Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު ކުރުން އެދެމޭ ލޯބިވާ 10

Salaa Level 210 Stories100 Comments
February 6, 2014 7 Mins Read
14 Comments

ހެނދުނު ރާޔާއަށް ހޭލެވުނު އިރު ކައިރީގައި މާޝާއެއް ނެތެވެ. އަވަސް އަވަހަށް ކޮޓަރިން ނުކުތް އިރު އައިންތު އާއި އެކު ސައިބޯން އިނެވެ. ރާޔާއަށް އުފާވެރިކަމެއް ލިބުނެވެ. އެކުދިންނަށް އަޅާލާނެ އިތުރު މީހަކު ލިބުމުންނެވެ. ރާޔާ އެތެރެއަށް ވަނެވެ. ރިޔާޒް އޮފީހަށް ދާން ނުކުތްވަގުތު ރާޔާއަށްވެސް ކޮޓަރިން ނުކުމެވުނެވެ.

” ކޮއްކޯ… ދޮންތަ ގެންގޮސްދީބަލަ ދޮންތަބޭ ހުރިތަނަށް؟ “

” ދޮންތާ… ދެން ކީއްކުރަންތަ؟ ” ރިޔާޒް ހިތްހަމަ ނުޖެހުމުން ރާޔާއަށް ރޮވުނެވެ.

” ކޮއްކޯ… ދޮންތަ ބޭނުން އެތަނުން ސަލާމަތްކުރަން… އޭނަ އެތާ އޮންނަ އިރު ދޮންތަ ކިހިނެތް އަރާމުގަ ނިދާނީ؟ ” ބުނަން ބޭނުން ނުވި ނަމަވެސް ރާޔާއަށް އޭނާގެ ހިތުގެ ޝަކުވާތަކެއް އިއްވާލެވުނެވެ.

” ހިނގާ ދާން.. އެކަމަކު އަހަރެން ބޭނުން އޭނަ އަށް އެ ކުރެވުނު ކުށް އަމިއްލައަށް ޤަބޫލު ކުރުވަން… އެކަމު ދޮންތަ ތިހެން ހަދަންޏާ ދެވަނަ ފަހަރަށްވެސް އޭނަ ހަމަ އެގޯޅި އަޅާނެ… ” ރިޔާޒް ސަންގްލާސް އަޅާލަމުން ބުނެލިއެވެ. ރާޔާ އިސްޖަހައިގެން ރިޔާޒްގެ ފަހަތުން ހިނގައިގަތެވެ.

***********************

“ފަނަރަ މިނެޓް ލިބޭނީ… ” ކުޑަކުޑަ ރޫމެއް ދައްކާލަމުން އޮފިސަރަކު ރާޔާއަށް ބުނެލިއެވެ. ރާޔާ އިސްޖަހައިގެން ހުރެ އެ ތަނަށް ވަތް އިރު މާނިޝް އެތަނަށް ގެނެސް ހުއްޓެވެ. ރާޔާއަށް ހުއްޓެވުމެވެ. މާނިޝް އަވަސް އަވަހަށް އައިސް ރާޔާއާއި ދާދި ގާތުގައި ހުއްޓުނެވެ. ރާޔާ ހުރީ މާނިޝްގެ ގައިގައި ބައްދާލާހިތުން ކެތް މަދުވެފައެވެ. އެހާ ކައިރީގައި ތިބެ ހަތަރު ކަޅި ހަމަވި ވަގުތު މާނިޝް އަވަސް އަވަހަށް ފުރަގަސް ދިނެވެ. އަދި ބުންޏެވެ.

” ކީޢްކުރަން ތިއައީ؟ އަދިވެސް ތިއުޅެނީ އަހަރެންގެ ފަހަތުން ނެއްޓެން ނޭނގިގެންތަ؟ ދޭ… މިތަނުން ދޭ…. އަހަރެން ބޭނުމެއް ނޫން ބައްދަލް ކުރާކަށް.. ދެން … ދެން ދުވަހަކުވެސް ނާންނާތި.. ” މާނިޝް ބަލާވެސް ނުލާ ހުރެ ބުނަމުން ދިޔައެވެ. ރާޔާގެ ހިތަކަށް ކެތެއް ނުކުރެވުނެވެ. ބާރު ބާރަށް ހިނގާފައިގޮސް މާނިޝްގެ ބުރަކަށީގައި ތަތްވެގަތެވެ.

” މާން…. އަހަރެން އަދިވެސް އިތުރަށް ރޮއްވަންތަ ބޭނުންވަނީ؟ އަހަރެންނަށް…. ކިހިނެތް މާން އާއި ނުލާ އުޅެވޭނީ؟.. މާން މިތަނަށް ދޫކޮއްލައިގެން އަހަރެންނަށް ކިހިނެތް ހުރެވޭނީ؟ ” ރާޔާގެ ކޮންމެ ޖުމުލައަކުން މާނިޝްގެ ހިތަށް ވަރަށް ފުން އަސަރުތަކެއް ކުރުވަމުން ދެއެވެ. މާނިޝް މަޑުމަޑުން އެނބުރުނެވެ. އަދި އަވަސް އަވަހަށް ރާޔާ އޭނާގެ މެޔާލާ ފިއްތާލިއެވެ.

