Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު ކުރުން އެދެމޭ ލޯބިވާ 11ވަނަބައި

Salaa Level 210 Stories100 Comments
February 6, 2014 6 Mins Read
12 Comments

” އިންތިޒާރު ކުރުން އެދެމޭ ލޯބިވާ…” ރާޔާ އެ ކިޔާލުމަށްފަހު މެޔާލާ ބޮނޑިކޮއްލެވުނެވެ.

***************

ޖެހިގެން އައި ދުވަހު އައިންތު އާއި ރާޔާ ތިބީ ޚަބަރު ބަލާށެވެ. އޭގެ އެއްވެސް ޚަބަރެއް ވޭތޯއެވެ. ދެމީހުންވެސް ތިބީ މާޔޫސްވެފައެވެ.

” ފިލައިގެން ދިޔަ ކުށްވެރިން އަތުލައިގަނެ ނިމިއްޖެ ކަމަށާއި ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ މުއްދަތަށް އައްޑޫ ސިޓީގައި ހުރި ހައި ސެކިޔުރިޓީގެ ޖަލަކަށް ހުރިހާ ޤައިދީން ފޮނުވާލާގޮތަށް ސަރުކާރުން ނިންމައިފި.. ހައި ސެކިޔުރިޓީ ޖަލުން ޕްލޭގްރައުންޑް ފަދަ ތަންތަނަށްވެސް ނުނިކުމެވޭނެ ކަމާއި ސައްވީސް ގަޑިއިރު ތިބެންޖެހޭނީ ގޮޅީގައި ކަމަށް ޖެނެރަލް ޗީފް އަހުމަދު ސާލިހް ދަންނަވާފައިވޭ.. މިފަދަ ޖަލުތަކުގައި ވަރަށް ސްޓްރިކްޓް ވާނެކަމަށާއި އާއިލާއިން ބައްދަލްވެވޭނީ ޤަބޫލުކުރާވަރުގެ ބޮޑު ސަބަބެއް މެދުވެރިވެއްޖެ ޙާލަތެއްގައި ކަމަށްވެސް ސާލިހް ދަންނަވާފައިވޭ..މިހެން ވާންޖެހުނީ ޤައިދީންގެ ސަބަބުން ކަމަށާއި ރޭގެ މާރާމާރީ އާއި ގުޅިގެން ގިނަ ޢަދަދެއްގެ ފުލުހުން މިހާރުވެސް ހޮސްޕިޓަލްތަކުގައި ފަރުވާދެމުން ގެންދާކަމުގައި ޚަބަރުލިބިފައިވޭ..”

ރާޔާ އިނީ ބަސްހުއްޓިފައެވެ. އައިންތުއަށްވެސް ރޮވުނެވެ. މިވަގުތު ރާޔާއަށް ވިސްނައިދިނަސް އެއްވެސް އެއްޗެއް ނުވިސްނޭނެތީ އައިންތު ރާޔާއަށް އަޅައެއް ނުލިއެވެ. އޭނާ މަޑުމަޑުން ތެދުވެގެން ގޮސް މާޝާ ހޭލައިފިތޯ ބަލާލިއެވެ. އަދި މިޝްއަލްމެން ސްކޫލުން އަންނަ ގަޑި ޖެހޭތޯވެސް ބަލާލިއެވެ. އަދި ގަޑި ނުޖެހޭތީ އޭނާ ވަނީ ކޮޓަރިއަށެވެ،  ރިޔާޒްއަށް ގުޅުމަށެވެ.

އައިންތު ނުކުތް އިރު ރާޔާއެއް ނެތެވެ.އަވަސް އަވަހަށް ކޮޓަރިއަށް ވަތް އިރު ރާޔާ އިނީ އެނދުމަތީގައެވެ. ގަބުވެފައެވެ.

” ދޮންތާ…” ދެރަވެލާފައި އައިންތު ގޮވާލިއެވެ.

” އަހަރެން ދިރި ހުންނަންވީތަ؟ ނޫނީ މަރުވާންވީތަ؟ ” ރާޔާ ރޮމުން ރޮމުން އިސްޖެހިއެވެ. އައިންތު ގޮސް ރާޔާ ގާތު އިށީނުމުން އައިންތުގެ އުނގުގައި ރާޔާ ބޯއަޅާލިއެވެ. އަދި ދެފައި ކުރުކޮށްގެން އޮވެ ރޮމުންދިޔައެވެ. އެއަޑަށް ނިދާފައި އޮތް މާޝާ ތެދުވެގެން އައިސް ރާޔާގެ ކުރިމަތީގައި ހުއްޓުނެވެ.

