Skip to content
އެސްފިޔަ

މަންމަގެ ޑައިރީ 16 ވަނަ ބައި (ރީއިޑަ)

ދަރިފުޅާއެވެ. ދަރިފުޅުގެ އާއިލާގެ އެންމެންވެސް ވީ އެހެން ރަށެއްގައޭ ބުނަމުން، އޮޅުވާލާ ކޮންމެ ފަހަރަކު މަންމަގެ މާޒީ މިނިކަމެތި ހަށިގަނޑު ފަނާކޮށްލާ ކަހަލައެވެ. ނިކަމެތިކަމާއި އެކަނިވެރިކަމުގައި ދަރިފުޅުގެ ހުރިހާ ކަމެއް ފުރިހަމަކޮށްދެވޭތޯ މަންމަ ނިހާޔަތަށް މަސައްކަތް ކުރީމެވެ. ދަރިފުޅުގެ އުފަން ރަށަކީ މިއީ ނޫންކަމުގައި ބުނަމުން އައި ކަމުގައި ވިޔަސް ހަގީގަތަކީ މިރަށަކީ މަންމަގެވެސް ދަރިފުޅުގެވެސް ރަށްކަމެވެ. ދަރިފުޅުގެ އާއިލާއާއި ބައްޕަވެސް އުޅެނީ ހަމަ މިރަށުގައެވެ. މިފަސްގަނޑުގައެވެ. ތިމާގެމީހުނާއި މަންމަގެ ރަހުމަތްތެރިން ވެސް ހަމަ އުޅޭތަނަކީ މިއީއެވެ. އެކަމަކު މި މަންމަގެ ނިކަމެތި ހާލަށް ހަމްދަރުދީވާ ހަމަ އެކަކުވެސް ނެތެވެ. ދަރިފުޅުގެ ނިކަމެތިކަމާއި އެކަނިވެރިކަމަށް އަޅާލާ ހަމައެއްވެސް މީހެއް ނެތެވެ. މަންމަގެ ބަނޑުގައި ދަރިފުޅު ޣަރުބަގަތީއްސުރެ އެ ހުރިހާ އެންމެނަށްވެސް މަންމަ ވަނީ މަރުވެފައެވެ. ދަރިފުޅާއި ބެހޭ އެއްވެސް މައުލޫމާތެއް އެއިން އެއްވެސް މީހަކަށް އަދާހަމައަށްވެސް ނޭނގޭނެއެވެ. ދަރިފުޅުގެ ބައްޕައަކީ ކާކުކަން މިއަދާހަމައަށްވެސް ވަނީ ސިއްރެއްގެ ގޮތުގައެވެ. އެކަން އެނގޭ ހަމަ އެކަކުވެސް ނެތެވެ. އެވާހަކަތައް މަންމަ ބުނެދިން ހަމައެކަނި މީހާއަކީ ދަރިއެއްފަދައިން މަންމައަށް ލޯބިދިން ސަކިންތައެވެ. އެކަމަކު މިއަދު އެ ސަކިންތަވެސް މަންމައާއި ވަނީ ވަކިވެފައެވެ. މަންމައަށް ދަރިފުޅުގެ ބައްޕައަކީ ކާކުކަން ބުނެދެވުނު ހަމައެކަނި މީހަކީ އެއީ އެވެ. މަންމައަށް އެއީ ކާކުކަން ބުނެދެވޭނީވެސް ކިހިނެއް ހެއްޔެވެ؟ އެ މީހާ މަންމައަށް ދޭ އިންޒާރުތަކުންވެސް މަންމަގެ ހިތްހުއްޓޭވަރުވެއެެވެ. އެއީ މަންމަގެ އެއްވެސް ކުށެއް ނެތްއިރު ކަންތައް ކުރާ ގޮތެވެ. ދެން އޭނާ ނުރުހޭ ކަމެއް ކުރެވޭނެ ގޮތެއް މަންމައަށް ވިސްނާ ވިސްނާވެސް ނޭނގުނެވެ. މިކަމުގައި މަންމައަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ.

