Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތަކުން ނުފިލާނެ 33

Ihthu
August 12, 2015
3 Mins Read
17 Comments

ފާޒިން އޮތް ރޫމްނަމްބަރ ފެނުމުން ފަޒީލްގެ ހިނގުން އަނެއްކާވެސް  ބާރުވިއެވެ. ނަމަވެސް މިފަހަރު ސިފާ އަޅާނުލާ ދިޔައީއެވެ. ފަޒީލްގޮސް މަޑުމަޑުން ދޮރުހުޅުވާލިއެވެ. އެއް އަރިއަކަށް ފާޒިން ނިދާފައި އޮތްއިރު މައިޝާވެސް އެނދުގައި ބޯއަޅާލައިގެން ނިދާފައި އޮތެވެ. ފަޒީލް ދޮރުހުޅުވާލާފައި އެތެރެއަށް ވަތްއިރު ފަހަތުން ސިފާއާއި މާލް އަދި ފައިހާވެސް ވަނެވެ.

” ތިއްތީ…! ” ފާޒިން ފެނުމާއެކު މާލް ގޮވާލިއެވެ. މާލް ގޮވާލިއަޑަށް ސިހިފައި މައިޝާއަށް ހޭލެވުނެވެ.

” މާލް… ފައި…! ކޮންއިރަކުއައީ…؟ ” އަތުން ބޮލުގެ އިސްތަށިގަނޑު ރީތި ކޮއްލަމުން މައިޝާ ބުނެލިއެވެ. މާލްވެސް ދުވަފައި ކަހަލަ ގޮތަކަށް އައިސް މައިޝާގެ ގައިގައި ބައްދާލިއެވެ.

” އެއަރ ޕޯޓުން އައި ގޮތަށް ހަމަ ހޮސްޕިޓަލަށް މިއައީ…؟ ކޮބާ މަންމަމެން…؟ ” ވަދީފާމެން އެތަނުގައި ނެތުމުން ފަޒީލް އަހައިލިއެވެ.

” މަންމަމެންވެސް އަންނާނަމޭ ކިޔާފަ ނިކުމެގެން ދިޔަތާ އިރުކޮޅެއްވެއްޖެ…! ” ފޯނުނަގައި ކަންފަތުގައި ޖައްސާލަމުން މައިޝާ ބުނެލިއެވެ. ވަދީފާގެ ފޯނު އޮފްކޮއްލާފައި އޮތުމުން މައިޝާ އާމިރުގެ ނަންބަރު ޑައިލް ކޮއްލިތަނުން ކޮޓަރީގެ ދޮރު ހުޅުވާލާފައި އާމިރުއާއި ވަދީފާ އެތެރެއަށް ވަނެވެ.

” ދަރިފުޅާ…! ކޮންއިރަކު އައީ…؟  ” ފައިހާއާއި ފަޒީލް ފެނުމުން ވަދީފާގެ ނުތަނަވަސް ވެފައިވާ ހިތައް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިގެންދިޔައެވެ. ވަދީފާ އައިސް ފައިހާގެ ގައިގައި ވަރަށް ލޯބިން ބައްދާލިއެވެ. އަދި މާލް އައުމުން މާލްނަގާ އުރާލިމަންޒަރު ބަލަން މައިޝާ ހުރީ ހިނިތުންވެފައެވެ.

ކޮޓަރިއަށް ވަދެ އެނދުމައްޗައް ހޭންޑްބޭގު އެއްލާލަމުން ގޮސް ކައިރީގައި ހުރި ސޯފާގޮޑިއަށް އިންހާ ވެއްޓިގަތެވެ. އިންހާއަށް ވިސްނެމުން ދިޔައީ ފާޒިންއާއި ދޭތެރޭގައެވެ. ވިސްނާ ވިސްނާ އެންމެ ފަހުން ސިކުނޑި ސުމަކަށް ދިއުމުން ފޯނުނަގާ ނަންބަރުތަކަށް ފިއްތާލުމަށްފަހު ފޯނު ކަންފަތުގައި ޖައްސާލިއެވެ.

