އޭނާ ބޭނުންވަނީ އޭނާއަށްޓަކައި އަނިޔާވެރިވި މިދުނިޔެއިން އޭނާގެ ވަސްވެސް ފިލުވާލުމަށެވެ. ޔާނާ ފުންމާލަން ތައްޔާރުވީ ވަގުތު މޫނަށް އެޅުނު އައްޔަކުން ސިހިފައި ވެއްޓެން ދިޔަވަގުތު އޭނާއަށް ބިރުންނާއި އެކު ހަޅޭއްލަވައިގަނެވުނެވެ. ބާރުދުވެލީގައި އައި ސައިކަލް މަޑުކުރުމަށްފަހު އޭގައި އިން ޒުވާނާ ދުއްވައިގަތެވެ. ވަގުތު ދިގުކުރަން ނުހުރެ އޭނާ ފުންމާލިއެވެ. އޭރު ޔާނާ އަޑިއަށް ދަނީއެވެ. އޭނާގެ އެއް އަތް ހިއްލާލިތަން މޫދަށް ފުންމާލި ކުއްޖާއަށް ފެނުނެވެ. ޒުވާނާ ޔާނާގެނެސް އޭނާގެ މޭގައި ލައްކޮއްލުމަށްފަހު އޮޅުލަމުން ކަހަލަ ގޮތަކަށް […]
އެ ޒުވާނާ ދުވެލާފައި ކަހަލަ ގޮތަކަށް ސިޑިން އަރައިގެން ގޮސް އާލިކްގެ ކެބިން ހުޅުވާލުމާއިއެކު ސިހިގެން ދިޔައީ ކުރިމަތިން ފެނުނު މަންޒަރަކުންނެވެ. ކޮމްޕިއުޓަރު ދޮށުގައި އެއްޗެއް ޓައިޕް ކުރުމުގައި އަވަދިނެތި އިން ރީތި ރީތި އަންހެންކުއްޖާ ފެނުމާއިއެކު އޭނާގެ ހިތައް ވެގެން ދިޔައީ ބުނެދޭން ނޭނގޭ ފަދަ ގޮތެކެވެ. އެކުއްޖާ ހަމަ ފެނުމާއިއެކު ބޭއިޚްތިޔާރުގައި އޭނާގެ މައިންބަފައިންގެ ޚިޔާލުތައް އެހިތުގައި އުުތުރި އަރައިގަތީ ވަކިވަރަކަށް ނޫނެވެ. ވިޝާގެ ދޮން މޫނަށް ނަޒަރު ހުއްޓާލައިގެން އިން އާލިކްއަށް އެމޫނުން […]
ގެއަށް އައިސް ވަނުމަށްފަހު ޝަޒާ ފާރުގައި ލެނގިލިއެވެ. އޭނާއަށް ފުންނޭވާތަކެއް ދޫކުރެވެމުންދެއެވެ. އެކަނިމާއެކަނި ހުރެ ހިނިތުންވެވެމުންދެއެވެ، އިފާޒް އޭނާއަށް ބަލާލުމުން އެހިތަށް އަސަރު ކުރިވަރު އޭނާއަށް އެނގިއްޖެއެވެ. ލޯބިވާވަރު އިހުސާސްކުރެވިއްޖެއެވެ. ޝަޒާ ނުކުތީ ބޭރަށެވެ. މިކަމަށް ޙައްލެއް ގެންނަން އޭނާ ކިތަންމެހާވެސް ބޭނުމެވެ. އެކަމަކު ކިހިނެތްހެއްޔެވ؟ އޭނާގެ ލޯބި އިފާޒްގެ ކުރިމަތީގައި ހާމަކުރާނީ ކިހިނެތް ހެއްޔެވެ؟ އެ ލޯތްބަށް އެދި އެދި ހުއްޓާ ދެން ފެންނާނީ އެހެންމީހެއްގެ ޙައްޤަކަށް އިފާޒް ވާތަންކަން ގައިމެވެ. އެހެންވާކަށް ޝަޒާގެ ހިތެއް […]
” އޯހ… އެހެންތަ؟ މަރުހަބާ! ” ނާސިހާ ޝާނާއަށް ހިނިތުންވުމެއް ރައްދުކުރުމަށްފަހު އިތުރަށް ވާހަކަ ދައްކާކަށް ނަހަދައެވެ. ފިހާރައަށް ވަނެވެ. އެވަގުތު ޔާނާމަތިން ހަނދާންވުމުން އަވަސް އަވަހަށް ޔާނާއަށް ގުޅިއެވެ. ” ނާސިހާ.. ތިހުރީމާލޭގައޭ… ” ޔާނާ ހުރީ އުފަލުން ފޮޅިފައެވެ. ” އާނ…. އަޅެ ޔާނާ މަގޭ ކައިރިއަށް އަންނަންވީނު… ” ނާސިހާ އެދުނެވެ. އޭނާވެސް އެކަނި ހުންނާތީއެވެ. ” ކިހިނެތް ދާނީ… ނާސިހާ ދުވަސްކޮޅަކު މާލޭގަ ހުރެފަ ދާނެ ރަށަށް… ” ޔާނާ އެނދުމަތީ […]
