އިންތިޒާރު 44
އަޅުގަނޑުމެން މިއައީ ޒާޔާ ފުރުވާފަ، ޒާޔާބޭނުން ނުވީ އެއްވެސް މީހަކަށް އެނގެން، އޭނައަކަށް ނޭނގޭނެ ރޭގަވީ އެއްވެސްކަމެއް، އަޅުގަނޑު ނުބުނަން، މަމްއަށް އެނގޭނެ ޒާބޭނުންވާގޮތަށް އަޅުގަނޑު ކަންތައް ކޮށްދޭނެކަން، އޭނަ ބޭނުންވީ އެނބުރި ރާއްޖެދާން،” ޒަޔާން ދެރަވެފަހުރެ ބުނެލިއެވެ.
“އެކަމަކު ޒަޔާންއަށް އޮތެންނު ޒާޔާ ހުއްޓުވަން ފުރުސަތު، ދެންކީއްވެގެން ޒާޔާ ނުހުއްޓުވީ، ރާއިންވެސް އެއޮންނަނީ ކޮޓަރީގަ، ގޮވީމަ އަނަގައިންވެސް ނުބުނޭ” ރާއިންއަށް ގޮވާގޮވާ ޚަބަރެއް ނުވުމުންވެސް ޔަޝްރާ ހުރީ ބޯގޮވާވަރުވެފައެވެ. ޒަޔާން ވިސްނަދިނީ އެވަގުތު އެހަށް ރާއިންއަށް އެކަނި ވަގުތުދިނުމަށެވެ. ޒަޔާން ކަންތައްކުރިގޮތުން ޔަޝްރާހުރީ ވަރަށް ހިތްހަމަނުޖެހިފައެވެ. ނަމަވެސް އެވަގުތު އިތުރު އެއްޗެއް ބުނުމެއްނެތި އެތަނުންދިޔައީ ޒާޔާ ރާއްޖެ އެނބުރި ގޮސްފިކަން ޔަގީންވުމުން އެކަން ޔާސިރުއަށް އެންގުމަށެވެ.
ހެނދުނު 11 ޖެހިއިރުވެސް ރާއިން އެނދުން ނުތެދުވެ އޮތްގޮތަށް އޮތެވެ. ބަނޑުހައިވެސް އޭނަ ނުވާކަހަލައެވެ. ޔަޝްރާ ހެނދުނު ގޮވުމުންވެސް އޭނަ އަޅާނުލާ އޮތީއެވެ. އެއްވެސް މީހަކާ ކުރިމަތިލާން އޭނަ ބޭނުން ނުވީއެވެ. ރޭގެ ގިނަވަގުތެއް ނުނިދާ ވިސްނަން ހޭދަކުރުމުގެ ސަބަބުން ލޯވެސް ވަނީ ކުޑަކޮށް ދުޅަވެފައެވެ. ބޯވެސްވަނީ ހޭވިފައެވެ. މޫނުމަތިން ފެންނަނީ ގޮތްހުސްވެފައިވާ މަންޒަރެވެ. ޔާސިރު ރާއިންއަށް ގޮވަންއެކޮޓަރި ކައިރިއަށް އައީ ހެނދުނު ގެއަށް އައުމުން ޔަޝްރާ ޝާންގެ ވާހަކަ ދެއްކުމުންނެވެ. އަދި ސަލްމާގާތަށް ރާއިން ގެންދަންވެސް ބޭނުންވެފައި ހުރީމައެވެ.
ދޮރުގައި ދެތިންފަހަރު ޓަކިޖެހުމުންވެސް އެއްވެސް ހަބަރެއް ނުވުމުން ޔާސިރު ރާއިންގެނަމުން ދެފަހަރަކު ގޮވާލިއެވެ. ރާއިން އެނދުން ފުއްމައިގެން ތެދުވިއެވެ. މޫނުގައި އަތްހާކާލަމުން ބޮލުގައިވެސް އަތްފުނާއަޅާލަމުން ދޮރުހުޅުވާލިއެވެ. ކުރިމަތީގައި ހުރި ޔާސިރުފެނިފައި އިސްޖަހާލިއެވެ. ދަރިފުޅުހުރިގޮތް ފެނުމުން ޔާސިރު ކިތަންމެހައިވެސް ދެރަވިއެވެ. އަބަދުވެސް ސްމާރޓްކޮށް ހުންނަން ލޯބިކުރާ ކުއްޖާ މިއަދު އެހުރީ ކިހިނެތް ހެއްޔެވެ؟ މޫނުމަތިންވެސް އެއްވެސް އުޖާލާކަމެއް ނުފެނެއެވެ. އިތުރުއެއްވެސް އެއްޗެކޭ ނުބުނެ ހަމައެކަނި ބުނެލީ ރެޑީވެލައިގެން ތިރިއަށް ފޭބުމަށެވެ. ޔާސިރު ދިޔަތަން ބަލަންހުރެފައި އަވަސްއަވަހަށް ރާއިން ދޮރުލެއްޕިއެވެ. އަދި ފާޙާނައަށް ވަނެވެ. އޭނަގެ ކޮންމެހަރަކާތެއްވެސް ވަނީ އަވަސްއަރުވާލާފައެވެ. ޓީޝާޓަކާއި ޖިންސެއްލައިގެން އަވަހަށް ކޮޓަރިން ނުކުތްއިރު ޔާސިރު އިނީ ތިރީ ސޯފާގައެވެ.
