“ޑޮކްޓަރ… ޑޮކްޓަރ ހިޒް ހާރޓް ބީޓް އިޒް ސިންކިންގް… ޕްލީޒް ކަމް” އައިސީ ޔޫ އިން ނިކުމެގެން އައި ބިދޭސީ ނަރުސް އެމަޖެންސީ ވޯޑް ތެރޭގައި ހުރި ޑޮކްޓަރަށް ގޮވާލިއެވެ. ޑޮކްޓަރު ވެސް އަވަސް ހިނގުމެއް ގައި އައިސީ ޔޫ އާއި ދިމާލަށް ދިޔައެވެ. އެ މަންޒަރު ބަލަން އޮތް ނިޝްވާ އަށް ހިތުގައި އަތްއަޅާލެވުނެވެ. މަގޭ އަންމަޑޭ އޭ ކިޔާ ހަޅޭއްލަވަމުން ފުންމައިގެން ނިޝްވާ ތެދުވިއެވެ. ކައިރީގައި އިން މަރީނާ ވެސް ދިޔައީ ސިއްސައިގެންނެވެ. […]
“ކޮބާތަ އެންމެން… އަހަރެމެންނަށް މާއަވަހަށްތަ މިއާދެވުނީ…؟؟؟” އެއްވެސް މީހަކު ކެބިންގައި ނެތުމުން ގަޑިބަލާލަމުން ނަޝާމް ބުނެލިއެވެ. އެވަގުތު އެންމެން ފަހަތުން ނަޝާމަށް ވިޝްކުރަމުން ކެބިންއަށް ވަނުމުން ނަޝާމްހުރީ ސަޕްރައިޒްވެފައެވެ. ޒަޔާން ކޭކުގެނެސް ނަޝާމްގެ ކުރިމަތީގައި ބެހެއްޓިއެވެ. ނަޝާމް ކޭކު ފެޅުމަށްފަހު ޒަޔާނަށް އެތިކޮޅެއް ލެވިއެވެ. އަދި ދެވަނަ އެތިކޮޅު ނެގުމަށްފަހު އެނބުރުނީ އޭނާގެ ކަނާތުފަޅިއަށެވެ. އެތާހުރީ ލިމްޝާއާއި ސާރާއެވެ. ނަޝާމް ރީތި ހިނތުންވުމަކާއިއެކު ކޭކުކޮޅު ސާރާއަށް ލެވިއެވެ. ލިމްޝާގެ އިތުރުން އޮފީހުގެ ހުރިހާ ކުދިންވެސް ހުރީ ހައިރާންވެފައެވެ. […]
ނަޝާމަށް ލިބުނު ސިހުމާއިއެކު ކޮޅަށް ތެދުވެވުނީ ފޮޓޯގަނޑުގައިވާ ނަޝްވާ ފެނުމުންނެވެ. އެވަގުތު ޒަޔާން ފާހާނައިން ނުކުތެވެ. ނަޝާމް އަތުގައިވާ ފޮޓޯ ފުރަގަހަށް ލިއެވެ. “ކިހިނެއްވެފަ ކޮޅަށް ތިހުރީ…؟؟؟ މާބޮޑަށް ބަނޑުހައިވީތަ…؟؟” މަޖާވެފައި ހުރެ ޒަޔާން އަހާލިއެވެ. “ޒަޔާން މީކޮންކަމެއް….؟؟؟” ނަޝާމް އަތުގައި އޮތް ފޮޓޯގަނޑު ޒަޔާނަށް ދައްކާލަމުން އަހާލިއިރު އޭނާގެ މޫނުމަތީގައިވަނީ ރުޅިވެރިކަމެވެ. ނަޝާމްގެ މޫނު ފެނި ޒަޔާނަށް އިސްޖަހާލެވުނެވެ. ކުށްވެރިއެއް ފަދައިންނެވެ. “ކީއްވެ އަނގައިން ނުބުނެ ތިހުރީ…؟؟؟ އަހަރެން ހިތަކަށް ނާރަ އަހަރެންގެ ބެސްޓްފުރެންޑްގެ […]
