Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ކަފުނަށް މިހިތް އަދި ނުލާކަން ޔަގީން….15

leyfa Level 110 Stories
January 5, 2015 4 Mins Read
12 Comments

މާލޭގެ ހަލަބޮލި މަގުތަކުން އަންމަޑޭ ހިނގަމުން ދިޔައެވެ. އައްޑުއަށް އައުމުގެ ކުރީގައި ހަދިޔާ ގަތުމުގެ ބޭނުމުގައެވެ. އެތައް ދުވަހަކަށް ފަހު ލޯބިވާ އަނބިމީހާ ގާތަށް ދާއިރު ރަނގަޅު ހަދިޔާއެއް ދިނުމަށް އޭނާ ބެނުމެވެ. ނިޝްވާއަކީ ސެންޓަށް މާވަރު ހުންނަ މީހެއް ކަމުން އަންމަޑޭ އެންމެ ފުރަތަމަ ވެސް ވަދެލީ ލެކިއުޓަށެވެ. ބައިގަޑިއެއް ހާއިރަށް ފަހު ފިހާރައިން ނިކުތީ ދެތިން ސެންޓްފުޅި ހިފައިގެންނެވެ.

“ހާދަހާ ސާމާނެއް… މުޅި ފިހާރަ ހުސްކޮށްލީ ދޯ…”ހިނިގަނޑެއް ޖަހާލަމުން އާނިމް ދިމާކޮށްލިއެވެ.

“އަހަނ.. އާނިމް ތަ… ބަލަ ކޮންއިރަކު މިކޮޅަށް އައީ…. ނުވެސް ބުނަމެއްނު… ނިޝްވާ ވެސް ނުބުނެ….” އާނިމް ކުއްލިއަކަށް ދިމާވުމުން އަންމަޑޭ ހުރީ ސުވާލު އުފެދިފައެވެ.

“ސާބަސް ޅިޔަންބޭ…. އެހާ ބޮޑުކަމެއް ނޫނެއްނު މީދެން… މިއަދު މިއައީވެސް.. ބައްޕަ ފިހާރައަށް މުދާ ގަންނަން އައިއިރު މަވެސް ދެން ޖައްސާލީ..ކޮންއިރަކު ތަ ރަށަށް ދަނީ..އަދި ދިމާވާން ވާނެއެއްނު… އަންނައްޗޭ ބޭބެ މެންގެ ގޭގަ މިތިބެނީ..” އާނިމް އޮޅުންފިލުވައިދިނެވެ. އަންމަޑޭ ވެސް އޭނަ ރަށަށް ދަނީ ކަމާއި ފުރާ ގަޑި ޖެހެނީ ކަމަށް ބުނެ ބައްޕައަށް ސަލާމް ބުނާށޭ ބުނަމުން އަވަސް އަވަހަށް ގެޔާއި ދިމާލަށް މިސްރާބު ޖެހިއެވެ.

“އަންމަޑޭ…ކިހާއިރެއްތަ މިހާރު ތިފާހާނާތެރޭ އޮންނަތާ…. ދެން ނިކުންނަން އުޅެބަލަ….” ނިޝްވާ ފާހާނާ ދޮރުބުޑުގައި އޮވެގެން އަންމަޑޭ އަށް ގޮވަމުން ދިޔައެވެ. “ޕޮއް” ފުންމައިގެން ފާހާނާއިން އަންމަޑޭ ނިކުތުމުން ނިޝްވާ ސިހޭގޮތްވިއެވެ. “މަގޭ ދޫނީ ހާދަ ސިހުނީ….” ދެލޯބޮޑުވެފަ ހުރި ނިޝްވާ މެޔާލާ ބޮނޑިކޮށްލަމުން އަންމަޑޭ ބުންޏެވެ. ” ކޮބާ ގެނައި ސެންޓު… އެދަބަހަކުނެތޭ…” އިތުރަށް އަންމަޑޭގެ އަތުތެރެއަށް ބޮނޑިވަމުން ނިޝްވާ އަހާލިއެވެ. “ސޮރީ..އަސްލު ބުނަން ހަނދާންނެތުނީ…އެކޮތަޅު އޮންނާނީ ފިރާޝް ދަބަހުގަ…އަހަރުމެން އެއްފްލައިޓަކުން އައީ އެހެންވެ މަގޭ ދަބަހުގަ ތަންނެތިގެން އެދަބަހަށްލީގޮތަށް މަ ހަނދާން ނެތުނީ….”

