Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަލޯބި

ރިޔާޝާ (6ވަނަ ބައި)

Saandy
October 19, 2016
6 Mins Read
79 Views
22 Comments

“އޭރުން މާ ސަކަރާތެއްނު. އޭނަ މޮޔަވެއްޖެއްޔާ މަށަށް…” އަޔާޒަށް މި ބުނެވެނީ ކީކޭކަން އެނގުމުން ޖުމްލަ ފުރިހަމަނުކޮށް ހުއްޓާލިއެވެ.

“ކީކޭ؟” ޝިފާން ލާނެތް ފާޑަކަށް ހީނފައި އިނފެ އެހިއެވެ. “އެއްޗެކޭ ނޫން. ޝިފާނަށް ކިހިނެއް އެނގެނީ އޭނަ އަހަރެންދެކެ ލޯބިވާކަމެއް؟” އަޔާޒް ވަރަށް ގަޔާވެފައި އިނދެ އަހާލިއެވެ. މިހާރަކަށް އައިސް އަޔާޒަށް ރިޔާޝާގެ ކޮންމެ ކަމަކާ ގަޔާވެވެނީ އިޚްތިޔާރުން ބޭރުގައެވެ.

“މަ ކައިރީތަ ތި އަހަނީ؟” ޝިފާން އަމިއްލަ ނަފްސާމެދު ފަޚުރުވެރިވާފަދަ ގޮތަކަށް އަހާލިއެވެ. އަޔާޒް ބޯޖަހާލިއެވެ. “ތިދެން މަ ކައިރީ އަހާކަހަލަ ވާހަކައެއްވެސް ނޫނެއްނު. ބަލަ މަމީ ލަވް އެކްސްޕާޓެކޭ. ދުށިންތަ އޭނަގެ ދެލޯ؟ އޭނަ އަޔާއަށް ސިއްރުން ބަލާލާގޮތެއް ނުފެނޭތަ؟ މި ކަންތައްތަކުން ނުލާހިކު ރަނގަޅަށް އެބަ އެނގޭ އޭނަ އަޔާދެކެ ލޯބިވާކަން.” އަޔާޒް ބޯހޫރާލިއެވެ. “ދެން އިތުރަށް ކޮންކަމެއް ބޭނުންވަނީ؟ މަ ހިތަށްއަރާ މިއަށް ވިސްނޭނީ ކޮން ދުވަހަކުންބާއޭ. ކުރަފި ސިކުނޑި.” އަޔާޒްގެ ބޮލުގައި އިނގިލި ޖައްސާފައި ކޮއްޕާލަމުން ޝިފާން ބުންޏެވެ. އަޔާޒް ގާތަށް އައީ ނުލަފާ ހިންޏެކެވެ.

“ދައްކަބަލަ.” ޝިފާން ބުނެލިއެވެ. އަޔާޒް ނިތް އަރުވާލީ ކޮން އެއްޗެއްހޭ އަހާލާފަދަ ގޮތަކަށެވެ. “އޭތި.” “ވަޓް ދަ…” އަޔާޒް ބުނެލިއެވެ. “ހެހެހެ. އެއެއް ނޫން. މީނައަކަށް ނުވިސްނޭނެ ދުވަހަކުވެސް.” ޝިފާން ބޯ ހޫރާލަމުން ބުނެލިއެވެ. “އަޖައިބެއް. ބަލަ ދައްކަބަލާށޭ ބުންޏަކަސް ނޭނގޭނެދޯ ދައްކަންވީ އެއްޗެއް.” އަޔާޒް ބުނެލިއެވެ.

“މަޑުކުރޭ! މަ ބަލަން މިއުޅޭ އެއްޗެއް މަ ބަލާނަން. އަޔާ މަޑުމަޑުން ބަސް އަހައިގެން އިނދޭ އިނގޭ.” ޝިފާން ހީވީ ކުޑަކުއްޖަކަށް ނަސޭޙަތެއް ދިންހެންނެވެ. އެހެންކަމުން އަޔާޒް ގާތަށް ވަރަށް ހިނިއައެވެ. “ހޭންވީތަ؟ ތުއްތު ބަބާ ރީތިކޮށް އިނދެބަލަ ނުހީ.” ޝިފާން އަނެއްކާވެސް ބުނެލިއެވެ. އަޔާޒަށް ބާރުބާރަށް ހޭން ފެށުނެވެ.

