ތާޝާ (ފުރަތަމަ ބައި)
(މިއީ އަޅުގަނޑުގެ ފުރަތަމަ ވާހަކައެވެ. މިވާހަކަ ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުންމީދުކުރަމެވެ. ފާޑުކިޔުންތަކަށް ހިތުގެ އަޑިން މަރުހަބާ ކިޔަމެވެ.)
ކޮންމެ ދުވަހަކުވެސް އިރުއޮއްސެނީ އަހަރެން ގޮނޑު ދޮށުގައި ހުއްޓައެވެ. ކޮންމެ ދުވަހަކުވެސް ގެޔަށް ދަނީ ހިތް ނުތަނަވަސްކަން މަތީ ހުރެގެންނެވެ. އިރުއޮއްސޭ ރީތި މަންޒަރު ފަނޑުވެގެން ދަނީ ގޮނޑުދޮށުން ކޮންމެ ދުވަހަކު ފެންނަ ގޮތް ނޭންގޭ އަންހެންކުއްޖާ ފެނުމުންނެވެ. އެމޫނުން ފެންނަ ނުތަނަވަސްކަމާއި ހާސްކަން އަހަރެންގެ ހިތުގެ ހަމަޖެހުން ނަގާލައިފިއެވެ. ކޮންމެ ދުވަހަކު ވެލިގަނޑުމަތީ އިށީންދެ އިނދެގެން ވިސްވަނީ ކޮންކަމަކާތޯ އަހަރެން ވަރަށް ބަލަން ބޭނުމެވެ. ނަމަވެސް…..
އުމުރުން 8 އަހަރުގައި އަހަރެން މާލެ ބަދަލުވީ މަންމަގެ ދެވަނަ ކައިވެންޏަށް ފަހުގައެވެ. އަހަރެންގެ ބައްޕަގެ މަރަށްފަހު، އަހަރެންނަށް 8 އަހަރު ވަންދެން މަންމަ އުޅުނީ ވަރަށް ނިކަމެތި ހާލުގައެވެ. މަންމައާއި ދޮންބައްޕަގެ ކައިވެންޏަށް ފަހު އާއިލާ އެކީ ބަދަލުވީ މާލެއަށެވެ. ދޮންބައްޕަ އަކީ މާލޭގައި ގެދޮރުހުރި މީހެކެވެ. މަންމަގެ ހުންނަނީ އަހަރެން އެކަންޏެވެ. މަންމަގެ ދެވަނަ ކައިވެންޏަށްފަހު ދެވަނަ ދަރިޔެއް ލިބޭތޯ ކުރި ހުރިހާ މަސައްކަތެއްވީ ބޭކާރެވެ. ދޮންބައްޕަޔަށް ދަރިން ނުލިބެނީއެވެ. ދޮންބައްޕަ އަހަރެންދެކެ ލޯބިވަނީ އަމިއްލަ ދަރިޔެއް ފަދައިންނެވެ. ރަގަޅު ތަޢުލީމުދީ، މުޖުޠަމައުގައި އަހަރެން ބަލައިގަންނަ ފަދަ މީހަކަށް ހެދީވެސް ދޮންބައްޕަގެ މަސައްކަތުންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އުމުރުން 20 އަހަރުވެގެން ދިޔައިރު އަހަރެން ހުރީ ސަރުކާރު އޮފީހެއްގެ “އެސިސްޓެންޓް ޑިރެކްޓާރ” އެއްގެ މަގާމުގައެވެ. އަބަދު މަސައްކަތުގައި އުޅޭތީ މަންމަ ވަރަށް ޝަކުވާ ކުރެއެވެ. އެހެންކަމުން ޗުއްޓީއެއް ނަގައިގެން އަހަރެންގެ ރަށަށް އައީ މަންމައާއި، އާއިލާގެ އެންމެންނާއެކީ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލާށެވެ.
