ލޯތްބަށްޓަކައި.. (ދެވަނަ ބައި)
‘ ނޭނގެއިމްލީއަކަށްވެސް…….އިމްލީ މިގޭގެ އުޅޭތާ ވަން އިޔާ ވީއިރުވެސްއެމީހަކު ލޮލަކުން ނުދެކެން…..ސޯފީ ދައްތަ އެކަނި އެކޮޓަރިއަށްވަންނަނީ….” އިމްލީ އެހެން ބުނުމުން ލަޔާލް އަނެއްކާވެސް އެދޮރަށްބަލާލިއެވެ.
ނުހިކޭ ކަރުނައެއް މިލޮލަކުން
ތި ހަނދާން ނުފިލައޭ މިހިތަކުން
މި ހިތްގައިމު ލަވަ އެ ޒުވާނާގެ އަޑުން ކިޔައިލީ ހިތްތައް ކަތިލާފަދަގޮތަކަށެވެ. ބެކް މިއުޒިކަކާ ނުލާވެސް އެ ލަވަ ނުހަނު ހިތްގައިމެވެ.ބަދިގެއަށް އިމްލީ އާއެކު ގޮސް ވަންނަންދެން ލަޔާލްއަށް ފަހަތް ބެލުނުއަދަދެއްވެސް ނޭނގެއެވެ. މަސައްކަތް ކުރަން އުޅޭ އިރުވެސް ލަޔާލްގެސިކުނޑީގަ އެތަކެއް ސުވާލްތަކެއް އުފެދުނެވެ. ”އިމްލީ……އަހަރެންހިތަށް އަރަނި ހަމަ ކީއްވެބާއޭ އެކުއްޖަކު އެ ކޮޓަރީގަ ބަންދު ކޮއްފަ އެއިންނަނި…” ލަޔާލް އެހެން އެހުމުން އިމްލީ ބުނެލިއެވެ. ” އަހަރެން މިގޭމީހުން ކައރީ އަހަންވެސް އަހަން…….މިހާތަނަށް އާއިރު ނުލިބި އިންސުވާލެއް ތިއީ……އަޅާނުލާބަލަ ލަޔާލް…….ސިއްރުތަކެއް ހުންނާނެކޮންމެ ގެއެއްގަވެސް އެކަންތައްތަކާ އަހަރެމެން ބެހެންވީ ކީއްކުރަން….”އިމްލީ ފަރުވާ ކުޑަގޮތަކަށް ބުނެލިއެވެ.
ލަޔާލް އާ އިމްލީ ވެގެން ސައިހަދާ ނިންމާލިއެވެ. ސައި މޭޒުގައިއެތުރުމަށްފަހު ގޭ މީހުންނަށް ގޮވަން އިމްލީ ދިއުމުން ލަޔާލްމަޑުކޮއްލައިގެން މޭޒުކައިރީ ހުއްޓެވެ. ގޭ އެންމެން އައިސް މޭޒު ކައިރިއަށްޖަމާވިއެވެ. އެމީހެއްގެ ގޮނޑިއެއްގައި އެމީހަކު އިށީނުމުން އެއް ގޮނޑިހުސްކޮށް ހުއްޓެވެ. ” ޝައުފް މިއަދުވެސް ނާދޭދޯ…..ހެނދުނު ޖިމްއަށްދާގޮތަށް ނޭނގޭނެ އަންނާކަށް….” ސޯފީ އިށީންނަމުން ހުސްގޮނޑިއަށްބަލާލަމުން ބުނެލިއެވެ. ” ދެން ޝައުފުވެސް އަންނަން ވީމައަންނާނެ……އަދިވެސް ގަޑިއަށް ފަރުވާތެރިވާން ޝައުފުއަށް ނޭނގޭ…..”މާހިރު ބުނެލިއެވެ. ” މާހިރުގެ ކަންތައް…..މާހިރު އެއްބަހެއް ނުވާނެޝައުފު ވަޒީފާއަކަށް ފޮނުވާކަށެއް..ވަޒީފާއަކަށް ދާންފެށީމަ ވިސްނިދާނެޒިންމާދާރުވާން……..” ސޯފީ ބުނެލިއެވެ. އެމީހުން ދައްކަމުން ދިޔަވާހަކަތައް އަޑުއިވޭ ހިސާބުގައި ލަޔާލްއާ އިމްލީ ހުއްޓެވެ. ”ލަޔާލް…….ހުރިހައި މަސައްކަތެއް ނިމުނީތަ….” ސޯފީ ފަހަތަށް އެނބުރިލަޔާލްގެ މޫނަށް ބަލާލަމުން އެހިއެވެ. ލަޔާލްއާ އިމްލީއަށާ އާއެކޭ ބުނުމުގެގޮތުން ބޯޖަހާލެވުނެވެ. ” އެހެންތަ……ދެން ގެއަށް ދިޔަޔަސް އެންމެރަނގަޅު…….ގޭގަ ކަމެއް ހުރިއްޔާ އިމްލީ ކުރާނެ…….ލަޔާލް ދެންއަންނާނި މާދަމާ އިނގޭ….” ސޯފީ ހީލަމުން ބުނެލިއެވެ. ލަޔާލްވެސްހީލިއެވެ.
ހަގީގަތުގައި ލަޔާލްއަށް ބުނެދޭން ނޭނގޭ ހިތްހަމަޖެހުމެއް ލިބުނެވެ.އަމިއްލަ ގޭގަ ހިނިތުންވުމަކާއެކު ލަޔާލްއާ އަނގައިން ބުނެލާނެ މީހަކުނުވެއެވެ. ބީރައްޓެހި ގެއަކަށް ވިއަސް މިގޭ ކޮންމެ މީހަކުވެސް ވާހަކަދައްކަނީ ހިތްހެޔޮކަމާ އެކުއެވެ. ލަޔާލް ޝުކުރިއްޔާއޭ ބުނެ ގެއަށް ދިއުމަށްހިނގައިގަތެވެ.
