Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތަކުން ނުފިލާނެ 34

BONDAY Level 210 Stories
August 13, 2015 4 Mins Read
23 Comments

” ނޫން…! މަށަކަށް ނުވާނެ ތިކަމެއް…! ” އިންހާއަށް ދެކޮޅަށް ބޯހޫރާ ލެވުނެވެ. އެޒުވާނާ މަޑުމަޑުން ތެދުވެގެން އައިސް އަލަމާރި ކައިރީގައި ހުރި ޑުރެސިންގްޓޭބަލްގެ ވަތްގަނޑު ދަމާލުމަށްފަހު ނެގި ބޮޑު ވަޅި ފެނިފައި އިންހާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

ފެންވަރައިލައިގެން ނިކުތް މައިޝާއަށް ބަލަހައްޓައިގެން ފާޒިން އޮތެވެ. އަތުގައި އޮތް ތުވާލިން ބޯހިއްކަމުން ދިޔައިރު މަޑުމަޑު ރާގެއް މައިޝާ ކިޔަމުން ދިޔައެވެ. ގައިގައި ހަމައެކަނި ތުވާލި އޮޅާލައިގެން ހުރިއިރު އެދޮންފައިގެ ބޮޑުބައެއް ވަނީ ހާމައަށެވެ. ކަޅިވެސް ޖަހާނުލާ މައިޝާއަށް ބަލަން އޮތް ފާޒިން ޑުރެސިންގްޓޭބަލްގެ ލޯގަނޑުން ފެނުނީ އެވަގުތުއެވެ. މައިޝާގެ މޫނަށް ޖަންބު ކުލަވެރިވީ އޭނާ ހުރިގޮތް ހަދާންވެ ގަތްލަދެއްގެ ބޮޑުކަމުންނެވެ.

” ކޮންއިރަކު ހޭލީ…؟ ” މައިޝާ އައިސް ފާޒިންގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. ފާޒިން އެއްވެސް ޖަވާބެއް ނުދީ މައިޝާގެ އެތޫނު ދެލޮލަށް ބަލަހައްޓައިގެން އޮތީއެވެ. ފާޒިން ބަލަހައްޓައިގެން އޮތުމުން މައިޝާ ލަދުން މޫނުރަތްވެގެން ދިޔައެވެ. ފާޒިން މައިޝާ ގެނެސް ފާޒިންގެ ހޫނު ނޭވާ މައިޝާގެ ކޯތާފަތްމައްޗައް އެޅޭވަރަށް ގާތްކޮއްލިއެވެ. އެވަގުތު މައިޝާގެ ތެމިފައިވާ އިސްތަށިގަނޑު ފާޒިންގެ ގައިގައި ޖެހުމުން ފާޒިން ދިޔައީ ސިހިގެންނެވެ.

” ތަދުވެދާނެ…! ” މައިޝާ ފާޒިންއާއި ދުރުވެލަމުން މަޑުމަޑުން ބުނެލިއެވެ. ހީވަނީ މީހަކަށް ސިއްރުން ބުނެލިހެންނެވެ. ނަމަވެސް ފާޒިންއަށް އަޑުއިވުނު ހެނެއް ހިޔެއްނުވެއެވެ. ފާޒިންއަށް ތަދުވެދާނެތީ ބިރުން ހުރިނަމަވެސް ފާޒިންގެ އެލޯބި ފިރުމުންތަކަށް މައިޝާއަށް ކެއްކޮއްލެވުނީ ކުޑައިރުކޮޅަކަށެވެ. މައިޝާއަށް ފާޒިންގެ ހުރިހާ ފިރުމުންތަކަށް އުފަލާއެކު ދައުވަތު ދެވުނެވެ.

