝީރީން މަނިކުގެ އަތް ނައްޓުވާލުމަށްފަހު ނުރުހެމުން ބުންޏެވެ. “އޯކޭ އޯކޭ… އަރާމު ކޮއްލާ… އިޓްސް އޯކޭ” ޝީރީން މާ ހާސްވެފައިވާ ކަމަށް ނިންމައި މަނިކު ޝީރީން އަރާމު ކުރުމައް ދޫކޮއްލީ ބޭރަށް ނިކުންނަމުންނެވެ.

“ހަލޯ މަންމާ… އާން.. އިރާދަ ކުރެއްވީތީ ދަރިފުޅާ ޝީރީންވެސް ރަނގަޅު… މިރެއަށް ދޫކޮއްލާނެ… އާން… ޝީރީންއަށް މީރު އެއްޗެއް ކައްކާލީމާ ރަނގަޅުވާނެ..” ޝީޔާމާއާއި ވާހަކަ ދައްކާލުމައްފަހު މަނިކު ގޮސް އިށީނީ ގޮނޑިބަރި މަތީގައެވެ. މިވަގުތު އެންމެ ރަނގަޅުވާނީ ޝީރީން އެކަނި ބޭއްވުމޭ މަނިކުގެ ހިތް ބުނެލިއެވެ.

ދުރުން ފަރި ހިނގުމެއްގައި އަންނަމުން ދިޔަ ލައިލާ މަނިކަށް ފެނުނީ އެދިމާ ބާލާލުމުންނެވެ. ދެފަރާތު އަރިމަތިން ފަޅާފައި ހެދުމެއްގައި އާދައިގެ ގޮތަކަށް ބުރުގާ އަޅައިގެން އިން އިރު ލައިލާ ފެންނަނީ ނުހަނު ރީތިކޮށެވެ. ލައިލާ ފެނި މަނިކަށް ހީލެވުނީ ނަދީމްގެ ހުރި ނަސީބު ހިތަށް އަރައެވެ. ލައިލާއަކީ ކިހާ ރަނގަޅު ކިޔަމަންތެރި ކުއްޖެއްކަށް އެންމެ ރަނގަޅަށް އެނގޭނެ ދެވަނަ ފަރާތަށް މަނިކު ނޫނީ ނުހުންނާނެއެވެ.

“އަހަރެން ފެނި ތިހެނީ…. ޖޯކީތަ… މޫނުގަ އެއްޗެއް ހުރީތަ” މަނިކު ހޭތަން ފެނި ލައިލާ މޫނުގައި ދެއަތް އުނގުޅަމުން އަހަންފެށިއެވެ. ލައިލާގެ އެ އަމަލުން މަނިކުގެ ހުނުންވީ ހައްތަހާ ގަދައެވެ. “ދެން ލައީ… އަހަރެން ހެނީ އޭ ކިޔާ ތި ވައްތަރު ޖައްސަން ޖެހޭތަ…” މަނިކު ހެމުން ހެމުން ވާހަކަ ދެއްކިއެވެ. “މަނިކު ގަނޑާ… ވަރަށް ފޫހިވޭ…ދެން ހެވޭ… ކޮބާ ޝީރީން… ހުރިހާ ކަމެއް އޯކޭތަ… ނޯ ނޯ ވެއިޓް… ހުރިހާ ކަމެއް ރަނގަޅުވީމަ ތިހާ އުފާވެފަ ތީނީ….” ލޯ ހަނިކޮއްލަމުން ލައިލާ ހީލީއެވެ. “އޫމމމމ އަސްލުވެސް….” މަނިކު އެހެން ބުނެ ހީލީ ލައިލާއާ އެއްބަސް ވަމުންނެވެ. އެހެން ނަމަވެސް ލައިލާއަށް މަނިކު ކަމެއް ސިއްރު ކުރާހެން އަނެއްކާވެސް އިހްސާސް ވާންފެށިއެވެ. “މަނިކު…. މަނިކު މީހާކާ އިނީމަ ލައީއަށް އެނގޭ ދެމީހުން ދޭތެރޭގައި އޮތް ކުރީގެ ގުޅުމެއް ނޯންނާނެކަން.. އެކަމް އެޓްލީސްޓް އަދިވެސް ލައީ މީ ބެސްޓްފުރެންޑް ކަމަށް ބަލައިގެން އުޅުނިއްޔާ ވަރަށް އުފާވާނެ… ކުރީގަ ވާހަކަތަށް ހިއްސާ ކުރާގޮތަކަށް މިހާރު ނުކުރެވޭނެކަންވެސް އެނގޭ… އެކަމަކު ރައްޓެއްސެއްގެ އެހީއެއް ބޭނުމިއްޔާ ލައީ ހުންނާނަން.. ލައީ ހޯދަން އެދުވަހަކުން އަންނާނެ ކަމަށްވެސް ހީކުރަން… ” މަނިކުގެ އަތުގައި ހިފަމުން ލައިލާ ބުނެލީ ހީލަމުންނެވެ. އެހެން ނަމަވެސް މަނިކު ހީލީ ކަމެއް ނުވެއޭ ބުނަމުންނެވެ.