……………”ގުޑް މޯރނިންގ” ހެނދުނުގެ ނާސްތާއަށް ކާމޭޒު ދޮށަށް ޖަމާވެތިބި އެންމެނަށް ހެނދުނުގެ ސަލާމް ކޮށްލަމުން މާހީއައިސް ބުނެލިއެވެ. މާހީގެ އަޑަށް އެދިމާއަށް އެނބުރުނު އެންމެން ހައިރާންވެ ތިބީ މާހީއަށް ސުވާލުގެ ނަޒަރަކުން ބަލަހައްޓައިންނެވެ. ވާނީވެސް އެހެންތާއެވެ. މާހީ މިއަދު ލައިފަ ހުރީ އޮފީސް ވައްތަރު ޕީޗް ކުލައިގެ ގަމީހަކާއި ކަޅުކުލައިގެ ސްކިނީ ޖިންސެކެވެ. އަދި ކޮނޑުގައި އަޅުވާލަފަ އޮތް ކުޑަ އަތްދަބަހާއި ކޮށްފައިވަނީ ލުއި މޭކަޕެކެވެ. އެހުރިހާ ކަމަކާއިއެކު އަރާފައިވާ ކަޅުކުލައިގެ އުސް ބޫޓުން މާހީ […]
ރޭގަނޑުގެ ހަތް ގަޑި ތިރީސް ވީއިރު އަޔާ އޮތީ ނިދާފައެވެ. މިހެންވެ ހަނީފާ ގަސްތު ކުރީ ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން ހިފާށެވެ. އޭނާ ޓެންޓް ނިކުމެ މިސްރާބު ޖެހީ އަތިރިމައްޗަށެވެ. އޭނާ ގަސްތުކުރީ އަތިރިމަތީގަ އެކަނިވެރި ކަމާއެކު ވަގުތުކޮޅެއް ހޭދަކޮށްލުމަށެވެ. މިހާރު ހަނީފާގެ އެއްމެ ގާތް އެކުވެރިންނަކީ އެކަނިވެރިކަމާ ހިތާމަޔާއި ހިތްދަތިކަމެވެ ހަނީފާ އަތިރިމައްޗަށް ފައިބައިގެން ހިނގާފަ ގޮސް އިށީނީ ދަތުރުގެ ބައިވެރިންނާއި ވަކިން ތަންކޮޅެއްދުރުގައި އަތިރި […]
” އަދި މަންމަ ދޮންބެ މަތިން ކޮންމެ ދުވަހަކު ކޮންމެ ވަގުތަކު ހަނދާން ކުރި ވާހަަކަ ބުނެދޭށެވެ. އަދި ދޮންބެގެ ނަންވެސް ނުބުނެވެ ދޯއެވެ. ދޮންބެގެ ނަމަކީ ” ވިކާޝް ” އެވެ. ދަރިފުޅުމެން ދެކުދިން ދެކެ މަންމައާއި ބައްޕަވެސް ވަރަށް ލޯބިވެއެވެ.” ވިޝާއަށް އޭނާގެ ކެބިންއަށް އާދެވުނީ އާލިކް ނުކުމެގެން ދިޔަފަހުންނެވެ. އާލިކް ނެތްކަން އެނގުމުން މޫނަށް ވައްތަރެއް ޖައްސާލަމުން ވިޝާ އޭނާގެ ގޮނޑީގައި އިށީނދެލީ އާލިކް އަންނާނެ އިރަކަށް އިންތިޒާރު ކުރަމުންނެވެ. ހަގީގަތުގައި ރޭގައި […]
ވިޝާ އޭނާގެ އުނގުގައި ބޯ އަލާލައިގެން އޮތް އާލިކްގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ. އަދި ލޯތްބާއިއެކު އޭނާގެ ކަރުނަތައްވެސް ފޮހެލަދިނެވެ. އެއާއިއެކު ލޯ މަރާލައިގެން އޮތް އާލިކް ފަނޑު ހިނިތުންވުމަކާއިއެކު މަޑުމަޑުން ތޭންކްސް އޭ ބުނެލިއެވެ. އެގޮތުގައި 15 ވަރަކަށް މިނެޓް ހޭދަވެގެން ދިޔައިރު ދެމީހުންކުރެ އެކަކުވެސް އަނގަޔަކުން ނުބުނެއެވެ. އާލިކްގެ އިސްތަށިގަނޑުގައި ފިރުމާލަ ފިރުމާލާ އިިން ވިޝާއަށް ހިތުގައިވާ ސުވާލުތައް ކުރުމުގެ ބަދަލުގައި އޭނާގެ މޫނަށް ބަލަހައްޓައިގެން އިނދެވުނީއެވެ. އާލިކްގެ އެހިތާމަތަކަށް އޭނާގެ ފިރުމުންތަކުން ލުޔެއް ލިބުނުކަން […]
ދުވަސްތައް މާޒީވަމުން ދެއެވެ. ޖަމީލާގެ ބަލިޙާލަތު ބޮޑުވަމުންދެއެވެ. އެކަނި ޙާލަތަށް އުޅެން އުނދަގުލެވެ. ޖަމީލާގެ ފައިގެ ރިހުން ގަދަވެގެން އުޅެއެވެ. އަޅާލާނޭ މީހަކު ނެތުމުން އޭނާ ވަރަށް ރޮޔެވެ. ” އަހަރެން އެކަނި މިޙާލަތަށް ދޫކޮއްނުލާ! ” ފަހުދު ގުޅުމުން ޖަމީލާ ރޯންފެށިއެވެ. ފަހުދުގެ ހިތައް ވަރަށް އަސަރުކުރިއެވެ. މަންމައަށް އެހީވާނޭ ކުއްޖަކު އޭނާ ހޯދަން ބޭނުމެވެ. ނަމަވެސް އޭނާ އަދިވެސް އެކަމަށް ވަގުތު ބޭނުމެވެ. ” މަންމާ! ވަރަށް އަވަހަށް މަންމަގެ އެދުން ފުރިހަމަ ކޮއްދޭނަން! […]