މައުސޫމު ޝާލީގެ ދެލޯމެރުނު ވަގުތުބާރު އަޑަކާއި އެކު ކޮޓަތެރެއަށް ވަންމީހަކު ޝާލީއާއި މުޚާތަބުކޮށް ވާހަކަ ދައްކަމުން ދިޔައެވެ. ފުރަތަމަ ޝާލީ އޮތީ ވާނުވާ ނޭނގޭ ހާލުގައެވެ. އަތަކަށް ގުޑިލަންވެސް ނޭނގިފައި ހަރަކާތް ހުސްވެފައި ޝާލީ އެމީހާއަށް ބަލަން އޮތެވެ. “ކަލޭ ކޮންއެއްޗެއް ތި ބަލަނީ މަގޭ މޫނުން؟ އެކައްޗެެއްވެސް ނުފެންނާނެ؟ މަ ކަލެއާ ސުވާލެއް ކޮށްފީމެއްނު. ޖަވާބު ދީބަލަ؟” އެމީހާ އަނެއްކާވެސް ބަރުއަޑަކުން ޝާލީ އާއި ސުވާލުކުރިއެވެ. ޝާލީއަށް ބިރުން ގޮސް ލޯމަރާލެވުނެވެ. އެވަގުތު އެމީހާގެ ބަރު […]
ޝާލީ މަޑުމަޑުން ހަރަކާތް ކުރަން ފެށިއެވެ. އަދި ޑައިރީގެ ތެރޭގައި މަންމަ ރައްކާކޮށް ފޮރުވާފައިއެވާ ހަގީގަތް ނޭނގޭ ތަޅުދަނޑި ނެގިއެވެ. އަދި މެއާއި ޖައްސާ ބާރުކޮށްލަމުން އެއީ ކޮންތަނެއްގެ ތަޅުދަނޑިއެއްތޯ ހިތާ ހިތާ ސުވާލުކުރަމުން ދިޔައެވެ. ހީވަނީ ޝާލީ އޭނާ ބޭނުންވާގޮތް ނިންމީހެނެވެ. މަންމަ ބުނިފަދައިން ދެ މަގުން އޭނާ ޚިޔާރުކުރާ މަގު ޚިޔާރުކޮށް ނިންމާ އެމަގުގައި ކުރިއަށް ދާން މަސައްކަތް ފެށީހެން ހީވާން ފެށިއެވެ. ޝާލީ އެ ކުޑަކުޑަ ތަޅުދަނޑި ނަގާ އޭނާގެ ކަރުގައި އޮތް […]
ދަރިފުޅާއެވެ. ދަރިފުޅުގެ އާއިލާގެ އެންމެންވެސް ވީ އެހެން ރަށެއްގައޭ ބުނަމުން، އޮޅުވާލާ ކޮންމެ ފަހަރަކު މަންމަގެ މާޒީ މިނިކަމެތި ހަށިގަނޑު ފަނާކޮށްލާ ކަހަލައެވެ. ނިކަމެތިކަމާއި އެކަނިވެރިކަމުގައި ދަރިފުޅުގެ ހުރިހާ ކަމެއް ފުރިހަމަކޮށްދެވޭތޯ މަންމަ ނިހާޔަތަށް މަސައްކަތް ކުރީމެވެ. ދަރިފުޅުގެ އުފަން ރަށަކީ މިއީ ނޫންކަމުގައި ބުނަމުން އައި ކަމުގައި ވިޔަސް ހަގީގަތަކީ މިރަށަކީ މަންމަގެވެސް ދަރިފުޅުގެވެސް ރަށްކަމެވެ. ދަރިފުޅުގެ އާއިލާއާއި ބައްޕަވެސް އުޅެނީ ހަމަ މިރަށުގައެވެ. މިފަސްގަނޑުގައެވެ. ތިމާގެމީހުނާއި މަންމަގެ ރަހުމަތްތެރިން ވެސް ހަމަ އުޅޭތަނަކީ މިއީއެވެ. […]