” ކޮބާ އަހަރެމެންދެ ކުދިން؟ ރަނގަޅުތަ؟ ” މާޔޫސީ ރާގަކަށް މާނިޝް ބުނެލިއެވެ. ރާޔާ ބޯ ޖަހާލިއެވެ.

” ރެއިން… އަހަރެންނަށް ދެން މިނޫން ތަނެއް ނެތް.. ރެއިންއަށް ރަނގަޅަށޭ މިބުނަނީ… “

” ކޯއްޗެއް؟ އަހަންނަށް ރަނގަޅަކަށް ކީކޭ ބުނަން ތިއުޅެނީ؟ ” ރާޔާގެ ހިތް ނުތަނަވަސް ވާންފެށިއެވެ. އޭނާ މާނިޝްގެ މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ.

” ރެއިން…. އަހަރެންގެ މަތިން ހަނދާން ނައްތާލާ..ރެއިންއަށް ފިރިއެއްގެ ލޯތްބާ އެކުދިންނަށް ބައްޕައެއްގެ ލޯބިދޭން އެހެން ގޮތެއް ހޯދާ… ” ވަރަށް އުނދަގުލުން މާނިޝް ބުނެލިއެވެ. ރާޔާއަށް ގަނޑުވެވުނުނު ކަހަލައެވެ. މާނިޝްގެ ގައިން ދޫކޮއްލުމަށްފަހު ފުރަގަސްދިނެވެ.

” އަހަރެން މިޔަދުތަ އެކުދިންނަށް ބައްޕައެއްގެ ލޯބި ހޯދަދޭންވީ؟  އަދި އަހަންނަށް ފިރިއެއްގެ ލޯބި ބޭނުންވާކަން މާންއަށް އިހުސާސްވީވެސް މިޔަދުތަ؟ މާން… ކައިވެންޏަށް މިވީ ފަސް އަހަރުގެ ތެރޭގަ އަހަރެން ނުކުރި ކަމެއް މިޔަދު ވަކި ކީއްވެ ކުރަންވީ؟ ” ރާޔާގެ ދެލޯ ވަނީ ރަތްވެ ދުޅަވެފައެވެ.

” އެދުވަސްތައް އަލުން ލިބޭނެ ނަމަ…………… ” މާނިޝް އެހެން ބުނުމުން ރާޔާ ހިނިތުން ވެލިއެވެ.

” އިރާދަކުރެއްވިއްޔާ އެއަށްވުރެން މާ އުފާވެރި ދުވަސްތަކެއް އަދި ލިބޭނެ…” މާނިޝް ރާޔާގެ ގައިގައި ބައްދާލިއެވެ.

****************

މާނިޝް އާއި ބައްދަލު ކުރެވުމުން ރާޔާ ހުންނަނީ ވަރަށް އުފަލުންނެވެ. މާނިޝްގެ ފަރާތުން އަޑު އިވުނު ޖުމުތަކުން އޭނާއަށް ހިތްހަމަ ޖެހުން ލިބުނެވެ. ރާޔާ ސިޓިންގ ރޫމަށް ނުކުތް ވަގުތު މީހަކު ސަލާމްގޮވާލިއެވެ. ސަލާމް ބަލައިގަތުމާއި އެކު ރާޔާ ބަލާލިއެވެ.

އޭނާ ވެސް ރާޔާއަށް ބަލާލިއެވެ.

” ރިޔާ އުޅޭތަ؟ ” އޭނާ އެހިއެވެ.

” އިށީންނަވަން ވީ ނޫންތޯ… އެބަ އަންނަން ގޮވާލާފަ… ” ރާޔާ ހިނިތުންވެލަމުން ބުނެލިއެވެ. އޭނާ އައިސް އިށީނެވެ.

އިރުކޮޅަކުން ރިޔާޒް ނުކުތެވެ.

” އޭ ފަޔާ… ކިހިނެތް..؟ ” ރިޔާޒް އޭނައަށް ޓަޗެއް ޖަހާލަމުން އިށީނެވެ. އޭރު ރާޔާ ބަދިގެއާއި ދިމާއަށް ދެއެވެ.

” ހާދަ ސަޅި ބިޓެކޭ ދޯ އަތު އަޅުވާލައިން ތި އުޅެނީ؟ ” ރާޔާއަށް ބަލާލަމުން ފަޔާ ބުނެލިއެވެ.

