އީމަން މަޑުމަޑުން އެނދާ ދިމާއަށް ފިޔަވަޅުތައް އަޅަމުން ދިޔައެވެ. ނަމަވެސް ކަންފަތުގައި ހަރުލާފާ ހުރީ ދެންމެ އެދެމީހުން ދެއްކި ވާހަކަ ތަކެވެ. ކުއްލިއަކަށް ލޯ މައްޗަށް ސިފަވާން ފެށީ އާއިޒު ހުޅުމާލޭގައި ތައްޔާރު ކޮށްފައިވި ކޮޓަރިއެވެ. ބެޑްޝީޓްގައި ރޫޖެހިފައިވާ ހުދުކުލައިގެ އެ ބޮޑު އެނދެވެ. ބިންމަތީ ގަޔާއި އެނދުމަތީގައި ތިބި ފިނިފެންމާ ފިޔަތަކެވެ. އެނދުކަރީގައި އޮތް ކަޅުކުލައިގެ ޝޯލް އެވެ. އޭގެ ކުރިން އާއިޒު އާއި ޔާނާ މަގުމަތީގައި ބައްދާލައިގެން ތިބިރެއެވެ. އީމަން ކާރުގައި އިނދެ އެމަންޒަރު […]
“ކީކޭ؟!” ނަވާޒް ހާސްކަން އެކުލެވިފައިވި ގޮތަކަށް އަހާލިއެވެ. “ތި އަޑުއިވުނީ ރަނގަޅަށް. އޭނަ ދެންމެއަކު މިގެއަށް އައި. އައިއްސަ ވާހަކަ ދެއްކި ގޮތުން ހީވަނީ އޭނައަށް އެނގިއްޖެހެން މިފްތާޙްމެންގެ ގެ އެންދީ އަހަރުމެންކަން. އޭނަ ބުނީ މިއަދު ހުރިހާ ހައްދެއް ފަހަނަޅައިފިއޭ. މިއަދުން ފެށިގެން ތިމަންނަ މަސައްކަތް ކުރާނީ އަހަރުމެންނާ ދެކޮޅަށޭ.” އަމީން ކިޔައިދިނެވެ. އެންމެ ފަހު ބަސްތަކަކާއެކީ ފޯނުގެ އަނެއްކޮޅުން ވާހަކަ އަޑުއަހައިގެން އިން ނަވާޒްގެ ދެލޯ މެރުނެވެ. އޭނަގެ ދެބުމަ ކައިރިވީ ގޮތުން […]
” ކޮބާ ޝަހާ ” ސަމީރާ ދޮރު ހުޅުވާލިތަނާ މާޔާ ސުވާލުކޮށްލިއެވެ. ” ޝަހާ އެބަ އުޅޭ ކޮޓަރީގަ. ކިހިނެއްވީ؟ ” ސަމީރާ ހާސްވެފައި ސުވާލިކޮށްލިއެވެ. މާޔާ ހީލަމުން ކަމެއް ނުވެއޭ ބުނެލިއެވެ. ސަމީރާ މާޔާ ގޮވައިގެން ގޮސް ޝަހާގެ ކޮޓަރި ދައްކާލިއެވެ. ބަންޑުން އެދުގައި އޮތް ޝަހާ ދޮރު ހުޅުވާލި އަޑަށް ތެދުވެ ބަލާލިއެވެ. ކުރިމަތީގައި މާޔާ ހުރިތަން ފެނިގެން ވަގުތުން އައިސް ކުރިމައްޗަށް ހުއްޓި ހުރެ މި ކޮޓަރިއަށް ވަނީ ކީއްކުރަން ހޭ އަހާލީ […]
ޖުވެލްސް އެހާ ފުޅާ ކުންފުންޏަކަށް ވީ ސަބަބު އަހަރެންނަށް އެނގުނެވެ. ލޮލަށް ނިދިއައިސްފައި ވުމާއިއެކު އަހަރެން ނިދާލަން ޖައްސާލީމެވެ. މާދަމާއަކީ ސްކައިޕިޔާގެ ރަސްމީ އޯޕަނިންޑޭއެވެ. މިހާރުވެސް މުޅިހޮޓެލް ރީތިކޮށްފައި އޮތް ވަރުން ހީވަނީ ކާނިވަލެއް ހެނެވެ. މާދަމާގެ އިވެންޓް ތަކުގައި އަހަރެންނަށް ބައްޕައާއި އެކު ގިނަ ވަގުތު އުޅެން ޖެހޭނެއެވެ. އެހެން ކަމުން އަވަހަށް ތެދުވާން ބޭނުންވާތީ އާއިއެކު ނިދާލެވޭތޯ ބަލައިލީމެވެ. އަހަރެންނަށް ހޭލެވުނީ ފޯނު ރިންގުވާ އަޑަށެވެ. ގުޅަނީ މަންމަ އެވެ. އަހަރެންގެ ކަންފަތުގައި ފޯނު […]
