Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

މި ހިތް އެބަ ތެޅޭ ހަމަ ކަލާއަށް ހުވާ-2

Axx Level 110 Stories
October 2, 2015 4 Mins Read
12 Comments

[ސްކިއުޒް މީ…. އިންޖެކްޝަންތައް] ހީން އަޑާއެކު އެމީހާ ފަހަތަށް އެނބުރި ބަލާލިއެވެ. އެވަގުތު ހީންގެ ދެލޯ ބޮޑުވެ ދެއަތް ދެއަތާއި މޮޑެޔން ފެށުނެވެ. ނޭވާ އަވަސްވެ ދާހިއްލަން ފެށިއެވެ.

[ހީން” އެމީހާގެ އަނގައިގެތެރެއިން މަޑުުމަޑުން ހީންގެ ނަން ބޭރުުވުމާއިއެކު ކުރިއަށް ވުރެ ވެސް ބޮޑަށް ހީންއަށް ދެލޯ ބޮޑުކޮށްލެވުނެވެ.

ހީން ވާހަކަ ދައްކަންވެގެން އަނގަ އަށް ކުޑަހަރަކާތެއް ގެނައެވެ. ނަމަވެސް ދޫ ހަރަކާތެއް ނުކުރިއެވެ. ކުރިއަށް ފިޔަވަޅެއް އަޅަން އުޅުނެވެ. ނަމަވެސް ހުއްޓުނީ ކީކޭ ހިތަށް އަރައިގެން ކަމެއް ނޭނގުނެވެ. ހަަމަ އެވަގެތު އެ މީހާގެ ފޯނު ރިންގުވާން ފެށިއެވެ. ފޯނު ނެގުމަށްފަހު ‘ގިވް މީ އަ ސެކް’ އޭ ބުނެލިއެވެ. އަދި އިސްޖަހާލަމުން ހީނަށް ބަލާލުމެއްނެތި ބޭސް ކޮަތަޅު އެނދުމަތިގައި ބަހައްޓާފައި ބާރަށް ހިނގަމުން ގޮސް އެތަނުން ނިކުތެވެ. ގަބުވެފައި ހުރި ހީނަށް ހޭވެރިކަމެއްވީ އެނދުމަތީގައި އޮތް ކުޑަކުޑަ އާމިލް ރޯންފެށުމުންނެވެ.

ގަދަ ނިދީގައި އޮތް ދިލްޝާދަށް ހޭލެވުނީ ގޭގެ ބޮޑުދޮރުގައި ވަރަށް ބާރަށް މީހަކު ޓަކި ޖަހާ އަޑަށެވެ. ތެދުވެ މޭގައި ދެއަތް އަޅާލާފައި ހިންދިރުވާލެވުނީ ގަނެފައި ހުރި ބިރެއްގެ ސަބަބުންނެވެ. ދިލްޝާދު އެނދުން ތެދުވެގެން ގޮސް ކޮޓަރީ ދޮރު ހުޅުވާލީ ކުރިއަށްވުރެވެސް ބާރަށް ޓަކިޖަހާ އަޑު އިވެން ފެށީމައެވެ.

” ކަ….ކަ…ކާކު” ތުރުތުރު އަޅާއަޑަކުން ވަރަށް އުނދަގުލުން ދިލްޝާދާށް ބުނެވުނެވެ.

“މަންމާ ހުޅުވަބަލަ” ދޮރުގެ އަނެއް ފަރާތުން އައި އަޑަކުން ދިލްޝާދަށް ދެލޯ ބޮޑު ކޮށްލެވުނެވެ. ތުންފަތް މައްޗަށް ވެރިވި ހިނިތުންވުމާއެކު ބާރަށް ގޮސް ދޮރުހުޅުވަން އުޅުނެވެ. ނަމަވެސް ހިތަށް އެރި އެއްޗަކުން ހުއްޓެވުނެވެ. ހަންޑިއަކަށް ވެއްޖިޔާ ދެން ހަދާނީ ކިހިނެއްބާއޭ ދިލްޝާދުގެ ހިތަށް އެރިއެވެ.ހަމައެއާއެކު އެއީ އަކްޝަމޭވެސް ހިތަށް އަރަމުން ދިޔައެވެ. ތެޅިތެޅި އަތް ހިތަކާއެކު ކިޔުނުހާ ހެޔޮ އެއްޗެއް ކިޔަމުން ދިލްޝާދު ދޮރު ހުޅުވާލިއެވެ. އަދި ދެލޯ މަރާ ތަގުޅި ކޮށްލެވުނީ ބޭއިޙްތިޔާރުގައެވެ.

