Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ދީވާނާ ލޯބިން ވެއްޖޭ. . [28]

GuDuMeena Level 310 Stories500 Comments100 Comments
September 30, 2015 7 Mins Read
30 Comments

ރަޝީދުގެ ލޯމައްޗަށް އެމަންޒަރު ސިފަވި ކަހަލައެވެ. ޝާޔާއަށް އަނގަ މަތީ އަތް އަޅާލެވުނު އިރު ދެލޯ ބޮޑުކޮށްލެވުނެވެ. އޭނާގެ މަންމަ އާއި ބައްޕަގެ އިހާނެތި މަރުގެ ވާހަކައިން ޝާޔާގެ ހިތްފަޅައިގެން ގޮސްފައިވާ ކަހަލައެވެ. ޝާޔާ ތެދުވި ގޮތަށް އައިސް އަހަރެންގެ ގައިގާ އޮޅުލައިގަތެވެ. އޭރު ޝާޔާއަށް ގިސްލެވެއެވެ.

“އެކަމަކު ނަސީބަކުން ފަހަތު ސީޓުގަ އިން ޝާއިރާގެ އުނގުގައި އޮތް ކުއްޖާއަށް މާބޮޑު ގެއްލުމެއް ނުވޭ.. އަހަރެން އަވަސް އަވަހަށް އެކުއްޖާ ގޮވައިގެން އެމީހުންގެ ތެރެއިން ނިކުތިން.. އަދި ދުވެފައި ފާތިނާ މެންނަށް ނުފެނި އެހެން މަގަކަށް އަޅާލައިގެން ދިޔައިން..

އަހަރެން އެކުއްޖާ ގޮވައިގެން ދިޔަކަން އެނގުމާއިއެކު ފުލުހުން އަހަރެން ހޯދަން ފެށި.. ރައްޓެއްސެއްގެ އެހީގަ ހޯރަފުއްޓަށް ދާ ބޯޓެއްގަ އަހަރެންނަށް ފިލައިގެން ދެވުނީ ހަމަކިރިޔާ.. އޭރު ޖައުފަރުމެން މުޅި ރާއްޖެ އެކުއްޖާ ނުފެނިގެން އެފުއް މިފުށަށް ޖަހާ..” ރަޝީދު ކިޔައިދެމުން ދިޔައިރު އޭނާއަށް އެ ޙާދިސާ އަލުން ތަހަންމަލު ކުރަން ޖެހިފައިވާ ކަހަލައެވެ.

“ދެން ކިހިނެއް ރަޝީދުބެ މިތަނަށް ގެނެވުނީ..” އަހަރެން އަހައިލީމެވެ. އޭރު ޝާޔާ ގެލޯ ރަތްވެފައި ވަނީ އޮހޮރެމުން ދިޔަ ކަރުނައިގެ ސަބަބުންނެވެ.

“ބޭބެ މިމަންޖެ ބަކުރާ ހަވާލުކޮށްފަ ވީހާވެސް އަވަހަކަށް ދިޔައީ ފުރައިގެން ޅަވިޔަނި އަތޮޅަށް.. އެހެންބަޔަކަށް އަހަރެން ހޯރަފުއްޓަށް އައިކަން ނޭނގެނީސް.. ދެން ނައިފަރު ބޯޓަކުން ބޭބެ މާލެ ދިޔައީ.. ބޭބެ ބޭނުންވީ އެ މައްސަލަ ސިފައިންގޭގަ ޖައްސާ އެމީހުންނަށް ކުރަން އުޅުނު ކަންތައްތައް ވިޔަނުދޭން.. އެކަމަކު ކަންތައްވީ އެހެނަކުން ނެއްނޫން.. ބޭބެ މާލެ ދިޔައިރު އެދެމަފިރިންގެ މަރު އޮތީ ބޭބެ ބޮލުގަ އަޅުވާފަ.. ޖައުފަރުގެ މީހުން ބޭބެ ހޯދަމުން ދޭ އޭރު.. ދިޔަތާ ދެވަނައަށް ވީދުވަހު ބޭބެ އޭގެން މީހެއްގެ އަތްދަށުވީ.. އެމީހުން ސިފައިންގެޔަކަށް ގެންދާކަށް ނެހެދި.. ބަނދެފަ ބޭންދީ ހަދަމުން ދިޔަ އިމާރާތެއްގެ މަތީބުރިއެއްގަ.. ވަރަށް އަނިޔާކުރި އެމަންޖެ ވީތަނެއް ހޯދަން.. އެމީހުން ތިބީ ޖައުފަރު އަންނާނެ އިރެއްގެ އިންތިޒާރުގަ.. އެމީހުން ކިޔަނިކޮށް އަޑުއިވުނު އެމަންޖެ ވީތަނެއް އެނގުމުގެ ކުރިން ބޭބެ ސިފައިން ގެޔާ ހަވާލު ނުކުރަން ވަނީ އަނަގާފައޭ.. އެމަންޖެ ވީތަނެއް އެނގޭހާ އަވަހަކަށް އެމަންޖެ ހޯދައިގެން މަރާލަން ވަނީ އަންގާފައޭ.. ފައިސާ އާއި ހެދި ރަހުމުގެ ކަންފުޅެއްވެސް އެއިން މީހެއްގެ ހިތުގައެއް ނެތް.. ބޭބެއަކަށް ނޫނީ އެމަންޖެ ވީތަނެއް ނޭނގެ.. ބޭބެއަށް އެނގުނު އެމީހުން ބޭބެގެ އަތްފައި ވަކިވަކިން ބުރިކޮށްގެންވެސް އެމަންޖެ ވީތަނެއް ހޯދާނެކަން.. ބޭބެއަށް ބޭބެގެ މަރު ޔަގީންވެއްޖެ.. އެކަމަކު ބޭބެ ބޭނުމެއްނުވި ދެމަރު ބޭބެގެ ބޮލުގަ އެޅޭކަށް.. އެހެންވެ އެމީހުން ދުރަށްޖެހިލި ވަގުތު އުޅެ އުޅެގެން އައްސާފައި އޮތް ވާގަނޑު މޮހާލާ ބޭބެގެ ކަރުގަ ބަނދެލައި އެއްކޮޅު އައްސާފައި އިމާރާތުން ބޭރަށް ފުންމާލީ.. ބޭބެ ބޭނުންވީ އަމިއްލައަށް މަރުވެގެންވެސް މަންޖެގެ ފުރާނަ ސަލާމަތްކުރަން..” ޝާޔާގެ ބޮލުގައި ރަޝީދު ފިރުމައިލިއެވެ. ރަޝީދުގެ ޤުރުބާނީ ހިތަށް އަރާފައި އަހަރެންގެ ލަގޮނޑިއަށް ބާރު ކުރިއެވެ. ނީރާލި ކަރުނައިގެ ތިކިތަކުން ފެންކަޅި ވިއެވެ.