” ސިރާޖު…! ބޮސްގެ ގައިގައި ވަޅިއެޅީ ކޮންބައެއްކަން އެނގިއްޖެތަ…؟ ” އިންހާގެ އަޑުގައިވި ހާސްކަން އެވަގުތު ސިރާޖުއަށްވެސް ފާހަގަކުރެވުނެވެ.

” ނޫން…! ކިހިނެއްވީ…؟ ” ސިރާޖުއަށް އަހާލެވުނީ ތަންކޮޅެއް ބާރަށެވެ.

” ކަމެއްނުވޭ…! ހަމަ އަހާލީ…! ” އިންހާ ފޯނުކަނޑާލާފައި ގޮސްވަނީ ފާހާނައަށެވެ. ފެންމާގަނޑު ބޮލަށް ދޫކޮއްލައިގެން ހުރިއިރު ލޯމަތިން ސިފަވަމުންދިޔައީ ފާޒިންގެ ގައިގައި ހުރި ޒަހަމްތަކެވެ. ފާޒިން ކައިރީގައި ހުރެފައި ބޭރަށް ނިކުތްއިރު ސިރާޖުގެ އިތުރުން އޮފީހުގެ ދެތިން ކުއްޖަކަށް ޑރ.ޖަމީލް ފާޒިންގެ ގައިގައި ހުރި ޒަހަމްތަކުގެ ފޮޓޯތައް ދައްކާލަނީއެވެ. މާގަނޑު ދޫކޮއްލައިގެން އިންހާއަށް ހުރެވުނީ ކިހާއިރަކުކަންވެސް ނޭގެއެވެ. މިއަދު ފާޒިންއަށް އެހާލު ޖެހިފައި އެވަނީ އޭނަގެ ސަބަބުންކަން އިންހާއަށް ގަބޫލްކުރެވެއެވެ. ފާޒިން ހާސިލް ކުރަން ބޭނުންވި ވަރުން ނުބައި ގޯޅިއެއް އެޅުނީއެވެ.

ނިދާފައި އޮތް ފާޒިން ހޭލެވުނީ ފަޒީލްމެން ވާހަކަ ދައްކާ އަޑަށެވެ. އޭރު މުނީރާމެންވެސް އެތަނުގައި މަޑުކޮއްލައިގެން ތިއްބެވެ. އެތަނުގައި ފަޒީލްމެން ފެނުމުން ފާޒިންގެ ހިތައް ކޮންމެވެސް ވަރެއްގެ ހަމަ ޖެހުމެއް ލިބިގެން ދިޔައެވެ.

” މާލް…! ކޮންއިރަކު އައީ…؟ ” އިރުކޮޅެއް ވަންދެން ފާޒިން އެއޮތް ގޮތަށް އޮވެބުނެލިއެވެ. ފާޒިންގެ އަޑަށް އެންމެންގެ ސަމާލުކަންވެސް ފާޒިންއަށް ހުއްޓުނެވެ. ހުރިހާ އެންމެންވެސް އައިސް ފާޒިން އޮތް އެނދު ވަށާލި ގޮތުން ހީވަނީ އޭނަގެ އިންތިޒާރުގައި ތިބި ހެންނެވެ.

ފާޒިން ހޮސްޕިޓަލުގައި އޮންނަތާ ފަނަރައެއް ފަހުން ފާޒިން ގެއަށް ދޫކޮއްލިއެވެ. ފާޒިންއާއި މައިޝާއާއި ދޭތެރޭގައި ޖެހިފައިވާ މައްސަލަ ހައްލުވެފައިވުމުން ފާޒިންވެސް ހުންނަނީ ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައެވެ. ނަމަވެސް ކަންތައް ހިނގާދިޔަ ގޮތެއް މައިޝާއަކަށް ފާޒިންއެއް ކިޔައެއް ނުދެއެވެ. އެވާހަކަ އިތުރަށް ދައްކަން ބޭނުން ނުވަނީ ކަންނޭގެއެވެ.

