Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

މިޙަޔާތާ ދުރުނުވޭ… (2ވަނަބައި)

Eemyaa Level 810 Stories100 Comments100 Login500 Comments100 Stories500 Login
December 29, 2014 7 Mins Read
12 Comments

“ރިޕޯޓް ތައްޔާރުކޮށް ނިމުނީތަ….؟؟؟” ލިމްޝާގެ އަތުގައި އޮތް ފައިލަށް ބަލާލަމުން ހިނިތުންވެލަމުން ޒަޔާން އަހާލިއެވެ.

“ލައްބަ…” އަދަބުވެރިކަމާއިއެކު ލިމްޝާ ޖަވާބުދިނެވެ. މިއަޑަށް ލިމްޝާއަށް ފުރަގަސްދީގެން އިން ނަޝާމް ދިޔައީ ސިހިގެންނެވެ. އެއީ އިއްޔެވެސް އިވުނު ހިތްގައިމު މިއުޒިކީ އަޑެވެ. އެއަޑެއް ނަޝާމަކަށް އޮޅުވައެއް ނުލެވޭނެއެވެ. ނަޝާމް ފަސްއެނބުރި ބަލާލިއެވެ. އަދި ބޭއިޚުތިޔާރުގައި ކޮޅަށް ތެދުވެވުނެވެ. އެއީ ހަމަ އެކުއްޖާއެވެ. ހަމައެކަނި ތަފާތަކީ ހެދުން އެޅުމުގެ ހުރި ތަފާތުކަމެވެ. މިހާރަކަށް އައިސް ކުދިން ނުލާކަހަލައިގެ ދޯބައްޓާ ހެދުމުގައި އެކުއްޖާ ފެންނަލެއް ވަކިން ރީތިހެން ހީވެއެވެ.

ލިމްޝާއަށްވެސް ވީ ނަޝާމް ފެނުމުން ހަމައެކަހަލަ ގޮތެކެވެ. އިއްޔެގެ ހާދިސާ ލޯކުރިމަތީ ސިފަވުމުން ލަދުގަންނަ ގޮތްވިއެވެ. ކުޑަހިނދުކޮޅެއްގެ ތެރޭގައި ލައިގެން ހުރި ހެދުމުގައި ހުރި މަޑުފިޔާތޮށިކުލަ މޫނު މައްޗަށް ވެރިވެގަތެވެ.

ޒަޔާން ލިމްޝާގެ އަތުން ފައިލް އަތުލުމަށްފަހު ލިމްޝާއާއި ނަޝާމް އެކަކު އަނެކަކަށް ތަޢާރަފްކޮށްދިނެވެ. ލިމްޝާއަކީވެސް މިހާރު އެއޮފީހުގެ ކުއްޖެއްކަމުން ނަޝާމް ފުރުސަތުގެ ބޭނުންކޮށް ސަލާމް ކޮށްލުމަށްޓަކައި އަތް ދިއްކޮށްލިއެވެ. ލިމްޝާ ވަރަށް ލަދުން ހުރެ ނަޝާމްއާއި ސަލާމް ކޮށްލުމަށްފަހު އަވަހަށް އެތަނުން ނުކުމެގެން ދިޔައީއެވެ.

“ވާއު… ކޮންކަހަލަ އިއްތިފާގެއް މީ… އަލްޙަމްދުލިއްﷲ….” ލިމްޝާ ދިޔުމުން ޒަޔާންގެ ކޮނޑުގައި ޖަހާލަމުން ނަޝާމް ބުނެލިއެވެ. ޒަޔާންހުރީ ނަޝާމް ކިޔާއެއްޗެއް ނުވިސްނުމުން ވާނުވާ ނޭނގި ދެބުމަ ގޮށްޖަހާލައިގެންނެވެ. “ކިހިނެއްތަ ވީ…؟؟؟؟”

“އިއްޔެބުނީމެއްނު އަންހެންކުއްޖަކާ އެކްސިޑެންޓްވިއޭ…. އެއީ ލިމް.. ދެންމެ މިތަނުން އެދިޔައީނު….” ހެވިދިލިފާ ހުރެ ނަޝާމް ބުނެލިގޮތުން ޒަޔާންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.

“ހޭނެ ކަމެއް ނެތް… އަޅެ ލިމް ރީއްޗެއް ނޫންތަ….؟؟؟؟” ޒަޔާން ހޭންފެށުމުން މޭޒުމަތީގައި އޮތް ފައިލަކުން ޒަޔާންގެ ގައިގާ ނަޝާމް ބޮނޑިއެއް އަޅާލިއެވެ.

“ނޫނޭ… ވަރަށް ރީތި… އޭނަ މިއޮފީހަށް ވަނީއްސުރެ މި އޮފީހުގެ ހުރިހާ ފިރިހެންކުދިންގެ ލޯތައް އަމާޒުވެފައި ހުންނަނީ ލިމްއަށް….” ޒަޔާން ހިނިގަނޑު ކޮންޓްރޯލް ކޮށްލަމުން ބުނެލިއެވެ.

“އެހެންވީއިރު ޒަޔާންވެސް ހުންނާނީ އެލިސްޓުގަ ހިމެނިފަ ދޯ…؟؟؟” ނަޝާމް ލޯހަނިކޮށްލަމުން ޒަޔާނަށް ބަލާލިއެވެ.

