މި ވާހަކައިގެ ބާކީ ބައި ވީނިއުސްއިން ކިޔާލެވޭނެ ވާހަަކަ ދަންނަވަމެވެ.
ހީން އެކި އެކި ސުވާލުތައް ކުރަމުން ދިޔައިރު ލޯރެން ބަހެއް ނުބުނެ ރުޅިވެރި ނަޒަރަކުން ހީންއާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. ” ލޯރެން އަހަރެން މި އަހަނީ ހީއްވެހޭ އެހެން ހެދީ” ހީން ތަންކޮޅެއް ބާރަށް ސުވާލުކޮށްލިއެވެ. ” ބިކޯޒް ޔޫ ޓްރައިޑް ޓު ސްނެޗް ހިމް އަވޭ ފްރޮމް މީ” ލޯރެންގެ ބާރު އަޑާއެކު ހީން ބަސްހުއްޓުނެވެ. އަދި ހީންގެ މޫނަށް ހައިރާންކަން ވެރިވެގެން ދިޔައެވެ. ” ހީން ކީއްވެ އަކްޝަމްއަށް ކްރަޝް ހުންނަނީ … އައި […]
” ހީން މިތާ މަޑުކުރައްޗެ އެތެރެއަށް ނުވަދެ.. މޮޕަޖަހާފަހުރީ” މިހެންބުނެ ދިލްޝާދު މަޑު ފިޔަވަޅުތަކެއް އަޅަމުން ގޮސް ބާމް ފުޅި ހިފައިގެން އައިސް ހީން އަތަށް ދިނެވެ. އަދި ހީންދާން އުޅުމުން ހީން މަޑުކުރުވިއެވެ. އަދި އެބޭސް ކާޑު ދައްކާ އެއީ ކޮންކަހަލަ ބޭހެއްތޯ ސުވާލުކުރިއެވެ. ހީން ވަރަށް ރަނގަޅަށް އެބޭސް ކާޑަށް ބަލާލިއެވެ. މޫނުމައްޗަށް ނުތަނަވަސްކަން ވެރިވުމާއެކު ދިލްޝާދަށް ބަލާލެވެނެވެ. އިރުއޮއްސެން ކައިރިވިއިރު އަކްޝަމް އިނީ މޫދުކައިރީ ބާއްވާފައި އޮތް ރުއްގުޅިއެއްގެ މަތީގައި އިށީދެނގެންނެވެ. އެހިސާބުގައި […]
” ބައްޕާ އަހަރުމެން މިތިބީ މުޅިން ބަނގުރޫޓުވެފަ.. ދުވަސް ކޮޅަކުން އަހަރުމެން މިގެއިން ވެސް ނިކުންނަން ޖެހޭނެ.. ކޮންތާކަށް ދާނީ.. ލާރިއެއް ހުރިނަމަތާ ތަނެއް ހިފައިގެންވެސް އުޅެވޭނީ” އާމިލް ވާހަކަދެއްކީ އާމިލްގެ ބައްޕަ ރާއިދާއެވެ. ” ދެން އޮތީ ހަމައެންމެ ގޮތެއް…. ” ރާއިދު ބުންޏެވެ. އާމިލް ކޮން ގޮތެއްހޭ އަހާފަދަ ގޮތަކަށް ބުމަ އަރުވާލިއެވެ. ” ދިލްޝާދު..” ރާއިދު ބުނި ނަމުން އާމިލްގެ މޫނު މަައްޗައް ވެރިވެގެން ދިޔައީ ފޫހި ކަމެވެ. ************************************ ހީން ކައި […]
ރޫހީއަށް ހޭލެވުނީ ގަޑި އެލާމްވާ އަޑަށެވެ. އަވަހަށް ތެދުވެ ގަޑި ބަލާލިއިރު ގަޑިން ހަތެއްޖަހަން ކައިރި ވަނީއެވެ. އަވަހަށް ތެޅެމުން ފޮޅެމުން ފާހާނައަށް ވަދެ ފެންވަރައިގެން ނިކުތްއިރު ޝާޝާ ރޫހީ ސައިބޯން ބަލާ އައިސް ހުއްޓެވެ. ޝާޝާއަކީ އެގޭ މަސައްކަތް ކުރަން ގެންގުޅޭ ނޭޕާލް އަންހެނެކެވެ. ” ރޫހީ އަވަސް ކުރަނީ.. ރޫހީ އަންނަންދެން ބޮސް ވެއިޓް ކޮށްގެން އިންނަނީ” ޝާޝާ މިހެން ބުނުމުން ރޫހީ އަވަސް އަރުވާލަފައި ރެޑީވެގެން ތިރިއަށް ފޭބިއިރު ރޫހީގެ އިންތިޒާރުގައި ރޫހީގެ […]
