އިންތިޒާރުކުރުން އެދެމޭ ލޯބިވާ 9 ވަނަ ބައި
ރާޔާ ނަމާދުކޮއް ނިމިގެން މާނިޝްއަށް ބަލަމުން ދިޔައެވެ. އޭނާ ބޭނުންވަނީ ނަމާދުކުރުމަށް ބުނުމަށެވެ. ނަމަވެސް އެކަން ކުރެވެން ނެތުމުން ރާޔާ ހުންނަނި ވަރަށް ދެރަވެފައެވެ. ރާޔާ ބަލަމުން ދަނީ ކީއްވެކަން މާނިޝްއަށް އެނގުނެވެ. މާޝާ އެނދުގައި ބޭއްވުމަށްފަހު މާނިޝް ރާޔާ ކައިރިއަށް ހިނގައިގަތްވަގުތު ފޯން ރިންގް ވިއެވެ.
” އޭ ބަޑީ… ރޫމަށް އައިސްބަލަ.. ސޯފީ ވަރަށް ސަކަރާތްވެގެން…….” ހާސްވެފައި ހުރެ ކަމާލް ބުނެލިއެވެ. ފޯން ބޭއްވުމަށްފަހު މާނިޝް ބަލާލީ ރާޔާއަށެވެ. އެ ލޯބިލޯބި މޫނުން ފެންނަމުންދަނީ މަޑުމައިތިރި ކަމެވެ. ނިޔަނެތި ކަމެވެ. މާނިޝް ރާޔާއަށް ބަލާލަމުން ކޮނޑުގައި އަތްޖައްސާލިއެވެ.
” ރެއިން…. އެބަ އަންނަން…. އެހާ ލަހެއް ނުވާނެ! “
” އަހަރެން…. ވަރަށް ބިރުގަނޭ… މާން ގޭގައި ހުންނާތީ އަހަރެން ވަރަށް ހިތްހަމަ ޖެހޭ… އެކަމަކު…މިހާރު އެބަ ބިރުގަނޭ.. ކޮންތާކަށް ދަނީ؟ ” މާނިޝް ރާޔާގެނެސް މެޔާލާ ބޮނޑިކޮއްލިއެވެ.
” އަންނާނަމޭ…. އަހަރެން ދެން ރެއިން ނުރޮއްވާނަން.. ޕްރޮމިސް..” މާނިޝް ރާޔާ ގެ ދެލޮލަށް ބަލަމުން ބުނެލިއެވެ
*************************
ކޮޓަރިއަށް ގޮސް ވަތްއިރު ސޯފީ އޮތީ އެނދުގައެވެ. އެންމެން ތިބީ ވަށައިގެންނެވެ.
” ކިހިނެތް ވިއްޔޭ؟ ” އާދައިގެ ގޮތަކަށް މާނިޝް އަހާލިއެވެ
” ނޭނގެ.. މާ ހާޑުކޮށް ޖެއްސީ……..” އެޑަމް ބުނެލިއެވެ.
” އެއީ އޭނަގެ އަމިއްލަ ކަމެއްނު.. ބޭނުން ކުރާއިރުގަ އެނގެން ވާނެ އެއްނު….” މާނިޝް ހުރީ ވަރަށް ފޫހިވެފައެވެ.
” މާޓިން އާއި ހެދިޔޯ އެކަމު……………..” ކެމަލް ތެދުވަމުން ބުނެލިއެވެ.
” އޭނ މަށާހެދިއޭ؟ މަ އޭނަ ލޮލަށް ނުދެކޭތާ އެއް ހަފްތާވީ… މިތަނަށްވެސް ނާންނަތާ މިހާރު ހަފްތާއެއް ވެއްޖެ… “
” އެއީ އޭ މައްސަލައަކީ… މާޓިން އޭނަ އާއިގާތް ގުޅުމެއް އުފެއްދިފަހުން އޭނައަށް މިހެން މިވީ؟ “ޒޫބީ މާނިޝްއަށް ބަލާލަމުން ބުނެލިއެވެ. މާނިޝް ސިހުނެވެ.
” އާނ މާޓިން.. ސޯފީ ލޯބިވަނިއްޔޯ………” ސޮޓީވެސް ތެދުވިއެވެ. އަދި ޓީޝާޓް ރަނގަޅުކޮއްލަމުން މިނީބާއިން ފުޅިއެއް ނެގިއެވެ. މާނިޝް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
ސޯފީ ލޯހުޅުވާލިއެވެ. އަދި މާޓިން އޭ ކިޔާ ގޮވާލިއެވެ.
” މާޓިން އޭނަ އާއި ވާހަކަ ދައްކަބަލަ… ހައްލުކޮއްބަލަ … އަހަރެމެން މިދަނީ ބޭރަށް ޖެހިލަން…” އެޑަމް ކަމާލުގެ ކޮނޑަށް އަތްވައްޓާލަމުން ބުނެލިއެވެ. މާނިޝް އެތެރޭގައި ބަހައްޓާފައި އެންމެން ނުކުތެވެ. މާނިޝް މަޑުމަޑުން އެނދުގެ މަގަތުގައި އިށީނެވެ. ސޯފީ މަޑުމަޑުން ތެދުވެ ހަމަޖެހިލިއެވެ.
