Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކާމިޔާބު އަންހެނާ 04

Rozy Level 210 Stories
October 20, 2016 7 Mins Read
3 Comments

ކާމިޔާބު އަންހެނާ 04

ހިނާ އޭނާގެ ދަބަސް ޓުރޮލީ ކޮށްޕަމުން ގޮސް އެތެރެއަށް ވަނެވެ. ހީނާ އެތެރެއަށް ވަނުމަށް ފަހު ވެސް އުލްފަތު ގިނަ އިރުތަކެއް ވަންދެން އެއަރޕޯޓްގައި ހުއްޓެވެ. އެންމެ ފަހުގެ ވަދާޢީ ސަލާމަށް އަތް ހޫރާލުމައް ފަހު ހީނާ ޓުރޮލީ ކޮށްޕަމުން އެތެރެ އަށް ވަނެވެ ޢަޖާބެއްކަހަލަ ޢިޙްސާސެއް އޭނާއަށް ވިއެވެ ފުރަތަމަ ފަހަރު އެކަނި ދަތުރު ކުރާތީ ކަންނޭގެއެވެ..

ހީނާ ޗެކިން ކައުންޓަރަށް ދިޔުމާ އެކު ވަރަށް ގިނަ ލޯތައް ހީނާ އަށް އަމާޒު ވި އެވެ. އޭނާ ޓިކެޓް ނަގާފައި ވަނީ ބިޒްނަސް ކުލާހުން ކަމަށް ވުމާ އެކު އޭނާ ދިޔައީ  ސީދާ ބިޒްނަސް ކުލާސް ކައުންޓަރު ކައިރިއަށެވެ. ކޮންމެ މީހަކު ވެސް ދެވަނަ ފަހަރަށް ބަލާލާފައި އެއީ ހީނާކަން އެނގުމާއެކު ވަރަށް ގާތްކަމާ އެކު ސަލާމް ގޮވާލައި ހިނިތުން ވެލަ އެވެ ކޮންމެ މީހަކުވެސް ހީވަނީ ޒަމާނުއްސުރެ ފަރިތަ މީހުން ހެންނެވެ…

ލަދުރަކި ބައެއް މީހުން ދުރުގައި ހީލައިގެން ތިއްބެވެ. ތަންކޮޅެއް ޖެހިލުންކަން ކުޑަ މީހުން ކައިރިއަށް އައިސް ވާހަކަ ދައްކަން ފަށައެވެ. އޭނާ ހަމައެކަނި އާނ ހޫނ އެއް އަޅުވާލަމުން ކުރިޔަށް ދިޔައެވެ. އިމިގްރޭޝަން ކައުންޓަރާ ހިސާބުން ހީނާގެ ކައިރި އަށް އައި މީހުން ހިނދުކޮޅަކަށް ހީނާ އާ ދުރަށް ދިޔަ އެވެ. ހީނާ، އިމިގްރޭޝަން އަންހެން ކުއްޖާ އަށް ބަލާލާފައި ހީލިއެވެ. އަދި ޕާސްޕޯޓް އެ ކުއްޖާ އަށް ދިއްކޮށްލި އެވެ. އަންހެން ކުއްޖާ ހީނާ އަށް ރަނގަޅު ހިސާބަކުން ސީޓް ހަމަޖެއްސި އެވެ.

ހީނާ ޗެކިން ނިމުމަށް ފަހު އެތެރެ އަށް ވަދެ ގޮނޑީގައި ހަމަޖެހިލިއެވެ އޭނާގެ ހިތުގެ ވިންދު  ވަރަށް ބާރަށް ތެޅެމުން ދިޔަ އެވެ. އެވަގުތު ކުޑަކުދިންކޮޅެއް އައިސް ހީނާގެ ކައިރިއަށް މަޑުކޮށްލި އެވެ.

” އޮޓޮގްރާފް ޕްލީޒް.”

ހީނާ ހިނިތުންވެފައި އެ ކުދިން ގެނައި ގަނޑުގައި ސޮއިކޮށްލި އެވެ. އެވަގުތު އިތުރު މީހުން ހީނާ ކައިރި އަށް އަންނަން ފެށި އެވެ. ހީނާ ތެދުވެގެން އެހެން ދިމާލަކަށް ދާން ފެށި އެވެ. އެންމެ ފަހުން ގޮސް އޭނާ އަށް ފެނުނީ ފާޚާނާއަކީ އެންމެ ރައްކާތެރި ތަން ކަމަށެވެ.

