Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ވީރާނާ (7 ވަނަ ބައި)

Dolly
February 3, 2014
4 Mins Read
13 Comments

ޝެހެނާއަށް ހޭވަރިކަންވީއިރު އޭނާ އޮތީ ހޮސްޕިޓަލުގައެވެ. އޭރު އޭނަ ވަށައިގެން ޑޮކްޓަރުންނާއި ނަރުހުން ހަރަކާތްތެރިވަމުންދާ މަންޒަރު އޭނާއަށް ފެނުނެވެ. ޝެހެނާ ހޭއެރުމާއެކު ޑޮކްޓަރ ހިނިތުންވެލަމުން ޝެހެނާގެ އެހީތެރިޔާއަށް ގޮވާލުމަށް ނަރުސްކުއްޖާކައިރީ ބުނެލިއަޑު އިވުނެވެ. އެވަގުތު ރާހިލް އެތެރެއަށްވަނުމާއެކު ޑޮކްޓަރ ރާހިލްއާ ސަލާމްކޮށްލުމަށްފަހު މަރުހާބާކިޔުމަށްފަހު ޝެހެނާ ބަނޑުބޮޑުކަމަށް ބުނެލިއެވެ. ރާހިލް އަށް ވީ އުފަލުން ދަތްކޮޅު އަތަށްލުމަށްފަހު ޑޮކްޓަރަށް ޝުކުރުއަދާކޮށްލިއެވެ. އަދި  ދެވަނަ ސިކުންތުގައި ޝެހެނާއާ ދިމާއަށް ބަލާލުމުން ޝެހެނާއޮތީ ވާނުވާ ނޭނގިފަހެން ހީވިއެވެ. ޝެހެނާ ހަދާންކުރަންފެށިއެވެ. އޭނާ މިތަނަށް އައީ ކިހިނެތް ވެގެންހެއްޔެވެ. އެހިނދު  އޭނާގެ ލޯމައްޗަށް އަލީނާ ގެންދާ މަންޒަރު ސިފަވެގެންދިޔައެވެ. އަދި އެވަގުތު އޭނާ ފެންކަޅިވާންފެށިއެވެ. ނަމަވެސް މިހާރު ފިނޑިވެ ރޯކަށް އޭނަ ނެތީމެވެ. އޭނަ ޒުހައިރުއާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅަން އެހުރީ ތައްޔާރަށެވެ.

“ޝެހެނާގެ ބަނޑަށް އަދި ވީ އެންމެ މަހެއް. މިދުވަސްކޮޅަކީ ވަރަށް ވިސްނާގެން އުޅެންވާނެ ދުވަސްކޮޅެއް. ޝެހެނާއަށް ރަނގަޅަށް ކާންދީ އޭނަ އަބަދުވެސް އުފަލުގަ ބަހައްޓާތި. ބަލާބެލުމަށް ހީވަނީ އޭނަ ހޭނެތުނީ ކޮންމެސްކަމަކާ ވަރަށް ބޮޑަށް ހިތާމަކޮށްކޮށް ހިތަށް އަސަރުކޮށްގެންހެން.” ރާހިލް ޑޮކްޓަރަށްވަނީ ހަގީގަތް އޮޅުވާލާފައެވެ. ޝެހެނާ ހޭނެތުމުން ވަގުތުން ނަގައިގަނެގެން ހޮސްޕިޓަލަށް ގޮސް އޭނާ ޑޮކްޓަރ ކައިރީ ބުނެފައިވަނީ ހަމަހުރެފައި ވީގޮތެއް ނޭނގި ޝެހެނާ ވެއްޓުނީކަމަށެވެ. ޑޮކްޓަރގެ ވާހަކަތަކަށް ސަމާލުވެގެން އޮތް ޝެހެނާއަށް އޭނާ ދެވަނަ ކުއްޖަކަށް ބަލިވެ އިންވާހަކަ އަޑުއިވުމުން އުފާވިއެވެ. އަދި ދެވަނަ ދަރިފުޅަށްޓަކައި ހިތްވަރުކުރުމަށް އަޒުމުކަނޑައެޅިއެވެ.

