Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތުގާ ފޮރުވާލަދޭށޭ 10

Salaa Level 210 Stories100 Comments
February 26, 2014 9 Mins Read
31 Comments

މިހާރަކަށް އައިސް ފަހުދުއަށް ބަދަލްތައް އަންނަކަން ޚުދް އޭނާއަށްވެސް ފާހަގަ ކުރެވެއެވެ. އާމިރު އާއި އެކު ކޮފީއަކަށް ގޮސް އެކަން ޝެއަރ ކުރުމަށް ފަހުދު ބޭނުންވިއެވެ.

” މަށަށްވެސް ވަރަސް ފާހަގަކުރެވޭ ތިކަން… ” އާމިރު ފޯނު މޭޒުމަތީ ބާއްވަމުން ބުނެލިއެވެ.

” އަސްލު މިހާރު މިލިބޭ އެއްޗަކުން ދެކޮޅެއްވެސް ނުޖެހޭ.. ޝާނާއަށް މަހަކު 5000ރުފިޔާ ފޮނުވިޔަސް އޮންނަނީ ދެކޮޅު ނުޖެހިފަ.. އަނެއްކާ ހާރަކަސް ތަރާވީހަކަސް މިޖެހެނީ މާލެއިން ގަނެފަ ފޮނުވަން.. ” ސިނގިރެޓެއް ރޯކޮއްލަމުން ފަހުދު ބުނެލިއެވެ. އާމިރު ހައިރާންވެފައި އެއްސެވެ.

” އޭނ… ހާރޭ؟ ތަރާވީހޭ؟ “

” ސާބަސް.. ދެން މިބުނަނީ ކޮންމެ އެއްޗެއްވެސް މަށޭ މިޖެހެނީ ފޮނުވަން.. ރަށުން ލިބޭ އެއްޗެހިވެސް މިކޮޅުން މި ފޮނުވަނީ.. އެކަމަކު އެހާ ވަރަށް ރުފިޔާވެސް ފޮނުވަން. މަންމައަށް ބޭނުންވާ އެއްޗެހި  ގަންނަން މަންމައަށްވެސް ރުފިޔާ ފޮނުވަން.. “

ފަހުދު މިހާރު އަބަދުވެސް ފިކުރު ކުރާކަން އާމިރަށް އެނގެއެވެ.

” ވަރަށް ތަފާތުދޯ މިހާރުގެ މެރިޑްލައިފް ކުރިއާއި އަޅާބަލާއިރު… ” އާމިރުގެ ސުވާލުން ފަހުދުގެ ހިތައް ޔާނާގެ ރީތި ސޫރަ ކުރެހުނެވެ. އޭނާ އޭރުގެ ހަނދާންތައް ދުލުން ބޭރުކުރަންފެށިއެވެ.

” ރަނގަޅަށް ތިބުނީ… މިހާރާ ވަރަށް ތަފާތު.. އަހަރެމެން އުޅުނީ ވަރަށް ލޯބިން.. މަންމަވެސް އޭރު އުޅުނީ ވަރަށް އުފަލުން.. ޔާނާ ދުވަހަކުވެސް ހަރު އަޑުން އެއްޗެއް ނުބުނާނެ މަންމައާއި ދިމާއަށްވެސް.. އަހަރެންނާ ދިމާއަށްވެސް.. އަދި އަހަރެންގާތު ދުވަހަކުވެސް އެއްޗެއް ދޭށޭ ވެސް ނުބުނެ! އަހަރެން ހިތަށް އަރައިގެން ފޮނުވަންޖެހޭނީ.. އޭނަ ދުލަކުން އެއްޗެއް ފޮނުވާށޭ ނުބުނާނޭ އަހާ އަހާ ގޮސް…… ! އަހަރެން އެއްފަހަރު ރަށަށް ގޮއްސަ ދޭ ރުފިޔާ ދެން އަނެއް ފަހަރު ރަށަށް ދާއިރުވެސް ހުސްނުކޮށް ހުންނާނެ.. މިހާރުގެ ކުދިން ރީތި ހެދުމާ ފައިވާނާ އޭތި މީތި ބޭނުންވެއެއްނު ދޯ.. އެކަމު ޔާނާ އެހެނެއް ނުވާނެ.. ހިތް މޮޅެއް ނޫން.. އޭރުގަ އުޅެން ޖެހުނު ގޮތަކަށް ފުދިގެން އުޅޭނެ.. މަޑުމައިތިރި ވާނެ.. ވަރަށް ކެއަރ ވެސް ކުރާނެ… އަހަރެންދެކެ ވަރަށް ލޯބި………… “

ފަހުދުގެ ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. އޭނާގެ ލޮލުން ކަރުނަވެސް ހިލުނެވެ. އާމިރުވެސް ހުރީ ބަސްހުއްޓިފައެވެ.

” ދެން އެވާހަކަ ނުދައްކަމާ ދޯ! ” ފަހުދު އެތަނުން ތެދުވެ ހިނގައިގަތުމުން ފަހުދުގެ އިހްސާސްތައް އާމިރު ދެނެގަތެވެ. އާމިރުވެސް ތެދުވިއެވެ. ހައިރާންވެފައި ހުރެއެވެ. އެއަށްފަހު އޭނާވެސް ބޮލުގައި އޮތް އައިނު ނަގަމުން ހިނގައިގަތީ ސައިކަލާއި ދިމާއަށެވެ.

*****************

ސީމާ އާއި މުނާ ގޮވައިގެން ޝާހު ދިޔައީ ނޫރީންގެ ގެއަށެވެ. ނޫރީންގެ މައިންބަފައިންގެ އެދުމުގެ މަތިންނެވެ.

” ޝާހުގެ ސަބަބުން މިއަދު މަގޭ ދަރިފުޅު ސަލާމަތްވީ… އަހަރެން ތި އާއިލާ ބާކީ ކޮށެއް ނުލާނަން! ” އަޒީޒް ވާހަކަ ދެއްކީ ސީމާ އާއި އެވެ. އޭރު ނޫރީންގެ މަންމަ ނަރީމާވެސްހުއްޓެވެ. ސީމާ އިނީ ލުއި ހިނިތުންވުމެއްގައެވެ.

” ބައްޕާ ! އަޅުގަނޑާ ޝާހު ދެން އެ އޮފީހަކަށް ނުދާނަން… ބޭބެ އާއި އެކު ބޭބެގެ ކުންފުނީގައި މަސައްކަތް ކުރަން ބޭނުމީ… ” ނޫރީން ޅަވެލާފައި ބުނެލިއެވެ.

” އޭރުވެސް ދަރިފުޅުމެން ގާތު ބައްޕަ ބުނީމެއްނު އެހެން.. އެކަމަކު ދަރިފުޅު ބޭނުމެއް ނުވި ވިއްޔަ ޝާހު ނޫޅޭ ތަނަކު އުޅެން..” އަޒީޒް ދުފާތަބަށް ނަގާ ޝާހުއަށް ދިއްކޮއްލަމުން ބުނެލިއެވެ. މޭޒުމަތީގައި ހުރި ތަށިތައް ނަގަމުން ނަރީމާ ބުނެލިއެވެ.

