Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތަކުން ނުފިލާނެ 36

BONDAY Level 210 Stories
October 2, 2015 4 Mins Read
8 Comments

ދުއްވާ ފައި ދިޔަ ބަސް އަރިވެގެންގޮސް އަނެއް ފަރާތަށް ފޮރޮޅާލީ ކުއްލިއަކަށެވެ. ހީވަނީ އެހެން ކޮންމެވެސް ދުއްވާ އެއްޗެއް އައިސް ޖެހިގެން ފޮރޮޅާލިހެންނެވެ. އެއުސްފަރުބަދަ މަތިން ފޮރޮޅެމުން ފޮރޮޅެމުން އެބަސް ވެއްޓުނު މަންޒަރު ދުރުގައި ތިބި ފަޒީލްމެންނަށްވެސް ފެނުނެވެ. ބަސް ފޮރޮޅެމުން ތިރިއަށް ދިޔައިރު ބަހުގެ ދޮރުފަތް ކަނޑައިގެންގޮސްގެން އާމިރު ބަހުން ބޭރުވިއެވެ. އެވަގުތު ބޮލަށް އެނބުރުން އަރާފައި ހުރުމުގެ ސަބަބުން އާމިރުއަކަށް އެނަގެ ގައިގައި ހުރި އެއްވެސް ޒަހަމެއްގެ އަސަރެއް ނުކުރެއެވެ.

ފޮރޮޅެމުން ފޮރޮޅެމުން ގޮސް ކޯރުގެ ތެރެއަށް ބަސް ވެއްޓުމުން އާމިރު ތިރިއަށް ފައިބަން އުޅުނު ވަގުތު އެހެން ދެމީހަކު އައިސް އާމިރު ހިފެހެއްޓިއެވެ. އާމިރު ގަދަ ހަދަމުން ދިޔަނަމަވެސް އެދެމީހުން އާމިރުގެ ގައިން ދޫކޮއްނުލުމުން އާމިރުއަށް ތިރިއަށް ފޭބޭގޮތެއް ނުވިއެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި މުޅިއެސަރަހައްދު ފުހުލުން ފުރާލައި ބަސްތެރޭގައި ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމުގެ މަސެއްކަތް ފެށުނެވެ.

ފަނަރަ ވަރަކަށް މިނެޓް ދުވުނު ފަހުން އެހިސާބައް ފަޒީލްއަށް ދެވުނުއިރު މުޅި މީހާ ހުރީ މާނޭވާލެވި ލެވިއެވެ. އާމިރުގެ ފޯނަށް ގުޅުމުން ޖަވާބެއް ނުލިބުމުން ސިފާ އެތާގައި ހުރި ބެންޗެއްގައި ބައިތިއްބާފައި ދުވެފައި ދިޔައީއެވެ. ފުލުހުން އެސަރަހައްދު ބަންދު ކޮއްފައި އޮތުމުގެ ސަބަބުން ފަޒީލްއަށް އެތެރެއަށް ވަދެވުނީ ވަރަށް އުނަގުލުންނެވެ. ބަހުން ސަލާމަތްކުރެވޭ މީހުން ވަގުތުން އެންބިއުލާންސްގައި ހޮސްޕިޓަލަށް ގެންދަމުން ދިޔައެވެ. ފަޒީލް އެސަރަހައްދުގައި ހިގަމުން ދަނިކޮއް އެއްލި ކަޅިއަކުން އެންބިއުލާންސްއަށް އަރުވަން އުޅުނު އާމިރު ފެނުނެވެ.

” ބައްޕާ…! ” އެނދެއްގައި ބާއްވާފައި އޮތް އާމިރު ކައިރީގައި މަޑުކޮއްލަމުން ބުނެލިއެވެ.