“ބޭބެއަށް އޭގެފަހުން ހިނގި އެއްވެސް ކަމެއް ހަނދާނެއް ނެތް.. އެމީހުންނަށް އާދެވުނުއިރު ބޭބެ އޮތީ ދަންޖެހިގެން މަރުވާން ކައިރިވެފައި ވަނިކޮށޯ.. ބޭބެއަށް ހޭލެވުނުއިރު ހުރީ މިތަނުގަ.. އޭރު ބޭބެއަކަށް އެއްވެސް އެއްޗެއް ހަނދާނެއް ނެތް.. ބޭބެމީ ކާކު ކަމެއްވެސް ހަނދާނެއް ނެތް.. އެމީހުން ބޭބެއަށް ބޭސް ކާންދޭން ފެށުމުން މަޑުމަޑުން ހަނދާން އަންނަމުން އަންނަމުން ދޭ.. އެކަމަކު ވީގޮތް ހަނދާން ވާއިރަށް ބޭބެ ބޭސްކެއުން ހުއްޓާލަން.. ހުއްޓާލާއިރަށް ބޭބެގެ ހަނދާން މަޑުމަޑުން ފިލާދޭ.. ހަނދާން ނެތުމުން އަނެއްކާވެސް ބޭސް ކާން ފެށޭ.. ބޭބެ އެއްކޮށް ރަނގަޅު ނުވާން ފެށުމުން ޖައުފުރުގެ އެންގުމަށް އެތައް ދުވަހަކު ކަރަންޓު ޖައްސާވެސް ހެދި.. ވާރަށް އަޒާބު ދެއްކި.. ބޭބެ ހަމަހިލާ ހަނދާން ވާކަމަކަށް ނަހަދަން.. އެނޫންނަމަ ބޭބެ މިދުވަސް ދެކެން ދުނިޔެއަކު ނުހުންނާނެ..” ރަޝީދު ކަންހިނގައިދިޔަ ހުރިހާގޮތެއް ކިޔައިދިނެވެ. “މިދުވަސް އަންނާނެ ކަމަށް ދުވަހަކުވެސް ބޭބެ އުންމީދެއް ނުކުރަން.. މިހާރުދެން ބޭބެއަށް ހިތްހަމަ ޖެހިލައިގެން އޮވެ މަރުވެވިދާނެ..” ފުންނޭވާއެއް ދޫކޮށްލަމުން ރަޝީދު ލޯމަރައިލިއެވެ. ބޮލަށް ހެރިފައި އިން އެތިގަނޑެއް އުފުރާލުމުން ވާކަހަލަ ލުޔެއް ރަޝީދުއަށް ލިބުނު ކަހަލައެވެ. ބޭބެ ޝާޔާގެ ނިތަށް ބޮސްދިނެވެ.

“ދަރިފުޅުމެންނޭ.. އެ ޖައުފަރަކީ ނުލަފާ ނުބައި ޝައިޠޯނެއް.. އެ ފާތިނާ އަކީ އެހުރިހާކަމެއްގެ މުގޫ.. ފައިސާޔާހެދި އެމީހުން މީހެއްގެ ފުރާނަ ދުއްވާލާކަށް ދެ ފަހަރަކަށް ވިސްނާވެސް ނުލާނެ.. އެމީހުން މިހާރު މުއްސަނދި ވެގެން އެއުޅެނީ އެކޮއެ ބައްޕަގެ މަދަލުން.. އެހުރިހާ މުދަލަކާ ފައިސާއެއްގެ ހައްގުވެރިޔަކީ ތިއީ.. ދަރިފުޅާ ބޭބެ ބުނާއަޑެއް އަހަންޏާ އެމީހުންނަށް ހައްގު އަދަބު ދޭތި.. ޝާއިރާ އާއި ނާޝިދަކީ ހާދަ މާތް ދެމަފިރިންނޭ..” ރަޝީދުގެ އަޑު ބެދޭގޮތް ވިއެވެ.

އޭރު އެހުރިހާ މަންޒަރަކާއި އަޑެއްވަނީ ރެކޯޑުކުރެވިފައެވެ. ޖައުފަރުމެންގެ ނިމުން ކައިރިވެއްޖެ އެވެ. އަހަރެން ޝާޔާގެ މައިންބަފައިންގެ މަރުގެ ބަދަލު ޖައުފަރާއި ފާތިނާގެ ކިބައިން ހިފާނަމެވެ. އެމީހުންގެ އަތުން ޝާޔާގެ ޙައްޤު އަނބުރާ ހޯދައިދޭނަމެވެ. އަހަރެންނަށް މޮޅު ޚިޔާލެއް އައެވެ.

