“އައި ލަވް ޔޫ” ނަޝްވާގެ ދެލޮލަށް ބަލަން އިނދެ ޒަޔާން ބުނެލިއެވެ. ނަޝްވާގެ ދެލޯ ބޮޑުވެގެން ދިޔައިރު ހިތުގެ ތެޅުން އަވަސްވަމުން ދިޔައެވެ. “ސާބަސް ޒަޔާން… އަހަރެން މިބުނީ އަހަރެންގެ ގާތުގަ ބުނާށެކޭ ނޫނޭ… ޒަޔާން ލޯބިވާ ކުއްޖާގެ ގާތުގައޭ ބުނަންވީ…” ހިތުގައި އުފެދެމުން ދިޔަ ހައިޖާނުގަނޑު ހަމަޔަކަށް އަޅުވަން މަސައްކަތް ކުރަމުން ތުންފަތަށް ގަދަކަމުން ހިނިތުންވުމެއް ވެރިކުރުވަމުން ނަޝްވާ ބުނެލިއެވެ. “އައި ލަވް ޔޫ ނަޝް…” ޒަޔާން އެއިން ގޮތަށް އިނދެ އަނެއްކާވެސް ބުނެލިއެވެ. ނަޝްވާއަށް […]
ތިމާގެ މީހެއްގެ ކުއްޖަކަށް ލޭ ދިނުމަށް އަހަރެން ތެލަސީމިއާ ސެންޓަރަށް ދިޔައީމެވެ. އެތަނަށް ގޮސް އެންމެ ފުރަތަމަ ޖެހުނީ ފޯރމެއް ފުރާށެވެ. ފުރަތަމަ ފަހަރަށް ދިޔަ ނަމަވެސް ވަރަށް އަވަހަށް އަހަރެން އެފޯމް ފުރާ ނިންމާލީމެވެ. ދެން ޖެހުނީ ކޮރޮސް މެޗްހަދަން ލޭ ނެގުމަށެވެ. އެހެންވެ އެކަމަށް ޚާއްޞަކުރެވިފައިވާ ކޮޓަރިއަށް އަހަރެން ވަނީމެވެ. އިރުއިރުކޮޅާހެން އެކޮޓަރީގެ ކުރިމަތިން ވަރަށް ރީތި އަންހެން ކުއްޖަކު ކުރި ކަނޑާލަ އެވެ. އަހަރެންގެ ލޮލުގައި އޭނަ އަޅައިގަތެވެ. އޭނަގެ ކަރުގައި އަޅުވާލާފައިވާ […]
ފެންވަރައި ނިމިގެން ނަހުމާ އައިސް ޑްރެސިންގ ޓޭބަލްގެ ކުރިމައްޗަށް ހުއްޓިލިއެވެ. އޭރު ނަހުމާ އިނީ ނަހުމާ އަތުގައި އޮތް އެންމެ ރީތި ހެދުން ލައިގެނެވެ. ދެން މަޑުމަޑުން ލޯގަނޑުން މޫނު ބަލާލިއެވެ. އެއަށްފަހު އިސްތަށިގަނޑުން ފެން ހިއްކާލިއެވެ. ބޯއޮމާންކޮށްލިއެވެ. ތުންފަތުގައި މަޑު ފިޔާތޮށި ކުލައިގެ ލިޕްސްޓިކެއް ނަހުމާ ހާލާކީއެވެ. މޫނު އޮމާން ކޮށްލިއެވެ. ދެން މަޑުމަޑުން ލޯގަނޑުން މޫނުބަލާލިއެވެ. ނަހުމާ ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. މޭކަޕްކޮށްލުމުން ނަހުމާގެ ރީތިކަން އިތުރަށް ފުރިހަމަވީމައެވެ. ނަހުމާ އަކީ އަބަދުވެސް ރީތިކަމަށް […]
