” ނޫން… ދުވަހަކުވެސް ދުވަހަކުވެސް ނުބުނާނެ އެއްޗެއް…. ރުޅި ބަހެއް ނުބުނާނެ މަށާ ދިމާލަށް ދުވަހަކުވެސް…” ސޯފީއަށް ބަލާލަމުން މާނިޝް ބުނެލިއެވެ. ” ހައްދާލާފަ ދޯ ބަހައްޓަނީ…. ލޯބި ނުވަނީއެ.. ލޯބިވާނަމަ އަހާ ސުވާލުކުރާނެ.. ކާކު ބޭނުންވާނީ އެހެން އަންހެނުން ގާތަށް ދާން… ކިހިނެތް އޭނައަށް އެނގެނީ މާޓިން އެހެން މިހެއްގާތަށް ނުދާކަން……” ސޯފީގެ ވާހަކަތަކުން މާނިޝްގެ ނާރުތައް ފުއްޕާލިއެވެ. ” އޭނަ އަހަންނަށް އިތުބާރު ކުރާނެ.. އެއީ އަޅުވެރި ދީންވެރި އަންހެންކުއްޖެއް،،، ” މާނިޝް ރާޔާއަށް […]
ރާޔާއަށް ހޭލެވުނު އިރު ދަންވަރު އެކެއްޖަހައިފިއެވެ. އަދިވެސް މާނިޝްއެއް ނާދެއެވެ. ރާޔާ ތައްޔާރުވެލީ ދަމުނަމާދުގެ ދެރަކުޢަތެއް ނަމަވެސް ކޮއްލުމަށެވެ. ދަރިންކޮޅު ހޭލާތީ ގިނަވަގުތު ރޭއަޅުކަމުގައިވެސް ހޭދައެއް ނުކުރެވެއެވެ.އެކަމަކު ވީވަރަކުން ކުރެވޭތޯ އޭނާ ބަލައެވެ. ނަމާދަށް އެރިތަނުން މިޝްއަލް ހޭލައިން ކުކުރަންފެށިއެވެ. ދެން ހޭލާނީ މީޝަމްކަން ރާޔާއަށް އެނގެއެވެ. މިޝްއަލްގެ އަޑުގަދަވާ ވަރަކުން މީޝަމް ހޭލުން ކައިރިވާނެއެވެ. ސަލާމްދިންތަނާހެން ދެކުދިން ހޭލިއެވެ. ރޯވަރުން މައިތިރި ނުކުރެވިގެން ރާޔާ އަވަސް އަވަހަށް ފޯންނަގާ މާނިޝްއަށް ގުޅިއެވެ. ” އުއްހޫ… ނުނަގައްޗޭ […]
މާނިޝްގެ އޯގާތެރިކަން ރާޔާއަށް ލިބެން ފެށިއެވެ.ދެކުދިން ގޮވައިގެން އުޅެން އުނދަގޫކަމެއް ކަމަކަށް ރާޔާ ނުދެކެނީ އެހެންވެއެވެ. ހެނދުނު އޮފީހަށް ދާ ގޮތަށް އަންނަނީ ހަވީރެވެ. ދެން އޭނާ ބޭރަށް ނުގޮސް ވަރަށް އިރުވަންދެން ގޭގައި އުޅެއެވެ. ” މާން… މިއަދު ކޮއްކޮ މެރީ ކުރަނީނު… ” އެއްޗެހި ފަތްޖަހަން އިނދެ ރާޔާ ބުނެލިއެވެ. ” ހޫމ…. ” މާނިޝް ހުރީ ރާޔާއަށް ބަލާށެވެ. ” ކީއްވެ ތިބަލަނީ… ” ރާޔާ ލަދުރަކި ގޮތަކަށް އަހާލިއެވެ. ” މިހާރު […]
ފަތިހުގެ ފިނި ރޯޅިތައް އޭގެ އެންމެ ތާޒާ ކަމުގައި، ފަޒާގައި ދައުރުކުރަމުން ދިޔައިރު ފަޒާގައިވަނީ ތެތް ފިނިކަމެއް އެކުލެވިފައެވެ. ރަށުގެ އުތުރު ފަރާތު އަތިރިމަތީގެ ރީތި ސާފު ދޮންވެލިގަނޑުގައި ޝެހެނާ އިށީނދެގެން އިންއިރު ، އެ ރީތި ފަން ދިގު އިސްތަށިގަނޑު ވަޔާ އެކު ވިހުރެމުންދާ މަންޒަރު ބަލާލަން ކިތަންމެހައިވެސް ހިތްގައިމެވެ. ފަތިސް ހަނދުވަރުގެ ރީތި ނަލަ އަލިން ތުނޑި ދިއްލާލާފައިވާ އިރު، މަޑު ވިލުކުލައިގެ ރެދަނުން ރާޅުފެންފަށް ޖަރީވެލާފައިވާ މަންޒަރަކީ ޝެހެނާ އަބަދުވެސް ވަރަށް ބަލާހިތްވާ މަންޒަރެކެވެ. […]
