Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޝެރިން (2 ވަނަ ބައި)

Faxoo Level 310 Stories100 Comments500 Comments
October 2, 2015 3 Mins Read
14 Comments

ެ. ކުލާހުގައި ގާތްގާތުގައި ތިބެން ޖެހުމުން ދެމީހުންގެ ވެސް ރަޙުމަތްތެރިކަން ބަދަހިވަމުން އައީ ވަރަށް ހަލުވި މިނެއްގަ އެވެ. ދެން ބަދަލުވީ ބެސްޓް ފްރެންޑްސް އިންނަށެވެ. ދެމީހުންގެ އެކުވެރިކަން ފެނި ކުލާހުގެ އެހެން ރަޙްމަތްތެރީން އެމީހުންނަށް ދިމާކޮށް ހަދައެވެ. ރޯމިޔޯ އެންޑު ޖޫލިއަޓްގެ ލަޤަބުވެސް ދެއެވެ. ރައްޓެހިންގެ މިކަންތައްތަކުގެ ސަބަބުން މެލަރީ ލަދުގަނެ އެވެ. ނަމަވެސް ސުޖާޢުއަށް މިކަން ވަނީ މަޖާ ކަމަކަށެވެ. އެހެންކަމުން ރައްޓެހިންގެ ކުރިމަތީގައި މެލަރީއަށް ރޮމޭންޓިކް ބަސްބުނެ ހަދަ އެވެ. މެލަރީ ލަދުން ހުންނައިރު އޭނާގެ ދޮންދޮން ކޯތާފަތަށް ޖަންބުކުލަ އަރާފައި ހުންނާތީ ސުޖާޢުއަށް ވަރަށް ރީތިވެ އެވެ. ލަދުގަންނަވަނީ ވެސް އެހެންވެ އެވެ.

އެއްފަހަރަކު ރައްޓެހިން ތަކަކާއިއެކު އޯވަރ ނައިޓެއްގައި “ޓްރުތު އޯރ ޑެއަރ” ކިޔާ ގޭމެއް ކުޅުނެވެ. ގޭމުގެ ތެރޭގައި ސުޖާޢުއަށް ޑެއާއެއްގެ ގޮތުގައި ކުއްޖަކާ ޕްރޮޕޯޒް ކުރަން ޖެހުނީ އެވެ. ސުޖާޢުގެ ތޫނު ނަޒަރު ގޮސް ހުއްޓުނީ އިސްޖަހާލައިގެން އިން މެލަރީ އާދިމާއަށެވެ. އެވަގުތު އެހިތްގައިމު ތުންފަތުގައި ކުޅެލީ ލާނެތް ހިނިތުންވުމެކެވެ. މެލަރީ އޭރު ގަނޑުފެންގަނޑެއްހެން ވިރި ނިމިއްޖެ އެވެ. ގަތް ލަދުން އޭނާގެ އާމަންޑް ކުލައިގެ ބޮޑު ދެލޮލުން ކަރުނައިގެ އަސަރުވެސް ފާޅުވެއްޖެ އެވެ. ސުޖާޢުއަށް އޭނާގެ ޓާސްކު ފުރިހަމަ ނުކުރެވެނީސް މެލަރީ އެތަނުން ދުވެ ފިލައިފި އެވެ.

“މެލް… މެލަރީ…” ސުޖާޢު އޭނާގެ ފަހަތުން ގޮވަމުން އާދެ އެވެ. މެލަރީ ފަހަތް ބަލާވެސް ނުލިއެވެ. ކުޑަމިނުން ނުވެސް ހުއްޓުނެވެ. މެލަރީ ހިތްހަމަ ނުޖެހުނީކަން އެނގުމުން ސުޖާޢު ގާތަށް އައީ ނުލަފާ ލާނެތް ހިންޏެކެވެ. ދުވެލާފައި ގޮސް މެލަރީގެ ކުރި ބެއްދިއެވެ. އޭރު އެމީހުންނަށް ތިބެވުނީ ކުލާސް ކުއްޖެއް ކަމަށްވާ ރާނީގެ ގޭތެރޭގައި ހައްދާފައިވާ ކުޑަ ބަގީޗާއެއް ތެރޭގަ އެވެ.

“ތަން ދައްކަންވީ ސުޖާޢު… އަދިވެސް ނުނިމެނީތަ…” މެލަރީ ކިތަންމެ ރުޅިއަންނަކަމަށް ހެދި ނަމަވެސް އެއަޑުގައިވި ތުރުތުރު އެޅުމުން، އޭނާ ހުރީ ވަރަށް ލަދުގެންފައިކަން ސުޖާޢުއަށް އެނގުނެވެ.