ފިރާޝްގެ ގެޔަށް ދިޔުމަށް އަންމަޑޭ ނިކުތެވެ.ނިޝްވާ ކިޔާވަރުންނެވެ. އެތަށް ދުވަހަކަށް ފަހު ނިޝްވާ ގާތަށް އާދެވުމުން އޭނަ އެއްގޮތަކަށް ވެސް ގެއިން ނުކުންނަ ހިތެއްނެތެވެ. ގޭގެ ދޮރާއްޓާ ހަމައަށް ނިކުމެވުނުތަނާ ނިޝްވާ ފަހަތުން ގޮވާލިއެވެ. “އަންމަޑޭ މަޑުކޮށްބަލަ މަވެސް ދާނަން… ނިޝްވާ ތައްޔާރުވެގެން އައިލެއެއް އަވަސް ކަމުން އަންމަޑޭ ހައިރާން ވިއެވެ. ” މަ ފަހަތު އަޅުވާލަން ހާދަ އަވަހެކޭ ތިކޮށްލީ… ތިހެން އުޅެނިކޮށް އެއްދުވަހު މަ ފިލާނަން ހިނގޭ” އަންމަޑޭ ނިޝްވާ އާއި ދިމާކޮށްލިއެވެ. ދެމަފިރިން އެކުގައި ނިކުތީ ހިތް އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ބޭނުމުގަ އާއި ވެސް އެކީގައެވެ.

ނިޝްވާގެ ދެމަފިރިންނާއި ފިރާޝް ތިބީ ރެސްޓޯރެންޓް ގައެވެ. ކޮފީއަކަށް ލިބުނު ދައުވަތު ގެއްލުވާލާކަށް ބޭނުމެއް ނުވިއެވެ.

“ދެން ބުނެބަލަ.. ތި ޖޯޑް ދެން ތިހެން ތިބޭނީތަ؟ ނިކަން ތިލޯބީގެ ނިޝާނެއް ހޯދަބަލަ… ދޯ ނިޝްވާ…” ފިރާޝް ނިޝްވާއަށް ދޯދެމުން ބުނެލިއެވެ.”އާނ މިފަހަރު ތިކަން ވެސް ވާނެ…ނިޝްވާ ބޭނުމީ ފެކޭޖެއް.. ޓްރިޕްލެޓްސް އޯ އެންމެ ބޭނުމީ… “ނިޝްވާ ގަޔާކާރި ކޮށްލަމުން އަންމަޑޭ ބުނެލިގޮތުން ނިޝްވާ ލަދުން އިސްތަށަށް ޖެހިއެވެ.

“އޭ ތިވާހަކައެއް ނޫނޭ … އެއްކަލަ ސަފާރީގަ އުޅޭ މަންޖެ އެބައުޅޭ މިރަށުގަ… ހަނދާން ވޭތަ އެއްކަލަ ފަރީލާ… ގެސްޓުން ވެސް ހައިރާން ކޮށްލައޭ ދޯ… މަގޭ ގާތު އޭނަ ގެންގުޅޭ ބިޓް ގެއްލިގެން ނޭ ވެސް އެބަބުނި” އަންމަޑޭ ފިރާޝް ގާތުގައި ބުނެލިއެވެ. “އަންމަޑޭ އާއި އޭނައާއި ކޮންކަމެއް … އަނެއްކާ އަންމަޑޭ ވެސް ސަފާރީތަކަށް ދަނީތަ؟ ތިމީހުންނަށް އޭނަ އެނގެނީ ކިހިނެތް؟ ނިޝްވާ ހާސްވެފައި އަހައިލިއެވެ.

