ފަސް އެނބުރި ބަލާލި ވަގުތު އޭޒިލްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ކުރިމަތީގައި އެހެރީ އެތަނުން ފެނިދާނެ ކަމަށް އުންމީދުކުރި މީހެއްވެސް ނޫނެވެ. “އޭޒް..” ހުސެންއަށް ވެސް ލިބުނީ ސިހުމެކެވެ. އޭޒިލް އެތަނުން ފެނިދާނެކަމަކަށް އޭނަވެސް އުންމީދެއް ނުކުރެއެވެ. ” ހުސެން… ކީއްވެ އަންނަ ވާހަކަ ނުބުނީ؟؟” އޭޒިލް ކުރީ ޝަކުވާއެވެ. ހުސެންއަކީ އޭޒިލްގެ ވަރަށް ގާތް ރަޙްމަތްތެރިއެކެވެ. ހުސެން އައީ ބޭސް ފަރުވާއަށް ލަންކާއަށް ގޮހެވެ. ” ރިނީއަށް ސަޕްރައިޒެއްދޭން ވެގެން.. ” ރަކި ގޮތަކަށް ހީލަމުން […]
އަހަރެންވެސް ވީން.. އެކަމަކު އޭނަ އަހަރެންނަށް ބޭފަވާތެރިވީ.. ” އޭޒިލް ހުއްޓާލީ އިތުރަށް އެވާހަކަ ދައްކަން ބޭނުން ނުވާތީއެވެ.” ކާކު؟ ލާރާތަ؟” އޭޒިލް ބުނި ޖުމްލައިން ނިޝާންގެ ހިތް ބާރަށް ތެޅިގަތެވެ. ” ހެހެހެހެ ސާބަހޭ ޝާން.. ލާރާއެއް ނޫން.. އަހަރެން ރަށު ކުއްޖެއް އެއީ.. މީގެ ހަތް އަހަރު ކުރިން އޭނަ އަހަރެން ދޫކޮށްލީ..” ނިޝާންގެ މޫނުމައްޗަށް ވެރިވި ކުލަވަރުން އޭޒިލް އަށް މަޖާވިނަމަވެސް ހިތުގައި ވަނީ ވޭނީ ރިހުމެއް އުފެދިފައެވެ. ހަނދާން ކުރަން ބޭނުންނުވިނަމަވެސް […]
ފަތިހުގެ ތެތްފިނިކަން ކެނޑި އިރުގެ ހޫނުން މުޅި މާހައުލަށް އާރޯކަމާއި ތާޒާކަން ގެނެސްދެމުން ދިޔަ ވަގުތެވެ. މަޑު މަޑުން ޖެހެމުންދިޔަ ވައިރޯޅިތައް ގަސްތަކާ ސަމާސާ ކުރަމުންދިޔައެވެ. ބައެއް މީހުން ނިދީގެ މީރުކަން ހޯދަމުން ދިޔައިރު، އަނެއް ބަޔަކު އެމީހުންގެ މަސައްކަތައިގެން އަވަދިނެތި އުޅެމުން ދިޔައެވެ. މޫނަށް އިރުގެ ހޫނުކަން އިހުސާސް ކުރެވުމާއެކު އޭޒިލް މޫނާއެއްކޮށް ރަޖާ އަޅާލިއެވެ. އެނބުރި ނިދީގެ ތެރެއަށް ދެވޭތޯ ކުރި މަސައްކަތް ބޭކާރުވީ ނިޝާންގެ އަޑުންނެވެ. “އޭޒް ދެން ތެދުވަން އުޅޭ ތި […]
ރޭގަނޑުގެ ކެއުމަށްފަހު މީހުންތައް އެކި ކަންކަމުގައި ހޭލިމޭލިވަމުންދަނީއެވެ. ރެއަކީ އުޑުމަތި ސާފުރެއެކެވެ. މަޑު މަޑު ވައިރޯޅިވެސް ޖެހެމުންދިޔައެވެ. ވިލާރޮއްޖެއް، ތަރިއެއް ނެތް ހާމަ އުޑަށް ބަލަހައްޓައިގެން ޒާއިން ހުއްޓެވެ. ޖެހެމުންދާ ހިތްގައިމު ވައިރޯޅީގެ އިހްސާސް ވެސް އޭނާއަށް ނުވާކަހަލައެވެ. ބެލްކަނީގެ ދަގަނޑުގައި ދެއަތް އަޅުވާލައިގެން މައްޗަށް ބަލަން ހުރިއިރު އޭނާގެ ދެލޮލުން ކަރުނަ ވިދަ ވިދާ ހުއްޓެވެ. ކުއްލިއަކަށް އިވުނު އަޑެއްގެ ސަބަބުން އޭނާގެ ސަމާލުކަން އެއަޑަށް ހުއްޓުނެވެ. އެއީ ތަންކޮޅެއް ކުރީގެ […]
ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރަކަށް ވުމުން މުޅިއުދަރެސް ބައްދާލާފަައިވަނީ ކަނުއަނދިރިކަމުންނެވެ. ތުނިތުނިކޮށްވާރޭ ވެހެމުންދިޔަނަމަވެސް މާލޭގެ މަޝްހޫރު ކުންފުންޏެއްކަމަށްވާ އެލްއޭގެ ވެރިޔާ އާމިރުގެ އެބޮޑުގޭގެ ހޯލުގައި މީހުންތައް އަވަދިނެތި ކޮޅުކޮޅު މައްޗަށް ހޭލިމޭލިވަމުންދެއެވެ. އެގެމިރޭވަނީ ކުލަކުލައިގެ ބޮކިތަކުންނާއި ފޮތިތަކުގެ އިތުރަށް މާމެލާމެލިން ވަރަށް ބޮޑަށް ޒީނަތްތެރިކުރެވިފައެވެ. މިރެއަކީ އާމިރުގެ ހުރި ހަމައެކަނި އަންހެންދަރިފުޅުގެ ކައިވެނިކުރެވޭރެއެވެ. މުޅިހޯލުތެރެ އަލަތު އަނތްބެއްހެން ޒީނަތްތެރިވެފައިވާއިރު މިރޭގެ ހަފްލާ ނިސްބަތްވާ އާމިރުގެ އަންހެންދަރިފުޅު ލިޒްމީ ފުރިހަމަވެފައިވާނެވަރު ވަޒަންކުރެވެއެވެ. ލިޒްމީއަކީ ރީތި ކުއްޖެކެވެ. އެއީ ހިމަތޮޅި ހަށިގަނޑެއް […]
އާދައިގެ މަތިން އަހަރެން ‘ޔޫޓިއުބް’ އަށް ވަދެލީ އާންމުކޮށް ބަލާ އުޅޭ ވީޑިއޯ ބަލާލުމަށެވެ. ނަމަވެސް ކުއްލިއަކަށް ހަނދާނަށް އައީ ދުވަސްކޮޅެއް ކުރިން އެކުވެރިއަކު ‘ޖީ ޕްލަސް’ އިން ޝެއަރ ކޮށްފައިވާ މަދަހަ މަތިންނެވެ. އަހަރެންނަކީވެސް ކޮންމެވެސް ވަރަކަށް މަދަހަ އަޑުއަހާ އުޅޭ މީހަކަށްވުމުން ދިވެހި މަދަހަތައް ބަލާލީމެވެ. އަޑުއަހާލަން ހިތްގައިމު ވާނެހެން ހީވާ ދެތިން މަދަހައެއް ނަގާ ބަލާލީމެވެ. އެންމެފަހުން ނެގި މަދަހަ ޕްލޭ ކޮށްލީމެވެ. ހިތުގެ ހިނގުން ހުއްޓެއް އުޅޭހެން ހީވާންފެށިއެވެ. ނޭވާލާން އުދަނގޫވެ […]
އާދުވަހަކަށް އިރުއަރަނީ އެތައް ބައެއްގެ ހިތް އުންމީދުން ފުރިފައިވާ ހާލުގައެވެ. މިދިރިއުޅުމުގައި އަހަރެންވެސް އެތައް ހުވަފެންތަކެއް ދެކި އެތައް އުންމީދުތަކެއް ކުރީމެވެ. ނަމަވެސް ތަޤްދީރުގައި އަހަރެންނަށް ޖެހުނީ އެހުވަފެންތަކަކީ ހަމައެކަނި މިހިތަށް ފިނިކަން ގެނެސްދޭ އެއްވެސް އަސްލެއްނެތް ކަންތައްތަކެއްގެ ގޮތުގައި ބަލައިގަންނާށެވެ. އެއީ ހަމައެކަނި އަހަރެން ދުށް ހުވަފެންތަކެއްގެ ގޮތުގައި ދެކޭށެވެ. އެއުންމީދުތަކަކީ ހަމައެކަނި ކުރެވުނު އިހުސާސްތަކެއް ގޮތުގައި ދެކޭށެވެ. މަތީ ސާނަވީ ނިންމުމަށްފަހު އަހަރެން ބޭނުންވީ ޑޮކްޓަރަށްވުމަށެވެ. ނަމަވެސް އާއިލާގެ މާލީ ހާލަތު ހުރިގޮތުން އަހަރެންނަށް […]