Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އުމުރަށް އެކީގައި ވާނަމޭ…

izza Level 110 Stories
January 1, 2015 4 Mins Read
7 Comments

މާދުރަށް ފެތުރިފައިވާ ހުދު ކިރުކޮޅެއް ފަދަ ފުޅާ ތުނޑިއާއި އިންވެގެންވާ ބޮޑު ފަޅާއި އަދި އެ ފަޅާ ގުޅިފައިވާ ގަދަނޫކުލައިގެ ކަނޑުވެސް ހީވަނީ ރަހަޔަކަށް ފަތުރާލެވިފައިވާ ދޫލައެއް ހެންނެވެ. އޮއްސެމުންދާ އިރުގެ ރަން ދޯދިތައް މޫދަށް އެޅެމުން ދިޔައިރު އެމަންޒަރު ބަލަން އަހަރެން އިނީ އާޝޯޚްވެފައެވެ. އަހަރެންނާއި މާދުރުނޫން ހިސާބެއްގައި މިމަންޒަރު ބަލަން ބަލަން އިން އަންހެން ކުއްޖެއް އަހަރެންގެ ލޮލުގައި އަޅައިގަތެވެ. އެހެނަސް އެއީ ކޮންކުއްޖެއްކަމެއް އަހަރެންނަކަށް ދެނެއެއް ނުގަނެވުނެވެ. މިހިތްގައިމު ވަގުތުގެ އުފާ ކާއިނާތުގައި ދިރުން ހުރި ކުރިހާ މަޚްލޫޤެއް ލިބިގަންނަމުން ދާއިރު އެއަންހެން ކުއްޖާގެ މޫނުމަތިން ފެންނަނީ މުޅިން އެހެން ކުލަވަރެކެވެ. ފޮޅިފައިވާ ފިނިފެންމަލެއްގެ ދެފިޔަ ފަދަ ނާޒުކު ތުންފަތުގައިވާ ތުރުތުރު ތެޅުން ރަމްޒު ކޮށްދެނީ ބަޔާންކުރަން ނޭގެފަދަ ވޭނީ ޖަޒްބާތު ތަކެއް އެވަގުތު އޭނާ ތަހައްމަލް ކުރަމުން ދާ ކަމެވެ. ޝަބްނަމް ތިކިތަކެއް ފަދައިން އޭނާގެ ކޯތާފަތްމައްޗަށް އޮހޮރެމުންދާ ކަރުނަތައް އެކަމަށް އިތުރަށް ހެކިދެއެވެ

އިރުއޮއްސުމާއެކުހެން ޖެހެމުންދިޔަ މަޑު ވައިރޯޅިތައް ބާރުވާން ފެށިއެވެ. ތީރިކޮށް ފަތުރާލެވިފައިވާ ދޫލައެއްފަދަ ކަނޑުގައި ނެގެމުންދިޔަ ރާޅު ބާނިތައް ފަހަރެއް ފަހަރަކަށް އުސްވަމުން ދިޔައެވެ. މިއީ މޫސުން ގޯސްވެދާނެ ކަމުގެ އަލާމާތެއްކަން އެނގުމުން އަހަރެން ގެއަށް ދިޔުމަށް ތެދުވީމެވެ. އޭރުވެސް އެ އަންހެން ކުއްޖާ އެއިންގޮތަށް އިނެވެ. އެތަނުގައި އޭނާ އެކަނި ،އެގޮތަށް ބައިންދާފައި ދިޔުމަށް އަހަރެންގެ ހިތެއް ނޭދުނެވެ. އެހެންކަމުން އަހަރެން މަޑުހިނގުމެއްގައި ގޮސް އެއަންހެން ކުއްޖާގެ ގާތަށް ހުއްޓުނީމެވެ. އެއަންހެން ކުއްޖާއާއި އަހަރެން އަރާ ހަމަވުމުން އޭނާއަށް މީހެއްގެ ހިލަމެއްވެގެން އެބުރި ބަލައިލިއެވެ. އެވަގުތު ހީވީ އަހަރެންގެ ފައިގައި ކަސްތޮޅުއެޅުނު ހެންނެވެ. އެއީ އަހަރެން މިރަށަށް ޗުއްޓީއަށް އައިފަހުން އެކުއްޖަކަށްޓަކާއި އަހަރެންގެ ހިތުގައި ޚާއްޞަ މަގާމެއް ދެވުނު ކުއްޖާއެވެ. އަހަރެންގެ ޚިޔާލީ ގަނޑުވަރުގައި ރަނިކަން ކުރަމުންދާ އަހަރެންގެ މަލިކާއެވެ. އާއެކެވެ. އެއީ ނާހީއެވެ