“ނިޝް… އެއީ ފިރާޝް ގެ ގާލްފުރެންޑް ގެ ދައްތަ އެކޭ….އެއީ ޕްރޮސްޓިޓިއުޓެއް…… އަހަރުމެން ގެ އަނބިން ތިއްބަ އަހަރުމެންނެއް ނުދާނަމެއެއްނު..އޭނަގެ ކަސްޓާމަރަކު ދެކެ އޭނަ ލޯބި ވެވުނިއްޔޯ…އިންނަން ވެސް އުޅުނު… އެފިރިހެން މީހާ އުޅެނީ މީހަކާ ވެސް އިނދެގެން… ޒާއްޓެ ޔޯ އޭނަގެ ލޯބިވެރިޔަކީ…ދޯ ފިރާޝް” ނިޝްވާ ހަމަޖެހޭ ގޮތް ދައްކަމުން ހީލިއެވެ. އެހެނަސް އޭނަގެ ހިތުގެ ތެރޭގައި ތޫފާނެއް އުފެދިއްޖެއެވެ. އެ ދައްކަނީ ފަރީލާގެ ވާހަކައެވެ. އެމީހުންނަށް ނޭނގުނަސް ޒާއްޓެ އަކީ ޅިޔަންބެއެވެ.އެމީހެއްގެ ކިބައިން އޭނާގެ ލޯބިވާ ދައްތަ ސަލާމަތް ކުރެވިގެން އުޅޭ މީހާއެވެ.

“ޗީ ޗީ….. ހާދަ ވިޔާނުދާ މީކޭ ދޯ..މީހަކާ އިނދެގެން ހިލޭ މީހުން ގާތަށް….”ނިޝްވާއަށް ގެއްލިފައި އިނދެ ބުނެވުނެވެ. “ސާބަސް ދެން އެކަމާ އެވިސްނަނީ.. އޭނަގެ އަނބި މީހާ އޭ އެކަމާ ހާސްވާން ވީ.. ނޮޓް ޔޫ…..” އަންމަޑޭ ލޯބިން ބުނެލިއެވެ. “ބަލަ އެފަކީރަށް ނޭގެންޏާ ޔޯ…މަގޭ ހިތަށް އަރާ ގޮސް މަރާލަފާނަމޭ ދެމީހުން އެކީގަ…”ނިޝްވާ ތަންކޮޅެއް ބާރަށް ބުނެލިއެވެ.”އަހަރެމެން ގެ ދުވަސް ނުދުއްވާތި… ހެ ހެ ހެ… އެ ފިރިހެން މީހާ އޭނަގެ މަންމަގެ އުމުރުގެ މީހުނާ ވެސް ރައްޓެހިވެގެން އުޅޭ… އެ އުޅޭ މަޝްހޫރު ޒޫނާ އާއި ވެސް އޭނަގެ ޚާއްސަކަމެއް އޮވެޔޯ…..އޭނަ ކައިވެނި ކުރި ރޭ ވެސް ރިހާސަލް އޮތީ ޒޫނާ ގެ ގޭގަޔޯ މީހަކު ބުނި އަޑު އެހިން….” ފިޜާޝް ނިޝްވާ އަށް އޮޅޫން ފިލިވައިދިނެވެ. ނިޝްވާ ގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. އެހެނަސް ދަންނަ މީހެއް ކަމަށް ވެސް ނަހަދާ އެވާހަކަ އޮއްބާލީ ދެރަވިވަރުންނެވެ.

