މަންމަ ގޮވައިގެން ރާޝިދު ދިޔަކަމުގައި ވިޔަސް މަންމަގެ ހިތުގައި އެއްވެސް ބިރުވެރިކަމެއް ނެތެވެ. އޭނާގެ އިހުސާންތެރިކަމުން މަންމަގެ ހިތްވަނީ ފުރާލަދީފައެވެ. އެހެން ނޫނަސް މިފަހަކަށްއައިސް މަންމަވެސް ބޭނުންވާ ގޮތަކީ އެއީއެވެ. ރާޝިދުއާއި އެކީ އެކަނި ވަގުތު ހޭދަކުރުމެވެ. އެ ގޭގެ ތެރެއަށް ވަދެވުމާއި އެކު މަންމައަށް ލިބުނީ ކުއްލި ސިހުމެކެވެ. މުޅި ގޭތެރެވަނީ ޒީނަތްތެރިކޮށްފައެވެ. ބޮކި ހުރީ ނިވާލާފައެވެ. ހުރިހާތަނެއްގައި އުއްބައްތި ޖަހާ އަލިކޮށްފައި ހުއްޓެވެ. މޭޒުމަތީގައި ފޮތިގަނޑެއްއަޅާފައި އޮތެވެ. ދެފަރާތުގައި ދެ ގޮނޑި ބަހައްޓާފައި ހުއްޓެވެ. […]
ޖެހިގެން އައިދުވަހެވެ. ރާޝިދު އޮފީހުގައި އިދެފައި މެންދުރު ބަންގީގެ އަޑުއިވުމާއެކު އޮފީސްކައިރީ ހުރި މިސްކިތާދިމާއަށް މިސްރާބުޖެހިއެވެ. ނަމާދުކޮށް ނިމިގެން އޭނާ ގެއާދިމާއަށް މިސްރާބުޖެހީ އޭނާގެ ހަގު ދަރިފުޅު ފަހަރެއްގައި މިއަދު ފެނިދާނެކަމުގެ އުއްމީދުގައެވެ. ހަލުވި ހިނގުމެއްގަ ރާޝިދުގެއަށް ވަދެ އޭނާގެ މަންމައަށް ގޮވާލިއިރު އައިސާމަނިކެ އިނީ ކާމޭޒުދޮށުގައި އަލީނާގޮވައިގެން ކާންދޭށެވެ. “އަހަރެންގެ ދަރިފުޅު ގެނައީތަ.؟؟” ރާޝިދު އައިސާމަނިކެގެ އަތުގައި އޮތް ދޮންފުއްގަނޑެއް ފަދަ ލޯބިލޯބި ކުޑަކުއްޖާއަށް ފަރުވާތެރިކަމާއެކު ބަލާލިއިރު އޭނާގެ ހިތް ލޯބިން ފުރުނެވެ. އައިސާމަނިކެގެ އުނގުގައި […]
އެހެންއޮވެފައި ރާހިލް ތެދުވެގެން ކޮޓަރީގެ ދޮރުހުޅުވާލުމަށްފަހު އެތެރެއަށް ވަދެއްޖެއެވެ. އޭރު ޝެހެނާ އުޅެނީ އަލީނާ ނުނިދައިގެންނެވެ. ރާހިލް އެމަންޒަރު ބަލަންހުރެފައި ކޮޓަރިން ނިކުމެގެން ބޭރަށް ދިޔައިރު އެ މޫނުމަތީގައި ނުރުހުންވުން ފެންނަން ހުއްޓެވެ. ޖެހިގެންއައިދުވަހު ޝެހެނާ އިނީ ގޭގެ ގޯތިތެރޭގެ ވަލުފަރާތުގައި ހުރި ބޮޑު ޖޭމުގަސްދޮށުގައި ހަނޑޫހޮވާށެވެ. ކައިރީގެ ކޮއްޓެއްގައި އަލީނާ އިނީ އަތުގައި އޮތް ކުޅޭ އެއްޗަކަށް ކުޅޭށެވެ. އެވަގުތު ރާހިލް މެންދުރު މަހަށް ގޮއްސަ ގެއަށް އައިސް ވަންނަނީއެވެ. އެ ގެ ރާނާފައި ހުރި […]