” މަންމާ…. ” މާޝާގެ މޫނުމަތިން ފެންނަނީ އުދާސްކަމެވެ. އައިންތު މާޝާގެ ބޮލުގައި ފިރުމާލިއެވެ. ކްލާސް ނިމިގެން މިޝްއަލްވެސް އައިސް ކޮޓަރިއަށްވަނީ އެވަގުތެވެ.

” ބޭބެ ގޮސްވީ މީޝަމް ބަލާ… ދައްތާ… މަންމަ ބަލީތަ؟ ” ލޯތްބާއި އެކު މިޝްއަލް އެހިއެވެ. އައިންތު އާނ އެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ

ރާޔާ ވަރަށް އުނދަގުލުން ތެދުވިއެވެ.

” ދޮންތަ އަރާމުކޮއްލާ… އަހަރެން މިކުދިންނަށް ކާންދޭން މިދަނީ… ” އައިންތު މިޝްއަލްގެ ޔުނީފޯރމް ބާލައިދެމުން ބުނެލިއެވެ.

***********************

މީޝަމް ގޮވައިގެން ފަޔާ އައިސް ވަނެވެ. އޭނާ ރާޔާ ހޯދާހެން ހީވެގެން އައިންތު ބުނެލިއެވެ

” ވަރަށް ސަކަރާތްވެއްޖެ… ” އައިންތު ހުރިހާ އެއްޗެއް  ފަޔާ އަށް ކިޔައިދިނެވެ.

” އާނ.. އަހަރެންވެސް އެވާހަކަ އަޑުއެހިން.. ވަރަށް އަސަރުކުރާނެކަންވެސް އިނގޭ… ހަތަރު އަހަރޭ ބުންޏަސް މުއްދަތު އިތުރުކުރަމުން އެމީހުން ދާނީ.. އަހަންނަށް ޔަޤީން.. ކޮބާ ރާޔާ؟ ” ފަޔާޒް ހުރީ ރުޅިގަދަވެފައެވެ.

” ދެން ނޭނގެ އެހާ އަވަހަށް ހަމައަކަށް އެޅޭނެ ހެނެއް.. ރިޔާވެސް ނިމޭނެ ދެން ދުވަސް ކޮޅަކުން. ރިޔާ ބުނި ފަޔާ އަށޭ ދެން ދޮންތަ ހަވާލުކުރާނީ.. އެގޮތަށް ހިތާމަކުރަން ދުލެއް ނުކުރެވޭނެޔޭވެސް ބުނި.. ނިމުނަސް ކުޑަދުވަސްކޮޅަކު މަޑުކުރާނަމޭ ބުނީ.. ފަޔާ ވީވަރަކުން ދޮންތައަށް އަޅާލަންވި…” އައިންތު ރޮށި ކޮށަމުން ބުނެލިއެވެ.

” އާނ… އަހަރެން ވަރަށް ވިސްނައިފިން ތިކަމާ…”

***************

ހުކުރު ދުވަހެވެ. ” ދަރިފުޅުމެން ހުކުރަށް ދާނީ ދޮންބެ އައީމައޭ… އެހާ ކުޑައިރު ރަނގަޅުވާނެ ނުދިޔަޔަސް.. މަންމަ ކިހިނެތް ދާނީ އެތަނަށް މިގަޑީގަ ގޮވައިގެންވެސް… ” ރާޔާ ބަދިގޭގައި ހުރެގެން ކިޔަމުންދެއެވެ. މީޝަމް ސޯފާގައި އޮތީ ހީލަހީލައެވެ. މިޝްއަލް ހުކުރަށް ދާހިތުން އުޅޭ އިރު މީޝަމް  ބޭނުންވަނީ ގޭގައި ހުރުމަށެވެ.

” ފަޔާބޭބެއަށް ގުޅާބަލަ މަންމާ… ބޭބެ އަންނާނޭ ބަލާ…” މިޝްއަލް ޅަވެލިއެވެ.