ޝިފާން އެއްވެސް އެއްޗެކޭ ނުބުނެ، އަޔާޒްގެ ހިތާއި ދިމާލުން މޭގައި އަތް ޖައްސާލިއެވެ. “ޑިންޑިން ޑިންޑިން. ހާދަ ބާރަކަށޭ.” އަޔާޒަށް ބަލާލާފައި ޝިފާން ބުނެލިއެވެ. “ޝިފާން!” “އޭނަ ފެނުނީމަ ތިހާވަރަށް ތިހިތް ތެޅެނީ ކީއްވެކަން އެނގޭތަ؟ އޭނަ ފެނުނީމަ ތިހާވަރަށް ތިހިތް އަވަސްވަނީ ކީއްވެކަން އެނގޭތަ؟ އޭނަގެ ކޮންމެ ކަމަކާ ތިހާ ޝައުޤުވެރިވެވެނީ ކީއްވެކަން އެނގޭތަ؟ އެއީ ލޯބިވެވުނީމަ.” ޝިފާން އެހެން ބުނުމުން އަޔާޒް ޗޮކެއް ކަނޑާލިއެވެ.

“ބަލަ މަ ދެކުނީމޭ އަޔާ އޭނައަށް ބަލަން އިންގޮތް.” ޝިފާން އެހެން ބުނެފައި އޭނާގެ ފޯނު ނެގިއެވެ. އަދި އަޔާޒާއި ރިޔާޝާއާއި ދެމީހުން އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިއްބާ ނަގާފައިވާ ފޮޓޯއެއް ދެއްކިއެވެ. އަޔާޒް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ޝިފާންވެސް ހާދަ ހުޝިޔާރެވެ. އެއީ މިރޭ ނަގާފައިވާ ފޮޓޯއެކެވެ. އެފޮޓޯއިން އެދެމީހުންވެސް އެކަކު އަނެކަކުދެކެ ލޯބިވާވަރު ހާމަވެގެންދެއެވެ. “ދެންވެސް އެއްބަސްނުވާތި.” ޝިފާން ގަދަކޮށްލިއެވެ.

“އާނ އާނ. އަހަރެންނަށް އޭނަދެކެ ލޯބިވެވިއްޖެ. ޢައިޝާ ބުނި ހުރިހާ ގޮތެއްވެސް އަހަރެންނަށްވޭ. ފެނުނީމަ ހިތްހަމަޖެހޭ. ނުފެނި ގިނައިރުވީމަ ހިތް ނުތަނަވަސްވޭ. އަބަދުވެސް އޭނަ ފެންނަ ހިސާބުގަ ހުންނަން ބޭނުންވަނީ. ހޭލާ ހުންނައިރުވެސް ހުވަފެނުންވެސް ފެންނަނީ އޭނަ.” ރިޔާޝާ ހެނދުނު ހެނދުނާ ޢައިޝާއަށް ގުޅައިގެން ގެނެސް ދައްކަމުން ދިޔައީ އޭނާއަށް ލޯބިވެވުނު ވާހަކައެވެ.

“ކޮބާ؟ މަ އޭރުވެސް ބުނީމެއްނު ގަދަބަސް ނުބުނާށޭ. ކަންތައް ވާނެގޮތެއް ނޭނގޭނެއޭ. އަނެއްކާ އަޔާޒް ރިޔާދެކެ ލޯބިވޭތަ؟” ޢައިޝާ އަހާލިއެވެ. “އަޔާ ދޯ؟ އޭނަގެ ޢަމަލުތައް ހުންނަ ގޮތުން އަހަރެންނަށް ހީވަނީ އޭނަވެސް އަހަރެންދެކެ ލޯބިވާހެން. އޭނަ އެހެރަ ބަލާލާ ގޮތެއް. ދެން ނޭނގެ ބުނެދޭކަށްވެސް. ވަރަށް ތަފާތު އެހެން މީހުން ފެނުނީމަ ވާގޮތާ.” ރިޔާޝާ ވާހަކަދެއްކި ގޮތުންވެސް އޭނާ އުފާވެފައިވާ މިންވަރު ދޭހަވެއެވެ.

“ޢައިޝާ! ރޮނީތަ؟” ޢައިޝާގެ ލޮލުން ކަރުނަ ހިލިފައި ހުރިތަން ފެނުމުން ރިޔާޝާ ކަންބޮޑުވިއެވެ. “ނޫން. އުފަލުން ރޮވުނީ.” ޢައިޝާ ރިޔާޝާގެ ގައިގައި ބައްދާލިއެވެ. އަދި ފަހުން އަންނާނަމޭ ބުނެފައި ގެއަށް ދިޔައީ ހިތުގެ އުދާސްތައް ފޮރުވަމުންނެވެ. ތަޤުދީރުގެ ސަމާސާ ނިކަން ދެކިބަލާށެވެ. އޭނާ އަޔާޒަށް އެދިއެދި ހުއްޓާ އެންމެފަހުން އަޔާޒްދެކެ ލޯބިވާކަން އެ ހާމަކުރީ އޭނާގެ އެންމެ ގާތް އެކުވެރިޔާއެވެ. ކޮންމެ ގޮތެއް ވިޔަސް އެ އެކުވެރިޔާގެ އުފާތަކަށް އަރައިގަންނާކަށް އޭނާއަކަށް ނުކެރޭނެއެވެ. އެ އެކުވެރިޔާ ވަނީ އެކަނިވެރިކަމާއެކު އެތައް ދުވަހެއް ހިތާމަވެރިކަމާއެކު ބަރުދާސްތުކޮށްފައެވެ. ޢައިޝާ އޭނާގެ އެކުވެރިޔާއަށްޓަކައި އޭނާގެ ލޯބި ކަފުންކުރީ ކަރުނަ އަޅާ ހާލުގައެވެ.