އިނގުރައިދޫ އަތިރިމަތީގައި ހުރި ހޮޅު އަށްޓެއްގައި އޮށޯވެލައިގެން އޮތް ރާހިލްގެ މޫނުމަތިން ފިކުރުބޮޑުވެފައި ހުރިކަން ފާހަގަވާން ހުއްޓެވެ. އަލީނާގެ މައްސަލަ އުނގުފާރު މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިގެން އުޅޭތާ 06 މަސްވީއިރުވެސް ކޯޓުން ވަކިގޮތަކަށް އެމައްސަލަ ނުނިންމައި އެހާދުވަސްވާތީ ޝެހެނާގެ ނަފްރަތު އަމާޒުވަނީ ރާހިލްއަށެވެ. ޝެހެނާ އަބަދު ހުންނަނީ ރާހިލް ދެކެ ރުޅިއައިސްފައެވެ. ރާހިލް ލޯބިން ޝެހެނާގެ ގައިގާ އަތްލިޔަސް ޝެހެނާ ރާހިލްގެ އަތް ފޮޅުވާލުމަށްފަހު ރުޅިއައިސްގެން ހިނގާދާނެއެވެ.

ޝެހެނާ ގޭތެރޭގެ އެއްވެސް މަސައްކަތެއް ކުރާ ހިތެއް ނުވެއެވެ. ރާހިލް އޭނައަށް ކިތަންމެ ރަނގަޅަސް އެކަން ބަލައިގަންނާކަށް އޭނާ މިހާރު ބޭނުމެއް ނުވެއެވެ. ޝެހެނާ ގަބޫލު ކުރާގޮތުގައި އަލީނާ އޭނާއަށް ގެއްލިގެން ދިޔައީ ރާހިލްގެ ސަބަބުންނެވެ. އޭނާ ރާހިލްގެ ބަހަށް ހެއްލި އަލީނާ ނުފޮނުވުނު ނަމައެވެ. މިހާރު ޝެހެނާގެ ބަނޑުވެސް ވަނީ ފުދޭވަރަކަށް ބޮޑުވެފައެވެ. ވިހަންވާއިރަށް މަންމަމެން ކައިރިއަށް ރަށަށް ބަދަލުވާންވީއޭ ޝެހެނާގެ ހިތަށް އަރަމުންދިޔައެވެ.

ރާހީލް ބޭރުގަ އުޅެއުޅެފަ ގެއަށް އައިސް ވަންއިރު ފެނުނު މަންޒަރަކުން ދެލޯބޮޑުވިއެވެ.

“ކޮންތާކަށް ދާން ފޮއްޓަށް އެއްޗެހި އަޅަނީ ތި؟؟” ހައިރާންކަމާއެކު ރާހިލްއަށް އަހާލެވުނެވެ. އޭރު ޝެހެނާގެ ހުރިހާ ހެދުމެއްކަހަލަ ގޮތަކަށް ފޮއްޓަށް އަޅާ ނިމިއްޖެއެވެ.

“ރަށަށް ދާން މި އުޅެނީ” ޝެހެނާ ރުންކުރުކޮށް ޖެހިގަންނަ ފާޑަކަށް ބުނެލިއެވެ. އެވަގުތު ރާހިލްގެ ގާތަށް ރުޅިއަންނަން ފެށިއެވެ. އޭނަގެ އަންހެނުން ތަނަކަށް ދާން ނިންމާއިރު އޭނަގެ ކައިރީ ބުނެލުމެއްވެސް ނެތީހެއްޔެވެ.  ރާހިލް ޝެހެނާގެ އަތުގައި ހިފައި ލުއްކެއްޖަހާފައި އޭނަގެ ކައިރިއަށް ދަމާލުމުން އެ ބޮޑުބަނޑާއެކު ލުއިފަތެއްހެން ޝެހެނާގޮސް ތައްވީ ރާހިލްގެ މޭމަތީގައެވެ. އެވަގުތު ޝެހެނާގެ ބަނޑަށް ކުޑަކޮށް ތަދުވެސްވިއެވެ. ޝެހެނާ ރާހިލްގެ އަތުން ސަލާމަތްވާން ތެޅިގަތެވެ. އޭރު ނުރައްކާތެރި ދަރަޖައަކަށް ރުޅިއައިސްގެން ރާހިލް ޝެހެނާގެ މޫނަށް ބަލަންހުއްޓެވެ.

