
އިންތިޒާރު ( ބާރަވަނަ ބައި )
މާޔާގޮސް ކާރަށް އަރާ ދުއްވާލީ ނިހާންވެސް ކާރަށް އަރުވައިގެންނެވެ. ކިޔާން ހިތްދަތިގޮތަކަށް މާޔާ ދިޔަ ދިމާލަށް ބަލަން ހުރެފަ ގޮސް ކާރަށް އަރާ ދުއްވާލިއެވެ.
މާޔާ ކާރުގަ އިން އިރު އިނީ ފެންކަޅިވެފައެވެ. ދެން ދެން ކަރުނަ ފައިބައިގަންނާނެ ހެން ހީވެއެވެ. ނިހާން ނުލަފާ ފާޑަކަށް ހެވިފައި މާޔާއަށް ބަލަން އިނެވެ. ” އައި ލައިކް އިޓް. އަދި ކިރިޔާއެއްނު މާޔާ ރަނގަޅަށް ކަންތައް ތިކުރަނީ. އޭނަ މޫނުމައްޗަށް އެރި ކުލަވަރު ހާދަ ސަޅިއޭ މާޔާ އޭނަގެ އަތް ނައްޓުވާފަ މަށާއެކީ ދިޔައީމަ. ހަހަހަހަ. ” ނިހާން ހެމުން ވާހަކަދައްކަމުން ދިޔައީ ކިޔާނަށް މަލާމަތްކުރަމުންނެވެ. ” ގެޓް އައުޓް. ” މާޔާ ކުއްލިއަކަށް ކާރު މަޑުކޮށްލަމުން ބާރަކަށް ބުނެލިއެވެ. ނިހާން ހިނިގަނޑު މައިތިރިކުރަމަން ދެން އެއްޗެކޭ ނުކިޔާނަމޭ ބުނެލިއެވެ. ” އައި ސެއިޑް ގެޓް އައުޓް. ” މާޔާ އަކުރުތަކަށް ބާރުލަމުން ބުނެލި ޖުމުލައިން ނިހާން މާޔާއަށް ބަލާލިއެވެ. ” އަޑުނީވެނީތަ. ދާށޭ ބުނީމަ ދާންވީއޭ. އަދި ބުނަން ހީނުކުރަށްޗޭ އަހަރެން ކަލެއާއެކީ މިއައީ ކޮންމެހެން އަންނަހިތުންނޭ. މި ވަގުތު އަހަރެން ކިޔާނާއެކީ ދާން ބޭނުންނުވާތީ މިއައީ. ސޯ ޖަސްޓް ގެޓް ދަ ހެލް އައުޓް އޮފް މައި ކާރ ނައު ” މާޔާ ނިހާނަށް ބަލާލަމުން ކާރުގަ ދޮރުވެސް ހުޅުވާލިއެވެ. ނިހާން ފާޑަކަށް މާޔައަށް ބަލާލަމުން ކާރުން ފޭބިއެވެ. މާޔާ ވަގުތުން ކާރު ދުއްވާލީ ނިހާނަށް ބަލާވެސް ނުލައެވެ. ގެއަށް ދެވުމާއެކު މާޔާ ހަލުވިފިޔަވަޅުތަކެއްގައި ގޮސް ކޮޓަރިއަށް ވަދެ ދޮރު ތަޅުލަމުން ގޮސް ވެއްޓިގަތީ އެނދަށެވެ. މާޔާގެ ލޯމަތިން ދެންމެ ހިނގާދިޔަ ހާދިސާ ތަކުރާރުވެގެން ދިޔަ ހިނދު ބާރަކަށް ރޮވެންފެށިއެވެ. ކިޔާންގެ ހިތަށް ވާނެ ތަދު އަމިއްލަ ހިތަށްވެސް އިހްސާސްކުރެވުނީއެވެ. ރޮއެ ރޮއެ އޮއްވާ އެންމެ ފަހުން މާޔާއަށް ނިދުނީއެވެ.
އޭގެ އަނެއް ދުވަހެވެ. ކިޔާން ހެނދުނު ހޭލައިގެން ތިރިއަށް ފޭބި އިރު އިބްރާހިމްއާ ޝާޔަން ތިއްބެވެ. ކަރީމް އިބްރާހިމްއާ ވާހަކަދައްކަމުން ދިޔަ އިރު އުފާވެލާފައި އިންވަރުން ކޮންމެވެސް ކަމެއްވެއްޖެއޭ ކިޔާންގެ ސިކުނޑި ބުނެލިއެވެ. ކިޔާން އެންމެނެނަށް ވަކި ވަކިން ބަލާލަމުން އައިސް އިށީދެލީ ޒިޔާން ކައިރީއެވެ. ” ކިޔާން. ކައިވެނި ކުރާ ޑޭޓް ފައިންލް ކުރަން މިއުޅެނީ. ބައްޕަމެން ނިންމީ ނޮވެމްބަރގަ ކައިވެނިކުރާ ގޮތަށް. ޝާޔަންއަށް އެ ގޮތް ރަނގަޅު. ކިޔާނަށް އޯކޭތަ؟ ” ކަރީމް ދައްކަން ފެއްޓި ވާހަކައިން މީހަކު އޭނަގެ މޫނުމަތީގައި ޖެހިހެން ކިޔާނަށް ހީވިއެވެ. ގަބޫލުކުރަން ދަތި ގޮތަކަށް ބައްޕައަށް ބަލާލި ހިނދު ބައްޕަ އިޝާރާތުން އާއެކޭ ބުނާށޭ ބުނެލި ގޮތުން ރުޅިގަދަވިއެވެ. ކިޔާން އެއްޗެއް ބުނެފާނެތީ ޒިޔާން މަޑުމަޑުން ކިޔާންގެ އަތުގައި ހިފާލިއެވެ. ކިޔާނަށް އެ އިޝާރާތް ވިސްނިގެން ހިޔާރުކުރީ ހިމޭންކަމެވެ. ޝާޔަން ކިޔާންގެ މޫނަށް ބަލަން އިނީ ކިޔާންގެ ޖަވާބެއްގެ އިންތިޒާރުގައެވެ. ކިޔާން އިސްޖަހާލައިގެން އިނދެ އޯކޭއޭ ބުނެލީ މަޑުންނެވެ. އިރުކޮޅެއް ވަންދެން ވާހަކަދައްކަން ތިބެލާފައި އިބްރާހިމް މެން ނުކުމެގެން ދިޔުމުން ކަރީމް ކޮޓަރިއަށް ދާން ތެދުވިއެވެ. ” ބައްޕާ! ” ކިޔާން ތެދުވެފައި ކަރީމްއަށް ގޮވާލުމުން ކަރީމް ހުއްޓިފައި އެބުރި ކިޔާނަށް ބަލާލިއެވެ. އެ މޫނުމަތީގައިވި ކުލަވަރުން ކަރީމް ފަސްޖެހުނެވެ. ކިޔާން އެ ބުނަން އެ އުޅޭ އެއްޗެއް އޭނައަށް އެނގޭ ފަދައެވެ. ” ބައްޕާ.. މާފު ކުރޭ. އެކަމަކު އަހަންނަށް ނެތް މި ކައިވެންނެއް ކުރެވޭކަށް. އަހަރެން ޝާޔަންދެކެ ލޯތްބެއް ނުވޭ. މި ކައިވެނިކޮށްގެން އެއްވެސް މީހަކަށް އުފަލުގަ ނޫޅެވޭނެ. ޝާޔަން އަހަރެން ދެކެ ލޯބިވަންނާ އުއްމީދު ކުރާނެ އަހަރެންވެސް ހަމަ އެހާވަރަށް ޝާޔަންދެކެ ލޯބިވާން. އެކަމަކު އަހަންނަށް ދުވަހަކުވެސް ޝާޔަންގެ އެ އުއްމީދެއް ފުރިހަމަ ނުކޮށްދެވޭނެ. އެއީ އަހަރެން ލޯބި ވަނީ އެހެން މީހަކުދެކެ. އެނގި އެނގި ހުރެ އަހަރެން ބޭނުމެއް ނޫން ޝާޔަންއަށް އުމުރުދުވަހުގެ ހިތްދަތިކަން ދޭކަށް. ” ކިޔާން ހަމަޖެހިލާފައި ދެއްކި ވާހަކައިން ކަރީމް ހިތްހަމަނުޖެހިފައި ހުރި ވަރު މޫނުމަތިން އެކަނިވެސް ހާމަވެއެވެ. ” ތި ކިޔޭ އެއްޗެއް އެބަ އިނގޭތަ؟ އެންމެ ފަހަރަކުވެސް ވިސްނާލިންތަ ކިޔާންގެ ތި ނިންމުމުގެ ސަބަބުން ބައްޕައާ އިބްރާހިމްގެ ގުޅުމަށް އަންނާނެ ބަދަލާ މެދު؟ ކިޔާން… ” ކަރީމް ބާރަކަށް ވާހަކަ ދައްކަން ފެއްޓުމުން ޒީނަތު ހާސްވެފައި ގޮސް ކަރީމް ހުއްޓުވިއެވެ. ” ބައްޕަ އެންމެ ފަހަރަކުވެސް ވިސްނާލިންތަ ޝާޔަން އަހަންނާ އިނދެގެން ހިތާމައިގެ އުޅޭތަން ދެކޭ އިރު ބައްޕައާ އިބްރާހިމްބެ ދެމީހުންގެ ގުޅުމަށް އަންނާނެ ބަދަލު. އެ ދުވަހު އަންނާނެ ބަދަލު މާ ގޯސްވާނެ. ޝާޔަންއަކީ އިބްރާހިމްބެގެ ހުރި ހަމައެކަނި ދަރިފުޅު. އިބްރާހިމްބެ ވެސް ބޭނުމެއް ނުވާނެ ޝާޔަން އުމުރު ދުވަހު ހިތާމައިގެ އުޅޭތަން ބަލަން. ” ކިޔާން ބައްޕަގެ ޖުމުލައާ ގުޅިގެން ވާހަކަ ދެއްކީ ސާބިތުކަމާއެކީއެވެ. ޒިޔާންވެސް ކިޔާންގެ ވާހަކަތަކަށް އެއްބާރުލުން ދެމުން ކިޔާން އެ ދައްކަނީ ތެދު ވާހަކައޭ ބުނެލިއެވެ. ކަރީމްއަކީ އަބަދުވެސް ކަންކަމުގައި ޒިޔާންގެ ހިޔާލު ހޯދާ މީހެއްކަމުން، މި ފަހަރުވެސް ޒިޔާން އެހެން ބުނުމުން އެކަމާމެދު ވިސްނާލަން މަޖުބޫރުވިއެވެ. ކަރީމް އެއްވެސް އެއްޗެކޭ ނުބުނެ ހިނގައިގަތުމުން ކިޔާންވެސް ބައްޕަ ހުއްޓުވާކަށް ނޫޅުނެވެ. އޭނަ ދައްކަން ބޭނުންވި ވާހަކަ ދެއްކިއްޖެއެވެ. ދެން އޮތީ ބައްޕަގެ ނިންމުމެވެ.
