Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތުގާ ފޮޮރުވާލަދޭށޭ 9

Salaa
February 25, 2014
7 Mins Read
11 Comments

ރުޅިއައިސް ރަތްވެފައިހުރި ޝާހު ދުވެފައި އައިސް އަސްލަމުގެ ކަރުގައި ހިފާ ފާރަށް ތަރަ ކޮއްލިއެވެ.

” އަހަރެންގެ ލޯބިވެރިޔާގެ އަބުރަށް އަރަން ކަލެޔަށް އޮތީ ކޮން ޙައްޤެއް! ”

 އަސްލަމް ގަދަކަމުން ކަހަލަ ގޮތަކަށް ތެޅިގަތުމަށްފަހު، ގިރުވާން ރަނގަޅުކޮއްލިއެވެ. އޭނާ ހުރީ ދާހިއްލާ ފޯވެފައެވެ. ވެއްޓިފައި އޮތް ނޫރީން މަޑުމަޑުން ތެދުވާތަން ފެނި ޝާހު އަވަސްއަވަހަށް ނޫރީންގާތަށް ދިޔައެވެ. އޭރުވެސް އަސްލަމު ކޮޅަށްޖެހިފައި ހުއްޓެވެ، މޫނުމަތިން ފެންނަނީ ރުޅިވެރިކަމުގެ އަސަރެވެ.

” އަހަރެން ހިއެއް ނުކުރަން ތިއީ ތިހާ ނުބައި މީހެއްކަމަކަށް..! ބޭބެ ކިޔަންވެސް ލަދުގަނޭ! މިރޭ ގޮސް ދޮންތައަށް ހުރިހާ ވާހަކައެއް ކިޔައިދޭނަން! ”

އިތުރަށް ޒުވާބު ކުރަން ބޭނުން ނުވާތީ ޝާހު ނޫރީންގެ ދެކޮނޑުގައި ހިފައިގެން ހިނގައިގަތެވެ.

” ޝާހު… އަހަރެންނާ.. ”

ނޫރީން މަސައްކަތްކުރީ އަސްލަމުގެ ވިޔާނުދާ އަމަލުގެ ވާހަކަ ބުނާށެވެ.

” ނޫން….. އަހަންނަށް އެނގޭ!” ނޫރީންގެ މޫނުމައްޗަށް    ވެރިފައިހުރި އިސްތަށިތައް ރަނގަޅުކޮއްލަދެމުން  ލޯތްބާއި އެކު ބުނެލިއެވެ.. ޝާހު ނޫރީން ގޮވައިގެން ހިނގައި ގަތީ އެތަނުން ދާށެވެ.

” ދޭ! ގޮސް ބުނޭ ކަލޭގެ ލޯބިވާ ދޮންތަ ގާތު! ”

އަސްލަމުގެ ހަރު އަޑުން ޝާހަށް ހުއްޓުމެއް ލިބުނެވެ. އަދި ފަސްއެނބުރި ބަލާލި އިރު އަސްލަމް އިނީ މޭޒުމަތީ އިށީނދެލައިގެންނެވެ. ހަމަޖެހިލާފައެވެ. ޝާހުގެ މޫނުމަތިން ހައިރާންކަމުގެ އަސަރު ފެންނަން ހުއްޓެވެ.

” ބުނާށޭ މިބުނީނު! ސީމާއަށް އެނގުނަސް ކީއްކުރެވޭނީ.. ދަރި ގޮވައިގެން ގޭގަ އިންނަން ޖެހޭނީ….! އޭނާ ވަރިއަށް އެދުނަސް ވަރިއެއްވެސް ނުކުރާނަން! ހިތާމަ ކުރަން ރޯން ގޭގަ އިންނަން ޖެހޭނީ… ! ”

އަސްލަމް އިނީ ދެފައި ހަލުވާލަ ހަލުވާލައެވެ. ޝާހު ގޮށްމުއް ކަވާލުމަށްފަހު އަސްލަމާއި ދިމާއަށް ދިއުމަށް އެޅި ފިޔަވަޅު ހުއްޓުނީ ނޫރީން އޭނާގެ އަތުގެ މުލައްދަނޑީގައި ހިފުމުންނެވެ.

” އަހަރެންގެ ގެއިން ނުކުމެގެން ސީމާ ދާނީވެސް ކޮންތާކަށްދޯ! ގައިމުވެސް ދަރިފުޅަށް ކިޔަވައިދޭން މާލޭގަ ހުންނަން އޭނާ ބޭނުންވާނީ… ދެން ޝާހު ތިވާހަކަ ދައްކައިގެން އޭނާގެ އުއްމީދުތައް ވިއްސިވިހާލިވާނީ…. މުޅި މީހާ ރޮއިރޮއި ، ފާ ވާނީ… ” އަސްލަމް މޭޒުން ފުންމާލިއެވެ.

