ވިކާޝްގެ ޝަރުތު ކިތަންމެހާވެސް ފުރިހަމައަށް ޝިކާއަށް އިވިއްޖެއެވެ. އޭނާ އިސްޖަހާލައިގެން ހުރުމުން ވިކާޝް ވާހަކަދެއްކިއެވެ. ” އެއްބަސް ނުވަންޏާ އަހަރެންނަށް ބުނެވޭނީ ނޫނެކޭ! ދެން ޝިކާ ދޭ މިގޭން.. އަހަންނަށް ވަރިހަމަ ތިޔަ ދަރިފުޅު ވައްޓާލިޔަސް.. ތިހާ ބޮޑު މުއްސަންޖަކަށް ތިޔަކުއްޖާ ވައްޓާލާ މަރާނުލެވޭންވީ ކީއްވެ؟ “ ވިކާޝް އެހެން ބުނީ ޝިކާގެ ހިތަށް އަސަރުކުރުވަން ވެގެންނެވެ. ޝިކާއަށް އިތުރަށް ރޮވުނެވެ. އޭނާ ދެލޮލުން ކަރުނަ ފުހެލުމަށްފަހު ބާރުލާފައި ބުނެލިއެވެ. ” އަހަރެންގެ ހަށީގައި ފުރާނަހުރި ހިނދަކު […]
ޒިމްނަ އަހަރެންނަށް ސިއްސައިގެން ގޮސް ހޭލެވެނީ އެލާރމްގެ އަޑަށެވެ. އަހަރެން ހުރީ ދަލުން ތަތް ތެޅިފައެވެ. އަބަދެކޭވެސް ފަދައިންނެވެ. މިވީ ތިން ހަފްތާގައި އަހަރެންނަށް މިކަހަލަ ހުވަފެން ފެނުނު ވަރުގެ އަދަދު ބުނަންވެސް ނޭނގެއެވެ. ވަގުތާއި އެކު އަހަރެން ހީކުރީ މި ކަންތައް ފަނޑުވާނެ ކަމަށެވެ. ނަމަވެސް ހިތުގައި އަޅަމުންދާ ވޭން ހީވަނީ ދުވަހުން ދުވަހަށް އިތުރު ވާ ހެންނެވެ. އެހެންވިޔަސް އަހަރެން މި ހުރިހާ ވާހަކައެއް ބަހައްޓާނީ އަމިއްލަ ހިތުގައި ވަޅުލައި ކަޝްފު ކޮށްފައެވެ. އިންތިޒާރު […]
” އަހަރެން ބުނެފީމެއްނު އަހަރެން އެހާ ހިތްހަމައެއް ނުޖެހެޔޭ ނިކް އާއި ދޭތެރޭގައެއް.. ” ދީނާއަށް އެހެން ބުނެވުނު ވަގުތު ތައްޔާރުވެގެން އިމްރާން ނުކުތްތަން އެމީހުންނަށް ފެނުނެވެ. ގަމީހުގެ އަތުކުރި އޮޅަމުން އޮޅަމުން އިމްރާން އާދެއެވެ. ޔަޝްމީގެ މޫނުމަތި އުދާސްވިއެވެ. ” ދޮންބޭ…. އަހަރެން މިއުޅެނީ ބޮލަށް އެނބުރުން އަރާތީ.. ހީވަނީ ދެންމެ ދެންމެ ވެއްޓިދާނެހެން…” ކުއްލިއަކަށް ދީނާ ބުނެލި ޖުމުލައިން ޔަޝްމީގެ މޫނުމަތި އުޖާލާވެގަތެވެ. އިމްރާން އައިސް ދީނާ އާއ ޖެހިގެން ހުރި ސޯފާގޮނޑީގައި އިށީނެވެ. […]
“ޝިޓް!” އަހަރެންނަށް ބުނެވުން އިރު މާ ބޮޑަށް ލަސްވެއްޖެއެވެ. ސާރވެސް އަހަރެންނަށް ބަލަން ހުރި އިރު ހީވަނީ އަހަރެންގެ އިތުރު ބޮލެއް ފަޅާފައި އިންހެނެވެ. ބުނެވެނުނީ މާބާރަށެވެ. އަހަރެމެންގެ އެސައިންމެންޓް ހަވާލު ކުރަން އޮތީ މިރެއެވެ. އަހަރެން މި އައީ އަވަހަށް އަންނަން ހަދައިން އެވެސް ގޭގައި ބާއްވާފައެވެ. ގުޑް ޖޮބް! ސާރ މިހާރު ލޮލުން ކިހިނެއްވީތޯ އަހަނީއެވެ. “އަމް…. އައި ފޮރގޮޓް މައި އެސައިންމެންޓް..” އަހަރެން އިސް ޖަހައިން ބުނީމެވެ. “ދެން އެހެންވިއްޔާ ބަލާދޭ. […]