“އެހެން ދޯ…. އަންނާނަން ޝީރީންއަށް ގޮވާލާފަ… ” އިތުރަށް މަނިކު ކައިރީގަ އިންނަން ކެއްނުވެގެން ލައިލާ ތެދުވީ ޝީރީން ކައިރިއަށް ދިޔުމަށެވެ.

****************

ވޭތުވެގެން ދާ ކޮންމެ ދުވަހެއްގައިވެސް މަނިކު ދުވަސް ގުނާލަ ގުނާލަ ހުރީ ދަރިފުޅުގެ އިންތިޒާރުގައެވެ. ޝީރީންގެ ބަނޑަށް ދުވަސްފުރިހަމަ ވާން ކައިރިވެފައިވާއިރު ކޮންމެ މަޔެއްގެވެސް އިންތިޒާރު ތިޔައީ ކެއްނުވާވަރަށް ހިތްތަޅުވަމުންނެވެ. ކޮންމެ ދުވަހަކު ފްރިޖް ފުރާލެވިފައި ވަނީ ޝީރީން ކާން ބޭނުންވާނެހާ މޭވާއިންނެވެ. ޝީރީން ލައްވާ ކުޑަނަމަވެސް މަސައްކަތެއް ޝިޔާމާ ނުކުރެއެވެ. އެހެންނަމަވެސް މި ހުރިހާ ކަމަކުން އުދަގޫވެފައި އިންނަނީ ހަމައެކި ޝީރިންއެވެ. ޝީރީން އެދަރިފުޅު ކިބައިން ސަލާމަތް ވުމަށް ކުރެވުނުހާ މަސައްކަތެއް ކުރިއެވެ. އެހެން ނަމަވެސް އެ ބަނޑު ދިޔައީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ. ކޮންމެ މީހަކުވެސް އެ ކުޑަ ދަރުފުޅާ މެދު ކުރާ އުންމީދުތަށް އިވި ޝީރީންގެ ކަންފަތް ބައްވާން ކައިރިވެއްޖެއެވެ. ޝީރީން މިއޮށް ހުރިހާ ދުވަހު ރުޅިގަނޑު ފިއްތައިގެން އިންނަން މަޖުބޫރުވީ ސަމްސިއްޔަ އަބަދު ޝީރީން ކައިރީގައި އިންނަން ފެށުމުންނެވެ.

………………………….