ސޯފާކައިރިއަށް ދިއުމުން އިށިއިންނަން ބުނިއިރު ޔަޝްރާ އޭނައަށް ކޮފީހަދައިގެން އާދެއެވެ. ޔާސިރު އިނީ ކޮންމެވެސް މީހަކާ ފޯނުން ވާހަކަ ދައްކަންކަމުން ރާއިން މަޑުންއިނދެ ކޮފީ ބޯންފެށިއެވެ. އެތާގައި އެކަކުވެސް ނެތުމުން އޭނައަށް ހަމަޖެހިލައިގެން އިނދެވުނެވެ. ޔާސިރު ފޯނު ބޭއްވުމުންވެސް ރާއިންއިނީ ވާހަކަ ދައްކަން ނުކެރިފައެވެ. ކުޑައިރުކޮޅެއްފަހުން ޔާސިރު އޭނައާއެކު އައުމަށް ބުނުމުން ހިނގައިގަތީވެސް ދެފިކުރެއްގައި ހުރެގެންކަހަލައެވެ.
ކާރުގައި އިންއިރުވެސް ދަނީ ކޮންތަނަކަށްކަން ރާއިންއަށް އެނގޭ ކަހަލައެވެ. ހޮސްޕިޓަލާ އަރާހަމަވުމުން އެހުރިހާއިރު މަޑުންއިނދެފައި ރާއިން ވާހަކަ ދައްކަންފެށިއެވެ.
“ބައްޕަބޭނުންވަނީ އަޅުގަނޑު ދުރަށްދިއުމަށްކަމަށް ވަންޏާ އެގޮތްވެސް އެންމެ ރަނގަޅު، އެނގޭ މަންމައަށް އުނދަގޫވާނެކަން، އެނގޭ މަންމަ މާފްކުރަން ބޭނުންވެސް ނުވާނެކަން،……” ރާއިން ބުނަންއުޅުނު އެއްޗެއް އަޑުއަހަން ޔާސިރުއިނެވެ. ރާއިންގެ އަޑުވެސް ވަނީ ކޮންމެވެސް ވަރަކަށް ކުރަކިވެފައެވެ. “…އަޅުގަނޑު އުޅެނީ ޔާނާއާ ރައްޓެހިވެގެނެއްނޫން…އަޅުގަނޑު ލޯބިވަނީ ޒާޔާދެކެ…ބައްޕަ ގަބޫލިއްޔާ އަޅުގަނޑުބޭނުން ޒާޔާއާ ގުޅެން” ދެލޯމަރާލުމަށްފަހު ރާއިންބުނެލިއެވެ. ނަމަވެސް ޔާސިރު އެއްވެސް އެއްޗެކޭ ނުބުނެ އިނީއެވެ.
“މަންމަ ބޭނުންވޭ ވާހަކައެއް ދައްކާލަން، އެއަށްފަހު ތިކަމާވާހަކަ ދައްކާނީ..” ކާރުން ފޭބުމަށްފަހު ރާއިންއަށް ބަލާލަމުން ޔާސިރު ބުނެލިއެވެ. މާޔޫސްވެފަ ހުރެގެން ރާއިންވެސް އޭނަފަހަތުން ހިނގައިގަތެވެ. އަނެއްކާ މިހާރު އެއުޅެނީ ކޮންކަމެއްވާން ބާއޭ ހިތާހިތުންކިޔާލިއެވެ.
ސަލްމާ އެޑްމިޓް ކޮށްފައި އޮތްކޮޓަރިއަށް ވަތްއިރު އެތާގައި ޝާންއާއި ސާނާ ތިއްބެވެ. ރާއިން ގޮވައިގެން އައުމުން ޝާންވެސް ހިތްހަމަޖެހުނެވެ. ކުޑައިރުކޮޅަކު ތިބުމަށްފަހު އެދެމީހުން ނުކުތެވެ. އެނދުކައިރީގައި ހުރި ގޮނޑީގައި ޔާސިރު އިށިއިންނަމުން ރާއިންއަށް ގޮވާލިއެވެ.