“މަންމާ ލޯ ހުޅުވާބަލަ” ދިލްޝާދުގެ ދެ އަތުގައި ހިފާލަމުން އަކްޝަމް ބުނެލިއެވެ. އެއާއެކު ތެޅިގެންފައި ދިލްޝާދު ދެލޯ ހުޅުވާލިއެވެ. ކުރިމަތީގައި ހުރި ދެލޮލުގެ ކޮއި ފަދަ ދަރިފުޅު ފެނުމުން ދިލްޝާދުގެ ލޮލުން ކަރުނަ ނީރާލިއެވެ.

“ދަރިފުޅު އައީތަ” އަކްޝަމްގެ މޫނުގައި ދެއަތުން ހިފާލަމުން ދިލްޝާދު ބުންޏެވެ.

“ނެތެއްނު ސަލާމަތެއް މަންމާ.. އަހަރެން ނައިސްގެންވެސް ރޮނީ… އައިމަވެސް ހުރެގެން ތިރޮނީ” ދިލްޝަދުގެ ލޮލުން އައިސްފައި ހުރި ކަރުނަތައް ފޮހެލަމުން އަކްޝަމް ބުނެލިއެެވެ.

“މިހާ ދަން ގަޑިއެއްގަތަ ދަރިފުޅަށް އަންނަން އެނގުނީ” ފާރުގައި ހަރުކޮށްފައި ހުރި ބޮޑު ގަޑިއަށް ބަލާލަމުން ދިލްޝާދު ބުންޏެވެ.

“ކިޔައިދޭނަމޭ… އިހަށް މަންމަ މިތާ އިށީނދެބަލަ” ކައިރީގައި ހުރި ސޯފާގައި ދިލްޝާދު ބައިންދަމުން އަކްޝަމް ބުންޏެވެ.

“ލޯރެން ވެސް އަދި ބޭރުގަ އެހުރީ..އެބަ އަންނަން” މިހެން ބުނެ އަކްޝަމް ދޮރާދިމާއަށް ހިނގައިގަތެެވެ.

“ކީކޭ ދަރިފުޅާ.. ދަރިފުޅު ލޮރީއެއްވެސް ގެނައިންތަ” ހައިރާންވެފައި ދިލްޝާދުއަހާލިއެވެ.

‘ލޮރީއެއް ނޫނޭ މަންމާ.. ލޯރެން..” އަކްޝަމް ހެމުން ހެމުން ގެއިން ނިކުތެވެ. އަދި މިނެޓެއްވެސް ނުވަނީސް އެނބުރި އައިސްވަނީ ދޮންދޮން ބައްޓެއް ކަހަލަ ކުއްޖެއް ގޮވައިގެންނެވެ. ދިލްޝާދަށް އިންތަނުން ތެދުވެ ދެލޯ ބޮޑުކޮށްލެވުނީ އަކްޝަމްގެ އަތުގައި ހިފާލައިގެންހުރި އަންހެންކުއްޖާ ފެނުމުންނެވެ. ފިޔާތޮށި ކުލައިގެ ޓީޝާޓެއް ލާފައި ހުރިއިރު ދަށުން ހުރީ ކަޅުކުލައިގެ ސްކިނީއެއް ލާފައެވެ. ދަންވަރުގެ ފިިނިން ސަލާމަތް ވުމަށްޓާކައި ކަރުގައި ޝޯލްއެއް އޮޅާލާފައި އޮތެވެ. އަންހެން ކުއްޖާގެ ފުރިހަމަ އިސްކޮޅަށް ދިލްޝާދު ނަޒަރު ހިންގާލިއެވެ. ދިގުހެން ހީވަނީ އަރާފައި ހުރި ހައިހީލްސްގެ ސަބަބުންކަން ދިލްޝާދަށް އެނގުނެވެ.

