ކަނޑުގައި އެއްވެސް ރާޅެއްނެތް އިރު ކަނޑުގެ ލޮނުގަނޑު ކަފަމުން ބާރުދުވެލީގައި ދިޔަ ލޯންޗުގެ ފަހަތު ސީޓުގައި މައިޝާއާއި ފައިހާ އަދި ފިޒާން ތިބިއިރު އިތުރު ފަސްގެސްޓުންވެސް ލޯންޗުގައި ތިއްބެވެ. ފިޒާން މަޖާވެގެން އުޅޭމަންޒަރު ފައިހާ ފޮޓޯނަގަމުން ދިޔައިރު މައިޝާއިނީ އެއޮމާން ސާލެއްފަދަ ކަނޑަށް ނަޒަރު ހުއްޓައިލައިގެންނެވެ. ތިރީސް ފަސްމިނެޓުގެ ދިގުދަތުރަކަށްފަހު ލޯންޗު ރިޒޯޓުގެ ބަނދަރުގައި މަޑިކުރިއެވެ. އޭރު ޖެޓީމަތީގައި ގެސްޓުންގެ އިސްތިގުބާލުގައި ހަތަރު މީހުންތިއްބެވެ. ފައިހާމެން ބަލާގޮސްހުރި އަންހެންކުއްޖާއާ އެކު ރިޒޯޓަށް އަރައިގެން ގޮސް މަޑުކޮއްލީ ރެސްޓޯރެންޓް […]
“އޭނަ އައިއްސި.” ޒުވާނާ ބުނެލީ ހަމައެކަނި އެހާވަރަށެވެ. އަފްރީން ފެންޑާ ތެރެއިން ހިނގާފައި ގޮސް މިޞްބާޙްގެ ގޭގެ ލައްޕާލެވިފައިވާ ދޮރާއި ހަމަވުމުން މަޑުކޮށްލިއެވެ. އަދި އިރުކޮޅެއް ވަންދެން ކުރިމަތީގައި ހުރި ރަން ކުލައިގެ އަތްގަނޑެއް ލެވިފައިވާ މުށިކުލައިގެ ދޮރާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. މިވަގުތު އޭނަ ސަލާމް ގޮވާލުމުން ވާނެގޮތް އަފްރީން ޚިޔާލަށް ގެނެވޭތޯ މަސައްކަތް ކުރިއެވެ. މިޞްބާޙް އެ ދޮރު ހުޅުވާލަމުން ހިނިތުންވުމަކާއެކީ އަންނާށޭ ބުނެލާތަން ސިފަ ކުރެވުމުން ވެސް އަފްރީންގެ ފައިން ވާގި […]
މަލީހާ އަލަމާރިން ފާހާނައިގެ ތަޅުދަނޑި ނަގައިގެން ގޮސް ދޮރު ހުޅުވާލިއިރު ފެނުނު މަންޒަރުން ދެލޯ ބޮޑުކޮށްލެވުނެވެ. ލޯގަނޑު ތަޅައިގެން ގޮސް މުޅި ފާހަނަ ތެރޭ ހުރީ ލޯގަނޑުގެ ތަންތަންކޮޅެވެ. މާޔާ ރޮމުން މުށިގަނޑު މަތީ އިށީދެލައިގެން އިންއިރު މުޅި މުށިގަނޑުމަތީ އޮތީ ލެއެވެ. މާޔާގެ ފައިގެ އެކި ތަންތަނަށް ބިއްލޫރިގަނޑުގެ ތަންތަންކޮޅު ވަދެ ހަލާކުވެފައި ހުއްޓެވެ. މާޔާއަށް ތަދުވާހެންވެސް ހީނުވެއެވެ. އިސްޖަހާލައިގެން އިނދެ ރޮމުން ދިޔައީ މޫނުގައި ދެ އަތް އަޅާލައިގެން އިދެއެވެ. ޝާހާ އަނގަމަތީ އަތްއަޅާލައިގެން […]
ދުރުދުރުން ފެންނަން އޮތް ރިސޯޓާ ދިމާލަށް ޒެދީން ނަޒަރު ހުއްޓާލައިގެން އިންއިރު ސެލީނާ ޒެދީންގެ ކޮނޑުގައި ބޯއަޅާލައިގެން އިނީ ނިދިފައެވެ. ކަނޑު މަޑުކަމުން ހީވަނީ ސާލެއް އަޅާލާފައި އޮތްހެނެވެ. އުޑުމަތީގައި މަދުން ނޫނީ ފުސްކޮޅެއްވެސް ނެތެވެ. ލޯންޗު ބާރުދުވެލީގައި ލޮނުގަނޑު ކަފަމުންދިޔައިރު ދޭތެރެއަކުން ފުޅަނގި އުދުއްސައިގެންގޮސް ލޮނުގަނޑަށް ތިރިކުރާ މަންޒަރު ވަރަށް ހިތްގައިމެވެ. ލޯންޗުގޮސް ރިސޯޓުގެ ޖެޓީގައި މަޑުކޮއްލިއިރު ޒެދީންއަށް އިނދެވުނީ ހައިރާންވެފައެވެ. ބަލައިލި ކޮންމެ ދިމާލަކުންވެސް ކުރީގެ ހަނދާނެއް ކުލަނުވާ މަންޒަރެއްގެ ގޮތުގައި ސިފަވެގެން ދެއެވެ. […]