ގޭ ދޮރުން ނުކުމެ ފަހަތް އެނބުރި އިމްލީއަށް ޓާޓާ ކިޔާލިއެވެ. ދެންއިސްޖަހާލައިގެން ހިނގައިގަތްތަނާ މީހެއްގެ މޭގަ ޖެހުނުހެން ހީވެގެންބަލާލިއެވެ. ކުރިމަތީ ހުރީ އިއްޔެވެސް ފެނުނު ޒުވާނާއެވެ. ”ހައި…….އައި އެމް ޝައުފް…….” ޝައުފު ހީލަމުން އަތްދިއްކޮއްލިއެވެ.ލަޔާލް އެ ފިޔަވަޅުމަތީ ހުއްޓުން އަރާފައި ހުރެވުނީއެވެ. ޝައުފުގެމޫނުމަތިން ދާތިކިތައް ބަބުޅަމުން ދިޔައެވެ. ލައިގެން ހުރި ޓީޝާރޓް ވަނީގައިގަ ތަތްލަވާފައެވެ. ޝައުފްއަށް ހުރެވުނީ ހުޅުވިފައިވާ ކުޑަދޮރިގެކައިރީއެވެ. ޑައިނިންގ ރޫމްގަ އިން ސޯފީއަށް ޝައުފް ފެނެއެވެ. ތަންކޮޅެއްދުރުގަ ހުރި ލަޔާލްއެއް ނުފެނއެވެ. ” ޝައުފް….” ގޭތެރެއިން ސޯފީ ގޮވާލިއަޑަށް ޝައުފު ބަލާލިއެވެ. ލަޔާލް އެއްޗެއް ނުބުނެ މި ފަހަރުވެސް ކުރިއަށްހިނގައިގަތެވެ.
ލަޔާލްއަށް ހުއްޓުން އެރީ ޝައުފުގެ ފިނިއަތުން ލަޔާލްގެ އަތުގައިހިފާލުމުންނެވެ. ލަޔާލް އަތްފޮޅުވާލަން މަސައްކަތްކުރިއެވެ. ޝައުފު އޭނަގެއަތުގައި ހިފާލާފައި ހުރީ ލަޔާލްގެ އަތް މިނިވަންވެސް ނުކޮއްލެވޭވަރަށްވުރެ ބާރަށެވެ. ” ކީއްވެތަ އަނގައިން ނުބުނަނި…….ތީ މަންމަނުކުއްޖެއްތަ…….” ޝައުފު ލަޔާލްގެ ކުރިމައްޗަށް އަރައި ލަޔާލްއާ ހަތަރުކަޅި ހަމަކޮއްލިއެވެ. ” ޕްލީސް ކޮންމެވެސް އެއްޗެކޭބުނެބަލަ……ތިކުއްޖާ ރީތިކަމާ އެއްވަރަށް އަޑުވެސް ރީތިވާނެކަންޔަގީން……” ޝައުފު ނިއްކުރިމައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅުއެއްފަރާތް ކޮއްލަމުން ބުނެލިއެވެ. ” ޝައުފް…….” އަނެއްކާވެސްގޭތެރެއިން ސޯފީ ގޮވާލި އަޑު އިވުނެވެ. ” ކަމިން……” ލަޔާލްގެ އަތުންދޫކޮއްލަމުން ޝައުފް ގޭތެރެއަށް ބަލާލިއެވެ. ފުރުސަތުގެ ބޭނުން ހިފައިލަޔާލް ދުއްވައިގަތެވެ.
ލަޔާލްގެ ފަހަތުން ކޮންމެ ދުވަހަކުވެސް އެތަކެއް ފިރިހެނުންނެއް އެގޮތަށްދުވާނެއެވެ. އެކަމަކު އެއްވެސް މީހަކާ ލަޔާލް އަނގައިން ބުނާކަށް ބޭނުމެއްނުވެއެވެ. މީގެ ހަތަރު އަހަރު ކުރިން އޭނަގެ ހަޔާތަށް އައި ލޯބިވެރިޔާއަށްދީފައިވާ އޭނަގެ ހިތުގައި އެހެން ފިރިހެނެއްގެ ނަން ލިޔެލާނެ ޖާގައެއްނެތެވެ. ބޭވަފާތެރިވެ ލޯބިވެރިޔާ އޮއްސުނު ކަމުގައިވިއަސް އޭނަގެ ހިތުން އެމަގާމު ފޮހެވިގެންނެއް ނުދެއެވެ. އެހިތުގައި އެ ތަސްވީރު ނޫނީ ނެތެވެ.