“ޝޯން.. ޔޫ އަރ ޑޭމް ލަކީ..” އިޝީ ވާހަކަ ދައްކަމުން ދިޔައަޑު ހެޑްސެޓުން އިވެއެވެ. “އެންމެފަހުން ޝާޔާމިވީ ކިންގްޑަމް އެއްގެ ލޮސްޓް ޕްރިންސެސް އަކަށް.. މައި ގޯޑް.. ޝީ އިޒް ރިއަލީ ސަމްތިން.. ޝީ ހަރ ސެލްފް އިޒް ރޯޔަލިޓީ..” އިޝީ ޝާޔާއަށް ތަޢުރީފުގެ ބަސްތައް އޮއްސަމުން ދިޔައިރު އަހަރުމެން ދިޔައީ ހޮސްޕިޓަލުން ނިކުންނާށެވެ. އަހަރެންނަށް ކުރެވެމުން ދިޔައީ މަސްހުނި އިޙްސާސް ތަކެކެވެ. ޝާޔާގެ ނަސަބު އެނގުމުން އަހަރެންނަށް ލިބުނީ ބޮޑު އުފަލެކެވެ. އަނެއްކޮޅުން ޝާޔާގެ މައިންބަފައިންގެ ޤާތިލުން އެދަނީ ޝާޔާގެ ޢާއިލާގެ، ޝާޔާގެ ތަނަވަސްކަމުގައި ރަސްކަން ކުރަމުންނެވެ.

އަހަރުމެންނަށް ވޭނާއި ހިސާބަށް ދެވުނުއިރު ޑޭވިޑް ފަހަތުން އޭނާގެ ދަބަސް ހިފައިގެން އާދެއެވެ. ވޭންގެ ދޮރު ހުޅުވާފައި އެނތެރެއަށް ވަނުމާއިއެކު ރަނާއާއި ރިޔާ ޝާޔާގައިގާ ބައްދާލިއެވެ. ޝާޔާގެ ހިތާމައިގާ ހުރިހާ އެންމެންވެސް ބައިވެރި ވިއެވެ. “ހޭ ޕްރިންސެސް.. ހިތްވަރު ކުރާތި.. އަހަރުމެން ޖައުފަރެއް ދުލެއް ނުކުރާނަން..” ޒާނިޝްގެ ޖުމްލައިން ޝާޔާއަށް އިތުރު ހިތްވަރެއް ލިބުނުކަހަލައެވެ. ޝާޔާހުރީ މިފަދަ ދަނޑިވަޅެއްގައި ޝާޔާއަށް ހިތްވަރުދީ ހަދާނެ އެކުވެރިންތަކެއް ލިބުމުން އުފަލުން ފޮޅިފައިކަން އެނގެއެވެ. ޝާޔާގެ ލޮލުން ނީރާލީ އުފާވެރިކަމުގެ ކަރުނައެވެ. ޝާޔާގެ ތުން ބިނދުނެވެ. އަހަރެން ޝާޔާ ގައިގާ ހިފަހައްޓާލީމެވެ.

އެންމެފަހުން ޝާޔާގެ އަސްލު މައިންބަފައިންގެ ގޮތް އެނގުނީއެވެ. ޖުވެލްސް އަކީ ޝައިން އެންޓަރޕްރައިސެސްގެ ފައިސާތަކަށް ޖައުފަރު ވެރިވެގަނެގެން ހުޅުވި ކުންފުންޏެއްކަން ބައްޕައަށް އެނގިފައި އޮންނާނެހެން ހިޔެއް ނުވެއެވެ. އެހެން ކަމުން އަހަރެން ބޭނުންވީ ރަޝީދުގެ ހުރިހާ ވާހަކައެއް ބައްޕައަށް އަޑު އިއްވާށެވެ. ޑޭވިޑްގެ އެހީގައި އެކަންވީ ދާދި ފަސޭހަ ކަމަކަށެވެ. އެވީޑިއޯ އިންޓަރނެޓަށް އަޕްލޯޑް ކޮށްލާފައި ބައްޕައަށް އަހަރެންގެ އީމެއިލް އިން ލިންކް ފޮނުވީމެވެ. “އައިމް ސޮރީ. އައި ކާންޓް މެރީ ހިޒް ޑޯޓަރ” މިހެން ސަބްޖެކްޓްގައި ލިޔެލާފައެވެ. ބައްޕައަށް ހަމަގައިމުވެސް ޝާޔާގެ މަރުހޫމު ބައްޕަގެ ގޮތް އެނގޭނެއެވެ. އެހެންވީއިރު ބައްޕައަށް އެ ވީޑިއޯ ފެންނައިރަށް އަހަރެންނަށް ގުޅާނެއެވެ. އަހަރުމެންނަށް ކެންބެއްރާއިން ސްކައިޕިޔާއަށް ދާން ނައްޓާލެވުނީ ހަވީރު ފަސްގަޑި ބައި ވަނިކޮށެވެ. ޑޭވިޑްގެ ކާރުދުއްވުމުގެ ހުނަރުވެސް ވަރަށް ކުޅަދާނައެވެ.