“އަހަރެންގެ އަމިއްލަ ދަރިއެއް ތިޔަ ބަނޑުގައި އޮތީތީ މިއޮއް ހުރިހާ ދުވަހު މަ މަޑުން މިހުރީ. މާފާޑުފާޑަށް ގަދަ ހަދަންޏާ ދުވަސްނުފުރެނީސް ވިހަންޖެހިދާނެ.” ރާހިލްގެ އެ ވިހަގަދަ ބަހުން ޝެހެނާ ބިރުން ރޫރޫ އަޅާގަތެވެ. ރާހިލްގެ މި ރުޅިގަނޑަކީ އޭނާއަށް ތަންކޮޅެއް ކުރިންވެސް ފެނިފަ ހުރިއެއްޗެކެވެ. ޝެހެނާ ހަތިޔާރު ބެހެއްޓިއެވެ. ކޮންމެ ގޮތެއްވިޔަސް އަލީނާ ގެއްލުނުގޮތަށް އޭނާގެ ދެވަނަ ދަރިފުޅު ގެއްލޭކަށް އޭނާ ނޭދެއެވެ. ރާހިލް ޝެހެނާގެ ކޮލުގައި  ހިފައި ޝެހެނާގެ ލޮލުން  ފެންއަންނަވަރަށް ބާރަށް ކޮލަށް ފިތާލިއެވެ.

“ހަނދާންކުރާތި. މި ރަށުން ފައިބާގެން ރަސްމާދޫއަށް ގޮއްސިނަމަ ތިއީ މަގޭ އަތްބެއް ނޫން” ރާހިލްގެ ޝެހެނާގެ ކޮލަށް ފިތަމުން އެހެންބުނުމަށްފަހު އެނދާދިމާއަށް ޝެހެނާ ހޫރާލުމަށްފަހު ކޮޓަރިން ނިކުމެގެންދިޔައެވެ. ޝެހެނާ ފަހަތަށްވާގޮތަށް ބާލިސްތައްމައްޗަށް ވެއްޓުނުކަން އެއީ ޝެހެނާގެ ނަސީބެވެ. ޝެހެނާއަށް ރޮއިގަނެވުނެވެ. އެއާ އެއްކޮށް ރުޅިވެސް އާދެވުނެވެ. މި ފިރިހެނުންނަށް ހީވަނީ އަންހެނުންނަކީ އެ މީހުން ބޭނުންހާ ގޮތެއް ހެދުމަށްތިބި ކުޅޭކުޅޭ ބައެއް ކަމަށް ހެއްޔެވެ. ޝެހެނާ ގޮތްހުސްވެފައި އޮތް މީހެއްފަދައިން ބާލީހުގައި ބައްދާލައިގެން އަޑުންއަޑު ނަގައި ރޮމުންދިޔައިރު އެ ކޮޓަރީގެ ހަތަރުގަނޑު ފާރު ފިޔަވައި އެއަޑު އަހާނޭ މީހެއް އެތާކު ނެތެވެ. އޭނާ މިހާލުގައި ވިހައިގެން އޭނާއަށް ކެތްކުރެވޭނެ ބާއެވެ.

ދަންވަރުގެ ވަގުތެވެ. ޝެހެނާ ލޯހުޅުވާލުމަށްފަހު ކައިރީގައި އޮތް ރާހިލް އޮތީ ނިދާފަތޯ ޔަގީންކޮށްލިއެވެ. އެއަށްފަހު ވަގުވަގަށް އަލަމާރިތެރޭގައި އޮތް ހެދުންކޮތަޅެއް ހިފައިގެން މަޑުމަޑުން ގެއިން ނިކުމެއްޖެއެވެ.  ރެއަކީ ރީތި ހަނދުވަރެއް ދޭ ރެއެއްކަމުން މަގުތަށްމަތިވަނީ ހަނދުވަރުގެ އަލިން ދިއްލިފައެވެ. ގެއިން ނިކުމެވުމާއެކު ޝެހެނާގެ ހިނގުން ބާރުކޮށްލިއެވެ.  ރަށުތެރެ ހަމަހިމޭންކަމުން މުޅިރަށް އެއްކޮށް ނިދާފައި އޮތްކަހަލައެވެ. ބައެއް މަގުތަކުން ރަފީޤު ފަނި ގޮވާ އަޑު އިވުނު ނަމަވެސް މުޅި ހިސާބުގަނޑުވަނީ އެއްކޮށް ހަމަ ހިމޭންވެފައެވެ.  ޝެހެނާއަކީ ރަށުގައި އުޅުނުއިރުވެސް އެކަނި  ރޭގަނޑަށް ގިފިއްޔަށް ގޮސް އުޅޭކުއްޖެއްކަމުން ބިރުވެރިކަމެއް ހިތުގައި ނެތަސް ބޮޑުބަނޑަކާއެކު އެކަހަލަ ވަގުތެއްގައި އެކަނި މަގުމަތީގައި ހިނގަމުންދިޔައިރު ކޮންމެސްވަރަކަށް ޖެހިލުންވެސްވިއެވެ. އޭނާ ހިނގަމުންގޮސް ވަކިހިސާބަކުން ހުއްޓި މަގުގެ ދެފަރާތަށް ބަލާލިއެވެ. ފަހަރެއްގައި ރާހިލް އޭނާ ފަހަތުން އައިސްދާނެކަމަށް އޭނާ ޖެހިލުންވެއެވެ. އަދި މީހެއްގެ ހިލަމެއް ނުވާކަން ޔަގީންވުމުން ކުރިމަތީގައި ހުރި ގޭގެ ދޮރުގައި ޓަކި ޖަހާލިއެވެ.