ހަވީރު ވަގުތެވެ. މާޔާ އޮފީހުގައި ބުރަކޮށް އުޅެލާފަ ގެއަށް ދާން ނުކުތް އިރު ނިހާން ފެނުމުން މޫނު އަބުރާލިއެވެ. ނިހާން ފެނުނަސް މިހާރު އޭނަ ފޫހިވެއެވެ. މާޔާ އަޅާވެސްނުލާ ހުއްޓިލައިގެން ހުރީ މާއިޝާ އަންނާނެ އިރަކަށެވެ. ނިހާން ފާޑަކަށް ހީލަމުން އައިސް މާޔާގެ ކައިރީގައި ހުއްޓިލިއެވެ. ” މާއިޝާ އަންނަނީތަ ބަލާ؟ އަހަރެން ޑްރޮޕް ކޮށްދީފާނަމޭ. ” ނިހާން މާޔާއަށް ބަލާލަމުން ވާހަކަދެއްކިއެވެ. ” މާއިޝާ އައި އިރަކުން އަހަރެން ގޮސްދާނަން. ޔޫ ޑޯންޓް ހޭވް ޓު ވޮރީ. ” މާޔާ މަގަށް ބަލާލީ ކާރުފެނޭތޯއެވެ. ” ތިއެއްނު ނުވާ ކަމަކީ. އަހަރެން ވޮރީ ކުރަން ނޫޅޫނަސް ވޮރީ ވެޔޭ. އެހާ ލޯބިވެޔޭ މާޔާދެކެ. ” ނިހާންގެ ޖުމުލައިން މާޔާ ވީ ފޫއްސެއްގެ ބޮޑުކަމުން ނޭގި ނަމަވެސް މޫނަށް ވައްތަރެއް ޖައްސާލެވުނެވެ. މާޔާ އެއްޗެކޭ ބުނަން އަނގަ ހުޅުވާލިތަނާ މާއިޝާ ކާރު މަޑުކޮށްލުމުން އަވަހަށް ގޮސް ކާރަށް އެރިއެވެ. މާއިޝާއަށް ނިހާން ފެނިގެން ބުމަގޮށްޖަހާލިއެވެ. މާޔާއަށް އެ މަންޒަރު ފެނިގެން އަވަހަށް ހިނގާށޭ ބުނެލިއެވެ. ” ދޮންތަ އޭނައާ އަނެއްކާ ވާހަކަ ދައްކަން ފެއްޓީ؟…. އޯ މައި ގޯޑް.. ދޮންތާ.. އަނެއްކާ ދޮންތަ…. ” މާއިޝާ ވާހަކަދައްކަމުން ހިތަށް އެރި އެއްޗަކުން ލޯ ބޮޑުކޮށްލާފައި ފަހު ޖުމުލަ ބުނެލިތަނާ މާޔާ މާއިޝާ ހުއްޓުވިއެވެ. ” ނޫން. މާއިޝާ އައި ޑޯންޓް ވޯންޓް ޓު ޓޯލްކް އެބްޓް އިޓް” މާޔާ ދުރުބަލާލަމުން ބުނެލި ޖުމުލައިން މާއިޝާ ހިމޭންވިއެވެ. ސުވާލު ކުރަން ބޭނުން ވިޔަސް މާޔާ އެ ވާހަކަ ދައްކަން ބޭނުންނުވަންނާ އެ ވާނީ ކުރެވޭ ބޭކާރު ކަމެއްކަން މާއިޝާއަށް އެގެއެވެ.
ރޭގަނޑު ވަގުތެވެ. ކިޔާނާ ޒިޔާން ސޯފާގައި ޖައްސާލައިގެން ތިބީ ޓީވީ ބަލާށެވެ. ޒީނަތުއާ ނިޝާ ބަދިގޭގައި އުޅެމުން ދިޔައެވެ. ކާވަޔާ ލެޕްޓޮޕް ނަގައިގެން އިނީ ކޮންމެވެސް އެއްޗެއް ޓައިޕް ކުރާށެވެ. އިރުކޮޅަކުން ކަރީމް ކޮޓަރިން ނުކުމެގެން އައިސް ކިޔާން ކައިރީ އިށީނުމުން ކިޔާން ޓީވީގެ އަޑުމަޑުކޮށްލާފައި ބައްޕަ ކިޔަން އުޅޭ އެއްޗަކަށް ސަމާލުވެލިއެވެ. ޒިޔާންވެސް ޝައުގުވެރިވެފައި ބައްޕަ ކިޔަން އުޅޭ އެއްޗެއް އަޑުއަހަން ސަމާލުވެލިއެވެ. ” ކިޔާން.. ބައްޕަ ވިސްނައިފިން ކިޔާން ދެއްކި ވާހަކަތަކާ ދޭތެރޭ. ރަނގަޅަށް ދަރިފުޅު ބުނީ. ލޯބި ނުވާ ހިނދު މި ކައިވެނި ކޮށްގެން ޝާޔަނަށް ލިބޭނީ ހިތްދަތިކަން. ކިޔާނަށްވެސް. ދެމީހުންކުރެ އެކަކުވެސް މި ކައިވެނީގަ އުފަލުގަ ނޫޅެވޭނެ.” ކަރީމްގެ ވާހަކަ އެހާ ހިސާބަށް ދިޔަތަނާ ކިޔާން އުފާވެލާފައި ޝުކުރު އަދާކުރަމުން ބައްޕަގެ ގައިގަ ބައްދާލިއެވެ. ކަރީމް ކިޔާން ދުރުކޮށްލަމުން އަދި ވާހަކަ ނުނިމެއޭ ބުނެލިއެވެ. ކިޔާން ހައިރާންވެފައި ބައްޕައަށް ބަލާލި އިރު ހިތްނުތަނަވަސްވިއެވެ. ” ކިހިނެއް އިބްރާހިމް ކައިރީ މި ވާހަކަ ބުނާނީ. ކޮންމެގޮތެއްވިޔަސް ކިޔާން ކުއްވެރިވާނީ. ޝާޔަންއާ ކައިވެނި ކުރަން ހަމަޖެހިފައި އޮތްވާ ކިޔާން އެހެން މީހަކު ދެކެ ލޯބިވީ. ބައްޕައަކަށް ނުކެރޭނެ އިބްރާހިމްއަށް މި ވާހަކަ ކިޔައިދޭކަށް. ” ކަރީމްގެ ވާހަކަ އަޑުއިވުމުން ކިޔާން ކުޑަކޮށް ހީލަމުން އެކަންތައް ތިމަންނައަށް ދޫކޮށްލާށޭ ބުނެލިއެވެ. ކަރީމް ކިޔާނަށް ބަލާލިއެވެ. އެމޫނުމަތީގައި ވި ހަރުދަނާ ކަމުން ކަރީމް ހިތްހަމަޖެހުނެވެ. ” ދެން އެހެންވީއިރު ދާންވީދޯ ފާއިޒު ކައިރިއަށް މާޔާގެ ކައިވެންނަށް ވަލީ ހޯދަން. ” ކަރީމް ހެވިލާފައި ބުނެލި ޖުމުލައިން ކިޔާން ބައްޕައަށް ބަލާލީ ހިތްހަމަޖެހިފައެވެ. ” އަދި ފަހުން. ފުރަތަމަ އަހަރެން ކުރަން ޖެހޭ ކަންތައް ނިންމާލާފައެއްނު. ” ކިޔާންގެ ޖަވާބުން ކަރީމް ސުވާލުއުފެދިފައި ކޮންކަމެއްހޭ އަހާލިއެވެ. ” ކައިވެންނަށް މާޔާއަށް ޕްރޮޕޯސް ކުރުން ” ކިޔާން ހީލަމުން ބުނެލި ޖުމުލައިން ޒިޔާނާ ކަރީމް ދެމީހުން ބައިވެގެން ކިޔާނާ ދިމާކުރަންފެށިއެވެ. އޭރު ބަދިގެ ތެރޭ އުޅުނު ދެމީހުންވެސް ބޭރަށް ނުކުމެ ވެގެން އުޅޭ ގޮތް އެނގުމުން ހެވިލާފައި އައިސް ކިޔާނާ ދިމާކުރްންފެށިއެވެ.