********

އަޔާޒްގެ ޚަބަރެއް ނުވާތާ ގިނައިރު ވުމުން ރިޔާޝާގެ ހިތް ނުތަނަވަސްވާން ފެށިއެވެ. އަނެއްކާވެސް އަޔާޒްގެ ހާލަތު ގޯސްވީބާވައެވެ. އެހެން ހިތަށް އެރުމުން ރިޔާޝާ އަޔާޒަށް ގުޅިއެވެ. “ހަލޯ. ކީކޭ ލޯބީ؟” ފޯނު ނެގި ގޮތަށް ރިޔާޝާގެ އަޑު އިވުމުން އަޔާޒަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ. “ކީކޭ؟” ރިޔާޝާއަށް ޤަބޫލު ނުކުރެވިގެން އަހާލިއެވެ. “ކީކޭހޭ އަހަރެން ބުނީ؟” ނިދި އަޑަކުން އަޔާޒް ބުންޏެވެ. “ޚަބަރެއްވެސް ނުވާތީ ބަލީތޯ ބަލާލަންވެގެން.” ރިޔާޝާ ބުނެލިއެވެ. “ނޫނޭ. ބައްޔެއް ނޫން މިހާރު. ރިޔާ ގުޅީމަ މި ހޭލެވުނީ. ތިއަޑު ޖެހުނީމަ ނިދިވެސް ފިލައިފި.” އަޔާޒް އެހެން ބުނުމުން ރިޔާޝާއަށް ހީލެވުނެވެ.

“ރިޔާ! އަހަރެން ވާހަކައެއް އަހާލަންތަ؟” އަޔާޒް އަހާލިއެވެ. “ހޫމް. އަހާބަލަ.” ރިޔާޝާ ހުރީ ކެތްމަދުވެފައެވެ. އެއީ މިހާރު ރިޔާޝާގެ އާދައެވެ. އަބަދުވެސް އަޔާޒްގެ ފޯނު ކޯލަކަށް އިންތިޒާރު ކުރެވެއެވެ. އެއަޑު އިވޭނެ އިރަކަށް އިންތިޒާރު ކުރެވެއެވެ. އެ ފިރިހެންވަންތަ އަޑުން އޭނަދެކެ ލޯބިވާ ވާހަކ ބުނާނެ އިރަކަށް އިންތިޒާރު ކުރެވެއެވެ. “ރިޔާޝާ އުޅެނީ ކުއްޖަކާ ރައްޓެހިވެގެންތަ؟” އަޔާޒް އަހާލީ ކުޑަކޮށް ޖެހިލުންވެފައި ހުރެއެވެ.

“އާނއެކޭ ބުނެފިއްޔާޔޯ؟” ރިޔާޝާ އެހެން ބުނެލުމުން އަޔާޒްގެ މެޔަށް ފިނިވެގެން ދިޔައެވެ. “އެހެންވިއްޔާ މީ ނުދައްކާ ވާހަކައެއް. ވަރަށް ބޮޑަށް ސޮރީ އިނގޭ.” ރިޔާޝާ ބުނާ އެއްޗެއް އަޑުއެހުމެއްނެތި އަޔާޒް ފޯނު ކަނޑާލިއެވެ. ރިޔާޝާ ހަމަ އެވަގުތު އަނެއްކާވެސް ގުޅިއެވެ. ފޯނު ނުނަގަން ހުރެފައިވެސް ފޯނު ނެގުނީ އިޚްތިޔާރުން ބޭރުގައެވެ. “ކީއްވެ ތި ފޯނު ކަނޑާލީ. އަދި އަހަރެން ޖަވާބެއްވެސް ނުދެމެއްނު.” ރިޔާޝާ ބުނެލިއެވެ.