ދަރިފުޅާއެވެ. އެ ގަނޑު ފެނުމާއި އެކީ މަންމަގެ ހިތައް ބިރުވެރިކަން ވަނެވެ. ސަކިންތަ ލިޔެފައިވާ ލިޔުމެއްކަން އެނގުމުންނެވެ. ވަކި މީހަކަށް އެޑްރެސްކޮށްފައި ނެތީމައެވެ. މަންމަގެ ބޮޑު ސިއްރުގެ ވާހަކަ ލިޔެފައި އޮވެދާނެތީއެވެ. ރޯމަހެއްހެން މަންމަގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. އެނދުގައި އިނދެ އެ ގަނޑު ކިޔަމުންދިޔައިރު މަންމަގެ ދެތައް ތުރުތުރު އަޅާވަރުން ގަނޑުވެސް ވެއްޓޭވަރު ވެއެވެ. ސަކިންތަ ލިޔެފައިވާ ލިޔުން ކިޔަން އެހާ ބިރުގަތީ ކީއްވެކަން މަންމައަށް ބުނެދޭކަށް ނޭނގެއެވެ. މަންމައާއި ދަރިފުޅު ހާސްވާންވީ އެއްވެސް […]
މަންމަގެ ނޭވާ ހާސްވާން ފެށިއެވެ. ކަރުން ތަންކޮޅެއް ކަނޑައިގެންވެސް ދިޔައެވެ. “ނިޝްރާ. ކަލޭގާތު މަބުނީމެއްނު އެއްވެސް މީހެއްގާތު މަ ކަންތައްކުރި ގޮތުގެ ވާހަކަ ނުދައްކާށޭ. އެކަމަކު މަށަށް ހީވަނީ މިހާރު ކަލޭ ދައްކައިފިހެން. އަނެއްކާވެސް ލަނޑެއް ދޭންވީތަ؟” މަންމަގެ މުޅިހަށިގަނޑަށް ބާރު ފޯރުވައިގެން އޮވެ އެމީހާ މަންމައާއި ވާހަކަ ދައްކަމުން ގެންދިޔައެވެ. މަންމަގެ ހިތާމައިގެ ސިއްރުގެ ވާހަކަ މީހަކަށް ކިޔައި ނުދެން ކަމުގައި އޭނާގެ ގާތުގައި ރޮމުން ގިސްލަމުން ބުނަމުން ދިޔައީމެވެ. ދަރިފުޅުގެ ހައްގުގާނަމަވެސް މަންމައަށް އަނިޔާ […]
މަންމަ ގޮވައިގެން ރާޝިދު ދިޔަކަމުގައި ވިޔަސް މަންމަގެ ހިތުގައި އެއްވެސް ބިރުވެރިކަމެއް ނެތެވެ. އޭނާގެ އިހުސާންތެރިކަމުން މަންމަގެ ހިތްވަނީ ފުރާލަދީފައެވެ. އެހެން ނޫނަސް މިފަހަކަށްއައިސް މަންމަވެސް ބޭނުންވާ ގޮތަކީ އެއީއެވެ. ރާޝިދުއާއި އެކީ އެކަނި ވަގުތު ހޭދަކުރުމެވެ. އެ ގޭގެ ތެރެއަށް ވަދެވުމާއި އެކު މަންމައަށް ލިބުނީ ކުއްލި ސިހުމެކެވެ. މުޅި ގޭތެރެވަނީ ޒީނަތްތެރިކޮށްފައެވެ. ބޮކި ހުރީ ނިވާލާފައެވެ. ހުރިހާތަނެއްގައި އުއްބައްތި ޖަހާ އަލިކޮށްފައި ހުއްޓެވެ. މޭޒުމަތީގައި ފޮތިގަނޑެއްއަޅާފައި އޮތެވެ. ދެފަރާތުގައި ދެ ގޮނޑި ބަހައްޓާފައި ހުއްޓެވެ. […]