ރަށަށް އައި ފުރަތަމަ ދުވަހު އަހަރެންގެ ގެޔާއިވީ ދިމާލުން ގޮނޑުދޮށަށް ފޭބީ އިރުއޮއްސޭ މަންޒަރު ފޮޓޯއެއް ނަގާށެވެ. ފޯނު ހިފައިގެން މޫދުކައިރިޔަށް ޖެހިލި ވަގުތު ފެނުނީ މޫދު ޕަރީއެއް ބާއޭ އަހަރެއްގެ ހިތައްއެރިއެވެ. ވެލިގަނޑުމަތީ އިށީންދެލައިގެން މޫދަށް ބަލަންއިންގޮތުން އަހަންނަށް ކަޅިޖަހައިނުލާ ބެލުނެވެ. އެރީތި ކަމުގެ ޖާދޫގައި ޖެހި އަހަރެން ކުރަންއައި ކަންތައް ވެސް ހަނދާން ނެތުނެވެ. ރީތި ފަން އިސްތަށިގަނޑު އޮތީ ފަހަތަށް އައްސާފައެވެ. އެރީތި އިސްތަށިގަނޑު ދޫކޮށްލާފައި އޮތްނަމަ ކިހާ ފުރިހަމަ ވާނެ ހެއްޔެވެ. ނަމަވެސް އެމޫނުމަތިން އަހަންނަށް ފެނުނީ އިންތިހާ ދަރަޖައިގެ ހިތާމައެވެ. އިރުއިރު ކޮޅުން އެބޮޑު ދެލޮލުން ވެއްޓެން އަންނަ ކަރުނަތިކި އަތުގެ ނުފުށުން ފުހެލައެވެ. ބަޔެއްފަހަރު ނޭފަތް އެތެރެޔަށް ދަމާލައެވެ. މުޅި މޫނުމަތި ވަނީ މިލާފައެވެ. އެހާ ރީތި ކުއްޖެއް ހިތާމަކުރަންވީ ކީއްވެބާއެވެ. އިރުއޮއްސި ބަންގި ގޮވަންދެން އަހަރެން އެ މޫނަށް ބަލަން އިނީމެވެ. ބަންގި ގޮވާ ހަމަ ނިމުންތަނާހެން ކުޑަ ވަރެއްގެ ފިރިހެން ކުއްޖެއް އައިސް އެއަންހެން ކުއްޖާ ކައިރީ މަޑުކޮށްލިއެވެ. “ތާޝާ” އެކުއްޖާ ބުނެލި އަޑުއިވުނެވެ. އަހަންނަށް ވެސް އެނަން މަޑުމަޑުން ކިޔާލެވުނެވެ. “ތާޝާ”. ސިފަޔާ އެއްވަރަށް ނަން ވެސް އެހާ ރީއްޗެވެ. އަމިއްލަ ޚިޔާލުން ހޭލެވުނީ ތާޝާ އެކުޑަ ފިރިހެން ކުއްޖާޔާ އެކީ ދާން ހިނގައި ގަތުމުންނެވެ.
އެރޭ އަހަންނަށް ނުވެސް ނިދުނެވެ. ލޯމަރާލާއިރަށް ތާޝާ ސިފަވަމުން ދެޔެވެ. ރަތް ވެފާވާ އެ ދެލޯ ސިފަވުމުން އަހަރެންގެ ހިތް ބާރަށް ތެޅޭހެން ހީވެޔެވެ. މިވީ ވިހި އަހަރުދުވަހުގެ ތެރޭ އަންހެން ކުއްޖެއް ފެނުމުން ރޭގަނޑުގެ ނިދިން މަހުރޫމު ވެފަޔެއް އަދި ނެތެވެ. އެރޭ އެކަންޏެއް ނޫނެވެ. ރަށުގައި މި ވޭތުވެދިޔަ ދެ ހަފްތާ ތެރޭ ކޮންމެ ދުވަހަކު ތާޝާ ހަމަ އެތާ އިނދެގެން ރޯތަން ފެނެއެވެ. ކޮންމެ ރެޔެއްގެ އެތައް ދަމެއް ތާޝާގެ ހަނދުމައިގައި ދުއްވާލަމެވެ. ފަހުން ފަހުން އަހަރެން އެތަނަށް ދަނީ ހަމަ ތާޝާ ހޯދާށެވެ. ބަންގި ގޮވަންދެން އެ މޫދަށް ބަލަން އިނދެވެޔެވެ. ތެދުވެގެން ދާއިރު ބަޔެއް ފަހަރަށް އަހަރެންނާ ދިމާލަށް ބަލާލައެވެ. އާދައިގެ ބެލުމެކެވެ. ނަމަވެސް އަހަރެންގެ ހިތަށް ކުރުވާ އަސަރުތައް ބަޔާން ކުރަންވެސް ދައްޗެވެ. އެދެލޮލުން އަހަންނަށް ވޭނެއް ފެނެއެވެ. އެކަނިވެރިކަމާއި ހިތާމަ އެމޫނުމަތިން އަހަރެންނަށް ސިފަވެއެވެ. ތާޝާގެ އެ ހިތާމަތަކަށް ލުޔެއްދޭން އަހަރެން ކިތަންމެހާވެސް ބޭނުމެވެ. އެކުރާ ހިތާމައިގެ ފަހަތުގައި ވަނީ ކޮން ކަމެއްތޯވެސް ބަލަން ބޭނުމެވެ. ނޭންގި ނަމަވެސް އަހަރެންގެ ހިތް ތާޝާއަށް ދެވިއްޖެއެވެ. އެ މައުސޫމު މޫނުމަތިން ހިނިތުންވުމެއް ދެކިލާހިތުން ހިތް ތެޅި ފޮޅި އަރުވަނީއެވެ.
މިއަދުވެސް އަހަރެން އިނީ ތާޝާއަށް ބަލާށެވެ. އަހަރެންގެ ފޯނުން ބަޔެއްފަހަރު ފޮޓޯއެއް ވެސް ނަގާލަމެވެ. ހިތް ބުނަމުން ދިނައީ އެންމެ ފަހަރަކު ނަމަވެސް ތާޝާޔާ އަނގައިން ބުނެލާށެވެ. ލަސް ފިޔަވަޅުތަކެއް ނަގަމުން ގޮސް ތާޝާގެ ފުރަގަހުގައި މަޑުކޮށްލީމެވެ.