“ޒާޔާކޮބާ” ސަލްމާގާތުގައި އިށިއިނުމަށްފަހު ރާއިންއާއި އޭނަ ސުވާލުކުރިއެވެ.
“ޒާޔާވާނީ ގޭގަނުން” ހައިރާންވެފަ ހުރެ ޔާސިރުއަށް ބަލާލަމުން ރާއިން ޖަވާބުދިނެވެ.
“ޒާޔާއެއް ނޫޅޭގެއަކު، ފޯނުވެސް ނިވާލާފަ އޮތީ، ރާއްޖޭގެ ނަންބްރު އަދިވެސް ނުހުޅުވާ، ޒަޔާން ބުނީ ޒާޔާ އެނބުރި މާލެ ފުރައިފިއޭ ރޭގަ، އެއްވެސް މީހެއްގެ ގާތުގަ ނުވެސްބުނޭ” ޔާސިރުވެގެން އުޅޭގޮތް ސާފުކޮށްދިނެވެ. ރާއިންއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ޒާޔާ ހަމަރަނގަޅަށްވެސް ދިޔައީހެއްޔެވެ؟ ނުދާންވީ ކީއްވެގެންހެއްޔެވެ؟ އޭނައަށް އެކުއްޖާގެ ހިތުގަ އެހާބޮޑަށް ޖެއްސިއްޖެއެވެ. ނަމަވެސް ޒަޔާންއަށް ޒާޔާ ދާންއުޅުނުކަން އެނގޭއިރު އޭނަ ކައިރީގައި ނުބުނީ ކީއްވެގެންހެއްޔެވެ؟ އޭނައަށް މިހާރު ޒާޔާކައިރިއަށްދެވެން ފުރުސަތު އެބައޮތެވެ. ޒަޔާން އެހެންކަންތައް ކުރަންވީ ކީއްވެގެންހެއްޔެވެ؟ ޖީބުތެރޭގައި އޮތް އަތްމުށްކަވާލެވުނީ އައިރުޅީގެ ސަބަބުންނެވެ.
“ރާއިންގާތުގަ ބުނޭ ޒާޔާ މިތަނަށް ގެންނާށޭ، ޒާޔާގެނެވޭނީ ރާއިންއަށް، ޒަޔާންވެސް މަޑުކުރާށޭ ބުނާނެކަން އެނގޭ އޭނަގާތު، އެކަމަކު ރާއިންކަންތައް ކުރިގޮތުން އެއްވެސް ކުއްޖަކު މަޑެއް ނުކުރާނެ، ރާއިންގާތު ބުނޭ އަހަރެންގެ މައާފްލިބޭނީ ޒާޔާކައިރިން އަހަންނަށް މާފަށް އެދެވުނު އިރަކުންނޭ” ސަލްމާ ދެއްކިވާހަކައެއް ދެއްކީ ޔާސިރުއާއެވެ. ރާއިންއަށް އަދިވެސް ހުރެވުނީ ވިސްނާށެވެ. ޒަޔާން ކަންތައްކުރިގޮތް ގަބޫލުނުކުރެވިފައެވެ. ޔާސިރު ރާއިންގެ ގާތަށްއައިސް ކޮނޑުގައި ފިރުމާލަމުން ބޭރަށް ހިނގައިގަތެވެ. “މަންމަ ބޭނުންވާގޮތް އެނގިއްޖެންނު، ދެން ރާއިން ކަންތައްކުރަންވީ…” ޔާސިރުގެ ޖުމްލަ ފުރިހަމަ ނުވަނީސް ރާއިން އެތަނުން ހިނގައިގަނެއްޖެއެވެ. ގޮވާލަން އުޅެފައިވެސް ބަލަހައްޓައިގެން ހުރީ އެގަޑީގައި ގޮވިޔަސް މަޑުނުކުރާނެކަން އެނގޭތީއެވެ.
“ރާއިންކޮބާ…” ކޮޓަރިތެރެއަށް އެހާއަވަހަށް ޔާއިރުވަނުމުން ސަލްމާ ސުވާލުކޮށްލިއެވެ.