” އޭ.. އެއީ މަ ދޮންތަ..ރާޔާ…އަދި ތިން ކުދިންގެ މަންމައެއް… ” ހެމުން ހެމުން ރިޔާޒް ބުނެލިއެވެ.

” އޯހް… ތިކަންވެސް  ނުވީ ދޯ.،،، އެކަމު ހީވަނީ ރިޔާގެ ކޮއްކޮއެއް ހެން…. ކަލޭ ދޮގު ހަދަނީ ދޯ މަށަށް؟ ” އިނގިލި ދިއްކޮއްލަމުން ފަޔާޒް ބުނެލިއެވެ.

” ނޫނެކޭ.. އަސްލުގަވެސް ތެދެކޭ މީ.. ހިނގާ ދަމާ……..” ރިޔާޒް ހިނގައިގަތެވެ. ފަޔާ އެތެރެއަށް ބަލަމުން ބޭރަށް ނުކުތެވެ.

” އޭތް ހާދަ ހީނުވެޔޭ ތިންކުދިންގެ މަންމައެއް ހެން…. ” ފަޔާ ބޭނުންވީ އެމައުޟޫ ކުރިއަށް ގެންދާށެވެ.

” ހަމަ ތެދެކޭ.. އޭތް ތިއެއް ނޫނޭ.. ކޮބާ ވައިފް؟ ” ސައިކަލް ސްޓާޓް ކޮއްލަމުން ރިޔާޒް ބުނެލިއެވެ.

” ވައިފްއޭ؟ މަ ނީންނަމޭ މީހަކާ.. ރަނގަޅު މަލެއް އަދިވެސް ނުލިބިގެން.. މަށަށް ތިގޭން އެމާ ބިނދެވޭނެ ނަމަ…. ” މަޖާ ރާގަކަށް ފަޔާ ބުނެލިއެވެ.

” ދޮންތަ ވާހަކަ ދޯ ތިބުނީ… އެކަމާ ނޫޅޭ… ދޮންތަ އެއުޅެނީ ވަރަށް ހިތްދަތީގަ… ” މޮޅިވެރި ގޮތަކަށް ރިޔާޒް ބުނެލިއެވެ. ނުވިސްނޭފަދަ ގޮތެއް ފަޔާގެ މޫނަށް ވެރިވިއެވެ. ސައިކަލް ޕާރކް ކުރުމަށްފަހު ކޮފީހަޓަށް ކޮފީއަކަށް ވަނެވެ.

” ހަމަ ތެދެއްތަ؟ ހާދަ ދެރަގޮތެކޭ ތިވީ؟ ދެން ނޫޅޭތަ ވަކިވާކަށް؟ ” ހައިރާންވެފައި ފަޔާ އެހިއެވެ. ރިޔާޒް ބޯޖަހާލިއެވެ.

” އެއްގޮތަކަށްވެސް ނޫޅުނު. އެކަމު އެހެން މީހެއްގެ އެހީތެރިކަން ބޭނުންވާނެ މިހާރު.. ދެން ދޮންތައަށް އިތުބާރެއް ނުކުރެވޭނެ އެކަކަށްވެސް… ޔަޤީން.. ” ކޮފީތަށްޓަށި ގިރާލަމުން ރިޔާޒް ބުނެލިއެވެ.

” އަހަރެން ވިސްނާނަން ތިކަމާ… ” ފަޔާއަށް ބުނެވުނެވެ. ރިޔާޒް ސިހުނެވެ.

” ފަޔާ.. ރައްޓެއްސެއްގެ ހައިސިއްޔަތުން މިބުނީ.. އަހަރެން ވަރަށް ލޯބިވޭ ދޮންތަ ދެކެ.. އޭނައަށް ދެރައެއް ލިބުނަކަ ނުދޭނަން.. “

” އަހަރެންނަށް އަދި ރާޔާގެ ގޮތެއްވެސް ނޭނގެ.. އެކަމު ފުރަތަމަ ނަޒަރުންވެސް ލޯބިވެވެޔޭ ބުނާތީ އަޑުއަހަންތަ؟ އެހެންވީ ކަމަސްވެސް ވެދާނެ އެއްނު.. އަދި މިހާރު ރާޔާގެ ލައިފްއަށް ވެފައި އޮތް ގޮތުން އަހަރެންގެ އުއްމީދު އާވެއްޖެ…” ފަޔާޒް ހުރީ ރަނގަޅަށްވެސް އިޝްޤްގަ ޖެހިފައެވެ.

” އަހަރެންވެސް ބޭނުން ރަނގަޅުގޮތެއްވާން.. އަދި ފަޔާއަށް ކުރާ އިތުބާރު އެހެން މީހަކަށް ނުވެސް ކުރެވޭ.. ތިގޮތަށް ތިހެން ވިއްޔާ އަދި ދޮންތައަށް އުފާވެރި ދިރިއުޅުމެއް ލިބުނިއްޔާ އަހަރެން ވަރަށް އުފާވާނެ.. ” ލޮލުގައި އިން އައިނު ބޮލުގައި އަޅުވާލަމުން ރިޔާޒް ބުނެލިއެވެ.