” ކޮބާ ނެތްތަ ނަންބަރެއް؟” ފާރިޝް އަނހާލިއެވެ. އޭރު އޭނާ ހުރީ ރައްޓެހިންނާއިއެކު ކޮފީއެއްގައެވެ. ލިބޭ ކޮންމެ ނަމްބަރަކަށް ގުޅައިގެން އަންހެން ކުދިންގެ ގޮތް ބެލުމަކީ ފާރިޝްގެ ހޮބީއެކެވެ. މިހާރު ސަތޭކަ ވަރަކަށް އަންހެން ކުދިންނަށް އޭނާއަށް ގުޅިދާނެއެވެ. އެހެނަސް ހިތްހަމަޖެހޭ ނަމްބަރެއް އަދިވެސް އޭނާއަކަށް ނުލިބެއެވެ. އެހެން މީހުންހެން ފާރިޝްވެސް ބޭނުންވަނީ ފަސްމީރު ކުރި ރުކެކެވެ. އަންހެން ކުއްޖާގެ ގައިގައި ޔޫޕަރްގެ ކުލަގަނޑު ހުރެއްޖެއްޔާ، އެނިމުނީއެވެ. ފުރަތަމަ ނަޒަރުން ހިތްކަތިލާހާ ކަޅިރަވަ ތޫނުވާން ޖެހޭނެއެވެ. މަސްތުކޮށްލާހާ […]
އަހަންނަށް ހޭލެވުނީ ފޯން އެލާމްވާން ފެށުމުންނެވެ. އެލާމްގެ އަޑަށް ނިދި ވަރުބަލިކަން އިޙްޞާޞްވެފައިވާ ދެލޯ ހުޅުވާލީމެވެ. ފޯނުން ގަޑިއަށް ބަލާލިއިރު، ރޭގަނޑު ހަތަރު ގަޑި ބައިވަނީއެވެ. އަވަހަށް އެނދުން ތެދުވީމެވެ. އަހަންނަކީ ޢާއްމުކޮށް އެގަޑީގައި ތެދުވެއުޅޭ މީހެއް ނޫނެވެ. އެކަމަކު، ފޯން އެލާމް ކުރީވެސް އެގަޑީގައި ތެދުވަން ވެގެނެވެ. މިރޭ އަހަރެން ކޮންމެހެންވެސް ތެދުވަން ބޭނުންވީއެވެ. އަޑުއިވިފައިވާ ގޮތުގައި ތަންކޮޅެއް ކުރިން ނިދާފައި ފަތިހު ހޭލުމަކީ ސިއްހީގޮތުން ފައިދާ ހުރިކަމެކެވެ. ނަމަވެސް މިހާރުގެ ދިރިއުޅުމުގެ ވައްޓަފާޅި މީހުންގެ […]
އަހަންނަށް ހޭލެވުނީ އިނާޒް އައިސް ގައިގައި ކޮށްޓާލުމުންނެވެ. ރޭގަނޑުގެ ވަގުތެއްކަމުން، އޭރު އަހަރެން އޮތީ އެނދުގައި ނިދަން ޖައްސާލައިގެންނެވެ. “ހާދަ އަވަހަށް ތިނިދަނީ. ހިނގާބަލަ ސައިކަލްގަ ބުރެއް ޖަހާލަން.” އަހަންނާއި ކައިރިވެލަމުން އިނާޒް ބުންޏެވެ. “މިރޭ ދާހިތެއްނެތް. ކުޑަކޮށް ބޮލުގަ ރިއްސަނީ. އަހަރެން ނިދިޔަދީ. ޕްލީޒް.” އިނާޒް އާއި ދުރަށް ޖެހިލަމުން އަހަރެން ބުނީމެވެ. “ނަހޫ. ކީއްވެތަ ދުރަށް ތިޖެހެނީ. އާދެ ބަލަ ކައިރިއަށް. އޭރުންނެއްނު އަހަރެންވެސް އުފާވާނީ.” އެހެން ބުނަމުން، އިނާޒް އަހަރެންގެ އަތުގައި ހިފާ […]