ވިކާޝްގެ ހުއްދަ ލިބުމުން ޝިކާ ވަރަށް އުފާކުރިއެވެ. ޝިކާގެ ބައްޕަ ޖީބުން ވޮލެޓް ނެގުމަށްފަހު ފައްސަތޭކައިގެ ނޫޓުތަކެއް ވިކާޝްއަށް ދިއްކޮއްލުމާއި އެކު ވިކާޝް ތެޅިގަތެވެ. ” ނޫނެ.. އަހަރެމެން ދެމަފިރިން އެއްވެސް އެއްޗެއް ބޭނުމެއްނޫން…” ވިކާޝް އެހެން ބުނުމުން ޝިކާ ހީލިއެވެ. އަދި ރަމީޒު އަތުގައި ހުރި ރުފިޔާތައް އަތުލާ ވިކާޝްގެ އަތަށް ކޮއްޕާލިއެވެ. ” އަހަރެންނަށްވެސް އެނގެޔޭ ބޭނުން ނުވާނެކަން. އެކަމު އެއީ ބައްޕަ ދިން ހަދިޔާއެއްނު… ނުހިފިއްޔާ ބައްޕަ ވަރަށް ދެރަވާނެ..” ރަމީޒު ޝިކާ […]
މެންދުރުގެ ވަގުތެވެ. އައިސާމަނިކެމެންގޭގެ ބޮޑު ބަދީގޭގައި އާއިލާތެރޭ ގިނަ އަންހެންވެރިން އަވަދި ނެތި ކެއްކުމުގައި މައްސޫލުވެގެން އުޅެއެވެ. މިއަދަކީ ރާޝިދު އާއި ޝެހެނާގެ ދަރިފުޅަށް ހަތްދުވަސްވެގެން ނަން ކިޔާ ދުވަހެވެ. އާއިލާތެރޭ ފިރިހެންވެރިން ގޯތިތެރޭގައި ހުރި ހުސްޖާގައިގާ ރިޔާ ދަމައި ކާން ތައްޔާރުކުމަށް އުޅެމުންދެއެވެ. ޝެހެނާވެސް ދަރިފުޅު ނިންދަވާފައި ކެއްކުމުގައި ބައިވެރިވުމަށް ބަދިގެއާ ދިމާއަށް ދިޔައެވެ. އެވަގުތު އޭނާގެ ކަންފަތަށް އިވުނު ވާހަކަތަކަކުން އޭނާގެ ހިތްފަޅައިގެން ނުދިޔައީ ކިރިޔާއެވެ. ފައިން ވާގި ދޫވާހެން ހީވެގެން ކައިރީގައި ހުރި […]
އަހަރެންވެސް ވީން.. އެކަމަކު އޭނަ އަހަރެންނަށް ބޭފަވާތެރިވީ.. ” އޭޒިލް ހުއްޓާލީ އިތުރަށް އެވާހަކަ ދައްކަން ބޭނުން ނުވާތީއެވެ.” ކާކު؟ ލާރާތަ؟” އޭޒިލް ބުނި ޖުމްލައިން ނިޝާންގެ ހިތް ބާރަށް ތެޅިގަތެވެ. ” ހެހެހެހެ ސާބަހޭ ޝާން.. ލާރާއެއް ނޫން.. އަހަރެން ރަށު ކުއްޖެއް އެއީ.. މީގެ ހަތް އަހަރު ކުރިން އޭނަ އަހަރެން ދޫކޮށްލީ..” ނިޝާންގެ މޫނުމައްޗަށް ވެރިވި ކުލަވަރުން އޭޒިލް އަށް މަޖާވިނަމަވެސް ހިތުގައި ވަނީ ވޭނީ ރިހުމެއް އުފެދިފައެވެ. ހަނދާން ކުރަން ބޭނުންނުވިނަމަވެސް […]
