ކުއްލިއަކަށް އިވުނީ ފިރިހެނެއްގެ ބާރު ހިނިގަނޑެއްގެ އަޑެވެ. އެއާއި އެކީ ޝަޒިން ހަޅޭލަވައިގަތެވެ. “ކުޑަބޭ!! ދެން ދޫކޮށްލަންވީ” މިހެން ބުނުމުން އެމީހާ ޝަޒިން ތިރީގައި ބެހެއްޓިއެވެ. އެއާއިއެކީ ފަހަތަށް އެނބުރި އެމީހާގެ މޭމަތީގައި ޝަޒިން ތަޅަންފެށިއެވެ. އޭރުވެސް އެފިރިހެންވަންތަ ހުނުމުގެ އަޑު ގޭތެރޭގައި ހިފާލާފައި ވެއެވެ. “ވަރަށް ފޫހިވެ! ކިރިޔާއޭ ބިރުން ހާޓް އެޓޭކެއް ނުޖެހުނީ” ތެޅުން ހުއްޓާލާފައި ޝަޒިން ކުރިމަތީގައި ހުރި މީހާއާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. ކުރިމަތީގައި ހުރީ ނޫކުލައިގެ ސޯޓެއް ލައިގެން ހުރި […]
މާލޭގެ ހަލަބޮލި މަގުތަކުން އަންމަޑޭ ހިނގަމުން ދިޔައެވެ. އައްޑުއަށް އައުމުގެ ކުރީގައި ހަދިޔާ ގަތުމުގެ ބޭނުމުގައެވެ. އެތައް ދުވަހަކަށް ފަހު ލޯބިވާ އަނބިމީހާ ގާތަށް ދާއިރު ރަނގަޅު ހަދިޔާއެއް ދިނުމަށް އޭނާ ބެނުމެވެ. ނިޝްވާއަކީ ސެންޓަށް މާވަރު ހުންނަ މީހެއް ކަމުން އަންމަޑޭ އެންމެ ފުރަތަމަ ވެސް ވަދެލީ ލެކިއުޓަށެވެ. ބައިގަޑިއެއް ހާއިރަށް ފަހު ފިހާރައިން ނިކުތީ ދެތިން ސެންޓްފުޅި ހިފައިގެންނެވެ. “ހާދަހާ ސާމާނެއް… މުޅި ފިހާރަ ހުސްކޮށްލީ ދޯ…”ހިނިގަނޑެއް ޖަހާލަމުން އާނިމް ދިމާކޮށްލިއެވެ. “އަހަނ.. އާނިމް […]
*މިވާހަކަ އަކީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ޚިޔާލީ ވާހަކައެކެވެ* ވެހެމުންދިޔަ ވާރޭތިކިތަކުން ބިންމަތި ތެންމަމުން ދިޔައިރު ފަޒާގައި އެކުލެވިފައިވަނީ ފިނި ކަމެވެ. ގަސްތަކުގެ ފަތްތައް ޖެހެމުންދާ ފިނވައިރޯޅި ތަކަށް ތަބާވެ އެއްކޮޅަކަށް ހެލެމުންދާއިރު އިވެމުންދަނީ ހިތްގައިމު އަޑެކެވެ. ދުރުދުރަށް ދާންދެން މަގުމަތީގައި ފެންހެދިފައި ވާއިރު އެތަނުން ފެންގަނޑެއް ކައިރިން މަޑުހިނގުމެއްގައި ރަތްކުޑައެއް އަޅައިގެން ސްކޫލް ޔުނީފޯމެއްގައި ހުރި ކުއްޖަކުއާދެއެވެ. ދެއަތުން ކުޑަހިފަހައްޓައިގެން ކަނާތުގައި ބޫޓު އެލުވާލައިގެން ހުރިއިރު އެއަތުގައި މަޑު ތުރުތުރު އެޅުމެއް ހުއްޓެވެ. […]