“ތާޝާ” އަހަރެން މަޑު މަޑުން ގޮވާލީމެވެ. މަޑުމަޑުން އަހަރެންނާ ދިމާލަށް އެނބުރުނެވެ. މޫނުމަތިން ފެންނަ ކުލަވަރުތަކުން އަހަރެންނަކީ ކާކުތޯ އަހަން އުޅުންހެން ހީވިއެވެ.
“މާޒް” އަހަރެން ސަލާމް ކޮށްލަން ދިއްކޮށްލި އަތާ ދިމާލަށް ބަލަން އިނުމުން އަހަރެން އަތް ތިރިކޮށްލީމެވެ.
“އަހަރެން ވަރަށް ގިނަ ދުވަސް ވެއްޖެ ތާޝާއަށް ބަލާތާ… ކޮންމެ ދުވަހަކު ހަވީރު އެހެން ކުދިން ރީތިވެގެން ހިނގަންދާއިރު ތާޝާ ތިއިންނަނީ މިތާ ރޯން. އެއީ ކީއްވެގެންތޯ އެހުމުގެ ހައްގެއް އަހަރެންނަކަށް ލިބިގެންނެއް ނުވޭ. އެކަމަކުވެސް އަހާލާހިތް ވެގެން ހަމަ މިއައީ.” އަހަރެން ވަރަށް މަޑުމަޑުން ވާހަކަ ދެއްކީމެވެ. އެއިރު ގޮނޑުދޮށުން ހިނގާފައި ދިޔަ ދެތިން ކުއްޖެއް އަހަރެމެންނާ ދިމާލާށް ބަލަމުން ދިޔައެވެ. މީހުންގެ އެ ބެލުންތަކުން އުނދަގޫވީ ކަމަށް ވެސް ވެދާނެއެވެ. ތާޝާ ތެދުވެގެން ދާން ހިނގައިގަތެވެ. އަހަރެންވެސް ފަހަތުން ހިނގައިގަތީމެވެ.
“ތާޝާ މަޑުކޮށްބަލަ” އަހަރެން ތާޝާގެ އަތުގައި ހިފާ ހުއްޓުވީމެވެ. ތާޝާ އަހަންނާ ދިމާލަށް ބަލާލީ ދޫކޮށްލާށޭ ބުނާކަހަލަ ގޮތަކަށެވެ. ކުރެވުނު ކަންތަކުން އަހަރެން ލަދު ގަންނަ ގޮތް ވިޔެވެ. އަވަހަށް އެއަތުން ދޫކޮށްލީމެވެ. އަނެއްކާވެސް ތާޝާ ރަށުތެރެޔަށް ވާގޮތަށް ހިނގައިގަތެވެ. އަހަރެންވެސް ބަހެއް ނުބުނެ ފަހަތުން ދިޔައީ ދަނީ ކޮން ގެޔަކަށްތޯ ބަލާލާށެވެ. ތާޝާ ހިނގަމުން ދިޔައީ ރަށުގެ މީހުން ނޫޅޭ ދިމާލަށެވެ. އެހިސާބުގައި އެއްވެސް މީހެއް ނޫޅެޔޭ ބުނާއަޑު އަހަމެވެ. ނަމަވެސް ތާޝާގެ ގެ ހުންނަނީ އެދިމާލުގައިބާއޭ އަހަރެންގެ ހިތަށް އެރިޔެވެ. (ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
29 Comments!
Comments are closed.


v salhi…?
Thankyou?
nice
wow
Anenbai… Reethi vaane hen hyvaney..
Insha allah.
Rythi..
Varah sakhi but thankolhrh kuru
Dhen anna bai dhigu kohllaanah insha allah.
Thankolheh dhigu kohgenes dhyba plxxxxxxxx
Insha allah next part dhigu kohllaanah.
Loabi jahaafa iny.. Ekam ahaalan beynun… Mi biruveri vaanetha????
Nooney mee hama loabeege vaahakaeh.
VVVV reethi
Starting was amazing. And when next part?? ?
Soon insha allah?
Vaahaka v reethi vaanehenheevanee hamagaimuves furathama bai vv reethi huttaanulaa vaahaka nimendhen kuriyah gendhaanekamah ummeedhukuram
Qeen thank you. Insha allah I won’t make anyone disappoint.?
V salhi
Wow!! Reethi story eh kiyaalan libijje kanneyge.. waiting for th =e next part… vvvv reethi.. love it
Thank you. Next part will be uploaded soon Insha allah?
Dhn kn irakun nxt part?
Tonight.
Salhi
Ifaaa ???
Namun heevany boy ehhen aslu boy kudhin liyaa vaahaka maa reethi ☺☺☺
feshun varah reethi. maa dramatic nuvaane kamah unmeedhu kuran. all the best.
maashaa allah v. reethi mi part i hope next part will be more nice part all the best
I ah miulhuny mi bai nufenigen… Abadhuves fennanee when baithah.. But mihaarakueh nufeney e bai thakeh.. Ehennwnas very beautiful mi baivx.. Lookn for the other parts…. ;D