” މީ ތެދު. އަހަރެން ވަރަށް ބޮޑަށް ބޭނުން ޝިކާ އާއި އިންނަން.” ވަރަށް ސީރިއަސްވެ ވިކާޝް އެހެން ބުނުމުން އާނިޔާ ހިމޭންވިއެވެ. އޭނާގެ ދެލޮލަށް ކަރުނަ ޖަމާވާންފެށިއެވެ، އާނިޔާ އޮތީ އެއްވެސް ބަހެއް ނުބުނެއެވެ، ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ، ވިކާޝް އާއި އިނދެގެން އޭނާ އެގެއަށް އައީ ނުހަނު ފޮނި އުއްމީދުތަކާއި އެކުއެވެ. ” އަހަރެން އެންމެ ފަހު ފަހަރަށް މި އަހަނީ ތީ ހަމަ ވިކާޝްގެ ނިންމުން ހޭ ؟” އާނިޔާ މަޑުމަޑުން ސުވާލުކުރިއެވެ. […]
” ރެއިންގެ ފޮޓޯއެއް ފޮނުވި ނަމަ އަހަރެން ހާދަ އުފާވީހޭ.. ވަރަށް ދެކިލާހިތްވޭ… ހިތައް އަރަނީ މިތަނުން ސަލާމަތްވާނީ ކޮންދުވަހަކުންބާއޭ؟” ދެރަވެފައި މާނިޝް ބުނަމުން ދިޔައެވެ. ******************** މާނިޝް އެ ސިޓީގައި ބޮސްދިނެވެ. މާނިޝްގެ ހިތް ތެންމަމުންދެއެވެ. ބޭނުންވަނީ ކޮންމެވެސް ގޮތަކަށް ނަމަވެސް އޭނާގެ ކުޑަކުޑަ ދުނިޔެއަށް އެނބުރި ދިޔުމަށެވެ. އޭނާ ވިސްނަން ފެށިއެވެ. ޖަލުގައި އުޅޭތާ މިހާރު ކިހާ ދުވަހެއް ހެއްޔެވެ؟ ރާޔާ ކިހާ އެކަނި ވާނެ ހެއްޔެވެ؟ ރާޔާ އަދިވެސް ހުރީ މާނިޝްއަށް ޓަކާކަން […]
ދުވަހަކު މީހަކު ދެކެ ލޯބި ވީން ހެއްޔެވެ؟ ނުވަތަ ބޭނުން ވާން ޖޭހޭ ވަރަށް ވުރެ ބޮޑަށް މީހަކު ބޭނުންވި ހެއްޔެވެ؟ ރަނގަޅު ކަމެއް ނޫން ކަން އެނގި ހުރެ އެމީހަކު ހޯދަން އުޅުނިން ހެއްޔެވެ؟ ލޯތްބަށްޓަކައި ބައެއްގެ ދިރިއުޅުން ބަރުބާދު ކުރިން ހެއްޔެވެ؟ ނުވަތަ ބޭނުން ވިހެއްޔެވެ؟ ލަފްޒު މިވާހަކަ ވަރަށް އަވަހަށް ހަމައެކަނި އެސްފިޔައަށް އަންނަނީ…. އިންތިޒާރު ކޮށްލައްވާ!
” ހޫމ… މިއީ ދޮންބެގެ ވެސް އެޕާރޓްމަންޓެކޭ… އެހެންވީމަ ދޮންބެ އުޅޭނީ މިތާނގައެއްނު… ޔަޝް ހިތްހަމަ ނުޖެހުނީތަ؟ ” ދީނާ ފާޑަކަށް އަހާލިއެވެ. ” ނޫން… އެހެނެއް ނޫން.. ކީއްވެ ހިތްހަމަ ނުޖެހެންވީ؟ އަހަރެން މިދަނީ ގިޓާ ޕްރެކްޓިސްކޮއްލަން… ” އަވަސް އަވަހަށް ޔަޝްމީ ކާ ކޮޓަރިން ނުކުތެވެ. ސައިތައްޔާރު ކުރުމަށްފަހު ދީނާ އިމްރާންގާތަށް ދިޔައެވެ. ” ދޮންބޭ.. ހިނގާ ސައިބޯން ދަމާ… ” ދީނާގެ ޖުމުލަ އާއި އެކު ކައިރީގައި ހުރި މޭޒުގައި ލެޕްޓޮޕް ބެހެއްޓުމަށްފަހު […]
” އިންތިޒާރު ކުރުން އެދެމޭ ލޯބިވާ! އިންތިޒާރު ކުރުން އެދެމޭ ލޯބިވާ! އިންތިޒާރު ކުރުން އެދެމޭ ލޯބިވާ! ” އެ ޖުމުލަ ހަނދާންވުމާއި އެކު ބާރު ބާރަށް ރާޔާ ތެޅިގަތެވެ. އަދި ކައިރީގައި އޮތް ރިމޯޓް ނަގާ ޓީވީ ނިއްވާލިއެވެ. ފަހަތަށް ޖެހެމުން ޖެހެމުން ގޮސް ތަނބުގައި ލައްވިއެވެ. އަދި ފުރަގަސް ދިނެވެ. ” އަހަންނަށް އިނގޭ އެދުމެއްނެތި ވެދުމެއް ނުކުރާނެކަން……. އަހަންނަށް އެނގޭ އަހަރެންދެކެ ފަޔާ ލޯބިވާކަން…. އަހަންނަށް އެނގޭ އެންމެ ފަހުން ތިހިތުގަ ތިވާ […]