“ހާއި…” އެއް އަތް އުފުލާލާފައި ލޯރެން ދިލްޝާދަށް ބުނެލިއެވެ. އެވަގުތު އަކްޝަމް ލޯރެން އަށް ދެލޯ ބޮޑުކޮށްލުމުން ލޯރެން އަންގަޔަށް ގޮތެއް ހަދާލާފައި ސޮރީއޭ ބުނެ ކުރިއަށް ޖެހިލާ ހުއްޓުނީ ދިލްޝާދުގެ ކުރިމަތީގައެވެ. އަދި ހިނިތުންވެލަމުން ސަލާމަށް އަތްދިއްކޮށްލިއެވެ. ދިލްޝާދުގެ ތުންފަތް މައްޗައް ގަދަކަމުން ހިނިތުންވުމެއް ވެރިކުރުވާ ލޯރެންއާ ސަލާމްކޮށްލިއެވެ. އެއަށްފަހު ސޯފާެ ގޮނޑީގެ އެއްސައިޑަށް އަތުން އިޝާރާތް ކޮށްލުމުން މަޑު ފިޔަވަޅުތަކެއްގައި ލޯރެން ގޮސް އިށީނެވެ. ދިލްޝާދު ލޯރެން ކައިރީގައި ހާލު ކިހިނެއްތޯ ސުވާލުކުރިއެވެ. ލޯރެން ވަރަށް އުނދަގުލުން ލަސްލަހުން ރަނގަޅޭ ބުނި ގޮތުން އަކްޝަމް އަށް އިނީ ހެވިފައެވެ. ދިލްޝާދު ދެން އަހާލީ އާއިލާ މީހުން ކޮބައިތޯ އެވެ. ލޯރެން އަކްޝަމް އަށް ބަލާލީ ދިލްޝާދު ބުނީ ކީކޭކަން ނޭނގުމުންނެވެ. އެހެންކަމުން ލޯރެންގެ ބަދަލުގައި ޖަވާބުދިނީ އަކްޝަމެވެ. ލޯރެން އަކީ މަންމައެއް ބައްޕައެއް ޔަތީން ކުއްޖެއް ކަމާއި ބަލާބޮޑުކުރީ މަންމަ ފަރާތު ބޮޑުބޭބެކަން ބުނެދިނެވެ. އަދި މީގެ އަހަރެއް ކުރިން ރާއްޖެއަށް ބަދަލުވީ އެކޮޅުގައި އުޅޭހިތް ނުވާތީ ކަމުގައި ބުންޏެެވެ. އަކްޝަމް ކިޔައިދިން ވާހަކަތަކުން ލޯރެންއާ މެދު ދިލްޝާދުގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. ނަމަވެސް އެކަން ދައްކަން ބޭނުން ނުވީ ލޯރެންއާ އަކްޝަމްގެ ގުޅުމަކީ ދިލްޝާދު އެހާ ހިތްހަމަޖެހޭ ގުޅުމަކަށް ނުވާތީއެވެ.

” ދަރިފުޅުމެންގެ ފްލައިޓް އިނީ މިހާ ދަންގަޑިއެއްގަތަ؟.. ” ދިލްޝާދު ސުވާލުކޮށްލިއެވެ.

އަކްޝަމް ދިލްޝާދަށް ކަންތައްވީގޮތް ކިޔައިދޭން ފެށިއެވެ.  އަކްޝަމް އެރަށައް އައީ އެރޭ އިރާކޮޅުގެ ވަގުތެއްގައި ކަމާއި އައީ ދިލްޝާދަށް ސަޕްރައިޒެއް ދޭންވެގެން ކަމުގައި ބުންޏެވެ. އަދި އައި މަގުމަތީގައި އަކްޝަމްމެން ތިބި ކާރުގައި ޖެހި ކުޑަކުއްޖެއް އެކްސިޑެންޓްވުމުން އެކުއްޖާ ގޮވައިގެން ހޮސްޕިޓަލަށް ދިޔަ ވާހަކައެވެ. އަދި ލަސްވީ އެކުއްޖާގެ ބެލެނިވެރިއެއް އަންނަންދެން އެތާގައި މަޑުކުރަންޖެހުމުން ކަމުގައިވެސް ބުންޏެވެ. ހޮސްޕިޓަލްގެ ވާހަކަދެއްކުމުން ހަނދާނަށް އައި އެއްޗަކުން އަކްޝަމް ހަމަހިމޭން ވިއެވެ. ފަން އިސްތަށިގަނޑުގައި އަތްފުނާއަޅާލުމަށްފަހު ސޯފާ ގޮނޑީގައި ލެގިލިއެވެ. އަކްޝަމް ވަރުބަލިވީކަމަށް ހީކޮށް ސޯފާގައި ނިދާލުމަށް ދިލްޝާދު ބުންޏެވެ.