” އަހަރެން އުޅޭނީ ބޭނުން ގޮތަކަށް… އެކަމަކާ ޝާހަކަށް ނުބެހެވޭނެ! މަގޭ ރަނގަޅުކަމުން ކަލެޔަށް ވަޒީފާ ލިބިފަ ތިހުރީ!… ”

އަސްލަމް އެކި ގޮތްގޮތުން ޝާހު ބިރުގަންނަވަން މަސައްކަތްކުރިއެވެ.

” ޔާނާވެސް އެގެއިން ނުކުތީ މަގޭގެ ސަބަބުން… އެނގޭތަ؟ މަ އޭނަ ނޮޅާލަން އުޅުނީ…. އެކަމަކު އޭނާވެސް ސީމާދައްތައަށް ވިސްނާލާފަ ސިއްރުކޮއްލާފަ ދިޔައީނު ގެއިންވެސް.. ބައި ބައި ކިޔާލީ…”

އަސްލަމްގެ ފަރާތުން އެލިބުނީ ވަރަށް ބޮޑު މަޢުލޫމާތެކެވެ. ޝާހުގެ ލޭ ހޫނުވިއެވެ. މީހާގެ ކުލަ ބަދަލުވެގެން ދިޔައެވެ. ބޭނުންވީ އަސްލަމު ކުދިކުދިކޮށް ކޮށާލާށެވެ. ނޫރީން ހިފަހައްޓައިގެން ހުރި ނަމަވެސް ޝާހު ބާރުމިނުގައި ގޮސް، އަސްލަމްއާއި ދާދިގާތުގައި ހުއްޓުނެވެ. އަދި އަސްލަމްގެ ނޭފަތުގައި އިނގިލި ޖެހޭ ނުޖެހޭ ހަމައަށް ދިއްކޮއްލުމަށްފަހު ދަތްތައް ފިއްތާލަމުން އޭނާ ބުންޏެވެ.

” ކަލޭ ހަނދާންކުރާތި ސީމާގެ ކޮއްކޮ އަދި މަރުނުވެ ދުނިޔޭގަ ހުރިކަން! މަގޭ ވަޒީފާއިން ވަކި ކުރިޔަސް ، ނޫރީން ވަޒީފާއިން ވަކި ކުރިޔަސް ، ސީމާ ގެއިން ނެރެލިޔަސް، އަދި ވަރި ކުރިޔަސް ،މިއިން އެކަކުވެސް ޙާލަކު ނުޖެހޭނެ! އަދި ޔާނާއަށްވެސް އަހަރެން ހިމާޔަތްދޭނަން… ހަނދާން ކުރާތި! “

ޝާހު ރުޅިގަދަވެގެން އަތުންފައިން ގޯހެއް ހެދިދާނެތީ އެތަނުން ނުކުތެވެ. ވިހަ ހިނިތުން ވުމެއްގައި އަސްލަމު ބަލަހައްޓައިގެން ހުއްޓެވެ.

******************

” އައްސަލާމް ޢަލައިކުމް”

ސަލާމްގޮވާލުމުން ކޮޓަރިތެރޭގައި ހުރި ޔާނާ ސިޓިންގ ރޫމަށް ނުކުމެ ސަލާމް ބަލައިގަތެވެ. ނުދަންނަ ދެމީހުންނެވެ.

” ސައިމަންއަށް ގޮވާލަދީފާނަންތޯ؟ ” އެމީހުން އެދުނެވެ.

” އާދެ! އިށީންނަން ދުރުވޭ! ”

ޔާނާ އެމީހުންނަށް އިހްތިރާމް އަދާކުރުމަށްފަހު ސައިމަންގެ ކޮޓަރިއާއި ދިމާއަށް ދިޔައެވެ. އަވަސް ވެފައި ހުރިވަރުން ޓަކިވެސް ޖަހާލުމެއްނެތި ދޮރުހުޅުވާލުމާއި އެކު ދެމީހުންނަށްވެސް ސިހުން ލިބުނެވެ. ޔާނާއަށް އަވަސް އަވަހަށް ސައިމަންއަށް ފުރަގަސްދެވުނެވެ.

” އޫޕްސް…. ސޮރީ! ” ޔާނާ ދަތުން ދޫ ފިއްތާ ބާރުކޮއްލިއެވެ. ސައިމަން ހުރީ ތުވާލި އަނދެގެންނެވެ. އޭނާގެ ރީތި ހަށިގަނޑު ފެނި ޔާނާ ލަދުގަތީއެވެ.

ސައިމަން ޖަވާބެއް ނުދިނުމުން ޔާނާ މަޑުމަޑުން ހިނގައިގަތެވެ.

” ކީއްކުރަން ތިއައީ؟ “

އަވަސް އަވަހަށް ސައިމަން އެހިއެވެ.