“  ދެން.. އަބަދު ފަޔާ ބޭބެ ފަޔާ ބޭބެ ފަޔާބޭބެ.. އެއީ މިޝްއަލްގެ ބައްޕަތަ ހުރިހާ ކަމެއް ކޮއްދޭން……؟” މިޝްއަލްގެ ދެކޮނޑުގައި ހިފާ ގުދުވެލުމަށްފަހު ވަރަށް ބާރަށް ރާޔާ ބުނެލިއެވެ. މިޝްއަލްއަށް ތުންފިއްތުނެވެ. އެ ދޮން މޫނު ރަތްވެ ފުސްވިއެވެ.ރ ސޯފާގައި އޮތް މީޝަމްއަށްވެސް ތެދުވެވުނެވެ. ރާޔާ އިސްނެގި އިރު ފަޔާޒް ހުރީ ދާދި ގާތުގައެވެ. ހިތްހަމަ ނުޖެހިފައެވެ. ފަޔާޒް ފެނުމާއި އެކު މިޝްއަލް ފަޔާޒްގެ ގައިގައި އޮޅުލައިގަތެވެ. ރާޔާ ފުރަގަސްދިނެވެ.

” މިކުދިންނަށް ތިހިތުގަ ހުރި ޝަކުވާތައް ނީއްވާ..” އަސަރާއި އެކު ފަޔާޒް ބުނެލިއެވެ. އެ ޖުމުލައިން ރާޔާގެ ހިތުގައި ވިރެމުންދާ ނާރުތަކަށް ލޮޅުން އެރިއެވެ. އަދި ފަޔާޒް އާއި ދިމާއަށް ބަލާލެވުނެވެ. ފަޔާޒް އިތުރު އެއްޗެއް ނުބުނެ މިޝްއަލްގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.

” ބޭބޭ މަންމަ ކީއްވެ މިހާރު އެހާ ރުޅިގަދައީ؟ ” ފަޔާޒްގެ އިނގިލީގައި ހިފައިގެން ހުރެ މިޝްއަލް ބުނެލިއެވެ. ފަޔާޒް މިޝްއަލްގެ މޫނާއި ހަމައަށް ގުދުވެލަމުން ލޯތްބާއި އެކު ބުނެލިއެވެ.

” އެއީ….. މަންމަ މިހާރު ކުޑަކޮށް ބަލިވީމަ… ފަހުން އަދި ރަނގަޅުވާނެ،.. ނުވިސްނައްޗޭ.. “

މީޝަމް އައިސް ފަޔާޒްގެ އަތުގައި ހިފިއެވެ.

” ކޮއްކޮވެސް ދާނަން……..”

” އެހެންތަ؟ އެހެންވިއްޔާ މިޔަދު ދާނީ ހިނގާފަ…” ދެކުދިންގެ އަތުގައި ހިފައިގެން ފަޔާޒް ނުކުތެވެ. ސިޓިންގ ރޫމުގައި ހުރި ތަނބާއި ނިވާވެގެން ހުރި ރާޔާ ލޮލުން ކަރުނަ ފޮހެލިއެވެ. އޭނާ ސިހުނީ އައިންތު އައިސް ކޮނޑުގައި އަތްޖައްސާލުމުންނެވެ.

” އެކުދިންނަށް ބައްޕައެއްގެ ލޯބި އެންމެ މުހިއްމު ވަގުތު މީ……..” ރާޔާ ތަނބުގައި ލައްވެލިއެވެ.

” އެނގޭ… ހުރިހާ ކަމެއްވެސް އެނގޭ…. އެކަމަކު ކިހިނެތް އެހެން އެކަން ކުރެވޭނީ؟ އަހަރެންގެ އެހާ ހިތްވަރެއް ނެތް؟ އިނދެގެން އުޅުނީއްސުރެ މިޙާލަށް ކެތްކޮއްކޮށް އަހަރެން މިހުރީ ހަލާކުވެފަ.. އުއްމީދުގެ އަލިކޮޅެއް ފެންނަވަރުވީއިރު މާން އެހުރީ އަހަރެމެންނާ އެތައް މޭލެއް ދުރުގަ……..” ރާޔާ މޭގައި އަތްއަޅާލިއެވެ.

” ދެން؟ އެ ހުރިހާ ދުވަހަކުވެސް ކެތްކުރީ؟ އެކަމު މިހާރު އެނގިއްޖެ އެއްނު ކަންތައް ވާނެ ގޮތް.. ބައްޕަ ހުރިނަމަ މިޔަދު ޖެހުނީސްތަ މިޝްއަލްއާއި ދިމާލަށް އަޑުހަރުކޮށް ވާހަކަދައްކަން؟ ނޫނީ މިސްކިތަށް ގެންގޮސްދޭނެ މީހަކު ނެތިގެން އެކުދިންގެ ހިތް ވިރުވާލަން..  ނޫން ދޮންތާ.. އެކުދިންނަށް ތިހެން ނަހަދާ…. އަހަންނަށް އެނގޭ އުނދަގޫ ވާނެކަން.. އެކަމު އެ މައުސޫމު ކުދިންނަށްޓަކައި… ” އައިންތު އެވާހަކަ ދައްކަމުން ދިޔަވަރަކަށް ރާޔާދަނީ ރޮމުންނެވެ،