“އެދިޔައީ ގެއަށް، އެނގެއެންނު ދެން އޭނަ އުޅޭނެގޮތް، ރުޅިއައިސްގެން އެދިޔައީ، ސަލްމާ ދެން އެހެންކަންތައްތަކާ ތިހާ ނުވިސްނަބަލަ…. އަވަހަށް ރަނގަޅުވެގެން ގެއަށްދާން ބޭނުންވާ މީހާތިއީ އެކަމަކު”
*****************
ހޮސްޕިޓަލުން ނުކުތްގޮތަށް ރާއިން މީކަކަށް ގުޅާލިއެވެ. ފޯނުން ކޮންމެވެސް ވާހަކަތަކެއް ދައްކާފަ ކާރަށް އެރިއެވެ. ބާރުސްޕީޑްގައި ކާރުދުއްވާފައި ދިޔަކާރު ހުއްޓީ ދޮރުމައްޗަށެވެ. ހަލުވިފިޔަވަޅުތަކެއްގައި ގޭތެރެއަށް ވަދެފައި ސިޑިން މައްޗަށް އަރަންފެށިއެވެ. އެމޫނުގައި ހުރިކުލަވަރުން ބަލާލި ކޮންމެމީހަކަށްވެސް އޭނައެހުރީ ކަމަކާ ވަރަށް ހިތްހަމަނުޖެހިފަކަން އެނގެއެވެ. އޭރު ޔާނާއާއި ޔަޝްރާ އަދި ސަނާ ސިޓިންގްރޫމުގައި ތިއްބެވެ. އެކަކު އަނެކަކުގެ މޫނަށް ބަލާލީ ކިހިނެތްވީބާއޭ ސުވާލުކޮށްލާ ފަދައަކުންނެވެ. ކުޑައިރުކޮޅަކުން ފެނުނީ ދަބަހެއް ހިފައިގެން ރާއިން ތިރިއަށްފައިބާ ތަނެވެ. ހައިރާންވެފައި ތިންމީހުންނަށްވެސް ތިބިތަނުން ތެދުވެވުނެވެ.
“ރާއިން ކޮންތާކަށްތިދަނީ….” ޔަޝްރާ އެންމެ ކުރިން ސުވާލުކޮށްލިއެވެ.
“ޒާޔާބަލާ ރާއްޖެއަށް….” ދޮރާއި ހަމައަށް އެރުމަށްފަހު ފަހަތަށް އެނބުރި ބަލާވެސްނުލާ ރާއިންބުނެލިއެވެ. އޭނަގެ ހިނގުމަށް ހުއްޓުމެއް ނުގެނެހެވެ. ޔަޝްރާ ގޮވާލުމުންވެސް އިތުރު އެއްޗެކޭ ނުބުނެ ދިޔައީއެވެ. ކަންތައްވީގޮތް އޮޅުންފިލުވުމަށް އޭނަދެން ގުޅާލީ ޔާސިރުއަށެވެ.
“ޒަޔާން… ރާއިން ހިނގައްޖެ ފުރަން…ޒާޔާބަލާ މާލެއަށޯ…ދެން” ކޮޓަރިއަށްވަދެ ޒަޔާންއަށް ގުޅާލުމަށްފަހު ފޯނުނެގުމުން އަވަހަށް ބުނެލިއެވެ.
“ކިހިނެތްވީ ކުއްލިއަކަށް”
“ނޭނގެ، ހެނދުނު ހޮސްޕިޓަލަށް ދިޔައީ އޭނަގެ ބައްޕައާއި އެކު…އައިގޮތަށް ދަބަސް ހިފައިގެން އެދިޔައީ، ޒަޔާންގެ މަމް ގޮވީމަވެސް އަޅާނުލާ ދިޔައީ” އިތުރަށް އޮޅުން ފިލުވައިދިނުމަށް ޔާނާ ބުނެލިއެވެ.
“ބަހައްޓާ އޭނަ، މާރުޅިގަދަވެފަކަންނޭނގެ އެހުރީ….” ޒަޔާން ހުރީ ހަމަޖެހިފައެވެ.
“އެކަމް އޭރުން…”
“އެހެންވިޔަސް އޯކޭއޭ… އެއްވެސް އެއްޗެކޭ ނުބުނެ ހުރެބަ” ޔާނާ ބުނަން އުޅުނު ޖުމްލަ މެދުކަނޑާލުމަށްފަހު ޒަޔާން ބުނެލިއެވެ. ޔާނާ ހިމޭނުން ހުރީ އިތުރު އެއްޗެކޭ ބުނަން ނުކެރިގެނެވެ.
“ހާދަ އަވަހަކަށް ތިޖޭވީ….” ލާނެތް ގޮތަކަށް ހީލާފައި ޒަޔާން ބުނެލިއެވެ. ޔާނާ މަޑުމަޑުން ނޫނެކޭ ބުނުމުން ޒަޔާންއަށް އިތުރަށް ހެވުނެވެ. ބިޒީވެއްޖެއޭ ކިޔާފަ ފޯނުބޭއްވީ އެހެންވެގެނެވެ. ޒަޔާން ފޯނުކަނޑާލުމުން މަޑުމަޑުން އަމިއްލަ ބޮލުގައި ޔާނާ ފޯނުން ޖަހާލިއެވެ.