” އޯހ… ހަނދާންނެތި މިދެވެނީ… އެބަތިބި ހޯދަން އައިސް ބަޔަކު… އަވަސް ކޮއްގެން އާދޭ އިނގޭ! ” ޔާނާ ، ބަލާވެސް ނުލާ އަވަސް އަވަހަށް ނުކުމެގެން ދިޔައެވެ.ސައިމަންވެސް އަވަސް ކޮއްލީ ބޭރަށް ނުކުތުމަށެވެ.

ސައިމަންއަށް އެމީހުން ފެނުނުވަގުތު މޫނުމަތި އުޖާލާވެގެން ދިޔައެވެ.

” އޯހ ބަޑީ! ކިހިނެތް؟ “

ސައިމަން އައިސް ހަމްދޫން އާއި ސަލާމްކޮއްލިއެވެ. ސައިމަން ހަމްދޫން ކައިރީ އިން އަންހެން ކުއްޖާ ދެއްކުމަށްފަހު ލޮލުން ކާކުތޯ އެއްސެވެ.

” މިއީ ޒީފާ! މަ ވައިފް ” ހަމްދޫނުގެ ޖުމުލަ އާއި އެކު ސައިމަން ދެލޯ ބޮޑުކޮއްލިއެވެ.

” ނުވެސް ބުނަމެއްނު! ކާންދޭންޖެހޭނެ އިނގޭ! “

” ނުދޭނަން… ޔޫ މެރީ ކޮއްފަ މަށަށްވެސް އަންގާ ނުލާ! ދެން؟ ” ހަމްދޫން ގަދަ ކޮއްލިއެވެ.

” އޭ! މަ މެރީއެއް ނުކުރަން! ” ސައިމަން ހިނިގަނޑެއްޖަހާލުމުން ހަމްދޫންވެސް ހޭންފެށިއެވެ.

” އެބުނީ އެއްކަލަ! މަށަށް ފެނިއްޖެޔޭ ސަޅި ޗިކެއް މިގޭތެރެއިން.. ” ހަމްދޫން އެހެން ބުނުމުން ޒީފާ ލޯ އަޅާލިއެވެ.

” އެހެން ބުނި އެއްޗެއް ނޫން އިނގޭ! ” ހަމްދޫން ހަމަ ހެނީއެވެ.

” ކޮން ޗިކެއް ކިޔާކަށް! ބަލާބަލަ ސަޅި ވައިފް އެއް ލިބުނީމަ އަހަރެމެންނަށް ނުދައްކަންވެގެން ވެޑިންއަށްވެސް އިންވައިޓް ނުކުރީ! ކަޑަ އިނގޭ! “

ސައިމަން އާއި ހަމްދޫން އަދި ޒީފާއަށް ޑްރިންކްސް ހިފައިގެން ޔާނާ އައިސް އެތަނަށް ހުއްޓުނެވެ. ސައިމަން ހިނިތުންވެލިއެވެ.

” މީ ޔާނާ! ކޮއްކޮގެ ރައްޓެއްސެއް! ” ސައިމަން އެހެން ބުނުމުން ޔާނާ ހިނިތުންވެލިއެވެ.

” ހާދަ ހީނުވެޔޭ ކޮއްކޮގެ ރައްޓެއްސެއް ހެން…. ” ހަމްދޫން ސައިމަންއާއި ދިމާކޮއްލިއެވެ. ޔާނާ ލަދުރަކި ގޮތަކަށް ހީލަމުން އަވަސް އަވަހަށް ހިނގައިގަތެވެ.

ވަރަށް އިރުވަންދެން އެމީހުން ވާހަކަ ދައްކަން ތިބުމަށްފަހު ދިޔައެވެ. ޔާނާ އިނީ ޑައިނިންގ ރޫމްގައެވެ. ސިޓިންގ ރޫމަށް ދާން ނުކެރިފައެވެ. ހަމްދޫންމެން ދިޔުމުން އަވަސް އަވަހަށް ސައިމަން ޑައިނިންގ ރޫމަށް ދިޔައެވެ. އޭރު ޔާނާ އިނީ މޭޒުގައި ބޯޖަހާލައިގެންނެވެ. ސައިމަން ގޮސް ކަރު ކެހިލުމުން ސިހިފައި ބޯހިއްލާލިއެވެ.

” ވަރަށް އުފާވެއްޖެ އަހަރެންގެ ރައްޓެހިންނަށް ތިޔަ އަދާކޮއްދިން މެހްމާންދާރީއާއި މެދު! ”

 ސައިމަން ގޮނޑިއެއްގައި ޖައްސާލަމުން ބުނެލިއެވެ. ޔާނާ ގޮނޑީގައި ލެނގިލަމުން ހީލިއެވެ.

” އެއީ އެވަރުގެ ކަމެއްތަ ދެން؟ އެއީ އަހަރެންގެ އާދަ! ” ސައިމަން އިތުރު އެއްޗެއް ނުބުނެ ޔާނާއަށް ބަލަހައްޓައިގެން އިނެވެ. ޔާނާއާއި މެދު ވިސްނާލެވުނެވެ. ވަރަށް ފުންކޮށެވެ.