” ސޮރީ… ” މާނިޝް ބުނެލިއެވެ. ސޯފީ ހީލުމުން އަނެއްކާވެސް މާނިޝް ވާހަކަ ދެއްކިއެވެ.
” އެކަމު އޭގެ މާނައަކީ ސޯފީ ދެކެ ލޯބިވަމެކޭ ނޫން…… އަހަރެންނަށް އެރޭ ސޯފީ ގެންދިޔުމަކީ އަހަރެންގެ ކުށެއް.. އެކަމު އެގޮތަށް އެދުވަސްވަރު އެކި ކުދިން ގެއަށް ގެންދިޔައިން… އަހަންނަށް ވިސްނުނު ގޮތުގައި އަހަރެންގެ އަނބިމީހާދެރަކޮށް ކުދިންނަށް ނިކަމެތިކަން ލިބުމަކީ އަހަންނަށްވެސް ލިބޭ ވަރަށް ބޮޑު ދެރައެއް.. އަހަރެން ނިންމައިފިން މިކަމުން ސަލާމަތްވެގެން އަލުން އަހަރެންގެ ދިރިއުޅުން އާލާކުރަން.. ސޯފީ އަހަންނާ ހެދިއޭ ކިޔައިން ތިފަދަ ޢަމަލުތައް ނުކުރޭ.. ” މާނިޝް ތެދުވުމުން ސޯފީ މާނިޝްގެ އަތުގައި ހިފިއެވެ.
” އަހަރެން ޤަބޫލުކޮއްފިން ހުރިހާ ކަމެއްވެސް… އެކަމަކު އަހަރެންނަށްޓަކައި އެންމެ ކަމެއް…. ކޮއްދީ…..” ސޯފީގެ ޖުމުލައިން މާނިޝްބަލާލިއެވެ.
” އެއްފަހަރު ނަމަވެސް އަހަންނާއެކު ޔޫޒްކޮއްލަބަ…. “
” ނޫނެކޭ.. އަހަރެން ދުރުވާން މަސައްކަތްކުރާ ވާހަކަ ބުނީމަވެސް އަދިވެސް ޖައްސަންވީތަ؟ ” މާނިޝް ރުޅިއައެވެ.
” ޕްލީޒް… ހާޑުކޮށެއް ނޫން.. ލައިޓްކޮށް.. ޖަސްޓް މައިންޑް ފްރީ ކޮއްލަން……….” ސޯފީ ދެރަވެފައި ހުރުމުން މާނިޝް އިސްޖަހާލިއެވެ.
އެޑަމް މެން ރޫމަށް އައި އިރު ސޯފީ އޮތީ މުށިގަނޑު މަތީގައެވެ. މާނިޝް އެނދުގައި ބޯޖައްސާލައިގެން ދެމިފައި އޮތެވެ.
” ވާއު… ގްރޭޓް ވޯރކް ސޯފީ..މާޓިން އަލުން ޖޮއިން ވީދޯ.. ސޯފީ ގަދަ ކަލޭނޭ…’ އެޑަމް އެނދަށް ޖެހިގަތެވެ.
” ދެން ނުކެރޭނެ އޭނައަށް ސަލާމަތްވާކަށް.. ސޯފީ ރަނގަޅު އެއްޗެއް ނޫންކަންނޭނގެ އެދިނީވެސް.. ހަމަ ހިއެއް ނުވޭ ސޯފީ މާޓިން ދޫކުރާނެ ހެންނެއް.. ” ޒުބީ ވެސް ޖައްސާލިއެވެ.
” ބަލަ ބަލަ ޒޫބީ.. އާދޭ މަ ކައިރިއަށް.. ތި އެޑަމް ކައިރީ އޮއްވަ ކަމެއްވެސް ކޮއްފާނެ.. ” ކަމާލް ދިމާކޮއްލިއެވެ. އެންމެން ހޭންފެށި އަޑަށް މާނިޝްއަށް ލޯހުޅުވާލެވުނެވެ. އެންމެން މައިތިރިވިއެވެ. މާނިޝް ވަރަށް އުނދަގުލުން ކަހަލަގޮތަކަށް ތެދުވެގެން ދޮރާއި ދިމާއަށް ހިނގައިގަތެވެ. އެންމެން ތިބީ އެއްވެސް އެއްޗެއް ނުބުނެއެވެ. މާނިޝްގެ ހަރަކާތްތަކަށް ބަލާށެވެ.
” އޭނަ ގެއަށް ދާނީ ހޭވެރިކަން ވެގެން. އަޅާ ނުލާ އަދި އަންނާނެ… ” ޔަޤީންކަމާއި އެކު ސޮޓީ ބުނެލިއެވެ.
