“ޑޭޑް! އަސްލު ރިހާ ބުނީ ޑޭޑްއަށް މިހާރު ރިހާ ކޮމްޕެނީން ވަކިނުކުރެވޭނޭ… ބިކޮޒް އިޓްސް ނޮޓް ޔުއާސް އެނީމޯ.” ރިހާ އެއްމިޔަކަނުން ހިނިތުންވެލަމުން ބުނެލިއެވެ. “އިޓްސް މައިން. އެއީ މިހާރު އަހަރެންގެ ކޮމްޕެނީއެއް.” ރިހާ ދެންބުނީ ކުޑަ ދުވަސް ކޮޅެއްކުރިން ނަސީރު ލައްވާ ރިހާ ސޮއި ކުރުވި ލިޔުންތަކު ތެރޭގައި ނަސީރުގެ ކޮމްޕެނީ ރިހާގެ އަމިއްލަ ނަން މައްޗަށް ބަދަލުކުރުމަށް ނަސީރުގެ އެއްވެސް އިޢުތިރާޒެއް ނެތްކަމުގެ ލިޔުމެއްވެސް ވާނެކަމަށާއި ނަސީރު އެ ލިޔުމުގައި ސޮއި ކުރުވި ހިސާބުން […]
މެންދުރުގެ ހޫނުގަދަ ވަގުތެވެ. ވ.މޫރިތި ގޭގެ ކާގޭގައި ވަނީ ކާއެއްޗެހީގެ މީރުވަސް ހިފާލާފައެވެ. މޭޒުމަތީގައި ތަށިތައް އެތުރުމުގައި އަވަދިނެތި ފަރީޝާ އުޅެމުންދެއެވެ. އެވަގުތު ގޭގެ ބެލްޖެހިއަޑަށް ފަރީޝާ ގޭގެ ދޮރު ހުލުވާލިއެވެ. “ނަޝާމް… ދަރިފުޅު ހާދަ އަވަހަކަށް ތިއައީ…؟؟؟” ދޮރުމަތީ ހުރީ ފަރީޝާގެ ދެވަނަ ދަރިފުޅު ނަޝާމް ފެނުމުން ފަރީޝާ އޭނާގެ ހުދު ދަތްތައް ފެންނަވަރަށް ހީލަމުން ބުނެލިއެވެ. “މަންމަ މަތިން މިސްވާވަރުން ނުހުރެވިގެން މިއައީ…” ލާނެއް ގޮތަކަށް ހީލަމުން ނަޝާމް ބުނެލިއެވެ. “ހޫމް ދެން މާ […]
ޒާހިރު ވެސް ވޮލެޓް ނަގާ ލާރި ދީފައި ސަލާމަތް ވުމަށް އަވަސްވެލިއެވެ. ފަރީލާ އަތަށް ފައިސާނަގާފައި ދިއްކޮއްލީ ހިތާއި ދެކޮޅަށެވެ. އެހެން ގޮތެއް ނެތިގެންނެވެ.ފަރީލާ ހީލާފައި ދިއްކޮއްލި އަތް ފައިސާއަކާއި ހަމައަށް ފޯރާ ގޮތެއް ނުވިއެވެ. ފިލާ ހުރި ފާރަވެރިޔާ ލާރި ޖަހައިގަތެވެ. ދެމީހުން ނަށް ވެސް ސިހުން ގެނުވަމުންނެވެ. “ކާކު؟ ގެނޭ ލާރި..” ޒާހިރު ހަޅޭއްލަވައިގަތެވެ. “ޒާހިރު! ” ޒާހިރު ގެ ދެލޯ ބޮޑުވެގެން ދިޔައެވެ. “ނަ ނަ..ނަޝާ! ކީއްކުރަނީ މިތާގަ މިގަޑީގަ… އަނެއްކާ ތީ […]
“ދެންމެ ތިއުޅުނީ މި ދަތުރުގެ މެއިން ބޭނުން ފަނިކޮއްލާކަށެއްނު..” ހާފިޒް ވާހަކަދައްކަމުން ދިޔައީ ނާޒިއާއެވެ. “މެއިން ބޭނުމޭ … އެއީ ކޮންކަމެއް..؟” “ސާބަހޭ… އަޒާން އެއުޅެނީ އައިޝްއަށް ޕްރޮޕޯޒް ކުރާށެއްނު…އެބޭނުމުގައޭ މިދަތުރު ރޭވީ…” ހާފިޒްމެން ކައިރީ ދޮންވެލިގަނޑުމަތީ އިށީން ނަމުން މާނު ބުނެލިއެވެ. ” އަސްލުވެސްތަ… ” ނާޒީ ފުންމައިގެން ތެދުވުނެވެ. “އާ..އަސްލުވެސް ، އެދެމީހުންގެ ފެމިލީން އޮތީ ކުރީއްސުރެ ޕްލޭން ކޮށްފަ…އެކަމު އައިޝް އަކަށް އެކަމެއްނޭގޭނެ…އަޒާންވެސް ފުރަތަމަ އައީ ނޯ އޭބުނަން..އެކަމު އައީމަ އޭނަ ހިތަށްވެސް […]
“އޭ ކޯޗެއް މިހާރުތި އުނގުޅަނީ….ހާދަ ދޮނޭ…!” އަޒާން އައިޝްގެ އަތުގައި ހިފައި އެނދަށް ދަމާވައްޓަމުން އަހާލިއެވެ. “ވަކިހާއްސަ އެއްޗެއްނޫން…އެހެން ނޫނަސް އައިޝް މީ އަބަދުވެސް ދޮން ކުއްޖެކޭ….” ރަކި ގޮތަކަށް އަޒާންގެ އަތުތެރެއަށް ބޮނިޑިވެގަންނަމުން އައިޝް ބުނެލިއެވެ. ” އަހަރެމެންގެ އެކުވެރިކަން މިގޮތަށް އަބަދުވެސް އޮންނާނެ ދޯ…” އަޒާންކޮށްލި ސުވާލުން ސިހިފައި ކަހަލަ ގޮތަކަށް އައިޝް ތެދުވިއެވެ. “ކިހިނެތްވީ… ތިހެން ތިއެހީ…” “ހާދަ ހާސްވީ…މަމި ބުނީ އައިޝް މީހަކާއި މެރީ ކުރިޔަސް ދެމީހުންގެ މިގުޅުމަށް ބުރެއް ނާރާނެހޭ….” […]