އޮފީސް ތެރޭގައި މަސެއްކަތަށް ގެއްލިފައި އިން އިންހާ ސިހުނީ އޭނަގެ ފޯނު ވައިބުރޭޓު ވާން ފެށުމުންނެވެ. ފޯނު ސުކުރީނަށް ބަލާލަމުން ފޯނު ސައިލެންޓު ކޮއްލާފައި އަނެއްކާވެސް މަސެއްކަތާއިގެން ކުރިއަށް ދިޔައެވެ. ނަމަވެސް މާގިނައިން ފޯނު ރިންގުވާން ފެށުން އިންހާ ފޯނުނަގާ ކަންފަތުގައި ޖައްސާލިއެވެ. ” ކިހިނެއްވެގެން ފޯނު ނުގާ ތިއުޅެނީ…؟ ” އެކޮޅުން ވާހަކަ ދެއްކި ޒުވާނާ ހުރީ ވަރަށް ރުޅި އައިސްފަކަން އޭނަގެ އަޑުން އިނގެއެވެ. އެއަޑު ކަންފަތުގައި ޖެހުމުން އިންހާވެސް ކުޑަކޮއް ޖެހިލުންވާގޮތްވިއެވެ.

” މީޓިންއެއްގަ އިނދެފަ މިކުތީ..! ކިހިނެއްވީ މާ ވަރަކަށް ތިގުޅަނީ…؟ ” އިންހާ ހަމަޖެހޭ ގޮތް ދައްކަމުން ވާހަކަ ދެއްކިއެވެ.

” އަހަރެން ބޭނުން ބައްދަލު ކޮއްލަން…! މިހާރު އާދެވިދާނެތަ..؟ ” ކުރިން ފަހަރު އިވުނު ހަރުކަށި އަޑު މިފަހަރުވަނީ ބަދަލްވެފައެވެ.

” މިހާރު ވަރަށް ބިޒީކޮއް މިއުޅެނީ…! ހަވީރުން ކިހިނެއްވާނީ…؟ ” އިންހާ އެވަގުތު ދާން ބޭނުން ނުވެގެން ބުނެލިއެވެ. އެކޮޅުން މައްސަލައެއް ނެތްކަމަށް ބުނެ ފޯނު ކަނޑާލުމުން އަނެއްކާވެސް މަސެއްކަތާއިގެން ކުރިއަށް ދިޔައެވެ.

އިރު އޮއްސި އަނދިރިވަމުން ދިޔަ ވަގުތު އިންހާ އެހަނި ގޯޅިގަނޑަށް ވަދެގެން ދިޔައިރު މޫނަށް އަރާ ފައިބަމުން ދިޔަ ކުލަވަރުން އިންހާ ހުރީ ވަރަށް ބިރުންކަން އެނގެއެވެ. ގޯޅިގަނޑު މެދަކާ ހަމަ ހިސާބުގައި ހުރި ދޮރެއް ކައރީގައި މަޑުކޮލާފައި ދެކޮޅު ބަލާލި ގޮތުން ހީވަނީ ވައްކަމެއް ކުރަން ތައްޔާރުވި ހެންނެވެ. އަތުގައި އޮތް ތަޅުދަނޑިން ދޮރު ހުޅުވާލާފައި އެތެރެއަށް ވަނީ މަޑުމަޑުންނެވެ.

” ހާދަ ބިރުން ތިހިރީ…! އަހަރެން ނޫޅެމޭ އިންހާއަށް ކަމެއް ކުރާކަށް…! ” އެޒުވާނާ ގޮނޑިއެއްގައި ސިނގިރޭޓެއް ރޯކޮއްލައިގެން އިނެވެ.