ޖެހިގެން އިން ސީޓުގައި ޚިޔާލީ ދުނިޔެއަކަށް ގެއްލިފައި ދާދި ގާތުގައި އިން އަހަރެންގެ ޕްރިންސެސްގެ އަތުގައި މަޑުމަޑުން ހިފާލީމެވެ. އެއާއިއެކު ކުޑަކޮށް ސިހިފައި ޝާޔާއަހަރެންނަށް ބަލައިލިއެވެ. “މިހާރު އަހަރުމެންގެ ކައިވެނި ހުއްޓުވޭނެ އެއްވެސް މީހަކު ނުހުންނާނެ.. ޔޫ އަރ އޭޒް ރިޗް އޭޒް މައި ޑޭޑް ހިމްސެލްފް..” އަހަރެން ދިމާކޮށްލީމެވެ. ޝާޔާގެ ތުންފަތަށް ވެރިވީ ލަދުރަކި ހިނިތުންވުމެކެވެ.ނަމަވެސް ޝާޔާއަށް އުނދަގޫތަކެއް ވެފައި ހުރިކަން އެނގެއެވެ. “ޔޫ އަރ މައިން.. އޮންލީ މައިން..” އަހަރެންގެ ކޮނޑުމަތީގައި ޝާޔާ ބޯއަޅައިލުމުން އަހަރެންގެ އަތުން ޝާޔާ ވަށައިލީމެވެ.

އަހަރެން އިޝާއަށް ގުޅާފައި އަދި އެއްކަމެއް ކޮށްދިނުމަށް އެދުނީމެވެ. އެއީ ޝައިން އެންޓަރޕްރައިސެސްގެ ފައިސާގައި ޖައުފަރު ހިންގަމުންދާ ވިޔަފާރީގެ ހުރިހާ މަޢުލޫމާތަކާއި އޭނާގެ ނަމުގައި ހުރި އެކައުންޓް ތަކާއި އޭގައި ހުރި ފައިސާއާއި އޭނާގެ ކުންފުނި ތަކުން ކޮށްފައިވާ ހުރިހާ ފައިސާގެ މުޢާމަލާތްތަކެއް، އަދި އޭނާގެ އަތުން އެ ހުރިހާއެއްޗެއް އަތުލުމަށް ގާނޫނީ ގޮތުން ބޭނުންވާނެ ހުރިހާ މަޢުލޫމާތު ތަކެއް ހޯދައިދިނުމަށެވެ. އެއީ މިކަހަލަ ކަމެއް ރާވަމުންދާކަން އޭނާއަށް އެނގުމަށް ފަހު އެ ފައިސާގެ ރެކޯޑްތަށް ބަދަލުކޮށް ހުރިހާ ހެއްކެއް ނައްތާލަފާނެތީއެވެ. އަހަރެންގެ ޚިޔާލަށް ހުރިހާ އެންމެންވެސް ތާއީދު ކުރިއެވެ. އަދި އިޝީ އޭނާގެ ރަހުމަތްތެރިންގެ އެހީގައި އެކަންތައް ކޮށްދިނުމަށް އެއްބަސް ވިއެވެ. އަދި ވަގުތުން އެމަސައްކަތަށް ފަށައިގަތެވެ.

އިރުކޮޅަކުން އަހަރެންގެ ފޯނު ރިންގުވިއެވެ. ގުޅަނީ އަހަރެންގެ ބައްޕައެވެ. އަހަރުމެން ތިބީ އެ ކޯލްގެ އިންތިޒާރުގައެވެ. އަހަރެން ޖަވާބުދިނީމެވެ.

“ސަން.. ވީހާވެސް އަވަހަކަށް އާދޭ މިކޮޅަށް.. އައި ނީޑް ޓު ނޯ އެވްރިތިން.. މީޓްމީ ވެންޔޫ ކަމްހިޔަރ.. ބްރިންގް ހަރ ވިތް ޔޫ..” ބައްޕަގެ އަޑުގައި ވަނީ ހައިރާންކަމާއި ކަންބޮޑުވުމެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ޖައުފަރުގެ ހަގީގަތް އެނގުމުން ބައްޕައަށް ސިހުމެއް ލިބިފައި ވާކަހަލައެވެ. އަހަރެން ފޯނުބޭއްވީ އެކެއް ޖަހާއިރު ބައްދަލުކުރަން ކިޔާފައެވެ. މިހާރު ދަތުރުކުރަމުން މިދާ ބާރުމިނުގައި އެހާއިރަށް ސްކައިޕިޔާއަށް ދެވޭނެއެވެ.

ހޮޓަލަށް ދެވުމާއިއެކު އަހަރުމެން އަވަސްވެގަތީ ބައްޕައާއި ބައްދަލުކުރަން ހޮޓަލުގެ އެންމެ މަތީ ފަންގިފިލާގައި ވާ އޮފީހަށް ދާށެވެ. ބައްޕަ ދައްކަން އުޅޭ ވާހަކައެއް އަޑު އެހުމަށް ހުރިހާ އެންމެންވެސް ތިބީ ބޭނުން ވެފައެވެ. އަހަރެން ޝާޔާގެ އަތުގައި ހިފައިގެން ދިޔައިރު ޝާޔާހުރީ ވާން އުޅޭ ބަފައިބެއާއި ބައްދަލުކުރަން ދާތީ ހިތް އަވަސް ވެފައެވެ. މި ބައްދަލުކުރުމުގެ ގޮތުންވެސް މެއެވެ. ޝާޔާއަކީ މިހާރު ހުރިހާ އެންމެންނަށް ވެސް މުހިންމު މީހަކަށް ވަނީ ވެފައެވެ. އެއީ ޝާޔާއަކީ މުއްސަނދި ވިޔަފާރިވެރިއެއްގެ ދަރިއެއްކަން އެނގުމުން ހެއްޔެވެ؟ ނިކަމެއްޗެއްގެ ގޮތުގައި ހުރިއިރު ޝާޔާފެނުނީ ކާކަށް ހެއްޔެވެ؟ އެއްވެސް މީހަކަށް ޝާޔާ މުހިންމު ވިހެއްޔެވެ؟ މިލިބޭ ސަމާލުކަމާއިހެދި ޝާޔާ ހުރީ އުނދަގޫ ވެފައި ކަހަލައެވެ.

