މެންދަމު ގެ ހަމަހިމޭންކަން ފޫދުއްވާލައިފައި ވަނީ ޖެހެމުންދިޔަ ވަޔާ އެކު ވެހެމުންދިޔަ ވާރޭ އެވެ.ޖަހާލާ ގުގުރިއާއި އެކު ވިދާލާ ވިދުވަރު ތަކެވެ.އިޙުސާސް ކުރެވޭ ނިންޖާއި ވާއަރާމެއްގެ ސަބަބުން ވަރުބަލިވެފައިވާ ލޯތައްވަނީ މެރިފައެވެ.އަރާމް ނިންޖަކުން މުޅި ރަށް ވަނީ ނިދާލާފައެވެ. އެހެނަސް އަހަރެން އޮތީއެވެ.ނުނިދިފައެވެ.އަހަރެންގެ ވަޅުވަދެފައިވާ ދެ ލޯ އެދެމުންދިޔައީ ނިދާލުމަށެވެ.ނަމަވެސް މިފަދަ ތޫފާނެއްގައި މިކަހަލަ ޖިފުޓިގަނޑެއްގައި ނިދޭނެހެއްޔެވެ؟ އަހަރެންގެ މިކުޑަކުޑަ ނިކަމެތި ޖިފުތިގަނޑު ވަނީ މަކުނުވަލުން ތަތްތެޅިފައެވެ.ހަތަރު ފަރާތުން ފެންނަންހުރި ފާރުތައްވަނީ ފިނި ހިފިމުގެ ސަބަބުން ކުލަފައިބާ […]
2013 މާރޗްގައި މިވާހަކަ އަރާމަގުގައި ވެސް ޕަބްލިޝްކުރެވިފައި ވާނެއެވެ. ******************************************* ބާރުދުވެލީގައި ދުއްވާފައިދިޔަ ކާރު މަޑުކޮއްލީ އަށްބުރީގެ އިމާރާތެއްގެ ދޮރުމައްޗަށެވެ. ފައިސާ ދެއްކުމަށްފަހު އަވަސް އަވަހަށް ކާރުން ފޭބިއެވެ. އަދި އެއް ކޮނޑުގައި ހޭންޑް ބޭގް އަޅުވާލައިފައިވާއިރު ބުރަކަށީގައި ބޮޑު ގިޓައެއްވެސް އަޅުވާފައިވެއެވެ. މަޑުރީނދޫ ކުލައިގެ ޓޮޕަކާއި ކުރު ޖީންސް ބުރިއެއް ލައިގެން ފަންއިސްތަށިގަނޑު ހާމައަށް ދޫކޮއްލައިގެން ފަރި އަދި އަވަސް ހިނގުމެއްގައި ގޮސް ދޮރުން އެތެރެވިއެވެ. ލިފްޓާއި ހަމައަށް ދެވުނު އިރު ލިފްޓް ދޮރުމަތިވަނީ ފުރިބާރުވެފައެވެ. […]
” އިންތިޒާރު ކުރުން އެދެމޭ ލޯބިވާ…” ރާޔާ އެ ކިޔާލުމަށްފަހު މެޔާލާ ބޮނޑިކޮއްލެވުނެވެ. *************** ޖެހިގެން އައި ދުވަހު އައިންތު އާއި ރާޔާ ތިބީ ޚަބަރު ބަލާށެވެ. އޭގެ އެއްވެސް ޚަބަރެއް ވޭތޯއެވެ. ދެމީހުންވެސް ތިބީ މާޔޫސްވެފައެވެ. ” ފިލައިގެން ދިޔަ ކުށްވެރިން އަތުލައިގަނެ ނިމިއްޖެ ކަމަށާއި ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ މުއްދަތަށް އައްޑޫ ސިޓީގައި ހުރި ހައި ސެކިޔުރިޓީގެ ޖަލަކަށް ހުރިހާ ޤައިދީން ފޮނުވާލާގޮތަށް ސަރުކާރުން ނިންމައިފި.. ހައި ސެކިޔުރިޓީ ޖަލުން ޕްލޭގްރައުންޑް […]