” އަހަރެން އެއްވެސް ކަމެއް ހަނދާނެއްނުވޭ..އަކްޝަމް ޕްލީޒް އަހަރެން ލަދުގަނޭ.. މީހުން އެބަ ބަލައޭ” ހީން ދެކޮޅު ބަލާލަމުން ބުންޏެވެ. ” އަހަރެންގެ ފަރުވާކެއް ނެތް ” އަކްޝަމް މިހެން ބުނެ މަރުކަޒާ ހަމައަށް ދެވެންދެންވެސް ދުއްވީ އެގޮތަށެވެ. ހީން ކައިރިއަށް ކުޑަކޮށް ހިނިއަންނަ ގޮތްވިއެވެ. ނަމަވެސް އެކަން އަކްޝަމްއަށް ނުދައްކާވޭތޯ ބެލިއެވެ. މަރުކަޒު ކަރިއަށް މަޑުކޮށްލުމާއެކު ހީން އަވަހަށް ފައިބާގެން ދާން ހިނގައިގަތެވެ. އެވަގުތު އަކްޝަމް ކުއްލިއަކަށް ހީންގެ އަތުގައި ހިފާ ކައިރިއަށް ގެނައެވެ. އަދި […]
ފެންއަޅާ ނިމިގެން ދާން އެނބުރުނު ވަގުތު މީހެއްގެ ފިޔަވަޅުގެ އަޑުއިވުމުން ހީން އެދިމާއަށް އެނބުރުނެވެ. ރަނގަޅަށް މޫނު ނުފެނުނަސް ކާކުކަން ހީންއަށް ރަނގަޅަށް އެނގުނެވެ. މަޑުނުކޮށް ދާން އެނބުރުނުތަނާހެން އެމީހަކު އައިސް ހީންގެ އަތުގައި ހިފާ ކައިރިއަށް ގެނައެވެ. “ކިހާ ދުވަހަކުތަ ތިގޮތައް ފިލައިގެން އުޅޭނީ ” އަކްޝަމްގެ ސުވާލުން ހީން ސިހިފައި އަކްޝަމަށް ބަލާލިއެވެ. ނަމަވެސް ހިނދުކޮޅެއްގެ ތެރޭގައި ހީންގެ މޫނުމައްޗައް ވެރިވެގެން ދިޔައީ ރުޅިވެރިކަމެވެ. އަދި އަތުން ދޫކޮށްލުމަށް އެތައް ފަހަރަކު ބުނަމުން ދިޔައެވެ. […]
ފަން އިސްތަށިގަނޑެއްގެ ވެރި މި އަންހެންކުއްޖާގެ ތުންފަތްމަތީގައި ވަނީ އަޖައިބެއްކަހަލަ ހިނިތުންވުމެކެވެ. އެހިނިތުންވުން ފެނި އަކްޝަމަށްވެސް ހީލެވުނެވެ. އެވަގުތު އަނގައިން ބޭރުވީ ހަމައެންމެ ނަމެކެެވެ. “ހީން” މި ނަން ކިޔާލެވުމާއެކު އަކްޝަމަށް ދެލޯ މަރާލެވުނެވެ. އަދިއެ ފޮޓޯގައި ހީން އަށް އެހާ ބޮޑަށް ހެވިފައިން ސަބަބު ހިޔާލު ކޮށްލެވުނެވެ. ރާޅުގަނޑު ސަރަހައްދުން ހީން އާއި އަކްޝަމް ހިނގާފައި ދިޔައިރު އެކި އެކި ވާހަކަ ދައްކަމުން ގެންދިޔައެވެ. އަކްޝަމް އަތުގައި އޮތް ކެމެރާއިން ތަފާތު އެކި ފޮޓޯތައް ނަގަމުން […]
[ސްކިއުޒް މީ…. އިންޖެކްޝަންތައް] ހީން އަޑާއެކު އެމީހާ ފަހަތަށް އެނބުރި ބަލާލިއެވެ. އެވަގުތު ހީންގެ ދެލޯ ބޮޑުވެ ދެއަތް ދެއަތާއި މޮޑެޔން ފެށުނެވެ. ނޭވާ އަވަސްވެ ދާހިއްލަން ފެށިއެވެ. [ހީން” އެމީހާގެ އަނގައިގެތެރެއިން މަޑުުމަޑުން ހީންގެ ނަން ބޭރުުވުމާއިއެކު ކުރިއަށް ވުރެ ވެސް ބޮޑަށް ހީންއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ހީން ވާހަކަ ދައްކަންވެގެން އަނގަ އަށް ކުޑަހަރަކާތެއް ގެނައެވެ. ނަމަވެސް ދޫ ހަރަކާތެއް ނުކުރިއެވެ. ކުރިއަށް ފިޔަވަޅެއް އަޅަން އުޅުނެވެ. ނަމަވެސް ހުއްޓުނީ ކީކޭ ހިތަށް އަރައިގެން […]