” ނޫން މަންމާ އަހަރެން ނިދާނީ އަހަރެންގެ ކޮޓަރީގަ… ” އަކްޝަމް އިންތަނުން ތެދުވަމުން ބުނެލިއެވެ.

” އެކަމަކު ދަރިފުޅާ އެކޮޓަރީގައި ވަރަށް ހިރަފުސް ގިނަވާނެ.. އެ ކޮޓަރި ސާފުނުކުރާތާ ދަރިފުޅު ދިޔަހާ ދުވަހެއް ވެދާނެ.. ދަރިފުޅު އެކޮޓަރިއަށް ވަންނަން މަނާކޮށްފަ އޮތީމަ މަންމަވެސް އެވަރަކުން ވަންނަން ނޫޅުނީ.. ” ދިލްޝާދު ކުޑަކޮށް ހިތަހަމަނުޖެހިފައި ބުންޏެވެ.

“އިޓްސް އޯކޭ މަންމާ.. އަހަރެން ނިދާނީ އަހަރެންގެ ކޮޓަރީގައި .. ނިދޭ ވަރަށް ސާފު ކޮށްލާފައި މާދަން ތެދުވެ ރީތިކޮށް ސާފު ކޮށްލާނީ..” އަކްޝަމް މިހެން ބުނުމަށްފަހު ވޮލެޓުން ތަޅުދަނޑި ނަގައިގެން ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. އަކްޝަމްގެ ފަހަތުން ލޯރެން ދާންއުޅުމުން ދިލްޝާދު ލޯރެން ހުއްޓުވިއެވެ. އަދި ދިލްޝާދާ އެއްކޮށް އޭނާގެ ކޮޓަރިއަށް އައުމަށް ބުންޏެވެ. ލޯރެން ހިތާ ދެކޮޅަށް ނަމަވެސް ދިލްޝާދާ އެއްކޮށް ގޮސް ދިލްޝާދުގެ ކޮޓަރިއަށް ވަނެވެ.

*************************************************************************

ކައުންޓަރުގައި ދެއަތް ވިއްދާލައިގެން އިން ހީން އިނީ ވިސްނުމަކަށް ގެއްލިފައެވެ. ހީންގެ ބޮލުތެރޭގައި އެނބުރެމުން ދަނީ މީގެ ކުޑައިރުކޮޅެއްކުރިން ހިނގާދިޔަ ކަންތަކެވެ. މިރޭ ހީންއާ ބައްދަލުއެވީ ދުވަހަކުވެސް ބައްދަލުވާނެ ކަމަށް ހީން އުއްމީދު ކޮށްގެން ހުރި މީހެއް ނޫނެވެ.އެތަކެއް ދުވަހެއްފަހުން ކުއްލިއަކަށް އެގޮތަށް ފެނުމުން ހީންއަށް ވާގޮތް ބަޔާން ކޮށްދޭކަށް ނޭނގެއެވެ. އަކްޝަމްގެ ނަން ކިޔާލެވުމާއެކު ހީންއަށް ދެލޯމަރާ ބާރުކޮށްލެވުނެވެ. ތެދުވެ ދެކޮޅަށް ހިނގަންފެށުނީ ހާސްވެފަުރި ވަރުންނެވެ.

” ހީން ކޮންކަމަކާ މާހާސްވެފަ” ވަރޑް އަށް އައިސްވަން ޖަނާއަށް ހީން ފެނި އަހާލެވެނެވެ.

” ކުޑަކޮށް ބޮލުގަ ރިއްސަނީ..” ހީން ބޮލުގައި އަތް ޖަހާލަމުން ބުންޏެވެ.