އޭގެ އަނެއް ދުވަހެވެ. މާޔާ ހެނދުނު ހޭލި އިރު ކިޔާން ގުޅާލާފަ އޮތެވެ. ރޭގަ ނިދިއިރު ފޯނު ސައިލެންޓަށް ލާފާ އޮތުމުން ނޭގުނީއެވެ. މާޔާ ވިސްނާލާފައި ކިޔާނަށް ގުޅާލިއެވެ. ދެފަހަރަކު ރިންގްވިތަނާ ކިޔާން ފޯނު ނެގިއެވެ. ” އަހަންނާ މީޓް ވެވިދާނެތަ؟ ޕްލީސް.. އަހަރެން ބޭނުން ވާހަކައެއް ދައްކަން. ” ކިޔާން އަވަސް އަރުވާލައިފައި ވާހަކަ ދެއްކިއެވެ. މާޔާ ވިސްނާލަމުން އާއެކޭ ބުނެލިއެވެ. ކިޔާން ދާންވީތަނާ ގަޑިބުނެލަމުން ފޯން ބޭއްވީ އުފާވެފައެވެ. މިއަދު މާޔައަށް ހުރިހާ ވާހަކައެއް ކިޔާ ދިނިމުން މާޔާއަށް ވިސްނޭނެއެވެ. މާޔާ ރީތިވެލައިގެން ސީ ހައުސްއަށް ދިޔައިއިރު ކިޔާން ކުރިން އައިސް އިނެވެ. މާޔާއާ ފުރަގަހަށް އިނުމުން ކިޔާނަށް މާޔާ ނުފެނެއެވެ. މާޔާއަށްވެސް ކިޔާންގެ މޫނެއް ނުފެނެއެވެ. ހެދުން އަޅާފަ ހުރި ގޮތުން ޑިއުޓީއަށް ދާން ރެޑީވެގެން އައިކަން އެގެއެވެ. މާޔާ މަޑުހިނގުމެއްގައި ހިނގާލާފައި ގޮސް ކިޔާންގެ ކުރިމައްޗަށް ހުއްޓިލިއެވެ. ކިޔާން އަވިއައިނު ނަގާލަމުން މާޔާއަށް ބަލާލީ ހިތްކަތިލާފަދަ ނަޒަރަކުންނެވެ. މާޔާ ގޮނޑީގަ އިށީންނަމުން ” ހައި ” އޭ ބުނެލިއެވެ. ކިޔާން ހިނިތުންވެލަމުން މޭޒުމަތީ ބާއްވާފަ އޮތް ލިލީ މާ ބޮޑި މާޔާއަށް ދިއްކޮށްލިއެވެ. މާޔާ މާ ބޮޑީގައި ހިފާލަމުން ކުޑަކޮށް ނޭފަތުގައި ޖައްސާލަމުން ލޯ މަރާލިއެވެ. މިއީ އޭނައަށް އަބަދުވެސް އެންމެ ރީތިވެގެން އުޅޭ މަލެވެ. ލިލީގެ ވަހަކީ މާޔާއަށް އަބަދުވެސް ނިކަން މީރުވަހެއް ދުވާ މަލެއްކަން ކިޔާނަށް އެގެއެވެ. މާޔާގެ އެ ކުޑަ ހަރަކާތުން ކިޔާން އެއްމިޔަކަނުން ހީލިއެވެ. ” ސޯ ޓެލް މީ. ކޮން ވާހަކައެއް ދައްކަން ތިއުޅެނީ.؟ މާޔާ މާ ބޮނޑި މޭޒުމަތީ ބާއްވަމުން ސުވާލުކޮށްލިއެވެ. ކިޔާން މާޔާއަށް ބަލާލަމުން ފުންނޭވައެއް ދޫކޮށްލީ ހަމަޖެހިލަންވެގެނެވެ. ވޭޓާރ އައިސް ބޭނުންވަނީ ކޯށްޗެއްހޭ އަހާލުމުން މާޔާ ކޮފީއެކޭ ބުނުމުން ކިޔާންވެސް ނެގީ ކޮފީއެކެވެ. ” މާޔާއަށް ކުރިންދުވަހު ގޭތެރެއިން ފެނުނީ އެއްކޮށް ހަގީގަތެއް ނޫން. އަހަރެންގެ ކައިވެންނާ ބެހޭ ގޮތުން. އިޓްސް ކޮމްޕްލިކޭޓޭޑް. އެއީ އަހަރެން ބޭނުންވެގެން ކުރަން ބޭނުންވި ކަމެއް ނޫން. ” ކިޔާންގެ ވާހަކައިން މާޔާ ހައިރާންވެފަ ކައިވެނި ބޭނުންނުވެ ކުރެވޭހޭ އަހާލިއެވެ. ކިޔާން މާޔާއަށް ބަލާލަމުން އެ ކައިވެނި ކުރަން ޖެހުނު ގޮތް ކިޔަދިނެވެ. ބޭނުންނުވެ ހުރެވެސް ބައްޕައަށްޓަކާ ކައިވެނި ކުރަން އެއްބަސްވި އޭބުނުމުން މާޔާ ދެރަވިއެވެ. ބައްޕައަށްޓަކާ ކިޔާން އެ ހުރީ އަމިއްލަ އުފާތައްވެސް ގުރުބާންކުރަން ތައްޔާރަށެވެ. މާޔާ ކިޔާނަށް ބަލާލަމަން ކުޑަކޮށް ހިނިތުންވެލިއެވެ. ” އެކަމަކު މިހާރު ބައްޕަވެސް ބޭނުމެއް ނުވޭ މި ކައިވެނި ކުރާކަށް. ބައްޕަކައިރީ އަހަރެން ބުނެފިން އަހަރެން ލޯބިވާ އެހެން ކުއްޖަކު ހުންނަ ވާހަކަ. ” ކިޔާން އަނެއްކާވެސް ވާހަކަދައްކަމުން