ލިފްޓުން 30 ވަނަ ފަންގިފިލާއަށް ދިޔައީމެވެ. ލިފްޓުން ނިކުމެވުނީ ރިސްޕްޝަނެއްގެ ކުރިމައްޗަށެވެ. ދެފަރާތުގައި އޮފީސް ބައިތައް ހުއްޓެވެ. ދަންގަޑިއަކަށް ވުމާއިއެކު ރިސެޕްޝަންގައި އިނީ އެއްމެ ސްޓާފެކެވެ. އަހަރުމެން ދިއުމާއިއެކު އެނތެރެއަށް ވަންނަން އިޝާރާތްކޮށްފައި އޮފީހަށް ދާނެ ގޮތް ކިޔައިދިނެވެ. ޑޭވިޑް ނޫން ހުރިހާ އެންމެން އަހަރެންނާއި އެއްކޮށް އައެވެ.

އޮފީސް ކުރިމަތީ ހުރި ކޮންފަރެންސް ހޯލަށް ވަނުމާއިއެކު އަހަރެން ހައިރާންވީ ބައްޕައާއިއެކު މަންމަ ވެސް އަހަރުމެން އަންނަންވާއިރަށް އިންތިޒާރުގައި އިނީމައެވެ. ހުރިހާ އެންމެންގެ ލޯ އަހަރެންނަށް އަމާޒުވިއެވެ. ބައްޕަ ހުރީ ދެކޮޅަށް ހިނގާލަ ހިނގާލައެވެ. ބައްޕަގެ ސިކުނޑީގެ ތެރޭގައި ހައިޖާނެއް އުފެދިފައިވާ ކަހަލައެވެ. “އާދޭ.. އާދޭ.. އިށީނދޭ..” ހަމަރުމެންނަށް އިށީނުމަށް ބައްޕަ އިޝާރާތްކުރިއެވެ. އޭރުވެސް ބައްޕަގެ ނަޒަރު ހުއްޓިފައިވަނީ ޝާޔާއަށެވެ. އެކަންއެނގި ޝާޔާހުރީ ލަދުން ވިރޭވަރު ވެފައެވެ.

މަންމަ އައިސް ޝާޔާގެ އަތުގައި ހިފާލައިގެން ގޮސް މަންމަ ކައިރީގައި ގޮނޑިއެއްގައި ޝާޔާ ބޭންދިއެވެ. މަންމަގެ މޫނުމަތިން ފެންނަމުންދިޔައީ މަސްހުނިވެފައިވާ އިޙްސާސްތަކެކެވެ. ޝާޔާދެކެ ޙަމްދަރުދީ ވެފައި ވާކަން ފާޅުވާން ހުއްޓެވެ.

“މިވާހަކަތައް ދެން އިތުރަށް އެނގޭނީ ކޮންބަޔަކަށް..” ބައްޕަ ސުވާލުކުރީ ކަންބޮޑުވެފައި ހުރެއެވެ.

“އިޝީއަށް އެނގޭނެ.. އިޝީ އާއި އިޝީގެ ރައްޓެއްސެއްގެ އެހީގަ މިހުރިހާ ކަމެއް ކުރެވުނީ..” އަހަރެން ބުނީމެވެ.

“ތީގެން އެއްވެސް ކުއްޖެއް މިވާހަކަ، އަދި ތި އެނގުނު އެއްވެސް މަޢުލޫމާތެއް އިތުރު އެއްވެސް މީހަކާ ޙިއްސާ ނުކުރާތި..” ބައްޕަ އެހެން ބުނެފައި އަހަރެންނަށް އެނބުރުނެވެ. “ދަރިފުޅުގެ ފައިގެ ފަލަމަސްގަނޑުގަ ހުރެއެއްނު ލަކުނެއް..” ބައްޕަ އެދައްކަން ފެށި ވާހަކައެއް އެއްގޮތަކަށްވެސް އަހަރެންނަށް ނުވިސްނުނެވެ.

“ބައްޕަ ބުނުއްވީމެންނުންތޯ އެއީ އެކްސިޑެންޓެއް ވެގެން ކުޑައިރި ލިބިފަ ހުރި ގެއްލުމެކޭ..” އަހަރެންނަށް މަންމަމެން އެކަމާއި ބެހޭގޮތުން މާ ބައިވަރު ވާހަކައެއް ކިޔައެއް ނުދެއެވެ. އެނގެނީ އެއީ އަހަރެން ވަރަށް ކުޑައިރު ވެފައި ހުރި ކަމެއް ކަމެވެ. އެކަމަކު އެކަމުގެ އެއްވެސް ހަނދާނެއް އަހަރެންގެއެއް ނެތެވެ.