” އައިންތު.. ޕްލީޒް.. އެނގޭތަ؟ އެންމެ ފަހުން އެރޭ ދަމުން އަހަރެންގެ މުށުތެރެއަށް ލައިފައިދިޔަ ކަރުދާސްކޮޅުގައި އިންތިޒާރުކުރުމަށް އެދިފައިވޭ.. އަހަރެން މިއީ އެއްވެސް އިރެއްގަ މާން ކުރަން ބުނާ ކަމެއް ނުކޮށް ހުންނާނެ މީހެއްނޫން…….. އަހަރެން މުޅި އުމުރަށްވެސް އިންތިޒާރު ކުރާނަން……..”  ރާޔާގެ ނިންމުން ބަދަލު ނުވާނެކަން އައިންތުއަށް އެނގުނެވެ.

****************************

މިޝްއަލް އާއި މީޝަމްގެ ގިނަ ކަންތައްތަކެއް ކޮށްދެނީ ފަޔާއެވެ. އެހެން ކަމުން އެކުދިންގެ ހިތުގައި ފަޔާޒް އާއި މެދު ޚާއްސަގޮތެއް އުފެދެން ފެށިއެވެ. މިޝްއަލްމެން ގޮވައިގެން ދުއްވާލަން ދިޔުމާއި ހިނގާލަން ދިޔުމާއި އެއްޗެހި ގަނެދިނުން އިތުރުވެއްޖެއެވެ. މިހާރު އެކަމާއި މެދު ކަންބޮޑުވަނީ ރާޔާއެވެ.

” އަހަރެން ފަޔާދެކެ ރުޅިއެއް ނާންނަން. އަދި ފަޔާ ކޮއްދޭ ކަންތައްތައް ހެޔޮ ހިތުން ޤަބޫލުވެސް ކުރަން.. އެކަމަކު… ދެން ފަޔާ މިގެއަށް ނާންނާތި.. އަހަރެން ބޭނުމެއް ނުވޭ އަހަރެންގެ ދަރިންގެ ބައްޕަމަތިން ހަނދާން ނެތުނަދޭކަށް… ފަޔާ.. ޕްލީޒް.. އަންޑަސްޓޭންޑްވައްޗޭ…” ނުކުންނަން ދިޔަ ފަޔާޒް ގާތު ރާޔާ ބުނެލިއެވެ. ފަޔާޒްގެ މޫނު ބަނަވެ އޭނާ ދެރަވިއެވެ. ދޮރުމަތީ ހުއްޓިލައިގެން ހުރި ރާޔާއަށް ބަލާލަމުން ފަޔާޒް ބުނެލިއެވެ.

” އެކުދިންނާއި އެކު އެހާ ގާތްކޮށް އުޅެ އުޅެ އަހަރެން މިހާރު އެކުދިންދެކެ ވަރަށް ލޯބިވޭ.. އެކަމަކު ތިއީ މަންމަ..އެހެންވީމަ… ނުރުހުންވާ ގޮތަކަށް އަހަރެން ކަންތަކެއް ނުކުރާނަން.. ދިޔުމުގެ ކުރިން ބުނެލަން ބޭނުން އެކުދިނަށް ބައްޕައެއްގެ ލޯބި ވަރަށް މުހިއްމު.. އެކަމާ ކުޑަކޮށް ވިސްނާލާތި.” ސައިކަލްގައި ފަޔާ ގޮސްފިއެވެ. ފަޔާޒް އެބުނި ޖުމުލަ ރާޔާގެ ސުކުނޑީގައި އެނބުރެމުންދިޔައެވެ. އެއީ ކޮންމާނައެއްގައި ބުނި އެއްޗެއް ބާވައޭ ރާޔާގެ ހިތުގައި ސުވާލު އުފެދުނެވެ.

*********************************

” އަސްލުވެސް… އަޅާނުލާ…. އަދި ރަނގަޅުވާނެ.. ކޮއްކޮމެން ފަޔާ ނުގެނެސް ކުރެއް ނުކުރާނެ.. އަހަރެންވެސް މިދުވަސްކޮޅު ދޮންތައަކަށް ނުވެސް ގުޅަން.. ބުނަން ބޭނުންވާ އެއްޗެއް އައިންތު ލައްވާ ބުނަނީ……” ރިޔާޒް ފަޔާ އާއި ވާހަކަ ދެއްކިއެވެ.