ގެއަށް ވަތްގޮތަށް ލަޔާލް އޭނަގެ ކޮޓަރިއަށް ދިޔައެވެ. އެނދުމައްޗަށްބަންޑުން ވެއްޓިގަތެވެ. ބާލީސްކައިރީ އޮތް ވާހަކަ ފޮތް ނަގައިހުޅުވާލިއެވެ. ” ކަންނެތް ކުއްޖާގަނޑާ…..އެނދަށް އަރާ ދޯ ތިއޮތީ ގެއަށްއައިގޮތަށް…މެންދުރު ކައްކަން ދާންއުޅޭ…..” ގުގުރިއެއް ފަދައިންލަޔާލްގެ ކަންފަތްދޮށުގައި ގުގުމަމުން ދިޔައީ ޝިފާނާގެ އަޑެވެ. ލަޔާލްއަޅައިވެސް ނުލާ ވާހަކަ ފޮތުގެ ގަނޑު އެއްލިއެވެ. ” އިވޭކަމަށްވެސް ނުހަދާއެބައޮތޭނުން…” ޝިފާނާގެ އަޑު ހައްތަހާވެސް ވީ ގަދައެވެ. އަތްއުކަމުންއެއްޗެހި ކިޔަމުން ދިޔައިރު ހީވަނީ ދެންމެ ދެންމެ ލަޔާލްއަށް ހަމަލާއެއްދީފާނެ ހެންނެވެ. ” އަހަންނަށްވެސް އެނގޭނެ ކައްކާ ގަޑިޖެހުނީމަ…..ދާނަން އިރުކޮޅަކުން…..” ލަޔާލް ފަހަތް ބަލާވެސް ނުލާޖަވާބު ދިނެވެ. ޝިފާނާ އެއްޗެއް ނުބުނެ ހުރިގޮަތަށް ހުރީއެވެ. ދެންނުކުންނަމުން ދޮރު ޖެހުނު ހާ ބާރަކަށް ޖަހައިފިއެވެ.
ހަވީރުގެ ވަގުތެވެ. ލަޔާލް ކަމެއް ނެތުމުން ފޫހިވެގެން ބޭރަށްނުކުމެލިއެވެ. ދޮރާށި ކައިރީ ހުއްޓައި އަކްމަލް އޮފީސް ނިންމާފަ އަންނަތަން ފެނުނެވެ. ލަޔާލް އާ އަރާހަމަވެ ބުނެލިއެވެ. ” ސޯފީ ގުޅާފަ ބުނިއެގޭގަ ކަމެއް އޮތީމަ މިރޭ އެގެއަށް ގޮސްދޭށޭ…..ލަސްނުކޮން ދާތި……”ލަޔާލްގެ ޖަވާބަކަށް އިންތިޒާރުކުރުމެއް ނެތި އަކްމަލް އތެރެއަށްހިނގައިގެންފިއެވެ. ލަޔާލް އަކްމަލު ގޭތެރެއަށް ވަންނަންދެންބަލަހައްޓައިގެން ހުރީއެވެ.
އިރުއޮއްސޭ ވަގުތުކަމުން އުދަރެހުން ފެންނަނީ އޮރެންޖު ފިޔާތޮށި އަދިވައިލެޓް ކުލައިގެ ވިލާތަކެވެ. ގުދުރަތީ ގޮތުން ފެންނަ ހިތްގައިމު ކަމަށްބަލަހައްޓައިގެން ލަޔާލް ހުއްޓެވެ. ” ދޮންތާ…..” ލަޔާލް ލައިގެން ހުރިހެދުމުގެ ފަސްބައިގަ ހިފާލަމުން އީނަލް ގޮވާލިއެވެ. ”ކީކޭ..” ލަޔާލްހިނިތުންވަމުން އީނަލްގެ މޫނަށް ބަލާލިއެވެ. ” ދޮންތަ ވަޒީފާއަކަށްދާވާހަކަ މަންމަ ބުނި……….އީއްކޮއަށް ހަދިޔާ ގެނެސްދެއްޗޭ….”އީނަލް އޭނަގެ އިސްތަށިކޮޅާ ކުޅެލަމުން ބުނެލިއެވެ. ލަޔާލް ބިންމަތީ ކަކޫޖަހައި އިށީންނަމުން އީނަލްގެ އަތުގައި ހިފާލިއެވެ. ” ޔަގީންތާ…އީއްކޮބަސްއަހަންޏާ ދޮންތަ އަބަދުވެސް ހަދިޔާ ގެނެސްދޭނަން…” ލަޔާލް އީނަލްގެނޭފަތުގައި ހިފާލަމުން ބުނެލިއެވެ.
ލަޔާލް އީނަލް ގޮވައިގެން ގޭތެރެއަށް ހިނގައިގަތެވެ. އޭރު ޝިފާނާ އޭނަގެކޮޓަރިން ނުކުންނަނީއެވެ. ” އީނަލް…އަދިވެސް ކިޔަވަން އިށީންނަންނުވަނީތަ…….ދޭ ކޮޓަރިއަށް….” ހަރުކަށިކަމާއެކު ލޯއަޅާލަމުން ޝިފާނާބުނެލިއެވެ. އީނަލް ބިރުގެންފަ ހުރެ އޭނަގެ ކޮޓަރިއަށް ވަނެވެ. ލަޔާލްއީނަލްގެ ފަހަތުން ދާންހިނގައިގަތެވެ. ” ލަޔާލް….ރޭގަނޑު އެގެއަށްދިއުމުގެ ކުރިން އީނަލްއަށް ކާންދޭތި…” ޝިފާނާ ބުނެލިއެވެ. ލަޔާލްއާއެކޭ ބުނަމުން އީނަލްގެ ކޮޓަރިއާ ދިމާލަށް ހިނގައިގެންފިއެވެ.