“ނޫނޭ… އަހަރެންގެ ހިތްވަނީ މާކުރިން އެހެން ކުއްޖަކަށް ހިބަކޮށްދީފައި….” ޒަޔާން ފައިލްހުޅުވާ އެއަށް ނަޒަރު ހިންގާލިއެވެ. “ތިބުނީ…. ލޯބިވާ ކުއްޖަކު ހުރެއޭތަ…؟؟؟ އަހަންނަށް އަންގާވެސް ނުލާ….” ޒަޔާން ބުނި އެއްޗަކާ ދޭތެރޭ ނަޝާމް ވިސްނާލިއެވެ.

“އަންގައެއް ނުލެވޭނެއެއްނު…. އެކުއްޖާއަށް ވެސް ނޭނގޭނެ އަހަރެން އެކުއްޖާދެކެ ލޯބިވާ ކަމެއް….”

“ބުނަން ނުކެރިގެންތަ ތި އުޅެނީ…؟؟؟ އަހަރެންގާތު ބުނެބަ އެއީ ކޮންކުއްޖެއްކަން…. އޭރުން ބުނެލަދީފާނަން….” ނަޝާމް އެވާހަކަޔާ ގަޔާވެލިއެވެ.

“ނޫނޭ…. އަދި ނެތް ބުނެވޭކަށް…. ދެން އެވާހަކަ ބާއްވާފަ މަސައްކަތާއިގެން އުޅެމާ….” މިހެން ބުނެފައި ޒަޔާން ލިމްޝާ ގެނައި ރިޕޯޓް ކިޔަން ފެށިއެވެ.

 

ލިމްޝާ އެނބުރި ކެބިންއަށް ދިޔުމަށްފަހު ސުހާގެ ގާތަށް ދިޔައެވެ. “ސުހާ ތިކިޔާ ރީތި ޒުވާނާއަށް ކިޔަނީ ނަޝާމްދޯ….” ލިމްޝާ އަހާލިއެވެ.

“ހޫމް… އޭނައާ ދެންމެ ދިމާވީތަ…؟؟؟” ސުހާ ލިމްޝާގެ މޫނަށް ބަލާލިއެވެ.

“އާނ… އެކަމް މިޔަދު މި ދިމާވީ ދެވަނަ ފަހަރަށް… އިއްޔެވެސް އޭނަޔާ ދިމާވި….” ލިމްޝާ މިހެން ބުނުމުން ސުހާ ލިމްޝާއަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. ލިމްޝާ އިއްޔެގެ ހާދިސާ ކިޔައިދިނުމުން ސުހާ ފެށީ ހޭންށެވެ.

“އޭނަޔާ އެގޮތަށް ވާހަކަ ދެއްކުނީމަ ވަރަށް ކަޑަވެފަ މިހުރީ… އަހަންނަށް ކިހިނެއް އެނގޭނީ އެއީ ބޮސްގެ ބެސްޓްފުރެންޑް ކަމެއް…. އެހެންނޫނަސް އަހަރެމެން އޮފީހަށް ޖޮއިންވީއިރު އޭނަ ހުރީ ޗުއްޓީގަވިއްޔަ….”

“ހޫމް ކަމަނާއަށްވެސް ގޮތްތަކެއް ވީ ދޯ….” ސުހާ ދިމާކޮށްލިއެވެ.

“އައްޗީ… އަހަންނެއް ނޫޅެން… އެހެންނޫނަސް ކާކަށްތަ ގޮތްތަކެއްވީ….؟؟” ލިމްޝާ ނޫންކަމަށް ހަދާލިއެވެ.

“ތިއެއް އެނގިދާނެތާ ދުވަސްކޮޅަކުން…..”

 

ރޭގަނޑުގެ ވަގުތެވެ. ލިމްޝާ އޮތީ ވާހަކަފޮތެއް ހިފައިގެން ކިޔާށެވެ. އެވަގުތު ލިމްޝާގެ ފޯނަށް މެސެޖެއް އައެވެ. ވާހަކަ ފޮތަށް ގެއްލިފައި އޮތްވަރުން ލިމްޝާ އެޔަކަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. އޭގެ ފަސްވަރަކަށް މިނެޓްފަހުން އަނެއްކާވެސް މެސެޖެއް އައެވެ. މިފަހަރު ލިމްޝާ ފޯނު ނަގާ ބަލާލިއެވެ.

“ހައި ލިމް… މީ ނަޝާމް… ކީއްކޮށްލަނީ..؟؟ ވަރަށް އުފާވި މިޔަދު ލިމްއާއި ދިމާވީމަ…” ލިމްޝާ ފުރަތަމަ މެސެޖް ކިޔާލިއެވެ. އަދި އެއަށްފަހު ދެވަން މެސެޖް ހުޅުވާލިއެވެ. “ކީއްވެ ރިޕްލައި ނުކުރީ..؟؟؟ އަދިވެސް ނަޝާމް ނުދަންނަނީތަ…؟؟ ނަޝާމް މީ ތި ހީކުރާކަހަލަ ގޯސް މީހެއް ނޫނޭ…. ޕްލީޒް ރިޕްލައި ކޮށްބަލަ…” ދެވަނަ މެސެޖް ކިޔާފަ ލިމްޝާގެ ގާތަށް ހިނިއައެވެ.

“އޭރުގަ އަސްލުވެސް ނުދަންނާތީ ނަން ނުބުނީ… ދެންމެ މި މެސެޖްތައް ކިޔާލީ… އެހެންވެ ރިޕްލައި ނުކުރެވުނީ…. ކަމަކުތަ ތި މެސެޖް ކުރީ…؟؟؟” ލިމްޝާވެސް ނަޝާމަށް މެސެޖް ކޮށްލިއެވެ.