” ނޫން އާދިލް…! އަހަރެންނަށް ތިހެން ނުހަދާ…! ” އިންހާއަށް ރޮވެން ފެށުނީ ގަތް ބިރެއްގެ ސަބަބުންނެވެ. އާދިލް މަޑުމަޑުން އިންހާއާއި ދިމަލަށް ދިޔައީ ވަޅި ދިއްކޮއްގެން ހުރެއެވެ. އާދިލް އޭރު ހީވަނީ ސިކާރައަށް ތައްޔާރުވެގެން އޮތް ހިންގާއެއް ހެނެވެ. އާދިލް ވަޅިނަގާ އިންހާގެ މޫނުގައި ޖައްސާލުމާއެކު އިންހާގެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަތެވެ.

” ސަލާމަތްވާން ބޭނުމިއްޔާ މައިޝާ އަހަރެންގެ އަތުގަ ޖެހޭނެ ގޮތް ހަދާ…! ” އޭރުވެސް އާދިލްގެ މޫނުމަތީގައި ވަނީ ނުލަފާ ހިނިތުންވުމަކައެވެ. އާދިލް ދޫކޮއްލުމުން އިންހާ އަވަސް އަވަހަށް ކޮޓަރިން ނިކުންނާން ހިނގައިގަތް ވަގުތު އާދިލް ފުރަގަހުން އައިސް އިންހާގެ ނޭފަތްމަތީގައި ރުމާލެއް އެޅިވަގުތު ތެޅިގެންފައި އިންހާއަށް ހަޅޭލަވައި ގަނެވުނެވެ.

ސަލާމްގޮވާލި އަޑަށް ޓީވީބަލަން އިން މުނީރާއަށް ދޮރާދިމަލަށް ބަލާލެވުނެވެ. ދޮރުމަތީގައި ހުރި އިމާދު ފެނުމުން ހިނިތުންވެލަމުން މުނީރާ ތެދުވިއެވެ.

” އިމާދު ކޮންއިރަކު އައީ…؟ އާދޭ އެތެރެއަށް..! ” ދޮރުމަތީގައި ހުރި އިމާދު ކައިރިއަށް އަންނަމުން ބުނެލިއެވެ.

” ރޭގަ އައީ…! ” އެތެރެއަށްވަދެ ގޮނޑީގައި އިށީންނަމުން އިމާދު ކުޑަކޮއް ގޭތެރެ ހޯދާލިއެވެ.

” މަޑުކޮއްލަ އަންނާނަން މިސްރާއަށް ގޮވާފައި…! ” ހީވަނީ އިމާދުގެ ހިތުގެ އަޑު މުނީރާއަށް އިވިގެން ބުނެލިހެންނެވެ.

” މިސްރާ…! ދަރިފުޅާ މިސްރާ…! ” ސިޑިއާއި ދިމާލަށް ހިނގައިގަންނަމުން މުނީރާ ގޮވާލިއެވެ. މުނީރާ ގޮވާލިއަޑަށް ކޮޓަރީގައި ފޮތެއް ހިފައިގެން ކިޔަންއިން މިސްރާ ފޮތް ބާއްވާފައި ބޭރަށް ނިކުތެވެ. ބޭރަށް ނިކުތްއިރު ސިޓިންގްރޫމް ގޮޑިސެޓުގައި އިށީންދެލައިގެން އިން އިމާދު ފެނުނެވެ.

” އިންމަ ކޮންއިރަކު އައީ..؟ ” އުފާވި ވަރުން މިސްރާއަށް ވާހަކަވެސް ދެއްކުނީ ތަންކޮޅެއް ބާރަށެވެ. މިސްރާ ގޮސް އިމާދު ކައިރީގައި ގޮނޑި ސެޓުގައި އިށީންދެލިއެވެ. މިސްރާ ނިކުތުމުން މުނީރާ ދިޔައީ އިމާދުއަށް ފިނި އެއްޗެއް ބަލައެވެ.