ކޮފީ ނިންމާލުމަށް ފަހު ފާރިޝް ފޮނުވާލުމަށް ފަހު ދެމީހުން ފިހާރައަށް މިސްރާބު ޖެހިއެވެ. ފިހާރައާއި ހަވަވިތަނާ ރެސްޓޯރެންޓް ގައި ވޮލެޓް ބާވަފައި އާދެވުނު ކަން އެނގިގެން އަނބުރާ އައިކޮޅަށް ދުއްވާލީ ނިޝްވާ ބަހައްޓާފައެވެ. އެހެނަސް ކަންތައް ބަދަލުވެގެން ދިޔައީ ފިހާރަތެރެއަށް ވެސް ނުވަދެވެނީހެވެ. ފިހާރައަށް ވަންނަން އެޅި ފިޔަވަޅާއެކު އަނެއްފަރާތަށް އެނބުރުނީ އިވުނު ބާރުއަޑަށް ސިއްސައިގެން ގޮހެވެ. އޭރު އަންމަޑޭ ސައިކަލެއްގައި ޖެހި ވިއްސައިގެން ގޮސް ފާރުކައިރިޔަށް ވެއްޓެނީއެވެ. ނިޝްވާ އަށް ހީވީ ހުރިތަނަށް ވިރިގެން ފޭބިހެންނެވެ. ފައިދަށުން ބިންގަނޑު ދެމިގެން ދިޔަފަދައެވެ. ހިތް ފަޅައިގެން ގޮސް ހިނގައްޖެއެވެ. ގަބުވެފައި ހުރި އެ ހަށިގަނޑުގައި ވިންދެއް ނެތް ފަދައެވެ. ހޭވެރިކަން ވީ އެންބިޔުލާންސް ގެ ސައިރަންގެ އަޑަށެވެ. އޭރު މުޅި ސަރަހައްދު ވަނީ މީހުން ޖަމާވެފައެވެ. ނިޝްވާ އަށް ބާރަށް ހަޅޭއްލަވައި ގަނެވުނެވެ. އެއާއެކު ހޭނެތިގެން ވެއްޓުނެވެ.

ހޮސްޕިޓަލް ތެރެ ކާރުބާރު ބޮޑު ކޮށްލާފައި އޮތެވެ. ރޯމީހުން ރޮނީއެވެ. ހަޅޭއްލަވާ މީހުން ހަޅޭއްލަވަނީއެވެ. އާއިލާ މީހުންނާއި ރައްޓެހިން ވަނީ އެމެޖެންސީ ވޯޑް ވަށާލާފައެވެ. މަންޒަރުބަލަން ދުރުގައި ވެސް ބަޔަކު ތިއްބެވެ. މީހުންގަނޑުގެ ތެރެއިން ފުރޭނެމުން ލުތުފީ އެމެޖެންސީ ރޫމް ތެރެއިން ނިކުތެވެ. މަރީނާ އާއި ގޭ އެންމެން ލުތުފީ ގާތަށް ދުއްވައިގަތީ އުފާވެރި ޚަބަރަކަށް އެދިގެންނެވެ.

“ޒާހިރު ގެންގޮސްފި ވޯޑަށް….ނިޝް ހެއެއް ނާރާ…. އަހުމަދު ވެސް.. އައި ސީ ޔޫ އަށް ވައްދައިފި…ވަރަށް ސީރިޔަސް…”ލުތުފީ ތުރުތުރު އަޅަމުން ބުންޏެވެ.

“ބައްޕާ ޒާހިރު ކޮބާތަ؟ އޭނަ ރަނގަޅުގަ؟ ކޮބާ ތަ އަންމަޑޭ؟ނިޝްވާ……ނިޝް؟”ހޮސްޕިޓަލް ތެރެއަށް ވަންނަމުން ނަޝާޔާ ހަޅޭއްލަވަމުން ދިޔައެވެ. އޭނަ ހީވަނީ މޮޔަ ވީހެނެވެ. ކޮލެޖް ގައި ހުއްޓާ އާއިލާގެ ގިނަ މެންބަރުން އެއްފަހަރާ އެކްސިޑެންޓް ވެ ހޮސްޕޓަލަށް ގެނައި ޚަބަރު ލިބުމާއެކު ދުވެފައި ހޮސްޕިޓަލަށް އައީ އެވެ.