*********************************
ރާޔާ އުޅެނީ އެނދު ތަންމަތި އަޅާށެވެ. ތިން ކުދިންނާއި އެކު ފާތުން އުޅެނީ ޖެހިގެން ހުރި ކޮޓަރީގައެވެ. ބެޑްޝީޓް އެޅުމަށްފަހު ރާޔާ އެނބުރިލި ވަގުތު މާނިޝް ކޮޓަރިއަށް ވަދެގެން އަންނަނީއެވެ. މާނިޝް ފެނުމާއި އެކު ރާޔާއަށް ދެނެގަނެވުނެވެ. މާނިޝް ރާޔާއަކަށް ވަގުތު ކޮޅެއްވެސް ނުދިނެވެ. ކޯތާފަތްމަތީގައި އެތިފަހަރެއް ޖެހި ޖެހީނުން އެނދުމައްޗަށް ވައްޓާލިއެވެ. ކޮލުގައި އަތްއަޅަމުން ރާޔާ ތެދުވިއެވެ. މާނިޝްގެ ލޮލުން ފެނުނު ރުޅިވެރިކަމާއި އެކު ރާޔާގެ އިސްތަށިގަނޑުގައި ހިފާ ލުތްކެއްޖެހިއެވެ. ވީތަދުން ރާޔާގެ ލޮލުން ފެންއައެވެ.
” މާން…. މާން… އަހަންނަށް…. ވަރަށް ތަދުވޭ!” މަޑުމަޑުން ރާޔާ ބުނެލިއެވެ. މާނިޝް އެ އަޑެއް ނޭހިއެވެ. އިސްތަށިގަނޑުގައި ހިފައިގެން ގެންގޮސް ފާޚާނާއަށް ވެއްދުމަށްފަހު މާގަނޑު ދޫކޮއްލައިގެން ރާޔާ މާގަނޑުދަށުގައި ބެހެއްޓިއެވެ. ނޭވާ ހާސްވެގެން ރާޔާ ތެޅިގަތެވެ. ރާޔާ ބިރުގެންފިއެވެ. މާނިޝްގެ ދެލޯވަނީ މެރިފައެވެ. ރާޔާއަށް ރޮވުނެވެ. މާނިޝް ރާޔާގެ އުނަގަނޑުގައި ހިފާ ކައިރިއަށް ދަމާލިއެވެ. އަދި އޭނާގެ އަނގަމަތީގައި ހިފައިގަތެވެ. މާނިޝްގެ އަތްދޫކޮއްލުމާއި އެކު ރާޔާއަށް ތަދުވެގެން ބާރަށް ރޯންފެށުނެވެ.
” މަންމާ!!!” މިޝްއަލް އައިސް ފާޚާނާ ދޮރުމައްޗަށް އެރުމާއި އެކު މާނިޝް ބަލާލިއެވެ. އޭރު ރާޔާ ހުރީ ފާރުގައި ބޯޖައްސާލައިގެންނެވެ. މާނިޝް އަޅާވެސް ނުލާ ނުކުތެވެ. ފާތުން ހުރީ ކޮޓަރި ދޮރުމަތީގައެވެ. މާޝާ ކޮނޑުމަތީގައި ބާއްވައިގެންނެވެ. ފާހާނާގައި ހުރެފައި މަޑުމަޑުން ރާޔާ ކޮޓަރި ތެރެއަށްވަނެވެ. ފާރުގައި އެއް އަތް ޖައްސާލައިގެން ބޮލުގައި އަނެއް އަތް ޖައްސާލައިގެން ތެމިފޯވެގެން ރާޔާ ކޮޓަރި ތެރެއަށް ވަތް އިރު ތިން ދަރިން ފެނުމުން އޭނާއަށް އަނގަމަތީ އަތް އެޅުނެވެ. އިތުރަށް ކަރުނަތައް ފޭބިއެވެ. މިޝްއަލްވެސް ވާނުވާ ނޭނގިފައި ހުރިކަން އެ މައުސޫމު މޫނުމަތިން ދޭހަވެއެވެ. ފާތުން ވެސް ހުރީ ވަރަށް ދެރަވެފައެވެ. މާނިޝް ފެންނަންވެސް ނެތެވެ. ފާތުން އަވަސް އަވަހަށް ވަދެ ނިދިފައި އޮތް މާޝާ އެނދުގައި ބޭއްވުމަށްފަހު ރާޔާއަށް ބަލާލިއެވެ. ރާޔާ އިސްޖަހާލިއެވެ.
” ކޮއްކޮމެން ދޭ އެކޮޓަރިއަށް ކުޅެން… ދައްތަ މިދަނީ؟ ” ފާތުން ދެކުދިންގެ އަތުގައި ހިފައިގެން ކޮޓަރިން ނުކުތެވެ. އެކުދިން ދުވެފައި ދިޔުމުން ފާތުން އެނބުރިލިއެވެ.
” ރާޔާ… ކިހިނެތްތަ މިވީ؟ ” ފާތުން ރާޔާގެ ކޮނޑުގައި އަތްޖައްސާލިއެވެ.