” ދެން މަންމައަށް ފެންނަނީ ތި ދެކުދިން އަވަހަށް ކައިވެނި ކުރަން.. ” ނަރީމާގެ ޖުމުލައިން ނޫރީން ލަދުން އިސްޖަހާލިއެވެ. ޝާހު ބަލާލީ ސީމާއަށެވެ. ސީމާ އާނއެކޭ ބުނާފަދަ ގޮތަކަށް ބޯޖަހާލިއެވެ. ޝާހު ހިނިތުން ވަމުން ބުނެލިއެވެ.

” އާއިލާ އެންމެންނަށް ފެންނަންޏާ އަޅުގަނޑުވެސް ބޭނުމެއް ނޫން ލަސްކުރާކަށް! ނޫރީންގެ ބޭބެގެ ބަހެއްވެސް މިކަމުގަ އަޅުގަނޑު ބޭނުން.. ” ޝާހު ގޭތެރެއަށް ނަޒަރު ހިންގާލަމުން ބުނެލިއެވެ.

” ނާޒިމް ވީ އޮފީހުގަ.. އޭނަ އެކަމާ ޤަބޫލުވާނެ! ” އަޒީޒް ހީލަމުން ބުނެލިއެވެ. ނޫރީން އިނީ ތުންފަތް ހަފާލަހަފާލައެވެ.

*************

ސާފު އުޑުފެނުމުން ދުވަހުގެ ސާފުކަން ދޭހަވެއެވެ. ޖެހޭ ނަލަ ވައިރޯޅިން ހިތައް ގެނެސްދެނީ ބުނެދޭން ނޭނގޭ އުފާވެރިކަމެވެ. ރާޅުބާންޏެއްވެސް ނުވާ އޮމާން ކަނޑުން ރަމްޒުކޮއްދެނީ ދުނިޔޭގެ ހަމަހިމޭންކަމެވެ. ބޭރުން އުދުހިފައިދާ ދެ ދޫނީގެ މަންޒިލަކީ ކޮބައިތޯ ބެލުމުގެ ޝައުޤުގައި ހުރި ޔާނާ ސިހުނީ ސިޓިންގ ރޫމުގައި ހުރި ޓީވީގެ އަޑު ބާރުވުމުންނެވެ.

” ހަމްނޭ ތުމްކޯ ދިލްޔެ ދޭ ދިޔާ ޔޭ ބިނަ ޕޫޗާ ކޯންހެ ތުމް…..

   ޔޭ ފައިސަލާ ޖޯ ދިލްނޭ ކިޔާ….  ޔޭ ފައިސަލާ ޖޯ ދިލްނޭ ކިޔާ….”

މިލަވައިގެ އަޑުން  މުޅި ގޭތެރެވަނީ އެއް އަޑު ކޮއްލާފައެވެ. ބެލްކަނީގައި ހުރެފަ ޔާނާ އައެވެ. ޓީވީ ކައިރީގައި ހުރެފައި ސައިމަން ބަލާލީ ޔާނާ އަށެވެ. އަދި މަޑުމަޑުން ޔާނާ އާއި ދިމާއަށް އަންނަން ފެށިއެވެ. ކަޅު ގަމީހާއި ކަޅު ފަޓްލޫނެއްގައި ބެގީ ކޮއްގެން ހުންނައިރު ސައިމަން ހާދަ ލޯތްބޭ ޔާނާގެ ހިތައް އެރިއެވެ. ވަރަށް ކުޑަކޮށް ތުނބުޅި އާއި މަތިމަސް ހުރުމުން ސައިމަންގެ ރީތިކަން އިތުރުވެފައިވާކަން ޔާނާއަށް ފާހަގަ ކުރެވުނެވެ.

” ތިއީ ކާކުތޯވެސް އެހުމެއް ނެތި އަހަރެންގެ ހިތް ކަލާއަށް ހިބަ ކުރެވިއްޖެ! މި ނިންމުން ނިންމީ މަގޭ ބަސްނާހާ ހިތް! “

ޔާނާ ހޭންފެށިއެވެ.

” ނުވެސް އެނގޭ މާނަދޭހަ ކުރާކަށް! ” ޔާނާ މަލާމާތުގެ ރާގަކަށް ބުނެލިއެވެ. ސައިމަން އަވަސް އަވަހަށް ބެގީ ނައްޓާލިއެވެ.އަދި ހޭންފެށިއެވެ.

” އޯކޭ އޭ! ކޮބާ ކޮއްކޮ! ” ސޯފާގައި އިށީންނަމުން ސައިމަން ބުނެލިއެވެ.

” ކޮއްކޮ ވީތަން ދޮންބެއަށް ނޭނގެނީތަ؟ ކޮއްކޮ ވީ އޮފީސްދަތުރެއްގައި ރިސޯޓަކަށް ގޮސް.. ތިން ދުވަހަށް! ނަށާ ގުރޫޕެއްގެ މޭކަޕް ކޮއްދޭން…. ” ޔާނާ އިށީނެވެ. އިސްޓާކީން ބާލަން އިނދެ ސައިމަން ހައިރާންވެ ބުނެލިއެވެ.

” ކީއްވެބާ ނުބުނީ.. ހޫމ ޔާނާ މިހާރު ހާދަ ގަދަ ކޮއްފިޔޭ ދޯ! ޔާނާ ގާތު ބުނެފަ ލިޔު ތަންތަނަށްވެސް ދަނީ… ” އެހެން ބުނެ ފޯން ނަގާ ބަލާލި އިރު ލިޔުޝާ މެސެޖްކޮއްފައި އޮތެވެ. ސައިމަން ހީލިއެވެ.

” ސައި ހަދަންތަ؟ ” ޔާނާ ބުނެލިއެވެ. ސައިމަން ބޯޖަހާލަމުން ކޮޓަރިއަށްވަނީ އެއްޗެހި ބަދަލު ކުރުމަށެވެ.

 ސައި ތައްޔާރު ކުރުމަށްފަހު ސައިމަންގެ އިންތިޒާރުގައި ޔާނާ މޭޒުދަށުގައި އިނެވެ. އޭނާ ވިސްނާލިއެވެ. އޭނާގެ ޙަޔާތާއި މެދުއެވެ. މަންމަ މެންގެ ޙާލާއި މެދުގައެވެ. މަންމަ އާއި ބައްޕަ އަދި ކޮއްކޮމެން ދުނިޔޭގައި ހުރި ބާވައެވެ؟ އެމީހުން ޔާނާމަތިން ނުކުރާ ހަނދާނެއް ޔާނާ ކުރުމުގެ ބޭނުމެއް ނެތްކަމުގައި ޟަމީރު އަންގައެވެ. ނަމަވެސް ޔާނާ އެގޮތެއް ގަބޫލެއް ނުކުރިއެވެ. މަންމަމެންގެ ޚަބަރު ބަލަން ޔާނާގެ ހިތުގައި ޢަޒުމް ކަނޑައެޅިއެވެ. އެއަށްފަހު އޭނާ ހަނދާނަށް އައީ މަންމަމެންނާއި ވަކިން ފަހުދާއި ގުޅިގެން އޭނާ މި އަނދިރިގަނޑަށް ވަދެވުނު ގޮތެވެ.މިހާރު ޔާނާ އެހުރީ ދިރިއުޅުން މަތިން ފޫހިވެފައެވެ. އައު ދިރިއުޅުމެއް ފަށާނެކަމުގައި ނާސިހާގާތު ބުނެވުނުކަމުގައި އޭނާ ހިތައް އެރިއެވެ. އެހެނަސް އެއީ ނާސިހާ ޔާނާ އާއި މެދު ވިސްނާލެއް ބޮޑުކަމުން އޭނާ ބުނެލިއެއްޗެކެވެ. އޭނާގެ ކިބައިގައި ދިރިއުޅުމެއް ފަށާނެ ހިތްވަރެއް ނެތެވެ. ޔާނާ ސިހުނީ ސައިމަން އައިސް ވަނުމުންނެވެ.