އަހަރެން ނާހީއަށް ގޮވައިލީމެވެ. އަހަރެންގެ އަޑު އޭނާގެ ކަންފަތުގައި ޖެހުމާއިއެކު އޭނާ ފުއްމައިގެން ތެދުވިއެވެ. އަދި އެދެލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް ފުހެލަމުން އެކަން ސިއްރުކުރުމަށް މަސައްކަތް ކުރިއެވެ. ބޭއިޚްތިޔާރުގައި އަހަރެންނަށް ނާހީގެ އަތުގައި ހިފާލެވުނެވެ. އަދި ބުނީމެވެ. ނާހީއެވެ. ނާހީ ކަހަލަ ރީތި އަންހެންކުއްޖަކު އެކަނިމާއެކަނި އިނދެ ތިކުރަނީ ކޮންހިތާމައެއް ހެއްޔެވެ؟ އެހިތާމަތަކުގެ އަސްލު އަހަރެންނަށް ބުނެދީބަލާށެވެ. އެހިތާމަތަކުގައި އަހަރެންވެސް ބައިވެރި ކުރާށެވެ. ނާހީއެވެ. އަހަރެންނަށް ފުރަތަމަ ނާހީ ފެނުނު ދުވަހު ނާހީ ދެކެ ލޯބި ވެވިއްޖެއެވެ. ތެދުވެރި ހަޤީޤީ ލޯތްބެވެ. ނާހީ އަހަރެންނާއި ދޭތެރޭ ދެކޭ ގޮތެއް އަހަރެންނަކަށް ނޭގެއެވެ. ކޮންމެ ގޮތެއް ވިއަސް އެންމެ ރަގަޅެވެ. ނާހީ ތިހެން ހިތާމަ ކުރަންވީ ސަބަބެއް އަހަރެން އޮޅުން ފިލުވަން ބޭނުމެވެ. އަހަރެންނަށް ބުނެދޭށެވެ. އަހަރެން މިއީ ނާހީއަށް ހެޔޮ އެދޭ ރަހްމަތްތެރިއެއް ކަމުގައި ދެކިގެންވިއަސް އެންމެ ރަގަޅެވެ
ނާހީ ކުއްލިއަކަށް އަހަރެންގެ އަތް ފޮޅުވައިލިއެވެ. އަދި ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރާލިއެވެ.ނަމަވެސް ދެވަނަ ފަހަރަށް އަދި ތިންވަނަ ފަހަރަށްވެސް އަހަރެން ނާހީއަށް އާދޭސް ކުރީމެވެ. އެންމެ ފަހުން ނާހީ އޭނާ ކުރަމުން އެދާ ހިތާމަ ތަކުގެ އަސްލު އަހަރެންގެ ކުރިމަތީ ހާމަކުރުމަށް އެއްބަސްވިއެވެ. އޭނާގެ މާޒީގެ ކަޅު ޞަފްހާތައް އަހަރެންގެ ކުރިމަތީ ހުޅުވާލިއެވެ
އީޝަންއެވެ. އަޑުއަހާށެވެ. އެއީ މީގެ ދެއަހަރު ކުރިއެވެ. ފެށުނީއްސުރެ އަހަރެންނަކީ ބަސްމަދު މަޑުމައިތިރި ކަމަށް ލޯބި ކުރި ކުއްޖެކެވެ. އަހަރެންގެ އުމުރުން އަށާރަ އަހަރަށް އެޅުނުފަހުން މި ހަމަހިމޭންކަން އިތުރުވިކަން އަހަރެންނަށް އިހްސާސްކުރެވުނެވެ. މިކަމާއި އަހަރެން ބައްޕަ ވަރަށް ހާސްވިއެވެ. އެހެނަސް ފަހުން އެއީ އުމުރާއި ގުޅިގެން އަހަރެންނަށް އައި ބަދަލެއްކަމަށް ބައްޕަ ނިންމިއެވެ
އަހަރެން އާދައިގެމަތިން އެދުވަހުވެސް ހަމަ މި ހަމަހިމޭން މާހައުލަށް ގެއްލިފައި އިންދާ އަހަރެން ސިއްސުވާލީ ކޮންމެވެސް ޒުވާން ފިރެހެނެއް އަހަރެންގެ ނަމުން ގޮވާލުމުންނެވެ. އަހަރެން އެޒުވާނާއަށް ފުންކޮށް ނަޒަރު ހިންގާލީމެވެ. މެދުމިނުގެ އިސްކޮޅާއި ރޫފައެއްގެ ވެރި ރީތި ޒުވާނެކެވެ. އާއެކެވެ. ނިޝާމް އަކީ ރީތި ފިރެހެނެކެވެ. ވިދާހާ ކޮންމެ އެންމެ އެއްޗަކީ ރަނެއް ނޫނޭ ބުނާއަޑު އަހަރެން އަހަމެވެ. ގިނަފަހަރު ބޭރުފުށުން ފެންނަށް ފެނުމުން އެމީހެއްގެ އަސްލު ނޭގޭނެއެވެ. ނިޝާމުއަކީވެސް އެކަހަލަ މީހެއްކަން އެނގުނު އިރު ވަގުތު ފާއިތު ވެއްޖެއެވެ
