(އަށްވަނަ ބައި) އަކިއަލް ކޮޓަރިން ނިކުމެ ސައިބޯން ދިޔައިރު އަލްޔާ ސައިހެދުމުގައި އުޅެއެވެ. އޭނާއަށް މިއަދު ހޭލެވުނުލެއް ލަސްކަމުން ސައިހެދުނުލެއްވެސް ލަސްވީއެވެ. އޭރު މާކިންވެސް ތައްޔާރުވެގެން ކޮޓަރިން ނިކުންނަނީއެވެ. އަކިއަލް ކާގެއަށް ވަދެ ގޮނޑީގައި އިށީނދެލިއެވެ. އެހެންކަމުން އަލްޔާ އަވަހަށް ތަށިތައް މޭޒުމައްޗަށް އަރުވަން ފެށިއެވެ. އަކިއަލްއަށް އަލްޔާ ފެނުމުން އޭނާއަށް ބަލާލުމަށްފަހު ހިނިތުންވެލިއެވެ. އަކިއަލްގެ މިހިނިތުންވުން މިފަހަރު އަލްޔާއަކަށްވެސް ސިއްރެއް ނުވިއެވެ. އަކިއަލްގެ މިއަމަލުން އަލްޔާ ވަރަށް ހައިރާންވިއެވެ. ލިބުނު ހައިރާންކަމުން އޭނާއަށް ފަހަތަށް އެނބުރި […]
ތުނިކޮން ވެހެމުންދިޔަ ވާރޭގެ ތިކިތައް އަލްޔަޝްގެ ގައިގައި ބޮސްދެމުން ދިޔައެވެ.ފަޒާގައި ހިފާލާފައި ވަނީ ހަމައެކަނި ވައިގެ ބޫން އަޑެވެ.މަގުގެ ދެފަރާތުގައި ހެދިފައިވާ ބިޔަ ގަސްތައް ވަޔާއެކު ނަށާލާއިރު ހީވަނީ އަލްޔަޝްއަށް ހަނާއަޅާލާ ހެންނެވެ.ނަމަވެސް މި އެއްވެސް ކަމަކަށް އަލްޔަޝް ގެ ސަމާލުކަން ހުރިހެނެއް ހިއެއްނުވެއެވެ.އެރީތި ދޮން މޫނަށް ވެރިވެފައިވަނީ މާޔޫންކަމާއި ހިތާމަވެރިކަމުގެ އަސަރުތަކެވެ.އަލްޔަޝްގެ ދެމިލާފައިވާ ހެޔޮވަރުގެ އިސްކޮޅާއެކު ލިބިފައިވަނީ ކަސްރަތީ ރީތި ހަށިގަނޑެކެވެ.ހަމުގެ ކުލަ އަލިވެފައި ދޮންއިރު ލިބިފައިވާ ކަޅުކަންގަދަ އެރީތި ބުމައިން އޭނާގެ ފިރިހެންވަންތަކަން އިތުރަށް […]
* ޒައިލީން އަވަހަށް އެ ޕޭޕަރބޭގް ކަނޑާލިއެވެ. އެތެރޭގައި އޮތް އެތި ފެނިފައި ރަވިކާން ކޮށިއެރިއެވެ. އަލްޔާ އާއި ޒައިދާންވެސް ގުދުވެލާފައި އެތެރެއަށް ބަލާލިއެވެ. ހެއިލަންވެސް ބޯ އަރިކޮށްލިއެވެ. “މީ.. މީ…….” ހައިރާންވެވުނު ވަރުން ޒައިލީންގެ ދޫ ހަރަކާތެއް ނުކުރިއެވެ. ޒައިލީން މަޑުމަޑުން އެތެރޭގައި އޮތް އެތި ނެގިއެވެ. * އޭގެ ތެރޭގައި އޮތީ އޮޅާލާފައި އޮތް ގަނޑުކޮޅެކެވެ. ޒައިލީން ހައިރާންވެފައި ހުރެ ގަނޑުކޮޅު ނެގިއެވެ. އެ ގަނޑުކޮޅު އޮތް ކުލައަށް ބަލާލާފައި ރަވިކާން ޒައިލީންގެ އިސްތަށިގަނޑަށް […]
