ފުލެއިޓުގެ ދޮރުން ބޭރު ބަލާލުމާއެކު ޒެދީންގެ ދެލޯބޮޑުވެގެން ދިޔައެވެ. ސިކުނޑިއަށް ބާރުވެގެން ދިޔައީ ކުލަނުވާ ހަނދާންތަކެއް ސިކުނޑިއަށް ވެރިވެގެން ދިއުމުންނެވެ. ބޯޓުން ފައިބައިގެން އެޅި ފުރަތަމަ ފިޔަވަޅާއެކު ޒެދީންއަށް ވަރަށް އެހެންކަހަލަ އިހްސާސްތަކެއް ކުރެވުނެވެ. އެގޮތަށް ފުލޭޓްތައް ޕާކްކޮއްފައި ހުންނަ މަންޒަރާއި ޕުލޭޓްތައް ޖައްސާ އަދި ނަގާ މަންޒަރު މީގެކުރިން ކިތަންމެ ތަނަކުން ފެނުނު ނަމަވެސް މިކަހަލަ އިހްސާސްތަކެއް ޒެދީންއަށް ކުރެވިފައެއް ނެތެވެ. ސެލީނާ ޒެދީންގެ އަތުގައި ހިފައިގެންހުރެ ފޮޓޯތައް ނަގަމުން ދިޔައިރު ޒޮބީދުއަށް ޒެދީންގެ މޫނަށް […]
ސީލިންގުގައި ހަރުކޮށްފައިހުރި ހިތްގައިމު ފަންކާއަށް ނަޒަރު ހުއްޓާލައިގެން އޮތީ ފުންވިސްނުމެއްގައެވެ. އުޅެބޮޑުވި ރަށާއި, މަޔަކާއި ނުލައި ބަލާބޮޑުކުރި ލޯބިވާބައްޕަ ދޫކޮށްލުމަށްފަހު އޭނާ މާލެ އައީ ބައްޕަގެ ހުވަފެންތައް ހަޤީޤަތަކަށް ހަދައިދިނުމަށްޓަކައި ޓީޗިންގ ކޯސް ހެދުމަށެވެ. އަރޫނީގެ ސިކުނޑީގައި އެނބުރެމުން ދިޔައީ މިއަދު މިގެއަށް އައިއިރު ދިމާވި ކަންތައްތަކެވެ. “މިއީ ޖައިޝް ދެން މިހިރީ ޖީނާ. ބޭބެގެ ފުރާނަ އަކީވެސް މިދެކުދިން” މަންސޫރުބޭބޭ ކިތަންމެ ހެވިލާފައި ތައާރަފް ކޮށްދިނަސް އެކުދިންގެ މޫނުމަތިން ފެނުނީ ފޫހި ކަމެވެ. […]
ޝައިން ހުއްޓާނުލައި ހަޅެއްލަވަމުން ކޮޓަރިއަށް ވަދެ ދޮރުލައްޕަން ކުރި މަސައްކަތް ވީ ބޭކާރެވެ.. އެ އެތީގެ ބާރު އެއަށްވުރެ މާގަދައެވެ.. ޝައިން ތެޅެމުން ފޮޅެމުންގޮސް އެންމެ ފަހުން ގޮދަޑި މައްޗަށް ވެއްޓުނެވެ.. އިތުރަށް ތެދުވާނެހާ ހިތްވަރު ނެތުމުން ދެލޯ މަރައި ތަގުޅި ކޮއްލާގެން އޮތީއެވެ… އެ އެތީގެ އެއްއަތުން ޝާއިންގެ އަނގަ މަތީގައި އަތް އެޅިއެވެ.. އޭރުވެސް ޝައިން އޮތީ ދެލޯ މަރައިލައިގެންނެވެ.. އޭތި ދެން ހަދާނެ ގޮތެއް އެނގެނީއެއް ނޫނެވެ. ޝައިންގެ މޭގަނޑު ހީވަނީ ދެންމެ […]
” ދަރިފުޅު މިވަގުތު ޖެހޭނެ ވަރަށް ހިތްވަރުކުރަން… ދަރިފުޅުގެ ބަނޑުގައި ތިއޮތީ ފާޒިންގެ ހަމައެކަނި ނިޝާން…! ފާޒިން ނެތަސް އަނެއްކާވެސް އަހަރުމެންނަށް ލިބެންތިއުޅެނީ ހަމަ ކުޑަކުޑަ ފާޒިންއެއް…! ދެން އެކަމާ ހިތާމަކޮއް ރޮއި ހެދުމުން ދަރިފުޅުގެ ބަނޑުގައި ތިއޮތް ދަރިފުޅަށް އިތުރު ގެއްލުމެއްނޫނީ ނުވާނެ…! ބައްޕަކައިރީގައި ވައުދުވޭ މީގެ ފަހުން ދަރިފުޅުގެ ބަނޑުގައި ތިއޮތް ކުޑަކުޑަ ދަރިފުޅަށް ގެއްލުންވާ ކަހަލަ އެއްވެސް ކަމެއް ނުކުރާނެ ކަމަށް…! ” އާމިރު ވާހަކަ ދައްކަމުން މައިޝާގެ ލޮލުން ފޭބި ކަރުނަތަށް […]
