” ޕްލީޒް ލޯބި.. ތި ގޮތްގަނޑު ދޫކޮއްލަބަ.. އަހަރެން ފޫހިވެދާނެ.. އަހަރެންނޭ ދިރިއުޅުމުގަ އިސްމީހަކަށްވާނީ.. ދީނާއެއް ނޫނޭ.. ” ވަރަށް މަޑުމައިތިރިކޮށް ނިކް ދީނާއަށް ވިސްނައިދެވޭތޯ އުޅުނެވެ. ” ހެޔޮ.. ހަމަ އަހަރެންދެކ ލޯބި ނުވަނީ.. އަހަރެން ބުނާގޮތް ހަދަން ބޭނުމެއްނުވާނެ.. އަބަދުވެސް މީނަ ބުނާގޮތް.. މީނަ ބޭނުންވާގޮތް.. ވަރަށް ފޫހިވޭ..” ދީނާ ސައިކަލުން ފޭބުމަށްފަހު ނިކްއަށް ފުރަގަސް ދިނެވެ. ” ސާބަހޭ.. މުސްކުޅިވީމަ އަދި މަށާ ދިމާއަށް އަނގަތަޅާލާނެ ދޯ…” ނިކް ސައިކަލަށް އަރާ ސްޓާޓް […]
މަންމަގެ ނޭވާ ހާސްވާން ފެށިއެވެ. ކަރުން ތަންކޮޅެއް ކަނޑައިގެންވެސް ދިޔައެވެ. “ނިޝްރާ. ކަލޭގާތު މަބުނީމެއްނު އެއްވެސް މީހެއްގާތު މަ ކަންތައްކުރި ގޮތުގެ ވާހަކަ ނުދައްކާށޭ. އެކަމަކު މަށަށް ހީވަނީ މިހާރު ކަލޭ ދައްކައިފިހެން. އަނެއްކާވެސް ލަނޑެއް ދޭންވީތަ؟” މަންމަގެ މުޅިހަށިގަނޑަށް ބާރު ފޯރުވައިގެން އޮވެ އެމީހާ މަންމައާއި ވާހަކަ ދައްކަމުން ގެންދިޔައެވެ. މަންމަގެ ހިތާމައިގެ ސިއްރުގެ ވާހަކަ މީހަކަށް ކިޔައި ނުދެން ކަމުގައި އޭނާގެ ގާތުގައި ރޮމުން ގިސްލަމުން ބުނަމުން ދިޔައީމެވެ. ދަރިފުޅުގެ ހައްގުގާނަމަވެސް މަންމައަށް އަނިޔާ […]
އާސިމް އެގެއިން ދާން ހިނގައި ގަތުމުން އީނާޝް އޭނާގެ ލޯބިވެރިޔާ އާއިއެކު އެގޭ ދޮރާއްޓާއި ހަމަ އަށް ނިކުތެވެ. “ލޯބީ މިރޭ އަހަރެން ހާދަ އުފާ ވެއްޖޭ! އަހަރެންނަށް މިއިހުސާސް ކުރެވޭ އުފާވެރިކަން އަހަރެން ހިތަށް އަރާ ކަލާއަށް ހާމަ ކޮށްދޭނީ ކޮން ގޮތަކުންބާއޭ! ހަމަ ހަގީގަތުގަވެސް އުފާވެއްޖެ!” އާސިމްގެ ދެލޮލުން އުފާވެރި ކަމުގެކަރުނަ ވިދާލިއެވެ. ” ލޯބީ ކަންތައް ވެގެން […]
ނިކް ނުކުމެގެން ދިޔުމުން ޔަޝްމީއަށް ރޮއިގަނެވުނެވެ. އޭނާގެ ހިތުގައި އުފެދެމުންދާ ދިލަ ހޫނުގެ އަސަރު މެޔަށްވެސް ކޮއްފިއެވެ. ނިކްގެ ފަރާތުން އިވިގެން ދިޔައީ އޭނާ އަޑުއަހަން ބޭނުންވެފައިވާ ބަސްތަކެއް ނޫނެވެ. އެހެނަސް ނިކް އޭނާއަށް ނަފްރަތުކޮއްފިންކަން ޔަޝްމީއަށް އިހުސާސްކުރެވުނެވެ. އޭނާ މަޑުމަޑުން މޭގައި އަތްޖައްސާލަމުން އަވަސް އަވަހަށް އެތަނުން ނުކުތެވެ. އޭރު ނިކް ފެންނަންވެސް ނެތެވެ. ނިކް ދިޔަ ބާރުމިނުގައި ގޮސް ދީނާގެ ގެއަށް ވަނެވެ. އޭރު ދީނާ ހުރީ ސިޓިންގ ރޫމުގައެވެ. ޔަޝްމީ ދިޔަ ނުދިޔަ […]
(1ވަނަ ބައި) ހަވީރުގެ ހިތްފަސޭހަ ވަގުތެވެ. ނަޝާމް ދުއްވަމުން ދިޔަ ސައިކަލް މިސްރާބު ޖަހާފާވަނީ ހެންވޭރުކޮޅާ ދިމާއަށެވެ. ވަގުތަކީ ހަވީރުގެ ވަގުތުކަމުން ފިނިބުރުޖަހަން ނުކުމެ އުޅޭ މީހުންނާއި ވަޒީފާތަކުން ނިމިގެން އަންނަ މީހުން ގިނަކަމުން މަގުތައްވަނީ ދުއްވާއެއްޗިއްސާއި މީހުންގެ ސަބަބުން ފުރި ބާރުވެފައެވެ. ނަޝާމް ދުއްވަމުން ދިޔަ ސައިކަލް ގޮސް މަޑުކޮށްލީ ހ.ރެޑްރޯޒް ގޭ ދޮރުމައްޗަށެވެ. އެއްފަރާތެއްގައި ސައިކަލް ޕާކުކޮއްލުމަށްފަހު ނަޝާމް އެގެއަށްވަދެ ސަލާމް ގޮވާލިއެވެ. “ވަޢަލައަކުމުއް ސަލާމް…” ގޭތެރެއިން ނިކުތް ދެބައި އުމުރުގެ އަންހެނަކު ސަލާމް […]