“އާނ.. އެއީ ދަރިފުޅު ވިހެއިފަހުން ބައްޕަމެން ދަރިފުޅު ގޮވައިގެން މެލޭއަށް ދިޔަ ފުރަތަމަ ދަތުރު.. ދޮންބެވެސް ގޮވައިގެން އައި ދަތުރެއް އެއީ.. ބައްޕަމެން ތިބި ހޮޓަލުގަ ނާޝިދުމެންގެ ދެމަފިރިންވެސް ބޭސްކުރަން އައިސް ތިބި ފަހަރަކާ ދިމާވީ.. އެކަމަކު ވިޔަފާރީގެ ވާދަވެރިކަމުގަ މާބޮޑު ގުޅުމެއް އޭރަކު ނާޝިދުމެންނަކާ ނޯވޭ..” ބައްޕަ އިސްޖަހައިގެން އެހެން ބުނި އިރު އެއީ ބައްޕަގެ މައްސަލައޭ ދޭހަވެއެވެ. “އެއްދުވަހަކު ބައްޕަ ދަރިފުޅުމެން ގޮވައިގެން ކާރެއްގަ ދަނިކޮށް އެހެން ކާރެއްގަ ޖެހި އެކްސިޑެންޓްވީ.. ސީޓްބެލްޓް އަޅައިގެން ތިބުމުން މާބޮޑު އަނިޔާއެއް އެހެންމީހަކަށް ނުވިޔަކަސް ދަރިފުޅަށް ބުއްދޭން ކުރީ ސީޓްގަ މަންމަ އިންދާ އެހެން ދިމާވުމުން ދަރިފުޅު ވިއްސާގެން ގޮސް ޖެހުނުގޮތުން ކާރު ތެރޭ ހުރި އެއްޗެއްގަ އަޅައިގަނެ އެތަން ކަފައިގެން ދިޔައީ.. ދެން އަވަހަށް އެމްބިއުލާންސަކަށް ގުޅައިގެން ގެނެސްގެން ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް ލެޔެއް މަނަލެއް ނުވޭ. ފަލަމަސްގަނޑުގެ އެނތެރެއިން ކަފައިގެން ގޮސްފަހުރީ ލޭނާރެއްގެ މަތިން ކަމަށް ޑޮކްޓަރު ބުނި.. ހޮސްޕިޓަލަށް ދިޔައިރު ދަރިފުޅުގައިން ލޭ މަދުވެގެން ވަނީ ޝޮކަކަށް ގޮސްފަ. ވަގުތުން އެމަރޖެންސީކޮށް އޮޕަރޭޝަން ކޮށް އެތަން ފެހީ.. އެކަމަކު ދަރިފުޅުގައިގަ ހުރީ އޭބީ ނެގެޓިވް އަށް ވެފަ މަންމަ އާއި ބައްޕަގެ ލޭގެ ގުރޫޕަކާއި ދިމަލެއް ނުވޭ.. މަންމަ ގައިގަ އޭ، ބައްޕަ ގައިގަ ބީ. އަނެއްކާ ހޮސްޕިޓަލުގަ އެވަގުތު އެ ގްރޫޕުގެ ލެޔެއް ލިބޭކަށް ނެތް. އެންމެ ފަހުން ކުރާނެ ކަމެއް ނޭނގިގެން އުޅެނިކޮށް ހޮސްޕިޓަލުން ނާޝިދުމެންނާއި ދިމާވީ.. ހާސްވެފައި ތިބިވަރުން ވެގެން އުޅޭ ގޮތެއް އެހީމަ ބައްޕަ ކިޔައިދިނިން. ނަސީބަކުން ނާޝިދު ގައިގާ ހުންނަނީ އެ ގްރޫޕްގެ ލޭ. އެދުވަހު ނާޝިދު ދަރިފުޅަށް ލޭ ނުދިން ނަމަ ދަރިފުޅެއް މިޔަދަކު ދުނިޔޭގައި ނުހުރީސް.. ޑޮކްޓަރު ބުނީ ހަމަ ކުޑަތަންކޮޅެއް ލޭލިބުން ލަސްވިނަމަވެސް ފުރާނައަށް ނުރައްކާ ވީހޯ..”

މިޢާއިލާއަށް، ޚާއްސަކޮށް އަހަރެންނަށް ޝާޔާގެ ބައްޕަ ކޮށްދިން ކަންތައްތައް ހަނދާންވެ، އެފަދަ މާތް މީހަކާއި ދޭތެރޭގައި އެހާ އިހާނެތި ގޮތެއް ދިމާވިކަން އެނގުމުން އަހަރެންގެ ބައްޕައަށް ވެސް ވަނީ ވަރަށް އަސަރު ކޮށްފައެވެ. އެވާހަކަ އަޑުއަހައި ޝާޔާއަށް ވެސް އަސަރުތަކެއް ކޮށްފައިވާކަން އެނގެއެވެ. އެންމެންގެ އަނގައިން ޝާޔާގެ މައިން ބަފައިންނާއި މެދު އިވެމުންދިޔަ ހެޔޮބަސްތަކުންނާއި ޝާޔާގެ މަންމައާއި ބައްޕަގެ މާތް އަޚްލާޤުގެ ސަބަބުން ޝާޔާގެ މައިންބަފައިންނާއި ދޭތެރޭ ފަޚުރުވެރި ވާނެކަން ގައިމެވެ. އަދި ޝާޔާއަށް އެމާތް އަޚްލާގު ލިބުނީ އޭނާގެ މަރުހޫމް މައިންބަފައިންގެ ފަރާތުން ކަން އެނގި އަހަރެންގެ ހިތުގައިވި ޝާޔާގެ މަޤާމު އިތުރަށް މަތިވެގެން ދިޔައެވެ.

“އޭގެ ފަހުން ނާޝިދަކީ މި ޢާއިލާގެ ވަރަށް ގާތް ރައްޓެއްސެއް.. ނާޝިދުގެ މަރުގެ ޚަބަރުވީ ވަރަށް ހިތާމަވެރި ޚަަބަރަކަށް.. އެކަމަކު އޭރުވެސް ޖައުފަރަކީ ނާޝިދުގެ ކާކުކަމެއްވެސް އެނގިފައެއްނެތް.. އެހާބޮޑަށް އާއިލާގެ އެނތެރޭގެ ކަންކަން އޮތްގޮތެއް ނޭނގޭތީ.. މުޅި ހާދިސާ އޮތީ އޮޅުވާލައިފަ.. އެމަރުގެ ފަހަތުގަ ރަޝީދުގެ އަތެއް ވާކަމަށް ބުނެ ރަޝީދު ހޯދަން ފުލުހުން ވަރަށް މަސައްކަތް ކުރި.. އަދި އަދަށް ދާންދެންވެސް ރަޝީދު ވީތަނެއް އެއްވެސް މީހަކަށް ނޭނގޭ.. މިހާރު ތިހުރިހާ ކަމެއްވެސް ހިނގާދިޔަގޮތް ސާފުވެއްޖެ..” ބައްޕަ މޭޒުމަތީގައި އަތް ވިއްދާލަމުން އިސްޖަހާލިއެވެ. ބައްޕަގެ ސިކުނޑީތެރޭގައި އެ އެ ހާދިސާ ސިފަކުރެވެމުން ދާކަހަލައެވެ.