ފަހު ޖުމުލަ ބުނެލީ ސީދާ މާޔާގެ ލޮލަށް ބަލަން ހުރެއެވެ. މާޔާ އިސްޖަހާލީ ކިޔާންގެ ލޮލުން ފެނުނު ކުލަވަރުން ލަދުގެންފައެވެ. އުފަލުންގޮސް މާޔާ އިނީ ހޭންވެސް ނޭގިފައެވެ. ކިޔާން ތޫނު ދެލޮލުން މާޔާއަށް ބަލާލަމުން މޭޒުމަތީ ބާއްވާފަ އޮތް އެ އަތުގައި ހިފާލިއެވެ. މާޔާ އިސްއުފުލާލަމުން ކިޔާނަށް ބަލާލީ ކުޑަކޮށް ހީލަމުންނެވެ. މާޔާގެ ފޯން ރިންގް ވެގެން ބާލާލިއިރު ގުޅަނީ އޮފީހުންނެވެ. މާޔާ ފޯން ބާއްވަމުން ދާން ވެއްޖެއޭ ބުނެފަ ތެދުވީ މާ ބޮނޑި ނަގަމުންނެވެ. ” ތޭންކްސް ފޯ ދި ފްލާވާރސް.. އައި ލަވް އިޓް.” މާޔާ ކިޔާން ފަސްދީ ދަމުން ހުއްޓިފައި ބުނެލީ ކުޑަކޮށް އެނބުރި ހިނިތުންވެލަމުންނެވެ. ކިޔާން އެބުރިލަމުން ހިނިތުންވެލީ މާނަވީ ގޮތަކަށެވެ. މާޔާ ހީލަމުން ހިނގައިގަތްއިރު ކިޔާން ކުޑަކޮށް ހިނިތުންވެފައި ބަލަން އިނެވެ.
ޑިއުޓީ ނިންމާލާފައި ކިޔާން ގުޅާލީ ޝާޔަންއަށެވެ. ޝާޔަން ފޯނު ނެގުމާއެކު ކިޔާން ބައްދަލުކޮށްލަން ބޭނުންވެޔޭ ބުނެލިއެވެ. ޝާޔަން އުފާވެލާފައި އާއެކޭ ބުނެލިއެވެ. ކިޔާން އިރުކޮޅަކުން ޝާޔަންމެން ގެއަށް އެބަ ދަމޭ ބުނެލިއެވެ. ކިޔާން ޝާޔަންމެން ގެއަށް ގޮސް ބެލް ޖަހާލިތަނާ ޝާޔަން ދުވެފައި އައިސް ދޮރު ހުޅުވާލީ ފުޅާ ހިނިތުންވުމަކާ އެކީއެވެ. ކިޔާން ދެރަވިއެވެ. ކިޔާން ދައްކަން އެ އުޅޭ ވާހަކައިން ޝާޔަންގެ އެ ހިނިތުންވުން ފިލާ ދާން ސުކުންތު ކޮޅެއްވެސް ނުނަގާނެއެވެ. ކިޔާން ތިރީ ތުންފަތުގައި ދަތް އަޅާލަމުން ހައިހޭ ބުނެލިއެވެ. ބަގީޗާގައި ހުރި ބެންޗްގައި ދެމީހުން ޖައްސާލައިގެން ތިއްބާ ނޯކަރު ކުއްޖަކު އައިސް ހޫނު ދެ ކޮފީ ތަށި ދިއްކޮށްލިއެވެ. ކިޔާން ކޮފީ ތަށި ނަގަމުން ޝުކުރު އަދާ ކޮށްލިއެވެ. ” ޝާޔަން.. އަހަރެން މިއައީ ވަރަށް ބޮޑު ވާހަކައެއް ދައްކަން. ” ކިޔާން ކޮފީގެ ކޯވަރެއް ބޯލަމުން ވާހަކަދެއްކިއެވެ. ޝާޔަން ބުމަ އަރުވާލީ ކޮން ވާހަކައެއްހޭ އަހާލާފަދައިންނެވެ. ކިޔާން ޝާޔަންގެ މޫނަށް ބަލާލިއެވެ. މައުސޫމުކަމުން ފުރިގެންވާ އެ މޫނުމަތީގައި ކުޑަހިނިތުންވުމެއް ވިއެވެ. ކިޔާން ވިސްނާލާފައި ސީދާ ވާހަކަ ދައްކަން ނިންމިއެވެ. ” އަހަރެން ބޭނުމެއްނޫން ޝާޔަން އޮޅުވާލުމެއްގަ ތެރޭ ބަހައްޓާކަށް. ޔޫ ހޭވް ދި ރައިޓް ޓު ނޯ ދި ޓްރުތް.. އަހަރެން ލޯބިވާ އެހެން ކުއްޖަކު ހުރޭ. އަހަންނަށް ޝާޔަންދެކެ ލޯބި ނުވެވޭނެ. އައި އެމް ސޮރީ.. ” ކިޔާން ދުރު ބަލާލަމުން ވާހަކަދެއްކީ ހިސާބަކަށް އުދަގޫވެފައެވެ. ޝާޔަން ހުއްޓުން އަރާފައި ކިޔާންގެ މޫނަށް ބަލާލީ އެއީ ސަމާސާއެއް ކަމަށް ހީކޮށްފައެވެ. އެހެންނަމަވެސް އެ މޫނުމަތިން އެއީ ސަމާސާއެއްކަމުގެ އެއްވެސް ކުލަވަރެއް ނުފެނެއެވެ. ޝާޔަން ބާރަކަށް ކޮފީ ތަށީގައި ހިފާލިއިރު ދެލޯފުރިގެން އައީ ކަރުނައިންނެވެ. ” މި.. މި.. ކައިވެ… ކައި.. ކައިވެނި ހުއްޓުވަންތަ ކި.. ކި.. ކިޔާން ބޭނުމީ؟ ” ޝާޔަން ހިތްވަރުކޮށްލާފައި އުނދަގުލުން ސުވާލުކޮށްލިއެވެ. ކިޔާން ހައިރާންވެފައި އެ މޫނަށް ބަލާލިއެވެ. ކަރުނުން ފުރިފައި ހުރި އެދެލޯ ފެނުމުން ކިޔާން ދެރަވިއެވެ. އަމިއްލަ ނަފްސްދެކެ ރުޅިއާދެވުނެވެ. ކިޔާން ޖަވާބެއް ނުދިނުމުން ޝާޔަން ހިތްވަރުކޮށްލާފައި އެ މޫނަށް ބަލާލަމުން އަނެއްކާވެސް ސުވާލު ތަކުރާރުކޮށްލިއެވެ. ކިޔާން އިސްޖަހާލަމުން ބޯ ޖަހާލީ ކުއްވެރިއަކު ފަދައިންނެވެ. މީހަކު ހިތުގައި ހިފާ ހުއްޓުވިހެން ޝާޔަންއަށް ހީވިފަދައެވެ. ކުޑަހިނދުކޮޅަކަށްވެސް ވިންދު މަޑުޖެހިލި ފަދައެވެ. ގަބޫލުކުރަންދަތި ގޮތަކަށް ކިޔާނަށް ބަލާލިއިރު ކަރުނަ އެސްފިޔަތަކުގެ ދޭތެރެއިން ފައިބައިގަތެވެ. ޝާޔަން އަވަސްއަވަހަށް މޫނު އަބުރާލަމުން ކަރުނަ ފޮހެލިއެވެ. ގަދަކަމުން ހިނިތުންވެލަމުން ކިޔާން އަތުގައި ހިފަން އުޅެފަވެސް ހުއްޓިލީ އެ ހައްގު އޭނައަށް މިހާރު ނެތްކަމުގައި ހިތަށް އެރުމުންނެވެ. ކިޔާނަށް އެ މަންޒަރު ފެނުމުން އިތުރަށް ދެރަވިއެވެ. ” އަހަރެން ބައްޕަކައިރީ ބުނާނަން މި ކައިވެނި ކުރަން ބޭނުން ނުވެޔޭ. ބައްޕައަށް ވިސްނޭނެ. ހާސްނުވޭ. އަހަރެން ކިޔާން ކުއްވެރިއެއް ނުކުރާނަން. ފަހަރެއްގަ އައި ވޯސް ނޮޓް ދެޓް ގުޑް ފޯރ ޔޫ ކިޔާނަށް އަހަރެން ދެކެ ލޯބިނުވެވެން. އާހ.. ކިޔާނަށް ވުރެ ރަނގަޅު މީހަކު އިރާދަކުރެއްވިޔާ އަހަންނަށް ލިބޭނެ. އެކަމަކު އަހަރެން އަބަދުވެސް ކިޔާންދެކެ ލޯބިވާނަން. އެހެން މީހަކު އަހަރެންގެ ދިރިއުޅުމަށް އަޔަސް ފަހަރެއްގަ އަހަރެން ކިޔާންދެކެވީ ލޯބި އެ މީހަކު ދެކެ ނުވެވިދާނެ……” ޝާޔަން ވާހަކަ ދެއްކި އިރު އަނެއްކާވެސް ދެލޯ ފެންކަޅިވިއެވެ. ” ނޫން. ޝާޔަން އަކީ ގޯސް ކުއްޖެއް ނޫން. އެނީވަން ވުޑް ބީ ބްލެސްޑް ޓު ހޭވް ޔޫ އިން ހިޒް ލައިފް. އައި އެމް ރިއަލީ ސޮރީ ޝާޔަން. އަހަރެން އަބަދުވެސް ދުއާ ކުރާނަން ޝާޔަންއަށް ދުނިޔޭގެ ހުރިހާ އުފަލެއް ލިބުމަށް. ޔޫ ޑިޒާވް އޯލް ދި ހެޕިނެސް. ” ކިޔާން ޝާޔަންގެ އަތުގައި ހިފާލަމުން ބުނެލި ކޮންމެ ޖުމުލައެއް ޝާޔަންގެ ހިތުގަ ފިރުމާލިއެވެ. ޝާޔަން ހިނިތުންވެލަމުން ” ހޫޒް ދި ލަކީ ގާރލް ” ހޭ އަހާލިއެވެ. ކިޔާން ހައިރާންވިއެވެ. އަމިއްލަ ހިތާމަ ދުރުކޮށްލާފަވެސް ޝާޔަން އެ ވިސްނަނީ އޭނައާ ދޭތެރެއެވެ. ކިޔާން ދެރަވެފައި ބޯ ހޫރާލުމުން ޝާޔަން ތިމަންނަ އޯކޭއޭ ބުނެލީ ހިނިތުންވެލަމުންނެވެ. ކިޔާން ފޯނު ހުޅުވާލަމުން މާޔާގެ ފޮޓޮއެއް ދައްކާލަމުން މާޔާއޭ ބުނެލިއެވެ. ޝާޔަނަށް އެއީ ކުރިން ދުވަހު ކިޔާންމެން ގެއިން ފެނުނު ކުއްޖާކަން ހަނދާންވިއެވެ. ޝާޔަން ހިނިތުންވެލަމުން ޕްރިޓީއޭ ބުނެލިއެވެ. ” އައި އެމް ރިއަލީ ވެރީ ސޮރީ ޝާޔަން. ސޮރީ ” ޝާޔަންގެ މޫނުމަތިން ފެނުނު ކުލަވަރުން ކިޔާން ތެދުވަމުން ބުނެލީ ދެރަވެފައެވެ. ޝާޔަން ދެރަވާނެ ވަރު އޭނައަށް ރަނގަޅަށް އެގެއެވެ. އެކަމަކު ޝާޔަން އޭނަ ކުރިމަތީ ދެރަނުވާން ވެގެން ކުރާ ކަންތައްކަން ކިޔާނަށް އެގެއެވެ. ” ކޭން