” ކޮން ފިކުރެއްގައި.. ” ސައިމަންގެ ޖުމުލައަށް ޔާނާ ބޭނުންވަނީ ފުރިހަމައަށް ޖަވާބުދޭށެވެ.

” މީ… ދިރިއުޅުމާއި މެދު ވިސްނާލެވުނީ…. ” ޔާނާ ގޮނޑީގައި ލެނގިލިއެވެ.

މޭޒުމަތީގައި ހުރި ހެދިކާ ތަށިން ގުޅައެއް ނަގަމުން ސައިމަން ބުނެލިއެވެ.

” އަވަހަށް މީހަކާ އިންނަންވީނު… އޭރުން ކުރީގެ ހަޒްމަތިން ފޮގެޓްވެދާނެ! މީހަކާ އިނދެ ކުއްޖަކު ހޯދުމުން ހުރިހާ ހިތާމަތަކެއް ފިލާދާނެ! ” ސައިމަން ސައި ކޯވަރެއް ދަމާލަމުން ބުނެލިއެވެ.

ޔާނާ ލުއި ހިނިތުންވުމަކާއި އެކު ބުނެލިއެވެ.

” އަހަރެން ބޭނުމެއް ނުވޭ މީހަކާ އިންނާކަށް! އަދި އަހަންނަކަށް އެއްވެސް މީހެއްދެކެ ލޯތްބެއް ނުވެވޭނެ! އަދި އަހަރެން ދެކެ ލޯބިވާ މީހަކަށް އަހަރެންގެ ފަރާތުން ދެވޭނެ އުފަލެއްވެސް ނެތް! ” ދުރު ބަލަހައްޓައިގެން އިނދެ ޔާނާ އެބުނި ޖުމްލައިން ސައިމަން ކޮށިއެރިއެވެ. ޔާނާ ސިހިފައި އަވަސް އަވަހަށް ފެންތައްޓެއް ދިއްކޮއްލިއެވެ.

” ހާދަ ކުޅިއޭ!” ސައިމަން އޮޅުވާލިއެވެ.

” ދެން ނުކެވޭނެ! ދަނީ އިނގޭ… ” މޫޑު އޮފްވެގެން ސައިމަން ހިނގައިގަތެވެ. ޔާނާއަށް ސައިމަންއަށް ވީގޮތް އެނގުނެވެ. ނަމަވެސް ގަސްތުގައި އެނގޭކަމަށް ނުހެދީއެވެ.

*************

ފަހަކަށް އައިސް ސައިމަން ޔާނާ އަށް ވަރަށް ކެއަރ ކުރެއެވެ. ޔާނާގެ ހުރިހާ ޚަރަދެއްވެސް ބަލަހައްތަނީ ސައިމަންއެވެ. އެގޮތާއި މެދު ހިތްހަމަ ނުޖެހިގެން ޔާނާ ޝަކުވާވެސް ކުރެއެވެ.

” އަހަރެން ޖޮބަކަށް ދާން ބޭނުން… ” ކުޑަކުއްޖެއް ފަދައިން ޔާނާ ސައިމަންގެ ފަހަތުން ހިނގަމުން ހިނގަމުން ދެއެވެ.

” ނޯ! ނުދެވޭނެ ނުދެވޭނެ! ގޭގަ ހުރެބަލަ! ” ސައިމަން އައިޕެޑް ހިފައިގެން ސިޓިންގ ރޫމުގައި ހިނގާލަ ހިނގާލަ ހުއްޓެވެ. އޭނާގެ ފަހަތުން ޔާނާ ހަމަ ހިނގަނީއެވެ. ޖޮބަށް ދާންބޭނުން ވެގެންނެވެ.

އެންމެ ފަހުން ޔާނާ ސައިމަންގެ އަތުގައި އޮތް އައި ޕެޑް އަތުލާ އޭނާގެ ދެއަތް ފުރަގަހަށް ލުމަށްފަހު ހުއްޓުނެވެ. ސައިމަން ހުރީ ޔާނާގެ ކުރިމަތީގައެވެ.

” ދެން ޕްލީޒް! ” ޔާނާ އާދޭސްކުރިއެވެ.

ސައިމަން ޔާނާ އާއި ދިމާއަށް މަޑުމަޑުން ދާންފެށިއެވެ. ޔާނާ ހައިރާންވެފައި ފަހަތަށް ޖެހެމުންގޮސް ފާރުގައި ތަތްވިއެވެ. ދެމީހުންގެ ނޭވާގެ ހޫނު އިހްސާސްވާހާ ގާތަށް ޖެހުނެވެ. މަޑުމަޑުން ސައިމަން ޔާނާގެ ދެކޮނޑުގައި ހިފާ އޭނާ އާއި ވަރަށް ގާތްކޮއްލިއެވެ. ޔާނާ ހުރީ ފިނިވެފައެވެ. ސައިމަންގެ ދެލޯ މެރެމުންދާތަން ޔާނާއަށް ފެނުނެވެ. މިއީ ޔާނާ ބޭނުންވާގޮތެއް ނޫނެވެ. ޔާނާގެ ނިމިދިޔަ ދިރިއުޅުމުގައި ފަހުދާއި އެކު މިފަދަ ވަގުތު ތަކެއް ހޭދަކުރެވުނު ފަހުން އަލަށް މީހަކާއި ގާތްވެވޭތީ ޔާނާ ހުރީ ކުޑަކޮށް ހާސްވެސް ވެފައެވެ. ސައިމަން މަޑުމަޑުން ޔާނާގެ ކޮނޑުން އަތް ދޫކޮއްލުމާއި އެކު ފަހަތަށް ލައިފައިވާ އައިޕެޑް ދަމައިގަތެވެ. އަދި އަވަސް އަވަހަށް ދުރަށްޖެހުނެވެ. ޔާނާ ލަދުގަތެވެ. އޭރު ސައިމަންގެ ލޮލުން ފެންނަން ހުރި އަސަރު މިހާރުވެސް އެ ލޮލުގައި ވެއެވެ. ދެމީހުން އަދިވެސް ތިބީ އެކަކު އަނެކަކުގެ މޫނަށް ބަލަހައްޓައިގެންނެވެ. ލަދުން ކެތް ނުކުރެވިގެން ފުރަގަސްދިނީ ޔާނާއެވެ. ސައިމަން ފަހަތަށް ޖެހެމުން ގޮސް ކޮޓަރިއަށްވަދެ، ދޮރު ލެއްޕި އަޑަށް ޔާނާ ލަދުރަކި ގޮތަކަށް ހީލިއެވެ.

*********************

ލިޔުޝާ ރިސޯޓުން އައިސް ފޮޓޯތައް ދެއްކުމުގައި އަވަދިނެތި އުޅެއެވެ. ޔާނާ ވެސް ލިޔުޝާ އާއި އެކު މަޖާކޮށް ހަދަމުންދެއެވެ. އެއްޗެއް މަތިން ހަނދާންވެގެން ކަހަލަގޮތަކަށް ލިޔުޝާ ބުނެލިއެވެ.