” ނޭނގެ.. ދުވަހަކުވެސް ވީކަމެއް ނޫން މިއީ…. ޕްލިޒް ނުބުނައްޗޭ ރިޔާޒްމެން ގާތު… އެމީހުން ވަރަށް ކަންބޮޑުވާނެ……” ހަމަޖެހޭގޮތް ދައްކަމުން ވާހަކަ ދެއްކިއެއް ކަމަކު ރާޔާގެ ހިތަށް ވަރަށް ތަދުވެއެވެ.
” ފާތުން ދޭ އެކުދިން ކައިރިއަށް… އަހަރެން…. އަހަރެން މިދަނީ… ” ހިންދިރުވާލަމުން ރާޔާ ބުނެލިއެވެ.
ފާތުން ދިޔުމުން ކޮޓަރީގެ ދޮރުލައްޕާ ތަޅުލުމަށްފަހު ރާޔާ ދޮރުގައި ލެނގިލިއެވެ. އަދި ގިސްލަ ގިސްލާފައި ރޮމުންދިޔައެވެ. އެނދުމަތީ ނިދާފައި އޮތް ހަމަހުގެ މާޝާ އަށް ބަލާލުމަށްފަހު ރާޔާ މަޑުމަޑުން ކުރިއަށް ފިޔަވަޅެއް އެޅިއެވެ. އަނެއްކާވެސް ހުއްޓި ރޯންފެށިއެވެ.މުށިގަނޑުމަތީ އިށީނދެ އެނދުގައި ބޯއަޅާލުމަށްފަހު ރާޔާ ހިތާހިތާ ކިޔަމުން ދެއެވެ.
އަހަރެންގެ ދިރިއުޅުމަށް މާން އެންމެ ބޭނުމީ މިހާރު،،،، އަހަރެމެންގެ މި ކުދިންނަށް ދެމީހުންގެ ލޯބިދީގެން ބޮޑުކުރަން އަހަރެން ވަރަށް ބޭނުން.. އެކަމަކު ކިހިނެތް…. ކިހިނެތް އެކަންވާނީ؟ އަހަރެންނަށް ގޮތް ހުސްވެއްޖެ.. ކެތްކޮށްކޮށް ހިތް ޒަހަމް ވެއްޖެ… އަހަރެންގެ ހިތް މުޅިން ބަލިކަށިވެއްޖެ… ނިކަމެތި ވެއްޖެ… އަހަރެން ދެކެމުން އައި ފޮނި ހުވަފެންތައް ކުރަމުން އައި އުއްމީދުތައް މާންއަށް ނޭނގެނީތަ؟ ” ލޮލުން އައި ކަރުނަތައް ދޫކޮއްލަމުން ނިދާފައި އޮތް މާޝާއަށް ބަލާލިއެވެ.
” ދަރިފުޅާ! ބައްޕަ އެހުރީ މިހާރު އަހަރެމެންނަށް ލިބުމަށްވުރެން މާދުރުގަ… ބައްޕަ ދެން އެހެން އުޅެފަ އަހަރެމެންނާ ވަކިވާނެ ކަމަށް މަންމައަށް ވަރަށް ހީވޭ… އެދުވަހުން މަންމައަށް ވާނެ ގޮތެއްވެސް ނޭނގެ… އެކަމަކު ދަރިފުޅުމެންނަށްޓަކައި މަންމަ ދިރިހުންނަންޖެހޭ.. ދަރިފުޅުމެން އެކަނި މި ބޮޑު ދުނިޔެއަށް ދޫކޮއްލާނީ ކިހިނެތް؟ މި ބަލިކަށި މަންމަގެ ކިބައިގައި ނެތް ހިތްވަރު ދައްކައިގެން މަންމަ އެބަޖެހޭ ވަރުގަދަވާން… ދަރިފުޅު މެންނަށްޓަކައި…. ހަމައެކަނި ދަރިފުޅު މެންނަށްޓަކައި… ” ގިސްލަމުން ރާޔާ އެނދުގައި އޮތް ބެޑްޝީޓްގައި ހިފާ ބާރަށް މުށްކަވާލިއެވެ.
************************************
” ހަލޯ… ” ފޯން ނެގުމަށްފަހު ރާޔާ ބުނެލިއެވެ.
” ދޮންތާ… ކޮބާ ކޮއްކޮމެން؟ ރަނގަޅުތަ؟ ” ރިޔާޒް ވާހަކަ ދެއްކުމުން ރާޔާއަށް ރޮވޭގޮތްވިއެވެ. ފެންކަޅިވިއެވެ.
” ރަނގަޅު އެންމެންވެސް.. ކޮންއިރަކުން އަންނަނީ؟ ” އަވަސް އަވަހަށް ރާޔާ އެހިއެވެ.
” ދެން……. ނުވެއް ބުނެވޭނެ.. ސަޕްރައިޒް ދޭނީ… ‘ ރިޔާޒް ވަރަށް އަވަހަށް އަންނާނެހެން ރާޔާއަށް ހީވިއެވެ.
” ހަލޯ ދޮންތާ… ވަރަށް ހަނދާންވޭ.. އަބަދު ނުގުޅޭތީ ވަރަށް ދެރަވެސް ވޭ…” އައިންތު ވަރަށް ލޯބިން ވާހަކަ ދެއްކިއެވެ.
