ކަޝްފު (2)
ކުއްލިއަކަށް އިވުނީ ފިރިހެނެއްގެ ބާރު ހިނިގަނޑެއްގެ އަޑެވެ. އެއާއި އެކީ ޝަޒިން ހަޅޭލަވައިގަތެވެ. “ކުޑަބޭ!! ދެން ދޫކޮށްލަންވީ” މިހެން ބުނުމުން އެމީހާ ޝަޒިން ތިރީގައި ބެހެއްޓިއެވެ. އެއާއިއެކީ ފަހަތަށް އެނބުރި އެމީހާގެ މޭމަތީގައި ޝަޒިން ތަޅަންފެށިއެވެ. އޭރުވެސް އެފިރިހެންވަންތަ ހުނުމުގެ އަޑު ގޭތެރޭގައި ހިފާލާފައި ވެއެވެ. “ވަރަށް ފޫހިވެ! ކިރިޔާއޭ ބިރުން ހާޓް އެޓޭކެއް ނުޖެހުނީ” ތެޅުން ހުއްޓާލާފައި ޝަޒިން ކުރިމަތީގައި ހުރި މީހާއާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. ކުރިމަތީގައި ހުރީ ނޫކުލައިގެ ސޯޓެއް ލައިގެން ހުރި ދިގު ފިރިހެނެކެވެ. ހުސްގަޔާ ހުރިއިރު އޭނާގެ ހަށިގަނޑަށް ބަލައިލި ކޮންމެ މީހަކަށް އެއީ ގަވައިދުން ކަސްރަތުކުރާ މީހެއްކަން ދެނިގަންނާކަށް އުދަގުލެއް ނުވާނެއެވެ. ކުލަދޮން އެ ކަސްރަތީ ހަށިގަނޑުގައި ހަރުލާފައި ހުރި ދާތިކިތައް އޭނާގެ ރީތިކަން އިތުރު ކޮށްދެއެވެ. ކަނދުރާ އާއި ހަމައަށް ދިގުކޮށްލާފައިވާ އިސްތަށިކޮޅުގައި ގަދަ މުށިކުލައެއް ޖައްސާފައި ހުރިއިރު ކަރުގައި މިޔަރުގެ ކުޑަ ދަތެއްހެން ހީވާ ކަހަލަ އެއްޗެއް ލާފައި އިން ފަށެއްއަޅާފައިވެއެވެ.
“ސާބަހޭ ދެން. ހާދަވަރެކޭދޯތިވީ.” ދާނިޝް އޭނާގެ ކޮއްކޮ ޝަޒިންގެ ކޮލުގައި ހިފާލުމުން ބުނެލިއެވެ. ދާނިޝް އަކީ ޒާހިދާގެ ހުރި ދެވަނަ ދަރިފުޅެވެ. ޝަޒިން އާއި ދާނިޝްގެ ދެމެދުގައި ފަސްއަހަރުގެ ތަފާތު ހުޓެއްކަމަކު އެދެމީހުންނަކީ ކުޑައިރުންސުރެވެސް އެކީގައި ކުޅެ ސަކަރާތްޖަހާ ނިކަންގާތް ކޮން އުޅުނު ދެމީހުންނެވެ. އެގުޅުމަށް އަދިވެސް އެއްވެސް ބަދަލެއް ނާދެއެވެ. ކުޑައިރުހެން އަބަދު ޝަޒިން އަށް އުދަގޫކުރުމުގެ އާދަ އަދިވެސް ދާނިޝްގެ ކިބައިގައިހުރެއެވެ. “އޯކޭ އޭ ދެން. ދިމާކުރާނެކަމެއްނެތް. މިހާ ވިއްސާރައިރުވެސް ހާދަ ވަރަކަށޭ ތިހިރި ދާހިއްލާފަ” ދާނިޝްގެ ދާހިއްލާފައިވާ ހަށިގަނޑަށް ބަލާލުމަށްފަހު މޫނަށް ގޮތެއް ހަދާލާފައި ޝަޒިން ބުނެލިއެވެ. “މީދޯ.. މިއައީ ކުޑަކޮން ކަސްރަތު ކޮށްލާފަ. ދެން ތިވައްތަރަށް މޫނު ހަދައިގެން ހުންނަންޏާ ޖަހާ ބައްދާލަފާނަން އިގޭ” މިހެންބުނެ ޝަޒިންގެ ގަޔާދިމާއަށް އަތް ދިކޮށްލުމަށްފަހު ކައިރިއަށް އަންނަން ފެށިއެވެ. ޝަޒިން އަވަހަށް ތެޅިގަނެފައި އެނބުރި ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ނިކަން އަވަހަށް އެތެރެއަށް ދެމިގަނެފައި ދޮރު ލެއްޕިއެވެ. ހަމައެހިނދުކޮޅު އަނެއްކާވެސް ކުޑަކޮން ދޮރު ހުޅުވާލާފައި ދާނިޝް އާއި ދިމާލަށް ދޫނެރެލުމަފުހު ނިކަން ބާރަށް ދޮރުލައްޕާފައި ތަޅުލިއެވެ. ކޮއްކޮގެ މިއަމަލުން ދާނިޝްގެ ތުންފަތަށް ލުއިހިނުތުން ވުމެއް ވެރިކުރުވިއިރު އަތުން ބޮލުގެ އިސްތަށިގަނޑާއި ކުޅެމުން މަޑު ހިނގުމެއްގައިގޮސް ޖެހިގެން ހުރި ކޮޓަރިއަށް ވަދެގެއްލުނެވެ.
ގަޑިން ދެގަޑި ބައިވިއިރު ހެދުނުންސުރެން ވެހެމުންދިޔަ ވާރޭވަނީ ހުއްޓާލާފައެވެ. އުޑުމަތީގައި ހުރި ކަޅުވިލާތަށް މަޑުމަޑުން ފިލަމުން ދިޔައެވެ. އިރުގެ އަލި ދޯދިތައް ގަސްތަކުގެ ތެރެއިން ފޭދިގެން އަންނައިރު ފަތްތަކުގައި ހަރުލާފައިހުރި ކުދި ފެންތިކިތަކުގައި ދިއްލުމެއަހުއްޓެވެ. ޖައްވުގައި ހިފާފައިވާ މަޑު ފިނިހޫނުން ހިއްސުތަކަށް އަރާމު ގެނުވައެވެ. ހޮސްޕިޓަލްގެ މައިގޭޓު ކައިރިގައި އަންހެން ކުއްޖެއް ހުއްޓެވެ. ފެންނަފެނުމަށް ހީވަނީ މީހެއްގެ އިންތިޒާރުގައި ހުރިހެންނެވެ. މަޑު ފެހިކުލައިގެ އަތްދިގު ސްވެޓާރއެއް ލައިގެން ހުރިއިރު ކަޅުކުލައިގެ ފަން އިސްތަށިގަނޑު ވަނީ މައްޗަށްނަގައި ދައްޗަކުން ހަރުކޮށްލެވިފައެވެ. އެހާ ދޮންނޫނަސް ރީތި ވަރެއްގެ ދޮންކަމެއް ލިބިފައިވާ އެވަށް މޫނުގެ ދެފަރާތަށް ވެރިފައިވާ އިސްތަށިކޮޅުތަށް ވަޔާއި ވިހުރިލާއިރު ނިކަން ލޯތްބެވެ. ދިގު އެސްފިޔަތަކެއް ލިބިފައިވާ ކަޅުކުލަގަދަ ލޮލުގެ ނަޒަރު އަތުކުރީގައި އަޅާފައިވާ ރިހި ކުލައިގެ ހިމަ ގަޑިއަށް ހުއްޓެއެވެ. އިސްނަގާ ކުރިމައްޗަށް ބަލާލުމުން ފިޔާތޮށިކުލަ ޖައްސާފައިވާ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައިރު ކަނާތު ކޮލުން ތަންކޮޅެއް އަޑިއަށް ދިޔައެވެ. އޭނާގެ ނަޒަރު ހުއްޓިފައި ވަނީ ކުރިތީގައި ހުރި ގޯޅިން އަޅާލި ސައިކަލެއްގައި އިން މީހަކަށްށެވެ.