” ދަރިފުޅާ ކޮއްކޮ…! ” އާމިރުގެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަތެވެ. އޭރު އާމިރުގެ އަތުން ކަފައިގެން ގޮސްފައި ހުރި ތަނުގައި ވަނީ ބެންޑޭޖު އޮޅާފައެވެ. ލައިގެން ހުރި ގަމީސްވެސް އޮތީ ވީދިފައެވެ. ގައިގެ އެތަން މިތަން ހަލާކުވެފައިވާ އިރުވެސް އާމިރުއަށް އިހްސާސް ނުވާކަހަލައެވެ. ފަޒީލްއަށް ބޭއިހްތިޔާރުގައި ކޯރާއި ދިމާލަށް ދުއްވައިގަނެވުނެވެ. ނަމަވެސް ފުލުހުން ދަމާފައި އޮތް ޓޭޕްގެ އެތެރެއަށް އެންމެ ފިޔަވަޅެއްވެސް ފަޒީލަކަށް ނޭޅުނެވެ.

” ހަލޯ…! ކީއްވެތަ ފޯނު ނުނަގަނީ…؟ ” ސިފާގެ އަޑުގައިވެސް ވަނީ ހާސްކަމެވެ. ފަޒީލްގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބި އިވުނީ ފަޒީލް ރުއިމުގެ އަޑެވެ. މީގެ ކުރިން ދުވަހަކުވެސް ސިފާއަށް ފަޒީލް ރުއިއަޑެއް ނީވެއެވެ.

” ހަލޯ…! ފަޒީލް.. ކިހިނެއްވީތަ…؟ އަޅެ ބުނެބަލަ އަވަހަށް…؟ އަހަރެން ވަރަށް ބިރުއެބަގަނޭ… ” ސިފާއަށްވެސް ރޮވެންފެށުނީ ހިތައް އެރި އެއްޗެއްގެ ސަބަބުންނެވެ.

” އަވަހަށް އާދެބަލަ މިކޮޅަށް…! ބައްޕަޔާއެކު ހޮސްޕިޓަލަށް ދާން…! ” ފަޒީލްގެ އަޑު އައީ ކެނޑި ކެނޑިގެންނެވެ. އިތުރު އެއްވެސް ބަހެއް ނުބުނެ ފަޒީލް ފޯނުކަނޑާލީއެވެ. ސިފާމެންނަށް ތަންކޮޅަކަށް ނުދެވެނީސް ފަޒީލް ދުވެފައި އަންނަ މަންޒަރު ފެނުނެވެ.

” ފަޒީލް ކޮން ލެއެއް ގައިގައި ހޭކިފައި ތިހިރީ…؟ ” ފަޒީލްގެ ގައިގައި އާމިރުގެ އަތުން ލޭއުނގުޅިފައި ހުރިކަންވެސް އެނގުނީ ސިފާ ބުނުމުންނެވެ. ފަޒީލް އެކަމަށް ސަމާލުކަމެއްނުދީ އެވަގުތު އެތަނުން ޓެކްސީއެއް ހުއްޓުވައިގެން އަވަސް އަވަހަށް އެރީ އާމިރު ގޮވައިގެން އެންބިއުލެންސް ހޮސްޕިޓަލަށް ނައްޓައިލުމުންނެވެ.

” ފަޒީލް ވެގެން އުޅޭގޮތެއް ބުނެބަލަ..! ކޮބާތަ ފާޒިން…؟ ” ސިފާއަށް އޭރުވެސް ދިޔައީ ރޮވެމުންނެވެ. ކައިރީގައި އިން ފައިހާއާއި މާލްވެސް ރޮނީއެވެ.