މަންމައަކީ ނިކަމެއްޗެކެވެ. ފައިސާގެ ތަނަވަސްކަން ނެތް ފަގީރެކެވެ. މުދަލެއް ނެތް ދެރަ މީހެކެވެ. މީހުންގެ މަލާމާތާއި ފުރައްސާރަ ލިބިފައިވާ އެކަނިވެރިއެކެވެ. ދުނިޔޭގައި ބާކީކޮށްލާ ބަލިކޮށްލާފައިވާ މުސާފިރެކެވެ. އެކަމަކު ދަރިފުޅުގެ ބައްޕައަކީ މިހުރިހާކަމެއްގެ ދިމާ އިދިކޮޅު ލިބިފައިވާ މީހެކެވެ. އެއީ ފައިސާވެރި ބާރުވެރި މީހެކެވެ. މުދާ އޮތް ގަދަފަދަ ތަނަވަސް މީހެކެވެ. މީހުންގެ ލޯތްބާއި އިހުތިރާމު ހޯދުމަށް ރިސްވަތާއި ފައިސާ ބޭނުންކޮށްގެން އެކަން ކާމިޔާބު ކުރާ މީހެކެވެ. މީހުން ގަބޫލުކުރާ ގޮތުގައި ރާއްޖޭގައި ހުރި އެންމެ ގަދަރުކުރެވޭ އެކަކީ އޭނާއެވެ. ހަގީގަތް ނޭނގެންޏާ ވާނީވެސް އެހެން ތާއެވެ. ތިމާގެ ހުރިހާ އައިބަކާއި ނުބައިކަމެއް ފޮރުވަމުން ފަސްލަމުން ވަޅުލަމުން ދަންޏާ އެކަންކަން އެނގޭ މީހުން މަދުވާނެތާއެވެ. ދަރިފުޅާއެވެ. އެފަދަ ބާރުގަދަ މީހަކާއި ދެކޮޅަށް މަންމައަށް މަސައްކަތް ނުކުރެވުނީއެވެ. މަންމަގެ މި ނިކަމެތި ޟަމީރު އެކަމަށް ތަން ނުދިނީއެވެ. ދަރިފުޅުގެ ހައްގުތައް ހޯދައިދިނުމަކީ މަންމަގެވެސް ޒިންމާއެކެވެ. މަންމަގެވެސް މައްސޫލިއްޔަތެކެވެ. އެކަމަކު މަންމަގެ މި ނިކަމެތި އެކަނިވެރިކަން އެކަންކަމަށް ހުރަސް އެޅީއެވެ.

ދަރިފުޅާއެވެ. މިއަދު މަންމަ މިވަނީ ދަރިފުޅާއި ވަކިވެފައެވެ. މާދުރަށް ގޮސްފައެވެ. ނުފެންނަ ހިސާބުގައެވެ. މި ދުނިޔެއާއި ވަކިވެފައެވެ. މި ޑައިރީ ދަރިފުޅު ތިކިޔަނީ މަންމައާއި ދަރިފުޅާއި ދެމީހުން ދެން ބައްދަލު ނުވާނެތީއެވެ. މަންމަ ދަރިފުޅުގެ ކިބައިން ބޭނުންވަނީ ހަމަ އެންމެ ކަމެކެވެ. ދަރިފުޅަކީ ޞާލިހު ރަނގަޅު ކުއްޖަކަށް ވުމެވެ. މަންމަ ނެތް ކަމުގައިވިޔަސް މަންމަ ބޭނުންވަނީ ދަރިފުޅަކީ ބަސްއަހާ ކިޔަމަންތެރި ދަރިއަކަށް ވުމެވެ. ޚުލްގުހެޔޮ ރިވެތި އަޚުލާގެއްގެ ކުއްޖަކަށް ވުމަށެވެ. މަންމަގެ އުންމީދަކީ ދަރިފުޅަކީ ދީންވެރި ކުއްޖެއްކަމުގައި ވުމެވެ.

ދަރިފުޅާއެވެ. ދަރިފުޅު ބޭނުންނަމަ ދަރިފުޅު ބޭނުން ހުރިހާ ސުވާލެއްގެ ޖަވާބު ދީފާނަމެވެ. އެ ސުވާލުތަކުގެ ޖަވާބު ހޯދުމަށް ދަރިފުޅަށް މަގު ދައްކަދީފާނަމެވެ.