ޔާނާ ރަކިގޮތަކަށް ހީލުމަށްފަހު ތެދުވެގެން ހިނގައިގަތުމުން ސައިމަންވެސް ތެދުވިއެވެ.

” އަހަރެންވެސް ހިތައް އަރާ ތިކަހަލަ އަތްބެއް ލިބޭނެ ނަމައޭ! ”

ޔާނާ ހުއްޓުނެވެ. އަދި ފަހަތުގައި ހުރި ސައިމަންއަށް ބަލާލަމުން މަޑުމަޑުން ބުނެލިއެވެ.

” މިކަހަލަ އަތްބެއް ނުދެއްވާތޯ ދުޢާކުރޭ! “

” އެނ… ކީކޭ ތިބުނީ! ” ސައިމަން ނޭނގިގެން ކަހަލަގޮތަކަށް އެހިއެވެ.

” އަޅާނުލާ! އެއީ އަހަރެން އެހެން ބުނި އެއްޗެއްނޫން….. ” އެއްމިޔަކަނުން ހީލަމުން ޔާނާ ނުކުތެވެ. ސައިމަން ބޮލުގެ ފުއްކިބައިގައި އަތްކާއްތަމުން އޭނާވެސް ނުކުތެވެ. އޭނާގެ ހިތައް ޚާއްސަ އުފަލެއް ލިބިފައިވާކަހަލައެވެ. މީގެ ކުރިން ގެއަށް ވަންނަ އިރު ގޭތެރެއިން އެ ފެންނަ ފަޅުކަން މިހާރަކު ނެތެވެ. ގޭގައި އެކަންޏެއް ނުވެއެވެ. މިހުރިހާ ކަންކަމަކީވެސް ޔާނާގެ ފަރާތުން ލިބިދެވޭ އުފާކަން ސައިމަން ޤަބޫލުކުރެއެވެ.

*****************

ނިދާފައި އޮތް މުނާއަށް ގޮވާ ނެގުމަށްފަހު، ސީމާ ރޮމުން ރޮމުން ފޮއްޓަށް އެއްޗެހި އަޅަމުންދިޔައެވެ. އެނދުގައި ބިއްޖެހިފައި ކަހަލަ ގޮތަކަށް ނޫރީން އިނެވެ. ޝާހު ހުރީ ކޮޓަރީގައި ދެކޮޅަށް ހިނގާލަހިނގާލައެވެ.

” އަހަރެން އެއްވެސް ކަމަކާ ނުބެހި ހުންނާތީ ބޭނުންހާ ގޮތަކަށް އެ އުޅެނީ! މިދަރިއަށް ކިޔަވައި ނުދެވުނަސް ހެޔޮ އޭނަގެ ތައްޕާހަކު މަށެއް ނޫޅޭނަން….. ” ސީމާ ކަރުނަ ފޮހެމުން އަލަމާރިން ހެދުންތައް ނަގަމުންދެއެވެ.

” ދޮންތާ ދެން އިތުރަށް އެއްވެސް ވާހަކައެއް ނުދައްކަބަލަ! އަވަސް ކޮއްގެން ހިނގާ ނުކުންނަން…. ”

ޝާހު އަދިވެސް ހުރީ ރުޅިގަދަވެފައެވެ. ކިތަންމެ ހިތްވަރު ކުރިޔަސް ލޯބިވާ ފިރިމީހާ އެހާ ގޯސްކޮށް އުޅޭކަން އެނގުމުން ހިތައް ކެތްވާނީ ކޮން އަތްބަކަށް ހެއްޔެވެ؟ ނަމަވެސް ސީމާގެ ހިތް އެހާ ބަލިކައްޓެއްނޫނެވެ. އޭނާގެ ނަޒަރުގައި އޭނާ އެހާ ރަނގަޅަށް ދިރިއުޅެމުން ދަނިކޮށް އެކަމުގެ ނާޖާއިޒްފައިދާ އަސްލަމް ނެގުމުން އަސްލަމްގެ ދިރިއުޅުމުގައި ސީމާ ހުރުމުގެ ބޭނުމެއް ނެތެވެ. އޭނާ ބަލާލީ ފެންކަޅިވެފައި އިން ނޫރީންއާއި ދިމާއަށެވެ. އޭނާ މަޑުމަޑުން ނޫރީން ކައިރީގައި އިށީނެވެ. އޭރުވެސް ވާނުނާ ނޭނގި ކުޑަކުޑަ މުނާ އެނދުމަތީއިނެވެ. ޝާހު ހުރީ ކޮޓަރީގައި ހުރި މޭޒުގައި ލަނގެލައިގެންނެވެ.