“ވަކި ކަމަކު ނޫން… ހަމަ ލިމްއާއި ވާހަކަ ދައްކާލާހިތުން…. ލިމް ހާދަ ރީއްޗޭ… މިޔަދު އަދި ވަކިން ރީތިހެން ހީވެ…. ލިމްއާއި ވަރަށް ގުޅޭ އޭގެ ހެދުންލީމަ….” ދެތިން މިނެޓްފަހުން ނަޝާމް ފޮނުވި މެސެޖް ކިޔާފަ ލިމްޝާގެ ތުންފަތުގައި ދުވެލީ ލަދުރަކި ހިނިތުންވުމެކެވެ.

އެރޭ ވަރަށް އިރުވަންދެން ލިމްޝާ ނަޝާމަށް މެސެޖްކުރަން އޮތެވެ. މެސެޖްކޮށް ނިންމާލިއިރު ދެމީހުން ތިބީ ވަރަށް ގާތް ދެރަހުމަތްތެރިންނަށް ވެފައެވެ. ލިމްޝާ ފުންނޭވައެއް ދޫކޮށްލުމަށްފަހު ދެލޯމަރާ ބާލީހުގައި ބައްދާލިއެވެ. އެވަގުތު ސިފަވި މަންޒަރަކުން ދެލޯހުޅުވާލުމަށްފަހު ތެދުވެ ހަމަޖެހިލިއެވެ. “އަހަންނަށް މިވަނީ ކިހިނެއްބާ…؟؟؟ އިއްޔެ ނަޝާމްފެނުންފަހުން ހީވަނީ ބަލާލާ ކޮންމެ ދިމާލަކުންވެސް ނަޝާމް ފެންނަހެން…. އަނެއްކާ އަހަންނަށް އޭނާދެކެ ލޯބިވެވުނީބާ….؟؟؟ މީ އަހަންނަށް ދުވަހަކުވެސް ވީ ގޮތެއްނޫން….” ލިމްޝާގެ ހިތަށްއެރި އެއްޗަކުން ގައިން ހީބިހި ނަގައިގެން ދިޔައެވެ. އޭނާ އަނެއްކާވެސް އެނދުގައި އޮށޯތީ ނިދާށެވެ. ނަމަވެސް ނިދަން ކުރިހާ މަސައްކަތެއް ވީ ބޭކާރެވެ. އެއްގޮތަކަށްވެސް ނިދޭގޮތެއް ނުވިއެވެ.

ނަޝާމްގެ ހާލަކީވެސް ހަމަ މިއީއެވެ. މިރޭ ލިމްޝާއާއި ވާހަކަ ދައްކާލެވުމުން އޭނައަށް ލިބިފައިވަނީ ބަޔާންކުރަން ދަތި އުފަލެކެވެ. ނިދިވަނީ އޭނާއާއި އެތައްމޭލެއްގެ ދުރުގައެވެ.

 

ޖެހިގެން އައި ދުވަހެވެ. އޮފީހުގައި މާ ބިޒީ ނޫންކަމުން ނަޝާމް ލިމްޝާމެންގެ ކެބިންއާއި ދިމާއަށް ދިޔައީ ލިމްޝާ ކޮބައިތޯ ބަލާލުމުގެ ބޭނުމުގައެވެ. ނަސީބު ރަނގަޅުކަމުން އެވަގުތު ކެބިންތެރޭގައި އިނީވެސް ލިމްޝާ އެކަންޏެވެ.

“ހާދަ ބިޒީކޮށް…. ކީއްކޮށްލަނީ ތި…؟؟؟” ކޮމްޕިއުޓަރުން އެއްޗެއް ޓައިޕްކުރަން އިން ލިމްޝާ ނަޝާމްގެ އަޑަށް އެދިމާ ބަލާލިއެވެ. އަދި ރީތި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. އެވަގުތުކޮޅުވެސް ނަޝާމްގެ ހިތުގެ އަޑިން ލިމްޝާގެ ރީތިކަމަށް ތައުރީފުކޮށްލެވުނެވެ.

“ލިމްއަށް ރޭގަ ނިދުނުތަ…؟؟؟” ނަޝާމްގެ މިސުވާލުން ލިމްޝާ ދިޔައީ ސިހިގެންނެވެ. ރޭގަ ލިމްޝާއަށް ނުނިދިގެން އުޅުނުކަން ނަޝާމަށް އެނގުނީބާއޭ ލިމްޝާގެ ހިތަށް އެރިއެވެ.

“ހޫމް… ނިދުނު… ކީއްވެ ތިހެން ތި އެހީ….؟؟؟” ލިމްޝާއަށް ތެދު ހާމަ ކުރާކަށް ނުކެރުނެވެ.

“ރޭގަ ނިދަން އުޅެއުޅެ އަހަންނަކަށް ނުނިދުނު….” މޭޒުގައި ދެއަތްވިއްދާލަމުން ނަޝާމް ބުނެލިއެވެ. “ލިމް މަތިން މިސްވާ ވަރުން….” ނަޝާމް މިހެން ބުނެލީ ވަރަށް ސިއްރު ސިއްރުންނެވެ. ނަޝާމްގެ މިޖުމްލައިން ލިމްޝާގެ ހިތް ހީވީ އުފަލުންގޮސް އުދުހިގެން ހިނގައިދާނެހެންނެވެ. ނަމަވެސް ބޭރުފުށަކަށް އެކަމެއް ނުދައްކައެވެ.