” ކޮ..އް…ކޮ… ކޮއްކޮ އަދިވެސް ވީ ބަސްތެރޭގައި ތާށިވެފައި… ބައްޕަ ގެންގޮސްފި ހޮސްޕިޓަލަށް…! ” ލޮލުން ފައިބަމުން ދިޔަކަރުނަތައް ފޮހެލަމުން ފަޒީލް ބުނެލިއެވެ. ފަޒީލް އެހެން ބުނުމުން ފައިހާވެސް އަޑުން އަޑު ނަގައި ރޯންފެށިއެވެ. ކައިރީގައި ސިފާއާއި ފައިހާ އަދި މާލް ތިބުމުން ފަޒީލް އިނީ މުޅިން ގޮތް ހުސްވެފައެވެ. ކޮއްކޮގެ ހަބަރެއް ނުވާތާނގައި ބައްޕަ ހޮސްޕިޓަލުގައެވެ. ހަދާނެ ގޮތެއް ނުވިސްނިފައި އިން ފަޒީލް ކުއްލިއަކަށް ހަދާންވީ ހުސެންގެ މަތިންނެވެ.

” ހަލޯ ހުސެން… ވަރަށް އަވަހަށް ސިޓީ ހޮސްޕިޓަލަށް ޖައްސާލެވިދާނެތަ…؟ ވަރަށް އަރޖެންޓް… ޕުލީސް… ” ހުސެން ފޯނު ނެގުމުން ފަޒީލް އަވަސް އަވަހަށް ބުނެލިއެވެ. އިތުރު ސުވާލެއް ނުކޮއް ހުސެން ހޮސްޕިޓަލަށް ދާން ނައްޓާލީ ވަރަށް ބޮޑު ކަމެއް ދިމާވެއްޖެކަން އެނގުމުންނެވެ. ހުސެންނަކީ ފަޒީލާއި އެއްކުލާހެއްގައި ކިޔަވަން އުޅޭ ދިވެހި ކުއްޖެކެވެ.

ހޮސްޕިޓަލުގައި މަޑުކުރާތާ ބައި ގަޑިއެއްހާއިރު ތެރޭ ހުސެން ހޮސްޕިޓަލަށް އައެވެ. ހުސެން ސިފާމެން ކައިރީގައި ބަހައްޓާފައި ފަޒީލް ނައްޓާލީ އެކްސިޑެންޓްވި ސަރަހައްދައް ދާށެވެ. އެރޭ އިރުއޮއްސުނުއިރުވެސް ފާޒިންގެ ހަބަރެއް ނުލިބެއެވެ. ބަހުގައި ދަތުރުކުރި 25 މީހުންގެ ތެރެއިން ނުފެނި ހަތަރު މީހުންވާކަމަށް ފުލުހުން މައުލޫމާތުދެއެވެ. ކޯރުތެރެއަށް ވެއްޓިފައި އޮތް ބަސް ވަނީ މުޅިން އަޑިއަށް ގޮސްފައެވެ. ކޯރުގެ އޮއިވަރު ބާރުކަމުން މީހުން ހޯދުމުގެ މަސެއްކަތްކުރާ މީހުންނަށްވެސް ވަރަށް ދަތި އުނދަގޫތަކާ ދިޔައީ ކުރިމަތިވަމުންނެވެ.

ގޭގެ ސިޓިންގްރޫމްގައި ޓީވީ ބަލަން ވަދީފާ އިނީ ނިދިނައިސްގެނެވެ. ސިޓިންގްރޫމް ތެރޭގައި ހުރި ފޯން ރިންގްވާން ފެށީ މައިޝާވެސް ކޮޓަރީގައި އޮވެފައި ބޭރަށް ނިކުތް ވަގުތުއެވެ.

” ހަލޯ… ވަދީފާ… އަހަރެންނަށް މާފްކުރޭ… އަހަރެންނަކަށް ފާޒިންއެއް ސަލާމަތެއް ނުކުރެވުނު…! ” އާމިރުއަށް ރޮވެން ފެށުނެވެ. ކައިރީގައި ތިބި ސިފާމެން ރޯއަޑުވެސް ވަދީފާއަށް އެވަގުތު އިވުނެވެ.

