ސާނިޔާގެ ބަޔާން ކިޔައި ނިންމާލުމަށް ފަހު ނާއިފަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މުސްކުޅިން ބުނެ އުޅެނީ ތެދުވާހަކައެކެވެ. ވިދާހާ އެއްޗަކީ ރަނެއް ނޫނެވެ. ސާނިޔާގެ މޫނުމަތީގައިވާ މައުސޫމުކަމުގެ ނިވަލުގައި ފެންނަމުން މި ދިޔައީ އަބުރުވެރިކަމެއް ނެތް ދަށުދަރައިޖެއް އަޚްލާޤީ ސިފަތަކަކުން މަސްހުނިވެފައިވާ ޒުވާނެކެވެ. މިހާރު ނާއިފަށް ސާނިޔާ އަކީ ރީތި ކުއްޖެއް ނޫނެވެ. އުލޫކާ ސުލޫކު ރަނގަޅު ނޫން މީހަކު ބަލާބެލުމަށް ކިތަންމެ ދޮންވެފައި ރީތި ކަމުގައި ވީނަމަވެސް އެ މަލަކުން މީރުވަހެއް ނުދުވާނެއެވެ. ނާއިފް […]
“ހަހަހަ… ދޮންބޭ ސްލޯ ޑައުން…!! އެއްޗެއްގަ ޖެހިދާނެޔޭ!” ޝެރިން ވަރަށް ބާރަށް ހީގަތެވެ. ކާރު ދުއްވަމުން ދިޔަ ކައިލަށް މިކަމުން ލިބެމުން ދިޔައީ އިންތިހާ ދަރަޖައިގެ އުފަލެކެވެ. ބޮޑު ތަކުރުފާނު މަގުން މާލެ ވަށާ ބުރު ޖަހަމުން ދިޔުމަކީ ކައިލްގެ އާދައެކެވެ. އޭނާގެ އެންމެ ބާރަ އަހަރުގެ ކޮއްކޮ ޝެރިން އާއި ގަރލް ފްރެންޑް ނީމް އާއެކު އިރު އޮއްސޭގަޑިގައި ބުރުޖަހަން ދިޔުމަކީ އޭނާ މަންމަމެންނާއި ވަގަށް ކުރާ ކަމެކެވެ. “ކައިލް ދެން މަޑުކޮށްލާ… މިހާރު އެއޮށްގެން […]
ހޮސްޕިޓަލަށް ގެންދެވުނު ހާމިޒައަށް ފަރުވާ ކުރެވެމުން ދިޔަނަމަވެސް އިތުރު އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. ލިބިފައިވާ ޝޮކުގެ ސަބަބުން މީހާގެ ސިކުނޑި ވަނީ ހަރަކާތްކުރުމުގެ ބާރު ކަނޑުވާލާފައެވެ. ނަމަވެސް ޑޮކްޓަރުން ހިތްވަރުލާފައި ތަފާތު އެކި ފަރުވާ ދިނުމުގައި އަވަދިނެތިވެގަތެވެ. ފާއިތުވެގެންދާ ކޮންމެ ދުވަހަކީ ޔާނާ އަށް ހިތްދަތިކަމާ ނިކަމެތިކަން ލިބެމުން ދިޔަ ދުވަސްތަކެކެވެ. އަބަދުމެ މަންމައާ ބައްޕަގެ ބެލުމުގެ ދަށުގައި ލޯބިން އުޅެމުން އައިސް ކުއްލިއަކަށް އެކަނިވެރިވުމުން ނަފްސާނީ ގޮތުންވެސް ވަނީ އަސަރުކޮށްފައެވެ. ޖާހަތު ޔާނާ ކައިރީ […]
ފާތިނާ މޭޒުމައްޗަށް ގުދުވެލާފައި ސިއްރެއް ބުނާހެން ރަޝީދު އާއި ދިމާލަށް ކައިރި ވިއެވެ. ފާތިނާ ގެ ލޮލުން ރުޅި އައިސްފައިވާ ވަރުން އަލިފާން ކަނި ބުރަމުން ދާކަހަލައެވެ. “އެމަންޖެ ވީ ކޮންތާކު..؟ އެމަންޖެއަށް ކަލޭ ހެދީ ކިހިނެއް..؟” ލަފްޒުތަކަށް ބާރުލާފައި ފާތިނާ އެ ބުނި އެއްޗަކުން އަހަރެންގެ މޭގަނޑު އަތަށް އައި ކަހަލައެވެ. “އަނެއްކާ ޝާޔާ..؟” އަހަރެންނަށް ބުނެވުނީ ބޭއިޚްތިޔާރުގައެވެ. ޖައުފަރުމެން ދިއުމާއިއެކު އަހަރެންނަށް އިތުރަށް އެތާނގައި ނުހުރެވިގެން ބެލްކަންޏަށް ނިކުތީމެވެ. ވައި ޖައްސާލާށެވެ. އޭރު ސިކުނޑީތެރޭގައި […]