“ބޭފުޅާ ކޮންކަމަކާތަ ނުނިދިގެން ތި އުޅެނީ…؟؟؟” އެވަގުތު ކެބިންތެރެއަށް ވަދެގެންއައި ޒަޔާން އަހާލިއެވެ. ޒަޔާންގެ ފަހަތުން ސުހާވެސް ފައިލެއް ހިފައިގެން އައެވެ.

“މާވަރަކަށް މަދިރި ހަފާތީ ނުނިދުނީ…. ހިނގާބަލަ… އަހަރެން މިތަނަށް މިއައީ ޒަޔާން ހޯދާށޭ….” ޒަޔާންއާއި ކުރިމަތިލަމުން ނަޝާމް ބުނެލިއެވެ.

“އަޖައިބެއް…. އަހަރެންގެ އޮފީހުގަ އަހަންނަށް ޚާއްސަކޮށް ރޫމްއެއް ހުންނަ އިރު ނަޝާމް އަހަރެން ހޯދަން އަންނަނީ މިތަނަށްތަ…؟؟؟ ގައިމު ދެންމެ ސުހާވެސް އަހަރެން ހޯދަންއައީ އަހަރެންގެ ރޫމްއަށް…. އެވެސް މިތާ އިނދެފަ…. އަހަންނަށް ހީވަނީ ނަޝާމް މިތަނަށް ތިއައީ އެހެންމީހަކު ހޯދަން ކަންނޭނގެ….” ލިމްޝާއަށް ބަލާލަމުން ލާނެއް ހިނިތުންވުމަކާއިއެކު ޒަޔާން މިހެން ބުނުމުން ލިމްޝާ ހީވީ ލަދުންގޮސް ބިންފަޅާފައި އަޑިއަށް ހިނގައިދާނެހެންނެވެ. އޭނާގެ ދޮން މޫނަށް ޖަންބުކުލަ ވެރިވެގެންދިޔައެވެ.

“ހިނގާ ދާން…” ހިނިގަނޑެއް ޖަހާލަމުން މިހެން ބުނެފައި ޒަޔާން ހިނގައިގަތުމުން ނަޝާމްވެސް ހިނގައިގަތެވެ. ދަމުން ލިމްޝާއަށް ބަލާލުމަށްފަހު އެއްލޯ މަރާލިއެވެ. ނަޝާމްގެ އެ ލާނެއް ހަރަކާތުން ލިމްޝާ ހަށިގަނޑު އެކީ ފިނިވެގެން ދިޔައެވެ.

 

“އުހުނ.. އުހުނ… ކޮން ކަންތައްގަނޑެއްތަ އަހަންނަށް މި ފެންނަނީ…” ނަޝާމް ދިޔަ ދިމާއަށް ބަލަހައްޓައިގެން އިން ލިމްޝާ ސިހިގެން ދިޔައީ ސުހާ ކަރުކެހެލި އަޑަށެވެ.

“ކޮންކަންތަކެއްތަ….؟؟؟” ލިމްޝާ ވަރަށް ނޫން ކަމަށް ހަދާލިއެވެ.

“ކަންތައްގަނޑެއްވާ ނުހިނގަ… ދަމުން އެއްލޯ އެމަރާލީ އޮޅިގެންތޯއްޗެ…” ސުހާ މިހެން ބުނީމަ ލިމްޝާ ހޭންފެށިއެވެ.

“ކޮންކަމަކާތަ އެފަކީރު ނުނުދިގެން އެއުޅުނީ…؟؟؟ އަހަންނަށް ނާންގަ ކަންތައްގަނޑެއް އެބަ ހިންގަން ދޯ…؟؟؟”

” އަހަންނަކަށްވެސް ނޭނގެ… ދެން ތިވާހަކަ ދައްކާނީ ފަހުންދޯ…” ރޭގަ ނަޝާމަށް މެސެޖް ކުރިކަން ސުހާއަށް އެނގިއްޖެއްޔާ ދިމާކުރާނެތީވެ ލިމްޝާ އެވާހަކަ ނުބުނީއެވެ.

 

“ނަޝާމް ކޮންތާކުތަ މަދިރިހެފީ…؟؟ ހިތުގައިތަ…؟؟؟” ޒަޔާންގެ ރޫމަށް ވަންނަމުން ޒަޔާން ނަޝާމްއާއި ދިމާކޮށްލިއެވެ.

“ދެން ހިތުގައި ނޫން އެހެން ކޮންތާކުތަ ހަފާނީ…؟؟؟ އަހަންނަށް ހަމަރަނގަޅަށްވެސް ލިމްދެކެ ލޯބިވެވިއްޖެ….” ޒަޔާންގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީންނަމުން ނަޝާމް ބުނެލިއެވެ.

“ނަޝާމަށް ހީވޭތަ ލިމް ކާމިޔާބު ކުރެވިދާނެހެން….”

“ވަރަށް ހީވެ… ޒަޔާން ނަންބަރު ދިނީމަ އަހަރެން ރޭގަ މެސެޖް ކުރިން…. އޭނަ ވާހަކަ ދެއްކި ގޮތުން ހީވި އޭނަވެސް އަހަންނާ ވަރަށް ގަޔާވާހެން….” ވަރަށް ފަހުރުވެރިމާއިއެކު ނަޝާމް ބުނެލިއެވެ.