ރިޔާޒް ފޯން ބޭއްވީ އުއްމީދެއްގައެވެ. އޭނާ ރާޔާ އާއި މެދު ވިސްނާލިއެވެ. ކޮންމެ ގޮތަކުންވެސް އޭނާ ރާޔާ ހާސިލްކުރަން ބޭނުމެވެ.

ޖެހިގެން އައި ދުވަހު ދެކުދިން ގޮވައިގެން ސްކޫލަށް ދާން ނުކުތީ ރާޔާއެވެ. ރާޔާ ހުއްޓުނީ އެއްވެސް ކުއްޖަކު ގެއިން ނުނިކުތުމުންނެވެ.

” ބަސްއަހައިގެން އައިސްބަލަ ދަރިފުޅުމެން.،.” ރާޔާ އަތްދިއްކޮއްލަމުން ބުނެލިއެވެ.

” ނޫން… ފަޔާ ބޭބެ އާއި އެކު ދާނީ..” މީޝަމް ބުނެލިއެވެ. ރާޔާ ރުޅިއައެވެ.

” ފަޔާ ބޭބެ ބަލީއޭ.. ދެން މަންމަވެސް ދެރަވާނެ އެއްނު މަންމަ އާއި އެކު ނުދަންޏާ،،،،، ” އެހެން ބުނުމުން މީޝަމް ހިނގައިގަތެވެ. ނަމަވެސް މިޝްއަލްއެއް ނައެވެ.

” މަންމަ ދެކެވެސް ލޯބިވެޔޭ.. އެކަމު ފަޔާބޭބެ ހާދަ ރަނގަޅޭ.. ކޮއްކޮ ދޭ މަންމަ އާއި އެކު .. މިޝްކޮ ދާނީ ބޭބެ އައީމަ…..” ރާޔާ ގަޑި ބަލާލި އިރު ގަޑިޖެހެން މާގިނަ އިރެއް ނެތެވެ.

” އައިންތޫ..ފަޔާ އަށް ގުޅާފަ ބުނޭ މިހުރި ބަސްނާހާ މިޝްކޮ ސްކޫލަށް ގެންގޮސްދޭން އަންނާށޭ.. ގަޑިޖެހެނިއްޔޭ… ދޮންތަ މިދަނީ މީޝަމް ގޮވައގެން… ” ރުޅިގޮތަކަށް މިޝްއަލްއަށް ބަލާލަމުން ރާޔާ ހިނގައިގަތެވެ. މިޝްއަލް އެއްލޯ މަރާލުމުން ރާޔާއަށް ހެވުނެވެ.

ރާޔާ ސްކޫލް ކައިރީގައި ހުއްޓާ ފަޔާޒް ސައިކަލްގައި މިޝްއަލް ގޮވައިގެން އައިސް ހުއްޓުނެވެ.

” އޭ…. ޓްވިންސްގެ މަމް އެންޑް ޑެޑީ އާއި އެކުގައި ދޯ މިޔަދު ތިއައީ؟ ” މިޝްއަލްމެންގެ ކްލާސް ކުއްޖެއްކަމުގައިވާ އައިކާ ބުނެލިއެވެ. ފަޔާ އަށާއި ރާޔާއަށް ބަލާލެވުނީ އެއްކޮށެވެ. މިޝްއަލް އާއި މީޝަމް ހުރީ ހިނިތުންވެފައެވެ.

” މީޝަމް…. އައިކާ ގާތު ބުނޭ އެއީ ބައްޕައެއް ނޫނޭ……” ލޯތްބާއި އެކު ރާޔާ ބުނެލިއެވެ. މީޝަމް ދެފަރާތަށް ބޯހޫރާލަމުން ބުނެލިއެވެ.

” ބައިވަރު ކުދިން އަންނަނީ މަން އެން ޑެޑީ އާއި އެކު. އެހެންވެ ކޮއްކޮވެސް ބޭނުން އެގޮތަށް އަންނަން.. މިޔަދު ބޭބެ އާއި މަންމަ އައީމަ އެންމެން ހީކުރާނީ މަމް އެން ޑެޑީ ކަމަށް.. އެހެންވެ ނުބުނާނަން… ” ރާޔާ ސިހުނެވެ. ބަދަލުގައި ބުނާނެ އެއްޗެއްވެސް ނޭނގުނެވެ.