ރާއިންއަށް މާލެދެވުނީ ޖެހިގެން އައިދުވަހުގެ ރެއެވެ. އޭނަބޭނުންވީ އެރެއިން އެރެއަށްވެސް ޒާޔާ ހުންނަ ރަށަށްދާށެވެ. ނަމަވެސް މަޑުކުރަން ޖެހުނީ އެރޭ ފްލައިޓުން ޖާގަ ނުލިބުމުންނެވެ. ހެނދުނު ޖާގަލިބުމުންވެސް އޭނަ ހުރީ ލަސްވެފައެވެ. ޒާޔާ ގާތަށް ދެވޭތީ ވާއުފަލާ އެއްވަރަށް އެހިތުގައި ބިރުވެރިކަމެއްވެސް ވަށައިގެން ވިއެވެ. ޒާޔާ ހާސިލްކުރަންމިހާރު އެއްވެސް ހުރަހެއް ނެތޭ ހިތްބުނާއިރު ޒާޔާއޭނަގެ ހިތުން ދެން އިތުރަށް ރާއިންއަށް ޖާގައެއް ނުދީފާނެއޭ ހިތަށް އެރިއެވެ. އެހިޔާލުތަކުން އޭނަގެ ހިތަށް ތަދުކުރަމުން ދިޔައެވެ.
އިރުއަރައިގެން އައިއިރު ރައިންހުރީ ފުރަންދާން ރެޑީވެގެނެވެ. އޭނަގެ ރައްޓެއްސަކު ގުޅާފައި ހަނިމާދުއަށް ދެވުމުން އޭނަ ރިސީވްކުރަން އަންނާނެ މީހާގެ ނަމާ ފޯނުނަންބަރު ކިޔައިދިނެވެ. އަދި ކެލާއަށް ދިއުމުގެ އިންތިޒާމްވެސް އޭނަ ހަމަޖައްސަދީފަ ވާނެކަމަށް ބުނެލިއެވެ. ގެއިން ނުކުތީއްސުރެ ރާއިންގެ ހިތުގެ ތެޅުން ހީވަނީ އަވަސްވެފައި ހުރިހެނެވެ. ޒާޔާކައިރިއަށް ގޮސްފައި ފުރަތަމަބުނާނީ ކީކޭބާއޭ ތަކުރާރުކޮށް ހިތާ ސުވާލުކުރިއެވެ. ނަމަވެސް އެހިތްވެސް ވަނީ މިއަދު ހިޔާލުތަކުން ފުރިފައެވެ. އާއިލާ އެކަކު ގަބޫލުނުވިނަމަވެސް މިފަހަރު ރާއިން ހުރީ ޒާޔާ ދޫކޮށްލާ ގޮތަކަށްނޫނެވެ. ފްލައިޓްގައި ހޭދަވި ދެގަޑިއިރުވެސް އޭނައަށްހީވީ ދެދުވަސްހެނެވެ. އޭނަހުރީ އެހާވެސް ކެތްމަދުވެފައެވެ.
ފްލައިޓުން މީހުންތައް ފޭބިއިރުވެސް އެންމެކުރީގައި ހުރީއޭނައެވެ. ކޮނޑުގައި އަޅުވާލެވިފައިވާ ބެކްޕެކް ނޫން އެހެންއެއްޗެއް ނުގެންނާތީ އެންމެކުރިންބައިގައި އެރައިވަލްސް ގޭޓްއިން އޭނައަށް ނުކުމެވުނެވެ. ފޯނު އޮންކޮށްލުމާއިއެކު އޭނަގެ ރަހުމަތްތެރިޔާ ދިންނަންބަރަށް ގުޅާލިއެވެ. ރާއިންހުންނަގޮތް ކިޔާދީފައި ހުރުމުގެ ސަބަބުން އެމީހަކަށްވެސް ދާދިފަސޭހައިން ރާއިން ފެނިއްޖެއެވެ. ފޯނު ކަންފަތުގައި ޖަހާލައިގެން ރާއިންކައިރިއަށް އައިމީހާ ފެނުމުން ރާއިން ފޯނު ކަނޑާލިއެވެ.
“މުއާޒް… އިއްމަގެ ފޮނުވައިގެން… ރާއިންދޯ” އެމީހަކު ސަލާމަށް އަތްދިއްކޮށްލަމުން ތައާރަފްވެލިއެވެ. ރާއިންވެސް ސަލާމްކޮށްލަމުން ބޯޖަހާލިއެވެ. ލޯންޗްއޮތީ ރެޑީގައިކަމަށް މުއާޒްބުނެލިއެވެ. އެއާއިއެކު ރާއިން ބޭނުންވީ އެންމެ ސިކުންތެއްވެސް މަޑުނުކޮށް އެދިމާއަށް ހިނގައިގަތުމަށެވެ.