“ރިޔާ! ދެން އަހަރެން ނުތަޅުވާ ޖަވާބު ދީބަލަ.” އަޔާޒް ހިތްއަވަސްވެފައި އަހާލިއެވެ. “އަދި ނުވަން.” “އަހަރެންނާ ރައްޓެހިވެދާނަންތަ؟” އަޔާޒް ސީދާ މަޢުލޫއަށް ދިޔައެވެ. “އަހަރެން ވިސްނާލަން ވަގުތުކޮޅެއް ދީ.” އާނއެކޭ ބުނަން ހިތް އެދުނު ނަމަވެސް ރިޔާޝާ ޚިޔާރުކުރީ އެންމެ ބުއްދިވެރި ގޮތެވެ. “މައްސަލައެއް ނެތް. އެކަމު އެހާ ގިނަ ދުވަސް ނުކުރައްޗޭ.” އަޔާޒް އާދޭހުގެ ރާގަކަށް ބުނެލިއެވެ. “ހޫމް.” އެދެމީހުންގެ ފޯނު ކޯލު ނިންމާލުމަށްފަހު ރިޔާޝާ ވިސްނާލިއެވެ. އަޔާޒްގެ އެ ހުށަހެޅުން ޤަބޫލުކުރަންވީބާވައެވެ. އަނެއްކާ އަޔާޒް އޭނާ މޮޔަ ހައްދަނީބާވައެވެ. ނޫނެކެވެ. އެހެނެއް ނުވާނެއެވެ. އެއީ ކުރީގެ އަޔާޒެއް ނޫނެވެ. އޭނާ އެވަނީ މުޅިން ބަދަލުވެފައެވެ. ރިޔާޝާ ދެއަތަށް ކިރިކިރި ހުރީ ވަކި ގޮތެއް ނުނިންމިފައެވެ. އެހެންކަމުން އޭނާ ޢައިޝާ ގާތުން ލަފައެއް ހޯދިއެވެ.

“އަހަރެންނަށް ހީވަނީ އަޔާވެސް ރިޔާދެކެ ލޯބިވަންޏާ އޭނަގެ އެ ހުށަހެޅުން ޤަބޫލުކުރަން. ތިމާވެސް ލޯބިވާ އަދި ތިމާދެކެ ލޯބިވާ މީހަކު ލިބޭނީ މަދު ފަހަރަކު. ނޫނީ އަބަދުވެސް ލޯބިވާނީ ކޮންމެވެސް އެއްފަރާތަކުން. އަހަރެންގެ ބަހެއް އަހަންޏާ އަހަރެން ބުނާނީ ތިކަމަށް ފުރަގަސް ނުދޭށޭ.” ޢައިޝާ އޭނާގެ ހިތް ރޮމުންދާ ހާލުގައިވެސް ރިޔާޝާއަށް ލަފާދިނީ އަޔާޒްގެ އެ ހުށަހެޅުން ޤަބޫލުކުރުމަށެވެ. އޭނާއަށް އުފަލެއް ނުލިބުނަސް، އޭނާ އެންމެ ލޯބިވާ އިންސާނާއާއި އެންމެ ގާތް އެކުވެރިޔާ އުފަލުގައި ހުންނަ ތަން ދެކެން ބޭނުންވާތީއެވެ.

**********

“އޭތް އަޔާ! މިހާރު އަހަރެން މަތިން ހަނދާނެއްވެސް ނުހުރޭ ދޯ؟ ހޫން. ދެން އެހެންތާ ވާނީވެސް ދޯ؟ މީހަކަށް އަލަށް ލޯބިވެވިގެން ވިއްޔަ މިއުޅެނީ.” ޝިފާން އައިސް ވަންއިރު އަޔާޒް ފޯނެއްގައި މާވަރަކަށް ހީނފައި އޮތުމުން ޝިފާން ބުނެލިއެވެ. އަޔާޒް އަވަސްއަވަހަށް ފަހުން ގުޅާނަމޭ ބުނެފައި ފޯނު ކަނޑާލިއެވެ. އަދި ޝިފާން ގައިގައި ހިފައިގަތެވެ. “ކާމިޔާބު ކާމިޔާބު ކާމިޔާބު.” ޝިފާން ގައިގައި ހިފައިގަނެގެން ހުރެ އަޔާޒް ކިޔަންފެށިއެވެ. “ވަޓް؟ އަސްލުވެސްތަ؟” ޝިފާންވެސް ހުރީ ވަރަށް އުފާވެފައެވެ. “އާނ. ދެންމެގަ އެބުނީ ޔެސް އޯ.” އަޔާޒް އޮޅުންފިލުވައިދިނެވެ.

“ބަލާބަލަ މީނަގެ ހުންނަ މަކަރުވެރިކަން. މިހާ ގާތްކޮށް އުޅޭއިރު އަންގާވެސްނުލާ.” ޝިފާން ދިމާކުރިއެވެ. “އަދި ނުބުނެވިފައެއް ނެތެއްނު. ދެންމެގައޭ މި ސެޓްވީ.” އަޔާޒް ބުންޏެވެ. “އޭތް. ތީ ހަމަ ސީރިއަސްކޮށް ކުރި ކަމެއްތަ؟” ޝިފާން ޝައްކުވެފައި އަހާލިއެވެ. “އާނ. މަށަކީ މަޖަލަކަށް މިކަހަލަ ކަންތައްތައް ކުރާނެ މީހެއްނޫން.” “ވަރަށް ރަނގަޅު. މީހުންނަށް އޮޅުވާލައިގެން އެމީހުންގެ އިހުސާސްތަކާ ކުޅޭކަށް ނުވާނެ.” ޝިފާން ބުނި ވާހަކައަށް އަޔާޒް ހިނިތުންވެލިއެވެ.