ފަސް އެނބުރި ބަލާލި ވަގުތު އޭޒިލްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ކުރިމަތީގައި އެހެރީ އެތަނުން ފެނިދާނެ ކަމަށް އުންމީދުކުރި މީހެއްވެސް ނޫނެވެ. “އޭޒް..” ހުސެންއަށް ވެސް ލިބުނީ ސިހުމެކެވެ. އޭޒިލް އެތަނުން ފެނިދާނެކަމަކަށް އޭނަވެސް އުންމީދެއް ނުކުރެއެވެ. ” ހުސެން… ކީއްވެ އަންނަ ވާހަކަ ނުބުނީ؟؟” އޭޒިލް ކުރީ ޝަކުވާއެވެ. ހުސެންއަކީ އޭޒިލްގެ ވަރަށް ގާތް ރަޙްމަތްތެރިއެކެވެ. ހުސެން އައީ ބޭސް ފަރުވާއަށް ލަންކާއަށް ގޮހެވެ. ” ރިނީއަށް ސަޕްރައިޒެއްދޭން ވެގެން.. ” ރަކި ގޮތަކަށް ހީލަމުން […]
ހެނދުނު ރާޔާއަށް ހޭލެވުނު އިރު ކައިރީގައި މާޝާއެއް ނެތެވެ. އަވަސް އަވަހަށް ކޮޓަރިން ނުކުތް އިރު އައިންތު އާއި އެކު ސައިބޯން އިނެވެ. ރާޔާއަށް އުފާވެރިކަމެއް ލިބުނެވެ. އެކުދިންނަށް އަޅާލާނެ އިތުރު މީހަކު ލިބުމުންނެވެ. ރާޔާ އެތެރެއަށް ވަނެވެ. ރިޔާޒް އޮފީހަށް ދާން ނުކުތްވަގުތު ރާޔާއަށްވެސް ކޮޓަރިން ނުކުމެވުނެވެ. ” ކޮއްކޯ… ދޮންތަ ގެންގޮސްދީބަލަ ދޮންތަބޭ ހުރިތަނަށް؟ “ ” ދޮންތާ… ދެން ކީއްކުރަންތަ؟ ” ރިޔާޒް ހިތްހަމަ ނުޖެހުމުން ރާޔާއަށް ރޮވުނެވެ. ” ކޮއްކޯ… ދޮންތަ […]
“މަންޖެ ކޮންތާކަށް ގޮއްސަ ތިޔަ އައީ؟.. މިހާރު ބޮޑު ނުވަނީސް ފިޔަފެޅީތަ މަށަށް ވަގަށް ތަންތަނަށް ދާން” އެހެންދުވަސްދުވަހާ ހިލާފަށް މިއަދު އަލީނާ ގެއަށް ދިޔައިރު ޝެހެނާ އުޅެނީ ހޭލައެވެ. އަލީނާ ގެއަށް ވަނުމާއެކު ކުޑަކުޑަ ރިފުޝާން ނުނިދައިގެން ސިޓިން ރޫމު ސޯފާގާއި ދެކޮޅަށް ހިނގަމުން ދިޔަ ޝެހެނާގެ ރަންއަނޑުން އަލީނާ އާ ދިމާއަށް ޕައްރާސް ޖަހާގަތްއިރު އަލީނާގެ ލޮލުން ބިރުވެރިކަމާއި ސިހުން ފެންނަންހުއްޓެވެ. އަލީނާ އޭނާގެ މަންމައަށް ދޭނެ ޖަވާބެއްވެސް ނޭނގި ޝެހެނާއާ ދިމާއަށް ބަލަހައްޓައިގެން […]