ރޭގަނޑުގެ ވަގުތެވެ. މަގުތަކުން ފެންނަނީ ހަލަބޮލިކަމެވެ. ލަޔާލް ގޮސްރާސްތާންގެ ދޮރާށިން ވަތްއިރު އެގޭ އަސްކަނި ދޮށުގަ ގޮނޑިއެއްބަހައްޓައިގެން ޝައުފް އިނެވެ. ލަޔާލް ފެނުމުން ޝައުފު މަޑުމަޑުންތެދުވިއެވެ. ޝައުފު ބަލަން ހުރިގޮތުން ލަޔާލް ފިނިވާ ގޮތްވިއެވެ.ހިތްބާރުބާރަށް ތެޅެންފެށިއެވެ. ” ލަޔާލް….އަހަރެން ވެއިޓް ކުރާތާކޮންއިރެއް….” ގޭތެރެއިން ނުކުމެ އިމްލީ ލަޔާލް ފެނުމުން ބުނެލިއެވެ.އިމްލީ ލަޔާލްގެ ކައިރިއަށް ގޮސް ލަޔާލްގެ އަތުގަ ހިފައިގެންހިނގައިގަތެވެ. ” މިގަޑީގަ ކޮންކަމެއް މިގޭގަ އޮތީ…….” އިމްލީއާދިމާލަށް ބަލާލަމުން ލަޔާލް އެހިއެވެ. ”އެއީ ޝައުފު ބޭގެ ރައްޓެހިންކޮޅެއްގެއަށް އަންނާތީ އެމީހުންނަށް ކެއުމެއްތައްޔާރުކޮއްލަންވެގެން……..އިމްލީ އެކަނި ބުރަވާނެތީ ލަޔާލްގެނައީ……” އިމްލީ ގޮސް ވަނީ ބަދިގެ ތެރެއަށެވެ. އޭރު ބަދިގެ މޭޒުމަތީކެއްކުމަށް ބޭނުންވާ ބައެއް ސާމާނު ހުއްޓެވެ.
”މިގޭގަ އާއްމުކޮން ޕާރޓީ އެއްޗެހި އޮންނާނެ…..އިމްލީ ދުރުގަހުރެގެންވެސް މަޖާކުރަން…މިބުނީ އެމީހުން ނަށަނަށާފަ އެޖަހާ މިއުޒިކުންދުރުގަ ހުރެގެންވެސް ނަށާލެވޭނެ….ލަޔާލް މަޑުކުރައްޗޭ ޕާރޓީ ނިމުނީމަދާން……” އިމްލީ ޕާރޓީއާ ބެހޭގޮތުން ކިޔައިދޭންފެށިއެވެ. ”އަހަންނަކަށް އެހާ ލަސްވަންދެންނެއް ނުހުރެވޭނެ….” ލަޔާލް ދޯޕައްޓާ އެއްކޮނޑުގަ އަޅުވާލަމުން ދޯ ޕައްޓާގަ ގޮށްއައްސާލިއެވެ. ” އިމްލީހިނގައިދާނަން ލަޔާލް ގެއަށް ލާން…..މަޑުކުރަންވާނެ…..” އިމްލީލަޔާލްގެ އަތުގައި ހިފާލައި އާދޭހުގެ ރާގަކަށް ބުނެލިއެވެ.
ދެމީހުންވެގެން ނޫޑްލްސް އާ ޕާސްތާ ތައްޔާރުކޮއްލައިފިއެވެ. އިމްލީބިއްލޫރި ތަށިތަކަށް ޖޫސްއަޅަމުން ދިޔައިރު ލަޔާލް ލުނބޯ ވަށްފޮއްޗަށްތުނިކޮން ފޮތިކުރަމުން ދިޔައެވެ. ”ތީ ކޮންކަމެއް” ލަޔާލް ކުރަމުން ދިޔަކަންތަކަށް ބަލާލަމުން ސޯފީ ބުނެލިއެވެ. ” މިއީ ޖޫސްތަށީގަހަރުކޮއްލަންވެގެން…..ޕާރޓީއެއްވީމަ ކުޑަގޮތަކަށްޑެކްރޭޓްކޮއްލަންވެގެން……” ލަޔާލް ބުނެލިއެވެ. ދެން ފަހަރަކުތައްޓެއްގަ ލުނބޯ ފޮއްޗެއް ހަރުކުރަމުން ބުނެލިއެވެ.
ސޯފީ ދެމީހުން ކުރި މަސައްކަތަށް ތައުރީފްކުރިއެވެ. އަދި އަވަހަށްކާއެއްޗެހި ސިޓިންރޫމްގަ ހުރި މޭޒުމައްޗަށް ނެރުމަށް ބުންޏެވެ. ލަޔާލްއިމްލީގެ ފަހަތުން ޖޫސްތަށިތައް ހިފައިގެން ސިޓިންރޫމަށް ނުކުތްއިރު ޝައުފްއާ އޭނަގެ ރައްޓެހިން މަޖާކުރަން ތިއްބެވެ. ” އޭތް…ހާދަ ސަޅިބިޓުންތިބޭ މިގޭގަ……” ލަޔާލް ފެނުމުން ޝައުފުގެ ކޮނޑުގަ އަތްބާއްވާލަމުންޒާމް ބުނެލިއެވެ. އޭނަގެ ނަޒަރުވެސް ހުއްޓިފައިވަނީ ލަޔާލްއަށެވެ. ”ކޮންނަމެެއް ކިޔަނީ އެ ވައިލެޓް ހެދުން ލައިގެން ހުރި ކުއްޖާއަށް……”ޒާމް އަނެއްކާވެސް އަހާލިއެވެ. ” ނޭނގެ….” ޝައުފު އެދިމާލަށްބަލާލަމުން ބުނެލިއެވެ.
އެމީހުންގެ ޕާރޓީ ފެށިގެން ކުރިއަށް ދިޔައެވެ. ލަޔާލް އާ އިމްލީވެސްއަމިއްލަ ވާހަކަތަކުގައި ތަންކޮޅެއް ދުރުގަ ތިއްބެވެ. އިމްލީ އަކީ ހިތްހެޔޮކުއްޖެކެވެ. އެތަކެއް ދުވަހަށް ފަހު ލަޔާލްއަށް ރަނގަޅު ރައްޓެއްސެއްލިބުމުން ލަޔާލް ހުރީ ހިތްހަމަ ޖެހިފައެވެ. އެމީހުންގެ ޕާރޓީގެ ފޯރި ދިޔައީގަދަވަމުންނެވެ. ލަވަޖަހައިގެން ދެ ޖިންސުގެ ޒުވާނުން މަސްހުނިވެގެންނަށަށް ފެށުމުން ލަޔާލް ބަދިގެ ފަރާތަށް ދިޔައެވެ. އެ މަންޒަރުތަކަކީލަޔާލްއަށް ބަލަން މާ ކަމުދާ މަންޒަރުތަކެއް ނޫނެވެ.