” ކީކޭތަ އާމިރު ތިކިޔަނީ…؟ ފާޒިންއަށް ކިހިނެއްވީތަ…؟ ކޮންބައެއް ރޯއަޑުތަ އެއިވެނީ…؟ ” ވާނުވާ ނޭގުމުން ވަދީފާއަށް ވާހަކަ ދެއްކުނީ ވަރަށް ބާރަށެވެ. އާމިރުއަށް އިތުރު އެއްޗެއް ނުބުނެ ރޮވުނީއެވެ. އާމިރު ފޯނު ކަނޑާލީ އިތުރަށް ވާހަކަ ދައްކާނެ ހިތްވަރު އާމިރުގެ ގައިގައި ނެތުމުންނެވެ.

” ކިހިނެއް ވީތަ މަންމާ…؟ ބައްޕަ ކީކޭތަ ބުނީ…؟ ” ވަދީފާއަށް ވީގޮތެއް ނޭގުނު ނަމަވެސް ވަދީފާއަށްވެސް ރޮވުނީއެވެ. ކައިރީގައި ހުރި މައިޝާއަށްވެސް ވަދީފާ ރޯންފެށުމުން ނޮރޮއެއް ނުހުރެވުނެވެ. މައިޝާގެ ހިތުގައި އުފެދުނު ބިރުވެރިކަމެއްގެ ސަބަބުން އެހިތް ނުހުއްޓުނީ ކިރިޔާއެވެ. ވަދީފާ ހިތްވަރު ކޮއްފައި ފަޒީލްއަށް ގުޅާލިއެވެ. ނަމަވެސް ދެފަހަރަށް ގުޅިއިރުވެސް ފޯނެއްނުނަގައެވެ. ތިންވަނަ ފަހަރަށްވެސް ގުޅާލީ ކުރިމަތިވެގެން އުޅޭ ހާދިސާގެ ކުޑަވެސް ހަބަރެއް ނުލިބި ހުރެއެވެ. ނަމަވެސް ތިންވަނަ ފަހަރު ރިންގުވާން ފެށިތަނުން ފަޒީލް ފޯނު ނެގިއެވެ.

” ދަރިފުޅާ ކިހިނެއްވެގެންތަ މިއުޅެނީ…؟ ކޮއްކޮއަށް ކިހިނެއްވީތަ…؟ ” ވަދީފާގެ އަޑުގައި ކޮންމެވެސް ވަރަކަށް ރުޅިވެރިކަމެއް ހުރީ ފަޒީލް ފޯނުނެގުމުންނެވެ. އެސަރަހައްދުގައި އަޑުބާރުކަމުން ކިޔާ ނުކިޔާ އެއްޗެއް ނޭގެއެވެ.

” ބައްޕަމެން ތިބި ބަސް ފޮރޮޅައިލައިގެން ކައިރީގައި އޮތް ކޯރަކަށް ވެއްޓުނީ.. އަދިވެސް ކޮއްކޮ ނުފެނޭ..! ” ފަޒީލް ވަރަށް ހިތްވަރުކޮއްފައި ވެގެން އުޅޭގޮތް ކިޔައިދިނެވެ. ވަދީފާގެ އަތުން ފޯނު ދޫވެގެން ބިންމައްޗައް ވެއްޓުނެވެ. ހުރިތަނަށް ވަދީފާ ތިރިވިއިރު މައިޝާ ވަދީފާގެ ގައިގައި ހިފަހައްޓާލައިގެން ހުއްޓެވެ.