” ދެން ކޮއްކޮގެ ޑެޑީ އަންނަ ދުވަހަކުން އެކުދިން ބުނާނީ ކިކޭ؟ ” ރާޔާއަށް ބޭއިހްތިޔާރުގައި ބުނެލެވުނެވެ.

” ޑެޑީ؟ ޑެޑީ އެއް ނާންނާނެ އެއްނު ދެނެއް… ” ފަސޭހަ ކަމާއި އެކު މީޝަމް އެހެން ބުނުމުން ރާޔާ ހައިރާންވިއެވެ.

” ކާކު ބުނި އެއްޗެއް ތީ؟ ” ރާޔާ މީޝަމްއައި އެއްވަރަށް ގުދުވެލިއެވެ.

” މަންމާ.. ޑެޑީ އަޅެ ދުވަހެއް ވެއްޖެ ނާންނަނީ.. މިހާ ގިނަ ދުވަސްވީމަ ވެސް ނައީމަ ދެންވެސް ހަމަ ނާންނާނެ އެއްނު……” ރާޔާގެ ދުލުގައި ކަސްތޮޅު އެޅުނެވެ. ބެލްގެ އަޑަށް ކުދިންތައްވަދެ އެންމެން ހިނގައްޖެއެވެ. އެތާ ތިބީ ފަޔާ އާއި ރާޔާ އެކަންޏެވެ.

ފަޔާޒް ގޭޓުން ނުކުންނަން ހިނގައިގަތުމުން ރާޔާ ގޮވާލިއެވެ.

” އައި އެމް ސޮރީ………” ރާޔާ އެހެން ބުނުމުން ފަޔާޒް ހިނިތުންވެލިއެވެ.

“އެކުދިންގެ އުފަލަށް އަހަރެން އައުމަށް ހުއްދަދީ ޕްލީޒް……….” ހިނގައިގަންނަމުން ފަޔާޒް ބުނެލިއެވެ.

” އެކަމަކު ފަޔާގެ ރިލޭޓިވްސް ހިތްހަމަ ނުޖެހިދާނެ. ” ރާޔާ ދުރަށްވިސްނާލިއެވެ.

” އަހަރެންގެ މާގިނަ ރިލޭޓިވްސް އެއް ނުތިބޭނެ.. މަންމަ އެކަނި މާލޭގަ ހުރީ.. ވައިފް އެއް ގާރލް ފްރެންޑެއްވެސް ނުހުންނާނެ.. “

” އެހެންތަ؟ ” ރާޔާ ބުނެލިއެވެ. ދެމީހުންގެ މެދުގައި ހަމަހިމޭންވަގުތުކޮޅެއް ދިޔައެވެ. ސައިކަލަށް އަރަމުން ފަޔާ ބުނެލިއެވެ.

” ހިނގާ ގެއަށް ގެންގޮސްދޭނަން…”

” ނޫން.. އެހާ ދުރެއް ނޫނެއްނު.. ދާނަން ހިނގާލާފަ…….” ރާޔާ ހީލުމުން ފަޔާޒްވެސް ހީލިއެވެ.

ގެއަށް ދިޔަމަގުމަތީގައިވެސް ރާޔާގެ ހިތުގައިވަނީ މީޝަމް ދެއްކި ވާހަކަ ތަކެވެ. އެ ކުޑަކުޑަހިތުން ބައްޕައަކަށް އެދޭވަރެވެ. ނަމަވެސް ލޯބިވާ މާންއަށްޓަކައި ދަރިފުޅުގެ ހިތްކަތިލަން އޭނައަށް މަޖުބޫރު ވެއްޖެއެވެ.

*****************************

އިރުއޮއްސުނީއްސުރެން ވެހެމުންދާ ވާރޭ އަދިވެސް ތުނިކޮށްނުލައެވެ. ރާޔާ އުޅެނީ އެކުދިން ނިންދެވުމަށް ކޮޓަރީގައެވެ.

” ފަޔާ.. ހިއެއް ނުވޭ މިރޭ ހުއްޓާނެހެންވެސް.. ކުޑައެއް ވެސް ނެތޭ……” ރާޔާ ނުކުތް އިރު އައިންތު ބުނެލި އަޑު އިވުނެވެ.

” އަދިވެސް ފަޔާއަށް ނުދެވިފަ ދޯ… ” ރާޔާ ސޯފާގައި އިށީނެވެ.