“އޭތް. ތިހެން ދެނެއް ނުއެއް އޮވެވޭނެ އިނގޭ. ހަމަ މިހާރު ހިނގާ މަށަށް ކާންދޭން.” އަޔާޒްގެ އަތުގައި ހިފާ ދަމާ ނަގަމުން ޝިފާން ބުންޏެވެ. އަޔާޒް ބޭރަށް ނުކުންނަން ފެށުމުން ޝިފާން ގޮވާލިއެވެ. “އޭތް. ތިހެން ހުރެތަ ދަނީ؟ ބްރޯ. ކަލޭ ހަމަތަ؟” އަޔާޒް ހަމައެކަނި ބޮކްސާއެއްގައި ހުރެ ބޭރަށް ނުކުންނަން ދާތީ ޝިފާން ހައިރާންވިއެވެ.

“މިހެން ހުއްޓަސް ދެވިދާނެ ދޯ؟ މާދުރަށް ދާކަށް ނުޖެހޭނެޔޭ. އާދޭ ބަދިގެއަށް. ބޭނުން ވަރަކަށް ކާންދޭނަން.” އަޔާޒް މިހެން ބުނުމުން ޝިފާން ފުންމައިގެން ތެދުވިއެވެ. “މަ ބޭނުމެއްނޫން ތިއެއް. އާދޭ. ހަމަ މިހާރު އައިސް އެއްޗިހި ލައިގެން ހިނގާ ބޭރަށް ކާންދޭން. މިއަދު ކާންނުދީ ސަލާމަތެއް ނުވެވޭނެ އިނގޭ.” ޝިފާން ދެލޯ ބޮޑުކޮށްލަމުން ބުނެލިއެވެ. އަޔާޒް ހެމުންހެމުން އައިސް އެއްޗެހި ލައިގެން ޝިފާންއާއިއެކު ބޭރަށް ދިޔައީ ޝިފާނަށް ކާންދޭށެވެ. ޝިފާން މިއަދު ވިއްދާފައި ހުރިގޮތުން ކާންނުދީ ސަލާމަތް ނުވެވޭނެކަން އަޔާޒަށް އެނގޭތީއެވެ.

އަޔާޒާއި ޝިފާން ސައިކަލުގައި ގޮސް މަޑުކޮށްލީ ރާނބާ ރެސްޓޯރެންޓާއި މާދުރު ނޫން ހިސާބެއްގައެވެ. ސައިކަލު ޕާކުކޮށްލާފައި ދެމީހުން އެތެރެއަށް ގޮސް އިށީނދެ ވެއިޓަރަކަށް ހަނާއަޅާލިއެވެ. “1 ފްރައިޑް ރައިސް އެންޑް 1 ކޯކް.” އަޔާޒް ބުނެލިއެވެ. “1 ފްރައިޑް ނޫޑުލްސް އެންޑް 1 ފްރެޝް އޮރެންޖް.” ޝިފާންވެސް ބުންޏެވެ. އޯޑަރު ނަގައިގެން ވެއިޓަރު ދިޔުމުން ޝިފާން އަޔާޒަށް ބަލާލާފައި ނިތް އަރުވާލިއެވެ. އެއާއިއެކު ޝިފާން އެއުޅެނީ ކޮންމެވެސް އެއްޗެކޭ ކިޔަންކަން އަޔާޒަށް އެނގުނެވެ. އެއީ އަބަދުގެވެސް އާދައެވެ. ޝިފާން ވާހަކައެއް ބުނަންވެއްޖެނަމަ އަޔާޒަށް ނިތް އެއްލުމަކީ ތައްޔާރުވާށޭ ބުނުމަށް ކޮށްލާ އިޝާރާތެއްފަދައެވެ.

“ދެން އަހަރެން ނުވެސް ފެންނާނެ ދޯ؟” ޝިފާން ފެށީވެސް އެހާ ހިސާބުންނެވެ. “މިއޮއްގެން ފެންނަނީނު.” އަޔާޒް ހީވަނީ މާކުރީއްސުރެ ޝިފާންގެ ސުވާލުތަކަށް ތައްޔާރުވެގެން އިންހެންނެވެ. “މިހާރުވެސް ތީނީ ފިލާ އިންދާ ނެރެފައެއްނު.” ޝިފާންވެސް ދުލެއްނުދެއެވެ. “ތީ ހަމަ ހީވާ އެއްޗެއް. މަ ފިލައިފިއްޔާ ނުއެއް ހޯދޭނެ.” އަޔާޒް ފަޚުރުވެރިކަމާއެކު ބުނެލިއެވެ. “ބޮޑު ފޮނި.” ޝިފާން އަނގަޔަށް ވައްތަރެއް ޖައްސާލިއެވެ.

