Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތަކުން ނުފިލާނެ 32

BONDAY Level 210 Stories
August 12, 2015 3 Mins Read
20 Comments

” ދަރިފުޅާ…! ވަރަށް ތަދުވޭތަ…؟ ” ފާޒިން ރޫމަށް ބަދަލްކޮށް ހުރިހާ ނަރުސްކުދިން ނިކުމެގެން ދިއުމުން ވަދީފާ އައިސް ފާޒިންގެ ބޮލުގައި ފިރުމާލަމުންބުނެލިއެވެ. ފާޒިން އެއްވެސް ޖަވާބެއްނުދީ ބަލައިލީ އެނދު ކޮޅުގައި ފާޒިންއަށް ބަލަހައްޓައިގެން ހުރި މައިޝާއަށެވެ.

” ދަރިފުޅަށް އެނގޭތަ ކޮންބައެއްކަން ދަރިފުޅަށް ހަމަލާ ދިނީ…؟ ” އާމިރު ކައިރީގައި ހުރި ގޮނޑީގައި އިށީންނަމުން އަހާލިއެވެ.

” މާސްކު އަޅައިގެން ތިބީ…؟ ކޮންބައެއްކަމެއް ނޭގެ…! އިސްކޮޅުން އެހާދިގެއްވެސްނޫން…! އާދައިގެ ވަރެއް ދެމީހުންވެސްވާނީ….! ” ފާޒިން ރޭގައި ހިނގާދިޔަ ހާދިސާ ހަދާންކުރަމުން ބުނެލިއެވެ.

” ޕޮލިހުން އަންނާނެ ދަރިފުޅުގެ ކައިރިން މައިލޫމާތު ހޯދަން…! ދަރިފުޅަށް ދެންފެނުނު އެއްޗެއް ކިޔާދީ..! ” އާމިރު ގޮނޑީގައި ހަމަޖެހިލަމުން ބުނެލިއެވެ. ކޮންމެ ގޮތެއް ހަދާފައިވެސް އާމިރު އެމީހުން ހޯދަންބޭނުމެވެ. ނަމަވެސް މާސްކު އަޅާފައި ތިބިވާހަކަ ބުނުމުން އާމިރުގެ ހިތުގައި އޮތް އުންމީދުމުޅިން ކުޑަވެގެން ދިޔައެވެ.

” ދަރިފުޅު ދެން އެއްޗެއް ކާލައިގެން ނިދަންވީނު…! މާގިނައިރު ހޭލާއުޅެގެން ކަމަކު ނުދާނެ…! ” ވަދީފާ ފާޒިންގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.

” އާމިރޫ ގެއަށް ދާންވީނު ފާޒިން ކާނެ އެއްޗެއް ހަދާލައިގެން އަންނަން…! ދަރިފުޅު މަޑުކުރޭ މިތާގަ…! މަންމަމެން އަންނާނަން ގެއަށް ގޮސްފައި…! ” ވަދީފާ މައިޝާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. ވަދީފާމެން ނިކުމެގެން ދިއުމުން މައިޝާއައިސް ފާޒިންގެ ގައިމަތީގައި އަޅާފައި އޮތް ބެޑްޝީޓު ހިއްލާލަން ހިފާލިވަގުތު ފާޒިން މައިޝާގެ އަތުގައި ހިފަމުން ބޯހޫރާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. އެވަގުތު މައިޝާ ހިފަހައްޓައިގެންހުރި ކަރުނަތައް އޭގެ މަގާމް ދޫކޮއް ފައިބަންފެށީ އިތުރަށް ކެއްނުވެގެންނެވެ. ފާޒިން މައިޝާ ގެނެސް އޭނަޔާއި ކައިރިކޮއްލީ އެދެމެދަށް ވައިވެސް ނުވަންނަ ވަރަށެވެ. ފާޒިންގެ ހޫނުނޭވާ މައިޝާގެ ކޯތާފަތްމައްޗައް އެޅެމުންދިޔައިރު މައިޝާވެސް އިނީ ދުރައްދާން ބޭނުންނުވެފައެވެ. އެހުރިހާ ދުވަސްކޮއްފައި ފާޒިންގެ ފަރާތުން ލިބެމުންދިޔަ އެމީރު ފޮނިކަމުގެ ސަބަބުން މައިޝާގެ ހިތުގައި އުފެދިފައިވާ ފާރުގަނޑު މުޅިން ރަނގަޅުވިކަހަލައެވެ.