ރޭގަނޑަށް ދިއްލާފައިވާ ހަނދުވަރުގެ ފުރިހަމަ އަލި މުޅި ހިސާބުގަނޑު ދިއްލާލައިފައިވާނީ ވަރަށްވެސް ފުރިހަމައަށެވެ. އެ ހަނދުގެ ފުރިހަމަކަމަށް ގެއްލިފައި އިން ލައިލާ ސިހުނީ ގައިގަ ގާކޮޅެއް ޖެހުމުންނެވެ. އެވަގުތު ޖޯލީގައި ލައިލާ އެކަނި އޮތުމުން އިންތިހާއަށް ބިރުގަތް ނަމަވެސް ދެފަރާތް ހޯދާލީ މީހަކު ފެނޭތޯއެވެ. އެހެންނަމަވެސް މީހެއްގެ ހިލަމެއް ނުވުމުން ލައިލާ ގަތީ އަމަށަކު ބިރެއްނޫނެވެ. މަޑުމަޑުން ޖޯލިން ތެދުވުމަށް ފަހު ކުރިއަށް ހިނގައިގަތީ ދުއްވައިގަންނަންވެސް ނުކެރިއެވެ. ދެފިޔަވަޅު ދުރަށް ނުދެވެނީސް ލައިލާ ހުއްޓެން މަޖުބޫރުވީ މީހަކު ލައިލާގެ އަތުގައި ހިފުމުންނެވެ. ގަންފައިވާ ބިރެއްގެ ސަބަބުން ލައިލާއަށް ފަހަތް ބަލާލަންވެސް ނުކެރި އިނދެވުނީ އެއިން ގޮތަށް ހުއްޓިފައެވެ. “ލައީ…” އެ އަޑަކީ ލައިލާ ދަންނަ އަޑެކެވެ. އެހެން ނަމަވެސް ކާކުގެ އަޑެއްކަމެއް އެވަގުތު ސިކުނޑިއަކަށް ނަޔެވެ. “ލައީ….. ” ކުއްލިއަކަށް ލައިލާގެ އަތަށް ލުއްކެއް ޖެހުމުން ލައިލާގޮސް ޖެހުނީ އެތަނަވެސް މޭމަތީގައެވެ. “ލައީ… މީ ނަދީމް އޭ….” ލައިލާ އިސްއުފުލާ ބަލާވެސް ނުލުމުން ނަދީމް ހާސްވިއެވެ. މިފަހަރު ހަމަ ރަނގަޅަށްވެސް މިކުއްޖާ ބިރުގަންނަވާ ލެވިއްޖެވެ. “ނަދީމް…” ކުޑަކެއްޖެހެން އެ އިންގޮތަށް އިނދެ ލައިލާ އިސްއުފުލާލީ އެއީ ނަދީމްތޯ ޔަގީން ކުރުމަށެވެ. “ނަދީމްތަ… އެހެންވިއްޔާ އައޫޒް ކިޔާފަ ހަމްދު ސޫރަތް ކިޔަވާ” ކުޑަކުއްޖެއްހެން ލައިލާ ނަދީމް ކައިރީގައި ބޭނުންވާ ކަންތަކަށް އެދުނެވެ. ނަދީމް އަވަސް އަވަހަށް ލައިލާގެ އެ އެދުންވެސް ފުރިހަމަ ކޮއްދިނެވެ.

“ދެން ނަދީމް…. ހާދަ ގޯހޭ….” އިރުކޮޅަކު ނަދީމްގެ ހަށިގަނޑުގެ އެހީ ހޯދުމައްފަހު ލައިލާ ހަމަޖެހިލީ ދެލޯ އަޅާލަމުންނެވެ. “ދުވަހަކުވެސް ވާހަކައެއް ނުދައްކާނަން… ނަދީމްއަށް އެނގެންވާނު އަހަރެން ބިރުގަންނާނެކަން.. އަދި މި ރޭގަނޑު…” ލައިލާ ގަންފައިވާ ބިރެއްގެ ސަބަބުން އެ ދެލޮލުން ކަރުނައިގެ ވިދުން ފާޅުވާން ފެށިއެވެ. “ސޮރީ ލައީ.. އަހަރެން ހީނުކުރަން…” ލައިލާ ގަޔާ ކައިރިކޮއްލަމުން ނަދީމް މާފަށް އެދުނީ ހަމަ ހަގީގަތުގައިވެސް ވަރަށް ދެރަވުމުންނެވެ. “ނަދީމް ކީއްވެތަ އަބަދުވެސް ތިކަހަލަ ސަމާސާ ކުރަނީ… އަހަރެން ބިރުގަންނަކަން އެނގެއެއްނު..” އިތުރަށް ނަދީމްގެ ތަނަވެސް މޭމަތީގައި ފޮރުވެމުން ލައިލާ ޝަކުވާ ކޮއްލިއެވެ. “ސޮރީ ލައީ… އަސްލުވެސް… ދެން ނުވާނެ…. ” ނަދީމް ދިޔައީ އިރު އިރު ކޮޅާ މާފަށް އެދެމުންނެވެ.

އެގޮތުގައި ދެ މީހުންނަށްވެސް އިރުކޮޅަކު އެހެން ތިއްބެވެ. ލައިލާއަށް މި އޮވެވުނީ ނަދީމްގެ މޭމަތީގައިކަން އިހްސާސްވީ ނަދީމްގެ ހިތުގެ ތެޅުން އެކަންފަތަށް އިވެމުން ދިޔުމުންނެވެ. އިރު އިރުކޮޅުން އިވެމުން ދިޔަ އަޑު ދިޔައީ ގަދަވަމުންނެވެ. ލައިލާ އެހާ ގާތުގައި ވުމުން ނަދީމްގެ ހިއްސުތަށް ދިޔައީ އޮބިނޯންނަ ވަރަށް ތެޅެމުންނެވެ. އެހެންނަމަވެސް ލައިލާއަށް އެފުރުސަތު ދީގެން ނަދީމް ހުރީ އެއީ ނަދީމްގެ ހަޔާތުގެ އެންމެ އުފާވެރި ވަގުތުކޮޅަށް ވުމުންނެވެ. “ވަރަށް ފޫހިވޭ…. ނޫޅެންދެން…. ” ލައިލާ ނަދީމް ކޮއްޕާލުމައްފަހު މިސްރާބު ޖެހީ ގެއަށް ވަނުމަށެވެ. “ސޮރީއޭ ލައީ… ” ނަދީމްވެސް ލައިލާ ފަހަތުން ހިނގައިގަތީ ހެމުންނެވެ.

…………………………………

“މޯންޑޭ ޕްލީޒް…… އަދި ދީބަލަ ވަގުތުކޮޅެއް…. މޯންޑޭއަށް އެނގެއެއްނު އަހަރެން ލޯބިވާ ވަރު.. މޯންޑޭ ހަމަ ހުވާކޮއްފައި މިބުނީ މި މުސީބާތުން ސަލާމަތްވާ ދުވަހަކުން އަހަރެން ފިލައިގެންވެސް މޯންޑޭ ކައިރިއަށް ދާނަން…. މޯންޑޭ ޔެސް އައި ލަވް ޔޫ ޓޫ” ޝީރީން ކަންފަތުގައި ޖަހާފައި އިން ފޯނު ވަކިކޮއްލީ ހިތްހަމަޖެހުމުގެ ނޭވާއެއްކަމުންނެވެ. އެހެންނަމަވެސް ފަސްއެނބުރިލި ވަގުތު ފެނުނު މޫނު ފެނި ޝީރީންގެ އަތްފައި ފިނިވާންފެށީ މިއިން ޒަމާނަކު ނުވާ ވަރަށެވެ.

“ޝީރީން… އަދިވެސްތަ…” މަނިކު ކޮއްލީ އެންމެ ސުވާލެކެވެ. މިފަހަރު ޖާވާބުދޭން ޝީރީން ފަސްޖެހެވުނީ ކީއްވެކަމެއް ނޭނގެއެވެ. “ޝީރީން…” މަނިކުގެ އަޑު ދިޔައީ ބާރުވަމުންނެވެ. “މަނިކު….. އަހަރެން… އަހަރެން ބުނީމެއްނު ލޯބިވަނީ މޯންޑޭ ދެކެއޭ…” ޝީރީން ވަރަށް ހިތްވަރު ކުރުމައްފަހު އެންމެފަހުން ބުންޏެވެ. “ކީކޭ..” މަނިކުގެ މޫނުމަތިން ފެނުނީ ހިތާމައެވެ. މަޑު ހިނގުމެއްގައި އައިސް އެނދުމަތީގައި އިށީނީ ގައިގަ ހަކަތަ ހުސްވާހެން ހީވުމުންނެވެ.