“އަޔާ! ތީ ހަމަ ސީރިއަސްކޮށް ކުރި ކަމެއްތަ؟” ޝިފާން ވަރަށް ސީރިއަސްވެފައި އަހާލިއެވެ. “އާނއެކޭ. ކީއްވެތަ އިރުކޮޅަކާ ތިހެން ތި އަހަނީ؟ ޝައްކުވަނީތަ؟” ޝިފާން ކުޑަކޮށް ހިތަހަމަނުޖެހިފައި އިނދެ އަހާލިއެވެ. “އަސްލު ތެދަށް ބުނަންޏާ ބުނެވޭނީ އަހަރެންނަކަށް އަދިވެސް އަޔާގެ ތި ނިންމުމާއި ދޭތެރޭ ޔަޤީންކަމެއްނެތޭ. ނޭނގެ ކީއްވެ ކަމެއް. ހަމަ ޝައްކުވަނީ.” ޝިފާން ހުރީ ވަރަށް ސީރިއަސްވެފައެވެ. “ކީއްވެތަ؟ އަހަރެންނަށް ރިޔާޝާ ކުރި އިތުބާރު، އަހަރެންނާ އެންމެ ކައިރީގައި އުޅުނު މީހާއަށް ނުކުރެވުނީމަ އަހަރެން ވަރަށް ދެރަވެއްޖެ.” އަޔާޒް ހަޤީޤަތުގައިވސް ވަރަށް ދެރަވިއެވެ. އެއީ އޭނާ ސަމާސާއަކަށް ކުރި ކަމެއްނޫނެވެ. އެއީ ހަމަ އޭނާ އަމިއްލަ ދިރިއުޅުމެއް ފެށުމަށް ގަސްތުކޮށްގެން ނިންމި ނިންމުމެކެވެ.

“އަހަރެން އަޔާއަށް އިތުބާރު ނުކުރަނީކީ ނޫން. އެކަމަކުވެސް ކުރީގައި ކަންތައްތައް ހިނގާފަ އޮތްގޮތުން އަސްލު. ކުއްލިއަކަށް އެހާ ބޮޑު ނިންމުމެއް ނިންމީމަ ޝައްކު އުފެދެނީ.” އެވަގުތު ވެއިޓަރު ކާއެއްޗެހި ހިފައިގެން އައެވެ. “ތޭންކްސް” ދެމީހުންނަށް އެއްފަހަރާ ކަހަލަ ގޮތަކަށް ބުނެވުނެވެ. “ތިއެއްނޫނޭ. މިހާރު އަޔާގެ މަންމަމެން ގާތު ބުނެފިންތަ؟ އެމީހުން ޤަބޫލުވާނެތަ؟” ޝިފާން އެކުރީ ވަރަށް މުހިންމު ސުވާލެކެވެ. “އާނ. ކީއްވެ ޤަބޫލުނުވާނީ؟ ރިޔާއަކީ ނިކަމެތި ކުއްޖަކަށް ވީމަތަ؟” އަޔާޒްގެ ވާހަކައަށް ޝިފާން ބޯޖަހާލިއެވެ. “އަހަރެންނަށް ހަމަ ޔަޤީން މަންމަމެން އަހަރެންގެ އުފަލަކަށް ހުރަހެއް ނާޅާނެކަން.” އަޔާޒް ވަރަށް ޔަޤީންކަމާއެކު ބުނެލިއެވެ.

“އަޔާ! އަހަރެންނަށް ފެންނަ އެއްޗެއް ބުނަންތަ؟” ޝިފާން އަޔާޒަށް ބަލާލީ ހުއްދައަކަށް އެދޭފަދަ ގޮތަކަށެވެ. އަޔާޒް ބޯޖަހާލިއެވެ. “އަހަރެންނަށް ފެންނަނީ ތިގުޅުން ކުރިއަށް ގެންދިއުމުގެ ކުރިން އަޔާގެ މަންމަމެންނަށް އަންގަން. އެހެން މިބުނީ ފަހަރެއްގައި އަޔާގެ މަންމަމެން ނުޤަބޫލު ވެއްޖެއްޔާ ވާނެ ގޮތަކަށް ވިސްނާފަ. އޭރުން ރިޔާޝާއަށްވެސް އެދެވުނީ ވަރަށް ބޮޑު ދެރައެއް. އޭނައަކީ ވަރަށް ބޮޑު އެކަނިވެރިއެއް. އެހެން ކަންތައް ވެއްޖެއްޔާ އޭނަގެ ހިތް ހަލާކުވެދާނެ. އަނެއްކޮޅުން ތިގުޅުން ކުރިއަށް ގެންގޮސް، ވަކިނުވެވޭ ހިސާބަށް ދާފަހުން ވަކިވާން ޖެހިއްޖެއްޔާ އަޔާއަށްވެސް މާ ދެރަވާނެ.” ޝިފާން އަޔާޒަށް ވިސްނައިދޭން މަސައްކަތްކުރިއެވެެ.