ދަތްކުނޑި ވިކައިގެން ހުރެ ވާހަކަ ދައްކަމުން އައި ނާއިފްގެ ވާހަކަ މެދުކަނޑާލީ ފަޔާޒުގެ ފޯނު ރިންގުވާން ފެށުމުންނެވެ. ފަޔާޒް އޭނާގެ ޖީބުން ފޯނުނަގާ އަވަހަށް އެކޯލަށް ޖަވާބުދިނެވެ. “ސަރ…. ޝިޔާނާ ހޭ އަރައިފި….” އެކޮޅުން ވާހަކަ ދެއްކީ އައިންތުއެވެ. ސާނިޔާގެ ދުލުން….. ފަޔާޒަށް ލިބުނު އުފަލާއި ހައިރާން ކަމާއި އެކު އަހާލެވުނެވެ. “ކީކޭ އައިންތޫ…. މިހާރު ޝިޔާނާ ރަނގަޅުތަ؟… މަށަށް ވާނުވާ އަންގަމުން ދާތި….” “ސަރ… ޝިޔާނާގެ ހާލު މުޅިން ރަނގަޅެކޭވެސް ނުބުނެވޭނެ….. ޑޮކްޓަރުން އަންގަނީ ވީ […]
މިއަދު ޖައުޝަން އަށް ގަޑި ދާލެއް ލަސް ހެން ވެސް ހީވެއެވެ. އެތަކެއް ފަހަރު ގަޑި ބަލާލުމަށްފަހު “ހާދަ ލަހޭ” ބުނެވެއެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ނިއުޝާއާއި ބައްދަލުކޮށް ނިއުޝާގެ ޝަން އަކީ އޭނަކަން ބުނެދިނުމަށް އޭނާ ވަނީ އިންތިހާއަށް ބޭނުންވެފައެވެ. ނިއުޝާގެ އިންތިޒާރު ނިމުނީކަމަށް ބުނެދެން ބޭނުންވެއެވެ. ޖައުޝަން އެނދުމަތީ އަނެއްކާވެސް ޖައްސާލިއެވެ. އެއަށްފަހު ކުރީގެ އެތަކެއް ހަނދާން ތަކެއް އާކޮށްލިއެވެ. “ޝަން!! މިސާލަކަށް އަހަރެން ބުނިއްޔޯ ވަރަށް ބޮޑު ކަމެއް ކުރިމަތި ވެއްޖެޔޭ.. […]
ބަރަކާތްތެރި އަޟުޙާ ޢީދުގެ ތަހުނިޔާއާއި މުބާރިކްބާދީ އެސްފިޔައިގެ އެންމެހާ ލިޔުންތެރިންނާއި ކިޔުންތެރިންނަށް އަރިސްކުރަން. އެސްފިޔައިގެ އެޑްމިން 7997991
މާޔާ ލައިގެން އެ ހުރީ އޭނައަށް ފެނުނު ކުއްޖާ ލައިގެން ހުރި ހެދުމެވެ. އޭރު އޭނައަށް ފެނުނީ މާޔާކަން އޭނައަށް ޔަގީނެވެ. ދެން މާޔާ ދޮގު އެ ހެދީ ކީއްވެހެއްޔެވެ. ކިޔާން ކުޑަކޮށް ހީލަމުން ތި ވާނީ ހީވުމެކޭ ބުނެލާފާ ދެން އެ ވާހަކައެއް ނުދައްކައެވެ. ” ކޮބާތާ މިހާރު އެންމެން. އަހަރެން މި ކޮޅަށް އައި ފަހުން އަދި އެކަކާ ވެސް ދިމަލެއް ނުވޭ. ހިނގާބަ އެއްމެންނާ ދިމާވާން. ” ކިޔާން އެ ދެއްކީ އެ […]
އަނެއް ކޮޅުން އީމަންގެ މޫނުމަތިން ފެންނަން ހުރި އަސަރު ބަޔާން ކޮށްދޭން ދައްޗެވެ. ހީވަނީ މަރުވެފައިވާ ހިތަކަށް އާރޯކަމެއް ލިބެން އުޅޭކަމުގެ ފަހިމަގު ފެނިފައި ވާހެންނެވެ. “އީމަން!” ޔާނާއަށް ބުނެލެވުނެވެ. އީމަން މަޑުމަޑުން ޔާނާއާ ދިމާއަށް ހިނގައިގަތުމުން ޔާނާ ދުވެފައި އައިސް އީމަންގެ ގައިގައި އޮޅުލައިގަތެވެ. ކެތްނުކުރެވިގެން ބާރުބާރަށް ރޯން ފެށުނެވެ. އިތުރަށް ކަރުނަތަށް ނުހިފެހެއްޓުނީއެވެ. ކެތްތެރިކަން ކޮޅުންލީއެވެ. ނާމާންކަމުގެ ޖަންގައްޔެއްގައި ހަތަރު އުދަރެސް ފެނުޖެހިފައި ވަނިކޮށް ޔާނާއަށް އީމަން ފެނުމުން ސިފަވީ ސަލާމަތުގެ އައްސޭރި ޚުދު […]