” ދޮންތައަށްވެސް އަބަދަކު ނުގުޅެ އެއްނު… ” ރާޔާ ހީލަމުން ބުނެލިއެވެ.
ރިޔާޒް މެންނާއި ވާހަކަ ދެއްކޭ ކޮންމެ ފަހަރަކު ރާޔާއަށް އުފާވެރިކަން ގެނުވައެވެ. މިޔަދު ރާޔާގެ ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ. ރިޔާޒް އާއި އައިންތު އައުމަށްފަހު މާނިޝްގެ ޢަމަލުތައް ހުންނަ ގޮތް އެނގުމުން ކަންތައްވާނީ ކިހިނެތް ކަމެއްވެސް ނޭނގެއެވެ. މިހާރުވެސް އާއިލާގެ ޚަރަދުތަކުގައި އެންމެ ބޮޑު ރޯލެއް އަދާކުރަނީ ރިޔާޒްއެވެ.
ކޮޓަރީގައި އިނދެގެންވެސް ރާޔާ ވަރަށް ރުޔެވެ. އަދިވެސް ރާޔާއަށް މާނިޝް ނޭނގެނީހެއްޔެވެ؟ ނޫނީ ހިތްދަތިކަމުގައި ހުއްޓާ މާނިޝް އައިސް ދޭ ކުޑަކުޑަ އުފަލަކުންވެސް ހުރިހާ ކަމެއް ހަނދާން ނެތެނީ ހެއްޔެވެ؟ ރާޔާ ސިހުނީ ފަހަތުން ރާޔާއަށް މީހަކު ގޮވާލުމުންނެވެ. އެނާ ސިހުނެވެ. ރާޔާގެ ސިފައިގައި ދެރަވެފައި ހުރި އަންހެން ކުއްޖެކެވެ އޭނާގެ ލޮލުންކަރުނަ ފައިބަ ފައިބާ ހުއްޓެވެ.
” އަހަރެންގެ އެކުވެރިޔާ… ކީއްވެ ތިދިރިއުޅުމުން ދުރަށް ނުދެވިގެން ތިއުޅެނީ؟ އޭނަ މަތިން ހަނދާން ނައްތާލާ އާ ދިރިއުޅުމެއްފަށާ.. އަހަރެންނަށް ތިހިތާމަތައް ދެކެން ކެތެއް ނުވާނެ… ކޮންމެ ރެއަކު އަހަރެންވެސް ތި އެކުވެރިޔާ އާއި އެއްވަރަށް ހިތާމަކުރަން.. ރޯންވެސް ރޮވޭ… ވިސްނާލަބަލަ.. ފުންކޮށް ވިސްނާލަބަލަ.. ” އޭނާ ބުނަމުންދެއެވެ. ރާޔާ ދެން ސިހުނީ އެހެން ދިމާއަކުން އަޑެއް އިވުމުންނެވެ. އޭރު ކޮޓަރީގެ ކަނެއްގައި ލައްވެލައިގެންވެސް ހަމަ ރާޔާގެ ސޫރަ ހުއްޓެވެ،
” ނޫން.. އޭނަ އެބުނާގޮތް ނަހަދާތި… މާނިޝް ދޫކޮށްނުލާތި… އޭނަ ކޮންމެ ގޮތަކަށް އުޅުނަސް އެކުވެރިޔާދެކެ ކިހާ ލޯބިވޭ.. ތިދަރިންކޮޅު ދޮންބައްޕައަކާ ޙަވާލުނުކުރޭ.. ޕްލިޒް” ރާޔާއަށް ދެފަރާތަށް ބެލެމުންދެއެވެ.
” ނޫން… އެއީ ދޮގެއް.. ލޯބިވުމަކީ ބޭނުންވީމަ އުފާ ހޯދުމެއްނޫން.. އަނބިމީހާއަށްޓަކައި އަދި ދަރިންނަށްޓަކައި އަދާކުރަންޖެހޭ ހައްޤުތައް އަދާނުކުރަންޏާ ކީއްކުރަން ހިތާމަކުރަން އިނދެގެން އުޅޭނީ..” އެއްފަރާތުން ބުނަމުން ދެއެވެ.
” އެއީ ދޮގެއް.. އޭނައަށް ވިސްނިގެން އަދި އަންނާނެ… އެދުވަހަކުން އެހެން މީހެއްގެ އަތްބަކަށް ވެގެން ދަރިންކޮޅު އޭނަ އާއި ވަކި ކޮއްލާފަ ހުރީމަ އޭނަ ކިހާ ދެރަވާނެ… އެދުވަހުން ތިޔަ އެކުވެރިޔާއަށް ކެތްކުރެވެނޭތަ؟ ” އަނެއްފަރާތުން އާދޭސް ކުރަމުންދެއެވެ.
