[ސްކިއުޒް މީ…. އިންޖެކްޝަންތައް] ހީން އަޑާއެކު އެމީހާ ފަހަތަށް އެނބުރި ބަލާލިއެވެ. އެވަގުތު ހީންގެ ދެލޯ ބޮޑުވެ ދެއަތް ދެއަތާއި މޮޑެޔން ފެށުނެވެ. ނޭވާ އަވަސްވެ ދާހިއްލަން ފެށިއެވެ. [ހީން” އެމީހާގެ އަނގައިގެތެރެއިން މަޑުުމަޑުން ހީންގެ ނަން ބޭރުުވުމާއިއެކު ކުރިއަށް ވުރެ ވެސް ބޮޑަށް ހީންއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ހީން ވާހަކަ ދައްކަންވެގެން އަނގަ އަށް ކުޑަހަރަކާތެއް ގެނައެވެ. ނަމަވެސް ދޫ ހަރަކާތެއް ނުކުރިއެވެ. ކުރިއަށް ފިޔަވަޅެއް އަޅަން އުޅުނެވެ. ނަމަވެސް ހުއްޓުނީ ކީކޭ ހިތަށް އަރައިގެން […]
ދުއްވާ ފައި ދިޔަ ބަސް އަރިވެގެންގޮސް އަނެއް ފަރާތަށް ފޮރޮޅާލީ ކުއްލިއަކަށެވެ. ހީވަނީ އެހެން ކޮންމެވެސް ދުއްވާ އެއްޗެއް އައިސް ޖެހިގެން ފޮރޮޅާލިހެންނެވެ. އެއުސްފަރުބަދަ މަތިން ފޮރޮޅެމުން ފޮރޮޅެމުން އެބަސް ވެއްޓުނު މަންޒަރު ދުރުގައި ތިބި ފަޒީލްމެންނަށްވެސް ފެނުނެވެ. ބަސް ފޮރޮޅެމުން ތިރިއަށް ދިޔައިރު ބަހުގެ ދޮރުފަތް ކަނޑައިގެންގޮސްގެން އާމިރު ބަހުން ބޭރުވިއެވެ. އެވަގުތު ބޮލަށް އެނބުރުން އަރާފައި ހުރުމުގެ ސަބަބުން އާމިރުއަކަށް އެނަގެ ގައިގައި ހުރި އެއްވެސް ޒަހަމެއްގެ އަސަރެއް ނުކުރެއެވެ. ފޮރޮޅެމުން ފޮރޮޅެމުން ގޮސް […]
ެ. ކުލާހުގައި ގާތްގާތުގައި ތިބެން ޖެހުމުން ދެމީހުންގެ ވެސް ރަޙުމަތްތެރިކަން ބަދަހިވަމުން އައީ ވަރަށް ހަލުވި މިނެއްގަ އެވެ. ދެން ބަދަލުވީ ބެސްޓް ފްރެންޑްސް އިންނަށެވެ. ދެމީހުންގެ އެކުވެރިކަން ފެނި ކުލާހުގެ އެހެން ރަޙްމަތްތެރީން އެމީހުންނަށް ދިމާކޮށް ހަދައެވެ. ރޯމިޔޯ އެންޑު ޖޫލިއަޓްގެ ލަޤަބުވެސް ދެއެވެ. ރައްޓެހިންގެ މިކަންތައްތަކުގެ ސަބަބުން މެލަރީ ލަދުގަނެ އެވެ. ނަމަވެސް ސުޖާޢުއަށް މިކަން ވަނީ މަޖާ ކަމަކަށެވެ. އެހެންކަމުން ރައްޓެހިންގެ ކުރިމަތީގައި މެލަރީއަށް ރޮމޭންޓިކް ބަސްބުނެ ހަދަ އެވެ. މެލަރީ ލަދުން […]
ނާފިޒާ ބުނިގަޑިއަށް އިންހާ ކޮޓަރީގެ ދޮރުހުޅުވާލާފައި ބޭރަށް ނިކުތެވެ. އެއްވެސް މީހަކު އެވަގުތު ފެންނަން ނެތުމުން އިންހާ ހިނގުނުހާ ބާރަކަށް ހިނގަމުން ދިޔައެވެ. ދަންވަރުގެ ވަގުތު ކަމުން މުޅި މާހައުލަށްވެސް ވެރިވެފައިވަނީ ހަމަހިމޭންކަމުންނެވެ. އިންހާ އޭނައަށް ހިނގުނުހާ ބާރަކަށް ހިނގަމުން ދިޔައީ އެހަނި ގޯޅި ގަނޑުން އަވަހަށް ނިކުތުމުގެ ބޭނުމުގައެވެ. ނަމަވެސް މުޅި މާހައުލަށް ވެރިވެފައިވާ ހަމަހިމޭންކަން ފޫދުއްވާލީ ކުރިއަށްގޮސް ގޮސް ހުރި އިންހާގެ ވޭނީ ހަޅޭކުގެ އަޑުންނެވެ. އަރާމު ނިންޖެއްގައި ނިދާލާފައި އޮތް ފާޒިންއަށް ހޭލެވުނީ […]