********************************

ދުވަސްތައް ފާއިތުވަމުންދެއެވެ. ރާޔާގެ ހިތް ފިހި މާލަމުން ދެއެވެ. ނަމަވެސް އެކަން އޭނާ އެކަކަށްވެސް އަންގާކަށް ބޭނުމެއް ނޫނެވެ. މީހުންނަށް ހިނިތުންވުން ދައްކަމުން ދާއިރު އެތެރެހަށި އަނދަމުންދެއެވެ. ރޭގަނޑު ލޮލުން ފައިބާ ކަރުނަތައް އިތުރުވާވަރުން މީހާ ދަނީ ހިކެމުންނެވެ.

އެއްދުވަހެއްގެ މެންދުރެވެ. މިޝްއަލް އާއި މީޝަމް ސްކޫލަށް ފޮނުވަން ރީތި ކުރަން ހުއްޓާ ރިޔާޒް އައިސް ވަނެވެ.

” އާނ އެއޮށް އައީނު ދޮންބެ.. ފުރަތަމަ ދާނީ މިޝްކޮ އިނގޭ.. ” ރާޔާ މިޝްއަލްގެ ކޮނޑުގައި ދަބަސް އަޅުވައިދެމުން ބުނެލިއެވެ.

” ދޮންތާ.. އަހަންނަށް ލަންކާއިން އެއް މަސް ދުވަހުގެ ކޯހެއް ލިބިއްޖެ.. މުސާރަވެސް ބޮޑުވާނީ ކޯސް ފުރިހަމަ ކުރީމަ.. އަހަރެން ދަންތަ؟ ” ކުޑަކުއްޖަކު ފަދައިން ރާޔާގެ ކޮނޑަށް އަތްވައްޓާލަމުން ރިޔާޒް ބުނެލިއެވެ. ރާޔާ އެނބުރިލަމުން ހީލިއެވެ.

” ހޫމ.. ދިޔަޔަސް އެންމެ ރަނގަޅު.. އެކަމު ފުރަތަމަ އަހަންވާނީ އައިންތު ކައިރީގައެއްނު.. ދޮންތަ ކައިރީ އެހީމަ އައިންތު ކިހާދެރަވާނެ.. “

” އައިންތު ކައިރީ އެހީމޭ… އައިންތު ބުނީ ދޮންތައަށް ވަރަށް އުނދަގޫ ވާނެޔޯ.. ސްކޫލަށް އެހާ ދުރަށް ހިނގަންޖެހޭނެޔޯ… ” ހިނިތުންވަމުން ރިޔާޒް ބުނެލިއެވެ. ރާޔާ ހެމުން ހެމުން ތުންފިއްތާލިއެވެ.

” ނޫނޭ… އެ އުޅެނީ ދޮންތައަށް އުނދަގޫ ވެދާނެތީކީ ނޫން.. ކޮއްކޮ ގެއްލިދާނެތީ ބިރުން އެއުޅެނީ….” ރިޔާޒްއަށް ހެވުނެވެ.

” ކޮއްކޮމެން ސްކޫލަށް ގެންގޮސްދޭށާ ބަލާ ދާނެ އަހަރެންގެ ބެސްޓްފްރެންޑް ފަޔާ… އޭރުންވެސް ދޮންތައަށް ފަސޭހަވާނެ،،، ” ރިޔާޒް އެހެން ބުނުމުން ރާޔާ ހީލިއެވެ.

” އެންމެ ރަނގަޅު.. ދެންދޭ އަވަހަށް  ގަޑިޖެހިދާނެ.. އަދި މާޝާ އެއުޅެނީ ނުވެސްކައި.. ” ރާޔާ މިޝްއަލްއަށް ދޮނެއް ދިނެވެ.

***********************

” ބަރާބަރު އެއް މަހަށް އަހަރެން މިދަނީ… އެއް މަސް ދުވަސް ތެރޭގަ ވާނެ އެކަން ކާމިޔާބު ކުރަން.. އެއް ފަހަރު އަދި ދޮންތަބޭ އާއި މީޓް ކުރީ.. ދެން މީޓް ކުރެވޭނީ ތިންމަސްފަހުން.. ވަގުތުގެ ބޭނުން ހިފާތި.. ދޮންތަމެން ރަނގަޅަށް ބަލާތި.. ” ރިޔާޒް ފަޔާއަށް ސައިކަލް ތަޅުދަނޑި ދިއްކޮއްލަމުން ބުނެލިއެވެ.