ފޯން ރިންގްވާތީ އައިންތު ބަލާލިއެވެ.

” އޭތް ރިޔާ ގުޅަނީ.. މަދަނީ އިނގޭ… ” ފޯން ނަގަމުން އައިންތު ކޮޓަރި އާއި ދިމާއަށް މިސްރާބުޖެހިއެވެ.

” ކުޑައެއް ނުގަނެވި އުޅެނިކޮށް ހުޅަނގުވީމި.. ދެން ކިހިނެތް ހަދާނީ؟ ” ރާޔާ ހާސްވެފައި ބުނެލިއެވެ. ފަޔާޒް އިނި ރާޔާއަށް ބަލާށެވެ.

” އަހަރެން ފޮނުވާނުލެވިގެންތަ ތިއުޅެނީ؟ ކާރެއްގަ ހިނގައދާނަމޭ…….” ތެދުވަމުން ފަޔާޒް ބުނެލިއެވެ.

” އެ އެހެނެއް ނޫން… ދެން ކާރެއްގަ ދާނެކަމެއްނެތް……. ތުނިކޮއްލަންދެން މަޑުކޮއްލާ..” ހީލަމުން ރާޔާ ބުނެލިއެވެ. ފަޔާޒްއަށް އެ ހިނިތުންވުން ވަރަށް ކަމުދިޔައެވެ. މި ފިނިފިނި ރޭގައި އެ އުނގުގައި ބޯއަޅާލައިން އޮވެ ނިދާލަން ލިބޭނެ ނަމައޭ އޭނާގެ ހިތައް އަރަމުންދެއެވެ. ރާޔާ ޓީވީ އަޅުވާލިއެވެ. އޭރު ޗެނަލަކުން ލަވައެއް އާދެއެވެ.

” ބޭނުންވަނީ ޔާރާ…

ލޯބިން ބަލާލީމާ….

ހީވޭ އިނގޭ…………

ގާތަށް މަގޭ………….

އާދޭ ކަލާ…..”

ރާޔާއަށް އެއްލި ކަޅިއަކުން ފަޔާޒް ކަޅިޖަހާނުލާ އޭނާއަށް ބަލަމުންދާތަން ފެނުނެވެ، އޭނާއަށްވެސް ބަލަން އިނދެވުނެވެ. މިހުރިހާ ދުވަހުވެސް ރާޔާއަށް ފަޔާ އާއި މެދު ކުރެވެމުންދާ ޝައްކު އޮޅުންފިލުވުމަށް އޭނާ ބޭނުންވެއެވެ. ނޭނގޭ ކަމަށް ހަދައިގެން ހުރި ނަމަވެސް ރާޔާ އާއި މެދު ކޮންމެވެސް ނަޒަރަކުން ފަޔާ ދެކެމުން އަންނަކަން ރާޔާއަށް އެނގެއެވެ. އެހެން ކަމުން އެލޮލުން އެ ފެންނަނީ ކޯއްޗެއްތޯ ބެލުމަށް ރާޔާ އަވަސް އަވަހަށް ފަޔާޒްގެ ލޮލުތެރެއަށް ފީނައިގަތެވެ. އޭރުވެސް ލަވައިގެ ޅެންބައިތުން ދެލޯ ގުޅެމުންދެއެވެ.

” ހާދަ ފަރި ހިނިތުންވަނީއޭ…

މޭގަ އޮވެގެން ހިތް ރޮނިއްޔޭ……

ހާދަ ކައިރީގާ ހުރީމޭ……

ލޯބިވާވަރު ނޭނގެނީހޭ…”

ރާޔާއަށް ތެޅިގަނެވުނެވެ. އެ ލޮލުން އެފެންނަނީ ހަމަ އެހެން ހެއްޔެވެ؟ ސިއްރުކޮއްފައި ރާޔާއަށްޓަކައިވާ ލޯބި ހެއްޔެވެ؟ ރާޔާއަށް ކޮޅަށް ތެދުވެވުނެވެ. ފަޔާޒްވެސް ތެދުވިއެވެ. ރާޔާ ފަޔާޒްއަށް ފުރަގަސްދިނެވެ.

” ބޭނުންވަނީ އާދޭ….

ލޯބިން މިރޭ އާދޭ…..

ހީވޭ އިނގޭ….

ގާތަށް މަގޭ…..

އާދޭ ކަލާ……….”