މިހިސާބައް ކިޔުނު އިރު ޝާލީގެ މޭ ބާރުބާރަށް ތެޅެމުން ދިޔައެވެ. ރޯމަހެއްހެން ތެޅެމުން ދިޔައެވެ. ވިންދު އަވަސްވެ އޭގެ އަޑު ބާރުވާން ފެށިއެވެ. ނޭވާ ކުރުވާގޮތް ވިއެވެ. އަވަސް ނޭވާތަކެއް ލާންފެށިއެވެ. ޑައިރީ ލައްޕާލަމުން ކިޔުނު ހިސާބަށް ކަނާތުގެ ޝަހާދަތް އިނގިލިލައި ޑައިރީ ލައްޕާލިއެވެ. އަދި ވާތުން އޭނާގެ އަންހެންވަންތަ މޭމަތީގައި އަތްކާތާލިއެވެ. ހިތް ނުތަނަވަސްވެފައިވާ ހާލުގައެވެ. އަދި މަޑުމަޑުން ތެދުވެގެން ކުރިއަށް ހިގައިގަތެވެ.  ކަނާއަތުގައި އޮތް ޑައިރީ ވާތަށް ބަދަލުކޮށްލަމުން ގޮސް ކޮޓަރީގެ ޑްރެސިންޓޭބަލް މަތީހުރި ފެންފުޅި ނަގާ މަތި ހުޅުވާލިއެވެ. އަދި އަނގަ މައްޗަށްޖަހާ އެ ފުޅިން ފެން ބޯލިއެވެ. ކަރުހިތްކުން ފިލުވާލުމަށެވެ. ހާސްކަން ފިލާތޯއެވެ. މޭގެ ތެޅުން ކުޑަވޭތޯއެވެ. ހިތުގެ ވިންދު ހަމަޖެއްސުމަށެވެ. ފެންފޮދު ބޯލާއިގެން ފުޅި ބެހެއްޓުމަށްފަހު ޝާލީ އޭނާގެ އެނދާއި ދިމާލަށް މިސްރާބު ޖަހަމުން އަތުގައިއޮތް ޑައިރީ ހުޅުވާލާ ކިޔަން ފެށިއެވެ. ޑައިރީ ކިޔަމުން އައިސް އެދުގައި އަޅާގަނެ އޭނާ އެދުމައްޗަށް ނުވެއްޓުނީ ކިރިޔާއެވެ. އެންމެ ފަހުން އެދުގައި އިށީނެވެ. ދެލޯ ފުހެލަމުން ޑައިރީ ކުރިއަށް ގެންދިޔައެވެ.

ދަރިފުޅާއެވެެ. މި ކަމުގައި އޮތީ ދެގޮތެވެ. އެއްގޮތަކީ  ދަރިފުޅަށް މިހަރުވެސް އެނގޭ މިންވަރަށްވުރެ އިތުރަށް އޮޅުން ނުފިލުވާ އެކަންކަން މަތިން ހަނދާން ނައްތާލުމެވެ. ދަރިފުޅު ދަރިފުޅުގެ ދިރިއުޅުމާއިގެން ރަނގަޅުގޮތުގައި ކުރިއަށް ދިއުމެވެ. ބާއްޖަވެރި ކާމިޔާބު ހަމަޖެހޭ ދިރިއުޅުމެއް ހޯދުމަށް މާޒީ ހަނދާން ނައްތާލަން މަސައްކަތް ކުރުމެވެ. ދަރިފުޅަށްޓަކާ މަންމަ ވީ ގުރުބާނީތައް ވެސް ހަނދާން ނައްތާލާ ދަރިފުޅަށް އުފާވެރިކަން ހޯދުމެވެ. ނިކަމެތިކަން ހަނދާން ނައްތާލާ މިއަދު ލިބިފައިވާ ހަމަ ޖެހޭ ދިރިއުޅުމައިގެން ކުރިއަށް ދިއުމެވެ. ދަރިފުޅާއެވެ. ވިސްނާށެވެ. ޢަމަލު ކުރުމުގެ ކުރިން ބުއްދީގެ ބޭނުން ހިފާށެވެ. ވަގުތު ފާއިތު ނުވަނީސް ދިރިއުޅުމައިގެން ކުރިއަށް ދާށެވެ. ގެއްލިއްޖެ ވަގުތެއް އަނބުރާ ނުލިބޭނެއެވެ. ތީ ދަރިފުޅުގެ ދިރިއުޅުމެވެ. މަންމަގެ ހިތި މާޒީއާއި ހެދި ދަރިފުޅަށް ހޯދިދާނެ އުފާވެރި ދިރިއުޅުން އެއްލާ ނުލާށެވެ. އެކަމަކުވެސް ކަން ކުރާނެ ގޮތް އެނގޭނީ ދަރިފުޅަށެވެ.