ނިޝާމުއަކީ އޭރު މިރަށުގައި ކޯހެއް ހިންގަން އައިސް އުޅުނު މާލޭގެ ޒުވާނެކެވެ. އޭނާގެ ފޮނި ބަސްތައަކުން އަހަރެންގެ ޅަ ސިނކުޑިއަށް ވަރަށް ފުން އަސަރުތަކެއް ކުރުވިއެވެ. އޭގެ ފަހުން ނިޝާމް ވީ އަހަރެންގެ ހިތްހަމަޖެހުމަށެވެ. އަހަރެންނަށް އޭނާ ދެކެ ލޯބި ވެވުނީ އިންތިހާއަށެވެ. ލޯބި އެއީ ސީދާ ކޮންއެއްޗެއް ނޭގުނު އަހަރެން ހިތް އޭނާއަށް ދެވުނީ ލޯތްބޭ މިކިއާ ފޮނި އިހްސާސްވެސް ލިބިގަތުމުގެ ފޮނި އުންމީދުގައެވެ
އަހަރެމެންގެ މިގުޅުން އެންމެންނަށް ސިއްރު ކުރެވުނެވެ. ބައްޕައަށްވެސް މެއެވެ. އެހެނަސް އެކަން އެގޮތަށް ސިއްރުވެފައި މާގިނަ ދުވަހަކު ނުއޮތެވެ. ބައްޕައަށް އެކަން އެނގުމުން ނިޝާމްއާއި ދުރުވުމަށް އަހަރެންނަށް ނަސޭހަތްތެރިވިއެވެ. ނިޝާމުއަކީ މާލޭގެ މުއްސައްޖަކަށް ވިއަސް އޭނާގެ އެއްވެސް އުޅުމެއް ނުހުންނަކަން ބައްޕައަށްވަނީ މާލޭގައި ހުންނަ ބައްޕަގެ ރައްޓެއްސެއްގެ ފަރާތުން އެނގިފައެވެ. މަންމައަކާއި ނުލައި އަހަރެން ބަލާބޮޑުކުރި ބައްޕަގެ ކުރިމަތީ ދުވަހަކުވެސް ބާރަށް އެއްޗެއް ބުނެފައި ނުވާ އަހަރެން އެދުވަހު ނިޝާމުގެ ދިފާޢުގައި ބައްޕައާއި ޒުވާބުކުރީމެވެ. އަހަރެން ބޭނުންވީ އަވަހަށް ނިޝާމްގެ މީހަކަށް ވުމަށެވެ. އޭރު އަހަރެންނަށްވަނީ ދުނިޔޭގެ ބާރަކަށް ވަކިނުކުރެވޭ ވަރަށް ނިޝާމް ދެކެ ލޯބި ވެވިފައެވއޭގެ ދެމަސް ފަހެވެ. ބައްޕަގެ މެދުކެނޑުމެއް ނެތް އޯގާވެރި ނަސޭހަތުގެ އަސަރު އަހަރެންނަށް ނުކުރުމުން ބައްޕަގެ ނަސޭހަތުގައި ރުޅިވެރިކަން އެކުލެވުނެވެ. އަދި އަހަރެން ނިޝާމްއާއި ދުރުކުރުވުމަށް ރަށުގެ ރަގަޅު ޒުވާނަކާއި ދެވުމަށް ބައްޕަ ނިންމިއެވެ. މިކަމުގެ ސަބަބުން އަހަރެންގެ ހިތުގައި ބައްޕައާއި ދޭތެރޭވެސް ރުޅިވެރިކަން އުފެދުނެވެ. އެކަން ނުކުރާނެ ކަމަށް ބުނެ އެވަގުތު ހިތަށްއައި ހުރިހާ އެއްޗެއް އަހަރެން ބައްޕައާއި ދިމާއަށް ކީމެވެ. އެހެނަސް ބައްޕަވެސް ހުރީ ގޮތް ދޫކުރާކަށް ނޫނެވެ. އެހެންކަމުން ގަސްތުގައި އަހަރެން އިނީ ނިޝާމްގެ ދަރިއަކަށް ބަލިވެ ކަމުގައި ބުނެ ދޮގުހެދީމެވެ. އެއީވެސް ނިޝާމްއާއި އަހަރެންގެ ގުޅުމަށް ހިތާދެކޮޅަށް