އާދުވަހަކަށް އިރުއަރައިފިއެވެ.މުޅި މާލެއަށް ހަލަބޮލިކަން ވެރިވެއްޖެއެވެ. އެމީހެއްގެމަސްއޫލިއްޔަތާއިގެން ކޮންމެ މީހަކުވެސް ދުވަހުގެ މަސައްކަތް ފަށައިފިއެވެ.އަރައިގެން އައި އިރުގެ ރަން ދޯދިތައް ފަރުދާ ކަހާލެވިފައިވާ ކުޑަދޮރުންފޭދިގެން އައިސް ލަޔާލްގެ މޫނަށް އެޅިފައިވެއެވެ. ލޮލަށް ކިތަންމެއުދަނގޫވަމުން ދިޔަޔަސް ކުޑައިރުކޮޅަކަށް ނަމަވެސް އަދި ނިދާލެވޭތޯމަސައްކަތްކުރަމުން ލަޔާލްގެ އިސްތަށިގަނޑުން މޫނު ފޮރުވާލިއެވެ. ” ލަޔާލް” ދުރު ދުރުން އިވުނު އަންހެނެއްގެ އަޑުން ލަޔާލް ފުންމައިގެންތެދުވެވިއްޖެއެވެ. ”ލަޔާލް” ހަރުކަށިކަމާއެކު އޭނަގެ ނަމުން ގޮވަމުން އެއަންނަ އަޑު މަޑުމަޑުން ލަޔާލްގެ ކޮޓަރިއާ ކައިރިވާހެން ހީވުމުން ލަޔާލްދުވެފައި […]
(އަޅުގަނޑަށް ހުރިހާ ނަމެއްވެސް ވަރަށް ކަމުދިޔަ. ވަރަށް ބޮޑަށް ޝުކުރިއްޔާ. އަޅުގަނޑު ހުވާ ކޮށްފައި މިބުނަނީ، ހުރިހާ ނަމެއް ލެވޭ ނަމަ ލީމުސް. އެހެން ކަމުން ނަންތައް ޖެހުނީ އެއްޗެއްގައި ލިޔެ ލޯ މަރާފައި ނަގަން. ނެގުން ނަން އަޅުގަނޑު ބޭނުން ކުރަނީ މި. އެންމެންވެސް ހިތްހަމަ ޖެހޭނެ ކަމަށް ހީކުރަން. ) މީކާއިލް އަހަރެންނަށް ރަނގަޅަށްވެސް ޒިމާނާގެ މޫނު މަތިން ފެންނަމުން ދިޔަ ކުލަވަރު އެނގެއެވެ. ނޫނެކެވެ. ޒިމާނާއެއް ނޫނެވެ. ޒިމްނާއެވެ. އާއެކެވެ. ޒިމްނާއެވެ. އެދެމީހުންގެ […]
” ކީކޭތަ ހިތައް އަރަނީ.. ކަލޭ ކިޔާހާ އެއްޗެއް އަޑު އަހަން މަ މީ ގަމާރެއް ކަމަށްތަ.. ނޫނީ ކަލޭ ބުނާހާ ގޮތެއް ހެދިގެން ހުންނަން މަ މީ ޕަޕެޓެއް ކަމަށްތަ ހީކުރަނީ..” އާލިކް ރުޅި އައިސްފައި ހުރިވަރުން ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭނގެއެވެ. ޝާޔަންގެ ހިމަ އަތުގެ މުލައްދަނޑީގައި ނުހަނު ބާރަށް ހިފަހައްޓާލައިގެން ހުރެ ދުވަހަކު ވާހަކަ ނުދައްކާ ބަހުރުވަ އަކުން ވާހަކަ ދައްކަމުން ދިޔައިރު ޝާޔަންގެ އަތް ހީވަނީ ބިންދައިގެން ހިނގައިދާނެ ހެންނެވެ. ” […]
މާލޭގެ ފަޅުތެރެއަށް ލޯންޗު ވަނުމުން އަދީލް ނިހާ ކައިރިއަށް ދިޔައެވެ. އޭރު ނިހާއަށް ވަނީ ނިދިފައެވެ. ކުޑަކުއްޖެއްފަދައިން ފައިކުރު ކޮށްލައިގެން އޮތްގޮތުން ނިހާއަށް ބަލަން ހުރެވުނީއެވެ. ލޯންޗުގެ އިންޖީނު ހުއްޓުމާއެކު ނިހާއަށް ހޭލެވުނެވެ. ކުރިމަތީގައި ހަށަންބަދެލައިގެން ހިނިއައިސްފައިހުރި އަދީލް ފެނުމުން ނިހާވެސް ހީލިއެވެ. “އެގޭތަ؟؟؟ ދެންމްގަ ނިހާ ނިދާފަ އޮތްގޮތުން ހީވަނީ ކުޑަކުޑަ ބޭބީ އެއްހެން” އަދީލް ނިހާއާ ދިމާކޮއްލިއެވެ. އޭރު ނިހާގެ ނަޒަރުހުއްޓިފައިވަނީ މާލޭގެ ބައިބޯ މަގުމައްޗަށެވެ. ދުއްވާއެއްޗިހި ގިނަކަމުން ނިހާއިނީ ބޮލަށް އުދަގޫވެފައެވެ. ނަމަވެސް […]