” އިރާދަކުރެއްވިއްޔާ އަހަރެން ތި ފެމެލީއަށް ދެރަގޮތެއް ނަހަދާނަން…….” ފަޔާ ބުންޏެވެ. ރިޔާޒް ގެއަށް ވަނުމުން ސައިކަލްގައި ފަޔާޒް ނައްޓާލިއެވެ.

ރިޔާޒް ކޮޓަރިއަށް އައިސް ވަތް އިރު އައިންތު އިނީ ރޯށެވެ.

” އޭ…. ބަލަ ބަލަ.. ނުރޮއިބަލަ.. ހާދަ ކެތްތެރިކަން ކުޑައޭ،،، ވިސްނާލަބަލަ ދޮންތައަށް… ކިހާ ކެތްތެރި.. ” ރިޔާޒް އައިންތުގެ ބޮލުގައި ފިރުމާލުމުން އައިންތު ރިޔާޒްގެ ގައިގައި ބައްދައިގަތެވެ.

” ދޮންތަ އަބަދުވެސް އެހެން އުޅެ އުޅެ އެހުންނަނީ ހޭނިފަ.. އެކަމު ރިޔާ އަބަދުވެސް އަހަންނާއި އެކު އުފަލުގަ ވަގުތުތައް ހޭދަކުރަނީ.. އަހަރެން ކިހާ ދެރަވާނެ…..” އައިންތު ރޯތަން ރިޔާއަށް ފެނުނު ފުރަތަމަ ފަހަރު ކަމުން ރިޔާޒްވެސް ދެރަވިއެވެ. އައިންތުގެ ނިތްކުރީގައި ބޮސްދެމުން ރިޔާޒް އައިންތު ގެނެސް އޭނާގެ މޭގައި ލައްކޮއްލިއެވެ.

**********************

ނިދޭތޯ އޮވެ އޮވެ ފޫހިވެގެން ރާޔާ އައިސް އިށީނީ ސިޓިންގ ރޫމްގައެވެ. ޗެނަލަތައް ބަދަލުކުރަމުންދަނިކޮށް އެމްބީސީ އިން އަވަސް ކަބަރު ގެންނާތީ ރާޔާ ޝައުޤުވެރިވިއެވެ. އޭރު ގަޑިން ބާރަ ޖަހައިފިއެވެ.

” މާލޭ ޖަލުގައި ކުށްވެރިންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ގިނަޢަދަދެއްގެ ކުށްވެރިން ޖަލުން ފިލައިގެން ގޮސްފައިވޭ! މި މީހުން ހޯދުމުގެ މަސައްކަތް ފުލުހުންވަނީ ފަށާފައި…………”

ރާޔާއަށް ޓީވީ ނިއްވާލެވުނެވެ. ތުރުތުރު އަޅަން ފެށިއެވެ. ދެލޯ މަރާ ބާރުކޮއްގެން އިނެވެ، އަނެއްކާ މާން ވީ ކޮންތާކުބާވައެވެ؟ ކޮން ޙާލެއްގައި ބާވައެވެ؟ ރާޔާ ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. ގަޑިއަށްވެސް ބެލެނީއެވެ. މޭގައި އަތްއަޅައިގެން އިރުކޮޅުކޮޅުން ދޮރާއި ދިމާއަށްވެސް ބެލެއެވެ.

” އަހަންނަށް ކީއްވެތަ މާންއަށް އިންތިޒާރު މިކުރެވެނީ؟ މާން އަހަރެން ކައިރިއަށް އަންނާނެތަ؟ ” ލަސްފިޔަވަޅުތަކެއްގައި ގޮސް މައިދޮރުގެ ތަޅަށް ޖަހާފައިވާ ތަޅުދަނޑި އަނބުރާލިއެވެ. އަދި ދޮރު ހުޅުވާލިއެވެ. ދޮރުކަނީގައި ލައްވެލައިގެން އޭނާ ހުއްޓެވެ. ދޮރާއްޓާއި ދިމާއަށް ބަލާށެވެ. ހީވަނީ ދެންމެ ދެންމެ ދޮރާށި ހުޅުވާލުމަށްފަހު މާން އަތުވެދާނެ ހެންނެވެ. ފާރުގައި ހަރުކޮށްފައިވާ ގަޑިއަށް ބަލާލި އިރު އެކެއް ޖަހައިފިއެވެ. އަދިވެސް ހުރެވެނީއެވެ.