ނަމަވެސް ބައްޕަ އާއެކޭ ބުނޭތޯއެވެ. އެހެނަސް އަހަރެންގެ ދުލުން ބޭރުވި އެދޮގު ވެގެން ދިޔައީ ބައްޕަގެ މަރުގެ އިންޒާރަށެވެ. މޭމަތީ އަތްއަޅާ ބައްޕަ ތަޅުންމައްޗަށް ތިރިވި މަންޒަރު ބަލަން އަހަރެންނަށް ހުރެވުނީ ހަދާނެގޮތް ހުސްވެފައެވެ. ގޭގައި އިތުރު މީހަކު ނެތުމުން އަހަރެން ނިޝާމްއަށް ގުޅައިގެން ގެނައީމެވެ. އަހަރެންނާއި ނިޝާމްވެގެން ބައްޕަ ހޮސްޕިޓަލަށް ގެންދެވުނުއިރު ވަގުތު ފާއިތުވެއްޖެއްވެ
ބައްޕަ ނިޔާވިތާ އެއްމަސް ފަހެވެ. ނިޝާމް ހިންގަމުން ދިޔަ ކޯސްނިމި މާލެ ދިޔުމަށް ތައްޔާރުވަނީއެވެ. ބައްޕަ ނެތުމުން އަހަރެންގެ ހަޔާތަށް ވެރިވެފައިވާ އެކަނިވެރިކަން ނިޝާމް ދިޔުމުން އަދިވަކިން އިތުރު ވާނެއެވެ. އެހެނަސް އަހަރެން ހިތްހަމަ ޖއްސާލައިގެން ހުރީ މާލެގޮސް ދެ ހަފްތާތެރޭ ނިޝާމް އެނބުރި އަހަރެންނާއި ކައިވެނި ކުރަން އަންނާނަމޭ ބުނުމުންނެވެ. ކައިވެނި ކޮށްގެން ދެމީހުން އުޅޭނީ އަހަރެންގެ އުފަން ރަށުގައި ކަމަށްބުނެ ނިޝާމް އަހަރެންނަށް ފޮނި ހުވަފެންތައް ދެއްކިއެވެ
އަހަރެން ނިޝާމްއަށް އިންތިޒާރު ކުރާނެކަމަށް ބުނީމެވެ. ނިޝާމް މާލެ ދިޔުމުން އަހަރެން އޭނާއަށް ގުޅާ މެސެޖް ކުރިމެވެ. އެހެނަސް ފޯނަށް ޖަވާބު ނުދޭތާ މެސެޖަށްވެސް ޖަވާބެއް ނުލިބެއެވެ. އޭގެ ދެހަފްތާ ފަހުން އަހަރެންގެ ރައްޓެއްސެއްގެ ފަރާތުން އަހަރެންނަށް އެނގުނީ ވަރަށް ކުލަގަދަ ހަފްލާއަކާއެކު ނިޝާމްގެ ކައިވެނި މާލޭގެ އަންހެން ކުއްޖަކާއި ކުރެވުނުކަމެވެ. އޭނާ އަހަރެންނާއި ގުޅުނީ ލޯތްބަކުން ނޫނެވެ. ވަގުތީ އުފަލަކަށެވެ. ނިޝާމްއަކީ ބޭވަފާތެރިކަމުގެ ނަމޫނާއެކެވެ. އީޝަންއެވެ. އީޝަން އަކީވެސް ނިޝާމް ފަދަމީހެއް ހެއްޔެވެ؟
އަހަރެންނަށް ނާހީގެ ވާހަކަތައް އަޑުއަހަން ހުރެވުނީ ބުނާނެ އެއްޗެއް ނޭގިފައެވެ. ހަމަ އެވަގުތު އަހަރެންނަށް ނާހީގެ ގައިގައި އޮޅުލައިގަނެވުނެވެ. ނާހީއެވެ. ނުރޯށެވެ. އަހަރެންނާއި މެދު ޝައްކު ނުކުރާށެވެ. ލޯތްބަކީ ހިތުގައި އުފެދޭ ތާހިރު ޖަޒްބާތެކެވެ. އެލޯބި ކަނުކޮށް ބަދުނާމުކުރަނީ ނިޝާމްމެން ކަހަލަ ގޮތެއް ނެތް ފިރިހެނުންނެވެ
ޖެހިގެންއައި ހަފްތާގެ އަންގާރަވިލޭރެއެވެ. ނާހީއާއި އީޝަންގެ ކައިވެނި ކުރެވުނީ އީޝަންގެ ރަށުގައެވެ. އެތަށް ދުވަހެއް ވަންދެން ނަހީގެ ހަޔާތަށް ގަދަވެގަތްފައިވާ ކަޅުވިލާގަނޑު އެއްފަރާތް ކުރެވިއްޖެއެވެ. އީޝަންގެ ލޯބި ނާހީގެ މުޅި ދިރިއުޅުން އާބާދު ކޮށްދީފިއެވެ