މޫދުގެ ލޮނުގަނޑު ކަފަމުން ބާރުސްޕީޑްގައި ލޯންޗް ކެލަޔަށް ދަތުރުފެށިއެވެ. ރާއިން އިނީ މޫދާއި ދިމާބަލަހައްޓައިގެން ވިސްނުމެއްގެ ތެރޭގައެވެ. އިރުއިރުކޮޅާ އަތުގައި އޮތްފޯނުން ޒާޔާގެ ފޮޓޯއަކަށް ބަލާލައެވެ. އެދެލޯ ފެންކަޅިވިއިރުވެސް އޭނައަކަށް ނޭނގުނެވެ. ގަޑިއެއްގެ އިރުހާއިރުފަހުން އެމީހުންގެ މަންޒިލަށް އާދެވުނެވެ. ރާއިންގެ ތުންފަތްމައްޗަށް އިހުތިޔާރަކާނުލާ ހިނިތުންވުމެއް ވެރިކުރުވިއެވެ.
“ކީއްވެގެން މިމަޑުކުރަނީ…” ލޯންޗުން ފޭބުމަށްފަހު މުއާޒް މަޑުކޮށްގެން ހުރުމުން ރާއިންއަށް އަހާލެވުނެވެ.
“މަށަކަށްވެސް އަސްލުނޭނގޭ އެގެއެއް…. އެބައާދޭ ފްރެންޑެއް ސައިކްގަ، އެމީހުންނާއެކު ދާނީ..” މުއާޒް އޮޅުންފިލުވައިދިނެވެ. މުއާޒްބުނިގޮތަށް ކުޑައިރުކޮޅަކުން ދެސައިކަލުގައި ދެމީހުންއައެވެ. މުއާޒް އަންނާށޭ ބުނުމުން ރާއިންވެސް އެތަނުން މީހެއްގެ ސައިކަލުފަހަތަށް އެރިއެވެ. މުއާޒް ބުނި އެޑްރެހާދިމާއަށް އެމީހުން ދުއްވާލިއެވެ. ފަސްވަރަކަށްމިނެޓްފަހުން ސައިކަލު މަޑުކުރީ އާދައިގެ ގޮތަކަށް ހަދާފައި ހުރި ގެއެއްގެ ދޮރުމައްޗަށެވެ. ވަށާފާރު ރާނާފައިވަނީ ތިރިކޮށްކަމުން ގޯތިތެރެފެންނަން އޮތެވެ. ގިނައަދަދަކަށް މާގަހާއި އެހެނިހެން ވައްތަރުގެ ގަސް އެތާގައި ހައްދާފައި ހުއްޓެވެ. ސައިކަލުން ފައިބަމުން އެއީ ރަނގަޅުގެތޯ މުއާޒް އަދިވެސް އެއްފަހަރު އެމީހުންގާތުގައި އެހިއެވެ.
“އެމް ހިޔަރ ޒާޔާ….” ރާއިންއަށް ހިތާހިތުން ކިޔާލެވުނެވެ. ސަލާން ގޮވައިލަމުން ދެމީހުން އެތެރެއަށް ވަނެވެ.
101 Comments!
Comments are closed.
Nice
Plx next part avaha up koba. ..
V kuyaahivey mi vaahaka. ..
HHA RAAIN AH LANDEKOA….HAHA MAA LAS INGEY UP KURAALEH..BUT NICE 😀
Nice.. Dhen vaahaka nimmaalaa.. mihaaru maa dhigu vejje..
Lol!!! Raain ah ekamu haadha varugadha landekey e dhiny mi zayaan gandu!!! But he deserves it!!! **evil smirk**
mihaaru den vaahaka digu damaneee…..
v.nice. mi story kiyan inthixaar ves kuran jehey dho
assu vx dhw lif?…maa bodah dhw !!
assu vx dhw lif?
hmmm ur right..
maa ginain inthixaar kuran jehenyaa vaahaka mathin vx fuhi vedhaane dhw lif……….
Ur right… Xo tha thy? Do i knw u?
Ekamaku haadha lahey dho mi vaahaka up vaalei inthizaaru kurevey hama….
Nice
Mi site in up kuraa enme rythi vaahaka. Mi vaahakaige namaa kiyun therinnaa vvv gulhey. Inthixaaru kohkoh balivaa fahun parteh up vany. Huri hithaama ehge bodukamaa eve. . . . .