“އަހަނ..އެކޮއި އައީތަ..” ދޮރުހުޅުވާލުމަށްފަހު އެތެރެއިން އައިސާދީ ބޯދިއްކޮށްލުމަށްފަހު ޝެހެނާ ފެނުމުން އަހާލިއެވެ. އަދި އެއަށްފަހު އަލިކެޔޮޅަށް ގޮވާލިއެވެ. ޝެހެނާ ރަށަށް ދާން ބޭނުންވާތީ، އައިސާދީ ކައިރީ ޝެހެނާގެ ހާލަތު ކިޔައިދީ ރާހިލްއަށް ވަގަށް އަލިކެޔޮޅު ދޯނީގައި ރަށަށް ދެވޭނެގޮތް ހަދައިދިނުމަށް އެދޭތާ މިހާރު ދެތިންދުވަސްވެދާނެއެވެ. ޝެހެނާ އާދޭސްކުރާވަރުން އައިސާދީ އެވާހަކަ އަލިކެޔޮޅާ ހިއްސާކޮށް ދަންވަރު ގަޑީގައި ފުރާގޮތަށް ހަމަޖެހުމުން ޝެހެނާ އެގެއަށް އެއައީ އައިސާމަނިކެ ބުނިފަދައިން ހެދުންކޮޅު ހިފައިގެންނެވެ.

މާގިނައިރުތަކެއްނުވެ ޝެހެނާ އާއި އައިސާމަނިކެ އަލިކެޔޮޅުގެ ދޯންޏަށް އަރާފިއެވެ. ދޯނި އިނގުރައިދޫ ފަޅުން ބޭރުވުމާއެކު ޝެހެނާއަށް ފުންނޭވާއެއް ލެވުނެވެ. އޭނާގެ ހަނދާނަށް އަންނަންފެށީ ރާހިލް އޭނާއަށް އަނިޔާކުރަމުން ބުނި ޖުމްލައެވެ.  “ހަނދާންކުރާތި. މި ރަށުން ފައިބާގެން ރަސްމާދޫއަށް ގޮއްސިނަމަ ތިއީ މަގޭ އަތްބެއް ނޫން” ރާހިލް ބުނިފަދައިން އޭނާ އެބަސް ހަނދާން އެބަހުއްޓެވެ. ޝެހެނާއަށް ވަރިހަމައެވެ. ކޮންމެގޮތެއް ވިޔަސް އޭނާ އެހާލުގައި އެކަނިމާއެކަނި ނޫޅެވޭނެއެވެ. ރާހިލްދެކެ ފޫހިވެފައި ހުއްޓާ ރާހިލް އެގޮތަށް އޭނާއަށް އިންޒާރު ދިނުމުން ޝެހެނާގެ ހިތުގައި ރާހިލްއަށް އޮތް ފޫހިކަން އިތުރުވިއެވެ. އޭނާއަށް މައެއްގެ އެހީތެރިކަން ބޭނުމެވެ. އެވަގުތު އޭނާ އައިސާމަނިކެމަތިން ހަނދާވިއެވެ. އަލީނާއަށް ބަލިވެ އިންއިރު އައިސާމަނިކެ ޝެހެނާ އަށް އަޅާލި ދުވަސްތައް ހަނދާންވުމުން އޭނާއަށް ރޮވުނެވެ. ރާޝިދުގެ ބައްޕަ އަށް ޝެހެނާ ކިތަންމެ ނަފްރަތުކުރިޔަސް އައިސާމަނިކެ ދެކެ އޭނާ ވަރަށް ލޯބިވެއެވެ. ކޯޓު މައްސަލާގައިވެސް އައިސާމަނިކެ ހުރީ ޝެހެނާއަށް ދަރިފުޅު ދޫކޮށްލައިގެންނެވެ. އެކަމަކު  ޒުހައިރުގެ ނުފޫޒުގަދަކަމުން އެގޮތަށް އެ މައްސަލަ ކޯޓުން އެ އޮތީ ނުނިމިފައެވެ. ޝެހެނާއަށް އަލީނާ ލިބޭނީ ކޮންދުވަހަކުންކަމެއްވެސް ނޭނގެއެވެ. ޝެހެނާއަށް ރޮވެންފެށުނެވެ.