ހަވާއަރުވާ މަންޒަރުވީ ލިމްޝާއަށް ވަރަށް ކަމުދިޔަ މަންޒަރަކަށެވެ. އެހެންކަމުން އޭނާ މަސައްކަތްކުރީ އެމަންޒަރުގެ ފޮޓޯއެއް ނަގާލުމަށެވެ. ފޮޓޯ ނަގަމުން ގޮސް ލިމްޝާއަށް ފަހަތަށް ޖެހިލެވުނުވަގުތު ގޮސް ލައްވީ މީހެއްގެ މޭމަތީގައެވެ. ލިމްޝާ އަވަސްއަވަހަށް ފަސްއެނބުރި ބަލާލިއެވެ. އޭނާގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. ކުރިމަތީގައި ހުރީ ނަޝާމެވެ. ނަޝާމްއަށްވެސް ފުރަތަމަ ހައިރާންކަމެއް ލިބުނު ނަމަވެސް ދެވަނަ ސިކުންތުންގައި އޭނާގެ ތުންފަތަށް ހިނިތުންވުން ވެރިވިއެވެ. “ލިމް…” ނަޝާމް މަޑުމަޑުން ބުނެލިއެވެ. ލިމްޝާ އަދިވެސް އެހުރިގޮތަށް ނަޝާމަށް ބަލަހައްޓައިގެން ހުރީއެވެ. “ލިމް […]
ރެއަކީ ޒީޝާނާއި ނިހާގެ ކައިވެނީގެ ރެއެވެ. ކައިވެނި ކުރުން އޮތީ އެރޭ އެގޭގައި ކަމަށްވެފައި ޤާޒީ ކައިވެނީގެ އަހުދު ފަށަން ތައްޔާރު ވި ތަނާ މާޔާ އެތަނަށް އައިސް ޒީޝާނަށް ވަރަށް ބާރަށް ގޮވާލިއެވެ. ޒީޝާން ބަލާލި އިރު މާޔާ ހުރިހާލު ފެނުމުން ބޮޑުކަމެއް ވެއްޖެކަމުގައި ޒީޝާންގެ ސިކުނޑީގެ ކަނަކުން އިންޒާރު ދިނެވެ. ކައިވެނި ކުރަން މޭޒުދޮށުގައި ތިބި އެންމެނަށް ބަލާލަމުން ޒީޝާން ތެދުވިއެވެ. އެވަގުތު ނިހާ ޒީޝާންގެ އަތުގައި ހިފަހައްޓާލީ ކައިވެނީގެ މޭޒު ދޫކޮށްނުދާށޭ ބުނާފަދަ […]
މާދުރަށް ފެތުރިފައިވާ ހުދު ކިރުކޮޅެއް ފަދަ ފުޅާ ތުނޑިއާއި އިންވެގެންވާ ބޮޑު ފަޅާއި އަދި އެ ފަޅާ ގުޅިފައިވާ ގަދަނޫކުލައިގެ ކަނޑުވެސް ހީވަނީ ރަހަޔަކަށް ފަތުރާލެވިފައިވާ ދޫލައެއް ހެންނެވެ. އޮއްސެމުންދާ އިރުގެ ރަން ދޯދިތައް މޫދަށް އެޅެމުން ދިޔައިރު އެމަންޒަރު ބަލަން އަހަރެން އިނީ އާޝޯޚްވެފައެވެ. އަހަރެންނާއި މާދުރުނޫން ހިސާބެއްގައި މިމަންޒަރު ބަލަން ބަލަން އިން އަންހެން ކުއްޖެއް އަހަރެންގެ ލޮލުގައި އަޅައިގަތެވެ. އެހެނަސް އެއީ ކޮންކުއްޖެއްކަމެއް އަހަރެންނަކަށް ދެނެއެއް ނުގަނެވުނެވެ. މިހިތްގައިމު ވަގުތުގެ އުފާ ކާއިނާތުގައި […]