އަރާމު ނިންޖެއްގައި ނިދާފައި އޮތް މައިޝާއަށް ހޭލެވުނީ ވަދީފާ ދޮރުގައި ޓަކި ޖަހާއަޑަށެވެ. އޭރު ފާޒިންވެސް ގަދަ ނިދީގައި ނިދާފައި އޮތެވެ. ވަދީފާ ކައިރީގައި މަޑުކޮއްލުމަށް ބުނެފައި މައިޝާގޮސް ވަނީ ފާހާނައަށެވެ. ފާހާނައިން ނިކުތްއިރުވެސް ފާޒިން އޮތީ ނިދާފައެވެ. މައިޝާ ނިކުމެ ފާޒިންގެ މޫނުގައި އޭނަގެ ފިނި އަތްތިލަ ހާކާލުމުން ސިހިފައި ފާޒިން ތެދުވިއެވެ.

” ބޭސް ކާގަޑި ޖެހިއްޖެ… އަދި ނުވެސް ކަމެއްނު…! ” ފާޒިންގެ މޫނުގައި ފިރުމާލަމުން މައިޝާ ބުނެލިއެވެ. ފާޒިންވެސް މައިޝާގެ ކަރުގައި އަތް އަޅުވާލީ ހިނިތުންވެ އޮވެއެވެ. އެވަގުތު އަނެއްކާވެސް ދޮރުގައި ޓަކި ޖަހާލި އަޑުއިވުމުން ފާޒިންވެސް ތެދުވެގެންގޮސް ފާހަނައަށްވަނެވެ. މައިޝާގޮސް ކޮޓަރީގެ ދޮރުހުޅުވާލުމުން ވަދީފާ ކޮޓަރިތެރެއަށް ވަނެވެ.

” ވަރަށް ގޮވައިފިން…! މާގަދަޔަށް ދޯ ނިދުނީ…! ” ހިނިތުންވެލަމުން ވަދީފާ އެހެންބުނުމުން މައިޝާ ކުޑަކޮއްލަދުވެސް ގަތެވެ. އެވަގުތު ފާޒިންވެސް ފާހާނައިން ނިކުތެވެ.

” ދަރިފުޅާ ތަދުވޭތަ..؟ ” ފާޒިން ކައިރީގައި ހުއްޓިލަމުން ވަދީފާ އަހާލިއެވެ. ފާޒިން ބޯޖަހާލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ. އެވަގުތު މައިޝާގެ ހިތް އަވަސްވިހެން މައިޝާއަށް ހީވިއެވެ. ނަމަވެސް ފާޒިން ހިނިތުންވެލީގޮތުން އޭނަހަދާލީ ދޮގެއްކަން މައިޝާއަށްވެސް އެނގުނެވެ. ހަގީގަތުގައިވެސް ފާޒިންގެ މޭމަތިން ކަފައިގެން ގޮސްފައި ހުރި ތަނުގައި އެހެންދުވަސްތަކާ ހިލާފަށް ރިހުމެއް އެކުލެވިފައި ހުއްޓެވެ. އެވާހަކަ ފަޒިން ނުބުނީ ވަދީފާމެން ދެރަވާނެކަން އެނގޭތީއެވެ.

” ހިނގާ އަވަހަށް ކައިގެން ބޭސްކާން…! އޭރުންނެއްނު އަވަހަށް ރަނގަޅުވާނީ…! ” ފާޒިންގެ އަތުގައި ހިފަމުން ވަދީފާ ބުނެލިއެވެ.

” ނުދެވޭނެ…! މައި ދޭބަލަ ރޫމަށް ހިފައިގެން އަންނަން…! ” ފާޒިން ގޮސް އެނދުގައި އޮށޯވެލަމުން ބުނެލިއެވެ. މައިޝާއަށް ފާޒިންއަށް ބަލާލެވުނީ ސައްކުގެ ނަޒަރުންނެވެ. ކާގެއަށްގޮސް ފާޒިންއަށް ތައްޔާރުކޮއްފައި ހުރި ކާއެއްޗެހި ހިފައިގެން މައިޝާއައިސް ކޮޓަރިއަށް ވަނެވެ. ފަހަތުން މިސްރާއާއި އިމާދުވެސް ކޮޓަރީގެ ތެރެއަށްވަނެވެ.