“އަހަރެންނަކީ ޕަބްލިކް ޕްރޮޕަޓީއެއް. މިއީ އުޅެންޖެ ހޭ ހާލު. އަޅެ އަހަރެމެން ކަހަލަ މީހުންނަށް ހައި ސިކިޔުރިޓީ ލިބޭނެ ނަމަ ދޯ؟”

ހިތާހިތާ ހީނާ އަމިއްލަ އަށް ވާހަކަ ދެއްކި އެވެ.

ހީނާ އިސްތަށިގަނޑު އެހެން ގޮތަކަށް ހަދާލި އެވެ. އަދި އަވި އައިނު އަޅާލި އެވެ. މިހާރު ހީނާ ކުޑަކޮށް ތަފާތު ވެއްޖެ އެވެ. އަދި މަޑުމަޑުން ދެކޮޅު ހޯދުމަށް ފަހު ނިކުމެ އޭނާ ކުރިން ހުރި ދިމަ ނޫން ދިމާލެއްގައި އިށީނެވެ. ހިނދުކޮޅެއްގެ ތެރޭ ފުލައިޓަށް އަރަން ގޮވާލި އެވެ. ހީނާ އަވަސް އަވަހަށް ދިޔަ އެވެ..

ސަތޭކައެއްހާ ލޯތައް ހީނާ އަށް އަމާޒުވީކަން އޭނާ އަށް އެނގުނެވެ. އެހާ ވަރަށް ފިނިކޮށްފައި ހުރި ތަނުގައި ވެސް އޭނާ ދާހިތްލާ ފޯވެއްޖެ އެވެ.
ފުލައިޓަށް އެރުމާ އެކު އޭނާ ހަމަޖެހުމުގެ ނޭވާއެއް ލި އެވެ. އަދި އަވަހަށް ލޯ މަރައިގެން ނިދީ ކަމަށް ހެދިގެން އިނެވެ. ދެން ގައިމު އޭނާ ލޯ ހުޅުވާނީ ވެސް ފުލައިޓް ލަންކާ އަށް ޖެއްސީމަ އެވެ.

ލަންކާ އެއާޕޯޓްގެ ކަސްޓަމްގެ ކަންތައް ނިންމާފައި އޭނާ އަށް ހިލްޓަން ހޮޓަލަށް އާދެވުނު އިރު ހެނދުނު އެގާރަ ޖަހަނީ އެވެ.

މިއީ ދުވާލުގެ އެންމެ ތާޒާ ވަގުތެވެ. ހެނދުނު ހެނދުނާ ލަންކާ އަށް އާދެވުނީތީ އޭނާ ވަރަށް އުފާވި އެވެ. ފަތިހު ކުރި ދަތުރު ގެ ވަރުބަލިކަން އެއް ފަހަރުން ފިލައި ދިޔަ ކަހަލަ އެވެ. ހިލްޓަންގެ ކޮޓަރި އެހާ ވެސް ރީތިވެފައި އުޅޭހިތްވާ ކަހަލަ ގޮތެއް ހުއްޓެވެ. ކޮންމެ ފަރުނީޗަރަކުން އަގު ބޮޑު ކަމާއި ހައިބަތު ފެންނަން ހުއްޓެވެ

ހިނާއަށްޓަކައި އުލްފަތު ބުކް ކޮށްފައި ހުރީ އެހާމެ ތަނަވަސް ރީތި ކޮޓަރިއެކެވެ. ބެޑްރޫމާއި ގުޅިފައިވާ ބޮޑު ސިޓިންރޫމެކެވެ ފުރީ ވައިފައި ހުރިކަން އެނގުނެވެ..
ކޮމްޕިޔުޓަރު ބަހައްޓަންވެސް ވަކިން މޭޒަކާއި އޮފީހެއް ގޮތަށް ތަނެއް ހަދާފައި ހުއްޓެވެ. ހީނާ ވަގުތުން ލެޕްޓޮޕް ހުޅުވައިލައިގެން އުލްފަތަށް މެއިލްކޮށްލިއެވެ. އަދި ސަލާމަތުން ހިލްޓަން އަށް އާދެވުނު ވާހަކަ އާއި ތަނާ މެދު ހިތްހަމަޖެހޭކަން ވަރަށް ކުރު ގޮތަކަށް މެއިލްގައި އޭނާ ލިޔެލި އެވެ.