“ޝާޔާ ދަރިފުޅާއި ދަރިފުޅުގެ އާއިލާއާއި ދޭތެރޭ ކަންތައްވީ ގޮތާއި ދޭތެރޭ މަންމަ ވަރަށް ހިތާމަ ކުރަން.. ދަރިފުޅުގެ މަންމަ އާއި ބައްޕައަށް ހެޔޮ ރަޙުމަތް ލައްވާށި..” މަންމަ ޝާޔާގެ ބޮލުގައި ފިރުމާލަމުން ނިތްކުރީގައި ބޮސްދިނެވެ. މަންމަމެންގެ ހިތުގައިވެސް ޝާޔާއަށް ދެވިފައިވާ ޤަދަރު އެތައް ގުނަޔަކަށް އުފުލިފައިވާ ކަހަލައެވެ.

“ސޯ ވަޓް ޝުޑް ވީ ޑޫ.. ޑޭޑް.. އައި ވޯންޓް ހިމް އެރެސްޓެޑް..” ޖައުފަރުގެ ނަން ހިތުގެ ތެރޭގައި އާވިޔަސް އަހަރެންގެ ލޭ ކެކޭ ގޮތް ވެއެވެ. އަހަރެން ބޭނުމީ ހަމަ މިހާރު އޭނަ ބަންދުކޮށް ޖަލަށް ލާށެވެ. ވެގެން ވާނަމަ ޝާޔާގެ ކުރިމަތީގައި އޭނާއަށް އަދަބު ދިނީހީ އަހަރެންނެވެ. ޝާޔާއަށް އުފުލަން ޖެހުނުހާ ތަކުލީފަކާއި ވޭނެއް އެމީހުންނަށް އިޙްސާސް ކޮށްދިނީމުހެވެ.

“މިހާރުވެސް ބައްޕަގެ ލީގަލް ޓީމުން ތިކަންތައް އެބަ ކުރިޔަށް ގެންދޭ.. ތެންކްސް ޓުޔޫ އޯލް.. މިހާރު ހޯދިފަ ތިހިރަ އެވިޑެންސުން ތި މައްސަލަ އަލުން ބަލަން ފެށޭވަރުވާނެ.. އެކަމަކު އެކަމަށް ރަޝީދުގެ ހެކިބަސް ބޭނުންވާނެ.. އެހެންވެ ރަޝީދު ޕްރޮޓެކްޓިވް ކަސްޓަޑީއަށް ގެންދިއުމުގެ ކަންތައް މިކޮޅުގެ ލީގަލް ބަޔަކާއި ގުޅިގެން އެބަ ކުރިއަށްދޭ.. ދަރިފުޅުމެން ދެން އެކަމާއި ހާސްނުވޭ..” ބައްޕަ ޝާޔާއާއި ގާތަށް ޖެހިލިއެވެ. ޔޫލުކް ޖަސްޓް ލައިކް ޔޯރ މަދަރ.. ކުރިން އެހާ ރީތިކޮށް ފެނިފައި ނެތީމަ ފާހަގަ ނުކުރެވުނީ.. ބަޓް ޑޯންޓް ވޮރީ މައި ޗައިލްޑް.. ނާޝިދު އާއި ޝާއިރާގެ ޤާތިލުން އިންސާފުގެ ކުރިމައްޗަށް ގެންނާނަން.. އައި ޕްރޮމިސް ޔޫ ދެޓް..” ޔަގީންކަމާއިއެކު ޝާޔާގެ އަތުގައި ހިފާލަމުން ބައްޕަ އެހެން ބުނުމުން އަހަރެންގެ ހިތް އުފަލުން ފޮޅުނެވެ. ބައްޕަގެ ހިތުގައި ޝާޔާއަށް ވަރަށް ޚާއްސަ މަޤާމެއް ދެވިފައި ވާކަން އެނގުމުން އަހަރެންނަށް އެތަކެއް އުންމީދެއް އާވެގެން ދިޔައެވެ. ކުރިއަށް ދާންވީ މަގު އަލިވެ، އަހަރެންގެ ލޯބީގެ މަންޒިލަށް އާދެވިދާނެ ކަމުގެ ފެހި ސިގްނަލް ލިބިއްޖެއެވެ. ޝާޔާ އަހަރެންނަށް ބަލައިލީ ލަދުރަކި ހިނިތުން ވުމަކާއި އެކުއެވެ. އެބެލުމުގެ މާނަ ފުނެވެ.

-ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Tags:

ލޯބި، ހިތާމަ

Share Article

Follow Me Written By

GuDuMeena

Level 310 Stories500 Comments100 Comments

Other Articles

Previous

ނަޖާ (ފަހު ބައި)

Next

އިންތިޒާރު ( އެގާރަ ވަނަ ބައި )

Next
September 30, 2015

އިންތިޒާރު ( އެގާރަ ވަނަ ބައި )

Previews
September 30, 2015

ނަޖާ (ފަހު ބައި)