” އިންމަ ކޮންއިރަކު އައިސްގެން ތިއުޅެނީ…؟ ” ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލަމުން ފާޒިން ބުނެލިއެވެ. މައިޝާއަށް ފާޒިންގެ މޫނަށް އަރާ ފައިބަމުން ދިޔަކުލަވަރު ވަރަށް ރަނގަޅަށް ފާހަގަކުރެވުނެވެ.

” ރޭގަ…! ” ގޮނޑިސެޓުގައި ޖައްސާލަމުން އިމާދު ބުނެލިއެވެ.ފާޒިން ކައިގެން ބޭސްކައި ނިމުމުން ވަދީފާވެސް ތަށިތައް ހިފައިގެން ދިޔައީއެވެ. މިސްރާމެންވެސް އިތުރަށް މަޑުނުކޮއް ބޭރަށް ނިކުތީ ފާޒިންއެވެ.

” ވަރަށް ތަދު ވޭދޯ…؟ ” ކޮޓަރީގެ ދޮރު ތަޅުލާފައި އަންނަމުން މައިޝާ ބުނެލިއެވެ. މިފަހަރުވެސް ފާޒިން ހަމައެކަނި ބޯޖަހާލީއެވެ. ފާޒިންވެސް ލޯމަރައިގެން އޮތީ ހަމަ ޖެހޭގޮތް ދައްކަމުންނެވެ. ނަމަވެސް އެނދުގެ އަރިމަތީގައި އިށިންދެލައިގެން އިން މައިޝާގެ ލޮލުން ކަރުނަތައް ފައިބަމުންދެއެވެ. އިރުކޮޅެއް ވަންދެން ލޯމަރައިގެން އޮވެފައި ފާޒިންވެސް ލޯހުޅުވާލީ މައިޝާގެ މަޑު ގިސްލުމުގެ އަޑަށެވެ.

” ކީއްވެ ތިރޮނީ…؟ ” އެނދުގައި ބޯއަޅާލައިގެން ރޯންއިން މައިޝާގެ ބޮލުގައި ފިރުމާލަމުން ފާޒިން ބުނެލިއެވެ. ނަމަވެސް މައިޝާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. ފާޒިންގެ މޭގައި ރިހުނު ކަމުގައިވިނަމަވެސް މައިޝާ ގެނެސް ގަޔާލާ ބޮނޑިކޮއްލިއެވެ.

އިންހާއަށް ހޭލެވުނު އިރު ގައިގައި އެއްވެސް ފޭރާމެއް ނެތްތަނުގައި ދެއަތްވެސް އޮތީ ފުރަގަހަށްލާ ބަނދެފައެވެ. މުޅިގައިގައި ރިހެމުން ދިޔައިރު ބޮލަށްވެސް ވަނީ އެނބުރުން އަރާފައެވެ. އިންހާގެ އައްސާފައިވާ އަތް މޮހޭތޯ ވަރަށް މަސެއްކަތް ކުރަމުންދިޔަ ނަމަވެސް ކާމިޔާބު ވާގޮތެއް ނުވިއެވެ. އެވަގުތު ކޮޓަރީގެ ދޮރުހުޅުވާލާފައި އެތެރެއަށް ފިރިހެނަކު ވަނެވެ. ހަމައެއާއެކު އަންހެނަކުވެސް ކޮޓަރިތެރެއަށް ވަތްކަން އިންހާއަށް އެނގުނެވެ. ފުސްވެފައި ހުރި ދެލޮލުން އާދިލް ފެނުނު ވަގުތު އަނެއްކާވެސް އާދިލް އިންހާގެ މޫނުމަތީގައި ޖީބުން ރުމާ ނަގައި ބާރުކޮއް ހިފަހައްޓާލިއެވެ. އިންހާއަށް ވީނުވީއެއް ނޭގި އަނެއްކާވެސް ހަބަރު ހުސްވީއެވެ.