” މަންމާ ފާޒިންއަށް ކިހިނެއްވީތަ…؟ މަންމާ އަޅެ ބުނެބަލަ…؟ ” މައިޝާ ވަދީފާގެ އަތުގައި ހިފާ ތަޅުވާލުމުން ބުނެލިއިރު މައިޝާ ދިޔައީ އަޑުން އަޑުނަގާ ރޮމުންނެވެ. މައިޝާ ރޯއަޑަށް ކޮޓަރީގައި ތިބި މުނީރާމެންވެސް ކޮޓަރިން ނިކުމެގެން އައިސް މައިޝާމެން ކައިރީގައި މަޑުކޮއްލިއެވެ. ވަދީފާގެ ކޮނޑުގައި ބޯއަޅާލައިގެން ރޯން އިން މައިޝާގެ މޫނުމައްޗައް އަދިރިވަމުންގޮސް މައިޝާ ހަބަރު ހުސްވެގެން ވެއްޓުނެވެ. ނަސީބު ރަނގަޅުކަމުން އެވަގުތު ދިމާވީ މިސްރާއާއި އިމާދު ބޭރުގައި އުޅެފައި އައިސް ގެއަށް ވަތް ވަގުތާއެވެ. އިމާދު އަވަސް އަވަހަށް އެންބިއުލާންސްއަށް ގުޅައިގެން މައިޝާ އަވަހަށް ހޮސްޕިޓަލަށް ގެންދިޔައީއެވެ. އެންމެ ފަހުން ވަދީފާގެ ހާލު ދައްވުމުން ވަދީފާވެސް ހޮސްޕިޓަލުގައި އެޑްމިޓްކުރީއެވެ.

މެންދަމުން އަނބުރާ ތިނެއް ޖެހިއިރުވެސް ފަޒީލްހުރީ ފާޒިންގެ ހަބަރެއްވޭތޯ ދެކޮޅަށް ހިނގާލަ ހިނގާލައެވެ. އާމިރުގެ އަތުން ހަލާކުވެފައި ހުރި ތަނުގައި ބޭސްއަޅާފައި އާމިރު ގެއަށް ދޫކޮއްލީ އެރޭ ބާރަވެސް ޖެހިފަހުންނެވެ. ނުފެނިގެން ހޯދާ ހަތަރު މީހުންގެ ތެރެއިން ދެމީހުން ފެނުނު އިރު އޮތީ މަރުވެފައެވެ.

މައިޝާ ހޭއެރިއިރު އޮތީ ހޮސްޕިޓަލުގެ އެނދެއްގައެވެ. ކައިރީގައި ހުރި ގޮނޑިއެއްގައި މުނީރާ އިންއިރު ޖެހިގެން ހުރި އެނދުގައި ވަދީފާވެސް ބާއްވާފައި އޮތެވެ.

” މަންމާ… ފާޒިންގެ ހަބަރެއް ވެއްޖެތަ…؟ ” މައިޝާގެ އަޑުއައީ ކެނޑި ކެނޑިގެންނެވެ. މުނީރާ ހަމައެކަނި ބޯހޫރާލީއެވެ. މުނީރާ ބޯހޫރާލުމުން މައިޝާގެ ލޮލަށް ޖަމާވެފައި ހުރި ކަރުނަތައް އެއޮމާން ކޯތާފަތް މައްޗައް ފައިބައިގަތީ އެއްވެސް ހިފެހެއްޓުމެއް ނެތިއެވެ.

” ދަރިފުޅާ ހިއްވަރުކުރަންވާނެ… ﷲ ގެ އިރާދަފުޅުން ފާޒިންއަކަށް އެއްވެސް ކަމެއް ނުވާނެ… ހިތްވަރުކުރޭ ދަރިފުޅާ..! ” މުނީރާއަށް މައިޝާގެ ބޮލުގައި ފިރުމުން ނޫން ކަމެއް ނުކުރެވުނެވެ. އޭރު މުނީރާގެ ދެލޮލުންވެސް ފައިބަން ތައްޔާރުވެފައި ހުރި ކަރުނަތައް މުނީރާއަށްވެސް ހިފަހައްޓާލައިގެން ހުރެވުނީ ކިރިޔަ ކިރިޔާއެވެ.

” މަންމާ.. ކީއްވެތަ ފާޒިންއާށް ހުރިހާ ކަމެއް ދިމާވާންވީ…؟ ފާޒިން ނޫނީ އެހެން މީހަކު މިދުނިޔޭގައި ނެތީތަ…؟ ހުރިހާ ކަމެއް ފާޒިންއާއި ދިމާވަނީ….؟ ” މައިޝާ ރޮމުން ރޮމުން ވާހަކަ ދެއްކިއެވެ. މުނީރާވެސް އެއްބަހެއްވެސް ނުބުނެ މައިޝާގެ ބޮލުގައި ފިރުމާލަ ފިރުމާލަ އިނީއެވެ. އިތުރަށް ވާހަކަ ދައްކައިގެން މައިޝާގެ ހިތައް އިތުރު ވޭނަކާއި ހިތްދަތިކަމެއް ނޫނީ ނުލިބޭނެއެވެ.