“ކޮބާ އަވަހަށް ކާން ފާށާ އެންމެން. ޒާހިދާ މަށަށް ފިނިފެން ތަށްޓެއް އާޅާދީބަލަ.” ސަލީމް ތަޢްޓަށްބަތް އަޅަމުން ބުނެލިއެވެ. “ދޮންބޭ އަޅުގަނޑަށް އިކޮނޮމިކްސް ޓިއުޝަން ޓީޗަރެއް ހޯދަދީބަ. ޕްލީސް.” ޝަޒިންއަށް މަންމަ ބުނި ވާހަކަ ހަދާންވުމުން އަވަހަށް ބުނެލިއެވެ. “ދިމްނާ އެބައުޅެ އެއްނުން. މިދިޔަ ހަފްތާގަ މެލެޝިއާއިން ކިޔާވާނިމިގެން އެއައީ. އޭނަ ރަނގަޅުވާނެ ހެން ހީވަނީ. ބައްޕަ ވާހަކަ ދައްކާލާނަން. ދެން އަންނަ ޓާރމްގަ ސްކޫލަށް ކިޔަވަދޭން ދާނެ ވާހަކަ އަޑު އިވުން. ތެދެއްދަ ދަރިފުޅާ؟” […]
“އެއީ ކާކު ކަމެއްވެސް އަހަންނަކަށް ނޭނގެ… އެކަމަކު މާތްﷲ އިރާދަކުރެއްވިއްޔާ ކޮންމެވެސް ގޮތަކުން އަހަރެން އެކުއްޖާ ހޯދާނަން… އަހަރެންގެ ޙަޔާތަށް އެކުއްޖާ ގެންނާނަން….” ނާއިޝް ބުނެލީ ވަރަށް ޔަގީންކަމާއިއެކީގައެވެ. “އަހަރެންވެސް ބޭނުންވަނީ ދޮންބެއަށް އެކުއްޖާ ލިބެން….” ހިނިތުންވެލަމުން ނަޝާމް ބުނެލިއެވެ. ޖެހިގެން އައިދުވަހުގެ މެންދުރުގެ ވަގުތެވެ. ގޭގައި އިނދެ އިނދެ ފޫހިވެގެން ނަޝްވާ ހެނދުނު މާލެއައީ އޭނާގެ އެކުވެރި ލުޔޫނާއާއިއެކު ޝޮޕިންގް ކޮށްލުމަށެވެ. ހެނދުނު ދިޔަގޮތަށް މެންދުރުވީއިރުވެސް ދެއެކުވެރިން އެކިފިހާރަތަކަށް ގޮސްހަދަމުން ދިޔައެވެ. އެކި މަޖާ […]
ކުރިމަތިން ފެންނަމުން ދހިޔަ މަނޒަރަކީ ހަޤީގަތެއް ކަން ގަބޫލުކުރާކަށް ޒާޔާ ބޭނުމެއް ނޫނެވެ. ފަސް އަހަރުވަންދެން ކުރި އިނތިޒާރުގެ ނިމުން މި ގޮތަށް ދެކޭކަށް އޭނަ ބޭނުމެއް ނޫނެވެ. ތަޤުދީރު ޒާޔާއާ މެދު މި ކުރަނީ ކޮނަކަހަލަ ސަމާސާއެއް ހެއްޔެވެ. ލޮލުގައިވި ކަރުނަތައް ހިންދައިލި ނަމަވެސް ހިތުގަ އަޅާވޭނަށް ލުޔެއް ލިބޭނީ ކިހިނެއް ހެއްޔެވެ؟ ފެބްރުއަރީމަހު އަލަށް ފަށާވާހަކަ “އިންތިޒާރު”