ލަޔާލް ދިޔަ ފަހަތުން ޝައުފް އައިސް ލަޔާލްގެ އަތުގަ ހިފައިގެން ގަދަކަމުންއެންމެންގެ ތެރެއަށް ނެރެފިއެވެ. ވަށްބުރަކަށް އެތުރިފައި ތިބި ޒުވާނުންގެމެދުގަ ލަޔާލް ބެހެއްޓިއެވެ. ޒާމް ގޮސް ޖަހާފައިވާ ލަވަ ނިވާލައިފިއެވެ. ” ޒާމް މިއުޒިކް ޖަހާބަލަ…….އަހަރެމެންނާއެކު މި ކުއްޖާވެސް ވާނެ ދޯނަށަން….” ޝައުފު އެހެން ބުނުމުން ޒާމް ގޮސް ލަވަ ޖަހައިފިއެވެ. ޝައުފުލަޔާލްގެ ދެއަތުގައި ހިފާ އަނބުރާލައި ނެށުމުގެ ކުދި ކުދި ހަރަކާތްތައްގެންނަން ފެށިއެވެ.
ލަޔާލް ހުރީ އެންމެންތެރޭ ލަދުންނެވެ. އަތްފޮޅުވާލަން މަސައްކަތްކުރިނަމަވެސް ޝައުފުގެ ކިބަޔަކުން ސަލާމަތެއް ނުވެވެއެވެ. ދެން ތިބި އެންމެންހީހީފަ އެ މަންޒަރު ބަލަމުން ދާތީ ލަޔާލް ދެރަވިއެވެ. ލަދުން ހަދާނެގޮތްހުސްވެއްޖެ ކަހަލައެވެ.ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް މަޑުމަޑުންފައިބަން ފެށިއެވެ. ދުރުގަ ހުރި އިމްލީއަކަށް އެ މަންޒަރު ބަލަންފަސޭހައެއް ނުވިއެވެ. ” ޝައުފު ތިހެން ނުހަދާ ލަޔާލްއަށް….ޕްލީސް…..”އިމްލީ ކުރިއަށް ހިނގައިގަންނަމުން ގޮވާލިއެވެ. އިމްލީ އެމީހުންނާކައިރިވަނިކޮން އިމްލީގެ އަތުގައި ހިފާ ދަމައިގަތީ ޒާމްއެވެ. ” އަހަރެންދޫކޮއްލާ….” ލަޔާލް މަޑުމަޑުން ބުނެލިއެވެ. ހަމައެއާއެކު ޝައުފު އޭނަގެއަތުން ދޫކޮއްފިއެވެ. ހީވަނީ ލަޔާލްގެ ދުލުން އެހެން ބުނޭތޯ އިންތިޒާރުގައިހުރިހެންނެވެ.
”ތިވަރު ކަމެއް….ތިހެން ބުނިނަމަ…..” ޝައުފު ލަޔާލް ހިނގައިގަތުމުންބުނެލިއެވެ. އޭރު ޒާމްގެ އަތުން ވީއްލިގެން އިމްލީ އައިސް ލަޔާލްގެއަތުގައި ހިފައިފިއެވެ. އެދެމީހުން ގޮސްވަނީ ބަދިގެ ތެރެއަށެވެ.
ލަޔާލް ރޮމުން ދިޔައިރު އިމްލީ ލަޔާލް ހަމަޔަކަށް އެޅުވޭތޯ މަސައްކަތްކުރަމުން ގެންދިއެވެ. ”ހިނގާ ގެއަށް ދާން….އަހަންނާ ހެދި ހުރިހާ ކަމެއްމިވީ…ލަޔާލް ދާން އެދުނީމަ އަހަރެން ފޮނުވި ނަމަ މިހެންނެއްނުވީސް…..” އިމްލީ ރުޅިއައިސް މޭޒުގައި ގޮށްމުށުން ޖަހަމުން ބުނެލިއެވެ.ލަޔާލް ވަކި އެއްޗެއް ނުބުނެ ދޯޕައްޓާއިން މޫނު ފޮހެލައިފިއެވެ.އިމްލީއާއިލަޔާލް ބޭރަށް ނުކުތެވެ.
”ލަޔާލް އެކަނިތަ ދަނީ……”’ ސޯފީ ގޭތެރެއިން ނުކުންނަމުން އެހިއެވެ.ލަޔާލް ބޯހޫރުވާލިއެވެ. ” އަހަރެން މިދަނީ ލަޔާލް ގޮވައިގެން….” އިމްލީކުރިއަށް ޖެހިލައި ސޯފީއަށް ޖަވާބުދިނެވެ. ”ޝައުފު އާދެބަލަ….” ގޭތެރޭނަށަން ހުރި ޝައުފުއަށް ގޮވާލިއެވެ. ޝައުފު ލުއިގޮތަކަށް ދުވެލާފައިސޯފީގެ ކައިރިއަށް ހުއްޓުނެވެ. ”ދޭ ލަޔާލް ގެއަށް ލައިދެން…..އިމްލީވެސްއަންނަން ޖެހޭނި އެކަނި……އަންހެންކުދިން ބޭރުގައި އެކަނި އުޅޭކަށްނުވާނެ…..” ސޯފީ އެހެން ބުނުމުން ލަޔާލް ބަލާލީ އިމްލީގެ މޫނަށެވެ.އެމޫނުމަތިން އިމްލީއަށް ނަގައިގަނެވުނީ ލަޔާލް ޝައުފު އާއެކު ދާންބޭނުންނުވާކަމަށެވެ.