“އެކޮއި ދެން ނުރޮއި.. މިހާރު މި އޮތީ ރަށަށްވެސް ލެފިފާ..ހިތްވަރުކުރަންވާނެ. ދެން ދައިތަމެން ދަނީ. ހިތްހެޔޮކުރާތި” ދޯނި ރަސްމާދޫ ފާލަންކޮޅުގެ ތުނޑިއަށް ބީއްސާލައި، ޝެހެނާ ބޭލުމަށްފަހު އައިސާނިކެ އާއި އަލިކެޔޮޅު ޝެހެނާއާއި ވަދާއީ ސަލާމްކުރުމަށްފަހު ރަށަށް ދާން ފުރިއެވެ.

ނިދާފައި އޮތްކަމަނަގެ ދެފައިކޮޅު މައްޗަށް ޖެހުނީ ގޭގެ ދޮރުގައި މީހަކު ބާރަށް ތަޅާ އަޑަށެވެ. އޭނާ ކަންނެތްކަމާއެކު ދެލޯ ހުޅުވަމުން އައިސް ދޮރުހުޅުވާލިއިރު ކުރިމަތީގައި ޝެހެނާ ހުއްޓާ ފެނުމުން ވަގުތުން ނިދިފިލިއެވެ.

“ޝެހެނާ!!” ހައިރާންވެގެން ކަމަނައަށް ގޮވާލެވުނެވެ. އެއާއެކު އިވުނީ ފަތިސްނަމާދުގެ ބަންގީގެ އަޑެވެ. ޝެހެނާއަށް އޭނަގެ މަންމަ ކައިރިއަށް އެހާލުގައި އެގަޑީގައި އަންނަންޖެހުމުން ލަދުގަތްނަމަވެސް ވެފައި ހުރި ދެރައިންނާއި މަންމަގެ އެހީތެރިކަމަށް ބޭނުންވެފައި ހުރިލެއް ބޮޑުކަމުން ރޮމުން ކަމަނަގެ ގައިގާ އޮޅުލާގަނެވުނެވެ. ކަމަނަ ޝެހެނާގެ ކޮނޑުގައި ހިފައި ގޭތެރެއަށް ވައްދައި ވީކީއްތޯ އަހަންފެށިއެވެ. އޭރު އަޑުގަދެވެގެން މެހެނާއަށާއި ހަސަނަށްވެސް ހޭލެވިގެން އެދިމާއަށް އައެވެ. ޝެހެނާ ކަމުގެ ހަގީގަތް މަންމަމެންނަށް ކިޔައިދޭން ބޭނުންވިޔަސް ކިޔައިދޭނެ ގޮތެއް ނޭނގުނެވެ.  އޭނަގެ މަންމަމެން ކައިރީ ބުނީ ވިހަންވެގެން ރާހިލް ކައިރިން ވަރިވެގެން ރަށަށް އައީ ކަމަށެވެ. އެވަގުތު ކަމަނަގެ އަތުގެ ހޫނު އެތިފަހަރެއް ޝެހެނާގެ ކަންކަށިމައްޗަށް އަރައިގެން ދިޔައެވެ.