ރާޔާ ނަމާދުކޮއް ނިމިގެން މާނިޝްއަށް ބަލަމުން ދިޔައެވެ. އޭނާ ބޭނުންވަނީ ނަމާދުކުރުމަށް ބުނުމަށެވެ. ނަމަވެސް އެކަން ކުރެވެން ނެތުމުން ރާޔާ ހުންނަނި ވަރަށް ދެރަވެފައެވެ. ރާޔާ ބަލަމުން ދަނީ ކީއްވެކަން މާނިޝްއަށް އެނގުނެވެ. މާޝާ އެނދުގައި ބޭއްވުމަށްފަހު މާނިޝް ރާޔާ ކައިރިއަށް ހިނގައިގަތްވަގުތު ފޯން ރިންގް ވިއެވެ. ” އޭ ބަޑީ… ރޫމަށް އައިސްބަލަ.. ސޯފީ ވަރަށް ސަކަރާތްވެގެން…….” ހާސްވެފައި ހުރެ ކަމާލް ބުނެލިއެވެ. ފޯން ބޭއްވުމަށްފަހު މާނިޝް ބަލާލީ ރާޔާއަށެވެ. އެ ލޯބިލޯބި މޫނުން ފެންނަމުންދަނީ […]
3 އަހަރު ފަސް “އައްދޯއި…މަންމާ!!” ރާހިލްމެންގެ ގޭގެ ކޮޓަރިތެރޭގައި އަންހެންވެރިންތައް ހެލިފެލިވަމުންދިޔައިރު ޝެހެނާ ބަނޑުގައި ރިއްސާވަރުން ރޮނީއެވެ. އޭރު ފަސް އަހަރުގެ އަލީނާއާއި ތިން އަހަރުގެ ރެޔާން އެގޭ ސިޓިން ރޫމުގައި މައުސޫމުގޮތަކަށް އިށީނދެލައިގެން ތިބިއިރު އަލީނާގެ މޫނުގައި ކޮންމެވެސް ވަރަކަށް ހާސްކަން ފެންނަން ހުއްޓެވެ. އަލީނާގެ ޅަ ސިކުނޑިއަށް އޭނަގެ މަންމައަށް ކޮންމެސްކަމެއް ވެއްޖެކަން އެނގޭތީ ކޮޓަރިއަށް ވަންނަން ދިޔައީމަވެސް އެތާ އުޅޭމީހުން އަލީނާ ބޭރަށްލުމަށްފަހު ކޮއްކޮ ކައިރީ މަޑުކުރުމަށް ބުނުމުން ބަސްއަހައިގެން އޭނީ ކޮއްކޮ […]
ޝެހެނާއަށް ހޭވަރިކަންވީއިރު އޭނާ އޮތީ ހޮސްޕިޓަލުގައެވެ. އޭރު އޭނަ ވަށައިގެން ޑޮކްޓަރުންނާއި ނަރުހުން ހަރަކާތްތެރިވަމުންދާ މަންޒަރު އޭނާއަށް ފެނުނެވެ. ޝެހެނާ ހޭއެރުމާއެކު ޑޮކްޓަރ ހިނިތުންވެލަމުން ޝެހެނާގެ އެހީތެރިޔާއަށް ގޮވާލުމަށް ނަރުސްކުއްޖާކައިރީ ބުނެލިއަޑު އިވުނެވެ. އެވަގުތު ރާހިލް އެތެރެއަށްވަނުމާއެކު ޑޮކްޓަރ ރާހިލްއާ ސަލާމްކޮށްލުމަށްފަހު މަރުހާބާކިޔުމަށްފަހު ޝެހެނާ ބަނޑުބޮޑުކަމަށް ބުނެލިއެވެ. ރާހިލް އަށް ވީ އުފަލުން ދަތްކޮޅު އަތަށްލުމަށްފަހު ޑޮކްޓަރަށް ޝުކުރުއަދާކޮށްލިއެވެ. އަދި ދެވަނަ ސިކުންތުގައި ޝެހެނާއާ ދިމާއަށް ބަލާލުމުން ޝެހެނާއޮތީ ވާނުވާ ނޭނގިފަހެން ހީވިއެވެ. ޝެހެނާ ހަދާންކުރަންފެށިއެވެ. އޭނާ […]