” ދައްތާ އަހަރެންވެސް ދާނަން…..” އިމްލީ އަވަސް އަވަހަށް ބުނެލިއެވެ. ”ނޫން.އިމްލީ ތަށިތައް ނަގަން އާދޭ .ޝައުފު ގޮސް ލަސްނުވެއަންނާތި……” ޝައުފު ހިނގައިގަތުމުން ސޯފީ ބުނެލިއެވެ. އިމްލީއަކަށްދެން އިތުރަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. އިމްލީ ލަޔާލްގެ އަތުންދޫކޮއްލަމުން ގޭތެރެއަށް ހިނގައިގަތެވެ. ކާރު ގަރާޖުން ނެރެ ޝައުފުމަޑުކޮއްލީ ލަޔާލްއާ ކައިރީގައެވެ. ލަޔާލް އެރީ ފަހަތު ސީޓަށެވެ. ޝައުފުވަކި އެއްެޗެއް ނުބުނެ ދުއްވާލިއެވެ.
ޝައުފު ކާރު ދުއްވަމުން ގެންދިޔައީ ފުދޭވަރަކަށް ބާރަށެވެ. ލަޔާލް އިނީފާޑަކަށް ބިރުގެންފައެވެ.ދެއަތުން ސީޓުގައި ހިފަހައްޓާލައިގެންނެވެ.ލަޔާލްމެންގޭ ކުރިމައްޗަށް ކާރު ކުއްލިއަކަށް މަޑުކޮއްލަމުން ލަޔާލް އައިސްޖެހުނީ ޝައުފު އިން ސީޓްގައެވެ. ޝައުފު ބޭރަށް ނުކުމެ ލަޔާލް އިން ފަހަތުސީޓްގެ ދޮރު ހުޅުވައިދިނެވެ. ލަޔާލް ކާރުން ނުކުމެ ގެއާ ދިމާލަށްހިނގައިގަތެވެ.
” ސޮރީ….” ފަހަތުން ޝައުފު އެހެން ބުނުމުން ލަޔާލް ބަލާލިއެވެ.އަނެއްކާވެސް ކުރިއަށް ހިނގައިގަތެވެ. ޝައުފު ބާރު ހިނގުމުގައި އައިސްލަޔާލްގެ ކުރިމައްޗަށް އަރައި އަނެއްކާވެސް ސޮރީއޭ ބުނެލިއެވެ. ” ސޮރީ ….ސޮރީ ..ސޮރީ…..ކިތައް ފަހަރު ބުނީމަތަ އޯކޭއޭ ބުނާނި……އަހަރެންމަޖަލަކަށް ކޮއްލި ކަމެއް އެއީ……ސޮރީ…..” ޝައުފު ލަޔާލްއާކައިރިއަށް ޖެހިލިއެވެ. ލަޔާލް ޝައުފުގެ މޭގަ އަޅާކޮއްޕާލުމަށްފަހުދޮރާށިން އެތެރެއަށް ދެމިގެންފިއެވެ. ޝައުފުވެސް ހަލުވިކަމާއެކު ލަޔާލްގެފަހަތުން ވަނެވެ. ލަޔާލްގެ އަތުގައި ހިފާ ލައްކެއް ޖެހުމަށްފަހު ކައިރިއަށްގެނައެވެ. ގޭތެރެ ނިއްވާލާފައި ހުރުމުން ބޭރު ފެންނަނީ އަނދިރިކޮށެވެ.ޝައުފު އާ ލަޔާލްއާ ދެމެދު މާ ދުރުމިނެއް ނެތްކަން އެނގެނީ އެކަކުއަނެކަކުގެ ނޭވާ އެޅޭތީއެވެ.
”ސޮރީ…..އަހަރެން ޔަގީންކަން މިދެނީ މައާފްނުކުރާހާ ހިނދަކުނުދާނަން…..” ޝައުފު އަޑުގައި ހަރުކަށިކަމެއް ހުއްޓެވެ. ”މަ..އާ..ފްކޮއްފިން.” ބިރުން ތުރުތުރު އަޅާ އަޑަކުން ލަޔާލް ބުނެލިއެވެ. އޭރުވެސްޝައުފު އޭނަގެ އަތަކުން ދުލެއް ނުކޮއްލައެވެ. ޝައުފުގެ ޖީބުން ލައިޓަރެއްނަގައި ރޯކޮއްލިއެވެ. އެ ރަތްހުޅުކޮޅުގެ އަލީގައި ދެމީހުން އެކަކުއަނެއްކަކަށް ފެންނަ ވަރުވިއެވެ.
ލަޔާލްގެ މޫނަށް އެޅިފައިވާ ރަތްހުޅުކޮޅުގެ ސަބަބުން އެ މޫނުގެ ރީތިކަންދެގުނައަށް ދައްކައެވެ. ދެ މީހުންވެސް ބަސްހުއްޓިފައި އެކަކު އަނެއްކަކަށްބަލަން ތިބީއެވެ. ޝިފާނާ ބެލްކަންޏަށް ނުކުތް ވަގުތު ދޮރާށި ބުޑުގައިލަޔާލްއާ ޝައުފު ގައިގޯޅީކޮން ތިބިތަން ފެނުނެވެ. ”އޯކޭ އޭ ބުނެފިން….”ލަޔާލް އަނެއްކާވެސް ބުނެލިއެވެ. މަޑުމަޑުން ޝައުފު ލަޔާލްގެ އަތުންދޫކޮއްލިއެވެ. ލަޔާލް ގޭތެރެއަށް ހިނގައިގަތުމުން ޝައުފު އެތާ ބަލަންހުއްޓެވެ. ޝިފާނާވެސް މަތީގައި ބަލަން ހުއްޓެވެ.