މަންމަމެން އެދައްކަނީ ކޮން ހަގީގަތެއްގެ ވާހަކަ ބާވައޭ ލިމްޝާގެ ހިތަށް އެރިއެވެ. އޭނާގެ ސިކުނޑިވަނީ ސުވާލުމާކު ތަކަކުން ފުނިޖެހިފައެވެ. “އަނެއްކާ މަންމަ ނޫނީ ބައްޕަގެ ބޮޑު ބައްޔެއް ހުންނަނީބާ…؟؟؟ ކޮންމެވެސް ނުބައެއް އެބައުޅެ… އެމީހުން އަހަންނަށް ވަރަށް ބޮޑު ކަމެއް އެބަ ސިއްރުކުރޭ…. އަހަރެން ބޭނުން ހުރިހާ ހަގީގަތެއް އެނގެން..” ލިމްޝާގެ ހިތަށް އަރާ ފައިބަމުންދާ އެއްޗެހީގެ ސަބަބުން ސިކުނޑިއަށް ބާރުވަމުން ދިޔައެވެ. ހާސްވެފައިވާ ވަރުން ނިއްކުރީގައި ބޮޑެތި ދާތިކިތައް ވިދަމުން ދިޔައެވެ. މޫނުގައިވާ ދާތިކިތައް ފޮހެލަމުން […]
ފުރާވަގުތު ކައިރިވަމުން ދިޔަވަރަކަށް އަހަރެންގެ ހިތަށް ނޭނގޭ އަސަރުތަކެއް ވެރިވަމުން ދިޔައެވެ. އަހަރެންގެ ދަތުރު އެރެހައްޓަން އައިސްތިބި އަހަރެންގެ ހަމައެކަނި ދެރަހުމަތްތެރިން ތިބީ ތަންކޮޅެއް ދުރުގައި ހުރި ގަހެއްގެ ހިޔަލުގެ ދަށުގައެވެ. އަހަރެން ފުރަން އޮތް ދޯނި އޮތީ އަހަރެން ނާރައިގެން ނުފުރިފަހެން ހީވެއެވެ. މެންދުރުގެ ދިލަހޫނު އަވީގައި ދޯންޏާ ދިމާއަށް މަޑުމަޑުން ހިނގަމުން ދިޔައީމެވެ. އަހަރެންގެ ފޮށި ބަރުކަމަކުން ނޫނެވެ. އެހެނީ ފޮށީގައި އޮތީ އަހަރެންގެ ދެތިން ހެދުމަކާ ރީތިވާ ސާމާނު ކޮޅެކެވެ. ކުއްލިއަކަށް ކުރިމަށްޗަށް […]
“ރިޕޯޓް ތައްޔާރުކޮށް ނިމުނީތަ….؟؟؟” ލިމްޝާގެ އަތުގައި އޮތް ފައިލަށް ބަލާލަމުން ހިނިތުންވެލަމުން ޒަޔާން އަހާލިއެވެ. “ލައްބަ…” އަދަބުވެރިކަމާއިއެކު ލިމްޝާ ޖަވާބުދިނެވެ. މިއަޑަށް ލިމްޝާއަށް ފުރަގަސްދީގެން އިން ނަޝާމް ދިޔައީ ސިހިގެންނެވެ. އެއީ އިއްޔެވެސް އިވުނު ހިތްގައިމު މިއުޒިކީ އަޑެވެ. އެއަޑެއް ނަޝާމަކަށް އޮޅުވައެއް ނުލެވޭނެއެވެ. ނަޝާމް ފަސްއެނބުރި ބަލާލިއެވެ. އަދި ބޭއިޚުތިޔާރުގައި ކޮޅަށް ތެދުވެވުނެވެ. އެއީ ހަމަ އެކުއްޖާއެވެ. ހަމައެކަނި ތަފާތަކީ ހެދުން އެޅުމުގެ ހުރި ތަފާތުކަމެވެ. މިހާރަކަށް އައިސް ކުދިން ނުލާކަހަލައިގެ ދޯބައްޓާ ހެދުމުގައި އެކުއްޖާ […]