“ސޮރީ މެލް… ހަމަ އެހާ ލަދުގަތްތަ؟ ހެހެ… މެލް ލަދުގަތީމަ ދެން އެފެންނަ ހަނދުވެސް އޮއްސިދާނެ އެއްނު…” ސުޖާޢު ސަމާސާކޮށްލި އެވެ.

އެރޭ އެއްކޮށް އެމީހުން ހޭދަކުރީ މަޖާކުރުމުގަ އެވެ. އެއީ ކޮންމެ ރެއެއްގެވެސް އާދަ އެވެ. އެއީވެސް ދުވަސްވަރެކެވެ. ސުޖާޢުގެ މިޒާޖު މަޑުމައިތިރިކަމަށް ބަދަލުވީވެސް އޭގެ އެތައް އަހަރެއް ފަހުންނެވެ. އެއީ ޒުވާން ދުވަސްވަރެވެ. މިއީ ބޮޑުވެ ހަރުވާންވީ ދުވަސްވަރެވެ. ސުޖާޢުއަކީ ޒިންމާދާރުވެރި އެކެވެ. އެހެންމީހުން ކިޔަމަން ކުރުމުގައި ސުޖާޢު ބޭނުންކުރާ އުކުޅަކީ މަޑުމައިތިރިކަމާއި ހަރުކަށި ކަމެވެ. މިއީ މަސައްކަތުގެ ދާއިރާގައި އޭނާގެ މިޒާޖެވެ. މިހާރުވެސް ދިނާޔާ އާއި ދެމީހުން އެކަނިވެލާ ވަގުތެއްގައި ސުޖާޢުގެ މަޖާ މިޒާޖު ހޭލައެވެ.

…………………………..

“ދިހައެއް ޖަހަނީ…” ނީމް އޭނާގެ ފޯނަށް ބަލާލަމުން ބުނެލި އެވެ. މަންމަމެން އަންނާނީ ދިހަގަޑި ބައިހާއިރެވެ. “ޝެރީއްކޮ އަވަހަށް ގޮސް ތިހެދުން ބަދަލު ކުރައްޗޭ… އެހެންނޫނީ މޮމް މެންނަށް އެނގޭނެއެއްނު ބޭރަށް ދިޔަކަން…”

އެވަގުތު ކޮޓަރިން ނިކުތީ ސަތާރަ ވަރަކަށް އަހަރުގެ ރީތި އަންހެން ކުއްޖެކެވެ. އިސްތަށިގަނޑު ވޭވީކަމުން ހީވަނީ އެމެރިކަން މޮޑެލެއް ހެންނެވެ. ސިފައަށް ބަލާލުމުން ހީވާނީ ހަމަ ކުޑަކުޑަ ސްކާލެޓް ޖޮހާންސަންއެއް ހެންނެވެ. މަޑު މުށިކުލައެއްގެ ދިގު އިސްތަށިގަނޑެކެވެ. ކޯތާފަތުގައި އިންނަ ކަޅުތިލައަކީ ބަލާކޮންމެ މީހެއްގެ ލޮލުގައި އަޅައިގަންނަ ތަނެކެވެ. އެކަޅުތިލައިގެ ސަބަބުން އޭނާގެ ރީތިކަން އެތައް ގުނައެއް އިތުރެވެ. ހިތިފަތު ބައްޓަމަށް އިން ތުނި ބުމައެކެވެ. ލޮލުގައިވަނީ ދިނާޔާގެ ވެސް ލޮލުގައިވި އާމަންޑް ކުލައެވެ.

“ދޮންތާ ބަލާބަ… ދޮންބެ އެއިނީ ގިލްޓީވެފަ…” ޝެރިން އެއަންހެން ކުއްޖާއާ ދިމާއަށް ބުންޏެވެ. “މޮމް ގާތު ބުނައްޗޭ ޝެރީ ގަދަކަމުން ބޭރަށް ގެންދަނީއޭ…”

“އެދޮގެއް ދާނިޔާ… އަހަރެމެން މިއައީ ޝެރީއްކޮ ބާތުޑޭ އަށް ހެދުމެއް ގަންނަން ގޮސްފައޭ… ޝެރީއްކޮ އަކަށް ނޭނގުނެއްނު…” ކައިލް ޝެރިނާއި ދިމާއަށް ލޯހަނިކޮށްލި އެވެ. “އައިގޮތަށް އެއިނީ ހެދުން ބަދަލުނުކޮށް… ދެން މޮމްމެން ބުނާނީ ކީކޭ…”

“ހަހަހަ… ނޮޕް! ހަމަ މިލައިގެން އިންނާނީ… ޝެރީ ވަރަށް ވަރުބަލި…” ޝެރިން އަނގަޔަށް ވައްތަރެއް ޖައްސާލި އެވެ.

