މެންދަމު ގެ ހަމަހިމޭންކަން ފޫދުއްވާލައިފައި ވަނީ ޖެހެމުންދިޔަ ވަޔާ އެކު ވެހެމުންދިޔަ ވާރޭ އެވެ.ޖަހާލާ ގުގުރިއާއި އެކު ވިދާލާ ވިދުވަރު ތަކެވެ.އިޙުސާސް ކުރެވޭ ނިންޖާއި ވާއަރާމެއްގެ ސަބަބުން ވަރުބަލިވެފައިވާ ލޯތައްވަނީ މެރިފައެވެ.އަރާމް ނިންޖަކުން މުޅި ރަށް ވަނީ ނިދާލާފައެވެ. އެހެނަސް އަހަރެން އޮތީއެވެ.ނުނިދިފައެވެ.އަހަރެންގެ ވަޅުވަދެފައިވާ ދެ ލޯ އެދެމުންދިޔައީ ނިދާލުމަށެވެ.ނަމަވެސް މިފަދަ ތޫފާނެއްގައި މިކަހަލަ ޖިފުޓިގަނޑެއްގައި ނިދޭނެހެއްޔެވެ؟ އަހަރެންގެ މިކުޑަކުޑަ ނިކަމެތި ޖިފުތިގަނޑު ވަނީ މަކުނުވަލުން ތަތްތެޅިފައެވެ.ހަތަރު ފަރާތުން ފެންނަންހުރި ފާރުތައްވަނީ ފިނި ހިފިމުގެ ސަބަބުން ކުލަފައިބާ […]