ދަރިފުޅާއެވެ. މިކަމުގައި އޮތް ދެވަނަ ގޮތްވެސް މަންމަ ދަރިފުޅަށް ބުނެދޭނަމެވެ. މިކަމުގައި އޮތް ދެވަނަ ގޮތަކީ އެހާ ފަސޭހަ ގޮތެއް ނޫނެވެ. އެހާ ސަލާމަތްތެރި ގޮތެއްވެސް ނޫނެވެ. މިކަމުގައި އޮތް ދެވަނަ ގޮތަކީ މަންމައަށް ހޯދައިނުދެވުން އަހަރެމެން ދެމައިންގެ  ހައްގު ހޯދުމަށް މަސައްކަތް ކުރުމެވެ. މާޒީގެ ހިތި ތަޖުރިބާއާއި ހިތާމަވެރި ހާދިސާތަކަށް އަލުން އެނބުރި ދިއުމެވެ. އެކަންކަމުގެ ޒިންމާވާ ފަރާތްތައް ހޯދުމެވެ. އެފަރާތްތައް ޒިންމާ ކުރުވުމެވެ. އެކަމަކުވެސް ދަރިފުޅާއެވެ. އެއީ ނުރައްކާތެރި ކަމެކެވެ. އެއީ ބާރުގަދަ މީހުނާއި ދެކޮޅަށް ކުރަން ޖެހޭ ހަނގުރާމައެކެވެ. ނުލަފާ ބާރުވެރިން ބަލިކުރުމަށް ކުރަން ޖެހޭ ޖިހާދެކެވެ. ކުރު ގޮތަކަށް ބުނާނަމަ ބުނަން ޖެހޭނީ ދެވަނަ ގޮތަކީ އެ ނުލަފާ މީހާގެ ކިބައިން ބަދަލު ހިފުން ކަމުގައެވެ. މިއަދު ދަރިފުޅުގެ ގާތުގައި މަންމަ ނެތްކަމުގއި ވިޔަސް މިކަމުގައި ދަރިފުޅު ބޭނުންވާނެ ހުރިހާ އެހީތެރިކަމެއް މަންމަ ފޯރުކޮށްދޭނަމެވެ. ދަރިފުޅާއެވެ. ދަރިފުޅު ބޭނުން ގޮތެއް ޚިޔާރުކުރާށެވެ. ދަރިފުޅު ބޭނުން ކޮންމެ ގޮތަކަށް ކަންކުރިކަމުގައިވިޔަސް މަންމަ އުފާވާނެއެވެ. މަންމަ ހިންހަމަ ޖެހޭނެއެވެ. ވިސްނައިގެން ނޫނީ ކުރިއަށް އެންމެ ފިޔަވަޅެއްވެސް ނާޅާށެވެ. ދަރިފުޅު ހަގީގަތުގައިވެސް ބޭނުންވަނީ ކޮންގޮތެއްކަން ހޯދާފާ ނޫނީ ގޮތެއް ނުނިންމާށެވެ. އޮތީ ދެމަގެވެ. ކޮންމެ މަގެއްގާވެސް ވަޅުލެވިފައިވާ ހަގީގަތް ނޭނގޭ ބައިވަރު “މައިން” ވެއެވެ. އެރިދާނެކަމަށް ސަމާލުވާށެވެ. ވިސްނުމަށް ވަގުތު ހޯދާފާ އެންމެ ރަގަޅުގޮތް ޚިޔާރުކުރާށެވެ. މަންމަ އަބަދުވެސް ދަރިފުޅާއިއެކު ވާނަމެވެ.

ދަރިފުޅާއެވެ. މަންމަގެ ފުރާނަފަދަ ލޯބިވާ ޝާލީއެވެ. ދަރިފުޅު ބޭނުން ގޮތެއް ޚިޔާރުކުރާށެވެ. ކުރިއަށް ދާންވީ މަގު ކޮށައިދިނުމުގައި މަންމަ އަބަދުވެސް ހުންނާނަމެވެ. ދަރިފުޅާއެވެ. ދަރިފުޅުގެ އާއިލާއާއި ދަރިފުޅުގެ ބައްޕައަކީ ކާކުކަން ހޯދަން މަސައްކަތް ކުރާނަމަ މަންމަ ދޫކޮށްފައިވާ ކޮންމެ އެއްޗަކީވެސް ބޭނުންތެރި އެއްޗެކެވެ. ދަރިފުޅާއެވެ. މަންމަ އަބަދުވެސް ދަރިފުޅު ދެކެ ލޯބިވެއެވެ. މަންމައަށް ކުށެއް ކުރެވިފައިވާނަމަ މަންމައަށް މާފުކުރާށެވެ.