ރާޔާ ހިނގައިގަތުމުން ފަޔާޒްގެ ހިތެއް އޮތްބެއް ނޯތެވެ. ރާޔާގެ އަތުގައި ހިފާ އޭނާ އާއި ދާދި ގާތަށް ދަމާލިއެވެ. އަދި ރާޔާގެ ދެލޮލަށް ބަލަންފެށިއެވެ. ރާޔާ ހުރީ ހާސްވެފައެވެ.

” ރީތި އަތުގާ ބީހިލީމޭ

  ރީތި ދެލޮލަށްވެސް ބެލީމޭ

 ގާތުގާ ހުރެގެން އެހީމޭ

 ލޯބިވާ ތިޔަ އަންނަނީހޭ…

ނިންޖެއް މިރޭ ނާދޭ

ހުވަފެންތަކުން އާދޭ…

ހީވޭ އިނގޭ

ގާތަށްމަގޭ އާދޭ ކަލާ……. “

މަޑުމަޑުން ފަޔާޒް ރާޔާ އާއި ކައިރިވެލަން އުޅުނެވެ.

” އިންތިޒާރު ކުރުން އެދެމޭ ލޯބިވާ! އިންތިޒާރު ކުރުން އެދެމޭ ލޯބިވާ! އިންތިޒާރު ކުރުން އެދެމޭ ލޯބިވާ! ” އެ ޖުމުލަ ހަނދާންވުމާއި އެކު

ބާރު ބާރަށް ރާޔާ ތެޅިގަތެވެ. އަދި ކައިރީގައި އޮތް ރިމޯޓް ނަގާ ޓީވީ ނިއްވާލިއެވެ. ފަހަތަށް ޖެހެމުން ޖެހެމުން ގޮސް ތަނބުގައި ލައްވިއެވެ. އަދި ފުރަގަސް ދިނެވެ. ( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Salaa

Level 210 Stories100 Comments

my facebook page: https://www.facebook.com/pages/Stories-by-Salaa-Xifah-Angel/157114861119810

Other Articles

Previous

ކަރުނަ އޭގެ އިންތިހާއަށް…..3ވަނަ ބައި

Next

ހިތް މި އެދޭ ސޫރައޭ ތީ މަގޭ… ( 1 ވަނަ ބައި )

Next
February 6, 2014

ހިތް މި އެދޭ ސޫރައޭ ތީ މަގޭ… ( 1 ވަނަ ބައި )

Previews
February 6, 2014

ކަރުނަ އޭގެ އިންތިހާއަށް…..3ވަނަ ބައި

12 Comments!

  1. na says:
    February 6, 2014 at 5:43 pm

    mi inee ves story ge inthizaru ga thanks alot….adhi nuves kiyaa comment mikury…v v bodah thanks

  2. na says:
    February 6, 2014 at 5:55 pm

    SALAA v v v v v v nice….keep it up..hama ragalhan ves rovihjje….i miss him alot,..

    1. Salaa says:
      February 6, 2014 at 7:15 pm

      dont… dont cry na.. just b calm.. take care…

  3. me says:
    February 6, 2014 at 7:42 pm

    ?ohhhh, v dhera vey mivaa gothun, kada, kn irakntha maan jalun minivan vany

  4. shaf says:
    February 6, 2014 at 7:53 pm

    salaa asluvx v hurt vey mi story kiyaair vvv reethi mibaivx

  5. liusha says:
    February 6, 2014 at 9:29 pm

    Nyc story eh mee dhewana faharah mi story mi kiyany

  6. laalaa says:
    February 6, 2014 at 10:03 pm

    neyge bunaane ehchehves varah reethi..

  7. shifazaaa says:
    February 6, 2014 at 10:49 pm

    varah salhi vaahaka eh…… waiting for the next part

  8. shifa says:
    February 6, 2014 at 10:50 pm

    varah salhi vaahaka eh…… waiting for the next part

  9. aju says:
    February 7, 2014 at 1:43 am

    Raayaa evanee asluves dheevaanaa vefa , amilla loabatakka kudhinge ufaa eyo gurubaankollanee, mi part ves vara vara reethi , adhi e lava akee v reethi lava eh

  10. Salaa says:
    February 7, 2014 at 11:12 pm

    thanks all my loving fans.. sorry for late reply….

  11. someone says:
    August 30, 2014 at 11:44 am

    salhi igey lawa ya warah gulhey dhw.

Comments are closed.

Next Episodeއިންތިޒާރު ކުރުން އެދެމޭ ލޯބިވާ 12ވަނަ ބައި←


All Right Reserved!