މަސްދުވަސް ފާއިތުވެގެން ދިޔައީ ހީވެސް ނުކުރާހާ ހަލުއިކޮށެވެ. އަހަރުމެން އެންމެން އެއް ޢާއިލާއެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔައީ ޖްވެލްސް ގެ ނަމުގައި ހިންގަމުން ދިޔަ ޝައިން އެންޓަރޕްރައިސެސް ގެ އޯނަރޝިޕްގެ މައްސަލައާއި، ޝާޔާގެ މަންމަ އާއި ބައްޕަގެ މަރުގެ މައްސަލައަށް ބޭނުންވާ ހެކިތައް އެއްކުރެވޭތޯއެވެ. އެއީ މީގެ އެތަކެއް އަހަރުތަކެއްގެ ކުރީގެ ޙާދިސާއެއް ކަމުން އެކަން ކުރުންވީ އުނދަގޫ ކަމަކަށެވެ. ނަމަވެސް ރެޔާދުވާލުގެ މަސައްކަތުން އިޝީ ހަނީފާއި ޤަފޫރުގެ ބެންކް އެކައުންޓްގެ ތަފްޞީލު ހޯދިއެވެ. ރަޝީދުގެ […]
“ތިއީ ތަ ވީ ލޯތްބަކީ. ޗި.. ތިއީ ފިރިހެނަކަށް ވެސް ނުވިއެއްނު. ލޯތްބަކީ ގަދަކަމުން ހޯދޭނެ އެއްޗެއްނޫންކަން ހަނދާން ކުރާތި.” ރުޅިވެރި ކަމާއެކީ މިހެން ބުނެލުމަށްފަހު އަނެއްކާވެސް އާއިޒު ކޮށްޕާލިއެވެ. އީމަން ތެދުވެގެން ޔާނާއާ ދިމާއަށް ހިނގައިގަތެވެ. އަދި މަޑުމަޑުން ޔާނާ އެ ބާރުގަދަ އަތްދަނޑި މައްޗަށް އުފުލާލީ ލޯތްބާއި އޯގާތެރި ކަމާއެކީއެވެ. އަދި ކުރިއަށް ހިނގައިގަތެވެ. ޔާނާގެ އަދިވެސް ހެއެއް ނެތެވެ. އެވަގުތު އެ ހަމަ ހިމޭން ފަޒާ ތެރޭގައި ގުގުމާލީ އާއިޒުގެ ރުޅިވެރި ބަސްތަކެވެ. […]
“އައްދެ! މި ސޮރު ކޮން ދުވަހަކުތަ ޝެއިޚަކަށްވީ؟” އަމީން އެހިއެވެ. އަމީނަށް ބަލަހައްޓައިގެން ހުރި މިޞްބާޙްގެ ހިތް ދެރަވިއެވެ. އޭނަގެ މަންމައާއި ބައްޕަ އޭނަ ދިން ނަޞޭޙަތަކަށް މަލާމާތްކުރިހެން ހީވުމުންނެވެ. “އަމީން…….އަހަންނަށް ހީވަނީ އަމީން ބުނާހެން މިޞްބާ ހަމަ އަސްލުވެސް މުސްތަޤްބަލުގަ ޕޯޑިއަމްތަކަށް އަރާފަ ހުންނަތަން ފެންނާނެހެން. އެކަމަކު ޕާޓީއެއްގެ ރައީސެއްގެ ގޮތުގައެއްނޫން. ދީނީ ދަރުސްދޭ މީހެއްގެ ގޮތުގަ.” ޒާހިޔާ ހެވިފައި އިނދެ ބުނެލިއެވެ. އަމީން ލުއި ހީލުމަކާއެކީ ހޫންލައްވާލަމުން އެތާ ވަކިން ހުރި ސޯފާއަށް […]
ކިޔާން ދެން އޯކޭއޭ ކިޔާލާފަ ދާން ހިނގައިގަތެވެ. މާޔާ ދެރަވެފައި ކިޔާން ދިޔަތަން ބަލަން ހުއްޓެވެ. މާޔާ ރީތި ވެލައިގެން ނިހާނަށް ގުޅާފަ ތިރިއަށް ދިޔައިރު ބޭރުގައި ހުއްޓެވެ. ނިހާން މާ ރީތި ވެލައިގެން ހުރުމުން މާޔާއަށް މަޖާވިއެވެ. ކުރިން އަޅާ ފަށްތައް ނަގާލާފަ އަތްދިގު ގަމީހަކާ ޖީންސްގައި ނިހާންފެންނަލެއް ރީތިއެވެ. އިސްތަށިގަނޑުވެސް ރީތި ގޮތަކަށް ފުނާ އަޅާލާފަ ފަހަތަށް އައްސާފަ އޮތް ގޮތްވެސް ނިކަން ރީއްޗެވެ. ފުރަތަމަ ފަހަރަށް މާޔާއަށް ހިތާހިތުން ނިހާނަށް ތައުރީފު ކޮށްލެވުނެވެ. […]
ރަޝީދުގެ ލޯމައްޗަށް އެމަންޒަރު ސިފަވި ކަހަލައެވެ. ޝާޔާއަށް އަނގަ މަތީ އަތް އަޅާލެވުނު އިރު ދެލޯ ބޮޑުކޮށްލެވުނެވެ. އޭނާގެ މަންމަ އާއި ބައްޕަގެ އިހާނެތި މަރުގެ ވާހަކައިން ޝާޔާގެ ހިތްފަޅައިގެން ގޮސްފައިވާ ކަހަލައެވެ. ޝާޔާ ތެދުވި ގޮތަށް އައިސް އަހަރެންގެ ގައިގާ އޮޅުލައިގަތެވެ. އޭރު ޝާޔާއަށް ގިސްލެވެއެވެ. “އެކަމަކު ނަސީބަކުން ފަހަތު ސީޓުގަ އިން ޝާއިރާގެ އުނގުގައި އޮތް ކުއްޖާއަށް މާބޮޑު ގެއްލުމެއް ނުވޭ.. އަހަރެން އަވަސް އަވަހަށް އެކުއްޖާ ގޮވައިގެން އެމީހުންގެ ތެރެއިން ނިކުތިން.. އަދި […]