
ކަޝްފު (1)
*މިވާހަކަ އަކީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ޚިޔާލީ ވާހަކައެކެވެ*
ވެހެމުންދިޔަ ވާރޭތިކިތަކުން ބިންމަތި ތެންމަމުން ދިޔައިރު ފަޒާގައި އެކުލެވިފައިވަނީ ފިނި ކަމެވެ. ގަސްތަކުގެ ފަތްތައް ޖެހެމުންދާ ފިނވައިރޯޅި ތަކަށް ތަބާވެ އެއްކޮޅަކަށް ހެލެމުންދާއިރު އިވެމުންދަނީ ހިތްގައިމު އަޑެކެވެ. ދުރުދުރަށް ދާންދެން މަގުމަތީގައި ފެންހެދިފައި ވާއިރު އެތަނުން ފެންގަނޑެއް ކައިރިން މަޑުހިނގުމެއްގައި ރަތްކުޑައެއް އަޅައިގެން ސްކޫލް ޔުނީފޯމެއްގައި ހުރި ކުއްޖަކުއާދެއެވެ. ދެއަތުން ކުޑަހިފަހައްޓައިގެން ކަނާތުގައި ބޫޓު އެލުވާލައިގެން ހުރިއިރު އެއަތުގައި މަޑު ތުރުތުރު އެޅުމެއް ހުއްޓެވެ. މޫނުމައްޗަށް އެލިފައިވާ ދެތިން އިސްތަށި ކޮޅުން ފައިބަމުންދިޔަ ފެންތިކިތަކުން އެދޮންމޫން ތެއްމަމުން ދިޔައިރު ފަހަތަށް އައްސާލެވިފައިވާ ކަޅުކަންގަދަ އެބުޅި އިސްތަށިގަނޑުގައިވެސް ތެތްކަމެއްހުއްޓެވެ. މުށިކުލަގަދަ އެބޮޑުދެލޮލުން ނުތަނަވަސްކަން ފެންނަމުންދާއިރު މޭކަޕެއްނެތް ލޭކުލަ އަރާފައިވާ ތުންފަތުގެ ތިރީގައި ދަތްއަޅާލާފައިވެއެވެ. މަޑުހިނގުމެއްގައި ގޮސް އޭނާ ކުރިމަތީގައި ހުރި ގެއަށް ވަދެގެން ދިޔައެވެ.
ގެއަކީ ފުދޭވަރަކަށް ބޮޑުގެއެކެވެ. ގޭގެ ދޮރާށިއެތެރޭގައި ދެފަރާތަށް ހައްދާފައިވާ އެކިކުލަކުލައިގެ މާގަސްތަކުގައި ފެންތިކިތައް ހަރުލާފައިހުރިއިރު އެހިސާބުގަނޑުގައި ލުއިމީރުވަހެއް ހިފާފައިވެއެވެ. ކަނާތްފަރާތުން ތަންކޮޅެއް ދުރުގައި ހުރި ގުލްޗަމްޕާ ގަހެއްގައި ތިންއުދޯލި އެލުވާފައި ހުރިއިރު އެތާކައިރީގައި ކުޑަވަރެއްގެ މަސްފެންގަނޑެއްވެސް އޮތެވެ.
“ދަރިފުޅާ ޝަޒިން، ކޮބާ ޕޭޕަރު ކިހިނެތް؟” ސިޓިންރޫމުގައި ހުރި ސޯފައިގައި ދެފައިދަމާލައިގެން ދުފާތަބައް ހިފައިގެން އަނގަ ރަތްކޮށްލައިގެން ދުފަން އިން ޒާހިދާ ގޭތެރެއަށްވަން ޝަޒިން ފެނުމުން އަހާލިއެވެ. ޝަޒިން އޭނާގެ އަތުގައި އޮތް ބޫޓު ކައިރީގައި ހުރި ހަރުގަނޑަށް ލުމަށްފަހު ތެދުވެ ހިންދެމިލިއެވެ. “އޯކޭ ދެން. އިކޮނޮމިކްސް ވީމަ ދެން ކުޑަކޮށް އުދަނގޫ ބަޓް ފާސްވާނެ ކަމަށް މިބަލަނީ” ޝަޒިން އިސްޖަހައިގެންހުރެ ބުނެލިއެވެ. ޒާހިދާ ދުފާތަބަށް ކުރިމަތީގައިހުރި ކުޑަ ބިއްލޫރި މޭޒެއްމަތީގައި ބެހެއްޓުމަށްފަހު ޢިށީދެ ސޯފާއިންތިރިއަށް ދެފައިއެލުވާލިއެވެ. “އަދި މިއީ މިއަހަރުގެ ފުރަތަމަ އިމްތިހާނެއްނު. އަދި ރަނގަޅުވާނެ. އެހެންވީމަ ދެން އަންނަ ޓާރމަށް ޓިއުޝަން ޓީޗަރެއް ހޯދަން ދޮންބެ ކައިރިބުނޭ އިގޭ.” އޯގާތެރި ރާގެއްގައި ޒާހިދާ މިހެން ބުނެލުމަށްފަހު ޝަޒިން އާއި ދިމާލަށް ނަޒަރު ހުއްޓާލިއެވެ. އޭނާގެ ހުރި ހަމައެކަނި އަންހެންދަރިފުޅެ ބޮޑުވީއެވެ. އިސްކޮޅުން ދެމިލާފައިހުރި އިރު އެބުޅި އިސްތަށިގަނޑުގެ ކަޅުކަން ގަދަވެ ރީތިވެއްޖެއެވެ. ޝަޒިން ކުޑައިރު އިސްތަށިގަނޑު ބުޅިވީމާ ދެރަވެ އެކަމާ ރޮއެހަދައެވެ. ނަމަވެސް މިހާރު އެ އިސްތަށިގަނޑަކީ އޭނާ އެންމެ ލޯބިވާއެއްޗެވެ. މިއަހަރު ގުރޭޑު އަށަކަށް ދިޔަ ޝަޒިން އަކީ ކިޔަވަން މޮޅު ކުއްޖެކެވެ. ޒާހިދާގެ އުއްމީދަކީ ޝަޒިން ކިޔަވައިގެން މޮޅުވެ އޭނާ ފަހުރުވެރިވާނެ ފަދަ ކުއްޖަކަށް ވުމެވެ. ޝަޒިން އޭނާގެ މަންމަ ބުނި އެއްޗަކަށް އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލާފައި އެތެރެއަށް ދާން ހިނގައިގަތެވެ.
ކާގެ ހުރަސްކޮށް ކުރިމަތީގައި ހުރި ކޮޓަރި އާއި ދިމާއަށް ޝަޒިން މިސްރާބު ޖެހިއެވެ. ވިއްސާރަވުމުން ގޭތެރެއަށް ވެރިވެފައިވަނީ ފަނޑު އަނދިރިކަމެކެވެ. ކޮޓަރީގެ ދޮރާއި ހަމައަށް އެރިތަނާ ކުއްލިއަކަށް ފަހަތުން ބާރުގަދަ ދެއަތުން އޭނާގެ އުނަގަނޑުގައި ހިފާ މައްޗަށް އުފުލާލިއެވެ. މި ކުއްލި ހަމަލާއިން ޝަޒިން ސިއްސައިގެންގޮސް ރޯމަހެއް ތެޅޭހެން ތެޅިގަނެ އެއަތުގެ ތެރެއިން ސަލާމަތް ވުމަށް ދެއަތުން ލެވުނުހައި ބާރެއްލާފައި އޭނާގެ އުނަގަނޑުގައި ހިފަހައްޓައިގެންހުރި ދެއަތުގައި ތަޅަން ފެށިއެވެ
12 Comments!
Comments are closed.
alhe haadha kurukoh ney thi genesdhini.. waiting for the next part. . plx avahah up kohdhehchey… heekuran dhn up kuraa iru mi ahvure dhigu kohlaane kamahh.. v reethi furathama baiii… 🙂 😉
Story Vvvv nice vaanehen hyvany
Please upload soon
Woww!! V reethi vaahaka eh! Sifakuruntha hama habu ! Happy to see a new writer in this site!
thank u. insha allah i will upload this story on every monday and saturday. *zaisha*
Alhey haadha kurey bt vrh nice….thankolheh awahah up kohladheeba plxx Saturday v ma haadha lahey
varah salhi ingey………. inthizaaru ge vaguthu thah gunemun mi dhany. 100,99,98,97,96,95,94,93,92………………………………..
Hehe asluves hadha lahey dhuvas zai alhey such a long wait!!!
so i will upload it on every tuesday and saturday. since i’m a student its kinda difficult to upload that soon. but i will try my best. glad u all like it. thankx.
Maikalaakoo haadha lahey
Ekam v salhi sifakurunthah..vahaka hama 1st place ingey zai..dhn ekam maa lahy up vaaleh
sorry but i can’t upload that soon. hope u all will wait and read. thnks
Starting is good. Hope it’ll continue this nicely. Eager to see what happens in this story. Waiting. .. .
But dnt make us wait too long 😉
Waiting for smthn so nice is kinda hard thing obviously
Kuda alhaanee tha? Nagaanee tha?