“އޭ ހެލޯ… ކާކުތަ ބުނީ ޒަޔާން ގާތު އަހަރެން ބަލާ އަންނާށޭ…؟؟ ގައިމު އަހަންނެއް ނުބުނަން…” ނަޝްވާ ދަތްކުނޑިވިކާލަމުން އަހާލިއެވެ. “ކަމަނާގެ ބޭބެއަށް ބަލާއާދެވެން ނެތިގެން އަހަރެންގާތު ގޮސްދޭށޭ ބުނީމަ އަހަރެން މިއައީ… ދެންވެސް އަރަންވީނު ދޯ…” ޒަޔާން މިހެން ބުނުމުން ނަޝްވާ ޒަޔާންއާއި ދިމާއަށް ވައްތަރު ޖައްސާލަމުން ޒަޔާންގެ ސައިކަލްގެ ފަހަތަށް އެރިއެވެ. “ކޮންތާކަށްތަ ދާންވީ..؟؟” ސައިކަލް ދުއްވާލަމުން ޒަޔާން އަހާލިއެވެ. “އޭޑީކޭ ހޮސްޕިޓަލްއަށް… އުހުން… އޭގެ ކުރިން އަހަރެންބޭނުން މާ ވިއްކާ ފިހާރައަކަށް ދާން…” […]
އަހަންނަށް ވިސްނެއެެވެ. ކަންތައްތަކާއި ވަރަށް ފުންކޮށް ވިސްނާ މީހަކަށް އަހަރެން ވާނެއެވެ. އެއީ އަހަރެންގެ ދިރިއުޅުމުގެ ފަލްސަފާއެވެ. އަހަންނަކީ ނަވާރަ އަހަރުވެފައިވާ އަންހެން ކުއްޖެއްކެވެ. އަހަންނަށް ޤުދުރަތުން ދެއްވާފައިވާ ރީތިކަމަށް އަހަރެން ފަޚުރުވެރިއެއް ނުވަމެވެ. އެކަމަށް އިންތިހާޔަށް ޝުކުރު ކުރަމެވެ. އަހަރެންގެ ދުޢާއަކީވެސް އަހަރެންގެ ރީތިކަމަކީ އަހަންނަށް އުދަނގުލަކަށް ނުވުމެވެ. ތެދެކެވެ. ދުނިޔޭގައި ދުވަސްތައް ވޭތުކުރާއިރު ތަފާތު މީހުންނާއި ދިމާވާނެއެވެ. ތަފާތު މިޒާޖުގެ މީހުންނެވެ. ހިތްހެޔޮ މީހުންނާއި ނިޔަތް ނުބައި މީހުންނެވެ. ސަމާސާ މިޒާޖުގެ މީހުންނާއި ސީރިއަސް […]
ކާރެއްގައި މޫނުފޮރުވައިގެން އައި ދެމީހަކު ލިމްޝާ އުފުއްލާލައިގެން ގެންގޮސް އެކާރަށް އެރުވިއެވެ. އެތަނުން އެކަކު ހުރީ ލިމްޝާގެ އަނގަމަތީގައި އަތް އަޅައިގެންކަމުން ލިމްޝާއަށް ހަޅޭވެސް ނުލެވުނެވެ. ލިމްޝާގެ ނަސީބު ރަނގަޅުކަމުން ކަންނޭނގެއެވެ. އެދުވަހު އަވަސްއަވަހަށް ފިހާރައަށް ދާންޖެހޭތީ ނަޝާމް އުޅުނީ ކުއްޖެއްގެ ސައިކަލް ހޯދައިގެންނެވެ. ބަލަންނުހުރެ ނަޝާމް އަވަސްއަވަހަށް ސައިކަލަށްއަރާ އެކާރުގެ ފަހަތުން ދުއްވާލިއެވެ. އަވަސްކުރަން ހަދައިގެން އެހެންމީހަކަށް އަންގާލަންވެސް ހަނދާނެއް ނުވިއެވެ. ބާރު ސްޕީޑްގައި ކާރު ކުރިޔަށް ދެއެވެ. ނަޝާމްވެސް އޭނާއަށް ވީ ވަރަކުން އެކާރާ […]