” ނޫރީން.. ދެން އެކަމާ ނުވިސްނާ! އަހަރެންގެ ހިތުގައި ނޫރީން އާއި މެދު އެއްވެސް ހިތްބަރުކަމެއް ނެތް! އަހަރެންދެކެނީ ތިއީ ހަމަ ޝާހު ފަދައިން އަހަރެންގެ ކޮއްކޮގެ ގޮތުގައި…. ” ސީމާގެ ކޮނޑުގައި ނޫރީން ބޯއަޅާލިއެވެ.

” ދޮންތަމެން ދެން ނުކުމޭ! ފޮށިތައް ހިފައިގެން އަހަރެން މި ނުކުންނަނީ…. ” ޝާހުގެ އަޑަށް މުނާ އުރާލައިގެން ސީމާ ނުކުތެވެ. ފަހަތުން ނޫރީންވެސް ނުކުތެވެ.

މަގުމައްޗަށް ފޮށިތައް ނެރުމަށްފަހު ޝާހު ބެލީ ޓެކްސީއެއް ލިބޭތޯއެވެ. އަސްލަމްގެއަށް އަންނަން ވާއިރަށް އެގެއިން ނުކުމެގެން ދެވޭތޯއެވެ. ނަމަވެސް އެގޮތަކަށް ނުވިއެވެ. ޓެކްސީއަށްވުރެން ކުރިން އަސްލަމްގެ ސައިކަލް ދޮރުމައްޗަށް މަޑުކުރިއެވެ. އަސްލަމްގެ މޫނުގައި އެހުރީ ކުޅަނދުރުހަފާފައިބާވައޭ ޝާހުގެ ހިތަށް އެރިއެވެ. އަސްލަމް ހުރީ އެހާ ރުޅިއައިސް ތުރުތުރު އަޅާ ޙާލުގައެވެ. އަސްލަމް ފެނުމާއި އެކު ދެލޯފުރާ ކަރުނަތައް އޮއްސަންފެށީ ސީމާއެވެ. ނޫރީންއަށް ޝާހުގެ ފުރަގަހަށް ވަދެވުނެވެ. ސީމާގެ އިނގިލިކުރީގައި ހިފާފައި ހުރި މުނާ ބައްޕާ އޭކިޔާ ގޮވާލިއެވެ. އެއަޑަށް ސަމާލުކަމެއްނުދީ އަސްލަމް ސައިކަލުން ފޭބުމަށްފަހު ސީމާއަށް އަމުރުކުރިއެވެ.

” ހަމަ މިހާރު ގެއަށްވަދޭ! “

ސީމާގެ އަނގައިން ބަހެއްވެސް ބޭރެއް ނުކުރެއެވެ. ޝާހުގެ އަތުގައި ބާރަށް ހިފަހައްޓައިގެން ހުރި ނޫރީންއަށް މަޑުމަޑުން ރޮވެއެވެ. މުނާ ބިރުން ސީމާގެ ހެދުމުގައި ހިފަހައްޓާލިއެވެ. އިތުރަށް އަޑުގަދަކުރާކަށް އަސްލަމްއަކަށް ނުކެރުނެވެ. މަގުމަތީގައި ވުމުންނެވެ.

” މިބުނީނު އެތެރެއަށް ވަންނާށޭ! ” ދަތްކުނޑިވިކާލަމުން ސީމާއާއި ދާދި ގާތަށް ޖެހިލަމުން އަސްލަމް ބުނެލިއެވެ. ސީމާ ބަލާލީ ޝާހަށެވެ. އެއަށްފަހު އޭނާ ގެއަށް ވަނުމަށް އެނބުރުނެވެ.

” ދޮންތަ ބޭނުމީ ދޮންތަގެ ދިރިއުޅުމަށް ޒަހަރުލީ މީހެއްގެ އަޑު އަހަންތަ؟ ނޫނީ ދޮންތަ ޙާލުގަ ޖެހޭދުވަހު އަޅާލާނެ މި ކޮއްކޮގެ އާދޭސް އަހަންތަ؟ ” ޝާހުގެ އަޑަށް ސީމާ ހުއްޓުނެވެ.

” އަހަރެން ކިހިނެތް ހަދާނީ؟ ” ސީމާ ގިސްލަމުން އެއްސެވެ.

” ޑްރާމާ ކުޅޭނީ މިތާކު ނޫން. ގެއަށްވަދޭ! ” އަސްލަމު ރުޅިއައިސް ރަތްވެފައިހުރެ ބުނެލިއެވެ.

” އަހަރެމެން މިކުޅެނީ ޑްރާމާއެއްނޫން… ނޫރީންގެ ގަޔަށް އެރުމަށް މަސައްކަތްކުރި އިރު ކަލޭ ހީކުރީ އެއީ ފިލްމެއްގެ ޝޫޓިން އެއްގެ ތެރޭގައި އުޅެވުނު ކަމަށްތަ؟ ” ޝާހު ރުޅިއައިސް ރަތްވެގެން ބުނެލިއެވެ. މުނާގެ ކުރިމަތީގައި އެހުރިހާ ކަމެއް ވުމަކަށް ސީމާއެއް ނޭދެއެވެ.