ކުޑަކޮށް ވެހެމުން ދިޔަ ވާރޭ ބެލްކަނީގައި އިނދެލައިގެން އޭނާ ވެނީލާ ސައި ހަދައިލައިގެން ބޯލި އެވެ. ތިން ހަފްތާ އަށް ވާވަ ރަށް އުލްފަތު ވެނީލާ ސައިފަތް ވެސް ހީނާގެ ދަބަހަށް އަޅާފައި ހުއްޓެވެ. މިކަމުގެ ސަބަބަކީ އޭނާ ބޭރަށް ދާން ޖެހިދާނެތީ އުލްފަތު ކުރިކަމެއް ކަން އޭނާ އަށް އެނގުނެވެ އޭނާ ހީލިއެވެ އުލްފަތުގެ އެއާދައިގެ ސަބަބުން އިތުރަށް އުލްފަތު ދެކެ އޭނާ ލޯބިވިއެވެ. .
އެއްވެސް ކަމެއް ބޭނުމީޔާ ވަގުތުން އޭނާ އުލްފަތު ގެންނާނީ އެވެ ސަބަބަކީ އުލްފަތަށް ވުރެ ބޮޑަށް އޭނާ ދަންނާނީ ވަކި ކާކު ހެއްޔެވެ؟

އޭނާ ދާންވާތަން ޑުރައިވަރު ކާރީ ބުނެލަމުން ފަހަތު ސީޓްގައި ހަމަޖެހިލިއެވެ. އޭނާ ލޯމަރާލާފައި އޭނާގެ މާޒީގެ ފުންކަޑަށް ޢަރަޤު ވެގެންދިޔައެވެ. އޭނާ ހަޤީޤަތުގައި ލަންކާއަށް އެ އައީވެސް އޭނާ ދޫކޮށްލި އެގެ ދެކިލުމަށެވެ. އެހަނދާންތައް ތާޒާކޮށްލުމަށެވެ. އެކަން އެންމެ ފުރަތަމަ ދުވަހު ފުރިހަމަ ވީތީ އޭނާ ހަމަޖެހުމުގެ ނޭވާއެއްލިއެވެ. ރާމިޒް އާއި އެކު އޭނާ ލަންކާގައި އުޅުނު އިރު ކަންތައް ތައް ވަރަށްތަފާތެވެ. އޭނާ އުލްފަތުއާއި އެކު އައިސް އެގެ ވިއްކާލިއިރު ވެސް ކަންތައްތައް ތަފާތެވެ. އެކަމަކު ބުނަން ނޭނގޭ ކަންތައް ތަކެއް ހިނގަމުން ދިޔައެވެ. ފޮނި އިހްސާސް ތަކަކާއި ހިތި ހަނދާންތަކެކެވެ. އޭނާ އެގެ ދޫކޮށްލީ، ދޫކޮށްލާ ހިތަކުން ނޫނެވެ. ލަންކާގެ މަސައްކަތް ނިންމާލާފައި ކުދިންނާ އޭނާ ރާއްޖެ އަށް އައުމަށްފަހު ލަންކާއަށް ދާނެ އެއްވެސް މަޤުސަދެއް، ބޭނުމެއް އޭނާގެ ނެތެވެ. އޭނާގެ ޙަޔާތުގެ އެފަލްސަފާ އެއިރު އޮތީ ގޮތަކަށް ނިމިފައެވެ. ޒަމާނެއްގައި އޭނާ މަސައްކަތާ ހެދި ނޭވާ ނުލެވިގެން އުޅުނަސް މިއަދު އޭނާއަށް ވަރަށް ވަގުތު އޮވެއެވެ. ބޭނުން ކަމެއް ކުރަން ވަގުތު ލިބިފައި އެބައޮތެވެ. ފަނަރަ އަހަރު ފަހުން ވެސް މިތަނަށް އައުމުން ތާޒާވެގެން މިދިޔައީ ވަޅުޖެހިފަވާ އޭނާގެ ހަނދާންތަކެވެ. އޭނާގެ ލޯ ކަރުނުން ފޯވީ ކީއްވެގެން ކަމެއް އޭނާއަށް ނޭނގުނެވެ.