އައި ހަގް ޔޫ ” ކިޔާން ދާން ހިނގައިގަތްތަނާ ޝާޔަން މަޑުމަޑުން ބުނެލި ޖުމުލައިން ހުއްޓިލެވުނެވެ. ފަހަތަށް އެނބުރި ބަލާލިއިރު ޝާޔަންގެ ކަރުނުން ފުރިފައި ހުރި ދެލޯ ފެނުމުން ކިޔާން ބާރަކަށް ގޮސް ޝާޔަންގެ އުނަގަނޑުގައި އެ ދެ އަތް ވަށާލާ ބައްދާލި އިރު ކިޔާންގެ ދެލޯވެސް ފެންކަޅިވިއެވެ. ޝާޔަން މަޑުމަޑުން ކިޔާންގެ ބުރަކަށީގައި އަތުން ބައްދާލި އިރު ކަރުނަތައް ފައިބައިގަތެވެ. މިއޮތްހާ އިރުވަންދެން ކޮތްގެން ހުރި ހިތްވަރު ދިޔައީ ކޮންތާކަށް ކަމެއްވެސް ނޭގެއެވެ. ގިސްލަ ގިސްލާފައި ޝާޔަން ރޯން ފެށިއެވެ. ކިޔާން ކުއްވެރިއަކުހެން ތުންފަތުގައި ދަތް އަޅާލަމުން ދުރު ބަލާލީ ކުރިއަށްވުރެވެސް ބާރަށް ޝާޔަންގެ ގައިގަ ބައްދާލަމުންނެވެ. އިރުކޮޅަކަށް އެހެން ހުރެފަ ޝާޔަން ކިޔާނާ ދުރުވެލަމުން ގޭތެރެއަށް ދުއްވައިގަތީ ކިޔާނަށް ބަލާވެސްނުލައެވެ. ކިޔާން ޖީބަށް އަތް ޖަހާލަމުން ހިތުން އަނެއްކާވެސް ސޮރީ އޭ ބުނެލިއެވެ.
ޝާޔަން ރޮމުން ދުވެލާފައި ގޮސް ކޮޓަރިއަށް ދިޔަތަން ފެނިގެން އިބްރާހިމްއަށް ކޮންމެވެސް ކަމެއް ގޯސް ވެއްޖެ ކަމުގައި ވިސްނުނެވެ. ޝާޔަން ދުވެލާފައި ގޮސް އެނދަށް ވެއްޓިގަތީ ރޮމުންނެވެ. ކިޔާނާ އެކީ ދިރިއުޅެން ޝާޔަން ކިހާ ހުވަފެންތަކެއް ދެކުނު ހެއްޔެވެ. އެހެންނަމަވެސް ކުޑަ ހިނދުކޮޅެއްގެ ތެރޭ އޭނަގެ ހުރިހާ ހުވަފެންތަކެއް ފުނޑުފުނޑު ވީއެވެ. ޝާޔަންގެ ފަހަތުން އިބްރާހިމް ގޮސް ކޮޓަރިއަށް ވަދެ ދަރިފުޅުގެ މަގަތުގައި އިށީދެ އިނދެ ކިހިނެއްވީހޭ އަހާލީ އޯގާތެރިކަމާއެކީއެވެ. ހުރި ހަމައެކަނި ދަރިފުޅު އެގޮތަށް ރޯތަން ފެނުމުން އިބްރާހިމް ފެންކަޅިވިއެވެ. ޝާޔަންގެ އުމުރުން ދިހަ އަހަރުއްސުރެން މަންމައަކާ ނުލާ އިބްރާހިމް ޝާޔަން ބޮޑުކުރީ ނުހަނު އުފާވެރިކަމާއެކީއެވެ. ދުވަހަކުވެސް އެ ދެލޮލުން ކަރުނަ ފޭބިއަކަ އިބްރާހިމް ނުދެއެވެ. ދެން މިއަދު އެ ދަރިފުޅު އެހާ ރޮއްވީ ކާކުހެއްޔެވެ. ޝާޔަން ކަރުނަ ފޮހެމުން ބައްޕައަށް ބަލާލިއެވެ. ” ބައްޕާ. އަހަރެން ބޭނުމެއް ނޫން ކިޔާނާ ކައިވެނުކުރާކަށް. ” އިބްރާހިމް ދެލޯ ބޮޑުކޮށްލާފައި ކީއްވެހޭ އަހާލީ ހައިރާންވެފައެވެ. ” މިކަމާ ބެހޭ ގޮތުން އަހަންނާ އެއްވެސް ސުވާލެއް ނުކުރިއްޔާ އަހަންނަށް ރަނގަޅީ ބައްޕާ. މި ގޮތަށް މި ނިންމީ މީ އަހަރެން ބޭނުންވާ ގޮތް ކަމުގައި ވާތީ. ކިޔާންގެ އެއްވެސް ކުށެއް އޮވެގެން ނޫން. އަހަރެން ބޭނުން އެކަނިވެލަން. ޕްލީސް. ” އިބްރާހިމް ޝާޔަން އަށް ބަލާލަމުން ގޮސް ކޮޓަރިން ނުކުތީ މި ވަގުތު ޝާޔަންގެ ކިބައިން އެއްވެސް ޖަވާބެއް ނުލިބޭނެކަން އެގޭތީއެވެ. އެކަމަކު ޝާޔަން ކިޔާނާ ކައިވެނި ނުކުރަން ނިންމީ ކީއްވެހެއްޔެވެ. ޝާޔަން އަމިއްލައަށް ކައިވެނި ނުކުރަން ނުނިންމާނެއެވެ. ޝާޔަން ކިޔާންދެކެ މާ ބޮޑަށްވެސް ލޯބިވެއެވެ. ޝާޔަން ކިޔާންގެ ކުށެއް ނެތޭ ބުންޏަސް މީ ކިޔާންގެ ކަމެއްކަން އިބްރާހިމްއަށް ޔަގީނެވެ.