އާއިޒު ގާތަށް އައި ރުޅީގައި ކުއްލި އަކަށް ކޮޅަށް ތެދުވިއެވެ. ލައިގެން ހުރި ފެހިކުލައިގެ ބިލަބޮންގް ޓީޝާޓްގެ ފަސްބަޔަށް ދަމައިލިއެވެ. ގަޔަށް ހިފިފައި ހުރި ޓީޝާޓުން މީހާގެ ބިޔަ ކަމާއި ބޮޑުކަން ހާމަވެ ފިރިހެން ވަންތަކަން އިތުރު ކޮށްދީފައިވެއެވެ. މަޑުމަޑުން ޖާހަތުއާ ދިމާއަށް އަންނަން ފެށުމުން ޖާހަތުއަށް ދެތިން ފިޔަވަޅު ފަހަތަށް އަޅައިލެވުނެވެ. އަދި އެއްފަރާތުގައި ހުރި ހުމާމަށް ބަލައިލެވުނީ ބޭއިޚްތިޔާރުގައެވެ. ހުމާމު ޖާހަތު ދެކެ ލޯބިވާ ކަމަށް ދައުވާ ކުރާއިރު އެހެން މީހެއް އޭނާއާ އެގޮތަށް […]
ފޯނުގެ ސްކްރީންނަށް ނަޒަރު ހުއްޓާލައިގެން އިރުކޮޅަކު އިނދެފަ އެނދުގައި އޮށޯވެލިއެވެ. ތިންދުވަސް ފާއިތުވެގެން ދިޔައިރު ކިޔާނާ މާޔާ ދިމަލެއް ނުވެއެވެ. ފޯނުން މަދުން ވާހަކަ ދައްކާ ހަދާލައެވެ. ކޮންމެ ހެނދުނަކު ކިޔާންގެ ” މޯނިން” މެސެޖެއް ލިބެއެވެ. ނިދާއިރު ” ގުޑް ނައިޓް” މެސެޖް ލިބެއެވެ. ކިޔާންގެ އެކަހަލަ ކުދި ކުދި މެސެޖްތައް މާޔާގެ ހިތަށް ހިތްހަމަޖެހުން ލިއްބައިދެއެވެ. ނިހާން އިރުއިރު ކޮޅާ ގުޅާ މާޔާއަށް އުދަގޫކޮށްލައެވެ. ކޮންމެ ދުވަހަކު ޑިއުޓީ ނިމޭ ގަޑިއަށް އޮފީސް ކައިރިއަށް […]
“ނަޞްރާ ޙައިރާންވޭތަ؟ އަހަރެން ނުވޭ. މީނަ ކުއްލިއަކަށް ދަރިފުޅާއޭ ކިޔައި ވާހަކަ މި ދައްކަނީ އަހަރެންގެ ރިޕޯޓުތަކުގެ ސަބަބުން މީނައަށް ވޯޓު ގެއްލޭހެން ހީވާތީ.” ޔޫނުސް އިންތިހާ ދަރަޖައަށް ނުރުހުންވެފައިހުރެ ވާހަކަ ދެއްކިއެވެ. ޔޫނުސްގެ ބަސްތައް ތޫނު ތީރުތަކެއް ފަދައިން ގޮސް ނަވާޒްގެ ހިތަށް ހެރުނެވެ. އޭނަގެ ހުރިހާ ހުވަފެނެއް އެއްފަހަރާ ވިއްސިވިހާލިވެގެން ދިޔަހެން ހީވިއެވެ. ޔޫނުސް އޭނައާއިމެދު އިޙްތިރާމާއެކީ ކަންތައްކުރާނެ ކަމަށް ހީކޮށްގެން ހުއްޓާ މިވީ ކިހިނެއް ހެއްޔެވެ؟ އޭނައަށް ކުރެވުނީ މަޢާފު ނުކުރެވޭނެ ވަރުގެ […]
ެ. އެއީ އިސްކޮޅުން ދިގު ބައިމަތި ފުޅާ ޒުވާނެކެވެ. އިސްކޮޅުން ހަފޫޓަށް ވުރެ ކުރެއް ނުވާނެ އެވެ. ބޯ ފަންކަމުން ގޮސް ބައެއް އިސްތަށި ފަންކަލުގެ ވަޔާއެކު ވިހުރެމުން ދެއެވެ. ލޮލުގައިވަނީ ހޭޒަލް ކުލައެވެ. ބޮޑަށް ވައްތަރީވެސް ބޭރު ކުއްޖަކާ އެވެ. ވާނީވެސް އެހެންތާ އެވެ. ދިނާޔާ އަކީ ޖަރުމަނު މީހެއް ވިއްޔާ އެވެ. މިކްޔާލް ފެނުމާއިއެކު ދިނާޔާގެ ލޯ ކަރުނުން ވިދަން ފަށައިފި އެވެ. އޭނާގެ އެންމެ ދޮށީ ދަރިފުޅު އެއައީ ޖަރުމަން ވިލާތުގައި ހަތް […]
ކަނޑުފެން މީ އަޅުގަނޑުގެ ދެވަނަ ވާހަކަ… ހުރިހާ ކިޔުންތެރިންވެސް އިންތިޒާރުކުރާނެ ކަމަށް އުންމީދު ކުރަން… އޮކްޓޯބަރ 12 ވަނަ ދުވަހު މި ވާހަކަ އަޕްލޯޑް ކުރަން ފަށާނަން….. މީ ޙިޔާލީ ވާހަކައެއް…. އިންތިޒާރުކޮށްލައްވާ….