30 Comments!

  1. GuDuMeena says:
    September 30, 2015 at 6:42 pm

    ކިޔުންތެރިންގެ ކިބައިން މާފަށް އެދެން ރިޕްލައިއެއް ކޮށްނުލާ މިހާ ގިނަ ވަގުތު ދިޔައީމަ. ގޭގެ އިންޓަރނެޓް މަސްއަލަ މިހާރު ޖެހިގެން އުޅޭތީ އާއި އެއްކޮށް ރިޕްލައި އެއް ކޮށް ނުލެވުނީ.. ދެން އަނެއްކާ ކޮލެޖްގެ ކިޔެވުން މިހާރު މިޔޮށް ފެށުނީ.. ކޮލެޖް ކޮމްޕް ލެބްގަ އިނދެ ނިންމާލާފަ މި އަޕްކޮށްލީ ވެސް.. އެހެންވީމަ ކުރިން އަޕް ކުރިހާ އަވަސް އަވަހަށް އަޕް ނުކުރެވިދާނެ ވާހަކަ ބުނެލަން ބޭނުން.. އެކަމަކު އިރާދަ ކުރެއްވިއްޔާ މި ވާހަކަ ނިންމާލާފަ ހުއްޓާލާނީ.. ހީކުރަން މި ބައިވެސް ރީތި ވާނެކަމަށް..
    xoxo

  2. Dane says:
    September 30, 2015 at 7:03 pm

    Varah reethi. hama habeys.. Waiting for the next part.. Dhen konirakun up kohdhevey varuvaany

    1. GuDuMeena says:
      September 30, 2015 at 7:37 pm

      Thanks.. Dhen ves hama nimunu haa avahakah up kohdheynan.. 🙂

  3. Najudhaa says:
    September 30, 2015 at 7:05 pm

    Nice story waiting for next part

    1. GuDuMeena says:
      September 30, 2015 at 7:37 pm

      Thanks

  4. nawhoo says:
    September 30, 2015 at 7:06 pm

    Yeeyyyyy me firstttttt.. wowwwwww varaaaahhhhhh niceeeeeee

    1. GuDuMeena says:
      September 30, 2015 at 7:38 pm

      Thanks nawhoo.. 🙂

  5. first says:
    September 30, 2015 at 7:06 pm

    V.nice..thanks gudu

    1. GuDuMeena says:
      September 30, 2015 at 7:38 pm

      ur wlcm first.. 😀

  6. ninni says:
    September 30, 2015 at 7:23 pm

    Gudu kiyavanee kon college akunn tha

    1. GuDuMeena says:
      September 30, 2015 at 7:39 pm

      Gudu kiyavanee FHS ga.. 🙂

  7. sweety says:
    September 30, 2015 at 7:47 pm

    gudu mi part ves v salhi… keep it up.. avaha up koh dehchey..

    1. GuDuMeena says:
      September 30, 2015 at 7:53 pm

      Thanks Sweety

  8. shix says:
    September 30, 2015 at 7:50 pm

    V nice waiting for the next part

    1. GuDuMeena says:
      September 30, 2015 at 7:53 pm

      Thanks 🙂

  9. aisu says:
    September 30, 2015 at 7:51 pm

    V salhi

    1. GuDuMeena says:
      September 30, 2015 at 7:54 pm

      Thanks 🙂

  10. Shau says:
    September 30, 2015 at 8:05 pm

    Heyii I knw u guduuuu… 😛 Mioh haa dhuvahu mi story kee iruvx Neynge thee fhs ge gudu kameh… Neyngeyne ehnu balaalaafa thiha molhah story Liya kuhjakah vahthareh nun viyya.. 😉 😛 hehe jxt kidding okay.. This part kills.. Hama vrh habeys.. Mi story dhn mi nimunii dho gudu… Nxt part kiyaala hithun hureveny eh nun miharu… Upload koh laanan dho vrh avahah? <3

  11. Princess Noddy says:
    September 30, 2015 at 8:23 pm

    Varah salhi mi part vess. Waiting 4 next part.. n gudluck GUDU

  12. zee says:
    September 30, 2015 at 8:31 pm

    Aachaaa, vvvvvvv reethi gudu, thnx..

  13. nazi says:
    September 30, 2015 at 9:56 pm

    vvvvv reethi kiyavaa kujjaka vahaka liyumakeeves burakamey gudumee thiyakuraa masaikatha fahfashun hama saabas waiting 4 next part ♥

  14. Nuha says:
    September 30, 2015 at 10:12 pm

    VVVV salhi

  15. Aanaa says:
    September 30, 2015 at 10:18 pm

    Mihaaru dhen nimenee dho!! V reethi mi vaahaka

  16. Shau says:
    October 1, 2015 at 12:06 am

    V reethi mi part..avahah next part up kohhdhehchey.

  17. male' says:
    October 1, 2015 at 1:27 pm

    For all esfiya members..jinni saithony udhaguleh sihureh huritho balan beynun nama 7946999 ah gulhaalahvaa..vrh furihama mauloomaath aruva dheyne..ekahala udhaguleh vaanama ehkoh ragalhu kohla dheyne..vrh ragalhu meeheh..avahah gulhuhvaa…

  18. pinky says:
    October 1, 2015 at 5:50 pm

    Nice story ever..

  19. grl says:
    October 1, 2015 at 7:09 pm

    I want chekd it.. Male

  20. xee says:
    October 1, 2015 at 10:45 pm

    v v v obi mi part vas….

  21. natha says:
    October 2, 2015 at 2:43 am

    varah reethi

  22. Mary says:
    October 2, 2015 at 12:36 pm

    Male’ mary thiah thaaeedh kuran..male’ thibunii ragalhu vaahakaeh..thibunaa no ah gulhaagen aharen thikamun salaamai vehje..aharem mee saitho nehge udhagu vrh gadha ah kuri meeheh..ekamun iraadha kurahvaagen miadh mi hury salaamai vefa..no dhehveethy vrh bodah sukurihyaa male’ ah..

Comments are closed.

Next Episodeދީވާނާ ލޯބިން ވެއްޖޭ. . [29] The End←


All Right Reserved!