” ދޮންތަ އަހަރެންނާއި އެކު ހިނގާ!”

 ސީމާގެ އަތުގައި ޝާހު ހިފުމުން ސީމާ ބަލާލީ އަސްލަމަށެވެ. ނޫރީން ގޮސް މުނާގެ އަތުގައި ހިފިއެވެ، އޭރު ކާރުއައިސް ދޮރުމައްޗަށް މަޑުކޮއްލިއެވެ. މަގުމަތީގައި ހައިޖާނުގަނޑެއް އުފައްދައިފިނަމަ އަސްލަމަށް މީހުންކުރާ ޤަދަރުވެސް ގެއްލުން އެކަށީގެންވާތީ އޭނާ މަޑުމަޑުން ހުއްޓެވެ. އެހެން ނަމަވެސް އޭނާގެ ދެލޮލުން ބުރަމުންދާ އަލިފާންކަނިތައްފެނި ސީމާވަނީ ބިރުން ހަލާކުވެފައެވެ.

ޝާހު ސީމާގެ އަތުގައި ހިފައިން އަސްލަމްގެ ކުރިމަތިން އައިސް ކާރުކައިރީ ހުއްޓުނެވެ. ސީމާ މަޑުމަޑުން ކާރަށް އެރިއެވެ. ކާރު ލޯމަތިން ގެއްލެންދެން ބަލަހައްޓައިގެން އަސްލަމް ހުއްޓެވެ.

*****************

ގަޑިން 10 ޖަހައިފިއެވެ. ޝާނާ ކޮޓަރިން ނުކުމެގެން ކާގެއަށް ދިޔައީ ހެނދުނުގެ ނާސްތާއަށް އިންސާފުކުރާށެވެ. ނަމަވެސް އެހެން ދުވަސްތަކެކޭ އެއްފަދައިން މޭޒުމަތީގައި ސައިތައްޔާރުކުރެވިފައެއް މިޔަދަކު ނެތެވެ. އައި ރުޅިން ޝާނާ މިސްރާބުޖެހީ  މައިދައިތަ ޖަމީލާގެ ކޮޓަރިއާއި ދިމާއަށެވެ. އަވަސް ހިނގުމެއްގައި ގޮސް ކޮޓަރިއަށް ވަތްއިރު ޖަމީލާ އެނދުގައި އޮށޯވެލައިގެން އޮތެވެ. ދޮރުމަތީ ބަލަހައްޓައިގެން ގިނަވަގުތު ހުންނާކަށެއް ޝާނާ ބޭނުމެއް ނުވިއެވެ. ދާގޮތަށްގޮސް ޖަމީލާގެ ކަރުގައި ހިފުމަށް ޝާނާގެ ހިތް އެދެން ފެށިއެވެ.

” ކަލެއަށް ނޭނގެނީތަ މަ ބަނޑުހައިވާނެކަމެއް! ” ޖަމީލާގެ ގައިމަތީ އަޅާފައިވާ ބެޑްޝީޓް ނަގާ ހޫރާލަމުން ޝާނާ އަޑުގެ ކޮޅަށް ބުނެލިއެވެ. އޭރު ޖަމީލާ ކުކުރައެވެ.

” މަންމަގެ މި ފައިގަ ރިހޭވަރުން ތެދުވަން ނުކެރިގެން މިއޮތީ… ” ވަރަށް އަސަރާއި އެކު ޖަމީލާ ބުނެލިއެވެ.

” ރިހޭ ފައި މައްޗަށް ފޮއި ވެއްޓެނީނު … ” މަލާމާތުގެ ރާގަކަށް ޝާނާ އެހެންބުނީ ޖަމީލާއަށް ފުރަގަސްދެމުންނެވެ.

” ކީ…ކީކޭ.. އަހަރެންގެ ފައި މައްޗަށް ފޮއި ވެއްޓުނީ އެއް ނޫނޭ… މިއީ އަބަދުވެސް ރިއްސާ ފައެއް…. ” ޖަމީލާ ތެދުވަން މަސައްކަތް  ކުރިއެވެ. ހެމުން ހެމުން ޝާނާ ޖަމީލާއަށް ބަލާލިއެވެ.