Pleeès avaha up koh dhyeee baaaaa. Mi paet v v v reethi.inthixaarey othy iy edey thy.
keehvetha mi story ehaa lahun up kuranyy…nxt part avahah up kohdhehchey plzzzzzzzzz
(like eh dheefin thiyah)
raain athun zayaan maru kanneynge vaany :p thankolheh avahah update kollaathi next part.. mulhi internet gaves noolheyne mihaa slow koh update vaa vaahaka eh 😛 LOL
varah salhi but up vaalai maa las waiting waiting for the next part plx upload it fasttt……… <3 <3
Asluwx dhw…. Mibaiwes v nice….
Alheyyy next part varah avaha up kohdhecheyyy please ?
v reethi…. thankolheh avahah up kohlan v nun
V.nice.. Dark angle
y r u steelin my name???
Enme meehehh nooney shaan kiyaa ulheynyy
Swry swry :’)
nice
next part up kurany kn irakun??? avahah up kohladhy…. mi vaahaka up vaane irakah inthizaaruga mi huryy……. love ur story………
varah reethi Dark angle
Next prtt av as plx
hi lif !!!!! hws u?
hi lif !!!!! hws u?
m fine… where ix xoyaa
m here
xoyaaaa!
adhivesh mivaahaka gadu nunimeytha!
hey guys? hw r u.can i join with you guys.
hw r u?
fine.u
hmm …..ehaa lahun chapters thah nikunnanyy vx….. dhn ehn nuny inthixaar nukoh ninmaalan v thr dhw?
huh.. dark angle, xo e ey v.dark kujjeh. so dnt care abt her!!!! xo can u come to our chat page??
hmm
hw r u xo??
xoyaaaaaaaaaaaaaaaaaaaa……………………………….
hmm gd gd btw lif kihineh thr….
hmm xayaa kihineh v dhunyaa…
bodu xoyaagadaa, comment nukoh vaahaka kiyaabila!thy then boduvaru ingey!!!!!!!!!!!
vaahaka kiyaa ninmaafaeyy mign comment kuranyy mishkoo n hw abt u..
2day kudakoh boring.
assu vx dhw v boring eyyy…
heyy kobr mishko.. dhiyaeyy thr n haadha avahakah e dhiyaeyy
hey u guys hadha vayeyy dhw… minuteh nuvanyx chat kohlaafa thi dhany .. u guys r very boring …..
We are not… Xo minute eh noon gadi ireh baa iru bes reply nufonubey. Dhen kihineko chat kurany??
Konirakun tha next part up vaany… vrh vrh reethii mivaahaka 🙂
Manjey… kober avaskohbala.. hurevenyky nooney mi up nuvegen..
Thedheh thibuny. I like it..
Waahaka adhis up kuran nuveytha ? Haadhahaavaa inthizaarekey thi kuruvany :/
Waahaka adhis up kuran nuveytha ? Haadhahaavaa inthizaarekey thi kuruvany :/
hadha lahey up valeh … thankolheh avahah up kohla dhybr plxx…
Ekam dho haadhalahe ehenya darkangle ge vaahaka thah v avaskoh appkure kyve mi vaahaka ehaalahun apvany abadhu abadhu mi jeheny myge inthizaaruga thiben
plxx vaahaka avahah up kohdhybrww 🙁 vrh kiyaahithun mihury….haadha lahey dhw up vaaleh mivaahaka plx up kohdhybala thankolheh avahah….. 🙁
Inthizaarey mikurany hendhunaa haveeru.. keh nuvey dhekilumah vaahaka mivaa.. angel kudhinney avaskohbalaa.. foohseh nuvaaney mi vaahaka mathin..
Mi varun aslu mi story huttaalan vejje kanneyge
alhey adhives Vahaka upload ko dheyka nuveytha…lasva vahaka ves bunedeynama ennu………..
alhey!!!! mivaahaka kn irakun tha up vaane varah inthizaar kurevey next part avahah up kohdheebala
Xoyaaaaaa!lifuuuuuuu!xayaaaaa!
Darkangel……!!!!!!!! Story kobrr…?????
Dark angle kobaa vaahaka… waiting for it… plx avahah up kohdheebala…
haadha lahey vaahaka up vaaleh….
avahah anehbai up kohba
Mi vaahakayah inthizaaru kiyaathee tha mi vaahaka kiyan mihaa inthizaaru kuran mi jehenee… avahah vaahaka up kohdheebala…
alhey ekm fukeh boduvaru mihaa lasviyas..dhn mihaa lahun upkohfa knmx bahanaa eh dhahkaane
..ekm vx v reethi story waitn for next part
Darkangel vaahaka up nukurevenyaa zzaya aa raain gulhuvaafa vaahaka ninman vynu.. kihaa dhuvaheh inthizaar kuraathaa ??