“ދަރިފުޅާ ތާރާ! ދެން ތެދުވޭ! މިހާރު އެއޮތްގެން ގަނޑި ޖެހެނީ!” ނާޒިމާ އޭނާގެ ދަރި ތާރާ އަށް ގޮވަމުން ދިޔައީ މިއަދު އޭނާގެ ބޭބެ، ނާޒިމްގެ ގެއަށް ތާރާ ބަދަލު ކުރަން ޖެހޭތީއެވެ. “ހުމްމްމް.. ތާ މި ތެދުވަނިއްޔޭ!” ތާރާ ކަންނެތް އަޑަކުން ބުނެލިއެވެ. “ތާރާ! މިހާރޭ ތެދުވަންވީ!” ނާޒިމާ އަނެއްކާވެސް ގޮވިއެވެ. “މަންމާ ޕްލީޒް! ހަމަ އެންމެ 5 މިނަޓޭ!” ތާރާ އަނެއް ފަރާތަށް އެބުރުނެވެ. “ތާރާ މަ 3 ކިޔަންވާ އިރަށް ނުތެދުވެއްޖެއްޔާ…” “މި […]
“މެހެކް…” ހިތައް އަރަން ފެށި އެއްޗެއްގެ ސަބަބުން މާކިން ކުއްލިއަކަށް މެހެކްގެ މުލައްދަނޑީގައި ހިފާ އޭނާއާއި ވީ ފަރާތަށް އެނބުރުވުމަށްފަހު ނިކަން ބާރަށް އޭނާގެ ގަޔާއި ލާ ބޮނޑިކޮށްލިއެވެ. މާކިންގެ ކުއްލި ހަރަކާތުގެ ސަބަބުން ސިހުން ލިބުނުކަމުގައިވިޔަސް މެހެކް އޭނާއާއި ދުރަށް ދާކަށް މަސައްކަތެއް ނުކުރެއެވެ. ދެއަތުން މާކިންގެ ހަށިގަނޑުގައި ހިފަހައްޓާލުމަށްފަހު އެމޭގެ ތެރޭގައި ބޮނޑިވެލީ އޭނާއަކީ ހަމައެކަނި މާކިންގެ ހައްގެކޭ ބުނާ ފަދައިންނެވެ. “މެހެކް.. އަހަރެން މެހެކްދެކެ ވަރަށް ލޯބިވޭ.. ވަރަށް ބޮޑަށް ލޯބިވޭ.. އަހަރެންގެ […]
ގޮޑުދަށަަށް ބީއްސަމުންދާ ހުޫދުފޮނުުުޫ ރާޅުޫތައް އޭގެ ވާޖިބުޫ އަދާކުރަމުން ދިޔައެވެ. ހުުޫދު ބޯކިރު ފަދަ އެހިމުން ދޮންވެލިގަނޑުގައި އެރާޅުތައްވެސް ބޮސްދެމުން ދިޔައީ އެފަދަ ދެވަނަ ފުރުސަތަކަށް އެދޭހާލުގައެވެ.. ޖެހެމުންދިޔަ މަޑުމަޑު ވައިރޯޅީގެ ސަބަބުން ހިތްތަކަަށް ހަމަޖެހުން ގެނުވައިދޭނެކަން ގައިމެވެ. ކަނޑުގެ ލޮނުގަޑުން ކައިވަތެއްހާވަރަށް މައްޗަށް އަރައިފައިވާ އިރުގެ ސަބަބުން ފަޒާޔަށް އެތަކެއް ކުލަތަކެއް އަރާފައިބަމުންދެއެވެ…. ސަލާމް ހުރިހާ ކިއުންތެތިންނަށް.. މީ ޙަގީގީ ހާދިސާއެއްގެ މައްޗައް ބިނާކޮއް ލިޔާ ވާހަކައެއް.. ހަމަ އެއާއެކު އަޅުގަނޑުގެ ފުރަތަމަ ވާހަކަވެސްމެ…ހުރިހާ ކިއުންތެރިންނައް […]