ޝާާލީގެ މަންމަގެ އަސަރުގަދަ ބަސްތަކާއި އިބާރާތްތަކުން ޝާލީގެ ހިތައް ހާސްކަމާއި ބިރުވެރިކަން ވަންނަމުން ދިޔައެވެ. އެ ހެޔޮލަފާ ކުށެއްނެތް މަންމަ ޝާލީގެ ކިބައިން މާފަށް އެދުމުން ޝާލީ އެކަމާއި ލަދުވެތިވެ ހިތާމަކުރެއެވެ. މަންމަ އޭނާގެ ކިބައިން މާފަށް އެދެން ޖެހެނީ ކީއްވެތޯ ހިތާ ހިތާ ސުވާލުކުރަމުން ދިޔައެވެ. މިދުނިޔޭގައި ނެތް މަންމައެއް ޝާލީއަށް އެހީވެދެނީ ކިހިނެތްތޯ އޭނާގެ ޒަމީރާ ސުވާލިކުރަމުން ދިޔައެވެ. މަންމަގެ އަސަރުގަދަ ބަސްތަކުން ކަތިލެވިފައިވާ ހިތުގައި އަޅާ ވޭނުން ލޮލަށް ޖަމާވެފައިވާ ކަރުނަތައް ފުހެލަމުން ޑައިރީ ކިޔާލެވޭތޯ ޝާލީ މަސައްކަތް ކުރަމުން ދިޔައެވެ. މަޑުމަޑުން ރޮވޭ ހާލުގައެވެ.

ދަރިފުޅާ ޝާލީއެވެ. ދަރިފުޅުގެ ބައްޕައާއި، ދަރިފުޅުގެ ހަގީގަތް ހޯދުމަށް ދަތުރު ފަށަން ބޭނުން ނަމަ މަންމަ ބުނެދީފއިވާ ކޮންމެ އެއްޗެއް ދަރިފުޅަށް ބޭނުން ވާނެއެވެ. ދަރިފުޅުގެ ބައްޕައަކީ ކާކުކަން ހޯދަން ބޭނުންވާކަމުގައި ވަނީ ނަމަ “ރީއިޑަ” ގެ ޑަބަލް ކަވަރ ލާފައިވާ ތަން ހޯދާށެވެ. އޭރުން ދަރިފުޅު ކުރިއަށް ދާންވީ ހުރިހާ ވަސީލަތެއް ލިބޭނެއެވެ.

ދަރިފުޅާއެވެ. ދަރިފުޅަކީ މަންމަގެ ދެލޮލުގެ ނޫރެވެ. މަންމަ ދުނިޔޭގައި އުޅުނު ދުވަސްތަކުގެ އުންމީދެވެ. ދިރިހުރުމުގެ އަސްލެވެ. ދަރިފުޅު ރަނގަޅު ކުއްޖަކަށް ވާށެވެ. ކޮންމެ ހާލެއްގާވެސް ނަމާދު ގާއިމްކޮށް، ޒަކާތްދީ ރޯދަ ހިފާ ކުއްޖަކަށް ވާށެވެ. އިސްލާމްދީންމަތީ ދެމިހުރެ މިދުނިޔެއާއި އާޚިރަތް ބާއްޖަވެރިކުރާށެވެ. މަންމަ ދަރިފުޅުދެކެ އިންތިހާއަށް ލޯބިވެއެވެ. ދަރިފުޅު ބޭނުން މަގެއް ހިޔާރުކޮށް ކުރިއަށް ދާން އަދިވެސް ހަނދާން ކޮށްދެމެވެ. ކޮންމެ މަގެއްގާވެސް ދަރިފުޅުގެ އެންމެ ގާތުގައި މަންމަ ހުންނާނެކަމުގެ ޔަގީންކަން ދަރިފުޅަށް ދެމެވެ. ދަރިފުޅާއެވެ. ހިތްވަރު ކުރާށެވެ. ހިތްވަރު ގަދަ ކުއްޖަކަށް ވާށެވެ. ދިރުއުޅުމުގައި ދިމާވާ ދަތި އުނދަގޫ ކަންކަމާއި ކުރިމަތިލާ އެކަންކަން ހުރަސްކުރާށެވެ. ކުރިމަތީގައި ވަނީ އުފާވެރިކަމާއި އުޖާލާކަންކަމަށް އަބަދުވެސް ވިސްނާށެވެ. ދަރިފުޅާއެވެ. މަންމަގެ ހުރިހާވެސް އުފަލަކީ ތިއީއެވެ. މަންމަ ދަރިފުޅު ދެކެ އިންތިހާއަށް ލޯބިވެއެވެ. ދަރިފުޅު ދެކެ ލޯބިވާ މަންމަ”. “ނިމުނީ”.