ސައިކަލު އައިސް އޭނާ ކައިރިއަށް ހުއްޓާލިއެވެ. ” އަހާ.. މައި ޑާލިން ރުޅިއައިއްސަތަ؟؟” ސައިކަލުމަތީގައި އިން މިޝަލް ޖީލާގެ ދަތްދޮޅީގައި ހިފާފައި އަހާލިއެވެ. މިޝަލް އަކީ ޒާހިދާގެ ދޮށީ ދަރިފުޅެވެ. ތިންބެއިންގެ ތެރެއިން އެންމެ ޒިންމާދާރު މީހަކީވެސް މިޝަލްއެވެ. “ނޫޅެން! ކޮންއިރެއް މިހާރު ޝަލް އަންނަންދެން ހުންނަތާ. ހަމަ ގުޅާ ކޮންމެ ފަހަރަކު ބުނާނެ މިދަނީޔޭ.” ރުޅި މޫނުހަދާލާފައި ހަށަންބަދެލުމަށްފަހު ޖީލާ ޝަކުވާކުރަން ފެށިއެވެ. މިއީ ޖީލާގެ އާންމު އުސޫލެވެ. ތަނަކަށް ދާން މިޝަލްއަށް ލަހުން އާދެވިއްޖެއްޔާ ދެންއެވީ އެކަމާ ޝަކުވާކޮށް ރުޅިއައިސްފައި ހުންނާށެވެ. ރައްޓެހިވެގެން ހަތަރު އަހަރު ވީ އިރުވެސް އެއާދައެއް ނުދިޔައެވެ. ” ދެން ބެބީ ސޮރީޔޭ. ސައިކަލު މަތީ އިންއިރުވެސް ތިންހަތަރު ފަހަރަށް ތިގުޅަނީވިއްޔަ. އެހެންވީމަ ލަސްވާނެދޯ. ޕްލީސް” މިޝަލް ނިކަން ދެރަވެލާފައި ޖީލާގެ އަތުގައި ހިފާފައި ބުނެލިއެވެ. ޖީލާ އިސްއުފުލާފައި މިޝަލް އާއި ދިމާލަށް ބަލާލިއެވެ. މިޝަލްގެ ދެބުމަ ކައިރިކޮށް ލެވިފައިވާއިރު ދެލޯ ކުޑަކޮށްލައިގެން އިންއިރު ނިކަން ލޯތްބެވެ. ކުރުކޮށް ކޮށާލާފައިވަ އިސްތަށިގަނޑުގެ ދެފަރާތް ތުނި ކޮށްލެވިފައިވާއިރު ލާފައި ހުރި ގަމީހާއި އަޅާފައިހުރި ޓައީއިން އޭނާގެ ޝަޚްސިއްޔަތު ވަރުގަދަ ކަމަށް ދައްކައެވެ. މިޝަލް އަކީ ރަށު ސްކޫލްގެ ސެކަންޑަރީ އަށް ކިޔަވައިދޭ ހިސާބު ޓީޗަރެކެވެ. “އޯކޭ. ދެންނަހަދާތި އެހެން އިނގޭ.” ޖީލާ ހިނިތުންވެލާފައި ބުނެލިއެވެ. މިޝަލް ކުޑަކޮން ބޯތިރި ކޮށްލުމަށްފަހު ބުނެލިއެވެ. “ޔެސް މައި ހައިނެސް، ހިނގާ ގެއަށް ކާންދާން. މޮމް ބުނީ ޖީ ގެންނައްޗޯ. ކުޑަވާހަކައެއް ދައްކާލަން ވީއްޔޯ ދެމީހުންނާ”. ޖީލާ ހިނުތުންވެހުރެ ސައިކަލް ފަހަތަށް އެރުމާއި އެކީ މިޝަލް ދުއްވާފައިގޮސް ލޯމަތިން ގެއްލުނެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.


wowww thank u ehaa avahah up kodhinimA 🙂 😉
Thanks for uploading soon
V v v nice mi part vess
But haadha kurey
Hama saabas mi kudhinnah… Writers are not machines… Hurihaa molhehvx nuvaane dhw… Dhigu vaanjehe… Avas vaan jehe… Mihaa avahah up kohdhinythyvx shukuru kohbala….
Me thibuny hama v rangalhu vaahaka eh
vaahaka nimendhen genesdhehchey plx….