“މިޝަލް.” ރިހާ މަޑުމަޑުން އެ ޒުވާނާގެ ނަން ކިޔާލިއެވެ. ލޯގަނޑުން ރިހާގެ ސޫރައަށް ބަލާލަމުން މިޝަލް ހިނިތުންވެލަމުން ރިހާގެ ކަންފަތް ދޮށުގައި ބުނެލިއެވެ. “ހެޕީ އެނިވާސަރީ ބޭބީ!” އެއާއި އެކު ރިހާގެ ތުންފަތުގައިވި ހިނިތުންވުން އިތުރަށް ފުންވެގެން ދިޔައެވެ. “މިޝަލް! ޔޫ އާ ލޭޓް.” އިށީންދެ އިން ގޮނޑިން ތެދުވެ މިޝަލް ކުރިމަތީ ހުއްޓި މިޝަލްގެ އަތުކުރީގައި އޮތް ގަޑި ދައްކާލަމުން ހިނިތުންވުމަކާއި އެކު ރިހާ ބުނެލިއެވެ. “އެންޑް ޔޫ ލުކް ބިއުޓިފުލް.” އެހެން ބުނެ […]
“އައްޗީ…. ދުވާ ނުބައި ވަސް…. މީހާދަ ލާނެއް ކާޅުތަކެކޭ….” ބޮލުގައި އަހިވަށް ޖެހުނުތަނުގައި އަތްލުމަށްފަހު އަތުން ވަސްބަލާލަމުން ސުހާ ބުނެލީ އަނގަ ޗޭ ވެފައި ހުރެއެވެ. މިމަންޒަރު ފެނުމުން ލިމްޝާއާއި ނަޝާމް އަޑުނުވީއްލާހުރެ ހެމުން ދިޔައެވެ. އެމީހުން ތިބީ އެބޮޑުގަހާ ނިވާވެގެންނެވެ. އެންމެފަހުން ސުހާމެން އެތާ މަޑުނުކޮށް އެތަނުން ދިޔައީއެވެ. ސުހާމެން ދިޔުމުން ލިމްޝާމެންވެސް އެތަނުން ދިޔައީއެވެ. ދަމުން ދިޔައީ ސުހާމެންގެ ކަންތައް ބަސްޓްކޮށްލަން މޮޅުރޭވުމެއްވެސް ރާވާލައިގެންނެވެ. ކުރުމަގަކުން ދިޔުމުން ލިމްޝާމެންނަށް ސުހާމެނަށްވުރެ ކުރިން އެހެންމީހުން ތިބިތަނަށް […]
މުޅީގޭތެރޭގައި ހިފާފައިވަނީ ކާތަކެތީގެ މީރުވަހެވެ. ސުފުރާމަތީގައި އަތުރާލެވިފައި ވަނީ އެކި ބާވަތުގެ ކާތަކެއްޗެވެ. ފޮނި އެއްޗެއްސާއި ކުޅިއެއްޗެއްސެވެ. ބިއްލޫރި ތަށިތަށް ހިފައިގެން ކާގެއަށް އައި ޝަޒިން ކުއްލިއަކަށް ހުއްޓުނީ ޖީބުގައި އޮތް ފޯނު ވައިބްރޭޓް ވުމުންނެވެ. އަވަސްއަވަހަށް ކައިރީގައި ހުރި މޭޒުމަތީގައި ތަށިތަށް ބެހެއްޓުމަށްފަހު ލައިގެންހުރި ރަތްކުލައިގެ ހެދުމުގެ ތިރީބައިގައި އަތްކާއްތާލުމަށްފަހު ޖީބުން ފޯނުނެގިއެވެ. އޭރު ހެދުމުގެ ތިރީބައިން ތަންގަޑެއް ތެމިފައިހުއްޓެވެ. “ޕިސް ޕިސް. ކިތަށްފަހަރު ބުނާނީ އަތް ތެއްކޮން ހުއްޓާ ހެދުމުގައި އަތްނުފޮހޭށެ. ހަމަބުނާ އެކައްޗެއްވެސް […]