ރާޔާއަށް ތެޅިގަނެވުނީ ވަރަށް ބާރަށް ދޮރާށި ހުޅުވި އަޑަށެވެ. ދުވަމުން ދުވަމުން މާނިޝް އާދެއެވެ. ރާޔާއަށް ގަނޑުވެވުނެވެ. އޭނާ އައި ބާރު މިނުގައި  ރާޔާގެ ކުރިމައްޗަށް ހުއްޓުނެވެ. ރާޔާގެ ލޮލަށް ބަލާލަމުން އަތުގައި ހިފައި ގެއަށް ވަދެ ދޮރު ތަޅުލިއެވެ. ހަކަތަ ހުސްވެފައިވާ މީހެއްފަދައިން ރާޔާ ހުރީ މާނިޝްއަށް ބަލާށެވެ. މާނިޝްގެ މޫނުމަތިން ހާސްކަން ވެރިވެފައި ހުއްޓެވެ. ބޮލުން ރޭގޮނގެއް ފައިބައިފައި ހުއްޓެވެ. މީހާ ވަނީ ވަރުބަލިވެފައެވެ. ލައިން ހުރި ޓީޝާޓްގެ އެކި ތަންތަން ހުރީ ވީދިފައެވެ. މާނިޝް ހަމަޖެހިލުމަށްފަހު ރާޔާއަށް ބަލާލިއެވެ. ރާޔާގެ ލޮލުން ކަރުނަ ފައިބާ ނުފައިބާ ވަރުވެފައި ހުރިތަން މާނިޝް ދުއްޓެވެ.  އޭނާ ދެއަތުން ރާޔާގެ މޫނުގައި ހިފަހައްޓާލިއެވެ. ރާޔާގެ ލޮލުތެރެއަށް ޖަމާކޮއްފައި ހުރި ކަރުނަތައް އޮހޮރިގަތެވެ. ކުރިމަތީގައި އެހުރީ އެތައް ދުވަހެއް ވަންދެން ދުށުމަށް އެދި އެދި ހުރި އެންމެ ލޯބިވާ ސޫރައެވެ. އެ ބީހިލުމަށް އެ އުފާތަކަށް އެ އެދި އެދި ހުރި ލޯތްބެވެ. ރާޔާ ބޭނުންވީ މާނިޝްގެ ހަށިގަނޑުތެރެއަށް ވަދެ ގެއްލިފައިވާ ހިމާޔަތް ހޯދުމަށެވެ. އޭނާގެ ދެލޮލުން އެވަރަށް އެދޭކަން މާނިޝްއަށް ހާމަވިއެވެ.

މާނިޝް ރާޔާ ގޮވައިގެން ކޮޓަރިއަށް ވަނެވެ. އަދި މަޑުމަޑުން ބައްދާލިއެވެ.

” ކިހިނެތް އެނގުނީ؟ ” މާނިޝް އަހާލިއެވެ. ރާޔާ ލޯމަރާލައިގެން އޮތެވެ.

” އަހަރެންގެ ނިދިވަނީ އަހަރެން ދޫކޮށް ގޮސް…. އެކަމަކު އެއްރޭވެސް އަހަރެން ޓީވީ ބަލާކަށް ނުނިކުންނަން.. ނޭނގެ…….. ކީއްވެ ކަމެއް ނޭނގެ މިރޭ ޓީވީ ހުޅުވާލާ ހިތްވީ.. ޚަބަރުކިޔާތީ އެނގުނީ………..”

” ދެން ކިހިނެތް އިނގުނީ އަހަރެން ރެއިން ކައިރިއަށް އަންނާނެކަމެއް………..” މާނިޝް އަދިވެސް ރާޔާގެ ގައިން ދޫކޮއްނުލައެވެ.

” ނޭނގެ… އަންނާނެ ކަމެއް ނޭނގެ.. އެކަމު އަންނާނެ ކަމަށް އުއްމީދު ކުރެވުނު.. އެހެންވެ އެތާ ހުރެވުނީ…………” ރާޔާގެ ޖުމުލަތަކުން މާނިޝްގެ ހިތަށް މިފަހަރު ތަދުވިކަހަލައެވެ.މާނިޝް ރާޔާ ގައިން ދޫކޮއްލުމެއް ނެތި އެނދާއި ކައިރިވިއެވެ. ނިދާފައި ތިބި ތިން ކުދިންނަށް ބަލާލެވުނެވެ. ރާޔާ ރޮވިފައި ހީލިއެވެ.

” އަހަންނަށް މަޢާފްކުރޭ ރެއިން………” މާނިޝް އަނެއްކާވެސް ބައްދާލީ ރާޔާ ގައިގައެވެ.

މާނިޝް އިނީ އެނދުމަތީ އިށީނދެގެންނެވެ. މާނިޝްގެ މޫނުގައި ހުރި ލޭތައް ކުޑަކުޑަ ކަފަކޮޅަކުން ރާޔާ ސާފުކޮއްދެމުން ދެއެވެ. މާނިޝް އިނީ ރާޔާގެ މޫނަށް ބަލާށެވެ.

” ފެންވަރާލައިގެން އެބަ އަންނަން……..” ލޯބިވެތި ގޮތަކަށް މާނިޝް ބުނެލިއެވެ. ރާޔާ ހީލަމުން ބޯޖަހާލިއެވެ.