“އާނ. ތިބުނީ ތެދެއް. އަހަރެންގެ ސަބަބުން އެއްވެސް މީހަކަށް ދެރައެއް ލިބޭކަށް އަހަރެން ބޭނުމެއްނޫން. އަހަރެން ވީ އެންމެ އަވަހަކަށް މަންމަމެންނާ ތިވާހަކަ ދައްކާނަން.” އަޔާޒް ޝިފާންގެ ވާހަކަތައް ޤަބޫލުކުރީތީ ޝިފާން ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. ރިޔާޝާއާއި ދޭތެރޭ އޭނާގެ ހިތުގައިއޮތް އަޚްވަންތަކަމުގެ ލޯތްބެއްގެ ސަބަބުން އޭނާއަށް އަބަދުވެސް ރިޔާޝާއާއި ދޭތެރޭ ވިސްނެއެވެ. އޭނާގެ ކޮއްކޮގެ ވަކިވެދިޔުމާއެކު އޭނާ ހުރީ ކޮއްކޮއަކަށް ނުހަނު ބޭނުންވެފައެވެެ. ނަމަވެސް އޭނާގެ މަންމަގެ ބަލި ހާލަތު ތަން ނުދިނުމުގެ ސަބަބުން އޭނާ ވަނީ ކޮއްކޮއެއްްގެ ލޯބިން މަޙުރޫމުވެފައެވެ. އެހެން ހުއްޓާ އޭނާއަށް ރިޔާޝާ ފެނުނީ އޭނާ ގްރޭޑް 11ގައި ކިޔަވަމުން ދަނިކޮށެވެ.

ރިޔާޝާ ފުރަތަމަ ފެނުނު ވަގުތުވެސް ޝިފާން ހަނދާންވީ އޭނާގެ ކޮއްކޮ ޝިފާނާގެ މަތިންނެވެ. އެހުންނަ މައުސޫމުކަން ރިޔާާޝާގެ މޫނުމަތިންވެސް އޭނާއަށް ފެނުނެވެ. އަޔާޒްމެން ގުރޫޕް ރިޔާޝާއާއި ދިމާކޮށް ފާޑުފާޑު އެއްޗެހި ކިޔައި ހަދަން ފެށުމުން އޭނާ އިންތިހާއަށް ހިތްހަމަނުޖެހުނެވެ. އެގޮތަށްް ކަންތައް ނުކުރުމަށްް އޭނާ އެމީހުންްނަށް ނަސޭޙަތްދީވެސް ހެދިއެވެ. ޝިފާން ރިޔާޝާގެެ އިތުބާރު ހޯދާ، އޭނާއާއި ގުޅުން އުފެއްދީވެސް އެހާމެ ފަސޭހައިންނެވެ.

“އަހަރެެން މިދެއްކި ވާހަކަޔާ ދޭތެރޭ ވިސްނާލައްޗޭ.” ކައިގެން ބިލް ދައްކާފައި ނުކުމެ ސައިކަލަށް އަރާފައި ޝިފާން ބުނެލިއެވެ. އަޔާޒް ޝިފާނަށް ބަލާލާފައި ހިނިތުންވެލީ އާނއެކޭ ބުނެލާފަދަ ގޮތަކަށެވެ. އަޔާޒްގެ ގޭ ކައިރިއަށްް މަޑުކޮށްލުމުންް ޝިފާން، އޭނާގެ ސައިކަލަށް އަރަމުން ދެން ދަނީކަމުގައި ބުނެލިއެވެެ. އަދި ފަހުން އަންނާނަމޭ ބުނެފައި ދިޔައެވެެ.

ޝިފާންގެ ދިޔުމުން އަޔާޒް ޝިފާން ދެއްކި ވާހަކައާއި ދޭތެރޭ އަޔާޒްވެސް ވިސްނާލިއެވެ. ޝިފާން އެބުނީވެސް ތެދެކެވެ. އޭނާ އެކަން އަވަހަށް އޭނާގެ މައިންބަފައިންނަށް އަންގަން ޖެހޭނެއެވެ. އެގުޅުމަށް އެދެމީހުން ނުރުހިއްޖެނަމަ އޭނާ ޖެހޭނީ ރިޔާޝާ ދޫކޮށްލާށެވެ. ކޮންމެ ގޮތެއްވިޔަސް އެދެމީހުން ނުރުހޭ ކަމެއް އޭނާއަކަށް ނުކުރެވޭނެއެވެ. އެއީ މިދުނިޔޭން އޭނާ އެންމެ ލޯބިވާ ދެފަރާތެވެ. އެކަމުގެ ސަބަބުން ރިޔާޝާއަށް އެއްވެސް ދެރައެއް ލިބޭކަށް އޭނާ ބޭނުމެއްނޫނެވެ. އޭނާ އެފިކުރުގައި އޮއްވާ ނިދުނީ ކޮންއިރަކު ކަމެއްވެސް ނޭނގުނެވެ.