” އޭ… ޔާނާ ހިނގާބަލަ މަށާއެކު ފްރެންޑެއްގެ ގެއަށް.. މަ އަދި މިއައީ އޭނަ އަތުގައި އެއްޗެއް ބާއްވާފަ. ” ލިޔުޝާ އަވަސް އަވަހަށް ފުނާ އަޅާލަމުން ބުނެލިއެވެ.

” ލިޔު ވިއްޔަ ދާންވާނެއެއްނު! ” ޔާނާވެސް އަވަސް އަވަހަށް ތައްޔާރުވެލިއެވެ.

” އޭތް! މިގެއަށް އައި ފަހުން އަދި އަލަށް ދޯ ބޭރަށް ތި ނުކުންނަނީ…. އެހެންވީމަ މި މިދޭ ހެދުން ލައި!” ލިޔުޝާ ޔާނާ އާއި ދިމާއަށް ޓޮޕެއް އެއްލިއެވެ. ޔާނާ ފާހާނާ އަށް ވަދެ ޗޭންޖް ކޮއްގެން ނުކުތެވެ.

” ވާއު! ނައިސް ލޭޑީ…. ” ޔާނާގެ ވަށައިގެން އެނބުރެމުން ލިޔުޝާ ބުނެލިއެވެ.

ޕާޕަލް އާއި ވައިޓް ޓޮޕާއި އެކު ވައިޓް ޖިންސެއްގައި ޔާނާ ހުންނަ އިރު އޭނާ ހާދަހާ ރީއްޗެވެ. މޭކަޕް ކޮއްލާ އިސްތަށިގަނޑު ފަހަތަށް ދޫކޮއްލުމަށްފަހު ލިޔު އާޢި އެކު ނުކުތެވެ.

ދެމީހުން ނުކުތީ މަޖީދީމަގަށެވެ. ހިނގާފައެވެ. މަޑު ހިނގުމެއްގައި ދެމީހުން ދަނިކޮށް ކުއްލިއަކަށް ފަހަތުން އައިސް މީހަކު ޔާނާގެ އަތުގައި ހިފުމުން ލިޔުޝާ އަށާއި ދެމީހުންނަށް އެއްކޮށް ބަލާލެވުނެވެ. ޔާނާގެ މޫނުމައްޗަށް ވެރިވީ އުފާވެރިކަމެވެ. އޭނާ ހިނިތުންވުމާއި އެކު އޭނާގެ މޫނަށް ބަލަން ހުއްޓެވެ، އެކަމަކު އެ ޒުވާނާގެ މޫނުމަތިން ފެނުނީ ހިތާމައިގެ ކުލަވަރެވެ.

” ޔާނާ! ”

ޝާހު މަޑުމަޑޫން ގޮވާލިއެވެ.

” ޝާހު! ކިހިނެތް” ޔާނާ ސަޕްރައިޒްވެފައިވާ އަޑަކުން ވާހަކަ ދެއްކިއެވެ. ޝާހުގެ ނަން ބުނުމުން ޝާހަކީ ކާކުކަން ލިޔުޝާއަށް އެނގުނެވެ،  ޝާހު ޔާނާގެ އަތުން ދޫކޮއްލިއެވެ. ޔާނާ ކުޑަކޮށް ފާރާއި ގާތަށް ޖެހިލިއެވެ. ހިނގާ މީހުންނަށް ތަންދޭން ވެގެންނެވެ،

” އަހަންނަށް ނުވެސް އެނގުނު.. ޔަޤީން ނުވެގެން އިރުކޮޅަކު ދުރުގައި ހުރެފައި މިއައީވެސް.. ހާދަ ތަފާތޭ..ކޮންތާކު ތިއުޅެނީ؟ ” ޝާހު އަވަސް އަވަހަށް ވާހަކަ ދައްކަމުން ސުވާލުކުރިއެވެ. ޝާހުގެ މޫނުމަތީގައި އުފަލާއި ހިތާމަ އެކުވެފައި ވެއެވެ.

” މީ،،، މިގޭގަ.. މިބުނީ މީނަގެ ގޭގަ! ” ލިޔުޝާއަށް އިޝާރާތްކުރަމުން ޔާނާ އަވަސް އަވަހަށް ބުނެލިއެވެ. އެވަގުތު ޝާހު ލިޔުޝާއަށް ބަލާލަމުން އަނެއްކާވެސް ޔާނާއަށް ސުވާލުކުރިއެވެ.

” އަހަރެމެން ޔާނާގެ ޚަބަރެއްވޭތޯ ވަރަށް މަސައްކަތްކުރިން… ނަސީބު ރަނގަޅުކަމުން މި ދިމާވީ.. މާލޭގަދޯ އަދިވެސް ތިއުޅެނީ.. މިއީ ކޮންކުއްޖެއް؟” ޝާހުގެ ސުވާލުތައް ހުސްނުވާނެކަން ޔާނާއަށް އިނގުމުން ޔާނާ ކުޑަކޮށް ހާސްވިއެވެ.

” ނޫން… މީ ރައްޓެއްސެއް! ލިޔު… ލިޔު މީ ޝާހު.. ” ޔާނާ ތަޢާރަފްކޮއްދިނުމުން ލިޔުޝާވެސް އަދި ޝާހުވެސް އެކަކު އަނެކަކަށް ހިނިތުންވުން ރައްދުކުރިއެވެ.

” ޔާނާގެ ނަންބަރ ދީބަލަ! އަހަރެން ވަރަށް ބޮޑުކަމަކު ގުޅަންބޭނުން… ” ޝާހު ޖީބުން ފޯނު ނަގަމުން ބުނެލިއެވެ.

” ޝާހު އަހަރެން ނުގެންގުޅެން ފޯނެއްވެސް…… ” ޔާނާ އިސްޖަހާލުމުން ޝާހު ބުނެލިއެވެ.

” ގުޅޭނެ ނަންބަރެއްވެސް ނެތްތަ؟ “

” ނޫން ގޭ ނަންބަރަށް ގުޅިއްޔާ ދިމާވާނެ… ” ޔާނާ ނަންބަރ ޝާހުއަށް ދިނެވެ. އޭރު ސިއްރުސިއްރުން ޔާނާގެ އަތުގައި ލިޔުޝާ ކޮއްޓައެވެ. އޭނާއަށް ލަސްވާތީ ކަމަށްވެސް ވެދާނެއެވެ.

” ދެން ދަނީ އިނގޭ! މިދަނީ މީނަ އާއި އެކު ތަނަކަށް! ” ޔާނާ ލިޔުޝާގެ އަތުގައި ހިފަމުން ހިނގައިގަތެވެ. ޝާހު ބޯޖަހާލިއެވެ.

ޝާހުމެންގެ ޙާލަތު މިވަގުތު އޭނާ ބުނަން ބޭނުން ނުވީ ޔާނާއަށް ކުރާނެ އަސަރު އޭނާއަށް އެނގޭތީއެވެ. ޔާނާ ފެނުމުން ޝާހު ހުރީ ނިހާޔަތަށް އުފާވެފައެވެ. އޭނާ ހިނގައިގަތީ އަވަހަށް އެ ޚަބަރު ސީމާއަށް ދިނުމަށެވެ.