ރާޔާ އެނދުމަތީ އިންދާ ކުޑަވަގުތު ކޮޅެއްގެ ތެރޭގައި މާނިޝް ފާޚާނާއިން ނުކުތެވެ. ރާޔާއަށް ކޮޅަށް ތެދުވެވުނެވެ. މާނިޝްގެ ރީތި ހަށިގަނޑު ދުވަސްތަކަކަށްފަހު ފެނުމުން އޭނާއަށް ބޭއިޚްތިޔާރުގައި ފުރަގަސްދެވުނެވެ. މާނިޝް އައިސް ފުރަގަހުން ބައްދާލިއެވެ.

” މާން ފެނުމުން އަހަރެން ބޭނުންވީ ހިތްހަމަޖެހެންދެން ރޯލަން.. އެކަމު ހިތައް ލިބުނު އުފަލަކުން ރޯންވެސް ހަނދާންނެތުން….” ރާޔާ މަޑުމަޑުން ބުނެލިއެވެ. މާނިޝް ރާޔާގެ އަތްތިލައިން ފެށިގެން އަތްލަމުންދެއެވެ. ރާޔާ މަޑުމަޑުން ތެޅިލިއެވެ. މާނިޝްގެ އިނގިލިތައް ރާޔާގެ ތުނިތުނި ކަނދުރާގައި ޖެހުމުން ރާޔާއަށް އެނބުރި ބައްދައި ގަނެވުނެވެ. އަދި މާނިޝްގެ ގައިގައި ފިރުމަމުން ބޮސްދޭން ފެށިއެވެ.

**********************

ފަތިހު ހަތަރެއް ޖެހުމާއި އެކު ގޭ ދޮރުގައި ވަރަށް ބާރަށް ތަޅަން ފެށިއެވެ. މާނިޝްގެ މޭގައި ބޯއަޅާލައިގެން އޮތް ރާޔާއަށް ތެޅިގަނެވުނެވެ. މާނީޝްވެސް އަވަސް އަވަހަށް ތެދުވިއެވެ،

” އެ އައީ މާން ބަލާތަ؟ ” ރާޔާ ރޮވިފައި ސުވާލު ކުރިއެވެ. މާނިޝް ބޯޖަހާލިއެވެ. އަދި ރާޔާގެ މޫނުގައި ހިފަހައްޓާލަމުން ބުނެލިއެވެ.

” އަހަރެން ނުދާނަން……… ” ރާޔާގެ ދެލޯ ބޮޑުވިއެވެ. އޭރުވެސް މެދުކެނޑުމެއްނެތި ދޮރުގައި ތަޅާ އަޑު އިވެއެވެ.

އައިންތުއަށް ހޭލެވުމާއި އެކު އޭނާ ސިޓިންގ ރޫމަށް ނުކުތެވެ.

” ކާކު؟ ” ވަރަށް ބާރަށް އައިންތު ގޮވާލިއެވެ.

” ޕޮލިސް… ” އެކޮޅުން އިވުނު އަޑުން އައިންތު ބިރުގަތެވެ. ދުވެފައި ގޮސް ރާޔާގެ ކޮޓަރި ދޮރުގައި ޓަކިޖެހިއެވެ. ރާޔާ ބަލާލީ ދަރިންކޮޅަށެވެ.

” އެކުދިން ހޭލަފާނެ… އޭރުން އެ މަންޒަރު ފެނުން ރަނގަޅެއްނުވާނެ……..” ރާޔާ ގިސްލަމުން ބުނަމުންދިޔައެވެ. ރާޔާ އަވަސް އަވަހަށް ގޮސް ދޮރު ހުޅުވިއެވެ.

” ދޮންތާ ޕޮލިސް..؟  ކިހިނެތްވީ؟ ދޮންތަ ރޮނީ”  އައިންތު ރާޔާގެ ދެއަތުގައި ހިފިއެވެ. ކޮޓަރި ތެރެއިން ނުކުތް މާނިޝް ފެނި އައިންތު ސިހުނެވެ.

” އައިންތު ގޮސް ދޮރުހުޅުވާ… ” މާނިޝް އެދުނެވެ.

އައިންތު ފަހަތަށް ފަހަތަށް ގޮސް ދޮރު ހުޅުވިއެވެ. ތިން ފުލުހުން އެއްފަހަރާ ގޭތެރެއަށް ވަނެވެ، އަދި ސިޓިން ރޫމުގައި ހުރި މާނިޝްގެ އަތުގައި ބިޑި އަޅުވަން އައުމުން މާނިޝް ބުންޏެވެ.

” ކުޑަ ވަގުތު ކޮޅެއްދެއްވާ” ފޕލިސް މާނިޝްގެ ފަހަތުން ކޮޓަރިއަށް ވަނެވެ. އައިންތު ހުރީ ރޮއިރޮއި ހުރި ރާޔާގެ ގައިގައި ހިފަހައްޓާލައިންނެވެ.