” ދެން ހެޔޮ ހުއްޓާލާ…… ” ރާޔާ ބޮލުގައި އަތްއަޅާފައި ދެލޯމަރާ ބާރުކޮއްލަމުން ބުންޏޭވެ. އޭނާ ލޯ ހުޅުވާލި އިރު އެއްވެސް މީހަކު ފެންނާކަށްނެތެވެ. އާނއެކެވެ. އޭނާގެ ޒަމީރަށްވެސް ކެތް ނުވީއެވެ. އޭނާގެ ޒަމީރަށްވެސް ކަންތައް ކުރާނެގޮތް އޮޅުނީއެވެ. ރާޔާގެ ސިކުނޑި ސުމަކަށް ދިޔައީއެވެ. ކުރާނީ ކީއް ހެއްޔެވެ؟ ރަނގަޅު ގޮތެއް ދެއްކެވުމަށް އެދި ދުޢާއަށް އަތްއުފުލާލެވުނެވެ.
ދުވަސްތަކެއްފަސް.
**********************
މިޔަދަކީ މިޝްއަލް އާއި މީޝަމްއަށް ހަތަރު އަހަރު ވީ ދުވަހެވެ. ގޭގައި ފުއްޕާހަން ފުއްޕުމުގައި އެކުދިން އުޅެއެވެ. މާޝާވެސް ބޭބެ މެންނާއި އެކު ސިޓިންގ ރޫމުގައި ސަކަރާތްޖެހުމުގައި އުޅެއެވެ. ރާޔާއަށް ބެލެނީ ގަޑިއަށެވެ. މާނިޝް އަންނާނެބާވައެވެ. ކޭކެއް ފަޅާލުމަށް ރާޔާ ބޭނުންވީ އެކުދިން އުފާކޮއްލުމުގެ މަޤްސަދުގައެވެ. ރާޔާ ހުރީ މާނިޝްގެ އިންތިޒާރުގައެވެ.
” އޭނަ އަންނާނެތަ؟ ” ފާތުން އެހިއެވެ. ރާޔާ ގަދަކަމުން ހިނިތުންވެލިއެވެ.
” ހީވޭ އަންނާނެހެން…. ބުނި އަންނާނަމޭ…. ” ރާޔާ ދޮރާއި ދިމާލަށް ބަލާލިއެވެ. މާނިޝް ލޮލަށް ނުފެންނަތާ މިހާރު އެއްދުވަސް ވީއެވެ. ރާޔާ ބަލާލީ ލޯބިލޯބި ތިން ކުދިންނަށެވެ. ކޭކު ފެޅުން ލަސްކަމުން އެކުދިންގެ މޫނުމަތިންވެސް ފޫހިވުމުގެ އަސަރު ފެންނަން ހުއްޓެވެ. މާޝާ އައިސް ރާޔާގެ ހެދުމުގައި ހިފިއެވެ. ރާޔާ ގުދުވެލާފައި މާޝާގެ ކޮލަށް ދޮނެއް ދިނެވެ.
” ސަޕްރައިޒް….” ރިޔާޒްގެ އަޑަށް ސިހިފައި ރާޔާއަށް ބަލާލެވުނެވެ. އައިންތު އާއި ދެމީހުން ދޮރުމަތީގައި ތިއްބެވެ.
” ހެޕީ ބާތުޑޭ… ” ޕާރްސަލްކޮއްފައިވާ ބޮޑު ފޮށިގަނޑެއް ހިފައިގެން ގެއަށް ވަންނަމުން ރިޔާޒް ހިނިތުންވެލިއެވެ. މިޝްއަލްމެން ދުވެފައި އައިސް ރިޔާޒްގެ އަތުގައި އޮތް ޕާރސަލްއާއި ދިމާއަށް އަތްދިއްކޮއްލިއެވެ. ރިޔާޒް ސޯފާގައި ފޮށިގަނޑު ބެހެއްޓުމަށްފަހު މާޝާ އުރާލިއެވެ. އައިންތު އިށީނދެލީ ވަރުބަލިކަމާއި އެކުއެވެ. ރާޔާގެ މޫނުމަތިން އުފާވެރިކަން ފެންނަން ހުއްޓަސް އޭނާގެ ހިތުތެރޭގައި ވަނީ ހާސްކަމެވެ.
” އޭތް .. ހިނގާ އަވަހަށް ކޭކު ފަޅާލަން… ” ރިޔާޒް ބުނެލިއެވެ. މީޝަމް އުރާލަމުންނެވެ. އެވަގުތު ކައިރީގައި ހުރި މިޝްއަލް ދޮރާއި ދިމާއަށް ބަލާލަމުން ބުނެލިއެވެ.