ލަޔާލް ކޮޓަރިއަށް ވަދެ އެނދުމައްޗަށް ވެއްޓިގަތެވެ. ޝައުފު އޭނަގެއަތުގައި ހިފަހައްޓައިގެން ހުރި ތަނުން ނަގާ ދިލައިގެ ސަބަބުން އެތަނުގައިފިރުމެން ފެށިއެވެ. ކުޑައިރުކޮޅަކު އެހެން އޮތުމަށްފަހު ތެދުވެ ނިދާ ހެދުންލައިގެން އައިސް ނިދަން އޮށޯތެވެ.
ފަތިހު ހޭލެވުނީ އެލާމް އަޅަމުން ދިޔަ ގަޑީގެ ސަބަބުންނެވެ. ގަޑިން ފަހެއްޖެހީއެވެ. ނިދި އައިސްފަ ހުރިނަމަވެސް ކުރަންޖެހޭ ބޮޑު ވާޖިބެއް އޮތުމުންލަޔާލް ތެދުވެއްޖެއެވެ. ނަމާދު ކޮއްލައިގެން ބަދިގެތެރެއަށް ވަތްިއރުޝިފާނާ އިނުމުން ލަޔާލް ހައިރާންވިއެވެ. މިހާ ހެނދުނު ޝިފާނާއަކީދުވަހަކުވެސް ހޭލާމީހެއް ނޫނެވެ. ” މަންމާ ކަމަކުތަ؟” ލަޔާލް އަހާލިއެވެ.ޝިފާނާ ވަކި ޖަވާބެއް ނުދީ ލަޔާލްގެ މޫނަށް ބަލާލިއެވެ.
” ރޭގަ ކާކު ގޮވައިގެން މިގޭ ދޮޜާށި ބުޑުގަ ހުރީ…….” ޝިފާނާ އެޖުމްލައިން ލަޔާލްއަށް ހީވީ އޭނަގެ މޭގަނޑު ފަޅާފަ ނުކުތްހެންނެވެ.ސިއްސައިގެން ގޮސް ފަހަތަށް ޖެހެވުނެވެ. ” ހައިރާންވެއްޖެ ދޯ….މަ ބަލަމޭކަލޭ އުޅޭ ނޫޅޭގޮތް…..ބުނަން ތިވައްތަރަށް ނޫޅެ އަވަހަށް މީހަކާއިންނަން އުޅޭ…….ކަލޭގެ ފަރާތުން ފަސޭހައެއް ނުވާިއރު މީހެއްގެކުރިމަތީ މޫނު ދައްކާނެ ވަރު ނުވާނެ ކަންނޭނގެ…..” ޝިފާނާހަރުކަށިކަމާއެކު ބުނެލިއެވެ.
ލަޔާލްގެ ފަރާތުން ފަސޭހަ ވާކަމަކަށް އޭނައަކަށް ނުވެއެވެ. ގޭގެ ހުރިހާކަމެއް ކުރާ އިރުވެސް އަގުވަޒަންވެސް ނުކޮއްލިއެވެ. ޝަިފާނާ ނުކުމެގެންދިއުމުންވެސް އެތަކެއް އިރެން ވަންދެން ލަޔާލް ހުއްޓުން އަރާފައިހުރެވުނެވެ. އޭނައާ ޝައުފުގެ މެދުގައި އެއްވެސް ގުޅުމެއް ނެތެވެ. އަދިއޭނަގެ ހިތުގައި ޝައުފުއަށް އެއްވެސް ދަރަޖައެއް ދެވިފައެއްވެސް ނެތެވެ.ޝައުފު އޭނައާމެދު ދެކެނީ ކީކޭކަމެއް އެނގެނީކީ ނޫނެވެ.
ހެނދުނު ލަޔާލްއަށް ރާސްތާންއަށް ދެވުނު އިރު އިމްލީ ސްކޫލަށް ދިއުމަށްނުކުންނަނީއެވެ. ” ތިއައީ ދޯ….އަހަރެން ހުންނާނެ ލަޔާލްއަށްފަސޭހަކޮއްދޭން ބައެއް މަސައްކަތް ކޮއްލާފަ……” އިމްލީ ސައިޑްބޭގްއަޅުވާލަމުން ބުނެލިއެވެ. ” އިމްލީ މިގަޑީގަތަ ސްކޫލަށްދަނި؟” ލަޔާލްއެހިއެވެ. އެއީ އިއްޔެ އިމްލީ ސްކޫލަށް ނުގޮސް އެގަޑީގަ ގޭގަ ހުރީތީއެވެ. ”އާން.އިއްޔެ ސޯފީ ދައްތަ ބުނެގެން ނުގޮސް މަޑުކޮއްލީ ލަޔާލްއަށްއެހީވާން…..ގަޑިޖެހެން ކައިރިވެއްޖެ…..އޯކޭދަނީ އިނގޭ…” އިމްލީހިނިތުންވަމުން ހިނގައިގަތެވެ.