މިގޮތުގައި ދެމަސް ދުވަސް  ހޭދަވެގެންދިޔައިރު ނަޝާމްއާއި ލިމްޝާގެ މެދުގައިވާ އެކުވެރިކަން ދިޔައީ އިތުރަށް ބަދަހިވަމުންނެވެ. އޮފީސްތެރެއިންނާއި މެސެޖުގެ ޒަރީއާއިންނެވެ. ދެމީހުން އެކަކު އަނެކަކުދެކެ ލޯބިވީ ނަމަވެސް އެކަން ހާމައެއް ނުކުރެއެވެ. ލިމްޝާ ނަޝާމްއާއި ދޭތެރޭ ދެކޭގޮތެއް ނޭނގޭތީ ނަޝާމްވެސް ލޯބި ހުށައެޅުން ފަސް ކޮށްލީއެވެ.

 

އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. ނަޝްވާ ކިޔާވަރުން ނަޝާމް ނަޝްވާ ގޮވައިގެން މާލެ ދިޔައީ ސައިކަލު ދުއްވާލުމަށެވެ. އެވަގުތު ޒަޔާން ގުޅާފަ ޕެންޑްރައިވް ގެނެސްދޭށޭ ބުނުމުން ނަޝްވާ ގޮވައިގެން ނަޝާމް ދިޔައީ ޒަޔާންމެން ގެއަށެވެ.

އެނދުމަތީ ފޮޓޯގަނޑަކަށް ބަލަހައްޓައިގެން އޮތް ޒަޔާން ދޮރާ ދިމާއަށް ބަލާލީ ދޮރުގައި ޓަކިޖެހުމުންނެވެ. އެވަގުތު ދޮރު ހުޅުވާފައި އެތެރެއަށް ވަދެގެން އައި ނަޝާމްއާއި ނަޝްވާ ފެނުމުން ޒަޔާން އަވަސްއަވަހަށް އޭނާގެ އަތުގައި އޮތް ފޮޓޯގަނޑު ބާލީސްދަށަށްލާ ފޮރުވިއެވެ.

“ކޮން ފޮޓޯގަނޑެއްތަ ތި ފޮރުވަނީ…؟؟؟ އަހަންނަށްވެސް ދައްކާލަބަލަ….” ޒަޔާންގެ އަތަށް ޕެންދެމުން ކޮޓަރީގައި ހުރި ސޯފާގައި ނަޝާމް އިށީނެވެ. ނަޝާމްގެ ގާތު ނަޝްވާވެސް އިށީނެވެ. އެއީ… އެއްޗެއް ނޫން… ހާދަ އަވަހަކަށް ތިއައީ… އަހަރެން ގުޅިއިރު މާލޭގައިތަހުރީ…؟؟؟” ޒަޔާން ވާހަކަ އޮޅުވާލިއެވެ.

“ހޫމް… ނަޝްކޮ ގޮވައިގެން ދުއްވާލަން ދާން ވެގެން މިއައީ….” ނަޝާމް މިހެން ބުނުމުން ޒަޔާން ނަޝްވާއަށް ބަލާލުމަށްފަހު ހީލިއެވެ. ނަޝްވާވެސް ރައްދުގައި ހީލިއެވެ.

އިރުކޮޅަކު ޒަޔާން ގާތު ވާހަކަ ދައްކަން އިނުމަށްފަހު ނަޝާމްމެން ދިޔުމުން ޒަޔާން ބާލީސް ދަށުގައި އޮތް ފޮޓޯގަނޑުނަގާ އެއަށް ބަލާލިއެވެ. އެފޮޓޯގަނޑަކީ ޒަޔާން ނަޝާމްމެންގޭ މީހުންނާއެކީ ދަތުރު ދިޔަ ދުވަހަކު ނަގާފައިވާ ނަޝްވާގެ ފޮޓޯއެކެވެ. ޒަޔާން އެފޮޓޯ ނެގިކަމެއް ނަޝްވާއަކަށްވެސް ނޭނގޭނެއެވެ.

ޒަޔާންއަށް އެންމެ ފުރަތަމަ ނަޝްވާ ފެނުނީ ޒަޔާންގެ އުމުރުން އަށާރަ އަހަރުގައި ނަޝާމްއާއި އެކީ އެގެއަށް ދިޔަދިޔުމުގައެވެ. އެދުވަހުން ފެށިގެން މިޔަދާ ޖެހެންދެންވެސް ޒަޔާންގެ ހިތުން ނަޝްވާއަށް ވަނީ ޚާއްސަ މަގާމެއް ދެވިފައެވެ. އޭނާގެ ހިތްއެދި ގޮވަމުންދަނީ ނަޝްވާގެ ލޯތްބަށެވެ. އަބަދާއަބަދުމެ ދެލޯ ބޭގަރާރުވަމުން ދަނީ ޕަރީއެއްފަދަ އެރީތި ސޫރަ ދެކިލުމަށެވެ.