ލޯމަރައިގެން އިންގޮތަށްއިނދެ ހީނާ ވިސްނަމުން ދިޔައެވެ. އޭނާ އިން ކާރު ޓަނަލްއެއްގެ ދަށުން ބާރަށް ދުއްވަމުން ގޮސް ޓުރެފިކް ޒޯންގައި މަޑުކުރަން ޖެހުނެވެ. އެވަގުތު ޑުރައިވަރު އެނބުރިލާފަ ހީނާއަށް ބަލާލިއެވެ. “މެޑަމް މަޑުކޮށްލިޔަސް އެންމެ ރަނގަޅުތޯ” ޑުރައިވަރ އަހާލިއެވެ. އެންމެ ރަނގަޅޭ ބުނާހެން ހީނާ ބޯޖަހާލިއެވެ. އޭނާ ކޮންމެހެން އަވަސް އަރުވާލާފަ ދާނެ ވަކި ތަނެއް ނެތެވެ. ޓުރެފިކް މަދުވުމުން ކުރިޔަށް ދިޔަޔަސް ވާނީ އެއްގޮތެވެ. އެހެން ނޫނަސް އޭނާ އިނީ ވަރަށް ވަރުބަލި ވެފައެވެ. ވީމާ ކޮންމެހެން އަވަސް އަރުވާލައިގެން ކާރުގައި ތަޅުވަމުން ދާކަށްވެސް އޭނާ ބޭނުމެއް ނޫނެވެ. ހިމޭން ކަމާއެކު ދެވުނީމާ ނިމުނީއެވެ. އޭނާ ޙިޔާލު ކޮށްފައިވާގޮތުން މިރޭ އޭނާ ރޭގަނޑުގެ ކެއުންވެސް ނަގާނީ ކޮޓަރީގައެވެ. ބޭރަށް ދާވަރަށް ވުރެ އޭނާ މާވަރުބަލި ހެން އޭނާއަށް އިޙްސާސް ވިއެވެ. ކޮޓަރީގައި ވާ ކޮންމެ ވަގުތަކު އޭނާއަށް އޭނާގެ ފޮތުގެ މަސައްކަތްވެސް ކުރެވޭނެމެއެވެ. ކާރު މަޑުމަޑުން ކުރިޔަށް ދާންފެށިއެވެ. އޭނާ ލޯހުޅުވާޅިއެވެ. އަނެއްކާވެސް ކާރު ހުއްޓާލަން ޖެހުނެވެ. އެގަޑިޔަކީ އެހިސާބުގައި ވެސް އެންމެ ގިނަ ދުއްވާތަކެތި ތިބި ހިސާބުހެން ހީވެއެވެ. ކޮންމެ ބަޔަކުވެސް އަވަހައް ގެޔަށް ދާން ބޭނުންވެގެން އަންނަ ވަގުތަކީވެސް ހަވީރުގެ މިވަގުތެވެ. އޭނާ ކާރުގެ ބިއްލޫރިގަޑު ތިރިކޮށްލާފައި ޖެހިގެން އިން ކާރުގެ އެތެރެއަށް ބަލާލިއެވެ. ސަކަ މިޒާޖެއްގެ ދެފިރިހެން ކުދިން މަޖާކުރަމުން ބާރަށް ކާރުގެ ބަރުގޮނު އަޅަމުން ދިޔައެވެ. އެކަމަކުވެސް ކުރިޔަށް ދެވޭނީ ކުރީގައި ތިބި ކާރުތަކަށް ދެވުނީމަ ނޫންހެއްޔެވެ؟ މުޅި ތަނުގައި އަޑުހިއްޕާލާފަ ހުރީ އެކި ކާރުތަކުން ޖައްސާ ބަރުގޮނުގެ އަޑުތަކެވެ. އެހެން ކާރަކުން މީހަކު ބޯދިއްކޮށްފައި އެމީހުންނާ ދިމާލަށް ހަޅޭއްލެވިއެވެ. ކަންފަތަށް އުނދަގޫވާތިއެވެ. ހީނާ މިކަމާ ހިނި އައިސްފައި އިނެވެ. މިއީ ކުރީގައި އޭނާވެސް އުޅުނު ގޮތެވެ. އެހެން މީހުންނަށް އުނދަގޫވާހެން އޭނާގެ ކާރުގެ ބަރުގޮނުއެޅި ދުވަސްތައް އޭނާގެ ހަނދާނަށް އައެވެ. އޭނާގެ އެކުވެރިންނާއެކު ދަމުން ހަމައެހެން އޭނާވެސް ހެދިއެވެ. އެހެން މީހުންނަށް އުނދަގޫ ކުރުމަކީ އޭރު ލިބޭ މަޖާކަމެކެވެ. އެހެންވެ ބާރު ބާރަށް ބަރުގޮނު އަޅާ އެމީހުން މަޖާކޮށް ސަކަރާތް ޖަހައެވެ.