ޝާލީ އެތައް ހިތްވަރަކުން ޑައިރީ ކިޔާ ނިންމާލިއެވެ. އެކަމަކުވެސް އަނެއްކާވެސް އޭނާ ޑައިރީގެ އެއްގަނޑު ފަހަތައް އެއްލާ އަލުން ކިޔަން ފެށިއެވެ. އެ ޞަފުހާ އަލުން ކިޔަމުން ދިޔައެވެ. “ރީއިޑަ….ރީއިޑަ…..ޑަބަލް ކަވަރ……..ރީއިޑަ ޑަބަލް ކަވަރ…..” ހައިރާންވެ ވާނުވާ ނޭންގޭ ހާލު ޝާލީ އެ ބަސްކޮޅު ތަކުރާރު ކުރަމުން ދިޔައެވެ. ސުވާލުން ފުރިފައިވާ ޝާާލީ އަނެއްކާވެސް ސުވާލުތަކަކުން ފުރާލިއެވެ. މާނައެއް ދޭހަނުވާ އެ ބަސްކޮޅާއިދޭތެރޭ އެތައް ގޮތަކަށް ވިސްނަމުން ދިޔައެވެ. އެއްފަހަރު އިނގިލި ޖައްސައިގެން ކިޔާލިއްޔާ އަނެއްފަހަރު ދެލޯބޮޑުކޮށްގެން އޮވެ ކިޔާލައެވެ. ވާނުވާ ނޭނގުމުން ޝާލީ މާޔޫސްވާގޮތް ވިއެވެ. އަދި މަންމަ ފޮނުވައިފާވާ މެސެޖު އުނދަގޫކަމުން ޝާލީ އެކަމާއި ވިސްނަމުން ގޮތެއް ހޯދުމަށް މަސައްކަތް ކުރަމުން ދިޔައެވެ. ޝާލީ އޭނާ އޮށޯވެގެން އޮތް އެނދުން ތެދުވެގެން އޭނާ ކިޔަވާ މޭޒުކައިރިއަށް ދިޔައެވެ. މަންމަގެ ޑައިރީ ހިފައިގެނެވެ. އަދި މޭޒުމަތީގައި އޮތް ދަނބުކުލައިގެ ޕާހުން ގަލަމަކާއި އެތަނުގައި އޮތް ނޯޓުފޮތެއް ހިފައިގެން އެނބުރި އައިސް އެނދުމަތީގައި އިށީނެވެ. ކަނާއަތުން ގަލަން ހިފަހައްޓާއިގެން އިންއިރުު އެގަލަމުގެ އެއްކޮޅު ވަނީ ޝާލީގެ އަނގާގައެވެ. ގަލަން އަނގަޔަށް ލައިގެން އިނދެ ބޭއިޚްތިޔާރުގައި ދެއިގިލިން އެގަލަން އަނބުރަމުން ދިޔައިރުވެސް ޝާލީ ވިސްނަމުން ދިޔައީ އެދުމަތީގައި އޭނާގެ ކުރިމަތީގައި ބާއްވާފައި އޮތް މަންމަގެ ޑައިރީގައި ލިޔެފައިވާ “ރީއިޑަ..ޑަބަލް ….ކަވަރ..” މިލަފުޒުކޮޅާއި ދޭތެރޭއެވެ. އެތައް އިރަކު މިގޮތުގައި އިނުމަށްފަހު ޝާލީ އޭނާގެ ނޯޓުފޮތުގައި ލިޔަން ފެށިއެވެ. “ރީއިޑަ….؟؟؟؟؟” އަކުރު ބޮޑުކޮށް އޭނާގެ ނޯޓު ފޮތުގައި ލިޔެލިއެވެ. މިއީ ކޮންއެއްޗެއްކަން ނޭނގިގެން އޭނާ އެގިގޮތްގޮތައް ވިސްނަމުން އެކި ގޮތްގޮތައް ފޮތް އަނބުރަމުން ގެންދިޔައެވެ. އަދި މާނައެއް  ދޭހަނުވުމުން އަކުރުތައް ބަދަލުކުރަން ފެށިއެވެ. “އިރީޑަ… އުހުން ކަމަކު ނުދޭ” އޭނާ ހިތާހިތާ ކިޔާލިއެވެ. “އިޑަރީ….. ޝިޓް އެއީ ކޯއްޗެއް….ޕްލީޒް ޕްލީޒް ޕލީޒް މިއީ އަޅެ ކޯއްޗެއްތަ؟؟؟؟؟”  ޝާލީ އޭނަގެ ނުތަނަވަސްވެފައިވާ ހިތް އިތުރަށް ނުތަނަވަސް ކުރަމުން މިހެން ކިޔަމުން މަސައްކަތް ކުރިއަށް ގެންދިޔައެވެ. އަނެއްކާވެސް އިތުރު ގޮތަކަށް ވިސްނަމުން ކިޔާލިއެވެ. “ރީޑައި….އާހް އާހް…އާހް…” ޝާލީ އޭނާ ކުރި މަސައްކަތް ތަކަށް އިތުރު އެއްވެސް ކުރިއެރުމެއް ނުލިބުމުން ވެފާވާ ވަރުބަލިކަމުގެ ސަބަބުން މާޔޫސްވިއެވެ. އަދި ރުޅިގަދަވެގެން އޭނާގެ އަތުގައި އޮތް ގަލަން ބާރުބާރަށް އަތުގެ ކޮޅަށް ހޫރާލިއެވެ. އަދި ބޮލުގައި ހިފަހައްޓާ. ދެއަތައް ބޯ ހޫރުވާލަމުން “ނޫން …. ނޫން….” މިހެން ބުނެލިއެވެ. އަދި ހަމަ ހިމޭން ކަމާއިއެކު އެ އަކުރުތަކާއި ދޭތެރޭ ވިސްނަން ފެށިއެވެ.