ކަންތައް މިހެންހުރިއިރުވެސް ލޯބި ހުށަހަޅަން ޖެހިލުންވަނީ އެންމެގާތް އެކުވެރިޔާގެ ކޮއްކޮއަށް ވީތީއެވެ. މިކަންތައް ނަޝާމަށް އެނގުމުން އޭނާ ބުނާނެ އެއްޗެއް ނޭނގޭތީ ޖެހިލުންވަނީއެވެ. މިކަމުގެ ސަބަބުން ދެމީހުންގެ އެކުވެރިކަމުގެ ވާފަށް ކެނޑިދާނެކަމުގެ ބިރު ހީވާތީއެވެ. މިކަންތައްތަކާއި ހެދި ޒަޔާންގެ ހިތުގައި ނަޝްވާ ވަނީ ފޮރުވާލެވިފައެވެ. އެންމެގާތް އެކުވެރިޔާ ނަޝާމަށްވެސް ސިއްރުންނެވެ.

 

ހުކުރުދުވަހުގެ ހަވީރުގެ ވަގުތެވެ. ނަޝާމް ފިހާރައަކަށްވަނީ ގަމީހެއް ގަންނާށެވެ. ކަންދިމާކުރިގޮތުން ގަމީސް ގަނެގެން އޭނާއަށް ނުކުމެވުނީ ނޫރާގެ ކުރިމައްޗަށެވެ. ނޫރާ ވަގުތުގެ ބޭނުން ހިފާލިއެވެ. ނަޝާމްގެ އަތުގައި ހިފާލިއެވެ. މަގުމަތީގައި މީހުން ގިނަކަމުން ނަޝާމަށް ނޫރާގެ އަތުން އަތްދަމާގަންނާކަށް ނުކެރުނެވެ. މަގުމަތީގައި ބޮޑުކަންތައްގަނޑެއް ހިންގަން އޭނާ ބޭނުން ނުވީއެވެ.

“ނޫރާ ކިހިނެއްވެގެންތަ ތި އުޅެނީ…؟؟ އަހަރެން އަތުން ދޫކޮށްލާ ހަމަމިހާރު…!!! ލަދެއްވެސް ނުގަނޭތަ…؟؟؟ މީ މަގުމައްޗޭ……” ދަތްކުނޑިވިކާލަމުން ހަމައެކަނި ނޫރާއަށް އިވޭވަރަށް ނަޝާމް ބުނެލީ ނިކަން ރުޅިއައިސްފައި ހުރެއެވެ.

“ވެގެން އުޅޭގޮތެއް ނޭނގޭތަ…. ލޯބިވާވަރުން ފަހަތުން ނުނެއްޓިގެންނު މިއުޅެނީ….” ލާނެއް ގޮތަކަށް ހީލަމުން ނޫރާ ބުނެލިއެވެ. ނަޝާމްގެ ރުޅިގަނޑު އިތުރަށް ގަދަވިއެވެ.

“އަހަރެން އަތުން ދޫކޮށްލާ…. އެހެންނޫނީ އެންމެންތެރޭ ލަދުގަންނަވާލަފާނަން….” ނަޝާމް ނޫރާއަށް އިންޒާރުދިނުމުން އޭނާ ނަޝާމްގެ އަތުން ދޫކޮށްލިއެވެ. އަދި ނަޝާމް ދިޔުމުން ވިހަ ހިނިތުންވުމަކާއިއެކު އެދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ.

ގޭގެ ބެލްކަނީގައި ހުރި ލިމްޝާއަށް ވަރަށް ރީތިކޮށް މިމަންޒަރު ފެނުނެވެ. ނޫރާ ގެޔާއި ދިމާއަށް ހިނގާ ގަތުމުން ލިމްޝާ އަވަސްއަވަހަށް ތިރިއަށް ފޭބިއެވެ. ނޫރާ ދޮރު ހުޅުވަން ތަޅުގައި ހިފާލި ވަގުތަކީ ލިމްޝާވެސް ދޮރުހުޅުވަން ތަޅުގައި ހިފާލި ވަގުތެވެ. ނޫރާއަކީ ލިމްޝާގެ ބޮޑުދައިތަގެ ދަރިއެކެވެ. މިޔަދު އޭނާ ލިމްޝާމެން ގެޔަށް އެއައީ ލިމްޝާގެ މަންމަ ދިން ދައުވަތަކަށެވެ.

“އައްދޭ… އަހަރެން ނައިސްގެން ލަސްވެފާތަ….؟؟؟” ލިމްޝާ ފެނުމުން ނޫރާ އަހާލިއެވެ.

“ނޫރާ އަންނަތަން ފެނުނީމަ ތިރިއަށް މިއައީ… ދެންމެ ކޮން ފިރިހެން ކުއްޖެއްގެ އަތުގައިތަ ހިފައިގެން ހުރީ….؟؟” ލިމްޝާއަށް ކެތްނުވެގެން އަހާލެވުނެވެ. ނޫރާ ޖަހާލީ ހިނިގަނޑެކެވެ.

“ލިމް ހުރީ ބަލަހައްޓައިގެންތަ…؟؟؟ އެއީ އަހަރެންގެ ބޯއިފުރެންޑް…. ނަޝާމް….” ލިމްޝާގެ އެތެރެހަށީގައި ހިނގަމުންދާ ހަނގުރާމައިގެ ހިލަމެއް ނުވާ ނޫރާ ދޮގެއް ހަދާލިއެވެ. ނޫރާގެ މި ޖުމްލައިން ހީވީ ލިމްޝާގެ ހިތުގައި އަތް އަޅާ މީހަކު ފިއްތާލިހެންނެވެ. މޫނުގެ ކުލަވަރު އެކީ ބަދަލުވެގެން ދިޔައެވެ. ނަމަވެސް ނޫރާއަކަށް މިކަމެއް ރޭކާ ނުލައެވެ.