Darkangel dhoonii vaahaka kobrr?? Plx av as khla dhybala.. two weeks vany mi vaahaka up nuvaathaa…
Darkangle avahah vaahaka up kohdheebala… waiting for it…
Adivx vaahaka kuriah gendevidaane….. But vaahakaige aneh vai hendheyn vejje ennu dw
Koba vaahaka inthixaaru kokoko varubali vejje dhen alhe ap vaane dhuvahehves egunymathaa hith hamajeheny
Esfiya site ga vaahakaliyaakudhun ge kanthah esfiya in balanvejje vaahakathah nimendhen nugeneddheveny kihinehvegentho belenjehene esgiyai ge verin nah govalan vaahaka nimendhen nuliye venyaamun site ga app nukurevumah mihaaruves reethi ethah vaahakathakeh ethiby medhukedifa
Kobatha storyy enme rythi vaahaka bt enme lahun up vaa vaahaka. Dark angle kiyuntherinnah thihenn nahadhaa ???
I agree with Yushiii. Varah salhi vaahakaeh ekam maa lahy upvaaleh
Kiyun theringe emme commentehves darkangel kiya heneh heenuvey..ehn noony mivarah aadheys kuraa iruves nuhunnaane alhanula… at least vaahaka up vaa date buneliyas ok..emeehakah nuvaavaruge kameh kuran noolhuniyya emme rangalhuvaany..
haadha lahey inthizaar up vaa goy can u tell me konirakun mibuni weekge kondhuvahaku nukunnanee next part vanegoy vvvvvvvvvv balalahithun miuleeni plx plx plx plx [lx avahah up kohba
Dark angle plzzz dhen up koladhybala vahaka……mihaar inthizaar ga miulhenee ..inthizaaar lui koi dhen edheme dark angle
Darkangel thihen liyamun gendhanyaamu nxt year gaves nuni meyne mi part liyefa iny 12 august ga nw my 30 august this is too much I knw busy kamahves vedhaane bt kuda thankolheh ves up koh dhyfihyaamu ved aey varah bodu vareh so plx try to write it soooooooooooooooooooooooooon
Do I have to wait for five years to read this story… I hope so.. I feel like its been more than five years after I read this part…. I knw u r busy but…….. its sad 🙁 cox this is the most interesting story published in the page but most awaited..
Itx our esfiya readers request to up this story soon and give an answer to all our questions.. plx spare some minutes to read there cmnts n reply to them… even I am able to read it with fifteen mins… we all accept that u will have many work to do.. we appreciate your work.. ekam kiyuntherin maayoos nukurahvaa… comment than kiyaaleema dheravehje..
alhey up koah bala dhen plx
Alhey haada dhuvaheh vany…….up kobbala
Alhey its been 20days..darkanjal this is not fair..v reethi story plx up kohbw?
darkangle thihaa varah kiuntherin inthixaaruga bahahtaakah nuvaane
dhen thi story continue nukuranama bunyma dhw ingeny ves 🙁 ?
haada lahey up vaalih… alhe varu balivehje wait koh koh…
Thivarun dhen vaahaka nukiyan v nu !
Kihaa inthizaareh kuruvaane baa mi ” dark angel ” .
Nuvanyaa nukoh huhtaalabala , heevanee majuboorun kuraa kameh hen !!
Hama aaluves.mi kamana heevanee majuburun kuraa kamehhen.foohi ves vejje mi vaahaka kiyan.dhen garuneh fahun up koffa dhakkaane molhethi excuses.varah kada.
Nuliyan *
Dark angel dhen vaahaka liyaane kameh neh.
Ithurah vaahaka continue nukuranya evaahaka ves bunelan vnu.
Thivaruge araa huri writer eh adhi me nudheken.
Intizaaru kurany intixaaru ge vaahaka ahekamaku mi myhun duvahaku vex vaahaka eh eh mas duvahun nunimey ne 1000000000200000000 aharu vias nunimeyne
I support u angle and unknown
Ehen myhun vex vaahaka liey bodu udaguleh timyhunnakaa hedy
dark angle kairyga bunanta intixaaru aky varah reeti vaahaka eh dark angle ge sababun mi vaahaka vex kharaabu vehjje
:'( :'(
I didnt mean dark angle I support the commenter angle
🙁
Plxxxx darkangel keevetha ehaa lahy?????pis pis mi part ga vaa going handhaan nethunyma noony aneh part up kohdhevey kamakah nuvey………..?
komme dhuvahakuves ol vefa enme furathama balaaleveny esfiya mi story ge aneh bai up vefa intho bt no… darkangle dhen avas koh up kohdheeba plx plx plx kiyaa hithun hureveny eh noon… thihaa inthizaaru nukuruvaaba…
Where is d next part.?? So many days why.?