“ދައްތާ! ހަމަ ޖެހިބަލަ. ޒާރުބެ އެހާ ސީރިޔަސް އަނިޔާއެއް ނުވެޔޭ..”އާނިމް ނަޝާޔާ އަތުލަފި ކޮށްގެން ގެނެސް ގޮނޑިއެއްގައި ބޭންދުމަށް ފަހު އަތުގައި ހުރި ފެން ފުޅިން ފެން ފޮދެއް ދިނެވެ. އެމަންޒަރު ބަލަން ދުރުގައި ތިބި ޒާހިރު ގެ އާއިލާ އަކުން ނަޝާޔާ އާއި އަޅާލާކަށް ބެނުމެއް ނުވިއެވެ. އެމީހުން ތިބީ ހިތްހަމަ ނުޖެހިފައިކަން އެނގެއެވެ. އެއާއިލާއިން ދެކެނީ އެއީ ނަޝާޔާގެ ސުންޕާކަމުން ވީކަމެއްގެ ގޮތުގައެވެ.އެމީހުން އަބަދުވެސް ނަފްރަތު ކުރެއެވެ.

ލުތުފީއާއި ނަބާ ތިބީ އައިސީޔޫ ދޮރުމަތީގައެވެ. ފިރާޝް ވެސް ދެކޮޅަށް ދެކޮޅަށް ކުރު ކާލި ކަނޑާލަ ކަނޑާލާ ހުއްޓެވެ.މަރީނާ މަޑުކޮށްލީ ނިޝްވާ ގާތުގައެވެ. އާނިމް ނާޝާޔާ ގޮވައިގެން ގޮސް ޒާހިރު އޮތް ވޯޑަށް ވަނެވެ. އޭރު ޒާހިރު ގެ ބައްޕަ ކައިރީގައި އިނެވެ. ގައިގެ އެކި ތަންތަން މަށައިގެން ދިޔުމުގެ އިތުރަށް އޭނާޔަކަށް ކަމެއް ނުވެއެވެ. ޒާހިރު މަޑުމަޑުން ނަޝާޔާއަށް ގޮވައިލިއެވެ. ކައިރިއަށް އައުމަށް އަތުގެ އިޝާރާތުން ބުނެލިއެވެ.

“ޒާހިރު! އޭނަ ވައްދަނީ ކީއްކުރަން… އޭނާގެ ސުންޕާކަމުން ދަރިފުޅަށް ވެފަ އޮތްވަރު ނުފެނޭތަ؟ ކިރިޔާއެއް ނު މަރުނުވީ…..” ޒާހިރުގެ ބައްޕަ ފައްޗަކަށް އަމުނާލިއެވެ.” ބައްޕާ! ނަޝާޔާ އާއި ދިމާލަށް އެއްވެސް އެއްޗެއް ބުނެގެން ނުވާނެ! އަހަންނަށް ބަލާ ނުލެވުނީމަ އެކްސިޑެންޓް ވީ ވެސް… އެއީ ނަޝާޔާ ގެ ކުށެއްނޫން…” ޒާހިރު ރުޅިއައުމުން އޭނަގެ ބައްޕަ އެތަނުން ނިކުމެގެން ދިޔައެވެ. ނަޝާޔާ މަޑުމަޑުން ގޮސް ޒާހިރު ގާތު އިށީނެވެ. ދާދި ދެންމެއަކު ބަފާބެ ގެ އަގައިން ނިކުތް ވިހަ ބަސްތަކުން ކިތަންމެ ހިތްދަތި ވިޔަސް ދުލުން އެންމެ ލަފްޒެއް ވެސް ބޭރުކޮ÷ށްލާނެ ހިއްވަރެއް ނެތެވެ.

” ނަޝާ.. އައިމް ސޮރީ.. މަށާ ހެދި އެކްސިޑެންޓް ވީ… އަންމަޑޭ ކިހިނެތްތަ؟ “ޒާހިރު އަހައިލިއެވެ.