އާސިމް ބައްދަލުކުރަން ބޭނުންވި ކަން އެގުމުން އީނާޝް ވަރަށް އުފާވިއެވެ. އީނާޝް ނިންމައިގެން ހުރީ އެބައްދަލު ވުމުގައި އާސިމް އޭނާއަށް ލޯބި ހުށަނާޅައިފިނަމަ އޭނާ އިސްވެ ލޯބި ހުށަ އަޅާށެވެ. އާސިމް އަކީ އޭނާ ހީކުރި ކަހަލަ ދަށް އަހުލާގެއްގެ ވެރިއެއް ނޫންކަން މިހާރު އޭނާ ގަބޫލުކުރެއެވެ. އީނާޝް ވެސް ހުރީ އޭނާ އާއި ބައްދަލުކުރާ ގޮތަށްކަން އެނގުމާއެކު އާސިމްވެސް ވަރަށް އުފާވިއެވެ. އާސިމް […]
އަހަރެންގެ ހިތަށް އަރަމުންދެއެވެ. މިއީ ހަމަ އަހަރެން ލޯބިވި ވިކާޝްބާވައެވެ؟ އަހަރެންނަށް އޭނާ އެހާބޮޑު އޮޅުވާލުމެއް އޮޅުވާލަންވީ ކީއްވެގެން ހެއްޔެވެ؟ އަހަރެންނަށް ދުރަށްޖެހިލެވުނީ ބޭނުންވެގެންނެއް ނޫނެވެ. މަޑުމަޑުން އަހަރެން ފަހަތަށް ޖެހެން ފެށީމެވެ. އޭރު މަޣްރިބް ނަމާދު ބަންގީގެ އަޑު އިޢުލާންކުރަމުންދެއެވެ، ވިކާޝް އަހަންނަށް ބަލަންހުރީ ގޮތްހުސްވެފައިވާ ގޮތަކަށެވެ، ” ދެން މަރާލާނީ އަހަރެންކަންނޭނގެ.. ތިއީ ޤާތިލެއް. އަހަރެން އުއްމީދެއް ނުކުރަން ވިކާޝްތިއީ ތިޔަކަހަލަ ވިޔާނުދާކަމެއް ކޮއްފަހުރި މީހެއް ކަމަކަށް.. އަހަރެންގެ ވަފާތެރިކަމުގެ ބަދަލުގަ އޮޅުވާލުންތަ ދޭން […]
” އެހާ ކަމަކު ނުދޭ ތި ހެދުމެއް…” ދީނާ ބޭނުންވީ ޔަޝްމީ އެ ހެދުން ބަދަލު ކުރުވުމަށެވެ. އޭނާ ހަސަދަވެރިވީއެވެ. ދިނާ ތެދުވެ ވަށައިގެން ބަލަންފެށިއެވެ. ޔަޝްމީއަށް ހެވުނެވެ. ” އަސްލުގަވެސް ބޯ ހަދާފަ ހުރި ގޮތްވެސް ކަމަކު ނުދޭ… ” ދީނާ ހަމަ ރަނގަޅަށްވެސް ޖެލަސް ވެއްޖެއެވެ. ” އެކަމަކު ގަޑި ޖެހެނީ… ދެން ދާނީ މިރޭ މިހެން…” ޔަޝްމީ ހެދުމަށް ބަލާލަމުން ގިޓާ ނެގިއެވެ. ދީނާ ތުން ފިއްތާލިއެވެ. ޔަޝްމީ ނުކުތުމުން ދީނާގެ އަތުގައި […]
ބޮޑުވަޅިއެއް ހިފައިގެން ކާގެއިން ނިކުމެގެން އައި ރާހިލް ފެނުމާއެކު އަލީނާއަށް ސިއްސައިގެން ގޮސް ސަރަންފީއިން ތެދުވެވުނެވެ. އޭރު އެ ކުޑަކުޑަ ކުއްޖާގެ ހިތް ނެގިނެގިފާ ޖެހެމުންދިޔައިރު މުޅި މީހާވަނީ ހާސްވެފައެވެ. އެހާއަވަހަށް މުޅިމީހާ ދާހިތްލާލާފައި ވާއިރު ދެފައިކޮޅު ތުރުތުރު އަޅާހެންވެސް ހީވެއެވެ. ރާހިލް ވިހަ ހިނިތުންވުމަކާއެކު ވަޅިދިއްކޮށްގެން ހުރެގެން މަޑުމަޑުން އަލީނާ އާ ދިމާއަށް ހިނގަމުން އަންނަންފެށިއެވެ. އަލީނާއަށް ބޭއިޙްތިޔާރުގައި ފަހަތަށް ޖެހެވެންފެށުނެވެ. “ނާނާހް. ކިހިނެތްވެ ތިފަހަތަށް ޖެހެނީ..؟ހެހެ މަ ކަލޭ މަރާލަފާނެތީތަ؟؟” ރާހިލް ތުންފުޅިއަޑު ގޮއްވަމުން […]