” އަދިވެސް ބައްޕަ ނާދޭ… ބައްޕަ އައީމަ ފަޅާނީ… ” ރާޔާގެ ހިތައް ހިވީ ތޫނު އެއްޗެއް ހަރާލި ހެންނެވެ. ރާޔާއަށް ލޯމަރާލެވުނެވެ. ދަރިފުޅާއެވެ. ތި މަޑުކުރަނީ ދަރިފުޅުގެ ބައްޕައަށް ހެއްޔެވެ؟ ބައްޕަ އަންނާނެހެން ދަރިފުޅަށް ހީވަނީ ހެންނެވެ. ދަރިފުޅު ތިޔަ އުއްމީދު ނުކުރާށެވެ. ހެޔޮނުވާނެއެވެ. ބައްޕަ ނައުމުން ތި ކުޑަކުޑަ ހިތް ފުނޑުފުނޑު ވެދާނެއެވެ..ރާޔާގެ ހިތުގެ ތެޅުމަށް ލޮޅުން އެރީ ކުއްލިއަކަށް ދުވެފައި ކަހަލަ ގޮތަކަށް އައިސް ވަތް މާނިޝް ފެނުމުންނެވެ.މާނިޝް އައިސް ޖެހުނީ ފާރު ބުޑުގައެވެ. ފަހަތުން އިތުރު ދެމީހުންވެސް ވަނެވެ. އެމީހުން ގޭތެރޭގައި އެނބުރެނީއެވެ. ހީވާގޮތުން ކޮންމެވެސް މީހަކަށް ފިލަނީއެވެ. އެންމެންގެ މޫނުމަތީގައިވަނީ ސުވާލުމާކުޖެހިފައެވެ. ތިން ކުދިންވެސް ވަނީ ބިރުގަނެފައެވެ. ބޮލުގެ އިސްތަށިގަނޑު ދިގުކޮއްފައި ނުބައި ގޮތަކަށް ތިބި ދެމީހުންނާއި އެކު ބައްޕަ އެއައީ ކީއްކުރަންބާވައޭ އެކުދިންގެ ހިތައް އަރަމުންދާކަހަލައެވެ. ސިކުންތު ކޮޅެއްގެ ތެރޭގައި މާނިޝް މެންގެ ފަހަތުން ޕޮލިހުންވެސް އައިސްވަނެވެ.
” ކިހިނެތްތޯ މިވަނީ؟ ” މީޝަމް ގޮނޑިއެއްގައި ބައިންދަމުން ރިޔާޒް ސުވާލުކުރިއެވެ. ހައިރާންވެ ކަންބޮޑުވެފައެވެ. އޭރު މާނިޝް އާއި ސޮޓީ އަދި ކަމާލްގެ އަތުގައި ބިޑި އަޅުވައިފިއެވެ. ރާޔާއަށް ހުރެވުނީ މާނިޝްއަށް ބަލާށެވެ. މާނިޝް ހޭވެރިކަމެއް ނެތެވެ. ދެލޯވަނީ މެރިފައެވެ. ރާޔާގެ ލޮލުން ކަރުނަތައް ފައިބަމުންދެއެވެ. އައިންތު ރާޔާގެ ކައިރީގައި ހުއްޓުމުން ރާޔާ އިސްޖަހާލިއެވެ. ޕޮލިހުން ފެނުމާއި އެކު ބިރުން އެކުދިން ވަނީ ކޮޓަރިއަށެވެ.
” މި މީހުން މަސްތުވާތަކެތި ބޭނުންކުރާތާ މިހާރު ވަރަށް ދުވަސްވެއްޖެ.. އަތުލައި ނުގަނެވިގެން މިއުޅެނީ.. މިތިބީ ބޮޑެތި ޑީލަރުން… އަދި މާލޭގެ ބޮޑެތި ގޭންގް ތަކާ ގުޅިގެން ވަރަށް ގިނަ އަދަދަކަށް ތެޔޮ އެތެރެ ކޮއްފައިވަނީ.. މިމީހުން ހައްޔަރު ކުރެވުނީމި… “
އެ ޖުމުލަތައް ރިޔާޒްއަށް ޤަބޫލުކުރަން ދަތިވިއެވެ. ރާޔާއަށް ބަލާލި އިރު ރާޔާ ހުރީ ރޮއި ރޮއި ބަލިވެފައެވެ. މާނިޝް ގެންދިޔުމުން ރޮމުން ރޮމުން ރާޔާއަށް ތިރިވެވުނެވެ.
” ދޮންތާ… އަހަރެން ނެތިސް ކޮން ކަންތައްތަކެއްތަ މި ހިނގީ…” ދެރަވެފައި ރިޔާޒް އެހިއެވެ.
ކުއްލިއަކަށް މިޝްއަލްމެން ކޮޓަރިން ނުކުތެވެ. ރިޔާޒް އަނެއް ފަރާތަށް އެނބުރުނެވެ. އަދި އައިންތުއަށް ބަލާލުމަށްފަހު ލޮލުން އިޝާރާތްކުރީ މިޝްއަލް އެތެރެއަށް ގެންދިޔުމަށެވެ.
” ދައްތާ… ބައްޕަ ޕޮލިސް ގެންދިޔައީ ކީއްވެ؟ ބައްޕަ ގެނެސްދީ…. ” މިޝްއަލްއަށް ހުރީ ރޮވިފައެވެ.
” މިޝްކޮއަށް އެނގޭތަ؟ ބައްޕަ އެދިޔައީ ނާންނާކަށް ނޫނޭ… ބައްޕަ އަދި އަންނާނޭ… ” އައިންތު އުފާވެރިގޮތް ދައްކަމުން މިޝްއަލްގެ އަތުގައި ހިފައިގެން ކޮޓަރިއަށްވަނެވެ.