“ކޮބާ ލިމްގެ މަންމަ…؟؟؟ ހިނގާ އެތެރެއަށް….” މިހެން ބުނެފައި ނޫރާ ހިނގައިގަތީ އެތެރެއަށް ވަންނާށެވެ. ލިމްޝާ އެހުރި ފިޔަވަޅުމަތީގައި ހުރީއެވެ.

“ލިމް… ދެން މިޔަދު ތިތާތަ ހުންނަނީ…. ހިނގާބަލަ އެތެރެއަށް….” ލިމްޝާ އެހެން ހުރުމުން ނޫރާ ގޮވާލިއެވެ. ލިމްޝާ މަޑުމަޑުން ހިނގައިގަތެވެ.

 

ޖެހިގެން އައި ދުވަހެވެ. ނަޝާމަށް މިޔަދު ލިމްޝާއަށް ބަދަލެއް އައިސްފައިވާކަން ފާހަގަ ކުރެވުނެވެ. އެހެންދުވަސް ދުވަހާ ޚިލާފަށް މިޔަދު އޭނަޔާ ވާހަކަ ނުދައްކާތާ އޭނާޔާ ދިމާއަށް ބަލާވެސް ނުލައެވެ. ރޭގަވެސް އޭނަ ފޮނުވި އެއްވެސް މެސެޖަކަށް ރިޕްލައިވެސް ނުކުރެއެވެ. ގުޅީމަ ފޯނުވެސް ބިޒީކޮށްލަނީއެވެ. ވަގުތުކޮޅެއް ހޯދައިގެން ނަޝާމް ލިމްޝާގެ ގާތަށް ދިޔައީ ވެގެން އުޅޭގޮތެއް އޮޅުން ފިލުވާށެވެ.

“ހޭއި… މިޔަދު ހާދަ ވަރަކަށް އަހަރެން އިގްނޯރ ކުރަނީ…. ކިހިނެއްވީ އަނެއްކާ…؟؟؟ އަހަންނަށް ގޯސްކޮށް ކަމެއް ކުރެވުނީތަ…؟؟؟” ލިމްޝާގެ ކުރިމަތީގައި ހުރި ގޮނޑިއެއްގައި އިށީންނަމުން ނަޝާމް އަހާލިއެވެ. ލިމްޝާ ނަޝާމަށް އިސްއުފުލާ ބަލާލިއެވެ.

“ކީއްވެ ކުއްޖަކާ ރައްޓެހިވެގެން އުޅޭ ވާހަކަ އަހަރެންގެ ގާތު ނުބުނީ….؟؟؟” ލިމްޝާ ދިޔައީ ސީދާ ޕޮއިންޓަށެވެ. ނަޝާމްގާތަށް އައީ ހިންޏެވެ.

“ރައްޓެހި ވެގެން އުޅޭނަމައެއްނު ބުނާނީ… އަހަރެން ކުއްޖަކާ ރައްޓެއްސެއް ނުވަން…”

“އަހަންނަށް އެނގުނީމަވެސް އޮޅުވާލަންތަ ތިއުޅެނީ….” ލިމްޝާ ދަތްކުނޑިވިކާލިއެވެ.

“ލިމް ގަބޫލު ކޮށްބަލަ… ކާކުތަ ބުނީ އަހަރެން އުޅެނީ ކުއްޖަކާ ރައްޓެހިވެގެންނޭ….؟؟”

“ނޫރާބުނީ… އަހަރެންވެސް ދެކުނިން އިއްޔެ ހަވީރު ތިދެމީހުން އަތުގަ ހިފައިގެން ހުއްޓާ….” ނޫރާގެ ނަންއިވުމުން ނަޝާމަށް އޭނާގެ އިސްތަށިގަނޑު ތެރެއަށް އަތް މަހާލެވުނެވެ. އަދި ދެފަރާތަށް ބޯ ހޫރުވާލިއެވެ.

“އަހަންނާ އޭނަޔާ އެއްވެސް ގުޅުމެއް ނޯވޭ… އޭނަ އެއުޅެނީ އަހަރެންގެ ފަހަތުން އަޅައިގަނެގެން ނެއްޓެން ނޭނގިގެން… އިއްޔެވެސް އޭނައޭ އަހަރެންގެ އަތުގަ ހިފީ…. ލިމް ގަބޫލު ނުކުރަންޏާ ޒަޔާން ގާތު އަހާލަބަލަ….”

“އެކަމަކު ނޫރާ….” ލިމްޝާ ބުނަން އުޅުނެވެ.

“ނޫރާ އެހަދަނީ ހުސް ދޮގު…” ނަޝާމް އަވަސް އަވަހަށް ބުނެލިއެވެ.

“ހޫމް ދެން ހެވޭ….” ލިމްޝާ ހުރީ ކުށްހީކުރެވުނީތީ ކުޑަކޮށް ރަކިވާގޮތްވެފައެވެ. އެގޮތަށް ހިތަށް އެރުމުން ނަޝާމް ހިތަށް އަރާނެ އެއްޗެއްވެސް ނޭނގެއެވެ.

“ލިމް ނޫރާވެސް ދަންނަންތަ…؟؟؟”

“އެއީ އަހަރެންގެ ކަޒިންއެއް….”