” ހިނގާ ކެންޓީނަށް ގޮސް ކޮންމެސް އެއްޗެއް ކާލަން.. އޭރަށް ރަނގަޅު ވެދާނެ” ހީން ބަނޑުހައިވެފަހުރިވަރު އިހްސާސް ކޮށްލެވުނީ ޖަނާ މިހެން ބުނުމުންނެވެ. އެހެންކަމުން ދެކޮޅުހެދުމެއް ނެތި ހީން ޖަނާގެ ފަހަތުން ކެންޓީނަށް ދާން ހިނގައިގަތެވެ.

********************************************************************

އަކްޝަމް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ކަނުއަންދިރިކަން ވެރިވެފައިވާ ކޮޓަރިއަށް އަލިކަމެއްވީ އަކްޝަމް ލައިޓްތައް ޖައްސާލުމުންނެވެ. އެންމެ ފުރަތަމަވެސް އަކްޝަމްއަށް ކަޅިހިންގާލެވުނީ ކޮޓަރީގެ ފާރުތަކަށެވެ. ފާރުގައި ހިއްޕާފައިވާ ފޮޓޯތަކަށެވެ. އަކްޝަމް އަވަސް ހަރަކާތަކާއެކު ފޮޓޯތަކުގައިވާ ހިރަފުސްތައް އަތުން ސާފުކުރަމުން ގެންދިޔައެވެ. އޭގެތެރެއިން ފޮޓޮއެއް ކައިރިއަށް އަކްޝަމަށް ހުއްޓެވުނެވެ. އަދި ވަރަށް ފުންކޮށް އެފޮޓޯގައިވާ އަންހެންކުއްޖާއަށް ބަލާލިއެވެ. ފަން އިސްތަށިގަނޑެއްގެ ވެރި މި އަންހެންކުއްޖާގެ ތުންފަތްމަތީގައި ވަނީ އަޖައިބެއްކަހަލަ ހިނިތުންވުމެކެވެ. އެހިނިތުންވުން ފެނި އަކްޝަމަށްވެސް ހީލެވުނެވެ. އެވަގުތު އަނގައިން ބޭރުވީ ހަމައެންމެ ނަމެކެެވެ. “ހީން” މި ނަން ކިޔާލެވުމާއެކު އަކްޝަމަށް ދެލޯ މަރާލެވުނެވެ.

–ނުނިމޭ–

Heii everyone.. hope u all will like it and m so sorry for late upload

 

 

Share Article

Follow Me Written By

Axx

Level 110 Stories

Reading stories is my hobby and writing stories is my passion

Other Articles

Previous

ހިތަކުން ނުފިލާނެ 36

Next

ދިމްޔާ (ފަހުބައި)

Next
October 3, 2015

ދިމްޔާ (ފަހުބައި)

Previews
October 2, 2015

ހިތަކުން ނުފިލާނެ 36

12 Comments!

  1. dark princess says:
    October 2, 2015 at 9:55 pm

    Gina dhuvas kohfa upload kuraa iruves ehaa kurukoh thi genesdhiny.. thankolheh dhigukohlaanama… any way story v rythi v interesting.. next part avahah up kohdhehchey..

  2. neha says:
    October 2, 2015 at 10:14 pm

    Nice

  3. ninth says:
    October 2, 2015 at 11:06 pm

    hadhaan vx nethifa myny.. kiya feshyma ekm get vejjje..

  4. MD says:
    October 3, 2015 at 12:51 am

    Rythi..

  5. sham says:
    October 3, 2015 at 8:45 am

    V reethi

  6. maash says:
    October 3, 2015 at 10:57 am

    Nice! Avahah up kohdhehchey plz

  7. Crazi says:
    October 3, 2015 at 3:07 pm

    Yah ah aha update kohla dhee ehgey…story vrh reethi

  8. Shau says:
    October 3, 2015 at 7:16 pm

    Mi story vrh interesting! nxt part kiyaala hithun miharu hureveny eh noon.. Plxx avahah up kohdhehchey…:-D

  9. Anonymous says:
    October 4, 2015 at 2:13 pm

    Please Warah awahah up kohlahchey Mi story
    Anyways story is awesome….

  10. nazi says:
    October 11, 2015 at 1:59 pm

    kobaa vaahaka ulhenee kihaahisaabeygatha

  11. midhu says:
    October 18, 2015 at 9:54 pm

    Very impressive 🙂

  12. aal says:
    October 19, 2015 at 11:37 pm

    Kobaatha next part? Kon irakun tha up vaany

Comments are closed.


All Right Reserved!