މަޑުމަޑު ފިޔަވަޅު ތަކެއްގައި އެދިމާއަށް ހިނގައިގަނެވުމާއެކު އެތަނުގެ އެއްފަރާތުގައި ހުރި ގޮނޑިއެއްގައި ހާމިޒާ އިންތަންފެނުނެވެ. ކައިރީގައި ޖާހަތު ހުއްޓެވެ. ހާމިޒާގެ ދެލޯ ވަނީ ރަތްވެފައެވެ. މޫނު ވަނީ ދުޅަވެފައެވެ. ބޯއެއްފަރާތަކަށް އެލިފައި ހުރި އިރު ހީވަނީ ހުއްޓިފައި އިން މީހެއްހެނެވެ. އެއްވެސް ހަރަކާތެއް ހުރިހެނެއް ހިޔެއް ނުވެއެވެ. ޔާނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ‘މަންމަ މިހާލުގައި ވަނީ ނަމަ ކަފުން ކުރެވިފައި އެއޮތީ …’ ޔާނާގެ ހިތަށް ގެނެވުނީ މިހިސާބަށެވެ. ކުރިއަށް އަޅައަޅާ ހުރި ފިޔަވަޅުތަށް ގަނޑުވެ […]
އޭރު ނިހާން ކާރުން ފައިބައިގެން ކިޔާނަށް ބަލާލަމުން މާޔާއަށް ބަލާލީ ބުމަގޮށްޖަހާލަމުންނެވެ. މާޔާ އިތުރަށް ބިރުގަތެވެ. ވިސްނާލާފައި މާޔާ ހިނގައިގަތެވެ. ދެމީހުންނަށް ބަލާލަމުން މާޔާގޮސް ހުއްޓިލީ ކިޔާން ކައިރިއަށެވެ. ކިޔާން ހެވިލާފައި ކާރުގެ ދޮރު ހުޅުވާދިނުމުން މާޔާ ކާރަށް އަރަމުން ސިއްރުން ނިހާނަށް ބަލާލިއެވެ. އޭރު ނިހާން ކާރަށް އަރަނީއެވެ. ނިހާން ހުރީ ކިޔާންގެ ފަހަތުގަ ކަމުން ކިޔާނަށް ނިހާނެއް ނުފެނެއެވެ. މާޔާ ހަމަޖެހެން ފުންނޭވައެއް ދޫކޮށްލީ ނިހާން ދަނީ ކަމުގަ ހީކޮށެވެ. ކިޔާން ކާރަށް އަރާ […]
ނަމަވެސް އޮފީހަށް އަލަށް ވެއްދި ޒަހާއި ރަމްޝާމެން އައުމަށް ފަހު މަތީނު އެމީހުންނާ މާގާތް ގުޅުމެއް ބާއްވަން ފެށުމުން ސާނިޔާގެ ހަސަދަވެރިކަން އައީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ. މި ކަންތަކުގެ ތެރޭގައި ޝާޑާއި ގުޅިގެން ޕާޓީކުރަން ދިޔުމާއި، އެކި ޒާތް ޒާތުގެ މަސްތުވާތަކެތި ނަގަން ފެށުން ވެގެން ދިޔައީ ސާނީޔާއަށް ލިބެން ފެށި އިތުރު ހިތްހަމަޖެހުމަކަށެވެ. ސާނިޔާވެސް ޝާޑާއި އެކީ އެ އޮފީހުން އެތެރެ ކުރަމުންދާ މަސްތުވާތަކެތި ވިއްކުމުގައިވެސް އެހީތެރިވެދީ ހަދަމުން ދިޔައެވެ. ހެކިތަކާއި ބަޔާން…. ފަޔާޒާއި […]
“އޭނައާ؟ ލޯބިން ވާހަކަ ދައްކަންވީ؟ ދުވަހަކުވެސް ނުކުރާނަން ތިކަމެއް. އަހަރެން އޭނަ ކާމިޔާބުވިޔަކަ ނުދޭނަން އެއްވެސް ކަމަކުން.” ޔޫނުސް ދެންވެސް ހަރު އަޑުން އެހެން ބުނެލަމުން ކުއްލިއަކަށް އެނދުން ތެދުވިއެވެ. އަދި ނަޞްރާ ބަލަބަލާ ހުއްޓާ ކޮޓަރިން ނިކުމެގެން ދިޔައެވެ. ޔޫނުސް ސިޓިންގް ރޫމަށް ގޮސް އެތާނގެ މެދުގައި މަޑުކޮށްލަމުން އޭނަގެ ޖިންސްގެ ޖީބުގައި އޮތް ފޯނު ނެގިއެވެ. އެއަށްފަހު ނަންބަރުތަކަށް ފިތާލަމުން ފޯނު ކަންފަތުގައި ޖައްސާލިއެވެ. “ހެލޯ.” އެކޮޅުން ޖަވާބު ދިނީ އައި.ސީ.ޔޫގެ […]
“ދެޓްސް ދަ ޕްރޮބްލަމް.. ރަޝީދުގެ ހުރިހާ ފަރުވާއަކަށް އެ ހޮސްޕިޓަލަށް ފައިސާ ދައްކާ ކަންތައް ކުރަނީ ޖައުފަރު!..” “ވަޓް…!” އަހަރެންނަށް ލިބުނު ޚަބަރުން ބޮލަށް އެނބުރުން އެރިއެވެ. “ވަޓް ދަ ހެލް އިޒް ގޮއިންގް އޮން؟؟؟” އަހަރެންނަށް ވާ ނުވާ ނޭނގިގެން ސުވާލުތަކުން ބޯ ފުރިގެން ދިޔައެވެ. “ރަޝީދާއި ޖައުފަރާއި އޮތީ ކޮން ގުޅުމެއް؟.. އެއީ ވަށަފަރު މީހެއްނު؟ އެހެންވީރު އޭނައަށް ޖައުފަރު ހަރަދު ކުރަންވީ ކީއްވެތަ؟.. ދިސް އިޒް ކްރޭޒީ.. ނޯ ނޯ ނޯ ނޯ.. […]