ވިކާޝް ގެއަށް އައިސް ބަލާލީ އާނިޔާ ކޮބާތޯއެވެ. ގޭތެރެއިން އާނިޔާ ފެންނަން ނެތުމުން އޭނާ މިސްރާބުޖެހީ ގިފިއްޔާއި ދިމާއަށެވެ. ގިފިލި ދޮރާއި އަރާ ހަމަވީތަނުން އާނިޔާ ނުކުތެވެ. އޭނާ ހީލީ ވިކާޝް ފެނުމުންނެވެ، ” ވަރަށް ބަނޑުހައިވެގެން މިއައީ….” ވިކާޝް ބަނޑުގައި އަތްޖައްސާލަމުން ބުނެލިއެވެ. އާނިޔާ ވިކާޝްގެ އަތުގެ މުލައްދަނޑީގައި ހިފާލަމުން ހިނގައިގަތެވެ. ވިކާޝް އެއް އަތުން އާނިޔާގެ އުނގަނޑުގައި ހިފާލިއެވެ. ” މިޔަދުވެސް މީރު އެއްޗެއް ހަދާލީތަ މާ ހެވިފައި ތި ހުންނަނީ ؟ އާނީ […]
” އޭ ނޫން ނޫން… މަ ބޭނުމެއް ނޫން… ” ހެމުން ހެމުން މާނިޝް ބުނެލިއެވެ، ” ހޭ މީ ކަޔެ ނުބޯއެއްޗެއްތަ؟ މާ ނޫންކަމަށް ހެދެނީ… ” ސޮޓީ އެދަޅު މޭޒުމަތީ ބަހައްޓަމުން ބުނެލިއެވެ. ” މިހާރު އެއްކޮށް ދުރުވެއްޖައިން.. ” މާނިޝް ބުނެލިއެވެ. ” މަ ބުނެފާނަން.. އަންހެނުން ގާތު ބުނާނެ ކަމެއް ނެތް އޮފީހުން ކަނޑާލިވާހަކައެއް…އޮފީހަށޭ ކިޔާފަ އާދޭ މިތަނަށް.. ” އެޑަމް ކޯވަރެއް އަނގަޔަށް އަޅާލަމުން ބުނެލިއެވެ. ” މަށަކަށް ދޮގެއް […]
” ދޮންތާ! ރިޔާޒް މިޔަދު އަންނާނެ… ” އައިންތު އެހެން ބުނުމުން ރާޔާ ވަރަށް އުފާކުރިއެވެ. ” އަސްލު؟ އަވަހަށް އުޅޭ ދޯ މީރު ކާއެއްޗެއް ތައްޔާރުކުރަން..” ރާޔާ އާއި އައިންތު އަވަސްވެގަތީ ބަދިގޭގެ މަސައްކަތްތައް ނިންމުމަށެވެ. ” މީރު ކާއެއްޗެއް ހަދަން މާ ބޮޑަށްވެސް ލަސްވެއްޖެ… ” ވަދެގެން އައި ރިޔާޒް އެހެން ބުނުމުން ރާޔާ އާއި އައިންތުއަށް ސިހުން ލިބުނެވެ. ” ވަޓް އަ ސަޕްރައިޒް.. ” ރާޔާ ބުނެލިއެވެ. އައިންތު ހުރީ ލަދުން […]
މިހާރަކަށް އައިސް އަހަންނަށް އަބަދުވެސް ހުރެވެނީ ބިރުގަނެފައެވެ. ފެންނަ ފެނުމަށް ވިކާޝްވެސް ހުންނަނީ އެފަދަ ޙާލެއްގައެވެ. ދެމީހުންގެ ދެމެދުގައި އުފެދިފައިވާ ދުރުމިންވެސް މިހާރު އެކަކު އަނެކަކަށް އިހުސާސްކުރެވެން ފެށިއެވެ. އަހަރެން މިހާ ބިރުން އުޅޭއިރުވެސް ވިކާޝް އަހަރެން އެހެންތަނަކަށް ބަދަލުކުރަން ނޫޅޭތީ އަހަރެންގެ ހިތުގައި ސުވާލު އުފެދިފައިވެއެވެ. އަހަރެމެން މިއުޅެނީ ނާމާންގެއެއްގައިކަން އަހަންނަށް ކަށަވަރެވެ. ޖިންނީންގެ ވާހަކަ އަހަރެން މީގެ ކުރިންވެސް އަހާއުޅެމެވެ. އަނެއްކާ ޖިންނިއެއްގެ ލޮލުގައި އަހަރެން އަޅައިގަތީނޫންބާވައޭ އަހަރެންގެ ހިތަށް އެރިއެވެ. އެކި ޙިޔާލުތަކުގައި […]
ގެއަށް އައިސް ވަނުމަށްފަހު ކޮޓަރިއަށްވަދެ ތަޅުލިއެވެ. އަދި ދޮރުގައި ލެނގިލުމަށްފަހު މާނޭވާ ލާންފެށިއެވެ. ” މާތްކަލާކޯ…. އެހެން މީހުންގެ ކިބައިން މަގޭ ހިމާޔަތްކުރަން އައި މީހާ އެހުރީ ހުރި ސިފަ.. ދެން އަޅެ އެހެން މީހުން ކިހިނެތްބާ ތިބޭނީ؟ އެހެރަ ބޮލެއް ހީވަނީ ކުރެދިގަހެއް ހެން.. މިހާރު މިއުޅޭ މީހުން އުޅޭ ގޮތެކޭ ހިތައް އަރާ…. ” ކުނޑި ކިޔަމުން ކިޔަމުން ރިޔާޒް ކޮބާތޯ ބަލާލަން ދިޔައިރު ރިޔާޒް އުޅެނީ ކޮޓަރީގައެވެ. ” އޭތް ކޮއްކޯ… މާދަމާ […]