” ތަދުވެދާނެ…! ” ފާޒިންއާއި ކުޑަކޮއް ދުރައްޖެހިލަމުން މައިޝާ ބުނެލިއެވެ. އެވަގުތު ކޮޓަރީގެ ދޮރު ހުޅުވާލާފައި  ޔުނީފޯމުގައި ތިބި ފުލުހުންގެ ދެމީހުން އެތެރެއަށްވަނެވެ. މައިޝާ ހަމަޖެހިލަމުން ކުޑަކޮއް ދުރައްޖެހިލީ ވަތް ފުލުހުންނަށް ތަންދެއްކުމުގެ ގޮތުންނެވެ. ފުލުހުން ހުރިހާ ސުވާލެއްކޮށް ނިމެންދެން އެނދުގެ އެއްކޮޅުގައި މަޑުކޮއްލައިގެން މައިޝާ ހުއްޓެވެ.

” ކޮންތާކު ތިހިރީ…؟ އަހަރެން ބޭނުން ކަލެއާ ހަމަ މިހާރު ބައްދަލުކުރަން…! ” އިންހާ ފޯނުން ވާހަކަ ދައްކަމުންދިޔައިރު ހުރީ ވަރަށް ރުޅިއައިސްފަކަން އޭނަގެ އަޑުން އެނގެއެވެ. އެކޮޅުން ވާހަކަ ދެއްކި ޒުވާނާ މިދަނީކަމަށް ބުނުމުން އިންހާ ފޯނުކަނޑާލިއެވެ. އެކުޑަ ކުޑަ ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލަ އިންހާ ހުރިއިރު މުޅި މީހާ ވަނީ ދާހިއްލާ ފޯވެފައެވެ.

” ކަލޭ ދޯ ފާޒިންގެ ގައިގައި ވަޅިއެޅީ…؟ ދޮގުނުހަދާ ބުނޭ…؟ ” ރުޅިއައިސްގެން އިންހާގެ މޫނުވަނީ ރަތްވެފައެވެ. އެއްވެސް އެއްޗެއް ނުބުނެ މަޑުމަޑުން ދޮރުލައްޕާލާފައި އެޒުވާނާ ކޮޓަރި ތެރެއަށް ވަނެވެ.

” ސްސްސްސްސްސްސް…! މާބާރަށް ހަޅޭލަވާނެ ކަމެއް ނެތް…! މަކުރަންވާ ކަމެއް އެނގޭނީ މަށައް.. ކަލެއަކަށް ނޫން…! ” ކައިރީ ހުރި ގޮނޑިއެއްގައި އިށީންނަމުން އެޒުވާނާ ބުނެލިއެވެ. އެޒުވާނާގެ މޫނުމަތީގައި ވަނީ ނުލަފާ ހިނިތުންވުމެކެވެ. އޭނަގެ މޫނު ފެނުމުންވެސް އޭނާ އިނީ ހަމަހޭގައި ނޫންކަން އިންހާއަށް ވިސްނުނެވެ. އިންހާއަށް އިތުރަށް އެއްޗެއް ބުނަން ނުކެރުނީ އިންހާއަށް އިނދެވުނުތަން ވިސްނުމުންނެވެ. އެވަގުތަށް އެންމެ ބުއްދިވެރި ގޮތަކީ ބަހެއްނުބުނެ އިނުންކަން އިންހާއަށް ވިސްނުނެވެ. އެހެން ނޫންނަމަ ކަންތައްވާނެ ގޮތެއްވެސް ނޭގެއެވެ.