” އެއީތަ ޝާހު.. އޯ އެމްޖީ.. ހާދަ ލޯބި ބިޓެއް! ” ލިޔުޝާ ހެމުން ހެމުން ބުނެލިއެވެ.

” އާނ އެއީ! ވަރަށް ވަރަށް ވަރަށް ރަނގަޅުވާނެ! ނަސީބެއްނުދޯ އަހަރެން އެގެއިން ނުކުތީ ކީއްވެކަން ނޭހިކަން… ” ޔާނާ މޭގައި އަތްއަޅާލަމުން ބުނެލިއެވެ.

” އަސްލުގަވެސް ޔާނާ އަހަރެންނަށް އެއޮއް ވީ ގޮތެއް! އަޅެ އޭނަ މަށާ ސަލާންކޮއްލިނަމަ… ހިއެއް ނުވޭ އެހާ ބިޓިންގ ވާނެހެނެއް! ހީވަނީ ވަރަށް ބަސްއަހާނެހެން… ” އަނެއްކާވެސް ލިޔުޝާ ދެއްކީ ޝާހުގެ ވާހަކައެވެ. ޔާނާ ވައްލޯ އަޅާލުމުން ލިޔުޝާ އޭނާގެ ދެކަންފަތުގައި ހިފާ ލޯ ކުޑަކޮއްލިއެވެ.

*******

ޔާނާ އާއި ލިޔުޝާ ބޭރުގައި އުޅުމަށްފަހު ގެއަށް އައިސް  ވަތްއިރު ސައިމަން ސޯފާގައި އޮތެވެ. ދެމީހުން ހެމުން ހެމުން ލިޔުޝާގެ ކޮޓަރިއަށް ވަންނަން ދަނިކޮށް ސައިމަން ޔާނާއަށް ގޮވާލުމުން ޔާނާ ހުއްޓުނެވެ. ލިޔުޝާ މަޑުކޮއްލުމެއްނެތި ކޮޓަރިއަށް ވަނެވެ. ޔާނާ ގޮސް ސޯފާގައި އިށީނުމާއި އެކު ސައިމަން ތެދުވެ ޖީބަށް އަތްޖަހާލިއެވެ.

” ޔާނާ ގާތު ސުވާލެއް ކޮއްލަން ބޭނުން.. އަސްލު އަހަރެންގެ ބެލުމުގެ ދަށުގަ ހުރީމަ  ޔާނާ އުޅޭ ނޫޅޭގޮތް ބަލަން އަހަރެން ބޭނުން… ” ސައިމަން ޔާނާއަށް ބަލާލިއެވެ.

” ކިހިނެތްވީ؟ ” ޔާނާއަށް ކުރެވުނީ ސުވާލެކެވެ. ސައިމަންގެ މޫނުމަތިން ފެންނަން ހުރި އުދާސްކަން ޔާނާ ދެނެގަތެވެ.

” މާބޮޑު ކަމެއްނުވޭ! ޔާނާ ހޯދަން ފިރެހެންކުއްޖަކު ގުޅި.. ޔާނާ އެއް ނެތޭ ބުނީމަ ބުނީ ބުނައްޗޯ ޝާހު ގުޅިއޭ! ” ދުރު ބަލަހައްޓައިގެން ހުރެ ސައިމަން އެހެން ބުނުމުން ޔާނާއަށްވެސް ކޮޅަށް ތެދުވެވުނެވެ.

” އެއީ ޝާހަކީ….. ކުރިން ދުވަހު އަހަރެންގެ ހުރިހާ ވާހަކަތައް ކިޔައިދިނީމެއްނު… ” ޔާނާ އިސްޖަހާލިއެވެ.

” އޯހ.. އަހަރެން ހަނދާން ނެތުނީ.. އަހަރެން ހީކުރީ… ޔާނާގެ ބޯއީފްރެންޑްކަމަށް ގުޅީ.. ކޮންތާކުން އޭނަ އާއި ދިމާވީ… ” ސައިމަން ޔާނާއަށް ކުރިމަތިލިއެވެ.

” މަގުމަތިން ފެނުނީ…. ނަންބަރު ދޭށޭ ބުނީމަ ދިނީ.. ” ޔާނާ ވާހަކަ ދައްކާ ގޮތުން  ހީވަނީ ބައްޕައެއް ކައިރީ ދަރިފުޅަކު ހުރެގެން ކިޔަމަންތެރިކަމާއި އެކު ވާހަކަ ދައްކާހެންނެވެ. ސޯފާގައި އޮވެ ސައިމަން ތެދުވިއެވެ. އޭނާ ބޭރަށް ނުކުންނަން ހިނގައިގަތުމުން ޔާނާ ވިސްނާލިއެވެ.

” ވަރަށް އުފާވެއްޖެދޯ ޝާހު އާއި ބައްދަލުވީމަ.. އޭނަ މިގެއަށް ގެންނައްޗޭ! އަހަރެންވެސް ފްރެންޑްވާން ވާނެއެއްނު! ” ސައިމަން ނިތް އަރުވާލަމުން ބޭރަށް ނުކުތެވެ. ޔާނާ ހުރީ ވިސްނުމެއްގެ ތެރޭގައެވެ. ކުރިން ސައިމަންގެ މޫނުން އުދާސްކަން ފެންނަންވީ ކީއްވެ ހެއްޔެވެ؟ ޝާހުކަން އެނގުމުން އޭނާގެ މޫނު ބަދަލުވިއެވެ. ހިނިތުންވިއެވެ. ޔާނާ ފުން ވިސްނުމެއްގައި ހުއްޓައި ލިޔުޝާ އައިސް ސިއްސާލިއެވެ.

” ހުއް! ކަލާގެ ހޭންޑްސަމް ޝާހު ގެންނާށޯ ސައިމަންބުނީ…. ”

 ޔާނާ އިސްތަށިގަނޑުގައި ހުޅިއެއް ޖަހަމުން ބުނެލިއެވެ. ލިޔުޝާ އުފަލުން ޔާނާގެ ގައިގައި ބައްދާލިއެވެ.

” އަސްލުވެސް… ކޯއްޗެއް ކައްކާނީ… ވަރަށް މީރު އެއްޗެހި ހަދާލަންވާނެ… އަޅެ ދެން އައިސްބަލަ އަހަރެން ލާނެ ހެދުމެއް ދައްކަން…. ” ލިޔުޝާ ޔާނާގެ އަތުގައި ހިފާ ދަމަންފެށިއެވެ. ޔާނާ އަތްފޮޅުވާލަމުން ލިޔުޝާގެ ދެކޮނޑުގައި ހިފާ ސޯފާގައި ބައިންދާލިއެވެ. ކުޑަކުއްޖެއް ފަދައިންނެވެ. އަދި ޔާނާވެސް އިށީނެވެ.