“ހޭއި… ދެން ޝެރީ ޕްލީ…ޒް!!” ކައިލް އޭނާގެ ރާޅުބާނީ އިސްތަށިގަނޑުގައި އަތްފުނާ އަޅާލަމުން ޝެރިން އިން ސޯފާގެ އެއްފަރާތުގައި ޖައްސާލި އެވެ. ޝެރިން ޓީވީ ހުޅުވަން އުޅުމުން ރިމޯޓު އަތުލި އެވެ.

“ހެދުން ބަދަލުކޮށްގެން އައީމަ ޓީވީ ބެލޭނީ…” ކައިލް ރުޅިއަންނަ ކަމަށް ހަދާލި އެވެ.

“ނުދާނަން. ތިހެން ބުނީތީވެސް…” ޝެރިން ތުން ފިއްތާލި އެވެ. އޭނާ އިނީ ވަރުބަލިވެފަ އެވެ. އެވަރުންވެސް ކައިލް އަތުގައި އޮތް ރިމޯޓް ދަމައިގަނެވޭތޯ އުޅުނެވެ. “ދޭންވި ރިމޯޓް…!”

“ޝެރީ… މަށަށްށޭ ހުރިހާ ބްލޭމެއް އަންނާނީ…” ކައިލް އެންމެ ފަހުން ބުންޏެވެ.

“ދޮންބެގަނޑު އަމިއްލައަކަށްނުދޯ ޝެރީ ބޭރަށް ގެންދަނީ… މަންމައަށް ނޭނގޭނެ ކަމަށް…” ޝެރިން ރުޅިއައުމުގެ ސަބަބުން އެދޮން މޫނަށް ފިނިފެންމާ ކުލަ އަރާފައިވެ އެވެ. “މަންމަ ގާތު ބުނާނަން ރިމޯޓު ނުދީފިއްޔާ އިނގޭ…”

“ކުޑަކުޑަ އީވްލް އިންޕް…!” ކައިލް ކޮންޓްރޯލުން ނެއްޓި އެވެ. ދެބެންގެ ކޯޅުން ދެން އެފެށުނީ އެވެ. މިފަދަ ޙާލަތް ތަކުގައިވެސް ގިނަފަހަރަށް އެމީހުން މަތަކުރަނީ ނީމެވެ.

“އޭތް ކައިލް ވެސް ދެން ތިހެން ހެދީމަ ވަކި ޝެރީއްކޮ ގޮތް ދޫކުރާނެތަ… ޝެރީއްކޮ ދެން ކުޑޫ ބުނީމަ ދެންދޭ އެއްޗެހި ބަދަލު ކުރަން އިނގޭ… ކުޑޫ އެބައޮތް ޓޮބްލެރޯން ގަނެފަ… އެކަމް ދެވޭނީ ޝެރީއްކޮ ޗޭންޖު ކުރީމަ…” ރީމް ސޯފާގައި އޮށޯވެލަމުން އޭނާގެ އަތްދަބަސް ކުޑަކޮށް ހާވާލީ ޝެރިނަށް ދެއްކުމުގެ ގޮތުންނެވެ.

“ޝެރީ ދޭދެން އެއްޗެހި ބަދަލު ކުރަން.” ދާނިޔާ ފޯނާ ކުޅެމުން ސޯފާއަށް އެރި އެވެ.

ނަސީބަކުން މަންމަމެން އައުމުގެ ކުރިން ޝެރިން އެއްޗެހި ބަދަލުކޮށްފި އެވެ. ދިނާޔާމެން އައުމާއިއެކު އެމީހުން ވަރަށް ބޮޑު ސަޕްރައިޒެއް ދޭން އެބަ އޮތްކަމުގަ ބުނެ އެންމެން ކާކޮޓަރިއަށް އެއްކުރުވި އެވެ. ގޭގައި ގެންގުޅޭ ދެނޯކަރުން ލައްވާ ގިނަޢަދަދެއްގެ ކާއެއްޗެހި ހައްދާފައި ހުއްޓެވެ. އޭގެތެރޭގައި ކުކުޅު ބިރިޔާންޏާއި، ތެލުލި ކުކުޅާއި، ސްކްރޭމްބްލްޑް ބިހާއި، އެކި ވައްތަރުގެ ސެލެޑާއި ޖޫސް އަތުރާލާފައި ހުއްޓެވެ. ރިހަޔަކަށް ހުރީ ދޮން ރިހައާއި، ކުޅި ރިހައާއި، ބަކަރި ރިހަ އެވެ. މުޅި ކާކޮޓަރި އެއްވަސް ވެފައިވަނީ ކާތަކެތީގެ މީރުވަހުންނެވެ.