ހެނދުނުގެ ސައިގަޑިއަށް އެންމެންވެސް މޭޒުކައިރީ ތިއްބެވެ. މިއަދު ލަސްނުވެޝައުފުވެސް އައިސް އިނެވެ. އެމީހުން ސައިގަޑީގައި އެކި ވާހަކަ ދައްކަމުންދިޔައެވެ. ލަޔާލް އުޅުނީ ބަދިގެ ތެރެ ސާފުކޮއްލާށެވެ. ” އައްސަލާމްއަލައިކުމް….” ބޭރުން މީހަކު ސަލާމް ގޮވާލި އަޑުއިވުނެވެ. ”ލަޔާލްބަލައިދީބަލަ ކާކުތޯ…….” ސޯފީ ލަޔާލްއަށް ގޮވާލިއެވެ. ލަޔާލް އަވަސްއަވަހަށް ބޭރަށް ނުކުތްއިރު ބޭރުގައި ހުރީ ތަރުކާރީ ކޮތަޅެއް ހިފައިގެންހުރި މީހެކެވެ. ”އަން….ސޯފީ ބުނެގެން މިގެނެސްދިނީ……” އެމީހާތަރުކާރީ ކޮތަޅު ދިއްކޮއްލަމުން ގޭތެރެއަށް ބަލާލިއެވެ. ހީވާގޮތުންކޮންމެވެސް މީހަކު ހޯދަނީއެވެ. ” ކާކަށް ގޮވައިދޭންވީ؟” މީހަކު ހޯދާހެންހީވެގެން ލަޔާލް އަހާލިއެވެ. ” މީހަކަށް ގޮވާނެ ކަމެއް ނެތް……”އެމީހާ އެހެން ބުނިއިރުވެސް އޭނަގެ ނަޒަރުހުރީ ގޭތެރެއަށެވެ. އެމީހާއިރުކޮޅަކު ބަލަން ހުރުމަށްފަހު ބޭރަށް ހިނގައިގަތުމުން ލަޔާލްވެސްއެތެރެއަށް ވަނެވެ.
މެންދުރަށް ކައްކަށް އުޅެނިކޮން ޝައުފު އައިސް ބަދިގެއަށް ވަނެވެ. ޝައުފުއައިގޮތަށް އައިސް ވަށިގަނޑުން އާފަލެއް ނަގައިގެން އައިސް ގޮނޑީގަ އިށީދެމޭޒުމައްޗަށް ދެފައި ލިއެވެ. ” ލަޔާލް…..ކޯއްޗެއް ކައްކަނީ…….”ޝައުފު ލަޔާލްއަށް ބަލާލަމުން އަހާލިއެވެ. ”ބަތް…”ކުރު ޖަވާބަކުންލަޔާލް ފުއްދާލިއެވެ. ޝައުފުއާ ހެދި އޭނައަށް މަންމަގެ ފަރާތުން އިވިގެންދިޔަ ޖުމްލަތައް އަދިވެސް ހީވަނީ ކަންފަތުގައި ގުގުމާ ހެންނެވެ. ލަޔާލްއަތްމަތި އަވަސްކޮއްލާފައި މަސައްކަތްތައް ކުރަމުން ދަނިކޮން ފަހަތުންޝައުފް އޭނަގެ ބުރަކަށީގަ ފިރުމާލިހެން ހީވިއެވެ. ސިހިފައި ބަލާލިއިރުހެވިލާފައި ވަރަށް ކައިރީ ޝައުފު ހުއްޓެވެ. ޝައުފު ކޮންމެފަދަ ކަމެއްވެސްކޮއްފާނެ ކަމުގެ ބިރު ލަޔާލްގެ ހިތުގައި އޮތެވެ. ޝައުފު ކުރިއަށްވުރެލަޔާލްއާ ކައިރިވެލިއެވެ. ” ބިރުގެންފަ ހުރީމަ ވަރަށް ލޯބި..”ލަޔާލްގެނިއްކުރިއަށް ގިނަވެފައިވި ދާތކިތައް ޝައުފު ފޮހެލައިދެމުން ބުނެލިއެވެ.އަދި ލަޔާލްއާ ދުރަށް ހިނގައިގެންފައި ގޮސް މޭޒުކައިރީ ހުއްޓުނެވެ.
” އަހަރެން އެއްވެސް ގޯސްކަމެއް ކުރާކަށް ނޫޅެން……ލަޔާލް ހަދާގޮތެއްބަލާލީ…..އަހަންނާ ހެދި ލަޔާލްއަށް ވަރަށް އުދަނގޫދޯ….” ޝައުފުއަހާލިއެވެ. މާނޭވާއެއް ލަމުން ލަޔާލް ހަމަޖެހެން މަސައްކަތްކުރަމުންދިޔައެވެ. ޝައުފުކުރި ސުވާލުގެ ޖަވާބުގެ ބަދަލުގައި ލަޔާލް ބޯހޫރުވާލިއެވެ.
” އަހަރެން ބޭނުންވަނީ ހަމައެކަނި ފްރެންޑްޝިފް….” ޝައުފު އަނެއްކާވެސްލަޔާލްއާ ދިމާލަށް ހިނގައިގަތެވެ. ސަލާމަށް އަތްދިއްކޮއްލިއެވެ. ޝައުފުހިތުގައި ލަޔާލްއަށް ދެވިފައިވަނީ ކޮންކަހަލަ ދަރަޖައެއް ކަން އެނގުމުންލަޔާލް އުފާވިއެވެ. އަތާ އަތްޖޯޑުކޮއްލަމުން ލަޔާލް ހީލިއެވެ. (ނުނިމޭ)
2 Comments!
Comments are closed.
wowww beautifull story next part ves avahah ap kohdheyne kamah uhmeedhu kuran
Adi daa goiyy hama v nice….. uhmydu kuran kuriah huri baitahvs sauguverikamaaeku kiyaaleveynekamah……. INSAA ALLAH SUKURAN XAAHY