” ހަމަޖެހިލާ…! އަޑުގަދަ ނުކުރާތި…! ” އިންހާގެ މޫނަށް ފެންފުޅިއެއް އޮއްސާލަމުން ކައިރީގައި ހުރި އަންހެންކުއްޖާ ބުނެލިއެވެ. ފެނުމުގައި ކުޑަ ފުސްކަމެއް ހުރިނަމަވެސް އިންހާއަށް އެކުއްޖާގެ މޫނު ރަނގަޅަށް ފެނުނެވެ. އަދި އަތުގައި އޮތް ކުޑަ ވަޅިއަކުން އިންހާގެ އަތުގައި އައްސާފައި އޮތް ފޮތިގަނޑު ކަނޑާލިއެވެ.

” އަހަރެންނަށް ކިޔަނީ ނާފިޒާ…! އަހަރެން މިއުޅެނީ އިންހާ މިތަނުން ސަލާމަތްކުރަންވެގެން…! ” ނާފިޒާ އިންހާގެ ހެދުންކޮޅު ދެމުން ބުނެލިއެވެ. އެއްޗެއް ނުކައި ހުރުމުގެ ސަބަބުން އެއްވެސް ވަރެއް އިންހާގެ ގައިގައެއްނެތެވެ. ނަމަވެސް ނާފިޒާ ދިން ފެންފުޅި މުޅިން ބޯލައިގެން ހަމަޖެހިލެވޭތޯ އިންހާ ބެލިއެވެ.

” އަހަރެން މިކިޔާދޭ ގޮތް ރަނގަޅަށް ހަދާން ބަހައްޓާތި…! އެހެންނޫނީ އެމީހުންގެ އަތްދަށަކުން ސަލާމަތެއް ނުވާނެ…! ކަލެއެއްވެސް އަދި މަށެއްވެސް…! ” ނާފިޒާ ވާހަކަ ދައްކަމުން ދިޔައިރު އިންހާއަށް އިނދެވުނީ ނާފިޒާގެ މޫނަށް ބަލަހައްޓައިގެންނެވެ.

ނާފިޒާ ބުނިގަޑިއަށް އިންހާ ކޮޓަރީގެ ދޮރުހުޅުވާލާފައި ބޭރަށް ނިކުތެވެ. އެއްވެސް މީހަކު އެވަގުތު ފެންނަން ނެތުމުން އިންހާ ހިނގުނުހާ ބާރަކަށް ހިނގަމުން ދިޔައެވެ. ދަންވަރުގެ ވަގުތު ކަމުން މުޅި މާހައުލަށްވެސް ވެރިވެފައިވަނީ ހަމަހިމޭންކަމުންނެވެ. އިންހާ އޭނައަށް ހިނގުނުހާ ބާރަކަށް ހިނގަމުން ދިޔައީ އެހަނި ގޯޅި ގަނޑުން އަވަހަށް ނިކުތުމުގެ ބޭނުމުގައެވެ. ނަމަވެސް މުޅި މާހައުލަށް ވެރިވެފައިވާ ހަމަހިމޭންކަން ފޫދުއްވާލީ ކުރިއަށްގޮސް ގޮސް ހުރި އިންހާގެ ވޭނީ ހަޅޭކުގެ އަޑުންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

BONDAY

Level 210 Stories

Other Articles

Previous

އިންތިޒާރު 44

Next

ޝައިން (ޕާޓް-12)

Next
August 13, 2015

ޝައިން (ޕާޓް-12)

Previews
August 12, 2015

އިންތިޒާރު 44

23 Comments!

  1. ihthu says:
    August 13, 2015 at 4:48 pm

    mi part ves reethi kamah hykuran…

  2. shyn says:
    August 13, 2015 at 4:48 pm

    Nice

  3. Shabee says:
    August 13, 2015 at 4:55 pm

    What the hell is going on here? Haadha foohivey dhn. Eh paragraph liyefa nimmaalany