ދިހަވަރަކަށް މިނިޓް ފަހުން ސިޑިން ބަރު ފިޔަވަޅުތަކެއްގެ އަޑު އިވުމާއިއެކު ދިނާޔާ އާއި ސުޖާޢުގެ މޫނުމަތި އަލިވެގެން ދިޔަތަން ފެނުނެވެ. އޭރުވެސް ޝެރިން، ކައިލް، ދާނިޔާ އަދި ނީމްގެ މޫނުމަތީގައިވަނީ ސުވާލު މާކްތަކެއް ޖެހިފަ އެވެ. ނަމަވެސް އެމީހަކު ސިޑިން އެރުމަށްފަހު ކާކޮޓަރިއަށް ބޯދިއްކޮއްލުމުން އެންމެނަށް އެއްފަހަރާ ކޮޅަށް ތެދުވެވުނެވެ. ޝެރިންވެސް ޔާލްބޭބޭ އޭކިޔާފައި ދުވެފައިގޮސް ކުރިމަތީގައި ހުރި ޒުވާނާގައިގައި އޮޅުލައިގަތީ ލޯތްބާއިއެކުގަ އެވެ. އެއީ އިސްކޮޅުން ދިގު ބައިމަތި ފުޅާ ޒުވާނެކެވެ. އިސްކޮޅުން ހަފޫޓަށް ވުރެ ކުރެއް ނުވާނެ އެވެ. ބޯ ފަންކަމުން ގޮސް ބައެއް އިސްތަށި ފަންކަލުގެ ވަޔާއެކު ވިހުރެމުން ދެއެވެ. ލޮލުގައިވަނީ ހޭޒަލް ކުލައެވެ. ބޮޑަށް ވައްތަރީވެސް ބޭރު ކުއްޖަކާ އެވެ. ވާނީވެސް އެހެންތާ އެވެ. ދިނާޔާ އަކީ ޖަރުމަނު މީހެއް ވިއްޔާ އެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Faxoo

Level 310 Stories100 Comments500 Comments

Other Articles

Previous

ހިތަކުން ނުފިލާނެ 35

Next

މަލަކް

Next
October 2, 2015

މަލަކް

Previews
October 2, 2015

ހިތަކުން ނުފިލާނެ 35

14 Comments!

  1. kidy says:
    October 2, 2015 at 5:32 pm

    Nice story faxu….waiting for next part…

    1. Faxoo says:
      October 5, 2015 at 8:34 pm

      thankuu S____ ???

  2. Rose says:
    October 2, 2015 at 6:36 pm

    V reethi

  3. Shaf says:
    October 2, 2015 at 10:40 pm

    V reethi ?

  4. Crazi says:
    October 3, 2015 at 12:05 am

    Ah dhi mi ehgunee story

    1. Faxoo says:
      October 3, 2015 at 8:32 am

      thankuuu Crazi. <3

  5. Faxoo says:
    October 3, 2015 at 8:34 am

    thankuu huriha kuintherinnah. adhi mivaahakaige aslu haadhisaa eh nufeshhey. kettheri kama eku inthixaaru kurane kamah ummeedhukuran ☺️ ☺️

  6. Faxna Faxoo says:
    October 3, 2015 at 4:20 pm

    Haai Faxooo.. im also a faxoo.. v salhi story

    1. Faxoo says:
      October 4, 2015 at 8:37 am

      hehe.. ehentha. thankyou Faxoo ? varah ufaavejje vaahaka kiyaalyma

  7. Shau says:
    October 3, 2015 at 7:04 pm

    Haadha kurey mi story ge part thah… Story fashaiganna iru than kolheh dhigu koh genesdhinyma story ga vaanuva engeynii dhw… So hope the upcoming parts will be much longer than the other parts.. Vrh reethi vaane hen heevanii… Wish u all the best faxoo.. 🙂

    1. Faxoo says:
      October 4, 2015 at 8:39 am

      thankyou Shau. aslu vaagothaky school ga dhey work thah gina vyma vaahaka liyan vaguthu nuvany. ekam ves Faxoo varah vaahaka liyaa hivvaathy mi liyany. but thanks. faxoo balaanan adhi miah vureh dhigukoh genesdheveytho ingey all my readers ? ?

  8. Shaba says:
    November 12, 2015 at 11:00 pm

    Wow .. This story is really nice …

  9. yaakko says:
    November 14, 2015 at 6:46 pm

    this story is amazing .. much intrested.. cnt wait to read next part.. wish u well.. u can be a guy writer faxu 🙂

    1. Faxoo says:
      November 16, 2015 at 6:14 pm

      you mean “good” writer ? In Sha Allah…
      thanx for the comment

Comments are closed.

Next Episodeޝެރިން (3ވަނަ ބައި)←


All Right Reserved!