“ވަޓް؟!” ލިބުނު ޝޮކާއިއެކީ ސިނާން އަހާލިއެވެ. މިޞްބާޙް ދެލޯ މަރާލިއެވެ. އަދި ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ވާހަކަ ދެއްކިއެވެ. “ސިނާން، އެހެން މީހަކަށް ދެރައެއްދީގެން އަހަރުމެންނަށް ކޯޗެއްތަ ލިބޭނީ؟” މިޞްބާޙް ކޮށްލީ ސުވާލެކެވެ. “އައިމް ސޮރީ ވަޓް؟” ސިނާނަކަށް ސާފެއްނުވިއެވެ. “ސިނާން…….ސިނާންގެ ވެސް އަންހެން ކޮއްކޮއެއް ހުރޭ. ސިނާން ދުވަހަކުވެސް އެދޭނަންތަ އެ ކޮއްކޮއަށް މީހަކު އެފަދަ އަނިޔާއެއްދޭން؟” މިޞްބާޙް އަހާލިއެވެ. “ކޮންކަހަލަ ވާހަކަތަކެއްތަ ތި ދައްކަނީ މިޞްބާ؟ އަހަރެން ބޭނުމެއްނުވާނެއެއްނު ރާޔާއަކަށް […]
ދެދުވަސް ފާއިތުވެގެން ދިޔައިރުވެސް ފާޒިންގެ އެއްވެސް ހަބަރެއް ނުލިބެއެވެ. އޭރު ގެއްލިފައިވާ ދެމީހުންވެސް ދިރިތިއްބާ ސަލާމަތް ކުރެވޭނެކަމުގެ އެއްވެސް އުއްމީދެއް ނެތް ވާހަކަ މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވި ޓީމުގެ އިސް ކޮމާންޑަރ ހަވާލާދީ ހުރިހާ ޗެނަލް ނިއުސް ތަކުންވެސް ވަނީ ބުނެފައެވެ . ނަމަވެސް އޭރުވެސް ގެއްލިފައިވާ މީހުންގެ ހޯދުމުގެ މަސެއްކަތް ހުއްޓާނުލައި ކުރިއަށް ގެންދެއެވެ. ފަޒީލްމެން ރާއްޖެއައީ ފާޒިން ގެއްލުނުތާ ހަފްތާއެއް ފަހުންނެވެ. ކޮޑުގައި ކުޑަ ދަބަހެއް އަޅުވާލައިގެން ގެއަށް ވަތް ފައިހާ ފެނުމުން ސިޓިންގްރޫމްގައި […]
އީމަންއަށް ޔާނާގެ އެންމެ ކަމުދާ އެއްސިފައަކީ އެއީއެވެ. އެހެން އަންހެންކުދިންނާ ޔާނާ އާއި ހުންނަ އެއް ތަފާތަކީ އެއީއެވެ. ލަދުރަކިކަމެވެ. މިރޭ ދާނަމޭ ބުނަމުން އީމަން ޔާނާގެ އަތުން ދޫކޮށްލުމުން ޔާނާ ދުވެލާފައި ނުކުމެގެން ދިޔަ މަންޒަރު ބަލަން އިނީ ހެވިފައެވެ. އެދުވަހު ގޭގައި އުޅޭ ނޯކަރުންނަށްވެސް އީމަންގެ ތަބީޢަތަށް އައިސްފައިވާ ބަދަލު ފާހަގަ ކުރެވުނެވެ. އެހެންކަމުން މުޅި މާހައުލަށް ވަނީ ހިނިތުންވުމާއި އުފާވެރިކަން ވެރިވެފައެވެ. ކަޅުފޮއިރޭގެ އަނދިރިކަމުން މުޅި ފަޒާއަށް އަނދިރިކަން ވެރިކުރުވާފައިވީ ނަމަވެސް އީމަންއާ […]
މާޔާގޮސް ކާރަށް އަރާ ދުއްވާލީ ނިހާންވެސް ކާރަށް އަރުވައިގެންނެވެ. ކިޔާން ހިތްދަތިގޮތަކަށް މާޔާ ދިޔަ ދިމާލަށް ބަލަން ހުރެފަ ގޮސް ކާރަށް އަރާ ދުއްވާލިއެވެ. މާޔާ ކާރުގަ އިން އިރު އިނީ ފެންކަޅިވެފައެވެ. ދެން ދެން ކަރުނަ ފައިބައިގަންނާނެ ހެން ހީވެއެވެ. ނިހާން ނުލަފާ ފާޑަކަށް ހެވިފައި މާޔާއަށް ބަލަން އިނެވެ. ” އައި ލައިކް އިޓް. އަދި ކިރިޔާއެއްނު މާޔާ ރަނގަޅަށް ކަންތައް ތިކުރަނީ. އޭނަ މޫނުމައްޗަށް އެރި ކުލަވަރު ހާދަ ސަޅިއޭ މާޔާ އޭނަގެ […]
“ރާކިންގެ ހާލު މިވަގުތު ވަރަށް ދެރަ…. ވަކި އެއްޗެއް ބުނަން އެނގޭނީ އޭނާ ހޭއެރުމުން…. ބޮލުން ވަރަށް ބައިވަރު ލޭފައިބައިފައި ހުރުމުން ލޭ އަޅަން ޖެހޭނީ…. ވީ އެންމެ އަވަހަކަށް އޯ ޕޮޒިޓިވް ލޭ ދޭނެ މީހަކު ހޯދާ…. ބަލިމީހާގެ ޢާއިލާ ޤަބޫލިއްޔާ މިތާނގެ “ބްލަޑްބޭންކް” އިންވެސް ލޭއެޅިދާނެ….” ޑޮކްޓަރުގެ ވާހަކަ ރަނގަޅަށް ނުނިމި އުޅެނިކޮށް ރާނިޔާ ހޭނެތިގެން ރީހާންގެ އަތްދަނޑިމައްޗަށް ދެމުނެވެ. ދިމްޔާއަށްވެސް އޭނާގެ ދެފައިން ވާގިދޫވާހެން ހީވުމުން އީމަންގެ އަތުގައި ހިފަހައްޓާލެވުނެވެ. އީމަންގެ އެހީއާއިއެކު […]