“ނޫރާ އެހެން ބުނީމަ ލިމް ކީއްވެތަ އެހާ ރުޅިއައީ….؟؟؟” ލާނެއް ގޮތަކަށް ނަޝާމް އަހާލިއެވެ. “ރުޅިއަންނާނެއެއްނު…. އަހަރެން ހީކުރީ ނަޝާމް ދޮގުހަދަނީ ކަމަށް…” އެހެން ބުނިއިރުވެސް ލިމްޝާގެ މޫނަށް ހުރީ ޖަންބުކުލަ ވެރިވެފައެވެ. ލިމްޝާގެ ހިތުން ނަޝާމަށްޓައި ވަރަށް ޚާއްސަ ޖާގައެއް ދެވިފައި ވާކަން އެދުވަހު ނަޝާމަށް ޔަގީންވިއެވެ.

 

ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ލިމްޝާއަށް ހޭލެވުނީ ހޫނުވެގެންނެވެ. އޭރު ގަޑިން 12 ޖަހަނީއެވެ.ލިމްޝާ ކާގެއަށްގޮސް ފެންބޮއެގެން ކޮޓަރިއާއި ދިމާއަށް ދިޔަވަގުތު މަންމަމެންގެ ކޮޓަރިން ވާހަކަ ދައްކާއަޑު އިވުމުން ހުއްޓުން އެރީ އޭނާގެ ނަން ކިޔާހެން ހީވުމުންނެވެ. ދޮރާ ގާތްވެލާ ސަމާލުވެލީ އެމީހުން ދައްކާ ވާހަކަ އަޑުއަހާލުމަށެވެ.

“ލީނާ…. އަހަންނަށް ހީވަނީ ލިމްޝާއަށް ހުރިހާ ހަގީގަތެއް ކިޔާދޭންވީހެން… އޭނާ މިހާރު އެހުރީ ބޮޑުވެ މީހަކާ އިންނަވަރުވެފައެއްނު…. ކޮންމެ ގޮތެއްވިޔަސް އޭނާއަށް ހަގީގަތް އެނގެން ޖެހޭނެ….” ލިމްޝާގެ ބައްޕަ މަތީން ބުނެލިއެވެ.

“ތެދެއް ތިބުނީ… އޭނާ އޮޅުންގަނޑެއްތެރޭގައި ބަހައްޓާކަށް އަހަންނެއްވެސް ބޭނުމެއްނޫން… އެކަމަކު އަހަރެން ބިރުގަންނަނީ އޭނާއަށް ހަގީގަތް އެނގުނީމަ ދެންވާނެ ގޮތަކާ ދޭތެރޭ…” ލީނާގެ އަޑުގައި ހާސްކަން އެކުލެވިފައިވެއެވެ.

“ހުރިހާ ކަމެއްވެސް ވާނީ މާތް ﷲ އިރާދަކުރެއްވިއްޔާ ރަނގަޅަށް…. ދެން ހިނގާ ނިދަން އުޅެމާ…”

މަންމަމެން އެދައްކަނީ ކޮން ހަގީގަތެއްގެ ވާހަކަ ބާވައޭ ލިމްޝާގެ ހިތަށް އެރިއެވެ. އޭނާގެ ސިކުނޑިވަނީ ސުވާލުމާކު ތަކަކުން ފުނިޖެހިފައެވެ.

ނުނިމޭ

Share Article

Follow Me Written By

Eemyaa

Level 810 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ހިތް ނުރޮއްވާ… (31)

Next

ޝިކާރަ

Next
December 29, 2014

ޝިކާރަ

Previews
December 28, 2014

ހިތް ނުރޮއްވާ… (31)

12 Comments!

  1. ummi says:
    December 29, 2014 at 3:49 pm

    owww v v reethi mi bai vesss alhe haadha kurey mi baiii..
    aneh bai avahah up kohdhehche plxxxx v salhi stry eh miiiii ♥♥♡

  2. eemiyaa says:
    December 29, 2014 at 3:57 pm

    Thanks ummi. 🙂
    next part miah vure dhigu kohleveytho v balaanan…

  3. Anonymous says:
    December 29, 2014 at 4:01 pm

    Wowww!!!!

  4. aish says:
    December 29, 2014 at 6:34 pm

    next part dhigu kohlachey ingey varah reethi 🙂

  5. Maash says:
    December 29, 2014 at 8:30 pm

    Story v nice but a little short
    Hope you will update soon

  6. YeEn says:
    December 30, 2014 at 9:20 am

    Week ge kon dhuvas thakehga tho vaahka genedheny !

  7. immmu says:
    December 30, 2014 at 10:52 am

    Hello eemiya. You once again. I didnt notice. By the way. The story is very cute. Love it.

  8. eemiyaa says:
    December 30, 2014 at 2:51 pm

    Thanks anonymous, aish, maash, yeen n immmu..

  9. eemiyaa says:
    December 30, 2014 at 2:56 pm

    YeEn.. ehn vaki bunedheykah neyge.. ekm eem mi balany 1 day dhookohfa next day ga next part genesdheveytho.. ekamvs dhimava kamehge sababun lasvumakeevs ekasheegen vaakameheh.. ehnve vaki dhuvasthakeh kanda elhigen bunan neygeny.. 🙂

  10. maee says:
    December 31, 2014 at 11:15 am

    masha allah!!!! v.salhi vahakaeh!! luv this story!!!!!!!!!!!

  11. shooty says:
    December 31, 2014 at 1:50 pm

    Wwwwwwwowwwwwwwww

  12. eemiyaa says:
    January 1, 2015 at 3:06 am

    Thanks maee nd shooty.. 🙂

Comments are closed.


All Right Reserved!