ކިޔާން އިސްޖަހާލައިގެން ހުރެ ކޮޓަރިއަށް ދާންދަނިކޮށް ސިޓިންރޫމުގެ ސޯފާގަ އިށީދެގެން އިން ބައްޕަ ގޮވާލުމުން ހުއްޓި ބައްޕައަށް ބަލާލިއެވެ. ބައްޕަގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރުން ދެންމެ ހިނގާދިޔަ ކަންތައް ބައްޕަގެ ކަންފަތާ ހަމައަށް ފޯރައިފިކަން އެގެއެވެ. ” އިބްރާހިމް ގުޅި. ޝާޔަން ކައިވެނި ކުރަން ބޭނުންނުވެޔޭ. އިބްރާހިމް ހުރީ ވަރަށް ރުޅިއައިސްފަ. ޝާޔަން އަދިވެސް ރޮނީއޭ. ” ކަރީމް ކިޔާނަށް ބަލާލަމުން ވާހަކަ ދެއްކީ މަޑުންނެވެ. ކިޔާން ބޯ ޖަހާލަމުން ޝާޔަންއަށް ހުރިހާ ވާހަކައެއް ކިޔައިދިނީއޭ ބުނެލިއެވެ. ކަރީމް ދެން އެއްޗެކޭ ނުބުނެއެވެ. އިބްރާހިމްއާ ދެމީހުންގެ ދުވަސްވީ އެކުވެރިކަމަށް މިކަމުން ބަދަލެއް އައިސްދާނެތީ ކަރީމް އިނީ ނުތަނަވަސްވެފައެވެ. ކިޔާން ކޮޓަރިއަށް ވެދެ އެނދުގައި ޖައްސާލަމުން ދެއަތުން ބޮލުގައި ހިފާލިއެވެ. އަދިވެސް ލޯ ކުރިމަތިން ޝާޔަން ރޮމުން ދިޔަ މަންޒަރު ފެންނަމުން ދާ ފަދައެވެ. އެއްވެސް ކުށެއްނެތި އޭނައަށް މައުސޫމު ކުއްޖަކަށް ހާދަ އަނިޔާއެއް ދެވިއްޖެއެވެ. ކިޔާން ވިސްނުމަކަށް ގެއްލިފައި އިންދާ އިބްރާހިމް ގުޅުމުން ކިޔާން ވިސްނާލާފައި ފޯނު ނެގިއެވެ. ” އިބްރާހިމްބެ އެއްޗެކޭ ބުނުމުގެ ކުރިން އަހަރެން ދައްކާ ވާހަކަ އަޑުއަހާލަދީ. ކުރިން ކަންތައް އޮތް ގޮތަށް އޮތްނަމަ އަހަރެން ކައިވެނިކުރާނީ ޝާޔަންއާ. އެކަމަކު މިހާރު ހުރިހާ ކަމެއްވެސް ބަދަލުވެއްޖެ. އަހަންނަށް އެހެން ކުއްޖަކުދެކެ ލޯބި ވެވިއްޖެ. އަހަރެން ޝާޔަންއާ ކައިވެނި ކުރި ނަމަވެސް ދުވަހަކުވެސް ޝާޔަންއަށް އުފަލެއް ނުދެވުނީސް. މި ކައިވެނި ކޮށްގެން ދެމީހުންކުރެ އެކަކުވެސް އުފަލުގަ ނޫޅެވޭނެ. މި ކައިވެނި ނުކުރުން އެއީ ޝާޔަންއަށް އެންމެ ރަނގަޅު ގޮތް. އިބްރާހިމްބެ ވެސް ބޭނުމެއްނުވާނެ ހުރި އެންމެ ދަރިފުޅު އުމުރު ދުވަހު ހިތާމައިގެ އުޅޭތަން ދެކޭކަށް. އަހަރެން ގަބޫލުކުރަން އަހަންނަށްކަން ކުށް ކުރެވުނީ. ވެވެންޏާ އަހަންނަށް މާފު ކޮށްދޭތި. ” އިބްރާހިމް ހަލޯއޭ ބުނެލިތަނާ ކިޔާން އެއް ނޭވައިން ހުރިހާ ވާހަކައެއް ކިޔައި ނިންމާލިއެވެ. ކިޔާން ސާބިތުކަމާއެކީ ވާހަކަ ދެއްކީ އިބްރާހިމްއަށް ވިސްނައިދޭށެވެ. އިބްރާހިމް އެއްވެސް އެއްޗެކޭ ނުބުނެ ފޯން ކަނޑާލުމުން ކިޔާން ދެރަވިއެވެ. ފޯނުގެ ސްކްރީންނަށް ނަޒަރު ހުއްޓާލައިގެން އިރުކޮޅަކު އިނދެފަ އެނދުގައި އޮށޯވެލިއެވެ.
( ނުނިމޭ )
20 Comments!
Comments are closed.
Nice
THANK YOU SOFOO 🙂
Vara reethi
thank you ayya 🙂
v reethi mi part vxx…..
waiting for the next part….
thank you shaz 🙂
next part tomorrow 🙂
Nice story
thank you neha 🙂
Daily koh genes dhybah plz..vrh shalhi mi story..
heheh crazi thank you 🙂
cant’ promise daily koh genesdheveynekamah.. 🙂
Mayaage sihru nuegi maa vaahaka dhiguvany. Ekam vaahaka v reethi
thank you shaakko 🙂 next part ga maya ge sirru ngeyne 🙂
Mi part vx hama vrh reethi… Hope to read the nxt part soon… Dnt make ur readers wait for too long okay saarah! <3
thank you shau 🙂
i am trying to upload soon 🙂
…..
….”
this part nice. i like how maayaa replied to nihaan. n waiting for maayaa’s sirru. waiting for nxt part! good luck! ^_^
thank you 4f!4h
Koniraku next part upload kurany waitting waiting
Next part pls Avahah up kohba