“މި ދަރިފުޅު ނެއްނަމަ މަނިކަށްވެސް އެނގޭނެ މިހާރު އަހަރެން މޯންޑޭގެ މީހަކަށް ވެފަކަން އިންނާނީ…. މީ މަނިކު އަހަރެންނަށް ދިން ލަނޑެއްނު… އަހަރެން ބޭނުމެއް ނުވެއޭ ކުއްޖަކު…. މަނިކަށް އެނގޭނެ…” ޝީރީންގެ އަޑުގައި ހިތްހަމަ ނުޖެހުން އެކުލެވިގެން ވިއެވެ. “ޝީރީން ބޭނުމެއް ނުވެއޭ….” މަނިކަށް އެހެން އަހާލެވުނީ ހައިރާންވެ ހުރެއެވެ. “އާން.. ކާކު ބޭނުންވާނީ… އަހަރެންގެ ހަޔާތަށް އެޅުނު އެންމެ ބޮޑު ހުރަސް މިކުއްޖާ…. ވެގެންވަންޏާ އަހަރެން މިހާރު މި މަރާލީ” އެތަށް ދުވަހެއް ފަހުން ޝީރީންގެ ގައިގާ ޖަހަން ނެގި އަތް ކޮންޓްރޯލް މިފަހަރުވެސް ކޮއްލީ ވަރަށް މަސައްކަތުންނެވެ. “ޝީރީން… ތީ އަހަރެންގެ ވެސް ދަރި… ތި ކުއްޖާއަށްވާ ކޮންމެ ގެއްލުމެއްގެ ދެގުނަ އަހަރެން ޝީރީންއަށް ދޭނަން… އަހަރެން ހީކުރީ މިއޮށް ހުރިހާ ދުވަހު މިއުޅެނީ ހަމަޖެހިގެން ކަމަށް.. ޝީރީންވެސް އަހަރެންނާ އެކީ އުޅެން މަސައްކަތް ކުރާކަމަށް…. އެކަމަކު މިހާރު އަހަރެންނަށް ޔަގީންވެއްޖެ….. ޝީރީން ތީ ދުވަހަކު ބަދަލުނުވާނެ މީހެއް… ކުރިން ބުނިހެން މިހާރުވެސް މިބުނަނީ.. ޝީރީންއެއް ވަރިއެއް ނުކުރާނަން…. އިވިއްޖެ” މަނިކު އަސްފައިވާ ރުޅި އެ މޫނުމަތިންވެސް ހާމަވެއެވެ.

“ޖެހޭނީ ވަރިކުރަން… އަހަރެން ބޭނުމީ ވަރިވާން… ވަރިކުރާށޭ… އެހެން ނޫނީ… އެހެން ނޫނީ މި ދަރިފުޅު ދުނިޔެއަށް އުފަންވިޔަ ނުދޭނަން،……….. އައްދޯއި … މަންމާ…..” ޝީރީންގެ ވޭނީ އާހުގެ އަޑު މުޅި ގޭގައި ގުގުމާލިއެވެ. ޝީރީން އެދުގެ ފަޑީގައި ހިފެހެއްޓީ އެތަދަށް ކެއްނުވުމުންނެވެ.

ނުނިމޭ…

10
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

kamana

Other Articles

Previous

އެފިނިމެންދަން 2

Next

ކައްފާރާ

Next
October 19, 2016

ކައްފާރާ

Previews
October 18, 2016

އެފިނިމެންދަން 2

10 Comments

  1. kamana says:
    October 18, 2016 at 7:46 pm

    Heyyh guyxxxx. How r yu all.?? I hope yu guyx will enjoy this part too. ??

  2. aik says:
    October 18, 2016 at 7:49 pm

    vv nice..?

    1. kamana says:
      October 19, 2016 at 1:50 pm

      Thnk yu?

  3. Anonymous says:
    October 18, 2016 at 8:42 pm

    haadha lahey dhw.. ekam ves varah varah reethi ??

    1. kamana says:
      October 19, 2016 at 1:51 pm

      YEs sorry for that. ? Aslu office trip ehga beyrah goss miae. N thnk yu for waiting. ?

  4. Appy says:
    October 19, 2016 at 12:50 pm

    Where is my comment? ??

  5. Appy says:
    October 19, 2016 at 12:50 pm

    Where is my comment? ??

    1. kamana says:
      October 19, 2016 at 1:54 pm

      Appi wht happnd. Pending ga vx neh cmmnt eh

  6. Appy says:
    October 19, 2016 at 6:30 pm

    Oww ehentha bt appy vaahaka kiyaalaafa comment kohlin …..☺

    1. kamana says:
      October 19, 2016 at 6:39 pm

      Awwwnnn ehntha. Thnk u appi mivaahaka foohikameh nethi kiyaathy?

Comments are closed.

All Right Reserved!