ކުއްލިއަކަށް ދޮރު ހުޅުވާލުމައްފަހު އެތަނުން އެއްކާރެއްގެ މީހަކު ނިކުމެ ކާރުތަކުގެ ތެރެއިން ރޮމުން ދުވަންފެށިއެވެ. ހީނާވެސް މިފެނުނު ހައިރާން ކުރުވަނިވި މަންޒަރު ބަލަން އިނެވެ. ހީވަނީ ފިލްމެއްގެ ޝޫޓިން އެއް ހެންނެވެ. ދުވަމުން ދުވަމުން ދިޔަމީހާ ޓަނަލް ތެރެއަށް ގެއްލުނެވެ. މާދުރަށް ދެވުނީ ކަންނޭނގެއެވެ. އޭނާ ބަލަން އިންދާ ސަކަރާއްޖަހަމުން ދިޔަ ކުދިން ތިބި ކާރު ތެރެއިން އަލިފާން ނިކުތެވެ. އޭނާ އަވަހަށް އޭނާއިން ކާރުން ފުންމާލަން ވިސްނިއެވެ. އެކަމަކު ކުޑަހިނދުކޮޅެއްގެ ތެރޭ އޭނާގެ ކާރުގެ ދޮރުތައް ފުނޑުފުނޑު ވެގެން ފައިބަން ފެށިއެވެ، އޭނާއަށް ފެނުނު ހާވެސް އެއްޗަކީ އޭނާގެ ވަށައިގެންވާ އަލިފާންތަކެވެ. އެހުރިހާ ކަމެއް ހީވީ ބިރުވެރި ހުވަފެނެއް ހެންނެވެ. އެއްބައި ކާރުތައް މައްޗަށް އަރަމުންދާތީ ވެސް އޭނާއަށް ފެނުނެވެ. މަޑުމަޑުން ހުރިހާ އެއްޗެއް އޭނާގެ ލޯމަތިން ގެއްލެމުންގޮސް އެއްކޮށް ގެއްލިގެން ދިޔައެވެ. އޭނާއަށް ލޯމެރުނީ ކޮންފަދަ ގަޑިޔެއްގައި ބާވައެވެ. ކޮންމެ ހިނދުކޮޅަކީ ބިރުވެރިކަމާއި ނާމާން ކަމުން ފުރިގެންވާ ވަގުތު ކޮޅެކެވެ.

ދެންމެ ސަކަރާތްޖަހާފައި ހީނހީފައި އުޅުނު މީހުން މިހާރު އެތިބަ މަރާ ހަނގުރާމަ ކުރަނީއެވެ، ހޮސްޕިޓަލުން އައި ގުރޫޕަކުން އައިސް  މަރުވެފައިތިބި މީހުންގެ ހަށިގަނޑުތައް ވެސް ނަގާ އެއްކުރަމުން އަދި ސަލާމަތުން ތިބިމީހުންނަށް އަވަސް ފަރުވާދެވޭތޯ މިންނެތް މަސައްކަތް ކުރަމުން ދިޔައެވެ. އެތަނުގެ ކާރިން ދިޔަ މީހުންނަށް ވެސް އެކިވަރުގެ އަނިޔާވެ،އަސަރު ކޮށްފައި ވެއެވެ.