” މީހަކު ފެންނަ އިރަށް ތިހާވަރަށް އުއްމީދުކުރާކަށް ނުވާނެ! އަހަރެން ޝާހު އާއި އެއްގެއެއްގައި އުޅުނިން. އެއީ ވަރަށް ވަރަށް ރަނގަޅު ކުއްޖެއް! އަހަންނަށްވެސް އޭނަ ވަރަށް ރީތިވި! އެކަމަކު ލިޔުއަށް އެނގެއެއްނު އަހަރެން މީހަކުދެކެ ލޯތްބެއް ނުވާނެކަން… ދޯ؟ އޭނައަށް އަހަރެންވެސް ރީތިވި… އަހަރެން މިހާރުވެސް ހަނދާންއެބަހުރި.. ޝާހު ބުނި އަހަރެންގެ ކިބައިގައި ގެވެހި އަތްބެއްގެ ހުންނަންވާނެ ހުރިހާ ސިފަތަކެއްވެސް އެބަހުއްޓޭ… އެކަމަކު އަހަރެންގެ ހާލަތު އެނގުމުން ހަމްދަރުދީ ވެގެން އަހަންނާމެދު ދެކެވުނީ އޭނަ އާއި އެއްލެޔެއް ހިނގާ ކޮއްކޮ އެއްގެ ގޮތުގައޭ.. ކިހާ ރަނގަޅު.. “

ޔާނާގެ ވާހަކަތަކުން ލިޔުޝާ މައިތިރިވިއެވެ. އަދި ޔާނާގެ ކޮނޑުގައި ބޯއަޅާލަމުން ބުނެލިއެވެ.

” ޔާނާ! އަހަރެންވެސް ބޭނުން އުފާވެރި ދިރިއުޅުމެއް އުޅެން… އެކަމަކު އަހަރެން ބޭނުންވާ ކަހަލަ ރަނގަޅު މީހެއް އަދިވެސް ނުފެނޭ! އެންމެންގެ ގޮތްވެސް އެނގެނީ ރައްޓެހިވެފަ ދެތިން މަހެއްވެލީމަ… އެކަމަކު ޝާހުގެ ރީތިކަން ފެނިފަ އަހަރެންނަށް އޭނަ އާއިމެދު ލައިކް ވެވުން.. އަދި އޭނާގެ ގޮތް އެނގުމުން ލޯބި ވެވުން އެކަށީގެންވޭ ދޯ.. “

” ނޫން… ލޯތްބަކީ ތިހާ ފަސޭހައިން ވެވޭނެ އެއްޗެއްނޫން.. އެހާ އަވަހަށް ތިހިތް މުއްސަނދިވާން ނޫޅޭ! މާއަވަހަށް ބޮންތީގަ ހިފަން އުޅުނިއްޔާ ފަހަރެއްގަ ރުއްދަށަށް ވެއްޓިދާނެ! ކިހިނެތް އެނގެނީ އޭނަ އެއީ މީހެއްގެ ބިޓެއް ނޫންކަމެއްވެސް…. ދެން ލިޔު ރޯންޖެހޭނީ.. ” ލިޔުޝާގެ ބުރަކަށީގައި ފިރުމާލަމުން ޔާނާ ވިސްނައިދިނެވެ. ލިޔުޝާ ޔާނާގެ މޫނަށް ބަލާލިއެވެ.

” ތިހުރިހާ ކަމެއްވެސް ޤަބޫލުކުރަން.. ޔާނާ ހާދަ ހާދަ ރަނގަޅޭ! ޔާނާ އައި ފަހުން އަހަރެން ނުޖެހޭ އެއްވެސް ކަމަކާ ވިސްނާކަށް.. އަދި ގޭތެރޭގެ އެއްވެސް ކަމެއް ކުރާކަށްވެސް… އަހަރެންނަށްވެސް ދެކެވެނި ތިއީ މަގޭ ދައްތައެއްގެ ގޮތުގައި.. އަދި…. އަހަރެން އުއްމީދުކުރަނީ ހަޤީޤަތުގައި ވެސް އެގޮތަށް އެކަން ވުމަށް…. ” ލިޔުޝާގެ ޖުމުލައިގެ މާނައެއް ޔާނާއަށް ނުވިސްނިގެން އެހިއެވެ.

” ކީކޭ ތިބުނީ؟ ހަޤީޤަތުގައިވެސް މިއީ ލިޔުގެ ދައްތައެކޭ ހީކޮއްލަބަލަ! “

” އެހެންނެއް ނޫން މިބުނީ.. ދޮންބެ އާއި… ” ލިޔުޝާގެ ޖުމުލަ ނުނިމެނީސް ޔާނާ ކޮޅަށް ތެދުވިއެވެ. އަދި ބުނެލިއެވެ.

” ލިޔުއަށް އެނގެ އެއްނު އަހަރެންމިއީ ހިތާމަކޮއްކޮއް ހަލާކުވެފައި ، މޭގައި މިވާ ހިތް ފިހިފައިވާ މީހެއްކަން.. އަހަރެން ހީ ހީފަ އުޅުނަސް އަހަރެންގެ ހިތުގައި އަޅާވޭން އިހްސާސްވާނީ އަހަންނަކަށްނު! ލިޔު ކިތަންމެ އެދުނަސް އަހަންނަކަށް ތިކަމެއް ނުވާނެ! ތިހެން ނުވިސްނާ ޕްލީޒް! ” ޔާނާ ދެރަވެފައި އެހެން ބުނުމުން ލިޔުޝާ ވަރަށް ދެރަވިއެވެ. އޭނާ ޔާނާ ގާތުން މަޢާފަށް އެދުމުން ޔާނާ ބޯ ހޫރާލިއެވެ.

” ނޯ ސޮރީ ކޮކީ… ” ލިޔުޝާ ހޭންފެށީ ހިތްހަމަޖެހުމުންނެވެ.

******************

ދުވަސްތައް ފާއިތުވަމުންދެއެވެ. ޖަމީލާގެ ހިތްދަތި މަޖުބޫރީ ދިރިއުޅުންވެސް ދަނީ ދުވަހަކަށްފަހު ދުވަހެއް ހަނާވަމުންނެވެ. އޭނާގެ ލޯބިވާ ފަހުދަށްޓަކައި ޝާނާ ހެދިހާ ގޮތެއް ހެދިގެން އުޅެންޖެހެއެވެ. ޝާނާގެ އެއްވެސް ކުށެއް ފަހުދު ގާތު ބުނާކަށްވެސް ޖަމީލާއަކަށް ނުކެރެއެވެ. ޔާނާ އާއި މެދު ކަންތައް ކުރެވުނު ގޮތުން ޖަމީލާ ހިތުގެ އަޑިން ރޮއެވެ. އޭނާ އެކަން ކުށްވެރިކޮށް އަމިއްލައަށްވެސް މަލާމާތްކުރެވެއެވެ. މިޔަދު އެޙާލުގައި އެވަނީވެސް އެކަމުގެ ހިތި ނަތީޖާއިންކަން ޖަމީލާއަށް ވިސްނުނު އިރު ޖަމީލާގެ ހަތަރެސްފައިގައި ކަސްތޮޅު އަޅާފައިވަނީ ނުބައި އަންހެންކުއްޖާ، އޭނާގެ ދަނބިދަރި ޝާނާއެވެ.