Share Article

Follow Me Written By

izza

Level 110 Stories

Other Articles

Previous

މިޙަޔާތާ ދުރުނުވޭ (3ވަނަބައި)

Next

ހިތް ނުރޮއްވާ… (32)

Next
January 1, 2015

ހިތް ނުރޮއްވާ… (32)

Previews
January 1, 2015

މިޙަޔާތާ ދުރުނުވޭ (3ވަނަބައި)

7 Comments!

  1. shooty says:
    January 1, 2015 at 11:10 am

    V touching Story eh :'(

  2. izza says:
    January 1, 2015 at 11:22 am

    thank shooty…

  3. lizzy says:
    January 2, 2015 at 12:35 pm

    story v reethi. ekamakuves nimunu iru thinvana meehaage nasarah badhaluvefa. egothah badhalu kuraanama medhu kandaalikan angaadhey faahagaeh jehun muhinmu.. sifa kurun v reethi feshun kolhu. kuruvaahakak akah balaafa 25 hun 20 libeyne

  4. Reena says:
    January 2, 2015 at 2:04 pm

    vaahaka reethi ekam, vaahakaige feshun iru eeshaan kiyaidhyfa, nimunu iru 3vana myhaku kiyaidhyfa miothy . . .

  5. izza says:
    January 2, 2015 at 3:04 pm

    medhu kadaalikan angan faahaga jeheemu..ekamu site ga liyaa iru dhimaavaa mahsalaakun e faahaga fuhen jehenee..thnx readers

  6. maee says:
    January 6, 2015 at 2:31 pm

    Feshun kolhu sifa kurunthah ramgalhu!! Heevee avahah ninmalan ulhun hn….adhi mi vahaka miah vure furihma kurevidhane!!!

  7. athoo .. says:
    January 7, 2015 at 6:33 pm

    Salhi vaahak eh. Maashaa allah.

Comments are closed.



All Right Reserved!