“ނަޝާ! އަހަރެން މި ދައްކާ ވާހަކަ އަޑުއަހާ ބަލަ! މަށެއް ނަޝާ ނޫން އެހެން މީހަކަ ނީންނަން.. ޚަތިމު ގަ އަތްލާ ހުވާ ވެސް ކޮށްފާނަން… އާދޭސް ކޮށްފަ މިބުނީ އަހަރެންގެ ނުހުންނާނެ އާޒް ފިޔަވާ އިތުރު ދަރިޔެއް ވެސް…” ޒާހިރު ހީވަނީ ބަލިވެފައިން ގުރައެއް ހެންނެވެ. މިހާ ދުވަހު މޭ ފުއްޕާލާފައި ހުންނަ މީހާ އަށް މިއަތު ކިހިނެތް ވީ ބާވައެވެ. ނަޝާޔާ ގެ ހިތަށް އަސަރު ކުރިޔަސް އެކަން ޒާހިރަށް އަންގާކަށް ބޭނުމެއް ނުވިއެވެ. […]
ރޭގަނޑުގެ ވަގުތެވެ. ރަނާއިނީ ސިޓިންރޫމްގައި ޓީވީ ބަލާށެވެ. އިރުކޮޅަކުން ޒިއާން އައިސް ގޮވާލިއެވެ. ރަނާގޮސް ޒިއާންއަށް ވާހަކަދައްކަން ބޭރުޖޯލީގައި މަޑުކޮށްލިއެވެ. ރަނާ ކޮންމެވެސް ވާހަކައެއް އަހާލަންވެގެން ޒިއާންއަށް ގޮވާލިއެވެ. ނަމަވެސް ވާހަކަ އެހުމުގެ ކުރިން ޒިއާން ވާހަކަދައްކަން ފެށިއެވެ. ” ކީއްވެ ޒިއާންބެ ތިކިޔަނީ” “ކިހިނެއްވީ، އަހަރެން އަބަދުވެސް ކިޔަނީ އެހެންނޫންތަ” ޒިއާންގެ ސުވާލަށް ހައިރާންވެފައި ރަނާ ޖަވާބުދިނެވެ. ” އާނ… އެކަމަކު ދެން އެހެން ނުކިޔައްޗެ” ޒިއާން ބުންޏެވެ. ރަނާވެސް ބަސްއަހާ […]
“މިވާހަކަ ގެނެސް ދެވޭނީ ކޮންމެ އަންގާރަ އަދި އާދީއްތައިގައެވެ. އެހެންކަމުން ކިޔުން ތެރިންގެ މަޢުލޫމާތަށްޓަކައި މިވާހަކަ ދެންނެވީމެވެ. ތިހުރިހާ ކިއުންތެރިންގެ މަޤުބޫލުކަން މިވާހަކައަށް ލިބޭނެ ކަމަށް އުންމީދު ކުރާ ޙާލު، މިވާހަކައިގެ ފުރަތަމަ ބައި ގެނެސް ދެމެވެ……ޝުކުރިއްޔާ..” =މިސްޓްރީ= “މަންމާ އަވަސް ކޮށްލަބަލަ…މިހާރު އަޒާން އަންނަން އުޅޭނެ….” ކޮޓަރިން ނިކުތް އައިޝް ތުންދިއްކޮށްލަމުން ބުނެލިއެވެ. “ދަރިފުޅު ހާސްނުވެބަލަ މަންމަމެން މިނިންމާލަނީ..” ބަދިގެތެރޭގައި ދެކޮޅަށް ދުވެދުވެ ތިބި މީހުންގެ ތެރެއިން ފާތުން ބޯދިއްކޮށްލަމުން ބުނެލިއެވެ. ވާދީވިލާ ގޭގެ މުޅި […]
“ރިހާއާއި ޒީޝާންގެ ކައިވެނި ހަމަޖެހުމުން މިހެން ބުނަން މަންމަ ދެރަވޭ… އެކަމް، މިވާހަކަ ނުބުނެ ނުހުރެވޭނެ. އެނގޭ ދަރިފުޅު ގާތުން މިއެދެނީ ވަރަށްބޮޑު ކަމަކުކަން… އެނގޭ މި އަރައިގަނެވެނީ ރިހާގެ ހައްޤަކަށްކަން. އެކަމް، ނިހާ ޒީޝާން ދެކެ ވަރަށް ލޯބިވޭ. ނިހާއަށް ޓަކައި ޒީޝާން ދޫކޮށްލަދީ… މަންމައަށްޓަކައި…!” ނަސީމާ އެ އެދުނު ކަމަކުން ރިހާއަށް ބޭއިޙްތިޔާރުގައި ނަސީމާގެ އަތުން ދޫކޮށްލެވުނެވެ. އަދި ދެ ލޯ ބޮޑުވެ އަގައިން ބަހެއް ނުބުނެވި ނަސީމާއަށް ބަލަހައްޓައިން އިނދެވުނީއެވެ. ރިހާއަށް ބަލާލުމަށް […]