ޖަމީލާގެ ލޮލުން ފައިބަމުންދާ ކަރުނަތައް ފޮހެލަމުން ބަދިގެއަށްވަނެވެ. ކާ އެއްޗެއް ހައްދަވައިގެންވެސް ނެތެވެ. އިއްޔެ ބަލިވެ އޮތީތީވެ އުކާނުލެވި ހުރި، އޭގެ ކުރިންދުވަހު ކެއްކި ބަތްބެތެލި ކުނިވެފައި ހުއްޓެވެ.. ބަދިގެއިން ދުވާ ނުބައިވަހުން ޑަސްބިން އުކާފައި ހުރިތޯ ބެލިއިރު އޭގައި ވަނީ ފުޅައަޅާފައެވެ.  ޖަމީލާ އުނަގަނޑުގައި ހިފަހައްޓާލަމުން މަސައްކަތްކުރުމަށް އަވަސްވެގަތެވެ،

” ވާ ޖަމިއްތާ ވާ. ތިމާ އަމިއްލައަށް ކުޅުނު ކުޅިވަރުގެ ފޯރި ފެނިއްޖެދޯ! ” ނާސިހާ ހިނިތުންވުމާއި އެކު އައިސްވަނެވެ.

ޖަމީލާ ޖަވާބެއްނުދީ އިސްޖަހާލުމުން ނާސިހާ ބުނެލިއެވެ.

” އާނ! ހަމަ ރަނގަޅަށްވެސް ދެރަވެއްޖެދޯ! އަހަރެން ޖަމިއްތަގެ ޙާލުބަލާ ނުލަނީ މިގޭގަ ޖަމިއްތަގެ ކަންކަން ކޮއްދޭނެ ކުއްޖަކު ހުންނާތީ! ”

 ނާސިހާ ގޮނޑި އެއްގައި އިށީންނަމުން ޖަމީލާގެ މޫނަށް ބަލާލިއެވެ. އޭރު އޭނާ ރޯކަން ނާސިހާއަށް އެނގުނެވެ.

” ދެންވެސް ފަހުދަށް ހަޤީޤަތް އަންގައިގެން ޔާނާ ގެންނަން ވީނު! ރަށު އެންމެން އެދައްކަނީ ޝާނާގެ ތޫލި ވާހަކަ… “

” މަގޭ ވާހަކަ ދައްކާކަށް މިގެއަށް ވަދެގެން ނުވާނެ! ހުރިހާ އެންމެން ޔާނާއަށް މާ ވެފައި ތި ތިބެނީ އޭނާގެ ކިބައިގައި ކޮންސިފައެއް ހުރެގެންތަ؟ ކަލޭމެން ކީކޭ ހިތައް އަރައިގެން ތިއުޅެނީ؟ ބުނަންތަ؟ ފަހުދުގެ މަންމަގާތު ފާޑުފާޑުގެ ވާހަކަ މަށޭ ކިޔައިގެން ދައްކަން ނާންނާތި.. މީ މަގޭ ދިރިއުޅުން.. މަބޭނުންވާ ގޮތަކަށް ހަދާލާނީ…”

ޝާނާ ގެ ޖުމުލަ އާއި އެކު ޖަމީލާ ބިރުން ފަހަތަށް ޖެހިލިއެވެ. ނާސިހާ ތެދުވެ ޝާނާ ކުރިމައްޗަށް އެރިއެވެ.

” އިއްޔެ ރަށަށް ފުންމާލި މީހަކު ހާދަ އަވަހަކަށް ފެނަށް ދިރުނީ.. ތިހެން އައިސް މަގޭ މޫނުމަތީ އެއްޗެއް ބުނެލައިގެން ހީކުރީތަ މަ ބިރުގަންނާނެޔޭ..އާނ ތިއީ ރައީސްގެ އަނބިކަނބަލުން ވިއްޔަ ކަލޭ ފެންނަތަނުން އިހުތރާމް އަދާކުރަން.. “

ނާސިހާގެ ޖުމުލަތަކުން ޝާނާ އަނދައިގަތެވެ، ދެންވެސް ޝާނާ އެއްޗެއް ބުނާނެ ވަގުތެއް ނާސިހާއެއް ނުދިނެވެ،

“އަދި އަހައިފިއެއްނު ޔާނާގެ ކޮން ސިފައެއްހޭ ހުރީ ؟ އަހާބަލަ.. މިހުރީ މައިދައިތަ.. އަހާބަލަ ކިތައް ދުވަހުތޯ ބަދިގެއަށްވަނީ؟ ކިތައް ދުވަހުތޯ އަމިއްލައަށް ކައްކައިގެން ކެއީ.. އަޑުހަރުކޮށް ޔާނާ އެއްޗެއް ބުނާއަޑު އެހިންތޯ އަހާބަލަ.. ކަލެޔާ ޔާނާ އާއި ހާސްބައި ތަފާތު… “

ނާސިހާ ގޮސް ހިފީ ރޮއިލަ ރޮއިލަ ހުރި ޖަމީލާގެ އަތުގައެވެ. އަދި ހިނގައިގަންނަމުން ޝާނާގެ ކުރިމަތގައި ހުއްޓުނެވެ، “ކަލޭ ހެދިހާ ގޮތެއް ހެދިގެން ޖަމިއްތަ މިގެއަކު ނުހުންނާނެ! މިޔަދު މަގޭ ދާނީ ޖަމިއްތަ ގޮވައިގެން! އަދި ފަހުދަށް ހުރިހާ ވާހަކައެއް ކިޔައިދޭނަން! ކަލޭ ޖަމިއްތައަށް ކުރާވަރު އަހަރެން ކިޔައިދޭނަން.. ” ނާސިހާ ޖަމީލާގެ އަތުގައި ހިފައި ހިނގައިގަތެވެ.

” އެހެންތަ؟ ދޭބަލަ ދޭބަލަ! ހީކުރީތަ އަހަރެންނަށް ކަންތައްތައް ކުރަން ނުކެރޭނެޔޭ! ފަހުދު އެހުރީ މަށަށް ގޮސް ހުސްވެފަ! އެހެރަ އިރު ދައްކާފަ އެއީ ހަނދޭ ބުންޏަސް ފަހުދު ޤަބޫލުކުރާނެ! ” ބޭރަށް އަތްދިއްކޮއްލަމުން ފަޚުރުވެރިކަމާއި އެކު ޝާނާ ބުނެލިއެވެ.

” ޗި! ތިއެއް އެނގިދާނެ! ”

 ނާސިހާ ބޭރަށް ހިނގައިގަތުމާއި އެކު ހުއްޓުނެވެ. އޭނާގެ މޫނުމަތިން ހާސްކަން ފެނުނެވެ. ނާސިހާގެ އަތް ފޮޅުވާލުމަށްފަހު ޖަމީލާވެސް ހުއްޓުނެވެ.

Share Article

Follow Me Written By

Salaa

Level 210 Stories100 Comments

my facebook page: https://www.facebook.com/pages/Stories-by-Salaa-Xifah-Angel/157114861119810

Other Articles

Previous

ތީ މަގޭ ޔާރެކޭ…. ( އެއްވަނަ ބައި)

Next

މަންމަގެ ޑައިރީ 16 ވަނަ ބައި (ރީއިޑަ)

Next
February 26, 2014

މަންމަގެ ޑައިރީ 16 ވަނަ ބައި (ރީއިޑަ)

Previews
February 25, 2014

ތީ މަގޭ ޔާރެކޭ…. ( އެއްވަނަ ބައި)

31 Comments!

  1. Ageel says:
    February 26, 2014 at 9:14 am

    wooooooooooooooooooooooooooooooooooooooow. bunaanee keekeey kamehvs hithakah nai. haadha haaey salhee. dhnvaanee kihinehbaa. nikan avahah 11 vana bai upkolladheebaa heyonuvaane.