ހަމައެވަގުތު ނޫސްވެރިންގެ ޓީމާއި ތަފާތު ޓީވީ ތަކުގެ މީހުންވެސް މިޚަބަރު އަވަހަށް ކަވަރު ކުރެވޭތޯ އެޙާދިސާ ހިނގި ތަނުގައި މަސައްކަތް ކުރަމުން ދިޔައެވެ. ކޮންމެ މީހަކަށް ވެސް ވަނީ ބުނަން ނޭނގޭ ވަރަށް އަސަރު ކޮށްފައެވެ. ކާކު،ކޮން ޢާއިލާއެއްގެ،ވަކި ޤައުމެއް ނޭނގޭ އެތަކެއް މީހުންނަށް މިވަނީ އަނިޔާވެފައެވެ. އެތައް ބަޔަކު މަރުވެފައެވެ. މިޙަމަލާ މިއައީ ކޮން ޓެރަރިސްޓު ޤުރޫޕަކުން، ކީއްވެގެން ކަމެއްވެސް އަދި ނުމެއެނގޭމެއެވެ. އެނގޭ ހާވެސް ކަމަކީ މީހަކު ޖާނުން ފިދާވެގެން ބޮމެއް ގޮއްވާލީކަމެވެ. އަދި އެބޮން ގޮއްވާލުމުގެ މަޤުސަދެއް އެއީ ކާކަށް ދިން ހަމަލާއެއްކަމެއް އަދި ސާފެއް ނުވެއެވެ. ސިފައިންގެ މިންނެތް މަސަައްކަތުން ވަރަށް ގިނަ މީހުން ކާރީގައި ހުރި ހޮސްޕިޓަލަށް ފޮނުވާ، ދުއްވާ އެއްޗިހީގެ ދަށުވެފައި ތިބިމީހުން ސަލާމަތް ކުރަމުން ދިޔައެވެ. އެކަމަކު އަލިފާން އެއްކޮށް ނިއްވަން ވަގުތު ކޮޅެއް ނަގާނެ ކަމުގައި ޕޮލިހުން އައިސް ހުރި އިންޗާޖް ބުނެލިއެވެ. އަލިފާން ގަނޑު ތެރޭގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ފަޔާރ ޕޮލިހުންގެވެސް ދެމީހަކު ޝަހީދު ވިއެވެ. ކުޑަކުދިންނާ ގިނަ ޢަދަދެއްގެ އަންހެންވެރިންނަށް ވެސް އަނިޔާވެ ބައެއް މީހުން މަރުވެފައިވާކަން އެނގުނެވެ. އެގަޑީއަކީ ސުކޫލުން ކުދިން ގެޔަށް ދިޔަ ގަޑި ކަމުން ގިނަ ޢަދަދެއްގެ ކުޑަ ކުދިންނަށް އަނިޔާވެފައިވެއެެވެ..

ހީނާވެސް ވިއްސައިގެން ގޮސް ޖެހިފައި އޮތީ މާދުރުގައެވެ. އަލިފާނުގެ އަސަރުވެސް ހީނާގެ ހަށިގަނޑުގެ އެތައް މިތަނައް ކޮށްފައިވެއެވެ. އެންމެ ފުރަތަމަ ހޮސްޕިޓަލަށް ފޮނުވުނު މީހުންގެ އެންބިޔުލަންސް ތެރޭގައި ހީނާވެސް ހިމެނުނެވެ. ހީނާގެ މޫނުން ވެސް ބައެއް ވަނީ އަނދައިގެން ގޮސްފައެވެ. އަދި އަތުގެ އެތައް މިތަނުގައި ޒަޙަމް ތައް ވެއެވެ.އަދި ވަރަށް ނުރައްކާތެރިކޮށް ހީނާގެ ބޮލަށް އަނިޔާވެފައިވެއެވެ.