އަޔާޒަށް ހޭލެވުނީ ފެން ބޮވައިގަނެގެންނެވެ. ކޮޓަރިތެރެ އަނދިރިކަމުން ތަނެއްދޮރެއް ވަކިވާވަރެއް ނޫނެވެ. އޭނާ ފޯނުން ގަޑި ބަލާލިއިރު މެންދަމުން އަލިވެ 3 ޖަހައިފިއެވެ. އޭރު ފޯނުގައި 10 މިސްޑް ކޯލް އިންތަން ފެނި އޭނާ އަވަސްއަވަހަަށް އެއީ ކާކުގެ ކޯލްތަކެއްތޯ ބަލާލިއިރު ގުޅާފައި އޮތީ ބައްޕައެވެ. އެންމެފަހުން ގުޅާފައި އޮތީ ގަޑިން 12 ވެސް ޖެހި ފަހުންނެވެ. އެހާ ދަން ގަޑިއެއްގައި އެހާ ގިިނަ ފަހަރު ގުޅާފައި އޮތުމުން އަޔާޒް ހާސްވިއެވެ. ކޮންމެވެސް ބޮޑު ކަމެއް ވެއްޖެކަމުގައި އޭނާގެ ހަވަނަަ ހިއްސު ބުނަމުންދިޔައެވެ. ދެރަ ގޮތެއް ނުވުމަށް ހިތާހިތުން ދުޢާާކުރަމުން އޭނާ ބައްޕައަށް ގުޅާލިއެވެ.

29
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Saandy

ވާހަކަ ލިޔާހިތްވާ އަދި ވާހަކަ ކިޔާހިތްވާ މީހަކީމެވެ... އަދި ކޮމެންޓް ކިޔާހިތްވާ މީހަކީމެވެ https://web.facebook.com/SaandyStories/?ref=page_internal

Other Articles

Previous

ތާޝާ (ދެވަނަ ބައި)

Next

އެފިނިމެންދަން 3

Next
October 19, 2016

އެފިނިމެންދަން 3

Previews
October 19, 2016

ތާޝާ (ދެވަނަ ބައި)

22 Comments

  1. Narsh says:
    October 19, 2016 at 5:30 pm

    Vvv reethi vahaka ehh.. Waiting 4 the next

    1. Saandy says:
      October 19, 2016 at 8:41 pm

      ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މާދަމާ 7ވަނަ ބައި އަޕްކޮށްލާނަން

  2. Geela says:
    October 19, 2016 at 6:22 pm

    Varah reethi. Dhen kihinebba vaanee. Thanx

    1. Saandy says:
      October 19, 2016 at 8:41 pm

      ޝުކުރިއްޔާ

  3. juma says:
    October 19, 2016 at 6:48 pm

    Story hama habeys…waiting ..

    1. Saandy says:
      October 19, 2016 at 8:42 pm

      ޝުކުރިއްޔާ

  4. Aishath Reesham says:
    October 19, 2016 at 7:48 pm

    Story v salhi kuriah dhaagoi saandyy..

    1. Saandy says:
      October 19, 2016 at 8:43 pm

      ޝުކުރިއްޔާ

  5. koo says:
    October 19, 2016 at 11:10 pm

    Vrh salhi

    1. Saandy says:
      October 20, 2016 at 12:33 am

      ޝުކުރިއްޔާ

  6. Khajja says:
    October 20, 2016 at 1:17 am

    V rythi v interasting ayaa n riyaashaa ah dheragotheh nuhadhachchey

    1. Saandy says:
      October 20, 2016 at 1:35 pm

      ޝުކުރިއްޔާ

  7. Metal 0-1 says:
    October 20, 2016 at 10:54 am

    Nice

    1. Saandy says:
      October 20, 2016 at 1:36 pm

      ޝުކުރިއްޔާ

  8. Naa says:
    October 20, 2016 at 12:13 pm

    Warah rythi story waiting for next part

    1. Saandy says:
      October 20, 2016 at 1:36 pm

      ޝުކުރިއްޔާ

  9. NAIN says:
    October 20, 2016 at 12:26 pm

    Varah reethi.kihinebbaa dhen vaanee.next part ah varah inthizaa eba kurevey.

    1. Saandy says:
      October 20, 2016 at 1:37 pm

      ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މިއަދު 7ވަނަ ބައި ގެނެސްދޭނަން

  10. raf says:
    October 20, 2016 at 11:17 pm

    konirakin 7th vana baa ip kodeynii…v sali mi vaahaka i love this story

    1. Saandy says:
      October 20, 2016 at 11:21 pm

      ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މިރޭ އަޕްކޮށްލާނަން

  11. ލިކާމާ އަކްމަލައި says:
    October 21, 2016 at 4:28 pm

    ވަރަށް ރީތި މި ޕާރޓް ވެސް ތިގެނެސް ދޭ ގޮތް ވެސް ވަރަށް ކަމުދޭ

    1. Saandy says:
      October 21, 2016 at 4:32 pm

      ޝުކުރިއްޔާ

Comments are closed.

All Right Reserved!