ޓްރީން ޓްރީން ޓްރީން… މޭޒުމަތީގައި ބަހައްޓާފައި ހުރި އެލާމް ގަޑި ރިންގުވާން ފެށިއެވެ. ދަންވަރު ހޭލާ ޑައިރީ ކިޔަން އޮތުމާއި އެކީ ޝާލީއަށް ހޭލެވުނީ ވަރަށްގިނައިރު ގަޑި އެލާމްވިފަހުންނެވެ. ހޭލެވުމާއި އެކީ ކަންނެތްކަމާއި އެކު އެނދުމަތީ އޮވެ މޯޅިއަކަށް ދެމިލިއެވެ.އެއްފައި ކުރުކޮށް އަނެއްފައި ދަމާލަމުން އެތްއަތުން އަނގަމަތީގައި އަތްއަޅާ އަނެތްއަތް ދަމާލާ މުޅިމީހާ ހޭލައްވާލުމަށް ދެމިލި މޯޅިން ކަންނެތްކަންވެސް ފިލައިގެން ދިޔަ ކަހަލައެވެ. ޝާލީ އަވަހަށް ތެދުވެ އެނދުމަތީގައި އިނށީދެ ގަޑިއަށް ބަލާލިއެވެ. ގަޑިން ފަސްގަޑި ބައިވީއެވެ. […]
ރާޝިދު ފެނުމުން މަންމަގެ މޫނުމަތިން ފެނުނު ކުލަވަރު އެއްފަހަރުން ބަދަލުވިއެވެ. ހަމައެކަނި މޫނުމަތިން އުފާވެރިކަން ގެއްލުނީއެއް ނޫނެވެ. އޭނާގެ އެސުވާލާއިއެކީ މަންމައަށް ބާރުބާރަށް ރޯންފެށުނެވެ. މަންމަގެ ދެލޮލަށް ކަރުނަތަށް ޖަމާވެ، މިކޯތާފަތްމަތިން މަންމަގެ އުނގަށް ފައިބަން ސިކުންތެއްވެސް ނުނެގިއެވެ. އެބާރު ރުއިމުގެ އަޑު މަޑުކޮށް، ފައިބަމުންދިޔަ ކަރުތައް ހިފެހެއްޓުމަށް މަންމައަށް ކުރެވުނު ހަމައެކަނި ކަމަކީ މޫނުމަތީގައި އަތްއެޅުމެވެ. އެހެންނަމަވެސް އެކަންވެސް ވީ މި ރުއިން ގިސްލުމަކަށް ބަދަލުކުރުވިކަމަކަށެވެ. މަންމަގެ މި ރުއިމާއި ގިސްލުމަށް ރާޝިދުއަށް އެންމެ ހިނދުކޮޅަކުވެސް […]
މަންމަގެ ލޯމަތިން ދަރިފުޅު ގެއްލުން މީ ފުރަތަމަ ފަހަރެވެ. މަންމަ ދަރިފުޅު ހޯދަން ނުކުމެ މާދުރަށް ނުދެވެނީސް ރާޝިދު ދަރިފުޅު ގޮވައިގެން ގޯޅިއަކުން ނުކުތެވެ. ހެމުން ސަމާސާކުރަމުން ދަރިފުޅާއެކު ކުޅެމުންނެވެ. މަންމަ ރާޝިދު ދެކެ އައިސް ހުރި ރުޅިން ދަރިފުޅު ގޮވައިގެން އޭނާ ދިޔައީ ކޮންތާކަށްތޯވެސް ނާހަމެވެ.ދުވެފައިގޮސް އެނާގެ އަތުން ދަރިފުޅު އަތުލައިގެން ގެއަށް އައީއެވެ. ރޮމުން ރޮމުންނެވެ. މަންމަ ގެއަށް އައި އިރު މަންމަގެ ފަހަތުން ރާޝިދުވެސް އައެވެ. ވީގޮތް ކިޔައިދެން މަސައްކަތް ކުރިއެވެ. އެކަމަކު […]