ނަވަލޯކާ ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް ހީނާ އޮތީ ހޭނެތިފައެވެ. ވަގުތުން ހީނާ އަށް އައިސީޔޫގައި ފަރުވާ ދެވެން ފެށުނެވެ. އައިސީޔޫއަށް ވެއްދީ އެންމެ ބޮޑުވަރު ވެފަ ތިބި މީހުންނެވެ. ހީނާއަކީ ވެސް އެންމެ ބޮޑުވަރު ވެފައި ސަލާމަތްވާނެ ކަމުގެ އުއްމީދުވެސް ނެތް ޕޭޝަންޓެކެވެ. ބޮލަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން ހީނާ ވަނީ ކޯމާއަކަށް ގޮސްފައެވެ. ހީނާއަކީ ކާކުކަމެއް އެއްވެސް މީހަކަށް ނޭނގުނެވެ. އެއްވެސްކަހަލަ އައިޑީ ކާޑެއް ހީނާ އާއި ބެހޭ މަޢުލޫމާތެއް އެނގޭކަށް ނެތެވެ. ހީނާގެ ޖިންސުގެ ޖީބުގައިވެސް ލަންކާގެ އެއްހާސް ރުފިޔާ ފިޔަވައި އިތުރު އެއްޗެއް ނެތެވެ. ހީނާގެ އެއްވެސް މަޢުލޫމާތެއް ލިބޭނެ ގޮތެއް ހީނާއަކީ ކޮންޤައުމަކުން އައި ކާކު ކަމެއް އެނގޭނެ އެއްވެސް ގޮތެއް ނެތެވެ. ހީނާގެ އަތުގައި އަތްދަބަހެއް އޮންނަމަ އެވެސް ވާނީ ހީނާ ވިއްސައިގެން ދިޔައިރު މާދުރަށް ވިއްސައިގެން ގޮސް ކަމަށް އެމީހުން ޤަބޫލް ކުރެއެވެ. ވާނީވެސް އެހެންނޫންތޯއެވެ. ހީނާގެ ޕާސްޕޯޓްވެސް އޮންނާނީ ހިލްޓަން ހޮޓަލްގެ އެވެ. ހީނާ ބޭރަށް ނިކުތީ އެއްވެސް ދަބަހެއް ވެސް ހިފައިގެން ނުމެ ނޫނެވެ. ހީނާއާއި އެކު ދެންވެއްދި  އޭނާގެ ޑުރައިވަރު  މީހާވެސް ނިޔާވީއެވެ. ހީނާއަދިވެސް މަރާ ހަނގުރާމަ ކުރަމުން ދިޔައެވެ. ހީނާގެ ކާރީގައި ޑޮކްޓަރުންގެ ޓީމެއް މަސައްކަތް ކުރަމުން ދިޔައެވެ. ކޮންމެ މީހަކު ވެސް ބޭނުންވަނީ ހީނާގެ ފުރާނަ ސަލާމަތް ކުރެވޭތޯ ބަލާށެވެ. ކާކުކަން ނޭގުނަސް ބޭނުންވަނީ އޭނާގެ ފުރާނަ ސަލާމަތްވުމެވެ. ނަވަލޯކާ އަށް ގެނައި ފުރަތަމަ ދެއެންބިޔުލަންސްގައި ތިބީ ހާދިސާގެ ސަބަބުން މަރުވެފައި ތިބި މީހުންނެވެ. ހީނާގެނައި އެންބިޔުލަންސް އައީ ހުސް ބޮޑުވަރުވެފައި ތިބި މީހުންނެވެ.

ނަވަލޯކާގެ އެމެޖެންސީ ޔުނިޓްގެ އެންމެ އިސް އަންހެން ޑޮކްޓަރެއް ހީނާ ބަލަން ފެށި އެވެ.

“މީނާގެ އެއްވެސް މީހަކު ނެތްތަ؟ ” ޑޮކްޓަރ އަހާލިއެވެ

“ފެމިލީ މީހަކު ނެތުން އެކަންޏެއް ނޫން މީނާގެ އެއްވެސް އައީޑީއެއްވެސް ނެތް” ނަރުސް ކުއްޖާ ބުނެލިއެވެ.

ހީނާގެ މޫނުގެ ޒަޙަމް ފުދޭ ވަރަކަށް ބޮޑުކަމުގައި އޭނާ ބުންޏެވެ. އަތާއި ފައިގެ އަނދާފައި ހުރި ތަންތަން އަދާފައި ހުރީ ސެކަންޑް ޑިގްރީ އަށް ކަމަށް އޭނާ ބުންޏެވެ.

މޫނަށް ލިބިފައިވާ ގެއްލުން ލިބިފައިވާ އެހެން ގެއްލުމަށް ވުރެ ކުޑަކަމުގައި ވެސް އޭނާ ބުންޏެވެ. އޮތޯޑޮކްޓަރ އައިސް ހީނާގެ އަތާއި ފައި ރަނގަޅަށް ޗެކް ކުރި އެވެ.

އެ ޑޮކްޓަރު ބުނާގޮތުން ފުރަތަމަ ޗެކް ކުރަން ޖެހޭނީ ބޮލަށް ލިބިފައިވާ ގެއްލުމެވެ. އަދި ހަމައެހާ އާޖެންޓްކޮށް ސީޓީ ސްކޭންއެއް ހަދަން އޭނާ އިރުޝާދު ދިނެވެ. އެ ވަގުތު ކުއްލިއަކަށް ހީނާގެ ހިތުގެ ހިގުން މަޑުޖެހުނުހެން އެ މީހުންނަށް ހީވިއެވެ.

ކާޑިއެކް ޑޮކްޓަރުންގެ ޓީމެއް އައިސް ހީނާގެ ހިތުގެ ހިނގުން، މެޝިންގެ ޒަރީއާއިން ގުޅާލައި  ހިތުގެ ހިނގުމުގެ ވަގުތީ ފަރުވާ ދޭން ފެށިއެވެ.