ރިޔާޒް ބަލާލީ ރާޔާގެ މޫނަށެވެ.
*********************
” އަހަރެން ވަރަށް ދެރަވެއްޖެ ދޮންތަ ތިޙާލުގަ އުޅެމުންވެސް އަހަންނަށް ސިއްރުކުރީމަ… ” ރާޔާ ހުރިހާ އެއްޗެއް ކިޔައިދިނުމުން ރިޔާޒް ބުނެލިއެވެ. ރާޔާ ލޮލުން ކަރުނަ ފޮހެލަމުން ދުރަށް ބަލާލިއެވެ.
” ތިން ކުދިން ގޮވައިގެން ދައްތަ ކިހިނެތް އުޅޭނީ؟ އެކުދިންގެ ސުވާލުތަކަށް ދޭނީ ކޮންޖަވާބެއް؟” ރާޔާގެ ހިތުގައި އަޅާ ވޭނުން އޭނާގެ ހިތް ފިތެމުން ދެއެވެ.
” އަހަރެން ދޮންތައަށް އެހީވެދޭނަން… އަހަރެންގެ މަންމަ ނެތް ދުނިޔޭގަވެސް އަހަރެން މިހާ ހިސާބަށް ވެސް ގެނެސްދިނީ ހަމަ ދޮންތައެއްނު… ” ރިޔާޒް ރާޔާގެ ބުރަކަށީގައި ފިރުމާލިއެވެ. ރާޔާ ގަދަކަމުން ހީލިއެވެ.
**********************
ދެފަރާތަށް ފުރޮޅި ފުރޮޅި އެތައް އިރަކު އޮވެވިއްޖެއެވެ. އެންމެ ފަހުން ނުނިދިގެން ރާޔާ ތެދުވިއެވެ. އޭރު މީހާ ރޫރޫ އަޅައެވެ. މެޔަށް ތަދުވެ މީހާ ވަނީ ފިނިވެފައެވެ. އަވަސް އަވަހަށް ފެންތައްޓެއް ބޯލުމަށްފަހު ގަޑި ބަލާލިއެވެ. އޭރު ގަޑިން ދޭއްޖަހާ ބޮޑުވިއެވެ. އޭނާ ދެލޯމަރާ ބާރުކޮއްލިއެވެ.
” މާން… ކީއްވެ ތިހެން ހެދީ؟ އަހަރެމެންނާ ދުރުގަ އުޅެން ބޭނުން ވެގެން އުޅުނު ގޮތެއްތަ ތީ؟ ” ރާޔާއަށް މަޑުމަޑުން ބުނެލެވުނެވެ.
މާނިޝް އިނީ ފާރުގައި ލެނގިލައިގެންނެވެ. ކުޑަގޮޅީގައި އެހެން އެންމެން ނިދާފައި ވީނަމަވެސް މާނިޝް އިނީ ނުނިދައެވެ.
” ރެއިން…. އައި މިސްޔޫ… ” މާނިޝްއަށް ބުނެލެވުނެވެ.
ރާޔާ މަޑުމަޑުން ހިނގާފައި ގޮސް އެނދުގައި އިށީނެވެ.
13 Comments!
Comments are closed.
https://www.facebook.com/pages/Stories-by-Salaa-Xifah-Angel/157114861119810
my facebook page. my other stories u can read from my page,
v v v nyc…… next part knirakun…………. i love this story……….. keep it up…
dhen mifaharu wait kollaa.. effaharaaa v gina baithah up kollin.. heheheh thank u saaraa dear
next part mi adhu up kodheeba salaa
vrh reathi mibai ves
rrecjhjghg
sory lady… ehaa vas nuveema.. by mihaaru two days mi vee dw.. dhen up kuraanan maa gina dhuvaheh nuvaane.. bt keep waiting.. i noticed ur support.. thankcx
Vvvvvvvvvvvvv reethi thnx salaa miha reethi story eh up kohdheythi
thanx shaf.. nw u r also v kind fan.. thanks for supporting me… just keep in touch..
v salhi
ohh my me.. thankx Mr or ms Me… hehehe
Mi vaahakaige hurihaa bai thake fadhain mi bai ves v reethi , ekamu raayaa ge lhameeru dhebas vaa thankolhu thankolhe filmy , heevanee kureege hindhee filmegge thankolhehen , mio reethi vaahakaige thereya ekahala than thankolu nuliyya maa reethi vaanehen aju ah heevanee
aju sweety thi buneli bai balaalaifin.. dhogeh ves nun hama heevee hindi filemh hen.. keeh kuraany eyru hithah ai gotheh e ee.. hehehe majaa dw.. mee online koh vahaka liyan fashai gaiyn iru liyefa in vahaka eh.. dhen mifaharu bahattaa.. dhen hama super koh liyelaanan ingey dhon goyye.. n thanks
ms, maruhaba kiyaa hiyy vanyyyyy