މާނިޝް ކޮޓަރިއަށްވަދެ ނިދާފައި ތިބި ތިން ކުދިންނަށް ބަލާލިއެވެ. އަދި އެކުދިންގެ ކޮލަށް ބޮސްދިނެވެ. ހިނގައިގަތުމަށްފަހު ހުއްޓުނެވެ. އަދި މޭޒުމަތީގައި އޮތް ފޮތް ނެގިއެވެ.

ސިޓިންގ ރޫމަށް ނުކުތުމަށްފަހު ރާޔާގެ އަތުގައި ހިފާލުމަށްފަހު މުށުތެރެއަށް ކަރުދާސްކޮޅެއް ލިއެވެ. އެވަގުތު އޭނާގެ އަތުގައި ބިޑި އަޅުވައިގެން ދެއަތް ފުރަގަހަށް ލައްވައިގެން ފުލުހުން މާނިޝް ގެންދިޔައެވެ. ރާޔާއަށް ތިރި ވެވުނެވެ. އަދި އަތުގައި އޮތް ކަރުދާސްކޮޅު ބަލާލިއެވެ.

” އިންތިޒާރު ކުރުން އެދެމޭ ލޯބިވާ…” ރާޔާ އެ ކިޔާލުމަށްފަހު މެޔާލާ ބޮނޑިކޮއްލެވުނެވެ. ( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Salaa

Level 210 Stories100 Comments

my facebook page: https://www.facebook.com/pages/Stories-by-Salaa-Xifah-Angel/157114861119810

Other Articles

Previous

ހަތިޔާރު (ހަތްވަނަބައިގެ 1)

Next

ޔަޝްމީ 3

Next
February 6, 2014

ޔަޝްމީ 3

Previews
February 4, 2014

ހަތިޔާރު (ހަތްވަނަބައިގެ 1)

14 Comments!

  1. na says:
    February 6, 2014 at 9:19 am

    neyge bunaane enchen ves mi story aharenge life v bodah gulhey mi hama heevane mi story ga ulheny ves na hen heevane….v sad…and thanks salaa mi kahala story eh genes dheythi….

    1. Salaa says:
      February 6, 2014 at 5:11 pm

      im sorry na… na dherakohllevunyma v dhera vejje .. miee ehves meehegge life ah base kohfa liyefa in vahaka eh nun.. bt iththifaagun na ge life aai gulhuny.. bunelan beynumee Raaya fadha hiyvaru gadha kujjakah vaashey… thanx dear

    2. na says:
      February 6, 2014 at 5:56 pm

      ya iraadhakurevihaya vaanan thanks

  2. lady gaagaa says:
    February 6, 2014 at 9:34 am

    awww vrh touching mi bai ves vrh reathi
    next part ah vrh wait kure vey

    1. Salaa says:
      February 6, 2014 at 5:13 pm

      ekkala gaagaa… thy alhe konkahala majaa nameh tha ? hehe thankx ingey.. wait kuraane kameh neh.. miulheny upload kohlan 🙂

  3. shaf says:
    February 6, 2014 at 11:14 am

    vvvvvvvvvvvvvvvvvvv salhi mi partvx

    1. Salaa says:
      February 6, 2014 at 5:14 pm

      vvvvvvvvvvvvvvvvvvvvvvvvvvvvvvvvv thanks shaf

  4. laalaa says:
    February 6, 2014 at 12:40 pm

    vrh salhi..kn irakun aneh part genes dhenyyyy …

    1. Salaa says:
      February 6, 2014 at 5:15 pm

      thankx… miulheny publish kuran.. thank u laalaa..:)

  5. Ayya says:
    February 6, 2014 at 12:51 pm

    Awesome..

    1. Salaa says:
      February 6, 2014 at 5:16 pm

      thanx ayya… 🙂 next part ves kiyahchey..

  6. qwerty says:
    February 6, 2014 at 1:15 pm

    Why always girls are reading stories? Comment evves nufeney boys egge. :/ Mibaives hama SALHI!!!

  7. Salaa says:
    February 6, 2014 at 5:19 pm

    thank u qwerty… hehe girls nikan act kuraane real life ga.. hehehehhe. ehenve drama balaa vahaka kiyaa film belymanu dhasvaany..heheh aslu boys ves v ginain hama vaahaka kiyaa.. nd vaahaka kiyaa hurihaa kudhin comnteh ves nukure ehnu.. Qwerty thy anekkaa girl ehtha? rulhi naan nahchey act kuraaney bunyma hehehe…

  8. someone says:
    August 30, 2014 at 11:25 am

    haadha dhera ey dhw

Comments are closed.

Next Episodeއިންތިޒާރު ކުރުން އެދެމޭ ލޯބިވާ 11ވަނަބައި←


All Right Reserved!