ހީނާ ގެ ލޭގެ ހިނގުން ވެސް މަޑުމަޑުން ދަށްވަމުން ދާކަމަށް އެ މީހުން ބުނަމުން ދިޔަ އެވެ. ބޮޑުވަރު ވެފައި ތިބީ އެހެން މީހުން ގެނައި އިރު އެގާރަ ޑޮކްޓަރުން އެކަނި ވެސް ހީނާ އަށް ފަރުވާދެވޭތޯ މަސައްކަތް ކުރަމުން ދިޔަ އެވެ. ހީނާގެ ކޮންޑިޝަން ދަށްކަމުން ޑޮކްޓަރުން ހީނާ ކައިރިން ދުރަށް ނުގޮސް ފަރުވާދެމުން ދިޔަ އެވެ..

ނިޔުރޯ ޑޮކްޓަރަކު އައިސް ހީނާ ބަލާލި އެވެ. އަދި ސީޓީ ސްކޭން ހަދައި ދިނެވެ. މޫނުގެ ސާޖަރީ ހަދަން އަދި މަޑު ކުރަން އެ ޑޮކްޓަރު ލަފާ ދިނެވެ. ފުރަތަމަ ބޭނުމީ މިއަންހެންމީހާ ނޭވާ ލައްވާ ހިތުގެ ހިނގުން ހަމަޔަކަށް އަޅުވާށެވެ. ..ހީނާގެ ހަށިގަނޑުގެ އެހެން ޒަޙަމްތައް ސާފު ކުރުމަށް ފަހު އެ މީހުން ބޭސް އެޅި އެވެ. ހީނާއަށް ނޭވާލެވެނީ ވެސް ރެސްޕިރޭޓަރެއްގެ އެހީގަ އެވެ. އެކްސިޑެންޓް ހިނގި ތަނުގެ އަލިފާން އެއްކޮށް ނިއްވާ މައިތިރިވީ ޖެހިގެން އައި ދުވަހުގެ ހެނދުނާ ހަމައިންނެވެ.

ނިޔުރޯ ސާޖަން އައިސް އަނެއްކާވެސް ހީނާ ޗެކްކޮށްލި އެވެ. އޭނާ ބުނާ ގޮތުން ސިކުނޑިޔާ ދިމާލުން ދުޅަވެފައި ހުރުމުން ދޭހަކޮށް ދެނީ ހީނާ ވިއްސައިގެން ގޮސް ޕޭމަންޓް ނޫނީ ޓަނަލްގައި ޖެހުނު ބާރު މިނެވެ. މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ. މިހާރު ހީނާ ކިރިޔަ ކިރިޔާ ދުނިޔޭގައި އޮތް ކަމެވެ އެވެސް މެޝީންތަކުގެ ބާރުގައެވެ..

މީނަގެ ޢާޢިލާގެ އެއްވެސް މީހަކު އެބަ ހުރިތަ؟”

އެންމެ އިސްކޮށް މަސައްކަތް ކުރަމުން ދިޔަ ޑޮކްޓަރ ދެވަނަ ފަހަރަށް އަހާލި އެވެ.

ޑޮކްްޓަރުން މާޔޫސްވަމުން ދިޔައެވެ. ހީނާ ސަލާމަތް ކުރަން ރޭއްސުރެ އެމީހުން މަސައްކަތް ކުރަމުން ދަނީއެވެ..

ނުނިމޭ

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Rozy

Level 210 Stories

“A SIMPLE ACT OF CARING CREATES AN ENDLESS RIPPLE” Rozy

Other Articles

Previous

އަހަރެންގެ ކުށް (ދެވަނަބައި)

Next

ނޭނގޭހެ ހާދަ ލޯބިވޭ 27

Next
October 20, 2016

ނޭނގޭހެ ހާދަ ލޯބިވޭ 27

Previews
October 19, 2016

އަހަރެންގެ ކުށް (ދެވަނަބައި)

3 Comments!

  1. xenn says:
    October 20, 2016 at 8:54 am

    Kuryge part ge bai maaa dhigukoh genessa iny…

  2. RaM says:
    October 20, 2016 at 1:07 pm

    Cd scan

  3. ސަމްވަން says:
    December 17, 2018 at 4:31 pm

    ventilator or respirator?????

Comments are closed.

Next Episodeކާމިޔާބު އަންހެނާ 5←


All Right Reserved!