އެއީ ދަންވަރުގެ ހަމަހިމޭން ވަގުތެވެ. އިފްޝާއަށް ހޭލެވުނީ ފޯނުރިންގުވާ އަޑަށެވެ. މޯޅިއަކަށް ދެމިލުމަށްފަހު ލޯނުވެސްހުޅުވާ ފޯނުނަގައި ކަންފަތުގައި ޖައްސާލިއެވެ. އޭނާއަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. އެކޮޅުން އިވެމުން ދިޔައީ އަންހެން ކުއްޖަކު ރޯއަޑެވެ. ފުންމައިގެން ތެދުވެ، އެނދުގައި އިށީނދެ ފޯނުން އިވެމުން ދިޔަ ރުއިމުގެ އަޑާމެދު ސަމާލު ވެލިއެވެ. އެއީ ވޭނީ، ހިތްދަތިއަޑެކެވެ. “ކީއްވެ ތިރޮނީ؟ކޮންކުއްޖެއްތީ؟ކިހިނެއްވީތަ؟” އިފްޝާ ހާސްވާން ފެށިއެވެ. އެނދުގެ އަނެއްފަޅިއަށް ބަލާލިއެވެ. ކޮޓަރީގައި ހުރެވުނީ އެކަނިކަން އެނގުމުން ބިރުގަންނަންފެށިއެވެ. ފޯނުން އިވެމުން […]
ހަވީރުގެ ހިތްގައިމު ވަގުތުގައި މޫދަށްއެރި މަޖާކުރަމުން ދިޔަ، އަހަރެންގެ އުމުރުފުރާގެ ކުދިންތަކަށް ބަލަން އަހަރެން އިނީމެވެ. އަހަރެން އިނީ، އެމަޖަލުގައި ބައިވެރިވާހިތުންނެވެ. އެގޮތަށް ސާމާސާކޮށް އުޅުމަށް ދާހިތުންނެވެ. ދުރުދުރުން އަތުގުޅާލައިގެން ހިނގަމުންދާ ޖޯޑު ތަކަށް އަހަރެން ބަލާލީމެވެ. ލޯތްބާއެކު އެކަކު އަނެކަކުގެ މޫނަށް ބަލަމުން ދެމީހުން ގޮސް އެއިށީންދެލަނީ މިވަގުތުގެ އުފާވެރިކަން ހިއްސާ ކުރަމުންނެވެ.އަހަރެންވެސްމީ އެއްދުވަސްވަރެއްގައި އެގޮތަށް އުޅުނު ފުރާވަރުގެ މީހަކީމެވެ. އެފަދަ އުފާވެރި ކަމެއްގައި އަހަރެން އުޅުމަށް މިއަދު ދުނިޔެ ހުރަސްއަޅަނީ ކީއްވެ ހެއްޔެވެެ؟ ދުނިޔެ […]
ފުރާވަގުތު ކައިރިވަމުން ދިޔަވަރަކަށް އަހަރެންގެ ހިތަށް ނޭނގޭ އަސަރުތަކެއް ވެރިވަމުން ދިޔައެވެ. އަހަރެންގެ ދަތުރު އެރެހައްޓަން އައިސްތިބި އަހަރެންގެ ހަމައެކަނި ދެރަހުމަތްތެރިން ތިބީ ތަންކޮޅެއް ދުރުގައި ހުރި ގަހެއްގެ ހިޔަލުގެ ދަށުގައެވެ. އަހަރެން ފުރަން އޮތް ދޯނި އޮތީ އަހަރެން ނާރައިގެން ނުފުރިފަހެން ހީވެއެވެ. މެންދުރުގެ ދިލަހޫނު އަވީގައި ދޯންޏާ ދިމާއަށް މަޑުމަޑުން ހިނގަމުން ދިޔައީމެވެ. އަހަރެންގެ ފޮށި ބަރުކަމަކުން ނޫނެވެ. އެހެނީ ފޮށީގައި އޮތީ އަހަރެންގެ ދެތިން ހެދުމަކާ ރީތިވާ ސާމާނު ކޮޅެކެވެ. ކުއްލިއަކަށް ކުރިމަށްޗަށް […]