އިރުކޮޅަކު މިގޮތުގައި ހަމަހިމޭންކަމާއި އެކު އިނުމަށްފަހު ޝާލީގެ މޫނުމަތީގެ ކުލަވަރު ކުޑަކޮށް ބަދަލުވިއެވެ. މޫނުމަތިން އުޖާލާކަން ފެންނަންފެށިއެވެ. ޝާލީގެ މޫނުމަތިން ފެންނަމުން ދިޔަ ހިތާމައިން މޮޅިވެފައިވާ ނިކަމެތިކަން ފުހެވި އުފާވެރިކަމުގެ ހިނިތުންވުމެއް ފެންނަން ފެށިއެވެ. ޝާލީގެ މޫނުމައްޗަށް ވެރިވި ހިނިތުންވުމާއި އެކު އޭނާގެ މަންމަގެ ޑައިރީ އަނެއްކާވެސް ނެގިއެވެ. އަދި އަވަސް އަވަހަށް ޑައިރީ އެކި ގޮތްގޮތައް އަނބުރާ ހަދަން ފެށިއެވެ. ޑައިރީއިން އެއްޗެެއް ހޯދާހެން މުޅި ޑައިރީގައި އަތްފުނާއަޅަމުން ދިޔައެވެ. އަވަސް އަވަހަށް ޑައިރީގައި އަތް ހިންގަމުން ދިޔައިރު “ރީއިޑަ….ރީއިޑަ….ރީއިޑަ…” ތަކުރާރުކޮށް ހަމަ އެހާ އަވަސްކޮށް ކިޔަމުން ދިޔައެވެ. އަދި ހިނިތުން ވެލަމުން “ޔޭސް މަމް އައި ގޮޓް އިޓް…މި ޑައިރީ އެހެންނު…. މިޑައިރީގެ ޑަބަލް ކަވަރ ދޯ ހޯދަން ވީ…..” ޝާލީ އޭނާގެ ހާސްވެފައިވާ މޫނުމަތީގައިވާ ދާތައް ފުހެލަމުން އަވަސްވެގަތީ އެ ބުނާ ޑަބަލް ކަވަރ ހޯދުމަށެވެ. އެތަކެއް މަސައްކަތުން އެ ޑަބަލް ކަވަރ ލާފާވާތަން ހޯދިއެވެ. އަދި އެތެރެ ހުޅުވާ ބަލާލިއެވެ.  ޝާލީގެ މުޅި މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. އެތެރެ ފެނުމާއި އެކީ ސުވާލުން ފުރިފައިވާ ހާލު އެއަށް ބަލަން އިނެވެ. ގުޑިލަންވެސް ނުކެރި އަތަކަސްވެސް ޖެހިލަން ނޭނގިފައެވެ.