ވާރޭ ތެރޭގައި ދެމީހުން އެކުގައި ދުވެލާފައި ދިޔައިރު ދެލޯބިވެރިއަކު ވާރޭގެ ހިތްގައިމު މާހައުލުގައި ލޯބީގެ ވަގުތުކޮޅެއް ހޭދަކުރަމުންދާ ފަދައެވެ. ކާރަށް އެރުނުއިރު ދެމީހުންވެސް ތިބީ ފުދޭވަރަކަށް ތެމިފައެވެ. އާލިކް ތެމިފައިވާ ިއސްތަށިގަނޑަށް އަތްލައްވާލާ ފެންތައް ފޮޅާލުމަށްފަހު ޖެހިގެން އިން ސީޓުގައި އިން ވިޝާއަށް ބަލާލިއެވެ. އޭރު އޭނާ އިނީ ދެއަތް ބޮނޑިކޮށްލައިގެން އިސްޖަހައިނެވެ. އެވަގުތުވެސް އާލިކްގެ ލޮލުގައި އަޅައިގަތީ ފިނިވުމުގެ ސަބަބުން ތުރު ތުރު އަޅަމުންދިޔަ ވިޝާގެ ލޭކުލައިގެ ތުންފަތެވެ. ހާދަހާ ރީއްޗެވެ. “މްމް.. ކޮންތާކު ގެ […]
(އަދި ފިރިހެން ކެރެކްޓަރ އަށް ކިޔާނެ ނަމެއް ފައިނަލް އެއް ނުވެއެވ. ތިބޭފުޅުން އެކަމުގައި ހެލްޕް ވެއްޖެއްޔާ ވަރަށް ބޮޑަށް ރަނގަޅު) އަހަރެން ހިން ދިރުވާލީމެވެ. މަޒީގެ ހަނދާންތައް، ކަޝްފު ކުރެވިފައިވާ ހިސާބުން ތިލަވާން ފެށީމައެވެ. އަހަރެން އައީ މިތަނަށް އައު އެސިސްޓަންޓް ޕްރިންސިޕަލްގެ ވަޒީފާއަށެވެ. އަހަރެން އެއްވެސްވެސް ކަމަކުން ވަޒީފާއަށް ބުރޫ އަރާ ކަމެއް ނުކުރާނަމެވެ. ނޫނެކެވެ. އެއީ އަހަރެންނަށް ހެދޭނެ އެންމެ ބޮޑު ދޮގެވެ. އިންތިޒާރު ކޮށްލައްވާ
” އަހަރެންނަށް އަސްލު ހަޤީޤަތެއް ނުވެސް އެނގޭ! މަށަށް ޝައްކުވެގެން މި ބުނެލީ… އެކަމަކު ިހާރު އެނގިއްޖެ ހުރިހާ ކަމެއްވެސް… ދެން އަހަރެން ކަންތައް ކުރާނެގޮތް ބަލަންހުންނާތި! ” ނާސިހާ ހިނިތުންވެލަމުން ހިނގައިގަތެވެ. ޖަމީލާހުރީ ބިރުގަނެފައެވެ. އޭނާގެ އަމިއްލަ އަނގައިން ހުރިހާ ކަމެއް ބޭޒާރުވީތީއެވެ. ” ނާސިހާ!….. ” ޖަމީލާ ގޮވާލިއެވެ. ” ނަ ނަ…. އަހަރެން ފަހުދު ގާތަކު ނުބުނާނަމޭ! އަހަރެން ބުނާނީ އަހަރެންގެ އެކުވެރިޔާ ގާތު… އެއީ ޔާނާ…ދެން ޔާނާ އަށް އެނގޭނީ ކަންތައް […]
ޝޮޕިންއަށް ދާ ކޮންމެ ރެޔަކުވެސް ، މަޖީދީމަގުގެ ވަކި ހިސާބަކަށް އަންނަތަނުން ބަނޑުހައިވާގޮތްވާނެއެވެ. ހުއްޓެވޭނެއެވެ. ކުޑަކުއްޖެއްފަދައިން ތުންވެސް ދަމާލެވޭނެއެވެ. އެވަރު ނުފުދިގެން ހުއްޓި ކުސްވެސް ތެޅޭނެއެވެ. އަތުގައި ހިފާ ޕްލީޒްއޭވެސް ބުނެވޭނެއެވެ. ” ހޫމް.. ހިނގާ ހިނގާ!! އެހެންނެއްނު ތި ކިޔަނީ “ އަކްރަމް ، ހަނާގެ އަތުގައި ހިފާ ހަނާ ބޭނުންވާތަނާއި ދިމާއަށް ހިނގައިގަތެވެ. ހަނާ ހިނިއަންނަމުން ރަޔާންގެ ގައިގައި ކޮނޑުންޖަހާލިއެވެ، ” މީ ފުރަތަމަ ރެއެއް ނޫނޭ އެކްޓް ދައްކާކަށް.. މިހާރު އަހަންނަށް އެނގޭނެ […]
“އަހަނ! ހަނީފާ އިނގިއްޔަށް ކިހިނެތް ހަދާފަތިއޮތީ..؟” ރޮށިފިހަން އިން އީނާޝްއަށް އެއްލިކަޅިއަކުން ހަނީފާގެ އިނގިލީގަ ބޭސް އަޅާފަ އޮތް ތަން ފެނުމުން އަހާލިއެވެ. އީނާޝް މިހެން އަހާލުމާއެކު އެތާތިބި އެހެން ކުދިންގެ ސަމާލުކަން ހަނީފާއަށް ހުއްޓުނެވެ. އަދި މިސުވާލު ކުރުމާއެކު ހަނީފާއަށް ކުއްލި ސިހުމެއް ލިބުނެވެ. ހަނީފާ އެކި ކުދިންގެ މޫނަށް ވަކި ވަކިން ބަލާލިއެވެ. މޫނަށް ބަލާލިއެވެ. ރޭގަ ހިނގާދިއަ ހުރިހާކަމެއް ކިޔައިދޭންވީއޭ ހަނީފާގެ ހިތަށް […]