” ތުއްތުއްތުއްތުއްތުއް….. މަ މިބުނީ ތި ޗަސް ފައިގަނޑުމައްޗަށް ފޮޔެއް ވެއްޓުނީކީ ނޫނޭ… ކަލެއަށް އުނދަގުލަކަށްފަހު އުނދަގުލެއް… ހިތާމައަކަށް ފަހު ހިތާމައެއް ލިބެނިއްޔޭ… ”

ޝާނާގެ މަލާމާތާއި ހުނުމުގެ އަޑުން ޖަމީލާގާތަށް އައި ރުޅި ކަރުނައަށް ބަދަލުވިއެވެ. ޝާނާ އާއި ދިމާއަށް އެއްޗެއް ބުނެފިނަމަ ފަހުދު އާއި ޖަމީލާގެ މެދުގައި އޮތް ލޯބިވެތި ގުޅުން ދުރުވަމުން ދާނެކަން ޖަމީލާއަށް އެނގެއެވެ. ފަހުދު މިހާރު ބޭނުންވަނީ އޭނާ ދެވަނައަށް ފެށި ދިރިއުޅުން އާރާސްތުކޮށް އޭގެ ފޮނި މޭވާ ޙާސިލްކުރުމެވެ. ޖަމީލާގެ ހިތައް ވަރަށް އަސަރު ކޮއްފިއެވެ. އޭނާ އިސްޖަހައިގެން އިނދެ ރޮމުންދިޔައެވެ.

” ތި ކަރުނައިގެ ރަހަ ދެކެން އަންނާނެ މީހަކު ނެތޭ ދައިތާ! އޫޕްސް.. ސޮރީ.. މާމަގަނޑާ! ” ޖަމީލާގެ ކޮލުގައި ހިފާލުމަށްފަހު ޝާނާ ހިނގައިގަތުމުން ޖަމީލާއަށް ގޮވާލެވުނެވެ.

” ޔާނާ!…… ” އެ ނަމާއި އެކު ޝާނާ ހުއްޓި ދުމެއްހެން ޖަމީލާ ކައިރިއަށް އައިސް ބުނެލިއެވެ.

” ކީކޭ؟ ޔާނާ އޭ؟ އަދި އެއްފަހަރު ތިނަން ތި ދުލުން ބޭރުކޮއްބަލަ! ދޫ ބުރިކޮއްލާނަން.. އެނގޭތަ؟ އެނގޭތަ އެއީ ކިހާ ފެންވަރެއްގެ މީހެއްކަން.. އެއީ މަގޭ އަތުން ފަހުދު ޖަހައިގަތް ނުލަފާ އަންހެނެއް! “

” ހުއްޓާލާ! ގޮތްކުޑަ އަންހެނާ! ޔާނާ އާއި ދިމާއަށް ޗުއްޕު ބުންޏަސް …. “

” ކީއްކުރެވޭނީ… ކީއްކުރެވޭނީ….. ” ޝާނާ މޮޔައެއް ފަދައިން ކޮޓަރީގައި ތެޅިބާލައެވެ.

” އެއީ ތިކަހަލަ މީހެއް ނޫން… އެއީ ރަނގަޅު އާދަމުގެ ދަރިއެއް.. އަހަރެން މިހާރު ޔާނާ ނެތުމުން އެކަމާ ހިތާމަކުރަން… ” ޖަމީލާ މޭގައި އަތް އަޅާ ދެލޯ މަރާލިއެވެ. ޝާނާ ރުޅިއައިސް ރަތްވެގެން ބޭރަށްނުކުތެވެ.

ޝާނާ ބޭރަށް ނުކުމެ ފަހުދަށް ގުޅާ ރޯންފެށިއެވެ.

” ފަހުދު… އަހަރެން މިތަނުން ގެންދޭ! އަހަރެން ހިތާމަ ކޮށްކޮށް ބަލިވެދާނެ…. މަންމަ އަބަދުވެސް ދައްކަނީ ޔާނާގެ ވާހަކަ..އަހަރެންކުރާ އެއްކަމެއްވެސް ރަނގަޅެއްނުވެ.. އަހަރެން ކޮންމެ ކަމެއް ކުރިޔަސް ޔާނާ އެހެން ޔާނާ މިހެން..އެގޮތަށް އަހަރެން ހިތުގައި ނުޖައްސާ ރަނގަޅު ކުރަންވީކަމެއް ރީތިކޮށް ބުނީމައެއްނު އެނގޭނީ…    އަހަރެންމީ މިގެއަށް މުހިއްމު މީހެއްނޫން…. ”

ޝާނާ ރުޔެއްކަމަކު އޭނާގެ މޫނުމަތިން ފެންނަނީ ވިހަކަމެވެ. ލޮލުން ފެންތިއްކެއްހާ ހިސާބުވެސް ނުފައިބައެވެ. ފަހުދު އެއްޗެއް ނުބުނެ ފޯން ކަނޑާލިއެވެ. ޝާނާ ހިނިތުންވުމާއި އެކު ދުވެފައިކަހަލަ ގޮތަކަށް ގޮސް ހުއްޓުނީ ޖަމީލާގެ ކޮޓަރި ބުޑުގައެވެ. ފަހުދު ގުޅާނެކަން ޔަޤީންވާތީއެވެ.