    1. Salaa says:
      February 26, 2014 at 12:44 pm

      thank u Ageel.. nikan avahah maadhamaa upload vaane ingey….

  2. liu says:
    February 26, 2014 at 10:17 am

    ވ.ރީތި ވާހަކައެއް.. ދެން އޮތް ބަޔަށް އިންތިޒާރުކުރަން…………

    1. Salaa says:
      February 26, 2014 at 12:53 pm

      ain,… anekkaa mee saiman ge kokko liu baa.. yaana rangalhah balahchey inge liu… hehe just kidding.. thancx inge

  3. meesham says:
    February 26, 2014 at 10:19 am

    varah nice, waitin for next part.

    1. Salaa says:
      February 26, 2014 at 12:54 pm

      v v v thanxxx meesham

  4. mary says:
    February 26, 2014 at 11:31 am

    v v v v nice…

    1. Salaa says:
      February 26, 2014 at 12:50 pm

      v v v v v thanx mary

  5. Naash says:
    February 26, 2014 at 12:06 pm

    varah furihama dhenvaane gotheh ge inthizaaruga nubidhafa ves ovevey ehaaves kiyaa hivey mivaahaka varah varah habeyss vaahaka ah thankolheh avahah upkohladheh vun edhen…

    1. Salaa says:
      February 26, 2014 at 12:49 pm

      heheheh… komme dhuvahaku parteh genesdheynan inge… evarun nidhaaleveyne dw naash.. hehe Thankx inge

  6. aisha says:
    February 26, 2014 at 12:26 pm

    vaahaka vara vara reeethi. salaa ge araamagu gai in vaahaka [ aharen nethi dhiyayas thi hayaathun] mi vaahakai ge kureege baithah kiyaalan libeny kihineh sala ge vaahaka eh veema vara bodah kiyaalan benun

    1. Salaa says:
      February 26, 2014 at 12:47 pm

      ehenth.. v bodah thankx inge Aisha.. evaahaka araamagu site in kiyaaleveyne dhuvas kolheh fahun kanneynge.. site in gellifai vee vaahaka thah Admin in v try kurey post kureveytho.. . eyrun fennaane ehnu dho..

  7. ainy says:
    February 26, 2014 at 1:07 pm

    salaa i have a question
    ????????????? keeh vetha mihaaru “hiyy mi edhey soora ey thy magey” evaahaka nugennanyyyyyy
    evaahaka genesdheyn fashaabal plxxxxxxxx salaaa
    araamagu ga in e story ge baithakeh
    ekamaku 1 part miss kohlaafa
    mi site in genesdhy dhyfa
    salaa huhtaaly fahun genesdheynamey kiyaafa ehnu
    dhen e story ge aneh bai up kohdhehchey ingey salaa plxxxx plxx
    and btw this story is the best toooo
    🙂 salaa liyaa konme vaahak eh ves v reethi

    1. salaa says:
      February 26, 2014 at 1:39 pm

      yes yes.. evaahaka me ah save kurevifa iny ehisaabah.. sorrry liyan feshi iru heekuree ekkoh save kurevifa inkamah.. araamagu site ah adhi evaahaka ves me ge ehen vaahaka thah ves ( kurin e site gai huri ) adhi publishvaane.. site ah dhimaavi massala akun ehen vefa einy.. ..thank u Ainy

  8. lovely manaal says:
    February 26, 2014 at 2:17 pm

    This story is so beautiful. I like this story and I give to a like to you
    mivaahaka aky reethi kamun furigenvaa vaahakaeh . Mihen mibuny sababaky alhugandaky araamagun vaahaka kiyaa ninmaafa huri kujjeh adhi haassakaoh mivaahakaige fahubai gai varah bodies hairs an kameh libeyne
    Always
    Lovely manaal
    I miss you I like you I love you
    My princess salaa

    1. Zanaal says:
      February 26, 2014 at 2:25 pm

      Miy lovely manaal ge sister. Manaal eh ehfadhain alhugnduves mivaahaka baraabarah Kiyan Adhi manaal aai Aharen ves mivaahaka Hama ehfaharaa kiyany adhi engeytha? zanaal aai manaal aky salaa men Rashu dhekudhinney dhen mikoment dhivehi nukuraanan
      Always
      Zanaal
      I Love you and miss and like you
      My lovely princess salaa

    2. Salaa says:
      February 26, 2014 at 8:49 pm

      ain… kon kujjeh? rashunney? kon kon kon kon kudhinneththa meee haaadha loabin thi coment kurany,,,, Zanaal ge name rashaku nuhunnaane.. Manaal ge name e ee v kuda kujjeh.. dhen who? ok ok v happpy vejjjje inge. love u tooo mis u tooo

    3. Salaa says:
      February 26, 2014 at 8:47 pm

      .. hahahahaha….. thank u thank u thank u…. love u too miss u too mysterious Lovely Manaal

    4. Lovely Manaal says:
      March 1, 2014 at 8:01 am

      Ok thanks my beautiful salaa . Salaa sky adhi alhuganfu dhuh enme reethi koh liyaa liyuntheriaky. Salaa ah thigothugai dhiyumah hiyvaru dhen manual age is 15 . Salaa ge age buneladhevi dhaanetha?
      Ok bye

  9. aroo says:
    February 26, 2014 at 2:37 pm

    vvvvvvvvvvvvvvvvvvv nice salaa liyaa hurihaa vaahaka ehves.keep it up. waiting 4 the next part avahah upload kohlahchey

    1. Salaa says:
      February 26, 2014 at 8:43 pm

      vvvvvvvvvvvvvvvvvvvvvvvvvv thankxxxx arooo… ehaa laheh nuve mivaahaka kuriah dhaane

  10. Hurt says:
    February 26, 2014 at 2:43 pm

    Mioh ulheyyy yaanaaayah saiman r dhewaaaafa dhariaku dheeeebala nikan…fahudhu bahatttaaaa dhen ehfaraaaaathuga…….haha

    1. Salaa says:
      February 26, 2014 at 8:41 pm

      hahahahaaaa hurt dhey ehcheh nama libeyne v avahah .. hehehe

  11. yummy says:
    February 26, 2014 at 3:52 pm

    Varah varah reethi. Waiting fr the next part

    1. Salaa says:
      February 26, 2014 at 8:39 pm

      thanxxxxx yummmy

  12. Lovely manaal says:
    February 28, 2014 at 8:21 am

    Salaa kumundhoo eh noon tha?????

    1. Salaa says:
      February 28, 2014 at 8:23 am

      Lovely Manaal.. Yes Kumundhoo eh nooon… ..

    2. Anonymous says:
      March 1, 2014 at 7:54 am

      Manual hykury kumundhoo Kamah?? Hama neygidhaanenun dho?? Salaa kon rasheh?? Ok bye
      Always
      Lovely manaal
      I miss you to 13 of the part
      My lovely princess Salaa

    3. Lovely Manaal says:
      March 1, 2014 at 7:56 am

      Neegi nan nuliyevi comment kurevunyy sorry ingey salaa ekamu ecomentaky manaalge commenteh Inge..

  13. Zanaal says:
    February 28, 2014 at 8:23 am

    Salaa kumundhoo dho-??

    1. Salaa says:
      February 28, 2014 at 8:26 am

      nun Zanaaal….. Makunudhoo

Comments are closed.


All Right Reserved!