(ނުނިމޭ)

7
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Dolly

Other Articles

Previous

މަންމަގެ ޑައިރީ 13 ވަނަ ބައި ( ޕްރޮޕޯސް )

Next

ވީރާނާ (8 ވަނަ ބައި)

Next
February 3, 2014

ވީރާނާ (8 ވަނަ ބައި)

Previews
February 3, 2014

މަންމަގެ ޑައިރީ 13 ވަނަ ބައި ( ޕްރޮޕޯސް )

13 Comments

  1. xai says:
    February 3, 2014 at 4:24 pm

    kamanaeeeeeeeeeeeeeee…..haada hadi nantake…..plx plx you can a story better than this………ehen vaahakaeh fathaaaaaaaaa

    1. Dolly says:
      February 3, 2014 at 5:23 pm

      Thanks xai. Xai ge comment ufalaaeku balaagannan. As I have mentioned earlier, I am a new writer and this is my first experience. It would be appreciated if you heighlight the things I need to improve. And I am not the type of writer who is going to give up. Thank you 🙂

  2. hhhhhhhhhhhhhhhhhhhhhhhhhhhhhhhhhhh says:
    February 3, 2014 at 4:27 pm

    this is the ugliest story,,,,,,rythi vaane kamh unmeeedukogen ky……….den nukiaanan…..dreamy ah ragalhaka comment mi kuranyy ..anyways thanks for up loading fastly….

  3. Bibbidhooni says:
    February 3, 2014 at 5:45 pm

    Omg… Stop this storyyyy!!!!

  4. some one says:
    February 3, 2014 at 6:51 pm

    I think its a beautiful story with great twists and turns. Cant wait to read next part. . Awesome work i must say since this is ur first story. . .. best of luck!!

    1. Dolly says:
      February 3, 2014 at 9:51 pm

      Thank you So much Some one. Iraadha kurehviyyaa vr avahah anehbaa upkohdheynan..:)

  5. shana says:
    February 3, 2014 at 7:07 pm

    .v v v reethi vaahaka eh mee

    1. shana says:
      February 3, 2014 at 7:09 pm

      :-)!!!!anehbai awahah up kohdhehchey. mibaivx v nice. awsummmm

    2. Dolly says:
      February 3, 2014 at 9:57 pm

      Thanks dear Shana. Iraadha kurehviyyaa next part varah avahah upkohdheynan. Dolly Shaana ashaa someone ah bunelan beynu vane mi story akee Kuree zamaanugaa hingaafa oi real story akah liyaa story akahvefa miee baehge vaahakathakah binaakohgen,liyaa vaahakaeh v ma twist thah ginavedhaane ey.. iraadha kurehviyyaa shauguverivaane kahala gothakah mi vaahaka liye ninmaaleveytho balaanan. adhi mivaahaka kiyaa dhin meehun mi mujuthamau ah dheyn beynun vaa msg fOrukohdheveythO balaanan, Insha Allah . Thank you Both <3 🙂

  6. Min says:
    February 3, 2014 at 7:59 pm

    hhhhhhhhhhhhhhhhhhh not dreamy dolly

  7. lady gaagaa says:
    February 4, 2014 at 2:22 pm

    Dolly r jhahsaala ulhey ba erh ves eba ulhey dhw
    vrh reathi story story reathi v ma kada vefa thibi meehun nagetive comments kurani eh
    poor people :p

  8. Khiyaal says:
    February 5, 2014 at 10:55 am

    Hello! Kujjaa ge bappa masala eh nathiyya gendheveyne dho. Courtakun ves nuhifeyntene kujjaage bappage massala ah natheeya. Akamuga thakolheh hamajehey sababeh liyeh ok.

    1. Dolly says:
      February 5, 2014 at 11:17 am

      Thanks kiyaaal. Dolly ah ingifai oi gothun court ga raashidge bappa ge nufoozun courtun massala nunimi othy..ehenve ebaa vaahakaiga alialhuvaalaafa vaane. Dolly mibai liyamun aiiru ehaa hisaabun e massala aamedhu funkoh alialhuvaanulevunee ehaa muhimmuhen heenuvaathee. Ekam kiyaal thihen buneema ebaa liyevunu namaey hithah araa eba.. iraadha kurehviyya dhen huri baithah liyaairu ekahala baithakah visnaigen liyaanan. Kiyaal ge comment ufalaaeku balaagannan. Thanks dear 🙂

Comments are closed.

All Right Reserved!