” ދަރިފުޅާ މަންމަ ނުބުނަމޭ އެއްޗެއް! ” ޖަމީލާގެ އަޑާއި އެކު ޝާނާ ހީލަމުން އެއް އަތުގެ އިނގިލިތަކުން އަނެއް އަތުގައި ފިރުމާލިއެވެ. އަދި ސިޓިންގ ރޫމަށް ވަންނަމުން އަމިއްލައަށް ބުނެލިއެވެ.

” ފަހުދު! ކަލާގެ ދިރިއުޅުމުގައި ދެން ވިހަލާނީ އަހަރެން…. އަހަރެންނަށް ދިން އަނިޔާގެ ބަދަލް…. އަހަރެން ކުރި އިންތިޒާރުގެ ބަދަލް….. ” ޝާނާ ސިހުނީ އޭނާގެ ފޯން ރިންގް ވުމުންނެވެ. އަވަސް އަވަހަށް މޫނުމައްޗަށް ހިތާމައިގެ ކުލަވަރު ގެނެސް ފޯނު ނެގިއެވެ.

” ޝާނާ ދެން މަންމަ އާއި ވާހަކަ ނުދައްކާތި! ދެމީހުންގެ ކަންތައް މާ މައްޗަށް ތި ދަނީ.. އަހަރެން ބޭނުމެއްނޫން މަންމަ އަށް ވެސް އަދި ޝާނާއަށްވެސް އެއްޗެހި ކިޔާކަށް… އެހެންވެ ދެމީހުން ވަކިން ކައްކައިގެން ކައިގެން އުޅޭތި !” ފަހުދު އިތުރު އެއްޗެއް ނުބުނެ ފޯން ކަނޑާލީ އޭނާގެ ހިތައްކުރި އަސަރެއްގެ ބޮޑުކަމުންނެވެ. ފޯން ކަނޑާލުމުން ޝާނާ ހީލިއެވެ. އޭނާ ކައްކާނެ ހެއްޔެވެ؟ ގައިމެވެ. ދެން އޭނާގެ ކެއުން ހަމަޖައްސާނީ ރެސްޓޯރަންޓް ތަކުން ކަން ގައިމެވެ.

37
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Salaa

my facebook page: https://www.facebook.com/pages/Stories-by-Salaa-Xifah-Angel/157114861119810

Other Articles

Previous

އެސްފިޔަ.ކޮމް އަށް ދިމާވި މައްސަލަ ހައްލުކުރެވިއްޖެ.

Next

ލޯތްބަށްޓަކައި.. (ދެވަނަ ބައި)

Next
February 25, 2014

ލޯތްބަށްޓަކައި.. (ދެވަނަ ބައި)

Previews
February 24, 2014

އެސްފިޔަ.ކޮމް އަށް ދިމާވި މައްސަލަ ހައްލުކުރެވިއްޖެ.

11 Comments

  1. mary says:
    February 25, 2014 at 10:43 am

    v v v salhi…aneh part avahah up kolla dhehchey..

    1. salaa says:
      February 25, 2014 at 1:31 pm

      yes tmrw up vaane. nd thankss

  2. Ibbe says:
    February 25, 2014 at 11:02 am

    You should learn how to write story. Nothing new in your stories

    1. salaa says:
      February 25, 2014 at 1:34 pm

      yes yes.. i want to learn.. dhaskuran beynun vaathy site thakah vaahaka mi liyany ves.. dhen mi vaahaka thakah judge kuraanee kiyuntherin.. ehenveema veema ithurah try kuraanan kuriaraatho.. .. Ibbe ge thi 2 sentences in v gina ehchehi mihaaru ves dhasvejje.. thanccxxx

  3. Reem says:
    February 25, 2014 at 12:48 pm

    salaa araamagu admin kaireega e site ragalhu kohdheyshey buneetha? Adhives ragalhunuvey gaimu :/ Plx buneba :'(

    1. salaa says:
      February 25, 2014 at 1:36 pm

      yes bunin… ithurah admin aai talk kuran araamagu ah vanyma innaane number eh.. e numbr ah call kollaba reeem… ingey dear

  4. shaf says:
    February 25, 2014 at 2:37 pm

    Vvv salhi mi part vx

  5. Haaaatu says:
    February 25, 2014 at 6:25 pm

    Eyy salaaaaa gandaaaaaa vrhh reeeethi mi waahaka manjeyy….

  6. aroo says:
    February 25, 2014 at 8:55 pm

    salaa… v vvvvvvvvvvvvvvvvvvvvvvvv nice vaahaka. keep it up..waiting 4 the next part

  7. isha says:
    February 25, 2014 at 9:10 pm

    Very nice story. Waiting for the next part

  8. Ageel says:
    February 26, 2014 at 8:01 am

    bunaane ehchehvs neynge.. v habeys. hama ehaavs furihama.. keep it up salahthaa.. may gos bless u. good job. dhn anehbaige inthixaaruga mi hunnanee. avaskollahchey ngey.. tgc 🙂 <3

Comments are closed.

All Right Reserved!