“ޝްޝްޝް.. އަހަރެން ޝެހެ އަކަށް އެއްވެސްކަމެއް ނުކުރާނަން. އަހަންނާ އިންނަން އެއްބަސްވޭ. އޭރުން މިތަނުން ސަލާމަތްވާނީ..” ލޮތްބާއެކު ރާޝިދު ބުނެލިގޮތުން ޝެހެނާގެ ގައިން ހީބިހި ނަގައިގަތެވެ. މިއީ ވަފިއްޔާ އާއި ރާޝިދުގެ ރޭވުމެއްކަން ޝެހެނާއަށް ރޭކާލީ ދެނެވެ. ކޮންމެ ހާލެއްގައި ވިޔަސް އާން ބަސް ނުބުނާހާ ހިނދަކު ވަފިއްޔާ ގިފިލި ދޮރުނުހުޅުވާނެކަމަށް ރާޝިދު ބުނެލިގޮތުން ޝެހެނާގެ ގޮތް ހުސްވިކަހަލައެވެ. ކައިވެންޏަކީ ކިހާވަރެއްގެ ބޮޑު ކަމެއްކަން އޭނާގެ ޅަ ސިކުނޑިއަކަށް އަދި ނުވިސްނެއެވެ. މިކަމުގައި އޭނާ ވަކި ބުނާނީވެސް […]
“ރާޝިދު” ޝެހެނާ ކިތަންމެ ރުޅިއައިނަމަވެސް ކުރިމަތީގައި ހުރި ރާޝިދުއާ ދިމާއަށް ބާރަށް އެއްޗެކޭ ބުނާކަށް ނުކެރުނެވެ. އެއީ ކީއްވެ ކަމެއް ޙުދު އޭނާއަކަށްވެސް ނޭނގެއެވެ. ރާޝިދުއަކީ ގަދަރުވެރި މީހަކަށްވާތީ ގަދަރުކުރެވެނީކަމަށްވެސް ވެދާނެއެވެ. އެކަމަކު އެއީ އެހާ މާތްމީހަކުނަމަ އަންހެންކުއްޖަކު އެކަނި އޮއްވާ ބެހޭކަށެއްވެސް ނުޖެހޭނެތާއެވެ. ހިރުނދު މަލެއް ހިފައިގެންހުރި ރާޝިދު ހުރީ ކުރިމަތީގައިހުރި ރީތި ފަންމިންޏެއްފަދަ އަންހެންކުއްޖާއަށް ބަލަހައްޓައިގެން ދިވާނާއެއްފަދައިންނެވެ. އިއްޔެ ހަވީރު ފެނުނު މި ރީތި އަންހެންކުއްޖާއާ ހެދި ރޭގައި އޭނާއަށް ނިދުނީކީ ނޫނެވެ. އެއަންކުއްޖާ […]
” ދުރުވެވޭނެ…. ޕްލީޒްމާން…. އަހަންނަށްޓަކައި… މި ދަރީންނަށްޓަކައި… މާން ބޭނުންތަ އަހަރެމެން ނިކަމެތިވެ ބިކަވާން؟ މާން ބޭނުންތަ މި ކުޑަކުޑަ އާއިލާ ހިތާމައިގެ ކަނޑަކަށް ދޫކޮއްލަން………..” ރާޔާ މަސައްކަތްކުރީ ލޯތްބާއި އެކު ވިސްނައިދޭށެވެ. ” ނޫން……. އެގޮތެއް ދެން ބޭނުމެއް ނުވާނެ އެއްނު………….” މާނިޝް ހެވިފައި ބުނެލިއެވެ. ރާޔާ ދެރަވީ މާނިޝް ސީރިއަސް ނުވުމުންނެވެ. ” ރަނގަޅުވާން ބޭނުންތަ؟” ރާޔާ އެހިއެވެ. މާނިޝްގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުންނެވެ. މާނިޝްއަށް ރާޔާގެ ލޮލަށް ބަލާލެވުނެވެ. އަދި ބޯޖަހާލިއެވެ. ރާޔާ […]