ދެދުވަސް ފާއިތުވެގެން ދިޔައިރުވެސް ފާޒިންގެ އެއްވެސް ހަބަރެއް ނުލިބެއެވެ. އޭރު ގެއްލިފައިވާ ދެމީހުންވެސް ދިރިތިއްބާ ސަލާމަތް ކުރެވޭނެކަމުގެ އެއްވެސް އުއްމީދެއް ނެތް ވާހަކަ މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވި ޓީމުގެ އިސް ކޮމާންޑަރ ހަވާލާދީ ހުރިހާ ޗެނަލް ނިއުސް ތަކުންވެސް ވަނީ ބުނެފައެވެ . ނަމަވެސް އޭރުވެސް ގެއްލިފައިވާ މީހުންގެ ހޯދުމުގެ މަސެއްކަތް ހުއްޓާނުލައި ކުރިއަށް ގެންދެއެވެ. ފަޒީލްމެން ރާއްޖެއައީ ފާޒިން ގެއްލުނުތާ ހަފްތާއެއް ފަހުންނެވެ. ކޮޑުގައި ކުޑަ ދަބަހެއް އަޅުވާލައިގެން ގެއަށް ވަތް ފައިހާ ފެނުމުން ސިޓިންގްރޫމްގައި އިން ވަދީފާގެ ލޮލަށް ޖަމާވެފައި ހުރި ކަރުނަތައް އޮހިގަތީ އެއްވެސް ހިފެހެއްޓުމެއް ނެތިއެވެ. ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލަމުން ވަދީފާ ގޮސް ފައިހާގެ ގައިގައި ބައްދާލިއެވެ. އެވަގުތު ގެއަށް ވަދެގެންއައި އާމިރުމެން ފެނުމުން ވަދީފާގެ ލޮލުން އަނެއްކާވެސް ކަރުނަ އޮހިގަތެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

BONDAY

Level 210 Stories

Other Articles

Previous

މަލަކް

Next

މި ހިތް އެބަ ތެޅޭ ހަމަ ކަލާއަށް ހުވާ-2

Next
October 2, 2015

މި ހިތް އެބަ ތެޅޭ ހަމަ ކަލާއަށް ހުވާ-2

Previews
October 2, 2015

މަލަކް

8 Comments!

  1. maahy says:
    October 2, 2015 at 9:07 pm

    v reethi waitin plzz abadhuvz thihr avaskoh up kohla dhyba

  2. dark princess says:
    October 2, 2015 at 9:48 pm

    V asarugadha.. rythi.. alhey!!! Dhen hama faazin nufennaanetha..???? Haadha dheraey… pls save faazin..

  3. ninth says:
    October 2, 2015 at 10:59 pm

    kudathankolheh dhw… alhe dhihukohlaba

  4. een says:
    October 2, 2015 at 11:01 pm

    Next part konirakun up kuranee. . V salhi mi part ves. .

  5. Male' says:
    October 3, 2015 at 1:49 am

    Sihuru saithony mahsala eh hutitho balan beynun nama 7946999 ah gulhuhvaa lahvaa..vrh furihama mauloomaath mi faraathun aruvaane..avahah gulhuhvaa lahvaa..

  6. maani says:
    October 3, 2015 at 3:32 am

    Haadha kurey dhw mi part

  7. neem says:
    February 18, 2016 at 1:02 pm

    sifaa or shifaa? salhi vaahaka

  8. salhi says:
    August 28, 2017 at 2:39 pm

    varah salhi

Comments are closed.

Next Episodeހިތަކުން ނުފިލާނެ 37←


All Right Reserved!