    1. ishaan says:
      August 13, 2015 at 6:21 pm

      Shabee can’t you see that there are more than one paragraph in the story.. 😛

    2. EM says:
      August 14, 2015 at 8:47 am

      SHABEE VERSION 2

  4. Azu says:
    August 13, 2015 at 5:01 pm

    Reethi masha allah. Ekam thankolhey kuree

  5. naax says:
    August 13, 2015 at 6:23 pm

    Masha allah v rythi vaahakaeh.. next part vx v avahah up kohdheynekamah ummydhukuran

  6. Een says:
    August 13, 2015 at 6:29 pm

    Plx maisha ah dhera gotheh nahadhachey… Mi bai ves v salhi

  7. Shabee says:
    August 13, 2015 at 9:24 pm

    Hey guys KURIN comment khffa ey need mi shabee eh noon.. As always I say she’s the 2nd shabee of esfiya.com 😛 anyways story is awesome .. Love it really appreciate u ithooooo… 😀 jazakallah khairan…

  8. lyn says:
    August 14, 2015 at 12:34 am

    Nice

  9. emiliya says:
    August 14, 2015 at 8:48 am

    this story is just awesome plx dont do anything bad to maeesha or faazin

  10. elsa says:
    August 14, 2015 at 9:19 am

    jaxakallah khairan , vr salhi mi prt ves , n 2 dhuvas fahun mi site ah mi vadhevunyves , cox m very buxy , sorry shabee mennah ves , vr salhi igea hama , wen next prt

  11. maahy says:
    August 14, 2015 at 3:20 pm

    Nice bt kury

  12. aimin says:
    August 17, 2015 at 8:12 am

    v reethi mi part ves

  13. Azki says:
    August 19, 2015 at 12:30 pm

    next part nugenes dheny tha ????

  14. Juma says:
    August 19, 2015 at 8:25 pm

    Ihthu koba next part.. haaadha laheyyyyyy! Waiting…… thankolhe avas kohlaba

  15. Sam says:
    August 22, 2015 at 12:20 pm

    Mi story up kurun haadha lahey dhw…kohme faharak up vany ehme fahun ki bai hadhaan netheyhah dhuvas v ma..vrh foohi ehen vaaathy…

  16. saabas says:
    August 25, 2015 at 3:02 pm

    pis pis !my dhen warah dhera kameh !mi site ge admin dhen ehkon complete kohffa dhey stories ekani up kurey ehwes wahaka eh up nukohdhy ninmaafa nudhenya eyrun waki days thakehga up kureveynehnun !mihaaru wihyya konme myhaku wes liyan fashafa gaibu wany waanuwa neyngi madhi myheh mi ninmany wahaka !

  17. sithoo says:
    August 26, 2015 at 8:54 pm

    Vadheefaa aahedhi nethey loabi kolleweykahwes..Taki jahaa warun..

  18. maahy says:
    August 27, 2015 at 9:48 pm

    ihthuuu next part up kohdhybalaaaa… plzzzzzzzzzz….. heyo nuvarne…. mioh reethi varhaka ah varhaka up varleh lahey kiyarfa huthuru arafarneyeyyy….. avahahah up kohdhyba… eh gothakah up nukohgen anehka mi bayah vadhe comment ves mi kuryyy… dhn up kohdhyyyy plzzzz… 🙁 🙁 🙁

  19. maahy says:
    August 27, 2015 at 9:52 pm

    thy varah rangalhu kujjehnu dhw.. 😉 😉 :p

  20. Please says:
    September 21, 2015 at 1:17 pm

    Next part please

  21. neem says:
    February 18, 2016 at 12:30 pm

    not sikaara pls next time write shikaara

Comments are closed.

Next Episodeހިތަކުން ނުފިލާނެ 35←


All Right Reserved!