“ނުނިމޭ”

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (29)

  1. ސާރާ

    ބޭކާރު ހާސަރުތަޢް ގިނައީ. އެހެންވެ ކިޔަންވެސް ފޫހިވެއްޖެ

  2. ahusha

    Plzplzplz Thankolheh varah upkohbala varahkiyaahiyvehjevvvvvvvvvvvvvvvvvvvvreethi

  3. zamy

    Vara sali .obei storie eh plz plz plz plzplzplzplz update soon .waiting for next part

  4. inaaa

    dhigukn vaahaka eh liyan na haasaru vess ginavaane dhw heheheheheeee

  5. aju

    Asluves , dhigu kuran vegen vara gina in e vaahaka eh repeat vefa eba huri , haadhisaa tha v madhu

  6. waju

    eh vaahakathake repeat kohfa hureema heevanee thandhoru vakinuvaa kodakujakah ehchehitha bunedheyn ulhefa hurihen .mi bai v hadi

  7. ދައްތި

    dhen haadha haasaru gina ey.. mivaahaka up kureeves ehaa lahun… keevetha? baliveetha anekkaa. anyways ehaa lahun up kuranyaa aslu kiyumuge shaugu gelley

  8. zeenaa

    Salhi. Avahah up kohlah chey

    1. zamy
      zeenaa

      Update kobala plz plz plz

  9. Niha

    Asluga mivaahakaiga varah haadhisaa madhu ekach konme baehgaves, mibai adhi kanthah bodu ehvaahakaeh thakuraaruvefa huree maaginain 🙁 mikan rangalhu kohlan vaane

  10. Shoo

    Haadha lahunney anehbai up kurany?

  11. lizaa

    Haadha lahunney anehbai up kurany

  12. shoo

    Plz update next part waiting long time
    Plz plz plz plz

  13. neem

    plz update next prt plxxxxxxxxxxxxx

  14. meenal

    plz updata kohba next prt plz plz plz

  15. nizoo

    Plz update next part waiting long time plz plz plz plz update soon

  16. meenal

    plz update soon .waiting 4 next part

  17. manaal

    އަޕް ވާލެއްލަސް.. އެހެންވެ ފޯހި ކިޔަން މިހާރު.. ކިޔުންްތެރިންގެ ޝައުގުވެރިކަން ދަމަހައްޓަން މަސައްކަތް ކުރުން

  18. manaal

    އަޕް ވާލެއްލަސް.. އެހެންވެ ފޯހި ކިޔަން މިހާރު.. ކިޔުންްތެރިންގެ ޝައުގުވެރިކަން ދަމަހައްޓަން މަސައްކަތް ކުރުން މުހިއްމު..

  19. aisha

    Plz dhen mihaaru update kuran vajanun dhw .nuni update nukuravanyaa nukuravaa sababu vas bunan vajanun
    Thivarun vaahaka nuliyaanee

  20. meenal

    dhen mihaaru up date kurahaa dhuvas vajanu dw.what happend… ma lahun up date kuranya kiuntharienga interest gelley .. plz try 2 up date soon

    /

  21. aisha

    Plz update kodhibala

  22. aisha

    Athivas next part update kurvaa varu nuvaatha haatha lahaa dhw plz pkz pkz update ko dhi bala plz pzlz

  23. een

    haadha lahey mivaahaka update vaaleh….v.reethi hisaabakah gos miothy …avahah update koh dheeba….

  24. hadhee

    Alhe meege next part dhen kon irakun tha up kura any???? Plx v v v avas

  25. FAATHEY

    KOBAA NEXT PART HAADHA LAHEY PLX UPLOAD KOHBA NEXT PART

  26. shaaaaa

    alhe mi story ge next part kobaatha ?????????? mihaaru kon dhuwaheh waitt kuranyyy !!!!!! xaash plxx plxx reply kohba !!!dhen mi story up nukuraanan tha ??? xaash gandaa where r u ??? waitinggggg

  27. shhhhhh

    alhe mi story up nukuraathaa mihaaru mi oh 4 months wanyyy !!! dhen up nukuranyaa wes bunelaigen ulheba !!! what is this ???i am really v v disappointed !! :c

  28. shhhhhh

    but adhiwes waitt kuraanan !!! untill u replyyy

Comments are closed.