“އަންމަޑޭ ވީ އައިސީޔޫ ގަ…. ނޭގެ ވާނުވާ އެއް…ނިޝް ހޭނެތިފަ…” ނަޝާޔާ ބަޑިފަޅާއިގެން ދިޔައެވެ. މޫނުގައި ދެއަތުން ހިފާ ބާރު ކޮށްލަމުން އަޑުން އަޑު ނަގާ ރޮމުން ދިޔައެވެ. ޒާހިރު ވަރަށް އުނދަގުލުން އަތް އުފުލާލުމަށް ފަހު ނަޝާޔާގެ ބުރަކަށީގައި ފިރުމާލިއެވެ.

“އަންމަޑޭ! އަންމަޑޭ! އަޅެ ނުދޭ….. ދޫކޮށް ނުދޭ…..” ނިޝްވާ ހޭ އެރުމާއެކު ރޮއި ހޭރިގަތެވެ. މަރީނާ ނިޝްވާ ގައިގައި ބާރަށް ބައްދާލިއެވެ. ދަރިފުޅަށް ހިތްވަރު ދެމުން ދިޔައީ ކެތްތެރިވުމަށެވެ. އަހުމަދު ރަނގަޅު ކަމަށް ބުނެ ދޮގު ހެދުން ނޫންގޮތެއް މަރީނާ އަކަށް ނެތެވެ. ހިތާ ހިތުން ދުއާ ކުރަމުން ދިޔައީ އަހުމަދު އަވަހަށް ރަނގަޅު ވުމަށެވެ.

“ޑޮކްޓަރ… ޑޮކްޓަރ ހިޒް ހާރޓް ބީޓް އިޒް ސިންކިންގް… ޕްލީޒް ކަމް” އައިސީ ޔޫ އިން ނިކުމެގެން އައި ބިދޭސީ ނަރުސް އެމަޖެންސީ ވޯޑް ތެރޭގައި ހުރި ޑޮކްޓަރަށް ގޮވާލިއެވެ. ޑޮކްޓަރު ވެސް އަވަސް ހިނގުމެއް ގައި އައިސީ ޔޫ އާއި ދިމާލަށް ދިޔައެވެ. އެ މަންޒަރު ބަލަން އޮތް ނިޝްވާ އަށް ހިތުގައި އަތްއަޅާލެވުނެވެ

ނުނިމޭ.

Share Article

Follow Me Written By

leyfa

Level 110 Stories

Other Articles

Previous

ކަޝްފު (1)

Next

ކަޝްފު (2)

Next
January 5, 2015

ކަޝްފު (2)

Previews
January 5, 2015

ކަޝްފު (1)

12 Comments!

  1. addu koyya says:
    January 5, 2015 at 9:32 pm

    vara reethi

  2. manje says:
    January 5, 2015 at 9:33 pm

    mihaaru vaahaka dhaa goi vara kamudhey..leyfaa keep it up 🙂

  3. nish says:
    January 5, 2015 at 9:34 pm

    ammadey maraa nulachey…neheeeeee 🙁

  4. abcd says:
    January 6, 2015 at 3:53 pm

    mulhi vaahakai ge flow badhav vejjea .. leyfa hama gadha .. keep it up ..

  5. aish says:
    January 6, 2015 at 9:16 pm

    vara reethi mi part ves…

  6. leyfa says:
    January 6, 2015 at 9:19 pm

    thank you hurihaa kudhinna,(addu koyya,nish abcd and aishh),nish lets see dho….

  7. JUMA says:
    January 6, 2015 at 9:34 pm

    VARA VARA REETHI…. THANKS LEYFA

  8. fathoo says:
    January 7, 2015 at 6:40 am

    vaahaka vara reethi.keep it up

  9. Eve says:
    January 7, 2015 at 11:22 am

    Vaahaka reethi ekam leyfa thankolheh avas koh dheyn veenu genesla dhey dheh…

  10. athoo .. says:
    January 7, 2015 at 12:34 pm

    Happy new year sweet leyfa !!!

  11. ayya says:
    January 7, 2015 at 7:50 pm

    vara salhi… waiting for next part

  12. lammi says:
    June 22, 2017 at 12:00 am

    varah salhi.keeo it up.waiting for next part

Comments are closed.


All Right Reserved!