އަ”އަ އަހަރެންވެސް ވަރަށް ލޯބިވޭ” އަހަރެން އުފަލުން އަޑު ނުކުންނަނީވެސް ކިރިޔަ ކިރިޔާއެވެ. އަދި އަޔާގެ ކުރިމަތީ އެއްފައި މައްޗަށް އިށީނދެ އެ މަލުގައި އަޔާގެ އަތާ އެއްކޮށް ހިފީމެވެ. އޭރު އަހަރެންގެ ލޮލުން ފައިބަމުންދަނީ އުފާވެރިކަމުގެ ކަރުނައެވެ. އެހެންނުވާންވީ ސަބަބެއް ނެތެވެ. އަހަރެން ހީކުރީ އަހަރެންގެ އުމުރު ނިމިގެން ދާނީ އަޔާގެ ރައްޓެއްސެއްގެ މަގާމުގައި ހުރެ ކަަމަށެވެ. އެހެންނަމަވެސް އަހަރެންނަށް އަޔާގެ ލޯބި ލިބުނީއެވެ. އެ ލޯތްބަށްޓަކައި އަހަރެންގެ އެތަށް ކަމެއް ބަދަލުކުރީމެވެ. ﷲގެ އިރާދަފުޅުން […]
” ހާދަ ރުޅި އައިސަ” މެސެޖް ކިޔާލުމަށްފަހު ފޯނު ދަބަަހަށްލީ އެމީހާ ދެކެ އައި ރުޅިންނެވެ. އަހަރެންނަށް ސިހުންލިބުނީ ކުއްލިއަކަށް އަހަރެންގެ އަތުގައި އަޔާ ހިފުމުންނެވެ. އަޔާގެ ކުއްލި މިހަރަކާތުން އަހަރެން އިނީ ލަދުން ގޮސް ކުރާނެ ކަމެއް ނޭނގިފައެވެ. އަހަރެން ލަދުގަތްފަ އިން ވަރު އަހަރެންގެ މޫނަށް ބަލާލި ކޮންމެ މީހަކަށް އެނގޭހާ ވަރުވާނެއެވެ. އެވަގުތު ކޮޅަކީ އުފާވެރި ވަގުތު ކޮޅެއް ނަމަވެސް އަހަރެން އިނީ އަހަރެންގެ ހިތް ތެޅޭ އަޑު އިވޭލެއް ބާރުކަމުން އިސްއުފުލާ […]
އުދަރެހުގައި ފެވިފައިވީ ކަޅު ކުލަ ފަނޑުވަމުން ގޮސް އިރުގެ ރަން ދޯދިތައް އުޑުމަތި އަލި ކުރަން ފެށީ، އަނދިރިކަމާއި ބިރުވެރިކަން ނައްތާލައި، އުންމީދުގެ ހުޅުކޮޅު ދިއްލައި ދެމުންނެވެ. ތެތް ފިނިކަމެއް ފަޒާގައި ހަރުލާފައި ހުރި އެ ވަގުތުގައި، އިރު އަރަމުން ދިޔަ ރީތި، ހިތްގައިމު މަންޒަރަށް ނަޒަރު ހުއްޓާލައިގެން ހުރި އިވާންގެ މޫނުމަތީގައި ވަނީ ފަނޑު ހިނިތުންވުމެކެވެ. އެ ބޮޑު ޓެރަހުގެ ރެއިލިންގެ ކައިރީ ހުއްޓި ހުރި އިވާންގެ އެއް އަތުގައި އާވީ އަރަ އަރައި ހުރި […]