” ދެން ޕޮލިހުން ހޯދަން އުޅެފިއްޔާ…؟ ” މަޑުމަޑުން އިންހާ އަހައިލިއެވެ. އެޒުވާނާ ސިގިރޭޓެއް ނަގާރޯކޮއްލީ އިންހާއަށް ބަލަހައްޓައިގެން އިނދެއެވެ. ޒުވާނާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން އިންހާ ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. މަޑުމަޑުން ހިނގާފައި ގޮސް ކޮޓަރިން ނުކުތް އިރުވެސް އެޒުވާނާ ހަމަ އެއިންގޮތަށް އިނެވެ. ހަނިގޯޅިގަނޑެއްގެ ތެރެއިން ލާފައި އިންހާ ހިނގަމުން ދިޔައީ ފުދޭވަރަކަށް ބާރަށެވެ. މަގުމައްޗައް ނިކުމެވުމާއެކު އަވަސް އަވަހަށް ޓެކްސީއަކަށް އެރީ އެހިސާބުން އަވަހަށް ދިއުމުގެ ބޭނުމުގައެވެ. ދޮރުހުޅުވާލާފައި ވަތް އިންހާ ފެނުމުން ފާޒިން ކައިރިއަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. އޭރު އެތަނުގައި ފާޒިންމެންގޭގެ އެންމެވެސް ތިއްބެވެ. މައިޝާއަށް އިންހާފެނުމުން އިސްޖަހާލެވުނީ ފާޒިންއާއި ދިމާލަށް ބަލާލަމުންނެވެ.

” ބޮސް…! ކިހިނެއް…؟  ” ހިނިތުންވެލަމުން ފާޒިން ކައިރީގައި އަހައިލިއެވެ. ފާޒިންވެސް އިންހާ ކުރި ސުވާލަށް ދިން ޖަވާބު ފިޔަވައި އިތުރު އެއްވެސް އެއްޗެއް ނުބުނެވެ. އަތުގައި އޮތް ބޮޑު މާބޮނޑި ކައިރީގައި ހުރި ސައިޑް ޓޭބަލްމަތީގައި ބާއްވާލާފައި މައިޝާ ބަލާލަމުން އިންހާ ހިނިތުންވެލިއެވެ. އިންހާ ވަދީފާއަށް ހިނިތުންވުމެއް ހަދިޔާ ކުރަމުން ނިކުމެގެން ދިޔައީ ފާޒިން އޭނައާއި ވާހަކަ ނުދެއްކުމުންނެވެ. އިންހާ ނިކުމެގެން ދިއުމުން ފާޒިން މައިޝާއަށް ބަލާލިއިރު މައިޝާވެސް ހުރީ ފާޒިންއަށް ބަލަހައްޓައިގެންކަމުން އެވަގުތު މައިޝާގެ މޫނުގައިވީ ހިތާމަވެރި އަސަރުން ފާޒިންގެ ހިތަށް ވަރަށް ތަދުވިއެވެ.

ފަޒީލްމެންނަށް ރާއްޖެ އާދެވުނީ އެރޭ އަށެއް ޖަހަން އުޅެނިކޮށެވެ. ގެއަށްވެސް ނުގޮސް ފުރަތަމަވެސް ދިޔައީ ހޮސްޕިޓަލަށެވެ. އަވަސް ކުރަން ހަދައިގެން އަންނަ ވާހަކަވެސް އާމިރުމެން ކައިރީގައި ފަޒީލަށް ބުނެނުލެވެއެވެ. ކައުންޓަރަށްގޮސް މައުލޫމާތު ސާފްކޮއްލައިގެން ފާޒިން އޮތް ޕުރައިވެޓު ކޮޓަރިއާއި ދިމާލަށް ފަޒީލް ހިނގައިގަތްއިރު މާލްގެ އަތުގައި ހިފައިގެންހުރި ސިފާ ވެސް އޭނަޔަށް ހިނގުނު އެންމެ ބާރަކަށް ހިނގަމުންދިޔައީ ފަޒީލްއާއި އެއްވަރުކުރުމުގެ ބޭނުމުގައެވެ.