” ކީއްކުރަން އަހަރެން ކައިރީގައި އަންނާށޭ ތިބުނީ..؟ ” އިންހާގޮސް އެކޮޓަރީގައި ހުރި ޑަބަލް އެނދުގައި އިށީންދެލިއެވެ. އޭރުވެސް އިންހާގެ ހިތް ދިޔައީ ވަރަށް ބާރަށް ތެޅެމުންނެވެ.

” ދެން އޮތީ އިންހާ ކުރަންޖެހޭ އެންމެފަހު ކަންތައް…! މައިޝާ އަހަރެންގެ އަތުގައި ޖެހޭގޮތް ހަދައިދީ..! ” އެޒުވާނާ ނުލަފާ ހިނިތުންވުމެއް މޫނުމައްޗައް ވެރިކޮއްގެން އިނެވެ.

” ނޫން…! މަށަކަށް ނުވާނެ ތިކަމެއް…! ” އިންހާއަށް ދެކޮޅަށް ބޯހޫރާ ލެވުނެވެ. އެޒުވާނާ މަޑުމަޑުން ތެދުވެގެން އައިސް އަލަމާރި ކައިރީގައި ހުރި ޑުރެސިންގްޓޭބަލްގެ ވަތްގަނޑު ދަމާލުމަށްފަހު ނެގި ބޮޑު ވަޅި ފެނިފައި އިންހާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

46
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Ihthu

Other Articles

Previous

ހިތަކުން ނުފިލާނެ 32

Next

ޝުކުރިއްޔާ ***** (3)

Next
August 12, 2015

ޝުކުރިއްޔާ ***** (3)

Previews
August 12, 2015

ހިތަކުން ނުފިލާނެ 32

17 Comments

  1. ihthu says:
    August 12, 2015 at 6:42 pm

    mi part ves reethi vaane kamah hykuran…

  2. samaa says:
    August 12, 2015 at 6:50 pm

    v reethi

  3. een says:
    August 12, 2015 at 6:58 pm

    V Reethi avaha up kohladhechey next part ves…

  4. maeesha says:
    August 12, 2015 at 7:09 pm

    alhe mipart ves vv reethi maeesha eyna ge athuga nujassaathi plz

  5. Lali says:
    August 12, 2015 at 7:09 pm

    Reethi

  6. zu says:
    August 12, 2015 at 7:23 pm

    kada kada… dhn vai v.. asluvx… :/ :/

  7. shit says:
    August 12, 2015 at 7:43 pm

    haadha kurukoh…. kihineh thi hadhany kiyaa hithun indhaa nimeny…dhn kon irakun up vaany

  8. ayya says:
    August 12, 2015 at 8:07 pm

    Varah salhi ingey. Haadha molhey dho. Avass kohlaafa aneh bai up kohleema dhen emme ragalhu vaany.

  9. Shoo Rushdhee says:
    August 12, 2015 at 11:35 pm

    Mi story nukiye…y is that

  10. Shoo Rushdhee says:
    August 12, 2015 at 11:35 pm

    Mi story nukiye…y is that

  11. Aishath Azlifa says:
    August 12, 2015 at 11:39 pm

    Mi story nuhulhuvey

  12. Aishath Azlifa says:
    August 12, 2015 at 11:39 pm

    Mi story nuhulhuvey

  13. aroo says:
    August 13, 2015 at 12:26 am

    oh ihthu i luv u hama bodu koh…… adhi aroo ge life ga mihaa salhi story eh nukiyan… u r d best 🙂 :*

  14. rifa says:
    August 13, 2015 at 10:13 am

    kaakah tha mi vaahaka nufenigen mi ulheny…

  15. shiha says:
    August 13, 2015 at 11:41 am

    Alhey haadha kurey mi part vx… bt v nice nge.. w8n 4 d nxt part

  16. emiliya says:
    August 13, 2015 at 1:16 pm

    nice………………….. waiting for the next partttttttttttttttt……………..

  17. Kayaani says:
    August 13, 2015 at 1:43 pm

    Varah hadi mihaaru. Huss haasaru. Maa dhigu dhammany. Adhi eves ethi ethi kolhun

Comments are closed.

All Right Reserved!