” ފަޒީލް… ތަންކޮޅެއް މަޑުން ހިނގާބަލަ…! ” ކުރިއަށްގޮސް ގޮސް ހުރި ފަޒީލް ބަލާލުމުން ސިފާ ބުނެލިއެވެ.

ފާޒިން އޮތް ރޫމްނަމްބަރ ފެނުމުން ފަޒީލްގެ ހިނގުން އަނެއްކާވެސް  ބާރުވިއެވެ. ނަމަވެސް މިފަހަރު ސިފާ އަޅާނުލާ ދިޔައީއެވެ. ފަޒީލްގޮސް މަޑުމަޑުން ދޮރުހުޅުވާލިއެވެ. އެއް އަރިއަކަށް ފާޒިން ނިދާފައި އޮތްއިރު މައިޝާވެސް އެނދުގައި ބޯއަޅާލައިގެން ނިދާފައި އޮތެވެ.

Share Article

Follow Me Written By

BONDAY

Level 210 Stories

Other Articles

Previous

ތީމަގޭ މިހަޔާތުގާއިވާ ހަމައެކަނި އުއްމީދަކީ….3

Next

ހިތަކުން ނުފިލާނެ 33

Next
August 12, 2015

ހިތަކުން ނުފިލާނެ 33

Previews
August 12, 2015

ތީމަގޭ މިހަޔާތުގާއިވާ ހަމައެކަނި އުއްމީދަކީ….3

20 Comments!

  1. ihthu says:
    August 12, 2015 at 11:30 am

    Mi part ves reethi vaane kamah hykuran

    1. Meekail says:
      August 12, 2015 at 6:04 pm

      heekureema reethi vaane thaa dw

  2. shara says:
    August 12, 2015 at 11:36 am

    v v v reethi.
    next part avahah up kohdhehchey

  3. naax says:
    August 12, 2015 at 11:48 am

    Nice.. Next part avahah up kohdhecchey plx.

  4. shiha says:
    August 12, 2015 at 11:56 am

    thanks!! so happy thihaa avahah up kohdhinyma….. bt adhi vx kuru..

  5. Thoo says:
    August 12, 2015 at 12:48 pm

    One of the best stories i ve read!!! Cant wait for yhe other part!! Avahah up kohdheynan dho ihthu!!! ??

    1. Meekail says:
      August 12, 2015 at 6:04 pm

      thee vrh ves baa dilouge eh new ehcheh use kohlinama.. mrs thoooooooo

  6. ayya says:
    August 12, 2015 at 1:10 pm

    Foohi filuvaalan mivareh nei. Avhah up cohlaa. Tnx

    1. Meekail says:
      August 12, 2015 at 6:03 pm

      foohi filuvan ehen kanthah ves hunnane

  7. Mn says:
    August 12, 2015 at 2:17 pm

    Mi ah vure dhigukoh vaahaka upload nuve veynetha…
    v reethi mi part vx

  8. shaany says:
    August 12, 2015 at 4:30 pm

    Varah reethi ♡♡♡♡

    1. Meekail says:
      August 12, 2015 at 6:02 pm

      shaan ah amilla nan jahan nukeruneetha

  9. kayaani says:
    August 12, 2015 at 4:59 pm

    vrh reethi waiting for the next part

    1. Meekail says:
      August 12, 2015 at 6:01 pm

      ehentha ekam mi story ah vure ma ves maa reethi vaane. mashah wait kuran veenu.

  10. emiliya says:
    August 12, 2015 at 5:02 pm

    varah reethi

    1. Meekail says:
      August 12, 2015 at 6:01 pm

      ehkala majaanan. aharen dheke loabi vegen abadu handhaan kuraa kujjaa dw thee..

  11. aroo says:
    August 12, 2015 at 5:24 pm

    wow… ihthu u r d best… 🙂

  12. Bug says:
    August 12, 2015 at 10:23 pm

    Anyone else cannot open part 33?

  13. Amazing says:
    August 13, 2015 at 1:39 am

    Yeah…even I can’t open part 33.

  14. Kaidha says:
    August 13, 2015 at 2:07 pm

    meekail haadha jobless ey dho? 😛

Comments are closed.


All Right Reserved!